Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 20

މައިރީން ހެމުން ސޯފާގައި އިށީނެވެ. އެވަގުތު ވާހަކަ ދައްކަމުން ލާރާއާއި އައިނާއައެވެ. “މައީ ހާދަ ވަރަކަށް ހެނީ.. އަނެއްކާ ކިހިނެތްވޯ؟.” މައިރީން ހޭވަރުން ލާރާ އެއްބުމަ އަރުވައިލަމުން ސުވާލުކޮށްލިއެވެ. “މިރޭ މެޓް އޮފީހުން ބިންހެލުންތައް އަރާނެކަމަށް އިންޒާރު ދީފި.. އެހެންވެ ޔާލުވެސް މައިމެން ކޮޓަރީގަ ބާއްވަނީ ހިނގާ އަވަހަށް ދާން އައީ..” މައިރީން ހެމުން ބުންޏެވެ. އަދި އަވަސް އަވަހަށް މަޔާލް ގޮވައިގެން ކޮޓަރިއަށް ވަދުނެވެ. މައިރީން ބުނި އެއްޗެއްގެ މާނަ އެނގުމުން ލާރާގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “ބޮޑު އަނގައެއް ދެއްވާފަ ހުރި މީހެއް.. މައި އިންނަ ދުވަހަކުން މަ ވެސް ދިމާކޮށްލާނަމޭ..” މަޔާން ބޯ ކަހައިލަމުން ކުދި ކިޔައިލިއެވެ.

***ޕާޓް 20***

ދެފަރާތް ބަލައިލުމަށްފަހު ލާރާ އަތްދަނޑި މައްޗަށް ނަގައިގެން ކޮޓަރިއަށް ވަދުނެވެ. ލާރާ ސިހިފައި މަޔާންގެ ކަރުގައި އަތް އަޅުވައިލިއެވެ. “ޔާން ކީއްވެތަ އަޅެ މައި ކައިރީ ބުނީ.. ދިމާ ފަށެއްކޮށްލާނެ މާދަމާ..” ލަދުން ހުރެ ލާރާ ބުންޏެވެ. “އަޅޭ އަހަރެން އެއްޗެކޭ ނުބުނަމޭ.. ޔާލު ބަލައިދޭށޭ ބުނީމަ މައިއަށް އެނގިއްޖެ..” މަޔާން ލާރާ އެނދުގައި ބާއްވަމުން ބުންޏެވެ. މަޔާން މަޑުމަޑުން ގަމީސް ބާލަން ފެށިއެވެ. ގަވައިދުން ކަސްރަތު ކުރާކަމުގެ ހެކިތައް އެހަށިގަނޑުން ފެންނަމުން ދިޔައެވެ. ތަރުތީބުން މުލައްދަނޑީގެ މަސްތައް އެތުރިފައިވީއިރު ބަނޑުގައި ހަގޮޅިވެއެވެ. ލާރާ މަޑުމަޑުން މަޔާންގެ ބަނޑުގައި ހުރި ހަގޮޅީގައި ފިރުމައިލިއެވެ. “އަހަރެންނަށްވުރެ ބޮޑަށް އަހަރެންގެ ސިކްސްޕެކް މަތިން ދޯ ލާލާ މިސްވާނީ..” ލާނެތް ހިންޏެއް އައިސްފައި ހުރެ މަޔާން ބުންޏެވެ.

