ބުނެދޭށޭ ރުހެމޭ 65
“ހައިޒަލް މަރާލާ…” އައްމާރު ވިހަގޮތަކަށް ބުނެލިއިރު އަލްހާންގެ ދެލޯބޮޑުވިއެވެ.
“ކިހިނެތްވީ މާވަރަކަށް ސިހުނީ… އަލަށް ކުރަން އުޅޭ ކަމެއްނޫނެއްނު… އެހެންނޫނަސް އަމިއްލަ ކޮއްކޮއަށް ނެތް ލޯބި ކޮއްކޮގެ ދަރިއަށްވެސް ނޯންނާނެއެއްނު… ނޫނީ އަހަރެން އެކަންކޮށްދެންވީތަ… ކަލޭގެ ބާރުގެ ދަށަށް ހައިޒަލް ގެނޭ… އަހަރެންވެސް ބޭނުމެއްނުވޭ އޭނަ މަރާކަށް… އެހެންވެ ރީތިކޮށް މިބުނަނީ… އޭނައަށް މަޖުބޫރުކުރުވަން އެންމެ މޮޅު މީހާއެއްނު ތިއީ.. އެކަމަކު ދެވަނަ ފަަހަރަށް އަހަންނަށް މާޒީ ތަކުރާރުކުރަން ނުޖައްސައްޗޭ… އެކަން އޮތީ ކަލޭގެ އަތްމަތީ…” އައްމާރު ދަތްތަކަށް ބާރުލަމުން ބުނެލަމުން އަލްހާންއާއި ދިމާލަށް ބަލާލީ ނުރައްކާތެރިގޮތަކަށެވެ. މޭޒުމަތީގައި އޮތް ފޯނު ހިފައިގެންދަމުން އައްމާރު އަދިވެސް އެއްފަހަރު އަލްހާންގެ ބަލާލަމުން އިޝާރާތެއް ކޮށްލިއެވެ. އެ ބުނީ ކީކޭކަން އަލްހާންއަށް ނުހަނު ސާފުކޮށް ނަގައިގަނެވުނެވެ.
އެވާހަކަތައް ފެށުނީއްސުރެ ކަނުލާ އަޑުއަހަން ތިބި ދެޒުވާނުންގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ކަންފަތަށް އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވެފައި ތިބެ އެކަކު އަނެކަކަށް ބަލާލެވުނީއެވެ.
*** *** *** *** *** ***
އިރުއޮއްސުމުގެ ނިޝާނެއްގެ ގޮތުން ރަތްވިލާތަކުން އުޑުމަތި ފެވެމުންދިޔައިރުވެސް އަލްހާން އިންނެވީ ހޮޓެލްގައެވެ. އަނދިރިކަމުގެ ސާލުގެ ތެރެއަށް ދުނިޔެ ލަމުންދިޔައިރުވެސް ގެއަށް ދުރުވުމުގެ ހިޔާލެއް އަލްހާންގެއެއް ނެތެވެ. އެކަނި އިނދެ ވިސްނާލުމަށް އޭނަގެ ސިކުނޑި ބޭނުންވެފައިވެއެވެ. ހައިޒަލްއަށް ހަގީގަތް އިނގުމާއިއެކު އައްމާރުގެ ހިމާޔަތް ނެތިގެންދިޔުމަކީ އޭނަގެ ލޯމައްޗަށް ކައްވަޅު ފެނުންފަދަ ކަމެއްކަން އަލްހާންއަށް އިނގެއެވެ. އޭނަ ކުރި އަނިޔާވެރި އަމަލު ދުނިޔެއަށް ފާޅުވެގެންދާކަށް އޭނައަކަށް ދުލެއްނުކުރެވޭނެއެވެ. ހުވަފެންތައް ހާސިލްވާން މިހާ ގާތްވެފައި އޮއްވާ ދެއަތްފޮޅާލައިފައިދާކަށް އޭނައަކަށް ނުރުހެވޭނެއެވެ. އަމިއްލަ އެދުން ހާސިލްކުރުމުގެ ބޭނުމުގައި އޭނަ އެތައް އިންތަކެއް ހުރަސްކޮށްފިއެވެ. އޭނައާއި އައްމާރުގެ ގުޅުމަކީވެސް ނުބައިގޮތުގައި ބިންގާއެޅިގެންދިޔަ ގުޅުމެކެވެ. އެ ގުޅުން ފެށިގެންދިޔައީ ހަމަ މި މޭޒުގެ ދަށުންނެވެ. އޭނައަށް ނުބައިމަގު ދެއްކިމީހަކީ އެއީއެވެ. އަލްހާންގެ ލޯމަތީ އެ ދުވަސް ފަނޑުކޮށް ތަމްސީލުވިއެވެ.
*** *** *** *** *** ***
ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އަޒްހާންއާއި އަލްހާން އޭ.އެޗް.ފިނޭންޝިއަލްގެ އިމާރާތުން ނިކުތީ އެކުއެކީގައެވެ. ދެބެން ވާހަކައެއް ދައްކަމުން އައިސްފައި އަޒްހާން ކާރަށް އެރިގޮތަށް ދުރަށް ދުއްވާލިއެވެ. އެ ހުރިހާއިރު ވަންދެން މަސްނޫއީ ހިނިތުންވުމެއްގެ ފަހަތުގައި ހުރިހާ އަސަރުތަކެއް ފޮރުވަމުންދިޔަ އަލްހާންގެ މޫނުމަތީގައިވީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. އެލޮލުން ފާޅުވީ ހަސަދަވެެެރިކަމުގެ ހޫނުކަމާއި ރުޅިވެރިކަމެވެ. އަޒްހާންގެ ކާރު ދިޔަދިމާލަށް ބަލަހައްޓައިގެން ހުރެފައި އަލްހާން އޭނާގެ ކާރާއި ދިމާލަށް ހިނގައިގަތެވެ. ކާރުގެ ދޮރުހުޅުވާލަމުން އަރަން އުޅެނިކޮށް އެތަނަށް ހުއްޓި ކާރުން ފޭބި ޒުވާނަކު އަލްހާންއާއި ގާތްވެލަމުން ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ. އެއާއިއެކު އަލްހާން އެ ޒުވާނާގެ ފަހަތުން ގޮސް އެތާގައި އޮތް ޕްރައިވެޓް ކާރަށް އެރިއެވެ.
ބާރު ދުވެއްޔެއްގައި ދުއްވާފައި އައި ކާރު މަޑުކޮށްލީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ކާރުން ފައިބައިގެން އައި ޒުވާނެއް އަލްހާން އިން ފަޅީގެ ދޮރު ހުޅުވާލުމުން އަލްހާން ކާރުން ފޭބިއިރު އޭނައަށް ހިނދުކޮޅަކަށްވެސް މަތީ މަޤާމަކަށް އާދެވުނު އިހުސާސްއެއްކުރެވުނެވެ. އޭނައަށް މަގުދައްކަމުން ހިނގައިގަތް ދެޒުވާނުންގެ ކަފުގައި ހުރެގެން އަލްހާން ރެސްޓޯރެންޓަށް ވަނެވެ.
ފުޅާ ކޯރިޑޯގައި ހިނގާލައިފައި ގޮސް އެދެޒުވާނުން ވަނީ ބިއްލޫރި ޖަހާ ވަކިކޮށްލާފައިވާ ކޮޓަރިއަކަށެވެ. ކޮޓަރީގެ މެދަށް އަލްހާން ދޫކޮށްލައިފައި އެ ޒުވާނުން ގޮސް އެ ޒުވާނުންގެ މަގާމުގައި ހުއްޓިލިއެވެ. އެއާއިއެކު މޭޒުކައިރީ ދޮރަށް ފުރަގަސްދީގެން އިން މީހާ ގޮނޑި އަނބުރާލަމުން އަލްހާންއާއި ކުރިމަތިލިއެެވެ.
“ކޮބާ ގޮތެއް ނިންމައިފިންތަ؟” އެ ފިރިހެންމީހާ ދެއަތުގެ އިނގިލިތައް މަހާލަމުން މޭޒާއި ދިމާލަށް ލެބިލިއެވެ. އެއީ އައްމާރުއެވެ. ރިސޯޓް ވިޔަފާރީގައި އޭ.އެޗް ފިނޭންޝިއަލްއާއި އެންމެ ވާދަކޮށް އުޅޭ ސިލްކް ކޮމްޕެނީގެ ވެރިޔާއެވެ.
“ތިކަންކޮށްގެން އަހަންނަށް ކޮން މޮޅެއްވާން އޮތީ.. އެހެންނޫނަސް އެއީ އަހަރެންގެ ކޮއްކޮއޭ…” އަލްހާންގެ މޫނުމަތިން ފާޅުވީ ކަމާއި ގަޔާނުވާކަމުގެ ކުލަވަރެވެ.
“ކޮއްކޮއޭ… ނަމުގައެއްނު… އެހާ ރުޅިއަރައެއްނު ކޮއްކޮދެކެ… ލޯބިވެގެން އުޅެނީ ދެއްކެންވެގެނެއްނު… ހިތުގައި އޮތީ ނަފްރަތާއި ހަސަދައެއްނު… ކީއްކުރާނީ މައިންބަފައިންގެ ރަންދަރިއަކީވެސް އަޒްހާން ވިއްޔަދޯ… ހުރިހާމޮޅެެއްވެސްވީ އޭނަައަށް… ކުކުޅަށްވުރެ ބިސް ދޮށިވީދޯ…” އައްމާރުގެ ވާހަކަތަކާއިއެކު އަލްހާނަށް ހައިރާންކަމެއް ލިބުނީ އޭނަގެ ސިއްރު އައްމާރު ހޯދައިގަތީތީއެވެ. އަޒްހާން ދެކެ އަންނަ ރުޅިއާއި ނަފްރަތާއިއެކުވެސް އޭނަ އެހެން ފަރާތަށް އެކަން ހިލަންވިޔަކަ ނުދެއެވެ. އަބަދު އަޒްހާންގެ ލޯބިވާ ދޮންބެއަށް ވެގެން އޭނަ ދައްކަނީ ތަފާތު މަންޒަރެކެވެ.
