“މުހައްމަދު ހައިޒަލް އަޒްހާން… އަޒްހާން…” ހައިޒަލްއަށް އޭނަގެ ފަހަތަށް އޮތް ނަންކިޔާލެވުނީ ގަބޫލުނުކުރެވިފައެވެ. ހުރިހާ ލިޔެކިޔުމެއްގައި އޮންނަ ގޮތުން ވިއްުޔާ އޭނައަކީ މުހައްމަދު ހައިޒަލް އަލްހާނެވެ. ވީއިރު މިލިޔުމުގައި މިހެން އޮންނަންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ހިތަށް އައި އެއްޗަކާއިއެކު ހައިޒަލްގެ ސިކުނޑި ގަނޑުވިފަދައެވެ. އިރުކޮޅަކަށް ސިކުނޑީގެ މަސައްކަތް ހުއްޓާލުމަށްފަހު އަލުން ހިނގަން ފެށިއިރު ލިބުނު ޝޮކަކުން އަނބުރައިގެންފާނެހެން ހީވިއިރު ވަގުތުން ޓްރެސިން ޓޭބަލްގެ އެހީ ހޯދުނެވެ. އޭނައަށް ހީވީ މުޅި ދުނިޔެ އެނބުރި ފައިދަށުން ބިންގަނޑުވެސް ދެމިގަނެގެން ދިޔަހެންނެވެ. ވަގުތުން ނޭވާހާސްވާގޮތްވިއިރު ދެލޯ ކަރުުނުން ފުރި ބާރުވެގެންދިޔައެވެ. 21 އަހަރުފަހުން އޭނަގެ ކުރިމައްޗަށް ހަޤީޤަތް އައިގޮތަށް އެސްފިޔަޖަހާލާހާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ދުނިޔެ ފުނޑުފުނޑުކޮށްލީއެވެ. އޭނަގެ ލޯބިވާ ފަރާތްތައް ދުރުބަޔަކަށް ހަދާލީއެވެ. ނަމަވެސް ހެކި ކުރިމަތީ ފެންނަން އޮތްއިރުވެސް ހަގީގަތް ގަބޫލުކުރަން އޭނަގެ ހިތްވެސް ދެކޮޅުހެދިއެވެ.
ހައިޒަލް ފޮޓޯގަނޑު އުފުލާލަމުން ބަލާލީ ކަރުނުން ލޯ ފުރެމުންދާ ހާލުގައެވެ. އެފޮޓޯގަނޑުގައި ތިބީ ކުރިން ފެނުނު ފޮޓޯގަނޑުގައި ތިބި ދެމަފިރިންނެވެ. ތުއްތު ޒެލް އޭނަގެ މަންމައާއި ބައްޕަގެ ކޮނޑަށް އަތްވައްޓާލައިގެން އޮތްއިރު އެ މޫނުމަތީވީ ފުޅާ ހިނިތުންވުމާއިއެކު ދުނިޔޭގައިވާ އެންމެ އުފާވެރި ކުއްޖާ ފަދައެވެ. ޒެލް އެތަށްދުވަހެއްފަހުން އޭނަގެ ހަޔާތަށް އައިގޮތަށް އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލީއެވެ. ޒެލް އޭނަގެ ދިރިއުޅުމަށް އައީ މިފަދަ ހަގީގަތަކާއިއެކު ކަމަށްވުމީ އޭނައަށް ވިސްނުމަށްވެސް ނާންނަކަމެކެވެ. އޭނަގެ މައްޗަށް އެންމެ ގަދަކޮށްލައިގެން ބާރު ހިންގިފަރާތަކީ ހަޤީގަތުގައި އޭނައާއި ލޭގެ ގުޅުމެއްވެސް ނެތް ފަރާތެއްކަން މިއަދު ހާމަވެގެންދިޔައީއެވެ. ރިހާނާއަށްފަހު އަލްހާންވެސް އޭނައަށް ދުރުހިލޭ މީހަކަށް ވެގެންދިޔައީއެވެ.
ޑްރެސިންޓޭބަލްގެ ވަތްގަނޑުގެ ތެެރެއަށް އެ ސިޓީ އުރައިގައިވީ ސާމާނު އަޅާލުމަށްފަހު ހައިޒަލް ކޮޓަރިން ނިކުމެގެންދިޔައިރު ތުންފަތްކަނޑައިގެންދާހާ ބާރަށް ތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރުވެސް ލޮލުން ހޯސްލާފައި ކަރުނަތައް ފޭބިއެވެ. އޭނަ ފިރިހެނަކަށް ވިޔަސް ކަރުނަަތައް އެއްގޮތަކަށްވެސް ނުހުއްޓުވުނެވެ.
ހައިޒަލް ސިޑިން އަރައިގެން ދަނިކޮށް އަޒުރާ ހާސްވެފައި ހުރެ އެކޮޓަރިއާއި ދިމާލަށް ދަނިކޮށް ފެނުނެވެ. އަޒުރާ ހަލުވިކަމާއިއެކު އެކޮޓަރީގެ ދޮރުތަޅުލިއިރު އެހެން ކަންތައްކުރުމުގެ މާބޮޑު ބޭނުމެއް މިހާރު ނެތްކަން ވިސްނައެއްނުގަނެވުނެވެ. އެއްވެސް ސިއްރެއް ދުނިޔެދާ ތާއަބަދު ވަންހަނާވެފައި ނޯންނާނޭއިރު އެކޮޓަރީތެރޭ 21 އަހަރުވާންދެން ފޮރުވިފައިއޮތް ސިއްރު އެކަން ނޭނގެންވީ ފަރާތުގެ ކުރިމަތީގައި އިނގި ހާމަވެ ނިމިއްޖެއެވެ.
*** *** *** *** *** ***
އިރުއޮއްސިގެން އައިރު ވިއްސާރައިގެ އަސަރެއްނެތި ދުނިޔެމަތި ރީތިކޮށް އޮތްނަމަވެސް ވައި ބާރުވިއެވެ. ގަސްތަކުގެ ފަތްތަށްވެސް ވަޔާއިއެކު ތަރުތީބެއްނެތި އުނދުހެމުންދިޔައެވެ. ދޮރުތަކުގައި ދަމާލެވިފައިވާ ފަރުދާތައްވެސް އެގޮތްމިގޮތަށް ހޫރެންފެށިއެވެ.
ތެތް ފިނި ރޯޅިތަށް ހުރަހެއްނެތި ހައިޒަލްގެ ފަން އިސްތަށިގަނޑާއި ސަމާސާ ކުރަންފެށިއެވެ. އަނދިރީގެ ތެރޭ ބެލްކަނީގެ ފާރަށް ހައިޒަލް ލެގިލައިގެން ހުރިއިރު ކަޅުކުލައިގެ އަތްދިގު ޓީޝާރޓަކާއި ސްކްނީއެއްގައި ހުރިއިރު އަނދިރި ކުލަ ތެރެއަށް ހަށިގަނޑު “ބްލެންޑް”ވެގެން ގޮސް މޫނު ނޫންތަނެއް ނުފެނެއެވެ. އަނދިރީގެ ތެރެއިންވެސް އެދެލޯ ވިދުން ގަދަވެފައި ކަނޑިއެއްގެ މިޔަހާ ތޫނުއިރު އެލޮލުގެ އަސަރު ދެގުނަވެފައިވަނީ އެލޮލުގައި ވިދަމުންދާ ތެތްކަމުގެ ސަބަބުންނެވެ.