ލާރާ ވަގުތުން ރަކިވިއެވެ. “ޔާން މަތިން ވަރަށް ބޮޑަށް މިސްވާނެ..” ލާރާ ބުންޏެވެ. މަޔާން މަޑުމަޑުން ލާރާގެ މޫނުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ސޯމަޗް.. ވަރަށް ވަރަށް ލޯބިވޭ.. ލާލާ ތިއީ އަހަރެންގެ ދުނިޔެ ޔާލު އެއީ އަހަރެންގެ ފުރާނަ.. އަހަރެންނަށް ދުނެޔޭން އެންމެ މުހިންމު ދެމީހުންނަކީ ތީ..” މަޑުމަޑުން ލާރާ ކޮނޑުގައި ބޯއަޅައިލަމުން މަޔާން ބުންޏެވެ. “އައި ލަވް ޔޫ މޯރ.. ޔާންއަށް ކަމެއް ވެއްޖެއްޔާ އަހަރެންނަށް ވާނެ ގޮތެއްވެސް ނޭނގެ.. ޕްލީޒް ބީ ކެއާރފުލް..” ލާރާ މަޑުމަޑުން ބުންޏެވެ. މަޔާން ބޯޖަހައިލިއެވެ. “ޑޯންޓް ވޮރީ ލަވް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން.. ޑޯންޓް ވޮރީ ޓޫ މަޗް އޯކޭ ސްވީޓްހާޓް..” ލާރާގެ ނިތުގައި ބޮސްދެމުން މަޔާން ބުންޏެވެ. ލާރާ މަޔާންގެ ހަށިގަނޑުގައި ބައްދައިލިއެވެ. މަޔާން އޭނަގެ ބާރުގަދަ ދެއަތުން ލާރާގެ ހަށިގަނޑު އޭނަގެ މޭގައި ފޮރުވައިލިއެވެ. ދެމަފިރިންގެ މެދުގައި އެތަކެއް އަހުދާއި ވައުދުތަކެއް އެރޭ ވެގެން ދިޔައެވެ. ވާރޭގެ ކަނިތަކުގެ އަޑުތައް ފުރާޅުން އިވިގެންދަނީ މަޑު މިޔުޒިކެއް ފަދައިންނެވެ. ދެމަފިރިން އެރޭގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ.

އާދައިގެމަތިން މިއަދުވެސް މަޔާންއަށް ފަތިސް ނަމާދަށް ހޭލެވުނެވެ. އޭނަގެ މޭމަތީގައި ބޯއަޅައިގެން ލޯބިކޮށް ނިދާލާފައި އޮތް އަނބިމީހާއާއި ދިމާލަށް މަޔާން ލޯބިން ފުރިގެންވީ ނަޒަރަކުން ބަލައިލިއެވެ. ލާރާގެ ކޮލަށް ބޮސްދެމުން އެނދުން ތެދުވެ ލާރާ އޭނަގެ ވަރުގަދަ އަތްދަނޑި މައްޗަށް ނެގިއެވެ. އެއާއެކު ސިހިފައި ލާރާއަށް ހޭލެވުނެވެ. “ޔާން” ދެލޯ މެރޭ ނުމެރޭ ހާލުގައި އޮތް ލާރާ ގޮވައިލިއެވެ. “ބަންގި ގޮވައިފި..” މަޔާން ހީލަމުން ބުންޏެވެ. ލާރާ ބޯޖަހައިލިއެވެ. ދެމަފިރިން ފެންވަރައިލައިގެން އެއްކޮށް ފަތިސް ނަމާދުކޮށްލިއެވެ.

ނަމާދުކޮށް ނިމުމުން މަޔާން ލާރާގެ އުނަގަނޑުގައި ހިފައި ކައިރިއަށް ދަމައިލިއެވެ. މަޔާންގެ މަގްސަދު އެނގުމުން ލާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “އަދިވެސް ޔާންގެ ހިތެއް ނުފުރޭ؟” ލާރާ ހައިރާން ކަމާއިއެކު އަހައިލިއެވެ. މަޔާން އެއްމިޔަކަނުން ހީލަމުން ލާރާ އަތްދަނޑި މައްޗަށް އުފުލައިލަމުން އެނދާއި ދިމާލަށް ހިނގައިގަތެވެ. އޭރު އޭނަގެ މޫނުން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ.