“މިހިރަ މޮޔަޔާ… އަހަރެން މިއުޅެނީ ކަލެއަށް މޮޅެއް އެދިގެންނޭ… ވިސްނާލަބަލަ އަހަރެމެން މިކުރަންއުޅޭކަންތަކަށްފަހު އަޒްހާން ވިލް ބީ އައުޓް އޮފް ޕިކްޗަރ… އޭނަގެ މުދަލާއި ފައިސާއާއި ހުރިހާ އެއްޗެއްގެ ހައްޤުވެރިއަކަށްވާނޭ މީހަކީ ތިއީއޭ… ބޭނުމެއްނުވޭތަ ބޮޑު ކުންފުންޏެއްގެ ވެރިއަަކަށްވާކަށް… މުއްސަނދި މަހުޖަނަކަށްވާކަށް… ބުނެބަލަ… ނޫނީ ބޭނުމީ އަމިއްލަ ނަފްސަށް މަލާމާތްކޮށްފައި ކޮއްކޮގެ ތައްޕާހުން އުޅެންތަ؟” އަލްހާން ހައްލަންވެގެން އައްމާރު ފަށުވިކަމާއިއެކު ބަސްތައް އަމުނަމުން މަޅި ފައްޗެއް ތައްުޔާރުކުރިއެވެ.
“އޭ.އެޗް.ޕިނޭންޝިއަލްގެ ވެރިއަކަށްވާނޭ މީހަކީ ތިއީ… އަޒްހާންގެ ގަނޑުވަރެއްފަދަ ގެއާއި އެތައް ރިސޯޓެއްގެ މިލްކުވެރިކަން… ފައިސާގެ މަތީގައި ހިނގާނޭ ފުރުސަތެއް މިލިބެނީ… ބުނަން މިކަހަލަ ފުރުސަތެއް އަބަދަކު ތިމާ ފަހަތަކުން ނާންނާނެ… ހުވަފެނަކުންވެސް ދެކެވޭނެތަ އަހަރެން މި ބުނާ ދިރިއުޅުން…” އައްމާރުގެ ވާހަކަތަކުން އެންމެ ފުރިހަމައަށް އަލްހާންގެ ސިކުނޑިއަށް ސަވާރުވަމުން ދިޔައެވެ. އައްމާރު ކިޔައިދެމުންދިޔަވަރަކަށް އަލްހާންގެ ހޭލާހުރެގެން ސިކުނޑީގެ ލޯގަނޑުން ހުވަފެން ދެކެމުންދިޔައެވެ. އަޒްހާންގެ ކުންފުނީގެ ޗެއަރމަންގެ ގޮތުގައި އޭނަ ހުންނައިރު ހުރިހާ މުވައްޒަފުން އޭނާއަށް އިހްތިރާމް އަދާކުރާގޮތެވެ. ގަނޑުވަރެއްފަދަ ގޭގައި އޭނަ ރަސްކަންކުރާނެގޮތެވެ. ފައިސާގެ މަތީގައި އުނދުހޭ މަންޒަރެވެ. މަޑުމަޑުން އަލްހާންގެ މޫނުމަތީގައިވީ ކުލަވަރު ބަދަލުވެގެންދިޔައިރު އައްމާރުގެ ތުންފަތަށް ފަތަހައިގެ ހިނިތުންވުމެއްވެރިވިއެވެ.
*** *** *** *** *** ***
އިރުއޮއްސި އެތައްވަގުތެއް ފާއިތުވެގެންދިޔަފަހުން އަލްހާން ގެއަށް ދުރުވިއިރު އޭނާގެ ތަބީއަތު ވަނީ ހަރާބުވެފައެވެ. ޝައިތާނީ ރުޅިވެރިކަން ބޮލަށް އަރާފައިވާއިރު އެ ރުޅިވެރިކަމުގެ އަމާޒަކަށްވީ ރިހާނާއެވެ. ރިހާނާ އެވަގުތު ވާހަކަދައްކަން މަސައްކަތްކުރެއްވުމާއިއެކު އަލްހާން ސޯފާގައި އިންނަވާފައި ތެދުވިގޮތަށް ރިހާނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލެއްވިއެވެ.
“މިއީ ހައްތަހާވެސް ކަލެއާއި ހެދި ވާހާ ކަންތައް… ހައިލާ ދުއްވާލައިގެންވެސް ހަމަޖެހުމެއްނުލިބުނު… އަމިއްލަައަށް ފަޞީހަތްނުވެވިގެން ހައިޒަލްއަށް ގަދަކަން ދައްކަންވެއްޖެ… މައިތިރިވެގެން ހުރިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް… ރީތިވެއްޖެއްނު މިހާރު ހައިޒަލްއަށް ހަޤީގަތް އެ އިނގުނީ…” އަލްހާންގެ ބާރު އަޑު ގޭގައި ގުގުމާލިއެވެ.
“އަހަރެންތަ ގޯސްވީ… ބަލަ އެއީވެސް ބުއްދި ސަލާމަތުން ހުރި ފިރިހެނެކޭ… އަބަދު އޭނަ ކަނުބަނދެގެން ގެންގުޅެވޭނެ ކަމަށްތަ އަލްހާން ހީކުރީ؟” ރިހާނާ މައިތިވެފައިހުރެފައިވެސް އަލްހާންއަށްވުރެ އަޑުގަދަކޮށްލައިފިއެވެ.
“އަދިވެސް ކުށްގަބޫލުނުކުރާތި… ދެން މިވީގޮތް މާރަނގަޅެއްނު… ދެން އޭނަ ނުހުންނާނެ އަހަރެން ހެއްދިހާގޮތެއް ހެދިގެންނެއް… މިހާރުވެސް މައްސަލަ ބަލަން ހިފާލައިފައި އެ ހުރީ އޭނަ… ހީވޭތަ ހަޤީގަތް އިނގުމަށްފަހު އޭނަ މަޑުން ހުންނާނެހެން…” އަލްހާން ކުޑަކޮށް މައިތިރިވެލީ އެއްޗެއް ވިސްނިގެންހެން ހީވިއެވެ.
“އޭރުވެސް ބުނިން އެހެންމީހެއްގެ ދަރިއެއް ދަރިއަކަށް ހަދައިގެންއުޅޭނޭކަމަށް ނެތޭ… މޮޅުތަކެއްނުވާނޭ… ބޮޑުވެގެން އަހަރެމެންގެ ކަރަށޭ އަރާނީ… މަރާލެވުނުނަމަ ނޫނީ ޔަތީމު ހާނާއަކަށް ދޫކޮށްލެވުނުނަމައޭ ހިތަށް އަރާ… އެންމެފަހުން އަހަރެން ބުނިގޮތެއްނޫންތަ މިވަނީ… ކިތަންމެ ވަރަކަށް ދޮންފުތުކުރިޔަސް އެއީ އަލްހާންގެ ލެއަކަށްނުވާނެ… ލޭގެ ބާރުގަދަވާނެކަން އިނގިއްޖެއެއްނު… ހައިލާދަމުން އޭއްޗަކުވެސް ގޮވައިގެން ދިޔަނަމަ…” ރިހާނާ އަލްހާން ކުށްވެރިކޮށްފައި ފަތިވަރެއް އަމުނާލިއެވެ.
އަލްހާނާއި ރިހާނާގެ ބަސްތައް ހޫނުވެ ޒުވާބަކަށް ބަދަލުވަމުންދިޔައިރު އެދެމެދުގައި ދެކެވުނު ވާހަކަތައް އަޑުއަހަން ޝަލީން ހުރިކަމެއް ނޭނގުނެވެ. ޝަލީން ކޮޓަރިން ނިކުތްއިރު ތިރީގައި އަޑުގަދަވެގެން ސިޑިން ފައިބަން އައީ މިފަދަ ކަމެއް ބޭޒާރުވާންއުޅޭކަމަކަށްނޫނެވެ. ރިހާނާ އެންމެ ފަހުން ބުނެލި ޖުމްލަ ސާފުކޮށް އޭނައަށް އަޑުއިވުނުއިރު ޝަލީންއަށް އަނގަހުޅުވުނުގޮތަށް އާގަމަވެފައި ހުރެވުނީއެވެ. ރިހާނާއާއި އަލްހާން ބަދަލުކުރި ހޫނު ޖުމްލަތަކުން އޭނަގެ ހިތަށްވެސް ގޮތެއް ހަދާލައިފިއެވެ. ދެފައިން ވާގިދިޔައިރު ތަނބުގެ އެހީ ހޯދަން ޖެހުނެވެ. ހާމަވެގެންމިދިޔައީ ވިންޓަރ ބްރީޒްގެ އެންމެ އަނދިރި ސިއްރެވެ. ހައިޒަލްއަށް މިކަން އިނގިއްޖެނަމަ ޝޮކެއް ޖެހޭނެކަން ޔަގީނެވެ.
“ރިހާނާ ހީކުރަނީ މަމިއުޅެނީ ލޯބިތަކެއް އަރައިގެންކަމަށްތަ؟ އަހަރެން ބޭނުންވީގޮތަށް ކަންތައްވީނަމަ އޭނަވެސް ދުނިޔެއަކު ނުހުރީސް…” އަލްހާން ދަތްކުނޑިވިކާލަމުން ތަނބުގައި އަތްއަޅުވާލިއެވެ. ހައިޒަލްފެ ފުރާނައަށް ނުރައްކާވާވަރުގެ އެތިފަހަރެއް ހަދަން ޖެހިލުންވިޔަސް އެކަން އަންގާކަށް އަލްހާން ބޭނުމެއްނުވިއެވެ. ހަގީގަތުގައި ހައިޒަލްއަށް ކަމެއްކުރަން އޭނަ ފަސްޖެހެއެވެ. އޭނަގެ ކުށުގެ އިހުސާސްތައް ކުޑަކޮށްވެސް ލުއިވަނީ އޭނަގެ ލޯކުރިމަތީ ހައިޒަލް ހުރީތީއެވެ. އެހެންނޫނަސް އޭނަ ބޭނުންނުވިޔަސް ހައިޒަލްއާއިމެދު އޭނަގެ ހިތުގައި ކޮންމެވެސް އިހުސާސްއެއްވެއެވެ.
ޝަލީން ތަނބަކާއި ނިވާވެގެން ހުރެފައި އެންމެ ހިނދުކޮޅަކުވެސް އިތުރަށް މަޑުނުކޮށް ބާރުބާރަށް ސިޑިން އަރައިގެންދިޔައީ އިތުރަށް ދެކެވެންފެށި ވާހަކަތަށްވެސް އަޑުއެހުމެއްނެތިއެވެ.