ބެލްކަނީގެ ދޮރު ކުޑަކޮށް ކަހާލެވިފައިވާއިރު ވަޔާއިއެކު ނަށަމުންދާ ފަރުދާތަކުގެ ސަބަބުން ދޭތެރެއަކުން އެތެރޭގެ މަންޒަރު ފެނިލައެވެ. އަލްހާންގެ ކޮޓަރިން ނިކުމެވެން އިން ބެލްކަނީގައި ހުރެގެން ހައިޒަލް ފާރަލަމުންދިޔައީ އަލްހާންގެ ހަރަކާތްތަކަށެވެ. ޓްރެސިންޓޭބަލްގެ ކުރިމަތީ އަލްހާން ހުންނަވައިގެން ބުރުހަކުން އިސްތަށިގަނޑުގައި ބުރުސްއަޅުއްވަމުންދިޔައިރު ހައިޒަލް އިންތިޒާރުކުރަމުންދިޔައީ އަލްހާން އެތަނުން ދުރަށް ޖެހިލާނޭ ވަގުތަކަށެވެ. އަނދިރީގެ ތެރެއިންވެސް އެ ތޫނު ލޯ އަމާޒުކުރެވިފައިވަނީ އަލްހާންގެ އަތުގައި އޮތް ބުރުހަށެވެ. އޭނައާއި އަލްހާންގެ ގުޅުން ސާބިތުކޮށްދެވޭނޭ އެކައްޗަކީ އެއީއެވެ.
ލޯގަނޑުން ފެންނަމުންދިޔަ ސޫރައަށް ނަޒަރެއް ދެއްވުމަށްފަހު އިސްތަށިގަނޑުގައި އިނގިލި ހިންގާލުމުން އަލްހާންގެ ފިޔަވަޅުތައް ބެހެއްޓެވީ ވޯޑްރޮބްގެ ގޮތުގައި ވަކިކޮށްފައި އިން ބަޔާއި ޖެހިގެން ކަހަލަގޮތަކަށް އިން ފާހަނައާއި ދިމާލަށެވެ. ފާހަނައިގެ ދޮރު ޖެހިގެންދިޔަ އަޑާއިއެކު ހައިޒަލް ހުޅުވާލެވިފައިވާ ބެލްކަނި ދޮރުގެ ދޭތެެރެއިން ކޮޓަރިތެރެެއަށް ވަދެގަތެވެ. އިނގިލި ކުރިތައް ޖައްސަައިގެން ހިނގާލައިފައިގޮސް ހައިޒަލް ހުއްޓުނީ ޑްރެސިން ޓޭބަލް ކުރިމަތީގައެވެ. ޓޭބަލްގެ އެއްފަރާތެއްގައި އޮތް ފުނާ ނެގުމަށްފަހު އެއިން އިސްތަށިކޮޅެއް ވަކިކޮށްލުމަށްފަހު ޖީބުން ނެގި ރަބަރު ޕެކެޓެެއްގެ ތެރެއަށް ލިއެވެ. އެއާއިއެކު ދުވެލައިފައި ގޮސް ދޮރުގެ ދޭތެރެއިން ބޭރަށް ދެމިގަތެވެ. އެވަގުތު ފާހަނައިގެ ދޮރުހުޅުވުނު އަޑުއިވުނެވެ. އަތުގައި އޮތް ޕެކެޓް ޖީބުގެ ތެރެއަށް ޖަހާލަމުން ހައިޒަލް އެ ބެލްކަނިން އަނެއް ކޮޓަރީގެ ބެލްކަންޏަށް ފުންމާލީ ފަރިތަކަމާއިއެކުއެވެ. އެވަގުތު އަލްހާން ބެލްކަނީގެ ދޮރުން ބޭރަށް ބޯ ދިއްކޮށްލެއްވީއެވެ. ހައިޒަލް ކުޑަތަންކޮޅެއް ލަސްވިނަމަ އަލްހާންގެ ލޮލުގައި އޭނަ އަޅައިގެންނެވީހެވެ.
ލޯގަނޑުކުރިމައްޗަށް ހުއްްޓެމުން ހައިޒަލް ޖީބަށް އަތްކޮއްޕާލައިފައި އިތުރު ރަބަރު ޕެކެޓްއެއް ނެގިއެވެ. އެ ޕެކެޓްގައި އޮޅާލައިފައި އޮތީ ހައިޒަލްގެ އިސްތަށިގަނޑުން ވަކިކުރުވުނު އިސްތަށިކޮޅެކެވެ. އަތުގެތެރޭ ރަބަރު ޕެކެޓް ބޮޑިކޮށްލަމުން ހައިޒަލް އިސްއުފުލާ ބަލާލިއިރު އެލޮލުން ފެންނަމުންދިޔަ ކުލަވަރުގައި ތަފާތުކަމެއްވިއެވެ. އެ ލޮލުގައިވީ ތޫނު ވިދުމެކެވެ.
މިހުރިހާދުވަހު އޭނަ ވަށާލައިފައިވީ އަނދިރި ފަރުދާއިން ނިކުންނަންޖެހޭ ވަގުތު ކުޑަތަންވީއެވެ. މިއަދު ހާމަވެގެންދާ ހަޤީޤަތަކުން އޭނަގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނެއެވެ.
*** *** *** *** *** ***
މާބްލް ހޮސްޕިޓަލްގެ ގޯތިތެރެއަށް ވަދެގެން އައި ކާރުން ހައިޒަލް ފޭބިއެވެ. އޭރު ހޮސްޕިޓަލްގެ އާ އިމާރާތުން ޒިވާން ނިކުމެގެން އައީއެވެ. ހައިޒަލްގެ ނަޒަރު ޒިވާންއަށް ހުއްޓުނު ވަގުތުކޮޅު ޒިވާންއަށް ހަނާއަޅާލަމުން ކާރަށް ލެގިލިއެވެ.
“ހައި.. ކިހިނެތްވީއޭ….” ހައިޒަލްއާއި އަރާހަމަވެފައި ޒިވާން ވާހަކަދެއްކިއެވެ. ހައިޒަލް އެހާ ދަންކޮށްފައި އެގޮތަށް އަންނާނީ ކޮންމެވެސް ބޮޑުކަމެއްވެގެންކަން ޒިވާންއަށް އިނގުނެވެ. ޒިވާން ޑޮކްޓަރ ކޯޓްގައި ހުރިއިރު އޭނަ ގެންގުޅޭ ކަށިގަނޑު ކަރުގައި އަޅުވާލައިފައި އޮތެވެ.