ދުންޔާއަށް ހޭލެވުންއިރު އޭނަގެ ކައިރީގައި އޮތް ޔާދިން ފެނި ހިނިތުންވެވުނެވެ. ޔާދިން ހޭލުމުގެ ކުރިން ދުންޔާ މަޑުމަޑުން ތެދުވަން މަސައްކަތްކުރިއެވެ. ދުންޔާގެ ހަށިގަނޑަށް ސިހުމެއް ވެރިވެގެން ދިޔައީ ޔާދިންގެ ބާރުގަދަ އަތް ދުންޔާގެ ބަނޑުގައި އަޅުވައިލުމަށްފަހު އެނދަށް ވައްޓައިލުމުންނެވެ. ދުންޔާގެ އަނގައިން މަޑު ހަޅޭކެއް ނުކުތުމުގެ ކުރިން ޔާދިންގެ ތުންފަތް ދުންޔާގެ ތުންފަތުގައި ޖެހުނެވެ. ދުންޔާ އަވަސް އަވަހަށް ލަދުގަނެފައި ހުރެ މޫނު އަނބުރައިލިއެވެ. “މްމް ކިހިނެތްވީ މޫނު ތިއަނބުރަނީ..” ނިދި ބަރުވެފައިވި އަޑަކުން ދުންޔާގެ ގައިމައްޗަށް ހަށިގަނޑު ތިރިކޮށްލަމުން ޔާދިން އަހައިލިއެވެ. ޔާދިންގެ އަޑުގައިވި މަސްތުކަން އިވި ދުންޔާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ދުންޔާގެ ކަރާއި މޫނު ކައިރިކޮށްލަމުން ޔާދިން ވަސްގަތެވެ. އަދި އަނެއްކާވެސް ދުންޔާގެ ތުންފަތް އޭނަގެ އަމާޒަކަށް ހެދިއެވެ.

ދުންޔާ އަވަސް އަވަހަށް އޭނަގެ އަނގަމަތީގައި އަތްއެޅިއެވެ. “ދޫނީ ކަމްއޯން އައިމް ޑައިން ޓު އީޓް ޔުއާރ ޕްރިޓީ ޔަމީ ލިޕްސް..” ޔާދިން ނިދިއަޑަކުން އާދޭސްކޮށްލިއެވެ. ޔާދިން އުޅެމުން ދިޔަގޮތުން ދުންޔާ ލަދުގަތުން ނޫން ކަމެއް ނުވިއެވެ. “ދިން ދަތް އުނގުޅައިގެން އައިސްދާނަމޭ.. މައި މޯނިން ބްރެތް ސްޓިންކްސް..” ދުންޔާ ލަދުން އޮވެ ބުންޏެވެ. ޔާދިން އޭނަގެ ގައިމަތީގައި އޮތުމުން ދުންޔާއަށް ތެދުވެވޭ ގޮތެއްނުވިއެވެ. “ދެން ލެޓްސް ސްޓިންކް ޓުގެދާރ..” ލާނެތް ގޮތަކަށް ޔާދިން ދުންޔާގެ ތުންފަތަށް ބޮސްދެމުން ބުންޏެވެ. ނިދި ރަނގަޅަށް ފިލުމުން ދުންޔާ އުރައިލައިގެން ޔާދިން ފާހަނައަށް ވަދުނެވެ. ޔާދިން އުޅެމުން ދިޔަ ގޮތުން ދުންޔާ ހުރީ ލަދުން ވިރިވިރިއެވެ.

ހެނދުނު ސައިބޯން މޭޒުމަތީގައި މައިރީންގެ އާއިލާއެކީހެން ތިއްބެވެ. މަޔާން އާއި ލާރާ އައުމުން މައިރީން އެއްމިޔަކަނުން ހީލިއެވެ. މާޔަލް ދުވެލާފައިގޮސް މަޔާންގެ ފައިގައި ބައްދާލިއެވެ. “ދޮންތިގެ ބަސްއަހައިގެން ރޭގަ ނިދިންތަ؟” ހިނިތުންވުމަކާއިއެކު މަޔާން އޭނަގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. މާޔަލް ހީލަމުން ބޯޖަހައިލިއެވެ. މާޔަލް އުރައިލުމަށްފަހު މަޔާން ސައިބޯން އިށީނެވެ. “ދޮންބެ ދައްތަގެ ހާލު ކިހިނެތް؟” މައިރީން ލާނެތް ފާޑަކަށް އަހައިލިއެވެ. “ރަނގަޅު.. މައި ކިހިނެތް؟” ލަދުގަނެފައި ހުރި ނަމަވެސް ލާރާ ބުންޏެވެ. މައިރީން ހިނިއައިސްފައި ހުރެ ރަނގަޅޭ ބުނެލިއެވެ. މައިރީން އުޅޭގޮތުން މަޔާން އިނީ ލަދުގަނެފައެވެ.