ޝަލީން ކޮޓަރިއަށްވަތްގޮތަށް ސޯފާގައި އިށީދެ ކުޝަން މޭގައި ޖައްސާ ބާރުކޮށްލިއެވެ. ޝަލީންގެ ހިތުގައި ހައިޒަލްގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ރިހާނާއާއި އަލްހާންއަކީ އަސްލު މައިންބަފައިން ނޫންކަން އިނގުމުން ހައިޒަލްގެ އުފާވެރި ދުނިޔެ ކުޑިކުޑިވެދާނެއެވެ. ހައިޒަލްގެ ދިރިއުޅުމުގައިވަނީ ހުސް ހިތާމައެވެ. އެންމެ ފުރަތަމަ ނައިނާއާއި ވަކިވާންޖެހުނީއެވެ. މިހާރު ބައްޕައާއި މަންމަވެސް ބީރައްޓެހިވެގެންދިޔައީއެވެ. ރިހާާނާއާއި އަލްހާން ހާދަ ގޯހެވެ. މިހުރިހާ ދުވަހު ހައިޒަލްއަށް އެކަން އެންގުމަކީ މުހިންމުކަމަކަށް ނުހެދިއެވެ. މިހާ ދުވަސްފަހުން ހައިޒަލްއަށް އެކަން އިނގުމުން ހައިޒަލްއަށް ވާނެގޮތަކާއިމެދު ވިސްނާލުމެއްވެސް ނެތީއެވެ.
*** *** *** *** *** ***
ނައިނާ ކެބިންއަށް ވަތްއިރު ޝަލީން އިނީ ދޮރަށް ފުރަގަސްވާގޮތަށް ގޮނޑީގައި އިށީދެލައިގެންނެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން އިންތަން ފެނިފައި ޝަލީންއަށް ވަގުތު ދޭންވެގެން ނައިނާ ކެބިންއިން ނިކުންނަން ހިނގައިގަތެވެ.
“ޔާން ބަލައިގެން އުޅެއްޗޭ… ލަވް ޔޫ ޓޫ… މިރޭ ދިމާވާނަން…” ޝަލީން ވާހަކަދެއްކި އަޑުއިވިފައި ނައިނާއަށް ހުއްޓެވުނީ އިހްތިޔާރަކާއި ނުލައެވެ. ފުރަތަމަފަހަރަށް ނައިނާއަށް ޝަލީންއާއި ދިމާލަށް ބަލާލެވުނީ ތަފާތު ނަޒަަރަކުންނެވެ. ޝަލީންއާއި މަޔާންއާއި މެދުގައި ކުރިން ގުޅުމެއް އޮތްކަމަކީ ނައިނާއަށްވެސް އިނގޭކަމެކެވެ. ހައިޒަލްއާއި ކައިވެނިކުރި ހިސާބުން އެ ގުޅުން ނިމިގެންދިޔައީކަމަށް ނައިނާ ހީކުރިއެވެ. ޝަލީން މަޔާންއާއި ސިއްރުން ގުޅުމެއް ބާއްވަނީ ހެއްޔެވެ؟ ނައިނާގެ ހިތުގައި ޝައްކު އުފެދުނެވެ.
ނައިނާ ޝަލީންއަށް ނުފެނި ފަހަތަށް ޖެހުނުގޮތަކަށް މަޑުމަޑުން ކެބިންއިން ނިކުމެ ދޮރު ލައްޕާލިއެވެ. ނައިނާ ކޯރިޑޯއިން ދަނިކޮށް ހައިޒަލް ކެބިންއިން ނިކުމެގެން އަންނާތީ ފެނުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކާއިދިމާލަށް ބަލާލެވުނެވެ. ނައިނާގެ ހިތަށް އުނދަގޫކަމެއް އިހުސާސްވީ ކުރީ ރޭގެ ހާދިސާ ހަނދާންވެފައެވެ. އެރެއަށްފަހު އެދެމެދުގައި ދުރުކަމެއް އުފެދުނީއެވެ. ހައިޒަލް އަދިވެސް އިސްނަގާނެނަަމައެވެ. ހިނދުކޮޅަކަށްވެސް ދުނިޔޭގެ ހަގީގަތަށް ލޯމަރާލަމުން އެއަތުގެ ތެރެއަށް ވިރިގެންދާން އޭނަ ބޭނުމެވެ. އިތުރަށް ބަލަހައްްޓައިގެން ހުންނާނޭހާ ހިތްވަރެއް ނުލިބުނުއިރު ނައިނާ އިސްޖަހާލަމުން ދުރަށް ހިނގައިގަތެވެ.
*** *** *** *** *** ***
އިރުއޮއްސި ވަގުތުތަކެއް ފާއިތުވެގެންދިޔައިރުވެސް މަޔާންގެ ޕެންޓް ހައުސްއަށް ވެރިވެފައިވީ އަނދިރިކަމެކެވެ. ރޭގަނޑަށް ދިއްލާލައި ޕެންޓް ހައުސްއާއި ބަގީޗާ އަނދިރިކަމަށް ގަންބާލައިފައި އޮތްއިރު ބަގީޗާގެ ތެރެއިން ހިނގަން އޮތް ލޯވްންގެ ދެފަރާތުން ސަފަކަށް ބޮޑެތި އުއްބައްތިތައް ޖަހާލައިފައިވެއެވެ. ހުޅުކޮޅުތަކުގެ ހަރަކާތްތަކަށް ނަޒަރުދެމުން ޝަލީން އައިސް ފެންޑާއަށް އެރިތަނާ ކޮންމެވެސް މީހަކު ޝަލީންގެ އަތުގައި ހިފައި ދަމާލިގޮތަށް ގެނެސް މޭގައި ތަތްކޮށްލައިފިއެވެ. އެ އަމަލުން ސިހުނު ޝަލީން ވަގުތުުން ހަޅޭލަވައިގަތެވެ.
“ސުސް.. އަހަންނޭ… ސަޕްރައިޒްކޮށްލަން އުޅުނީމަވެސް ޝަލީ ކަންފަތުގެ ތޫރި ފަޅާލައިފި…” މަަޔާންގެ އަޑު އިވުނީ ދާދި ގާތުންނެވެ. ފެންޑާގައި ދިއްލާފައިވާ އެންމެ އުއްބައްތިއެއްގެ އަލިން މަޔާންގެ މޫނު ފެންވެރިފައިވާގޮތުން އެ މޫނުން ނަޒަރު ވަކިކޮށްލާކަށް ޝަލީން ބޭނުމެއްނުވިއެވެ. އަނދިރީގެ ތެރޭގައި އެދެލޯ ފެންނަލެއް ހާދަ ޖާދުވީއެވެ.
މަޔާން ޝަލީންއާއި ގެނެސް އެއަތުގެ ތެރެއަށްލަމުން ޝަލީންގެ އުނަގަނޑުގައި ދެއަތްވަށާލިއެވެ.
“ހައުޒް މައި ބޭބީ…” މަޔާން ޝަލީންގެ ބަނޑުގައި އަތްޖައްސާލުމުން ޝަލީންގެ ހަށިގަނޑުގައި ހީލިކެރުވުމެއް އުފެދުނެވެ. މޫނު ކުޑަކޮށް ރަތްވިއެވެ.
“ބެސްޓް.. ބޭބީ މިއޮތީ ޑެޑީ މަތިން މިސްވެފައި.. މަމީވެސް…” ޝަލީން މަޔާންގެ ކަރުގައި އަތްވަށާލަމުން ހިނިތުންވެލިއެވެ.
“ތޭންކްސް ބޭބީ… ބޭނުން ތޭންކްސް ބުނަން މިހާ ލޯބި ޕްރެޝަސް ގިފްޓެއް ދިނީތީ…” މަޔާން ޝަލީން އުފުލާލަމުން އެނބުރިލުމާއިއެކު ޝަލީން ރަކިގޮތަކަށް ހީލަމުން މަޔާންގެ މޭގެތެރޭ އިތުރަށް ބޮޑިވެލިއެވެ. ޝަލީންގެ ހަނދާނަށް އައީ ހައިޒަލްއާއި ކައިވެނިކުރެވުމުގެ ކުރިން ދެޒުވާނުން އެކީގައި ޕެންޓް ހައުސްގައި ހޭދަކުރި ރެއެވެ. އެރޭ ބަހަކާއި ނުލާ އަމަލުންވެސް ލޯބިވާވަރު ހާމަކޮށްދިނެވެ.
“ޑިޒީވެއޭ އެބަ ޔާން ދެން ތިރިކޮށްބަލަ…” ޝަލީން ލޮލުން ފެން އަންނަ ވަރަށް ހެވުނުއިރު މަޔާންގެ އަތްދޮށުން ސަލާމަތްވާން މަސައްކަތްކުރިއެވެ. މަޔާން ޝަލީން އުފުލައިލައިގެން ގެނެސް ބިއްލޫރި ބިތްކުރިމަތީ ބެހެއްޓުމަށްފަހު ޝަލީންގެ ފަހަތުން އަތްވަށާލިއެވެ.
“އިނގޭތަ އަލްހާން އަންކަލްއާއި ރިހާނާ އާންޓްއަކީ ހައިގެ އަސްލު ޕޭރެންޓްސްއެއް ނޫން… އައި ފީލް ބޭޑް ފޯރ ހައި…” ޝަލީން ފަހަތަށް އެނބުރި މަޔާންގެ މޫނަށް ބަލާލިއެވެ. އެ މޫނުމައްޗަށް ތަފާތު ކުލަވަރެއް ވެރިވެގެންނުދިޔުމުން މަޔާންއަށް އެކަން އިނގޭކަން ޝަލީންއަށް ޔަގީންވިއެވެ. ހައިޒަލްއާއި މަޔާންއާއި މެދު އެހާ ގާތްގުޅުމެއް އުފެދުނީ ކޮންއިރަކުބާވައޭ ހިތަށް އެރިއެވެ. މަޔާން އެއްޗެކޭ ބުނާކަށް ގަސްތެއް ނުކުރިއެވެ. އޭނަައަށް ވަނީ އަލްހާންގެ އެންމެ ބޮޑު ސިއްރު އިނގިފައެވެ. އެކަން އިނގިއްޖެނަމަ ޝަލީންވެސް ހޭނެތިދާނެއެވެ. އޭނަ މިހިރީ ރަނގަޅު ވަގުތަކަށް މަޑުކޮށްގެންނެވެ.