“ޒޭވް ޑޫ މީ އެ ފޭވަރ…” ހައިޒަލްގެ އަޑުކުރެހިފައިވީގޮތުން ގިނައިރު ރޮއެފައިހުރީހެން ހީވިއެވެ. ޒިވާންއާއި ދިމާލަށް މޫނު އަނބުރާލައިގެން ހުރިއިރުވެސް އަވިއައިނުގެ ސަބަބުން ލޯނިވާވެފައިވާތީ އެލޮލުގައިވީ އަސަރު ފޮރުވިފައިވެެެއެވެ. އަވިއައިނު ކަރުނަ ފޮރުވައިދޭން މަދަދުވެރިވިޔަސް އެއަޑުގައިވާ ރިހުން ސިއްރުކުރެވިދާނެހެއްޔެވެ؟
ހައިޒަލްގެ ޖީބުތެރެއިން ނެގި ދެޕެކެޓް ޒިވާންގެ އަތުތެރެއަށްލަމުން އޭނަ ޒިވާންގެ ފަރާތުން ބޭނުންވާކަންތައް ބުނެލިއިރު ޒިވާން ލޯބޮޑުކޮށްލަމުން ހައިޒަލްއާއި ދިމާލަށް ބަލާލެވުނީ ހައިޒަލްއަށް ހުރިހާކަމެއްގެ އަސްލު އިނގުނުކަމަށް ހިތަށް އަރާ ހާލުގައެެވެ.
“އެންމެ އަވަހަށްވެސް މާދަމާރޭ ރިފޯޯޓް ލިބޭވަރުވާނީ.. އެކަމް ކުއްލިއަކަށް ކީއްވެ ހައި؟” ހައިޒަލް ކުރި ސުވާލަށް ޖަވާބުދެމުން ޒިވާން އަހާލިއެވެ.
“މިހާރަކު ނޫން ޒޭވް… ފަހުން ބުނާނަން…” އެ ވާހަކަތައް އެހެން މީހަކާއި ހިއްސާކުރާނެހާ ހިތްވަރެއް ހައިޒަލްގެ ހަށިގަނޑަކު ނެތެވެ. ހަޤީގަތުގައި އެ ޓެސްޓް ހެދުމުގެ މާބޮޑު ބޭނުމެއްވެސް ނެތެވެ. އަޒްހާންއާއި ހައިޒަލްގެ ފޮޓޯއެއް ފެނުނުމީހަކަށްވެސް އެދެމެދުގައިވާ ގުޅުން ޔަގީންވާނެެއެވެ. ނަމަވެސް ހައިޒަލްއަށް އަދިވެސް އެކަން ޤަބޫލުކުރަން ދަތިވަނީއެވެ. ހަޤީގަތަކީ ބައެއްފަހަރު ހާދަ ހިތި އެއްޗެކެވެ.
ކުރިއަށްވުރެ މޫސުމް ގޯސްވިއެވެ. ބާރު ވައިރޯޅިތައް މާހައުލުގައިވާ ހިމޭންކަން ނަގާލަން މަސައްކަތްކުރަން ފެށިއެވެ. ރޭގަނޑުގެ ބައިވެރިންކަމުގައި ތަރިތައްވެސް އުޑުގައި ފިޔަޖަހަޖަހާ ތިބެފައި އުޑުމައްޗަށް އެއްވަމުންދިޔަ ބޯ ވިލާތަކުގެ ފަހަތަށް ވަދެ ނިވާވިއެވެ. ހައިޒަލް ވަކި މިސްރާބެއްނެތި މަގުތަކުގައި ކާރު ދުއްވަމުންދިޔައިރު އެއްވެސް ވަރަކަށް މަގަކަށް ސަމާލުކަމެއް ނުދެވުނެވެ. ގާނޫނުވެސް ހުއްދަނުކުރާހާ ބާރަށް ކާރުދުއްވުނުއިރު ވަންވޭތަކަކަށްވެސް ފަރުވާއެއް ނުބެހެއްޓުނެވެ. އޭނަ ސިކުނޑި ހީވަނީ އައްސިވެފައިވާހެންނެވެ. ހިނދުކޮޅަކަށް ސިކުނޑީގެ ހަމަޖެހުން ނަގާލާ ހިޔާލުތަކުން މިންޖުވެފައިވީއިރު އިހުސާސްކުރެވުނީ ހުސްކަމެވެ. ހަށިގަނޑުގެ ހިނގުމާއި ހިތުގެ ވިންދުތަކަށް ލަސްކަމެއް އައިސްފައިވާހެން ހީވެއެވެ.
ހައިޒަލް ކާރު ދުއްވައިފައިދަމުން ސަރަކައިގައި ހިފާ އަނބުރައިގަތްގޮތުން ފުރޮޅިތައް ކެހިގެންގޮސް މަގުގެ މެދަކަށް ކާރު ހުއްޓުނެވެ. އޭރު ހައިޒަލްއަށް ހުރެވުނީ ޑައިމެންޑްވޭލީއާއި ދާދިގާތުގައެވެ. މަގާއި އެންމެ ގާތަށް ހުރި ދެތިންގެ ދޫކޮށް ފެންނަން ހުރި ޑައިމެންޑްވޭލީން ނިކުންނަމުންދިޔަ އަލިކަމުން އެ މަގަށް ހިސާބަކަށް އަލިވެފައިވެއެވެ. ސަރަކައިން އަތްދޫކޮށް ގޮނޑިއަށް ލެގިލަމުން ހައިޒަލް އެގެއާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. ނައިނާ ނުފެނި މިވޭތުވެ ދުވަސްތަކުގައި އޭނައަށް އެތައް ފަހަރަކު އެމަގުން ކުރިކެނޑުނެވެ. ނައިނާގެ ހާލެއް އިނގެން ހިތް ބޭގަރާރުވެފައިވިޔަސް އެއިން އެއްވެސް ފަހަރެއްގައި އެގޭ ތެރެއަށް ފިޔަވަޅެއް އަޅާލާނެހާ ހިތްވަރެއް ނުކުރެވުނެވެ.
ހައިޒަލް މަގަށް ނަޒަރު ހުއްޓާލައިގެން އިންދާ ކުޑައެއް ހިފައިގެން މަގަށް ނިކުމެގެން އައި ނައިނާ ފެނިފައި ހިތްވެސް ފިނިވެލިއެވެ. ހުދުކުލައިގެ ގަމީސްކޮޅަކާއި ސްކްނީއެއްގައި ކިތަންމެ ސާދާކޮށް ހުއްޓަސް ހައިޒަލްގެ ލޯމައްޗަށް ނައިނާ ފެނުނީ އެފަދަ ދެވަނައެއް ނުވާ ރީތީގެ ރާނީއެއްގެ ގޮތުގައެވެ. ހިތްވެސް އޭގެ މިސްރާބުން ދީލައިލައިގެން ނައިނާ ގާތަށްދާން ތެޅިގަތެވެ. އޭނަގެ ދީވާނާ ހިތް މިރޭ އޭނަ ދަމައި ނައިނާ ގާތަށް ގެނައީއެވެ. އޭނަގެ ހިތުގެ ދީވާނާކަން ބޮޑުކަމުން ދުވަހަކު އެލޯތްބާއި ވަކިވެވޭނޭކަމެއް ނޭނގެއެވެ. އަދިވެސް އެހިތުގެ ދުއާއަކީ ނައިނާ މިލްކުވުމެވެ.