ވާހަކަ ބަދަލުކޮށްލުމަށްޓަކައި މަޔާން މާޔަލް އާއި ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު ދޮންތިއާއެކީ ހެދި ސްލީޕް އޯވާ މަޖާތަ؟” މަޔާން އަހައިލިއެވެ. މާޔަލް ބޯޖަހައިލަމުން އަތުގެ ބޮޑުވާ އިނގިލި ދައްކާލިއެވެ. “ޔާލުއާ ދޮންތިއާ މޫވީސް ބަލާފަ ސްނެކްސް ކާފަ ޕިލޯފައިޓް ކުޅުނީ..” މާޔަލް މައުސޫމު ގޮތަކަށް ބުންޏެވެ. މައިރީން އަވަސް އަވަހަށް މާޔަލްއަށް ފެންނަ ފަދައަކުން ތުންފަތުގައި އިނގިލި ޖައްސާލިއެވެ. “ޔާލޫ ދެޓް ވޯޒް އަ ސީކްރެޓްއެއްނުން..” މައިރީން ހީލަމުން މާޔަލްގެ އިސްތަށިކޮޅު ހާވައިލަމުން ބުންޏެވެ. މާޔަލް ދެލޯ ބޮޑުކޮށްލާފަ މައުސޫމު ގޮތަކަށް އަމިއްލައަށް އަނގަމަތީގައި އަތް އަތްއަޅައިލިއެވެ. އެއާއެކު މޭޒުދޮށުން މަޔާންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

ސައިބޮއެ ނިމުމުން މަޔާން މާޔަލް އުރައިލައިގެން ބެލްކަންޏަށް ނިކުތެވެ. “ޔާލު ބައްޕި ދައްކާ ވަހަކަ ރަނގަޅަށް އަޑުއަހައްޗޭ އެނގޭ.. ބައްޕި މިއުޅެނީ އެހެން ކަންޓްރީއަކަށް ދާން.. ޔާލުއަށް ބައްޕިއާ ޓޯކް ކުރާނީ ފޯނުން.. ބައްޕި ދިޔާމަ މަންމިގެ ބަސްއަހައްޗޭ އިނގޭ ދޫނީ..” މާޔަލް ބެލްކަނީގައި ހުރި އުނދޯލީގައި ބޭންދުމަށްފަހު ކުރުފައި މައްޗަށް ތިރިވަމުން މާޔަލްގެ މޫނުކޮޅުގައި ހިފައިލަމުން މަޔާން ނަސޭހަތް ދިނެވެ. “ބައްޕި ކީއްވެ ދަނީ؟” މާޔަލް މައުސޫމު ގޮތަކަށް އަހައިލިއެވެ. “ޔާލުއަށް އެނގޭނުން ބައްޕި މިއީ ޕޮލިސްއެއްކަން ދޯ.. ޕޮލިސްކުދިން ޖެހޭނެ އެޑްވެންޗާރސްއަށް ދާން.. ބައްޕި އެޑްވެންޗާއަށް ގޮސްފަ ޔާލުއަށް ހަދިޔާވެސް ގެންނާނަން.. އެކަމަކު ޔާލު ބަސްއަހައިގެން މަންމިގެ ބުނާ އަޑު އަހައިގެން އުޅެންޏާ ހަދިޔާ ގެނެވޭނީ..” މާޔަލްގެ ސިކުނޑިއަށް ވިސްނޭ ފަދައިން މަޔާން ވާހަކަ ދެއްކިއެވެ.

މާޔަލް ބޯޖަހައިލިއެވެ. “ޔާލުވެސް ބޭނުން އެޑްވެންޗާރސްއަށް ދާން ޕޮލިސް ކުއްޖަކަށްވެގެން..” މާޔަލް ލޯބިގޮތަކަށް ބުންޏެވެ. “އެހެންވީމާ ޔާލު ބޮޑުވެގެން ބައްޕި ކަހަލަ ޕޮލިސްއަކަށްވެގެން ދާނީ.. ޔާލުއަށް މިހާރުވެސް ޕޮލިސް ކުއްޖަކަށް ވެވޭނޭ އިނގޭތަ؟ ބައްޕި ދިޔާމަ ޔާލު ވާނެ މަންމި ޕްރޮޓެކްޓް ކުރަން.. އޭރުން ޔާލުއަށް ބޮޑުވެގެން ބްރޭވް ޕޮލިސްކުއްޖަކަށް ވެވޭނެ..” މަޔާން ބުންޏެވެ. އެއާއެކު މާޔަލްގެ ދެލޯ ވިދާލިއެވެ.