“ޔާންއާއި ހައިއަށް މާކުރިންވެސް އިނގޭދޯ… އާންޓްމެންގެ ކޮންވާޒޭޝަން އަޑުއިވިފައި ހިތަށްއެރި ނަސީބެކޭ ޔާންއަށް މައާފުކުރެވުނުކަން… ބޭނުންމެއްނޫން އަހަރެމެންގެ ބޭބީއަށް ހައިއާއި މެދު ކަންތައްވީގޮތަށް ކަންތައްވާން… އިނގޭތަ.. އަސްލު ހައި.. ހީ ސްޓްރަގަލްސް އެ ލޮޓް… ހައިއާއި ރިނީ އާންޓްގެ ބޮންޑު ވަރަށް ވީކް… ހައިގެ ޕީޓީއެސްޑީ ވެސް ހުންނަ ވާހަކަ ހައި ބުނި… ރިނީ އާންޓީ އުޅޭގޮތުން އިނގޭ އެހާ ގުޅުމެއްނޯންނަކަން… ރިނީ އާންޓީ ހައިދެކެ ހޭޓްކުރޭ… މަންމައެއްގެ ލޯބި ނުލިބުނުތާ ހައިއަށް އެންމެ ލޯބިވާ އަންހެންކުއްޖާވެސް ނުލިބުނު… ހައި ކިހާ ކައިންޑް… އަހަރެމެންވެސް އޯކޭވެފައި މިތިބީ ހައިގެ ސަބަބުން.. އައި ފީލް ބޭޑް ފޯރ ހައި… ހައިއަށް ނައިނާ ނުލިބުނީ…” ޝަލީންގެ ޖުމްލަ ނިންމާނޭ ފުރުސަތެއް ނުދީ މަޔާން ޝަލީންގެ ތުންފަތުގައި އިިނގިލި ހުރަސްކޮށްލިއެވެ.
“ސުސް… އެހާދުވަސްފަހުންވެސް އައިސް ދައްކާނީ ހައިގެ ވާހަކަތަ؟” މަޔާން ޝަލީން ހެއްވާލަންވެގެން ސަމާސާކޮށްލިއެވެ. އެއާއިއެކު ޝަލީން ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން މަޔާންގެ މޭމަތީ ކުޑަކޮށް ޖަހާލިއެވެ.
“ތެންކްސް ލަވް… އަހަރެމެންގެ ބޭބީއާއިމެދު ވިސްނީމަ… އެއްދުވަހަކުން އަހަރެމެންނަށް އަދި ހެޕީ ލައިފްއެއް ލިބޭނޭ… ހައި ޝަލީ ޑިވޯރސްކުރުމާއި ޝަލީ ވާނީ އަހަރެންގެ މީހަކަށް… އޭރުން ހައި އެންޑް ނައިނާގެ ލަވް ސްޓޯރީއަށްވެސް ހެޕީ އެންޑިންއެއް އަންނާނެ… ތާރޑްވޯލްޑްވާރ ފަށަން ޖެހުނަސް އަހަރެން މިފަހަރަކު ޝަލީ ހާސިލްކުރާނަން… އަބަދުވެސް އަހަންނާއިއެކު ހުންނައްޗޭ…” މަޔާންގެ ކޮންމެ ލަފްޒެއް މިޔުޒިކެއްފަދައިން ޝަލީންގެ ކަންފަތްދަށުގައި ވިރުވާއަޅާލިއިރު ޝަލީންއަށް ހިނިތުންވެލެވުނީ މަޔާން އަތުތެރެއަށް އައުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް ހިތްވެސް ބުނެލުމުންނެވެ.
“ދެން އަހަރެމެން މީޓްއެއްނުކުރާނަންދޯ… މިހެންއުޅެނިކޮށް ހައި ބެދިދާނެއަތީ ހާސްވޭ…” ހާލަތު ބަދަލުވެފައިވާއިރު މަޔާންއާއި އެހާ ގާތްކޮށް އުޅޭކަށް ޝަލީން ބޭނުމެއްނުވެެއެވެ. ހައިޒަލްއާއި ކައިވެނިކުރުމުން މަޔާންއާއި އޭނާގެ ކައިވެނިވެސް މިވަނީ އޮޅުންބޮޅުންވެފައެވެ.
“ހައިއާއިމެދު ވިސްނަންޖެހޭނެތާ… އެހެންނޫނަސް އަހަރެން ހަނދާނެއް ނުނެތެޔޭ ޝަލީގެ ގްރޭޓް ޑޭޑް މަތިންނެއް…” މަޔާން ހިނިތުންވެލިޔަސް އެލޮލުން ފެނިލިކުލަވަރު ތަފާތެވެ. އޭނަ މެލޭޝިޔާގައި ހުއްޓާ ހިނގި ހާދިސާގެ ފަހަތުގައި އިޝާރުގެ އަތެއްއޮތްކަމަށް އަދިވެސް އޭނައަށް ޝައްކުވެއެވެ. ޔަގީންނުވާތީ އެ ވާހަކަ ނުދައްކަން އޭނަ ހުންނަނީއެވެ. އަމުދުން ޝަލީންގެ ބައްޕަގެ ނޭދެވޭ ވާހަކައެއް ޝަލީންގެ ގާތުގައި ދެއްކުމަކީ އޭނާ ކުރާނޭކަމެއްނޫނެވެ.
“ނައިއަކީ ކިހާ ސެލްފްލެސް ލަވިން ކުއްޖެއް… ނައިނާ ހައި ދޫކޮށްލީ އަހަރެންގެ ހައްޤެއްކަމަށް ހީކޮށް… ހައިއާއި ނައިވެސް ގުޅޭނެނަމަ…” ޝަލީން އެދެމެދުގައި ދުރުމިން ނައްތާލަމުން މަޔާންގެ އަތުތެރެއަށް ބޮޑިވެލިއެވެ. އޭނަގެ އުފާ ފުރިހަމަވާނީ ނައިނާގެ އުފަލާއިއެކުގައެވެ. ނައިނާއާއި ހައިޒަލް ގުޅޭނޭދުވަހަކަށް އޭނަ ކަނޑަނޭޅި އިންތިޒާރުކުރެއެވެ. އޭނަގެ ސަބަބުން ވަކިވެގެންދިޔަ ދެލޯބިވެރިން ގުޅުވާލަދޭން އޭނަ ބޭނުންވެއެވެ. ނައިނާގެ އުފާވެރިކަން ހޯދައިދޭން ބޭނުންވެއެވެ. ނައިނާގެ އުފަލަކީ ހައިޒަލްއެވެ.
*** *** *** *** *** ***
ޝަލީން ނުހަނު އަރާމް ނިންޖަކުން ނިދާލައިފައި އޮވެފައި ދަންވަރު ހޭލެވުނީ މާބޮޑަށް ފިނިވާން ފެށުމުންނެވެ. އޭސީ ކަޑާލުމަށްފަހު ފެންތައްޓެއް އަޅައިގެން ޝަލީން އެނދުގެ ހެޑް ބޯރޑަށް ލެގިލިއެވެ. ސައިޑް ލޭމްޕް ކުޑަކޮށް އަލިގަދަކޮށްލަމުން ދެފަރާތަކަށް ނަޒަރު ހުއްޓާލިއިރު ކޮޓަރީގައި ހައިޒަލްގެ ނިޝާނެއް ނެތެވެ. ހައިޒަލް ނިދާ ސޯފާވެސް ހުސްކޮށެވެ. ޝަލީން އެނދުން ފައިބައިގެން ގޮސް ބެލްކަނީގެ ފަރުދާ ކަހާލިއެވެ. އަނދިރީގައި ބެލްކަނީގެ ފާރުކައިރީގައި ހުއްޓިގެން ހުރި ހައިޒަލް ފެނިފައި ޝަލީން ބެލްކަންޏަށް ނިކުތެވެ. ހައިޒަލް ރެއިލިންގައި އުޅަބުށި ވިއްދާލައިގެން ހުރިއިރު ނަޒަރު ހުސްކޮށްލެވިފައިވަނީ އަތުތެރޭ އޮތް ފޮޓޯގަނޑަށެވެ.
ޝަލީން ފިޔަވަޅުގެ އަޑު ނީއްވާ ގޮސް ހައިޒަލް ހިޔަނި ފޯރާ ހިސާބުގައި ހުއްޓިލިއެވެ.
“ހައި.. ލޯބިވާ ގާރލް… އެއީ ނައިނާ ދޯ…” ފަހަތުން ޝަލީން ވާހަކައަޑަށް ހައިޒަލް ސިހުނީ ހިޔާލަކަށް ގެއްލިފައި ހުއްޓާ ޝަލީންގެ އަޑު އިވުނީމަކާ ނޫނެވެ. އެ ދުލުން ނައިނާގެ ނަން ކިޔާލުމުންނެވެ.
“ޝަލީ… ކިހިނެތް؟” ހައިޒަލް ހަމަރަނގަޅަށްވެސް ހައިރާންވިއެވެ. އޭނައަށް އޮޅިގެންވެސް ޝަލީންއަށް އިނގޭފަދަ އިޝާރާތެއްކޮށްފައެއް ނޯންނާނެއެވެ. އަނެއްކޮޅުން ނައިނާ ޝަލީންއަށް އެކަން އިނގުނަނުދޭނެކަން އޭނައަށް ޔަގީންވެއެވެ. މަޔާންގެ ފަރާތުން އިނގުނީބާވައެވެ.
“ހައި ކުރީ ރެއަކު ހުވަފެނުގައި ނައިއަށް ގޮވީ… ދެން ތި ފޮޓޯވެސް ދެކުނިން….” ޝަލީން އޮޅުންފިލުވައިދިންއިރު އެ މޫނުމައްޗަށް ވެރިވާކުލަވަރު ދެކެން ހައިޒަލްއަށް ހުރެވުނީއެވެ.
“ސޮރީ… ޝަލީއަށް ސިއްރުކުރާކަށް ނޫން…” ހައިޒަލް ފަސްއެނބުރުނުގޮތަށް ރެއިލިންގައި ދެއަތްއަޅުވާލަމުން އުޅަބުށީގައި ދަތްދޮޅި ޖައްސާލިއެވެ.