ހައިޒަލްގެ ހިތްވެސް އޭނައާއި އަރާރުންވީ ހިނދުކޮޅަކަށްފަހު ހައިޒަލް އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރު ހިންގަމުން ދުރަށް ކާރުދުއްވާލިއެވެ. ހިތާމަ އޭނަގެ ހިތްދަތިކޮށްލާކޮންމެފަހަރަކު އަދިވެސް އޭނަގެ ހިތްއެދެނީ ނައިނާގެ އޯގާތެރިކަމެވެ. އެއަތުގެ ފިރުމުންތަކާއި އެ ފިނިފިނި ބަސްތަކުން ހިތުގައި ގަނޑުފެންއަޅާލަދިނުމަށެވެ.
މަގުގެ ކަންމައްޗަށް ނައިނާ އަރާހަމަވިއިރު ދުރަށްގޮސް މަގުން އޮބާލި ކާރު ފެނިފައި ކިތަންމެ ބޭނުންނުވިޔަސް ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ހިތްނުތަސްނަވަސްވެފައި އެދިމާލަށް ބަލަހައްޓައިގެން ހުރެވުނުއިރު އޭނަގެ ހިތްވެސް އަތްދަށުން ވީއްލިގެން ހިނގައިދާނެހެން ހީވިއެވެ. ނަމަވެސް ނައިނާ އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ދުރަށް ހިނގައިގަތެވެ.
*** *** *** *** *** ***
މަޔާން ގްލާސްބޯރޑުގައި ލިޔަންހުރިއިރު ނިހާލް އިންނެވީ މަޔާންގެ ކޮންމެ ހަރަކާތަކަށް ނަޒަރު ހުސްކޮށްލައްވައިގެން ނުހަނު ފަރުވާތެރިވެއެވެ. ގްލާސް ބޯރޑުގައި ހިއްޕާފައިވާ ފޮޓޯތައް ގުޅަވަމުން މަޔާން އެ ކޭސްއާއި ބެހޭގޮތުން އޭނަ ދެކޭގޮތް އޮޅުންފިލުވައިދެމުންދިޔައެވެ. އަދި އެ ކޭސްއަށް ޝައްކުކުރެވޭ ބައެއް ސަބަބުތައް ކިޔައިދެމުންދިޔައެވެ.
“އާރސަންއަކީ ގަސްތުގައި ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހުޅު ޖެހުން… މީހެއްގެ މަރަށްފަހު ހެކިނައްތާލަން އަލިފާން ޖެހުމަކީ އާރސަން ހޮމިސައިޑް… މިކޭސްއަކީ އާރސަންއެއްކަމަށް ނިންމޭފަދަ ހެކިތައް އަޅުގަނޑުމެންނަށް ވަނީ ފެނިފައި… ސީންއިން ނެގިފައިވާ ފޮޓޯއިން ފެންނަ އަލިފާނުގެ އިރެގިއުލަރ ޕެޓާންއިން… އާންމުކޮށް މިގޮތަށް ޕެޓާން ފެންނާނެ ހުޅުގަނޑު ފެތުރިގެންދާ ސްޕީޑް ބާރުކޮށްދޭ އެއްޗެއް ބޭނުންކޮށްފައިވާނަމަ… ހުޅުގަނޑު ފެތުރުނު ހަލުވި މިން… ހުޅުގަނޑު މައްޗަށް އެރިވަރު… ބޮޑަށް ލަފާކުރެވެނީ ގެސޮލިން ފަދަ އެއްޗެއް ބޭނުން ކޮށްފައިވާކަމަށް… ފޮޓޯތަކުން އެއް ސައިޒެއްގެ ފިޔަވަޅުތަކެއް ފާހަގަކުރެވިފައިވޭ… ފޮޓޯއިން ފެންނަ ގޮތުގައި އިމާރާތުގެ ފަހަތު ގޭޓްގެ ބޭރުން ފިޔަވަޅުތައް ހުރީ ދެފަރާތަށް.. އެތެރެއަށް ވަންނަން އަދި ނިކުންނަން… ބޮޑަށް ލަފާކުރެވެނީ ސަސްޕެކްޓް އިމާރާތުގެ ތެރެއަށް ވަދެ ނިކުތް މަގަކީ މިއީކަމަށް…” މަޔާން ކޮންމެ ފޮޓޯގަނޑެއްގައި އިނގިލި ޖައްސަމުން އޮޅުންފިލުވައިދެމުންދިޔައެވެ.
“އޭ.އެޗްގެ ޗެއަރމެންގެ ހަށިގަނޑު ފެނުނު ސަރަހައްދަކީ މިއީ… ގުދަނެެއްފަދަ ތަނެއް… ފޮޓޯތަކުން ފެންނަގޮތުގައި ދަ ބޮޑީ ވޯޒް ލައިން އަޕްވާޑްސް… ސިޗުއޭޝަންއަށް ބަލާލާއިރު މިފަދަ ހާލަތެއްގައި ކޮންމެ މީހަކުވެސް ސަލާމަތްވާން މަސައްކަތްކުރާނެ… ކޮންމެވެސް ތަނަކަށް ވަދެގެން ނޫނީ ނިވާވެގެން ތަނަކާއި… މީގެ އެއްސަބަބަކަށްވާނީ ގިނަ އަދަދަކަށް ކާބަން މޮނޮކްސައިޑް އިންހޭލްކުރެވުމުގެ ސަބަބުން ސަލާމަތްވާން މަސައްކަތްނުކުރެވުން… ނޫނީ އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ވިކްޓަމްގެ ފުރާނަ ދުއްވާލައިފައިވުން… މިކަމަށް ހެކިދެނީ ފަޑުކޮށްނަމަވެސް ފެންނަމުންމިދާ ލޭކުލަ…” މަޔާން ނުހަނު ތަފްސީލުކޮށް ކިޔައިދެމުންދިޔައީ ފާހަގަކުރެވުނު ނަމަވެސް މާބޮޑު ސަމާލުކަމެއްނުދީ ދޫކޮށްލެވޭ ކަންކަމުގެ ވާހަކައެވެ. އެ ކުދި ކުދި ނުކުތާތައް އެކުވެގެން މަޔާންގެ ވާހަކައަށް ބާރުދިނެވެ.