އުކައިލް ލެޕްޓޮޕްގައި ޓައިޕް ކުރަން އިންދައި ޒާއިދު އައިސް ކެބިންގައި ޓަކި ޖަހައިލުމަށްފަހު ވަދުނެވެ. “ސާރ މީ ކޮންކަމެއް؟ އަޅުގަނޑު ހާރިޒް މިކޭސްއަށް އެސައިން ކުރަން ހުއްޓަ ކުއްލިއަކަށް އެހެން މީހެއް ނެގީ ކީއްވެ؟” އުކައިލް ގާތު ޝަކުވާގެ ރާގަކަށް ޒާއިދު އެއްސެވެ. “ޒާއިދު މި ކޭސް ހާރިޒްއަށް އެސައިން ކުރީ ދާރިއަން އަދި އަހަރެންނަށްވެސް އެނގުމެއް ނެތި.. އަހަރުންނާ ޑިސްކަސް ނުކޮށް ކްރިމިނަލް ކޭސްތައް އެސައިން ކުރުމަކީ ކުށެއް..” އުކައިލް ހަމަޖެހިލަމުން ބުންޏެވެ. “އެކަމަކު އެހެން ރަށެއްގަ ހުރި މީހެއް މި ކޭސްއަށް ތި ގެންނަނީ.. ރާއްޖެތެރޭ މީހުންނަކީ އެއްވެސް ގޮތެއްފޮތެއް ހުންނަ ބަޔެއްނޫން.. ތިގެންނަ މީހަ ނޭނގެ ތިއީ ރަނގަޅަށް ބޯބަހައްޓައިގެން ކަމެއް ކުރަން އެނގޭ މީހެއްކަމެއްވެސް..” ޒާއިދު ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ. “ޒާއިދުމެންނަށް ފަސޭހަވާނެއެއްނުން އެކަހަލަ މީހުންގެ ސިކުނޑިއާ ކުޅެލަން.. ދެން ކީއްވެ ތި އެހާވަރަށް ކަންބޮނޑުވަނީ؟” އުކައިލް އެއްފަހަރުން ޒާއިދުގެ އަނގަ ބަންދުކޮށްލިއެވެ. އުކައިލް އޭނައަށް ވަށްބަހުން ޖަހައިލުމުން ޒާއިދުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ޒާއިދު އެހެން ހުއްޓައި ކޮންމެސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އުކައިލް ވަންނަން ހުއްދަ ދިނުމުން ދާރިއަން ވަދުނެވެ. ދާރިއަންގެ ފަހަތުން އެހެން ޒުވާނެއް ވަދުނެވެ. ފުލުސް ޔުނީފޯރމްގައި އެމީހާ ހުރިއިރު އޭނަގެ އިސްތަށިގަނޑު ވަނީ ތުނިކުރެވިފައެވެ. ދޮން ހަށިގަނޑެއްގެ ވެރިއެވެ. ޔުނީފޯރމް ލާފައި ހުރިއިރު އޭނަގެ އަތުގައި ވަރަށް ދުވަސްވެފައި ހުރި ފަދަ ޒަހަމްއެއް ހުއްޓެވެ. “އަހްމަދު ރުކައިން ފާރޫގް” އުކައިލް އެ ޒުވާނާގެ ޓެގްކޮޅުގައިއިން ނަން ކިޔައިލުމަށްފަހު ތެދުވެ ސަލާމްކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. shihaamaa ali

    Heyyyyyy maashhhhh
    mi part vess vrh reethi allahumma baarik
    OMG OMG OMG Laaraa and Mayaan & Dhunya and Yaadhu is soooo adorable i was blushing soooooooooooo hard omg omg there sooo cuteee🥹🥹🥹❤️❤️
    ehnve dhn Rukain dhw e case kuri ah gendhany..? i hope Rukain can succeed.. love that name hehe
    cant wait for the next episode
    ilyyyyssmmmm❤️❤️