“އިޓްސް އޯކޭ… އަހަރެމެން ސިސްޓަރސްހެން އުޅޭތީ ބުނަން ނުކެރުނީދޯ… އެކަމް ކުރިން ބުނިނަމަ… ނައި ހިތާމަކުރާ ސަބަބަކީ އަހަރެންދޯ… ހައިޒަލް އައިމް ސޮރީ…” ހައިޒަލްގެ ކައިރީ ހުއްޓިލަމުން ޝަލީން ހައިޒަލްގެ މޫނަށް ބަލާލިއެވެ.
“ނައި ވަރަށް ވިސްނާނެ އެހެން މީހުންގެ އުފަލާއިމެދު… އަހަންނާއި ނައި ދިމާވީ ނައިގެ ހައި ސްކޫލް ދުވަސްކޮޅު… އޭރު ނައިގެ ޕޭރެންޓްސް ނިޔާވިތާ މާގިނަދުވަހެއްނުވޭ… ނައިގެ ކްލާސް ކުދިންތަކަކަށް ޓިއުޝަންދޭ ދާއިރު ކޮންމެ ދުވަހަކު ބެންޗްގައި އިންނާނެ… އަބަދުވެސް ނެގިމަޑުވެފައި އިންނާނީ… ވާހަކައެއްވެސް ނުދައްކާނެ… އެތަނުން ދެމީހުން ވާހަކަދައްކަން ފެއްޓީ… ފަހުން އަމިއްލައަށް ހުރިހާކަމެއްވެސް ޝެއަރކުރާނެ… އެހާ ގާތްކޮށްއުޅޭތީ ކޮއްކޮއެއްދެކެ ވާ ލޯބި ނައިނާދެކެ ވެވޭ…” ޝަލީން ވާހަކަދެއްކިއިރު ހައިޒަލްއަށް ޝައުގުވެރިކަމާއިއެކު އަޑުއަހަން ހުރެވުނެވެ. ޝަލީން ކިޔައިދިން ނައިނާއާއި އޭނައާއި ދިމާވި ނައިނާގެ ސިފަތައް އަޅާކިޔާލެވުނުއިރު ހައިޒަލްއަަށް ހިނިތުންވެލެވުނެވެ. އަދިވެސް އޭނައަށް ނައިނާއަކީ ގޮތްދޫނުކުރާ ބޯހަރު ގަމާރު އަންހެންކުއްޖާއެވެ.
“އަސްލު ބުނެބަލަ ހައި ކީއްވެ ނައިނާއާއި ބްރޭކްއަޕްވީ…” ޝަލީން އިރުކޮޅެއްވާންދެން ހިމޭނުންހުރެފައި ކޮށްލި ސުވާލާއިއެކު ހައިޒަލްގެ މޫނުމަތިން ތަފާތު ކުލަވަރެއް ފެނިލިއެވެ. ދުރަށް ނަަޒަރުހުއްޓާލައިގެން ބަހެެއް ބުނުމެއްނެތި ހުރެފައި ހައިޒަލް ޝަލީންއަށް ކިޔައިދޭންފެށިއެވެ.
ޝަލީންގެ އަނގަމަތީގައި އަތްއެޅިފައިހުރިއިރު އެސްފިޔަޖަހާލާކަށްވެސް ހަނދާނެއްނުވިއެވެ. މައިންބަފައިން ދަރިންނަށް މަޖުބޫރުކުރާވާހަކަ އޭނަ އަޑުއަހައެވެ. އިޝާރުއަކީވެސް ދަރިންނަށް މަޖުުބޫރުކުރުވައިގެން ކަންތައް ކުރުވާ ބަފައެކެވެ. އެކަމަކު އަލްހާން ކަންތައްކުރިހާ އަނިޔާވެެރި ރަހުމްކުޑަގޮތަކަށް އެކަކުވެސް ކަންތަކެއްނުކުރާނެއެވެ. އެއީ ދަރިންނަށް މަޖުބޫރުކުރުމެކޭ ނުކިޔޭނެއެވެ. އެއީ އަނިޔާވެރިވުމެވެ. އެކަމަކު ހައިޒަލް ނައިނާދެކެ ހާދަ ބޮޑަށް ލޯބިވެއެވެ. ނައިނާއަށްޓަކައި އަމިއްލަ އަތުން ދިރިއުޅުން ހަލާކުކޮށްލީއެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިފައިވާ ނައިނާ ސަލާމަތްކުރީއެވެ.
“ސޮރީ…” ޝަލީން ޖަޒުބާތީވީވަރުން ރޮވުނެވެ. އޭނަ ބަލިވެއިންފަހުން ކިރިޔާ ދެރަވާކަހަލަ ވާހަކައެއް އިވުނަސް ކަރުނަ ހިފަހައްޓާލަން އުނދަގޫވެއެވެ.
“ހާދަ އިމޯޝަނަލްވީ…” ހައިޒަލް ޝަލީންއާއި ދިމާކޮށްލިއެވެ.
ޝަލީން ސުވާލުނުކުރަނީސް ހައިޒަލް އިތުރަށްވެސް ކިޔައިދިނެވެ. އޭނަގެ ޕީޓީއެސްޑީގެ ވާހަކައާއި އަލްހާންއާއި ރިހާނާއަކީ އޭނަގެ އަސްލު މައިންބަފައިން ނޫންކަމެވެ. އެކަން އިނގުނުގޮތާއި އެކަން އިނގުމުން ހިތަށް އުނދަގޫވީވަރާއި ގަބޫލުކުރަން ދަތިވީވަރެވެ. އޭނަގެ މައިންބަފައިންނާއި ބެހޭގޮތުން ހަނދާންހުރި ބައެއް ވާހަކަތަކެވެ.
ޝަލީން އަޑުއަހަން އިންއިރު ހައިޒަލްގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމާއިމެދު ހައިރާންވެ ތައުރީފުކުރެވުނެވެ. ހައިޒަލްއަށް ކުރިމަތިލާންޖެހުނުކަމަކާއި އޭނަ ކުރިމަތިލާން ޖެހުނުނަމަ އޭނަ މޮޔަވީހެވެ. ހުރިހާ އެންމެންގެ ފަރާތުން ހައިޒަލް ލިބެނީ ހިތާމަކަން ވިސްނިފައި ޝަލީންގެ ހިތުގައި ހައިޒަލްއާއިމެދު ރަހުމް އުފެދުނެވެ. އޭނައަށް ނޭނގިނަމަވެސް އޭނަވެސް އެވަނީ އެ ލިސްޓަށް އިތުރުވެފައެވެ.
އެކިއެކި ވާހަކަތައް ދެއްކުމުގައި ފަތިސްވާންދެން ދެޒުވާނުން ބެލްކަނީގައި ތިއްބެވެ.
*** *** *** *** *** ***
އައްމާރުގެ އެއްއަތް ގޮތަށް މަސައްކަތްކުރަމުންދާ ރިޔާޒު ގެނެސްދިން ހަބަރު އަޑުއަހަން ހުރެފައި އަމިއްލަ ނަފްސު މައިތިރިނުކުރެވުނު އައްމާރު އަތުން ޖަހާ މޭޒުމަތީގައިވާ ސަމާނެއް ހޫރާލިއެވެ. ޝެލްފްއިން ފައިލްނަގަން ހާއްސަކޮށްފައިވާ އިން ސްޓިކްނެގިގޮތަށް ރެކްގައި ވާހާ ޓްރޮފީތަކެއް ތަޅާ ކުދިކުރިއެވެ. ކަންފަތްބައްވާއަޑުފަށްގަނޑާއިއެކު ރިޔާޒުއަށްވެސް ދެކަންފަތުގައި އަތްއެޅުނެވެ. އޭނަ ހުރީ އައްމާރަށް އެ ހަބަރު ގެނެސްދެވުނު މޮޔަ ހީވެފައެވެ. އައްމާރުގެ މިފަރާތުގެ ސަބަބުން އޭނަ އައްމާރުދެކެ ފޫހިވާންފަށައިފިއެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ އޭނަ އައްމާރު ދޫކޮށްލައިފައިދާނެތާ ކިތަންމެ ދުވަހެކެވެ. އައްމާރުގެ އަމިއްލަ ނަފްސު މައިތިރިނުކުރެވިގެން އަދިި މީހާ ބެދޭވަރުގެ ގޯހެއް އަމިއްލަ އަތުން ހަދާނެއެވެ.
“ހައިޒަލް.. ހައިޒަލް… ހައިޒަލް… ހުވާކޮށްފައި މިބުނީ އެ އަޒްހާން ނޫނަސް އަދި އެ ފިރިހެނާވެސް އަދި މަގޭ އަތުން މަރުވާނެ….” ދެއަތްމުށްކެވިގޮތަށް މޭޒުގެ ފިލާގަނޑު ފަޅައިގެންދާހާ ބާރަށް އައްމާރު މޭޒުމަތީ އަތުން ޖެހިއެވެ.
“މާހިލް…” އައްމާރު ހަޅޭލަވައިގަތެވެ. ސިކުންތުކޮޅެއްވެސް ނުވަނީސް ތެޅިފޮޅެމުންކަހަލަގޮތަކަށް ދުވެފައި އައި ޒުވާނެއް އައްމާރުގެ ކެބިންގެ ދޮރު ހުޅުވާލައިފައި ވަނެވެ.
“ސަރ.. އަޅުގަނޑު މިހުރީ…” އަލިފާންކަނި ބުރަމުންދިޔަ އައްމާރުގެ މޫނަށް ބަލަހައްޓައިގެން ހުރުމަކީ މާހިލްއަށް ފަސޭހަކަމަކަށްނުވިއިރު އިސްޖަހާލިއެވެ.
“ހައިޒަލް މައިތިރިކޮށްލާނޭ މޮޅު އުކުޅެއް ތި ބުއްދިން ވިސްނަބަލަ.. އަލްހާންއާއި ހެދި ނެތޭ އޭނަައަށް ގޮތެެއް ހެދޭކަށްވެސް… ކިހާ ބޮޑު އުނދަގުލެއްތަ؟ ކޮއްކޮދެކެ ނުވި ލޯބި އޭނަ މައްޗަށް އަރައިގެން އެބަ އުޅެއޭ އަދި…” އައްމާރު ކުޑަކޮށް މައިތިރިވެލަމުން ގޮނޑީގައި އިށީނެވެ. އޭރު ތަންވަޅުބަލާފައި ރިޔާޒު އެތަނުން ދެމިގަތްފިއެވެ.