“މަޔާން ދެކޭ ގޮތުގައި ކަލްޕްރިޓްއަކީ ކާކު…” މަޔާންގެ ފަލްސަފާ އަޑުއަހަން އިނދެފައި ނިހާލް ސުވާލުކުރެއްވިއެވެ.
“ސިލްކް ކޮމްޕެނީގެ ޗެއަރމަން އަހްމަދު އައްމާރު… އާންމުކޮށް މިފަދަ ކުށްތައް ހިންގަނީ ބަދަލުހިފުމުގެ ރޫހުގައި… އެކަކަށްވުރެ އަނެކަކު ކުރިއަރާ ދިޔުމުން ވާދަވެރިވެ ވައްޓާލުމުގެ ނިޔަތުގައި… ސިލްކްއާއި އޭ.އެޗް ފިނޭންޝިއަލްއަކީ އެކުއެކީގައި އުފެދިގެން އައި ދެކުންފުނި… ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ކުރީގައި އޮތް ކުންފުނި އޭ.އެޗް.ފިނޭންޝިއަލްއަކީ.. އެ ކޮމްޕެނީގެ ޗެެއަރމަން ނިޔާވިއިރު އެ ކުންފުނި ދިޔައީ އެމީހުންގެ އެންމެ ބޮޑު ޕްރޮޖެކްޓް ބޭރު ބަޔަކާއި ގުޅިގެން ފަށަން ތައްޔާރުވަމުން… އެ ޕްރޮޖެކްޓް ނަގަން އެންމެ ޑިމާންޑްކުރަމުންދިޔަ ކުންފުންޏަކީ ސިލްކް… އޭ.އެޗް.ގެ އަޑިއަޅާލުމާއިއެކު އެ ބިޔަ ޕްރޮޖެކްޓްއާއިއެކު ސިލްކު ހިންދެމިލީ… އަޅުގަނޑު އައްމާރުގެ ޓްރާންސްފަރ ރިކޯރޑްސް އަދި ޑީޓެއިލްސްއަށްވެސް ބަލާލިން… ހާދިސާ ހިނގުމުގެ ހަފްތާއެއްކުރިން ރިސޯޓް ބޭނުމަކަށް ބުނެ އައްމާރު ގެސޮލިން ސްޓޮކްއަކަށް އެދިފައިވޭ.. އަދި ކޭސް ކުރިއަށްދިޔައިރު އެތައް މުވައްޒަފަކަށް ފައިސާގެ އިނާޔަތްތަކާއި ރިސްވަތުދީފައިވޭ… އަދި ކޭސް ހިންދާލުމަށް އެތައް ބަޔަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިފައިވޭ…” މަޔާންގެ ވާހަކަ ކުރިއަށްދިޔައިރު ނިހާލްގެ ތަނަވަސް ނިއްކުރިއަށް އެތައް ރޫތަކެއް އެރިއެވެ. މޫނުގެ ކުލަވަރު ބަދަލުވަމުންދިޔައެވެ.
މަޔާން އޭނައަށް ރުހާމްގެ ފަރާތުން ލިބުނު ލިޔެކިޔުންތަކާއި އަމިއްލައަށް ހޯދި ހެކިތަކާއި އޭނަގެ ބަސްތަކަށް ބާރުދޭ ލިޔުންތައް ނިހާލްއަށް ހުށަހެޅިއެވެ. އެއިން ކޮންމެ ލިޔުމެއް ނިހާލްގެ މޫނަށް ތަފާތު އަސަރެއްވެރިކުރުވިއެވެެ. މަޔާންގެ ދައުވާގެ ތެދުކަން އެލިޔުންތަކުންވެސް ހާމަކޮށްދިނެވެ. ހުރިހާ ހެތްކެއް ހުރީ މަޔާންގެ ވާހަކަތަކާއި އެއްކޮޅަށެވެ. ލިޔުންތައް ބައްލަވަން އިންނަވާފައި ނިއްކުރީގައި ފިރުމާލެއްވިއެވެ.
ނިހާލްއާއިއެކު ބޭއްވި ބައްދަލުވުން ނިންމާފައި މަޔާން ނިހާލްގެ ކެބިންއިން ނިކުތުމާއިއެކު ކެބިންގެ ފާރަށް ލެގިލައިގެން ހުރި އައިޒާން ކެތްތެެރިންކޮޅުންލާފައިހުރެ މަޔާންއާއި ކައިރީވީގޮތަށް އޮޅުން ފިލުވަން ފެށިއެވެ. މަޔާންގެ މޫނު އުޖާލާވެގެންދިޔަ ހިނިތުންވުމާއިއެކު ބޮޑުވައި އިނގިލި ހިއްލާލުމާއެކު އައިޒާން ވަގުތުން މަޔާންގެ ގައިގައި ހިފައިގަތެވެ.
“ކޮންގްރެޓްސް ޔާން… ނިހާލް ސަރ ހަމަ އަސްލަށްވެސް ކޭސް ޔާންްއަށް ދިނީތަ؟ ވޯވް ދިސް އިޒް ގޮނަ ބީ އެ ބިގް ބްލޯރ…” އައިޒާން ފޯރިއަރާފައިހުރެ ވާހަކަދެއްކީ ހޯލްވޭއިން ލާފައި ކެބިންއަށް ދަމުންނެވެ. އެވަގުތު ނިހާލްގެ ކެބިންއާއި ދިމާލަށް ދިޔަ ރިޔާޒު މަޔާންއާއި ދިމާލަށް ލޯހަނިކޮށްލާފައި ދިޔަގޮތުން މަޔާން ގާތަށް ނުލަފާ ހިންޏެއް އައެވެ.
“މިކޭސްގައި މަށާއި ކޮމްޕެނީ ދޭންހުރީ ޒާން އިނގޭ… އަސްލު ސަސްޕެކްޓް އިނގުނަސް އަދިވެސް އަހަރެމެން ހޯދަން ޖެހޭ އެވިޑެންސްތައް ގިނަ.. މިހާރު ހުރި ހެކިތައް އެކަނި ބޭނުންކޮށްގެން މިކަން ކުރަން އުޅެފިއްޔާ އައްމާރު ބޯދަމައިގަންނާނޭކަން ޔަގީން… ރަނގަޅަށް އޭނަ ބައްދާލަން އެބަޖެހޭ… ނިހާލް ސަރވެސް ވަރަށް ޝޮކްވެފައި އިނީ އައްމާރުއޭ ބުނީމަ… އަހަރެމެން ހޯދި އެވިޑެންސް ދެއްކީމަ އެންމެފަހުން ކުރިއަށްދާން ހުއްދަދިނީ… އެންޑް އަހަރެންގެ ހިތެއްނުބުނޭ މިކަމުގައި އައްމާރު އަތެއް އެކަންޏޭ އޮތީކީ…” މަޔާން ވާހަކަދެއްކިއިރު އެއްފަރާތުގައި ބަހައްޓާފައިވާ ގްލާސް ބޯރޑަށް ނަޒަރު ދަތުރުކުރިއެވެ. އެ ބޯރޑްގައި އެކި މީހުންގެ ތަސްވީރުތައް ހިއްޕާފައިވާއިރު ކޮންމެ ތަސްވީރެއް އަނެއް ތަސްވީރު ގުޅުވާ ލިޔުންތަކެއް ލިޔެފައިވެއެވެ.