    1. Maash
      shihaamaa ali

      Heyyy shiherrr..
      Thank you darling sooo muchh I’m glad U liked it….
      Hehe ikr they are soo cuteee..
      Yeshh Shen case kuri ah gendhaany rukain.. let’s see if he will dhww.. yeahh I loved that name too..
      Next ep Insha Allah very soon..
      Love you moreee darll🦋💜

  2. aanaa

    Masha allah mi part vs vrh reethi
    Alheyyyy, laara n mayaan soo cuuteee.yaadhin r dhunya vss.blushvi varun moonu mathy ai vs eba elhey.kdrama eh beleyhn hyvanyy.
    E zaaidh dheke haadha rulhi eba araeyy.yageen zaaidh ge atheh mikamuga vaanekan
    Rukain ge name fenunyma hadhaanv raakin mathin.anehka ehvs gulhumeh oi baeh tha eii??
    plzz mayaan ah dhera gth nahadhahcheyy.
    When next??lyy❤️

    1. Maash
      aanaa

      Thank you soo muchhhh darll.. I’m glad U liked it.. hehe ikr they are cuties.. hehe I was blushing writing it too😭😭.. let’s see what zaaidhu do dhww.. Rukain and raakin? Never thought of it hehe😅.. I just liked the name ehenve pick kuri name eh eii.. next part insha allah Thursday ga.. love you moree💜🦋

  3. Sumaaa

    Waahaka varah reethi ❣️. Ekam mi part ga I really missed Kail aa Mairyn ge scenes. I love them so much. Varah crave ve E meehun ge scenes balan😭🤌🏼

    1. Maash
      Sumaaa

      Thank you soo much sumaa.. I’m happy U liked it.. kail and maireen adhi fennaane don’t worry.. I love them too hehe💜🦋

  4. Shaf_maan

    Maasha Allah mi prt vx vrh reethi
    Yaadin n dhunyage prts vrh cutee💜💜💜
    Eah vere bodah laara n mayaan ge prts maa cuteee💜💜💜💜💜
    Ukail said the right thing.
    Rukain is gonna take kiya ge case. Wish him luck 💜
    Zaaidh ah dhn vrh undhagoo vaane games kulhen dhwww. Hehe
    Can’t wait for the next prt
    Whn nxt???
    Tc.. Lysm Marsh 💜💜💜

    1. Maash
      Shaf_maan

      Thank you soo muchh darll.. I’m happy U liked it.. hehe they are cutiesss.. hehe ukail roasted him for good😭 yeshh I’ll wish him luck for u hehe.. yes zaaidh ah udhagoo vaane vrh dhen..
      midhuvaskolhu maash vrh bodah roaga jehigen ulheythy, roaga ragalhu v emmehaa avahakah next part genesdheynan.. tc
      Lyssm darll💜🦋

  5. pink girl

    Hey maash…..
    mi part vx varah varah reethi….
    Study ga busy kamun hama comment kohlevey varu nuvanee….
    Ekm abadhu vx kiyan…..
    When next??
    suvaaleh kohlah tha?
    Mi vaahak nimuneema maash dhen up kuraanee esfiya pro ah tha??

    1. Maash
      pink girl

      Heyy pink girl..
      Thank you soo muchh I’m happy U liked it.. missed Ur lovely comment hehe.. study well darll.. vrh happy vejje abadhuvx kiyaakan enguneema.. maash roaga jehigen ulheythy roaga ragalhu v haa avahakah genesdheynan..
      esfiya pro ah up kuran plan kuran eba 💜🦋

  6. spuukii_10

    When next part

    1. Maash
      spuukii_10

      Soon Insha Allah💜🦋

  7. slimy slimy

    Hey maash….
    Balee tha???
    When next???
    Konqme dhuvahaku mi site elhuvey eba up veythoa….
    Test there v ma naalhuvaan ulhey iru vx mi story up vey thoa hama elhuvenee….
    Take care gurlll….

    1. Maash
      slimy slimy

      Hi darling..
      Yes vrh balikoh miulheny mi dhuvaskolhu..
      Next part ragalhuvhaa avahakah genesdheynan Insha Allah..
      Aww good luck with Ur test..
      Take care💜🦋

Comments are closed.