“ހިސާބަށްވުރެ ފެނުން މައްޗަށް އަރައިގެން އުޅެންޏާ ހަދާލާނެ މޮޅުގޮތްގޮތް ނޭނގިގެންނެއް ނޫޅެން… އޭނަގެ ވަތުކިބައާއި ބެހިލާއިރަށް އިސާހިތަކު މައިތިރިއަރާފާނެ…” މާހިލްގެ މޫނުން ފާޅުވި ނުރައްކާތެރި ކުލަވަރާއިއެކު އެތުންފަތްމައްޗަށް މަލާމާތުގެ ހިނިތުންވުމެއްވެރިވިއެވެ.
“ޝަލީން… ކަލޭ މޮޔަތަ؟ ޝަލީންއާއި ބެހިލައިގެން އަހަރެންގެ އަމިއްލަ އަތުންތަ އިޝާރު ލައްވާ މަގޭ ކަރުގައި ހިފުވަންވީ؟” އައްމާރު ވަގުތުން އިސްތިރިއެއްހާ ދޮންވިއެވެ.
“ޝަލީންއެއްނޫން.. ނައިނާ… ޝަލީންއާއި ކައިވެނިކޮށްގެން ހުއްޓަސް ހައިޒަލް ލޯބިވާ އަންހެނަކީ ނައިނާ… އަލްހާން ހައިޒަލްއަށް ބިރުދައްކައިގެން ދެމީހުން ވަކިކޮށްފައި އެތިބީ… މުޅި ބްލޫސްގަވެސް ނޫޅޭނެ އެދެމީހުންގެ ގުޅުން ނުދަންނަ ބަޔަކު…” މާހިލް ވާހަކަދެއްކިއިރު ކަންކަން ހޯދުމުގައި ތަޖުރިބާކާރެއް ފަދައެވެ.
“ނައިނާ…” އައްމާރު އެ ނަން ކިޔާލިއެވެ.
“އާދައިގެ ފަންތިއެއްގެ ދެމަފިރިއަކަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅު… ފަސްއަަހަރުކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި މައިންބަފައިންވީ ނިޔާވެފައި… މަސައްކަތްކުރަނީ ބްލޫސްގެ ބޮޑީގާރޑެއްގެ ގޮތުގައި…” ނައިނާއާއި ބެހޭގޮތުން މާހިލްއަށް އިނގިފައިވާ މައުލޫމާތުތައް އައްމާރުއަށް ކިޔާލަދިނެވެ.
“ބައްޕަގޮތަށް ދަރިއަށްވެސް އިނގުނީ އާދައިގެ މަންޖެގަނޑަކާދޯ ހިތާވާން… ކަލޭގެ ޕްލޭން ކިޔާބަލަ… ކޮންމެގޮތަކުންވެސް އަހަރެން ބޭނުން ހައިޒަލް އަތްދަށުލާން…” ލޯހަނިކޮށްލަމުން އައްމާރު މާހިލްއާއި ދިމާލަށް ބަލާލިގޮތުންވެސް އޭނަ ބޭނުންވާގޮތަށް ކަންތައް ނުވެއްޖެނަމަ ކަންތައްވާނޭގޮތުގެ އިންޒާރެއްދިންފަދައެވެ.
މާހިލް ނުހަނު ހަމަޖެހިލައިގެން ހުރެ އޭނަގެ ރޭވުން އައްމާރުއަށް ކިޔައިދިންއިރު އެ މޫނުމަތިން ޖެހިލުންވުމުގެ ކުލަވަރެއްވެސް ނުފެނުނެވެ. އެއަޑުގައި ރަހުމުގެ ޒައްރެއްވެސް އެކުލެވިފައިނެތެވެ. އެއީ މާހިލް ކޮށްކޮށް އާދަވެފައިވާކަމެއްހެން ހީވެއެވެ. އަމިއްލަ އެދުމަށްޓަކައި އިންސާނެއްގެ ފުރާނައާއި ކުޅެލުމަކީ އޭނައަށް ނޭވާއެއްލުންހާ ފަސޭހަކަމެވެ. އޭނަގެ ދެއަތްމުޑުދާވަރުވެފައިވަނީ އައްމާރަށްޓަކައި އެފަދަ ލާއިންސާނީ އަމަލްތައް ހިންގާދީގެންނެވެ. އެކަމުގެ ސަބަބުން އޭނައަށް ފުދި އިތުރުވާވަރަށްވެސް ފައިސާ ލިބޭއިރު އޭނަ ފަސްޖެހެންޖެހޭ ސަބަބެއްނެތެވެ. އައްމާރުގެ ފަހަތުގައި ހުރިހާ ހިނދަކު މީހަކަށް އޭނައަކަށް އަދަބެއް ނުދެވޭނެއެވެ.
*** *** *** *** *** ***
މޫސުމް ފުދޭވަރަކަށް ރީތިކޮށް އޮވެފައި ހަވީރުވެގެން އައިރު ވިއްސާރައިގެ ކުލަވަރު ދައްކާލައިފިއެވެ. އުޑުމަތި އަޅިކުލައިގައިވާއިރު އަޅިވިލާ ކޮޅުތައް އެކިދިމާލުން ބުރަހެލިގޮތަކަށް ދަތުރުކުރަމުންދާތީ ކޮންމެ ވަގުތެއްގައިވެސް ވާރޭވެހިގެންފާނެހެން ހީވެއެވެ. ފަޒާގައިވާ ތެތްފިނިކަމުގެ ތެރޭ ޖައްވުގައި ހިފާލާފައިވަނީ މާތަކުގެ މީރުވަހެވެ. ޖެހިލާވައިރޯޅިތަކުން ހީކަރުވާފަދަ ގޮތެއްވެއެވެ.
ދުވާލުގެ ޝިފްޓު ނިންމާފައި ނައިނާއަށް ނިކުމެވުނީ ކަޔާންގެ ކުރިމައްޗަށެވެ. ކަޔާންގެ ކުރިމައްޗަށް އެރުމުން އެ މޫނުމަތިން ފެނިގެންދިޔައީ ބުނަންނޭނގޭ އުނދަގޫ އަސަރުތަކާއިއެކު ނައިނާ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެއާއިއެކު ކަޔާން ނައިނާގެ ނަމުން ގޮވާލިއެވެ.
“ނައިނާ… އަހަރެން ބޭނުން ވާހަކަދައްކާލަން…” ކަޔާން އެހާ ރީތިކޮށް ބުނުމުން ދެކޮޅުހަދާކަށް ނައިނާއަކަށް ނުކެރުނެވެ. ބޯޖަހާލަމުން ނައިނާ ކެންޓީންއާއި ދިމާލަށް ފިޔަވަޅުތައް ބެހެއްޓިއެވެ.
“ބުނޭ…” ގޮނޑީގައި އީށީންނަމުން ނައިނާ ވާހަކަދެއްކިއިރު އެންމެފަހަރަކުވެސް ކަޔާންއާއި ދިމާލަށް ބަލައެއްނުލިއެވެ. މިވަގުތު ކެންޓީން ހުސްކޮށް އޮތުމުން ދެޒުވާނުން ބޭނުންވާހަކައެއް ދައްކާނެ ފުރުސަތު ލިބިފައިވެއެވެ.
“ސޮރީ… އައި ޝުޑުންޓް ހޭވް ޓޯލްޑް ޔޫ… އެވާހަކަ ބުނެގެން ނައިނާއަށް ބާރޑެންއެއް ދެވުނީތީ ސޮރީ…” ކަޔާންގެ މޫނުން ކުށްވެރިކަމާއި އެއްވަރަށް ވޭނެއްވެސް ފެނިލިއެވެ.
“ކަޔާން އައިމް ސޮރީ… ލޯބިވާމީހަކު ނުލިބުމަކީ ކިހާ ވޭންއަޅާ ކަމެއްކަން އަހަންނަށް އިނގޭ… އައިމް ސޮރީ… އަހަންނަކަށް ނެތް ކަޔާންގެ ލޯބި ގަބޫލުކުރެވޭކަށް… ކަޔާންދެކެ ހަޤީޤީ ލޯބިވާ ކުއްޖެއް ހުންނާނެ… އެކުއްޖަކާއިއެކު އުފާވެރި ހަޔާތެއް ލިބުމަަށް އަހަރެން އެދެނީ… އަހަރެން އަދިވެސް ލޯބިވަނީ ހައިޒަލްދެކެ… ދުވަހަކު އެ ނޫން އިންސާނަކަށްޓަކަށް މި ނުކިޔަމަންތެރި ހިތުގައި ވިންދެއް ނުޖަހާނެ…” ހިތާމަ ނައިނާގެ އަޑުގެ އަސަރުގަދަކުރުވިއެވެ. ކަރުނުން ލޯ ބަރާވެފައިވީއިރު ނައިނާ ކަރުނަތައް ފޭބިޔަނުދިނުމަށް މަސައްކަތްކުރިއެވެ.
“އަހަރެން އަބަދުވެސް ނައިނާގެ އުފަލަށް އިސްކަންދޭނަން… އަމިއްލަ އެދުން އިސްކުރާކަށް ނެތިން…” ކަޔާންގެ އެސްފިޔަތަށް ތެމިގެން ދިޔައިރު އެލޮލުން ފެނުނު ހިތާމައިގެ އަސަރުތަކުން ނައިނާގެ ހިތަށްވެސް އުނދަގޫވިއެވެ. އޭނަގެ ސަބަބުން އެހެން މީހެއްގެ ހިތަށް ކުޑަވެސް ވޭނެއް ލިބޭކަށް ނޭދެވެއެވެ. ނަމަވެސް ކަޔާންއަށްޓަކައި އޭނައަށް ކޮށްދެވޭނެކަމެއް ނެތެވެ.
“އަހަރެންގެ ލޯބި ކަޔާންއަށް ނުލިބުނަސް ކަޔާންދެކެ ލޯބިވާނޭ ފަރާތެއްހުރެދާނެ… އަދި ވަގުތު ނުޖެހޭތީކަމަށްވާނީ ނުފެނިގެން ތިއުޅެނީ…” ކަޔާންގެ ހިތަށް ތަސައްލީއެއްދޭން ނައިނާ އެބަސްތައް ބުނެލިޔަސް ކަޔާންގެ ހިތަށްހަމަޖެހުމެއް ލިބިދާނެހެއްޔެވެ؟ އޭނަގެ ހިތްއެދެނީ ނައިނާއަށެވެ.