“އޭ.އެޗް ފިނޭންޝިއަލްއާއި ސިލްކްއަކީ އެކުއެކީގައި އުފެދިގެން އައި ދެކުންފުނި… އައްމާރުގެ ކުންފުންޏަށް އެންމެ ވާދަވެރި ކުންފުންޏަކަށްވީ އޭ.އެޗް… އޭނަ ބޭނުންވީ އޭ.އެޗްއަށްވުރެ ކުރިއަރައިގެންދާން… އެކަމަށްޓަކައި އޭނަ ނެގީ ޝޯޓްކަޓްްއެއް… އޭ.އެޗް.ގެ ޗެއަރމަން މަގުން އެއްފަރާތްކޮށްލީ… ޒާން އޭ.އެޗްގެ ޗެއަރމެންގެ ބެކްގްރައުންޑް ޗެކް ކޮށްލައްޗޭ… ހިޒް ފެމިލީ…” ބޯރޑުގައި އިނގި ހިންގަމުން މަޔާން ވާހަކަދެއްކިއެވެ. އެވަގުތު އައިޒާން ފައިލްއެއްގެ ތެރެއިން ނެގި ފޮޓޯގަނޑެއް މަޔާންގެ އަތުގެ ތެރެއަށް ލައިދިނެވެ.
“މިއީ…. ވަޓް… މީގައި މީނީ ހައިޒަލްއެއްނޫންތަ؟ ވެއިޓް މަ ދެކުނިން މިފޮޓޯ ކޮންމެވެސް ތާކުން…” ފޮޓޯގަނޑަށް މަޔާންގެ ނަޒަރު ދަތުރުކުރިއިރު އެ މޫނުމަތިން ފެނިލި ހައިރާންކަމާއިއެކު އައިޒާންއާއި ދިމާލަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. އައިޒާން ސަމާސާކުރާކަމުގެ ޝައްކާއިއެކުގައެވެ. ނަމަވެސް އައިޒާންގެ މޫނުމަތީގެ ކުލަވަރުން ބުނެދީ އެހެން ވާހަކައެކެވެ. އެ ފޮޓޯ ކުރިންވެސް ފެނިފައިވާކަމުގެ އިހުސާސް މަޔާންއަށް ކުރެވުނީ އެވަގުތުކޮޅުއެވެ. އެކަމަކު އެއީ ކޮންތާކުން ހެއްޔެވެ؟
“ޒާން ކޮންމެވެސް ގޮތަކުން އައްމާރު ޓްރެކް ކުރެވޭނޭގޮތެއް ހަދާ.. ދެން އޭނައަށް ފްލޯކުރަމުންދޭ… އަދި ނީޑް ޓު މޭކް އިޓް ޝުއަރ…” މަޔާން ހަރަކާތަށް އަވަސްވެގެންދިޔައީ ފޯނު ނަގަމުން ކޮންމެވެސް މީހަކަށް ގުޅަންފެށިއެވެ. ދެތިންފަހަރު ގުޅިއިރުވެސް ތަކުރާރުކޮށް އެމެސެޖެއް ލިބެންފެށުމާއިއެކު މަޔާން ނުތަނަވަސްވެހުރެފައި ނިއްކުރިމަތީ އިނގިލިތައް ހިންގާލިއެވެ. ވަގުތުން އަތުގައި އޮތް ފޮޓޯގަނޑު ޖީބަށް ޖަހާލަމުން މަޔާން ކެބިންއިން ނިކުތްގޮތަށް ދުއްވައިގަތެވެ.
*** *** *** *** *** ***
ޒިވާންއާއި ހައިޒަލް ބައްދަލުކުރީ ޒިވާންގެ ކެބިންގައެވެ. ޒިވާންގެ މޭޒުމަތީގައި ބާއްވާލެވިފައިވާ ރިިޕޯޓްއަށް ނަޒަރު ހުއްޓާލައިގެން ދެޒުވާނުންނަށް ތިބެވުނުއިރު އެ ފިނީގައިވެސް ހައިޒަލްގެ ހަށިގަނޑު ދަލުން ފެންވެެރުނެވެ. ހިތްދެކޮޅަށް ކިރެމުންދިޔަ ގޮތުން ގޮތެއް ނިންމަން ދަތިވިއެވެ. ހަގީގަތަށް ފުރަގަސްދެމުން އަލުން އަނބުރާ އެއްވެސްކަމެއް ނޭނގިހުރި ދުވަސްތަކަށްދާން ހައިޒަލްގެ ހިތް އެދުނެވެ. ނަމަވެސް ލޮލަށް މަންޒަރެއް ފެނުމަށްފަހު އެ މަންޒަރު ހިތުން ފުހެވޭނީ ކިހިނެތްހެއްޔެވެ؟ އަމުދުން އެއީ ހިތްނޭދޭ މަންޒަރެއްނަމަ އެ ކަމެއް މުޅި އުމުރަށް ނަފްސުގެ ހަމަޖެހުން ނަގާލާނެއެވެ. ކަމެއް ހިނގާދިޔުމަށްފަހު އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ދެން އޮންނާނީ އެކަމަކާއި ކެރިގެން ކުރިމަތިލުމެވެ. މިހާ ހިސާބަށް އައުމަށްފަހު ދެން އަނބުރާ ދިޔުމެއްނެތެވެ.
ތުރުތުރުލަމުންދިޔަ އިނގިލިތަކުން ސިޓީ އުރަ ނެގުމަށްފަހު ރިޕޯޓްނެގިއެވެ. އޭރު ޒިވާންގެ ނަޒަރު ސީދާވެފައިވަނީ ހައިޒަލްގެ މޫނަށެވެ. ހައިޒަލްގެ މޫނުމައްޗަށް ވެރިވެގެންދާކުލަވަރާއި ހަރަކާތްތަކަށް ދެނެގަންނަންވެގެން ޒިވާން އިނީ ސަމާލުކަމެއްދީގެންނެވެ.
“އެކްސްކްލޫޝަން: ދެއަރ އިޒް ނޯރ ބައިލޮޖިކަލް ޕެޓާރނަލް ރިލޭޝަންޝިޕް އެމޮންގް ދަ ޓޫ ޕާރސަންސް މެންޝަންޑް އެބަވް…” ކިޔާލަން ފަސޭހަޔަސް ޖުމްލަތަކެއްގެ ސިފައިގައިވާ އެ ހަޤީގަތް އައިސް ހައިޒަލްގެ ސިކުނޑީގައި ޖެހިގަތީ އެތަށް ޓަނެއްގެ ބާރުމިނާއިއެކުގައެވެ. ދެލޯ މަރާ ތަގުޅިކޮށްލަމުން ހައިޒަލް ފުންނޭވާއެއް ދޫކޮށްލިިއިރު އިނގިލިތަކަށް ވާންވިއެވެ.
“އައި ނިއު އިޓް…” ރިޕޯޓް މޭޒުމައްޗަށް ދޫކޮށްލަމުން ހައިޒަލް އިސްއުފުލާބަލާލިއިރު އެ މޫނުން ތަފާތު އަސަރުތަކެއް ނުފެނުނެވެ. އޭނަގެ ނަފްސަށް ލިބުނު ގުނޑުމުގެ ބޮޑުކަމާއިއެކުވެސް ބޭރުފުށުން އެއްވެސް ތަފާތު އަސަރެއް ދައްކާނުލީއެވެ. މިހުރިހާދުވަހު ބައްޕަ ކިޔައިގެން އުޅުނު މީހާއަކީ އަމިއްލަ ބައްޕަ ނޫންކަން އިނގުމުން ހިތުގައި އުފެދުނު ނުތަނަވަސްކަމާއިއެކު އުފާވެރިކަމެއްވެސް އެތެރެހަށިން ވިންދުޖަހާލިއެވެ. އަލްހާންގެ ފަރާތުން އޭނައަށް ފެނިގެންދިޔަ އަމަލުތަކަކީ ބައްޕަގެ ފަރާތުން ފެންނަން ހައިޒަލް އެދޭ އަމަލުތަކެއްނޫނެވެ. ނައިނާގެ ފުރާނައަށް ދަހިވެތިވެފައިވާމީހަކީ އަމިއްލަ ބައްޕަަކަމަށްވުމީ މިހާތަނަށްވެސް ހައިޒަލް ނައިނާއާއި މޫނު ހަމަކުރަން އުނދަގޫކުރުވާ ސަބަބެވެ.
ނަމަވެސް 21 އަހަރުފަހުން ހަގީގަތް ގަބޫލުކުރުމަކީ ހީކުރިހާ ފަސޭހަކަމަށްނުވިއެވެ. އެންމެ ޖުމްލައަކުން އެދެމެދުގައިވީ ގުޅުން ކެނޑިގެންނެއް ނުދާނެއެވެ. ބައްޕަ ނޫނަސް މިހާތަނަށްވެސް އޭނަ ބެލެހެއްޓީތީ އަލްހާނާއިމެދު ހިތުގައި ކޮންމެވެސް ވަރެއްގެ ކުލުނުވެރިކަމެއް އުފެދުނެވެ. ހިތުގައި އެއްކަނެއްގައި ކުޑަނަމަވެސް ރުޅިވެރިކަމެއްވީ އޭނަގެ ލޯތްބާއި ވަކިވާން މަޖުބޫރުވީ ސަބަބަކީ އެއީކަމަށްވާތީއެވެ.
“ހައި އޯކޭތަ.. ޔޫ ޝުޑް ނޯރ ދިސް…” ޒިވާން ޑްރޯވަރ އިން ނެގި ނޫސް ކަރުދާސްގަނޑު ހައިޒަލްގެ ކުރިމަތީ ބާއްވަމުން ނޫސް ކިޔާލުމަށް އެދުނެވެ. އެއީ ހައިލާއާއި އަޒްހާންއާއި ބެހޭގޮތުން އޮތް ރިފޯޓްއެކެވެ. ހައިޒަލްއަށް ހުރިހާ ކަމެއް އިނގެންދިޔައިރު އިތުރަށް އަނދިރީގައި ބަހައްޓަން އެއްބާރުލުންދޭން ޒިވާން ބޭނުންނުުވީއެވެ.
“އޭ.އެޗް.އިންޑަސްޓްރީސްގެ އަލިފާނުގެ ހާދިސާ: ޒުވާން ދެމަފިރިން ދުނިޔެ ދޫކޮށްދިޔައީ ތުއްތު ދަރިފުޅު ސަލާމަތްކޮށްދީފައި….” ކުޑަކުއްޖެއްގެ ފޮޓޯގަނޑެއް ޖަހާފައިވާ ސަފްހާގެ މަތީގައި ފަަލަ އަކުރުން ފަވާފައިވާ ސުރުހީ ހައިޒަލް ކިޔާލިއެވެ.
“މިއީ ހައި… ހައިގެ ބައްޕަ އަޒްހާން އަންކަލްއަކީ އޭ.އެޗް.ގެ ފައުންޑަރ… އެ ހާދިސާގައި ހައި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ހައިގެ މަންމައާއި ބައްޕަ ނިޔާވީ…” ޒިވާން ވާހަކަދައްކަމުންދިޔަތަނާ ހައިޒަލް ކުއްލިއަކަށް އެ ވާހަކަ މެދުކަނޑާލިއެވެ.
“އަހަރެންގެ މަންމަ… މަންމަވެސް ނިޔާވީތަ؟” ހައިޒަލް ނޭވާލުމެއްނެތި އަވަސްގޮތަކަށް ސުވާލުކުރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
89 Comments!
Comments are closed.






me first dhw
yes dear mi faharu first
here’s the 62nd part of Bunedheyshe Ruhemey.. hope you all will like this part too.. leave a comment.. next part on thursday night.. keep waiting.. good night
Finally..????
Kiyafa cmmnt kollanan
thankss dear
Mashah Allah ?v v reethi vaahaka… Can’t wait to the next part ??? love Yuh Dhiraaaaaa???
thankss dear
Vvvvv reeeethi maasha allah ???
thankss dear
wow.. vv rythi.. neih tha surprise part eh.. hehehe
thanks dear.. surprise part eh up vefa ihaane miadhu
Mi part varah rythi.. Waiting 4 nxt part..
thankss dear
??Will comment after reading ingeyy
thankss dear
Alhey… Vvv reethi mi part.. Mihaaru hama v interesting…. Avahah bust kollabala alhaanmen… Eyrau rangalhuvaanee… Hehe.. Dhiraa❤️❤️❤️??? Baajjaveri dhuvasthakakau edhen ????????????❤️❤️❤️?
hehehe dhw vaguthu aima bust vaane adhi.. thankss dhonthy
Vrh rythi mi part vs ? ? ? Very curious to know what will happen next ☺️☺️☺️☺️☺️
thankss dear.. Sshau ge vaahaka dhira kiyaalin.. varah reethi.. keep going darling
???❤?Haadha reehchey
thankss dear
vvvvv reethiiii
thanks dear
Vvv reethi. Masha Allah
thankss dear
Oh gadha. amilla ah feyhunu iloshi amilla lolah haren e ulhenee ey dhw?.. wow. Varah reethi mi baives…
thankss dear… abadhaku molheh ves nuvaane eh nu dhw Aby.. hama ragalhahves lolah hereyne mifaharu.. hinghaa dhw balamaaa
Alhey kiya kiyaaa indhaaa nimijje. Dhiraaa vara reethi story. Reethi kan prove koh dey vara mivaahakage kiyuntherin gina. Thanks adhi 1 part mirey up kolla deythi
thankolheh kuruvee dhw dear.. thankss… varah ufaavey thihaa hiyheyo kiyuntherinthakeh libuneema.. miadhu up kohlin baeh
Okay mi part ga varah gina kan kan unfold vejje varah reethi dhira ge ibaaraiy kurumah hama 100 dheynan avas aruvaanulahchey please slowly slowly nimmaalaanee igey In sha allah u can do this dhiraa we will be waiting for the next part?????