“ކަޔާން… އަހަރެން ބޭނުންވާގޮތް މިއޮތީ ބުނެވިފައި… އިނގޭ ދެން ހައިޒަލްގެ ލޯބި ނުލިބޭނެ ކަންވެސް… ހައިއަކީ އެހެން މީހެއްގެ ހައްޤެއް… އަހަރެން ބޭނުމެއްނުވޭ ދެމަފިރިންގެ ދެމެދަަށް ވަންނާކަށް… އަހަރެން ހައިއާއި ގުޅުނީ އެއްވެސްކަމެއް ނޭނގިހުރެ… އަހަރެން ބޭނުމެއްނުވޭ ހައި ނޫން މީހެއްދެކެ ލޯބިވާކަށް… އަބަދުވެސް އިންތިޒާރުކުރެވޭނެ ފަރާތަކީ އެއީ…” ނައިނާ ގޮނޑިން ތެދުވުމުން ކަޔާން ނައިނާއަށް ބަލާލީ ހިތާމަވެރި ނަޒަރަކުންނެވެ.
“ކެންގެ ހިތް ހަލާކުކޮށްލެވުނީތީ އައިމް ރިއަލީ ސޮރީ… ކެންއަށް ވެވޭނަމަ މައާފުކޮށްދޭތި….” ނައިނާ ކިތަންމެ ވަރަކަށް ކެތްކުރަމުން ހިނިތުންވެގެންހުރިނަމަވެސް އެ ލޮލުގައި ވިދަމުންދާ ކަރުނަތައް އެހިތަށްކޮށްފައިވާ ފުން އަސަރުތައް ހާމަކޮށްދެއެވެ.
ކަޔާން ތެދުވެގެން އައިސް ނައިނާގެ ލޮލުގައިވާ ކަރުނަތައް ފޮހެދިނެވެ. ނައިނާއަށްޓަކައި ރައްޓެއްސެއްގެ ގޮތުގައި ހުރެދޭނެކަމުގެ ޔަގީންކަންދިނެވެ. ނައިނާއަށް އަމިއްލަ ނަފްސުކުށްވެރިކުރެވޭނަމަ މައާފު ދިނީކަމަށް ބުނެލީ އަސަރާއިއެކުގައެވެ. ނައިނާ އަބަދު އުފަލުގައި ހުރުމަށް އެދުނުއިރު ހިތްވެސް ރުޔެވެ.
“ކެން… ޔޫ އާރ ދަ ބެސްޓް… އަބަދުވެސް ކެންއަކީ ބެސްޓީއެއްގެ ގޮތުގައި ދެކޭނަން…” ނައިނާ ކަޔާންގެ އަތަށް ފިތާލުމަށްފަހު ދާން ހިގައިގަންނަމުން ބުނެލިއެވެ.
ނައިނާ ގޮސް ނިވާވިއިރުވެސް ކަޔާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނައިނާ އެހިތުން މިލްކުރި ޖާގަ އެހެން މީހަކަށް ދިނުމަކީ ގައިމުވެސް ފަސޭހަކަަމަކަށްނުވާނެއެވެ. ނަމަވެސް އޭނަ އަމިއްލަ ހިތުގައި އަތްއަޅާލަމުން ނައިނާގެ އުފަލަށް އިސްކަންދޭނެއެެވެ. ލޯތްބަކީ ބައެއްފަހަރު ފިދާވުމެވެ.
*** *** *** *** *** ***
ނައިނާ ކޮމްޕެނީއިން ނިކުމެގެން އައިރު އިރުއޮއްސި ދުނިޔެމަތި އަނދިރިކަމަށް ގެނބިގެން ހިނގައްޖެއެވެ. އިރުގެ ހުރިހާ ދޯދިތަކެއް އުޑުމަތިން ފުހެވިގެންދިޔައިރު ހަނދުނާރާތީ ދުނިޔެމަތި އޮތީ ނުހަނު އަނދިރިކޮށެވެ. ކިރިޔާވެސް އަލިކަމެއް ފޯރަނީ މަގުތައްމަތީގައި ޖަހާފައިވާ ހޮޅި ދަނޑިތަކުންނެވެ. މީހެއްގެ ހިލަމެއްވެސް ނެތް މަގުތަކުން ހިނގައިފައިދިޔައިރު އޭނަގެ ފަސްފަހަތުން މީހަކު އަންނަހެން ނައިނާއަށް ހީވިއެވެ. ދެފަހަރަކު އޭނަ ފަސްއެނބުރިބަލައިވެސް ލިއެވެ. ނަމަވެސް ހުސްކޮށް އޮތް މަގުފެނިފައި އޭނައަށް ހީވީގޮތެއްކަމަށް ނިންމަމުން ކުރިއަށް ހިނގައިގަތެވެ. ދުވާރު ނުފެންނަވަށް ސަފަކަށް ޕާރކްކޮށްފައިވާ ކާރުތަކާއި އަރާހަމަވީ ވަގުތު ނައިނާގެ ފަހަތުން މީހެއްގެ ހިލަންވިއެވެ. ކާރުގެ ބިއްލޫރިގަނޑާއި ދިމާލަށް ބަލާލެވުނުއިރު ފަހަތަށް ހުއްޓުނުމީހެއްގެ ހިޔަނި ކާރު ބިއްލޫރިގަނޑުން ފެނުމާއިއެކު ނައިނާ ވަގުތުން ފަސްއެނބުރިބަލާލަން އުޅުނެވެ. އޭގެ ކުރިން އޭނަގެ ބޮލުގެ އެއްފަޅިއަށް އެތިފަހަރެއް އެރިއެވެ. ފަހަތުގައި ހުރި ޒުވާނާގެ އަތުގައި އޮތް ޕޭމަންޓް ގަލުން ނައިނާގެ ބޮލަށް ވިހެލި އެތިފަހަރުގެ ބާރުކަމުން ހިއްސު ކެނޑުނުހެންހީވިއެވެ. ބޮލަށް އެރި ތޫނު ރިހުމާއިއެކު ލޮލުން ކަރުނަ ފައިބައިގަތެވެ. ކޮއްޅަށް ހުންނަން ދަތިވެގެން ކާރުުގައި ބާރަށް ހިފަހައްޓާލިއެވެ. ފަސްއެނބުރިބަލާލަން އުޅުމާއިއެކު ބޮލަށް ދެވަނަ އެތިފަހަރެއް އެރިއެވެ. އެއާއިއެކު ހޭހުސްވެގެން ނައިނާގެ ހަށިގަނޑު މަގުމައްޗަށް ދެމުނެވެ. އޭރު ބޮލުގެ އެއްފަރާތުން ފަޅައިގެންދިޔަތަނުން ބޮކިޖަހާފައި ލޭ އަންނަމުންދިޔައެވެ.
*** *** *** *** *** ***
ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން އިނދެފައި ހައިޒަލް ކޮމްޕެނީއިން ނިކުމެގެން އައިރު ފުދޭވަރަކަށް ލަސްވެއްޖެއެވެ. އޭރުވެސް ފުދޭވަރަކަށް ވައިބާރެވެ. ވައިރޯޅީގެ ޒޫމްއަޑުން ފަޒާ ހަލަބޮލިކޮށްލައިފައިވާއިރު ބާރުވަޔަށް ކެތްނުވެގެން ގަސްގަހުގެ އޮފިތައްވެސް ބިމަށް ފައިބާފައިވެއެވެ. ވަޔާއިއެކު ފަތްތަށްވެސް އުދުުހެމުންދިޔައެވެ.
ކާރު ޕާރކްކޮށްފައިވަނީ ބްލޫސްގެ އިމާރާތާއި ތަންކޮޅެއް ދުރުގައިކަމުން ހައިޒަލް ކަންނެތްވެފައިހުރެވެސް ތަންކޮޅެއް ދުރަށް ހިންގަންޖެހުނެވެ. އަތުގައި އޮތް ރިމޯޓުން ކާރު އަންލޮކް ކޮށްލަމުން ކާރުގެ ދޮރުފަތް ހުޅުވާލަން ކުރިއަށް ފިޔަވަޅެއް ނެގުމާއިއެކުު ފައިދަށުން މުރަނަ އަޑެއް ކިއެވެ. ހައިޒަލް ފައިތިލި ހިއްލާލަމުން ފައި ދޮށް ބަލާލިއެވެ. ތަނަށްވެރިވެފައިވާ އޮތް އަނދިރިކަމާއިއެކުވެސް ބިންމަތީގައި އޮތް ކެވެލިކޮޅު ލޮލުގައި އަޅައިގަތީ އޭގެ ވިދުންގަދަކަމުންނެވެ. ހައިޒަލް ގުދުވެ އެ ކެވެލިކޮޅު އަތަށް ނެގިއެވެ. ރަންކުލައިގެ ކެވެލިކޮޅުގައި ހުދުކުލައިގެ އެސްތައް ވިދަމުންދިޔައެވެ.
“ނައިނާ…” އެއީ ނައިނާގެ އަތުގައި އަޅާފައިވާ އޮއްވާ އެތަށްފަހަރަކު އޭނައަށް ފެނިފައިވާ ކެވެލި ކޮޅެކެވެ. ސުވާލުއުފެދުނީ އެ ކެވެލިކޮޅު އެތާ އޮންނަންވީ ސަބަބެއް ނޭނގިފައެވެ. ހައިޒަލް ފޯނުން ބިންމައްޗަށް އަލިއަޅުވާލިއެވެ. ބިންމައްޗަށް ހޫރިފައިވާ ސާމާނުތަކާއި ތަންކޮޅެއް ދުރުގައި އޮތް ނައިނާގެ އަތްދަބަސް ފެނިފައި ހައިޒަލްގެ ސިކުނޑިވެސް ނުރައްކާތެރިކަމުގެ އިންޒާރެއްދިނެވެ. އަދި ޕޭމެންޓްމަތީ ހިކިފައިވާ ލޭތައްފެނި ހައިޒަލްގެ ނޭވާވެސް ހުއްޓުނުފަދައެވެ. އޭނަގެ ހުރިހާ ހިއްސެއް ހޭލައިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
93 Comments!
Comments are closed.






heres the 65th part of Bunedheyshe Ruhemey… hope all will like this part too.. enjoy reading and feel free to comment.. next part on wednesday night.. keep waiting
First dhw..kiyaafa comment eh kohlaanan
Congrats on being first dear
❤️❤️❤️
Thankss dear
Nice. Very dramatic,
Thankss dear
Korea ga noonee netheebaa reethi meehun.. ? Thubulhi ves rangalha nufalhaane Korea firihenun. V anhen vatharu jahaa baeh. Dhen okay, cover pic ehaa reechehnoon. But vaahaka rythi.