thankss dear.. dhen dhaanee kan kan unfold vamun.. dhira hama kurinves vaahaka gendhiya gothah ingey gendhaanee.. avas aruvaanulaa kankan detail kuramun
Aachaa❤❤❤…Its soooooooo beautiful???..I’m just outta of wordss??????..Dhiraa v molhu…Keep going darlx???..All da best buddyy???
thankss dear
Vvvvv rythi❤❤❤❤….adhi kithah part ebaan thr ehkon nimen
thankss dear.. im not sure about the remaining parts… trying not to exceed more than 10
Wow… dhiraa. This part is so lovely???????????????☺???????????????????????? dhen vex naina aai haizal gulhuvaabala dear. Then shaleen aai mayaan vex. And most importently e bad bahpa menge hageegai falhaa aruvaalan vee. When is the next part dear. Curiously waiting.????????????????????????????????☺??????????????????????????????????????????????????????????????????????????????????????????????????????? good night.good luck for next part.?????????????love it. U are the best.
thankss dear.. dhira mi gengulheneee varah boaharu kudhin kolhekey.. egothakah basnaa haigen miulheny.. edhekudhin adhi gulheyne… bahpa men dhw.. adhi e meehunge nimunves ahnaanee.. kuda inthizaareh othy..
Just wow ???
thanks dear
??? Dhen kihinei vaanyyy??!!!…..?? ???
dhen vaagotheh balan highaa
Vvv reethi
thankss dear
?❤️?❤️?❤️?❤️?❤️?
Dhiraa, varah dhan kollaafa haizal zivaan aa meet kuran dhiyairu sunglass alhaigen huri vaahaka ebaoi. Ethankolhu hamanujeheykanneyge. Reygandu sunglass alhaa tha? Story varah reethi, waiting for next part.
?❤️?❤️?❤️?❤️?❤️?
thankss dear.. ethankolhu ga haizal glass alhaigen huree loa foruvanvegen.. eyna roakan ehen meehakah angan beynun nuvaathy
Kihineh dhen beauty ???????
*vaany
hingaa vaagotheh balamaaa
Woahhhhh.♥️
thankss dear
╔══╗
╚╗╔╝
╔╝(¯`v´¯)
╚══`.¸.this story
Love it. ?Awesome
thankss dear
thnks dear
?????? ???????. ℂ??’? ???? ??? ??? ????. ??? ???? ???..
hehheheh thnks
thankss dear.. keep waiting
Shixoo Izkaan Afeef
Nahu Xaad
thanks dear
vvv reethi mi part ves miry surprise part eh up kohladheeba dhiraa sis
trying dear.. thnks
dhiraa v reethi mi part ves???????????????
thankss dear
Varah reeethi mi part waitin………..next part
thnks
Masha Allah. Varah varah furihama. Mayaan ge eheetheri kamaaeku haizal ah univefa vaa haizalge mammage loabi anburaa hoadhadheee. Dhen Anna bai kiyaahithun hurevenee eh noon. Please please make it as soon as possible. ????
thankss for the support dear.. lets see how mayaan is going to handle the thingss… will upload soon.. keep waiting
Heii remember me? Masha Allah yur story is awesome hama… Neyge dhn hama speechless salhi kamun?❤️ aslu bxy kamun comment koh nuleveny mihaaru.. vaahaka ves up vaa dhuvahu v nukiyey college ah dhamun… Ehnve… Ekam hurihaa part eh ves eba kiyan ❤️
its owk dear. bxy koh ulhemun vx dhiraage stry kiyaalaakan enguneema v happy vehjje…thnks dear
Alhyyy dhn kihineh vaanyy??? mi part ves varah reethi ???? waiting for Thursday night ???luv it❤️❤️❤️
thnks dear
V.curious vefa indha this nimmaaly. Dhiraa you are awesome. Haadha reechey mi part ves??????…gavaidhun comment nukuriyas feshuneessure ves mi vaahaka eba kiyan. Varah varah reethi. Mee my favourite story ingey???????? alhey haadha reechey. Neynge dhen vaane gotheh ves. I am curiously waiting for your next amazing part. Alheyyyyyyyyy. Jon dhuvahakun next part.????????
heheh thnks for the support.. insh allah thursday nyyt
Wow.. vara reethi
Dhen vaanee kihinetha
Waiting for the next part
thnks… be patient dear.. hingaa balamaa vaagotheh
Kudairussure balaibodukureema kulunu huredhaane, ekamaku alhaa aa raihana e kuree maafu dheveyvarah vure bodu faafaeh. Hai edhemeehunnah maafnukuraane in real lyfgaves. Emeehunnakee insaanunge sifaigathibi dhe shaithoanun. ??????
Story V reethi, I got carried away, vaahaka thereah maabodah vadhevifadho mi indhevunee. Haha Dhiraa ur great. ❤️
thnks dear… let see whether hai will forgive and forget
Busted.Yeah dhen Hai lahvai Nai Kairy bunuhvabala hageegai.. Dhen Nai ge help aa ehkoh hairaa ge diary aa information hodhaany.
Dhiraa sis busy vaneetha.Mihaaru part varah kuru.Ekam ves varah reethi
thnks for the support…. alevel exam kairi vaathee ehaa time nudevenee stry ah… sry dear… insha allah will improve it
Masha Allah mi part ves haadha reechey mivaahaka kiyaairu heevany hama aslah kurimathin manzar fennahen haadha reechey hithah araa dhiraa mi story nimendhekah liyunu namaey v kiyaahihvey v reehi neyge kehvaane kamehves plx avahah up kohdhehchey v salhi
thnks dear.. will try me best
Beautiful mi Part. bt mivaahaka kiyan feshy 40 vana bain feshin, eyge kury bai thakeh nukiyan. bt reyga 1 to 16 ah kiyijje, story ehkoh kiyaalaafa comment eh kohlaanna. this story is really intrested.
thnks dear
Mi part ves v reethi… Dhira haadha molhey..??
thnks dear
Wow!!!! So nice! Kn irakun next part annany???? I can’t wait!!???
thnks dear… insha allah soon
Laaaaaa
Hithi nimumakun alhaan nimigen dhaane kamah mi balanee??
This part was just an explosion of mysteries
Hama loved it a lot??
hehehehehhe lets c dww…. thnks dear