Thankss dear.. Its not about the looks but the expressions on the face.. dhira abadhuves cover pic ah photo naganee e gothah balaigen.. because it says a lot about the character
Korea ga noonee netheebaa reethi meehun.. ? Thubulhi ves rangalha nufalhaane Korea firihenun. V anhen vatharu jahaa baeh. Dhen okay, cover pic ehaa reechehnoon. But vaahaka rythi.
Varah reethi mi part vess
Thankss dear
Oh no mi vee kihineh please dhira nein salaamaiy kohdhehchey kuriah gendhaa goiy varah reethi avahah next part up kohdhehchey and aa kukulhah vuren bis dhoshi vumey buneveyni nuvaavarun kan kan kuran ulhey meehunnah hen hai ah igifa othy Keep it up girl??????♥️
thanks dear.. e bas dhw.. eyge aslu maana akee thimaayah vure gaabil meehaku huhtaa kamakah is ve ganegen ulhun.. mi vaahakaiga beynun kohfa einee e maana aai gulhuvaafa maanakee alhaan bodu meeha huhtaa azhaan kuda meehaa ah amihla kunfunyeh libi muhsadhi vaa vaahaka ah
Alhe dhiraa naina au dhera gotheiy nahadhachchey ?????? Haizal kaireega buney avahah naina save kuraashey… Adhi naina gaathuga buney haizal aai gulheyshey??? Anyways mi part ves hama vvv reethi ingey.. V emotional.. V heart touching story eiy miee… Curiously waiting for the next part?????? Wish you all the best dhiraa wish
Thankss dear.. really happy to hear.. hai aai gulhaafa eba bunan naina save kuran dhaashey.. hehehe
Nyce. But don’t like the cover photo. Beardless men who luks like gals. That’s y I don’t find kmen not handsome.
Thankss dear.. its all about beard dho.. ehenveema beard sticker eh jahaanee
Like a drama, very much abroad style. No maldivian touch. Anyways, not bad
Thankss dear..
Mihaaru news in genesdhey silsilaa vaahaka Bimaa ge “dhekeyhiivey nikan” mi story ge emme fahun Sunday ga genes dhin part maa dhigehnoon. Emme jumlayakun ves ethah kameh hingaa, emme jumlayakunves ethah kameh loa machah sifavamun dhiya. Ehenveema e vaahaka ah vuru dhigukoh part thah mi vaahakaiga genesdhey iruves maa ginain beykaaru haasaru thah genesfavaakan faahanga kurevey. Dhen aa writer nuvaane dho professional writer vareh. Aa writer akaa balaafa vara reethi mi vaahaka. Mi comment positive kon nengevun edhen.
Thankss dear.. hama positive koh ingey mi negy.. aslu mi vaahakaige characters ginavefa konme character eh ge aspect in scene genesdheynveema dhiguves vaane dhw.. dhiraa masaihkaih kuraanan ingey ebaithah madhu kohleveythw.. thankss for pointing out dear
Guys, mansha 2 is there. Shaz lyn is back. This story is nice btw
Thankss dear
Mansha 2 mi story othy kon site eh ga tha?
Woooooooowww varah salhi ? ? ? love you dhiraa sis
Thankss dear and love you too
V reethi mi part vex. Love your story.????????????good luck for next part. Curiosly waiting.?????????????????????????????????????????
Thankss for the colourful comment dear.. im really happy to hear.. keep waiting
Wow Dhiraa wow???…Speechlesss???..I donno wat to sayy..Im justa ouuttaa of my wordsss???…Alheyyy so curious to read next….waitinn???
Nd i forgot say this before that the cover pic is veryy nice..Ma Sha Allah???
Thankss dear.. im really happy to see such a heart warming comment.. happy that you liked it
hindhi drama ehtha mee…
Dhivehivantha kamuge kanfulheh ves nei. But story dhen rythi. Dhivehinge dhivehi vanthakameh nooaavey dho mizamaanaku. Drama thakah gos husvefa. Dheeneh millatheh nei. Dhuvasolhakun ehen dhivehin ladhugannaane dhivehin vaahaka dhakkanves. Dhen future ga mee India ge avasheh viyyaa
jeiie.. nooney dear mee hama dhivehi vaahaka eh.. thanks dear.. lo.. thanks dear.. i can clearly understand your point.. but why dont we try some thing different..
Dhn ehaa aniyaa nukoh baa ekudhinah ?
Hai n naina ge part eh 66th vana episode ga himanaa dhehchey sis
As always mi part vx vrh vrh reethi
Waiting for Wednesday
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Dhw.. nuvisney baekey.. thankss dear.. keep waiting
❤❤❤❤
Thankss dear
????????????????????????????????????????????????????????????????????????????????????????????????????????????????????????
Thankss dear
Dhen abadhu naina ah attack kurany ?
keehkuranee.. hai ge bali fayah naina vaathy.. konme meehakuves enme baarugadha hathiyaaru dhw nagaanee.. dear dont cry
Konireh up vefa intho balaatha cover pic badhalu vefa inyma neygunee??
Alhey.. sorry dear.. then e gothah vefa ihhinyaa name and ep name balaalahjey… varah dhuvas vehje ehnu eh cover eh ihnathaa.. and cover in hurihaa main characters nufenaathee change kohlee… im really sorry dear
Varah reethi ??????? waiting for Wednesday night ??? luv it story so much???
thankss dear
Varah reethi???????? waiting waiting ☺️????????????❤️❤️❤️❤️❤️❤️❤️❤️❤️❤️ Mee hama Varah reethi vaahaka eh?? ur the best writer
thankss dear.. im so happy to hear that
Varahh salhi this story 4 me???when next part !!! Alheyy hai plx go and save naina !!! ???
thankss dear
This story should be re-created as a movie!! Its too good!! ?? keep up the good work!
thankss dear.. im so happy that you liked it
Laalu 4 ga heyligothah furathamavx balaaliy up vithw… Ekm fennan nethyma v sad vi… Ekm hithah eriy anehkaavx balaalaanihyey… Finally Dhiraa sis ge name in than fenuniyma v hppy vi…. Cover pic chng vefa inyma furathama neyguny…. Sis thoo boldho haiko nein kiy jaan kathreymeyhey…. Agar nein ko kuch ho gayaa thw mey haiko kabi maafnehiy karoogiy…. ??????
He hey…
Story hama brilliant… Maashaa Allah.. Buneveyniy hama ?ey…. sis higaa mi story ah film eh kulhen… V kuriah dhaaneyey laalu bunaaniy… Asluvx vv nice… Heevani kiyamundhaairu hama story threyga ulhevey hn… Ehaavx perfact..
proud of you sis… N thnkx deep frm my hrt? luv ya.. I’m curious to meet you sis… ISA Allah will make my dream success
N Eagerly Waiting 4 the nxt….. Nxt prt vx mihaa dhigukohladhehchey ingey sisy…. Bst wishes frm me…. ” May Allah Protect u, N full fill ur dreams ” ?
owwn dear.. what am i supposed to say.. right now im speechless.. waawaa laalu.. thanksss dear.. im so happy to hear that.. your comment brought a smile to my face,.. i look forward to meet you.. and looking forward to see your dreams coming true.. thanks darla.. best wishes for you too
Cover picture change V ma neyngunu ???????so sad…. But vvvvvvvvvvv reethi ingey..Mashaa Allah…. Love you dhiraa…❤️❤️❤️❤️❤️❤️❤️❤️ curiously waiting 4 the next part.. Waiting….
alhe so sorry dear.. dhen faharaku story name ah balahjjey ingey.. thankss dear
Vvv reethi masha allah waiting 4 the next part??
thankss dear
dhiraa plx avahah up kolaheeba plx plx plx plx plx
thankss dear
Masha Allah varah reethi mi part vx varah dhuvas koh laaraage comment mikohly but konme part eh vx kiyan keep it up dear ly ❤️❤️❤️❤️❤️??? and waiting for the next part
thankss dear.. varah ufaavehjje ehaa dhuvas fahun meet veema… kiyaaleema varah ufaa vehjje
Sorry laaraage eh noon laafa
Aww dhiraa this part os awesome as alwys btw im alwys hama reading this story ekm mee first time comment kuraairu … dhiraa all i wanna say is i love this story n u soooo much plz mi story happy happy koh ninmaa levey tho balachey n plz naina n haizal alun gulguvaba …. plx love u loads ??????
thankss dear.. varah ufaavehjje hurihaa parts eh kiyaaleema… varah ufaavehjje story ehaa kamudhiyaima.. hingaa dhw nimeynee kihineih tho balamaa.. insha allah i wont disappoint my readers.. ly too
Curiously waiting for the next part ??
thanks dear
Curiously waiting for the upload of next part…??? ???????????
I love this storyyyyyyyyy
Seriously it’s amazing
Naina and haizal aa vaane goh ingumah kehmadhuvefa minyyyy?????????????????????????❤️❤️?❤️?❤️?❤️???????????
thankss dear.. that means alot to me
Kobaahey vaahaka ?
thankss dear
sorry dears.. it will take a while for me to update tonight.. im still not done with the typing.. i will upload as soon as im done…. may take some time.. sorry dears hope you all will wait patiently
It’s ok dear we will waiting dho gys ????????
Yes ??????
thankss dears
Dhiraa haadha careless vejjeyey dho mihaaru vaahaka up kurumuga. darling rulhi aisgen buni ehcheh noon ekam mee dhiraa rangalhukohlanjehey kameh kamah faahangakohlan. Btw vaahaka vv reethi keep going like this??
sorry dear.. i wont repeat it.. i will improve.. thankss dear
Waiting for new part
thankss dear
Vara inthizaar eba kurevey.????
thankss dear
Kn irakun tha vaahaka up vaaany waiting waiting
thankss dear
Waiting dear writer ❤️❤️❤️
thankss dear
Alhey avas khba dhiraaa..mihaaru kiyaa hithun up vehje thw balailevun adhadheh neyge..this is my favorite story ..vrh reethi …vrh interesting dear ..mihaaru vaabe goii balaalaa hithun keh nuveyyy
Vaane*
thankss dear.. it means a lot to me.. im really happy to hear.. kudakoh kehkohlaa ingey hehehe
Dhiraaa dear avas kollaaa
thankks dear
V.reethi
salhi