Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 17

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
June 17, 2025 5 Mins Read
6 Comments

ޒާއިދު އެއްވެސް އެއްޗެކޭ ނުބުނެ ހިނިގަނޑެއް ޖަހައިލިއެވެ. “ކީއްވެގެންނޭ ކައިލް އަހަރެންގެ ކެބިންއަށް ޒިޔާރާތްކޮށްލަން ޖެހުނީ؟” ޒާއިދު އަހައިލިއެވެ. “ހަމަ ރަނގަޅަށްވެސް އެނގޭނެ ކީއްވެކަން.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ކޮއްކޮގެ ކޭސް ހިރާޒްއަށް ދޭކަށެއް..” ސާބިތު ކަމާއިއެކީ ކައިލް ބުންޏެވެ. “އެންޑް ވަޓް މޭކްސް ޔޫ ތިންކް ޔޫ ހޭވް އަ ޗޮއިސް އިން ދެޓް ކައިލް.. ކައިލް މި ކޭސްއިން ދުރަށް ނުގޮސްފިއްޔާ އަހަރެންނަށް ޖެހޭނީ ކައިލް ގެންގުޅޭ ކުޑަކުޑަ އަންހެން ލޯޔަރަށް ގޮތެއް ހަދާލަން.. އެގޮތް ކާކު ދޯ ބޭނުންވާނީ.. ނުލާހިކު ލޯބިކޮށް ހުންނަ ކުއްޖެއްނުން އެއީ..” ހަމަޖެހިފައި ހުރެ ނުލަފާ ހިނިތުންވުމަކާއިއެކު ޒާއިދު ވާހަކަ ދެއްކިއެވެ. މައިރީންގެ ވާހަކަ އެފަދައިން ބުނުމުން ކައިލްގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ.

***ޕާޓް 17***

ފުން ނޭވާއެއްލުމަށްފަހު ކައިލް އޭނަގެ ހާސްކަން ކުޅަދާނަކަމާއިއެކު ފޮރުވައިލިއެވެ. “އޭނަ މިކަމުގެތެރެއަށް ވައްދަން ނޫޅޭ..” ދަތްކުނޑި ވިކައިލަމުން ކައިލް ބުންޏެވެ. “ތިއީ ކައިލްގެ މައްޗަށް އޮތް ކަމެއް.. އެ މަންޖެ ކައިލް މިކަމުގެ ތެރެއަށް ނުވެއްދިނަމަ މިހެން ކަންތައްވާކަށް ނުޖެހުނީސް..” ނުލަފާ ގޮތަކަށް ހީލަމުން ޒާއިދު ބުންޏެވެ. “ސޯ ވަޓްސް ޔުއާރ ޗޮއިސް.. މަރުވެފައިވާ ކޮއްކޮގެ ކޭސްތަ ނޫނީ މިހާރު ދިރިހުރި ލޯޔަރުތަ؟” ޒާއިދު ނުރައްކާތެރި ގޮތަކަށް ކައިލްއަށް ބަލައިލަމުން އެއްސެވެ. ކައިލްގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. އޭނަގެ ރުޅި ކޮންޓްރޯލްއިން ނައްޓައިގެން ދިޔައެވެ.

އައިސްފައި ހުރި ރުޅިން ކައިލް ހަމައިން ނެއްޓިފަދައެވެ. ފުންމައިގެން ގޮޑިން ތެދުވެ މޭޒުގައި ހުރި އެއްޗެހިތައް އަތުން ޖަހައި ވަރައިލިއެވެ. އަދި ޒާއިދުގެ ގަމީހުގެ ގިރުވާނުގައި ހިފައި ކޮޅަށް ނެގިއެވެ. އޭރު ޒާއިދުގެ ކައިރީގައި ހުރި ދެ ބޮޑީގާޑުން ކައިލް ދުރުކުރަން މަސައްކަތް ކުރަމުން ދިޔައެވެ. “ކަލޭ ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ އޭ؟ މިހާރު މަށަށް ހީވެއްޖެ ކަލޭގެ އަތެއް މި ކޭސްގަ ވާހެން.. އެހެން ނޫނީ ކީއްވެ މާ ބިރުގަންނަންވީ އޭނ؟ މައިރީންއަށް ކަމެއް ކޮއްފިއްޔާ ކަލޭގެ ކަރާއި ހަށިގަނޑު ދެތަން ކުރާކަށް މަށެއް ފަހެއް ނުޖެހޭނަން..” ކައިލް ނުރައްކާތެރި ގޮތަކަށް ބުންޏެވެ. އޭރު އައިސްފައި ހުރި ރުޅިން ކައިލްގެ ކަރުގެ ނާރުތައް ވަނީ ފުއްޕާފައެވެ.

އެއާއެކު ޒާއިދު ނުލަފާ ގޮތަކަށް ހޭންފެށިއެވެ. “ކަލެއަށް ހާދަ ވަރެކޭދޯ ތިވަނީ އެމަންޖެގެ ވާހަކަ ދެއްކީމަ.. ހަހަހަ އަނެއްކާ ލޯބިވެވުނީތަ؟” އިތުރަށް ކައިލް ރުޅިއަރުވައިލުމުގެ ގޮތުން ޒާއިދު ބުންޏެވެ. “ބޭކާރު ވާހަކަ ނުދައްކާ ހުރޭ.. އެ ހާރިޒްއަށް މި ކޭސްއެއް ނުލިބޭނެ އިނގިއްޖެ؟ ނުލިބޭނެ” ކައިލް ހަޅޭއްލަވައިގަތެވެ. އަދި ގޮށްމުށުން ޒާއިދުގެ މޫނުމަތީގައި ޖެހިއެވެ. އެއާއެކު ޒާއިދުގެ ތުންފަތް ފެޅި ލޭތައް ފައިބައިގަތެވެ. ކައިލްގެ ހަށިގަނޑަށް ހީވަނީ އިތުރު ބާރެއް ލިބިފައިވާ ހެންނެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ކައިލްގެ ޔުނީފޯރމްގައި ހިފައި ލައްކެއް ޖަހައި ފަހަތައް ދަމައިގަތެވެ. އަދި ކައިލްގެ މޫނުމަތީގައި ޖެހިއެވެ. އެއާއެކު ކައިލްއަށް ހަމަހޭވެރިކަން ލިބުން ފަދައެވެ.

ކައިލް މަޑުމަޑުން އޭނަގެ ކޯތާފަތް މަތީގައި އަތްއަޅައި އޭނަގެ މޫނުމަތީ ޖެހި މީހައާއި ދިމާލަށް ބަލައިލިއެވެ. އޭރު އެމީހާ ހުރީ ދެބުމަ ގޮށްޖަހައިގެން ކައިލްއަށް ބަލާށެވެ. ކައިލްއަށް އެމީހާގެ ޓެގްކޮޅަށް ބަލައިލެވުނެވެ. “އުކައިލް؟” ކައިލްއަށް މަޑުމަޑުން ކިޔައިލެވުނެވެ. “ކިހިނެތްތަ މިތާ މި ވަނީ؟ ކީއްވެގެން ގަޔަށް ބޮލަށް އަރަން ޖެހުނީ؟ އެނގޭތަ ކައިލްއަށް ޑިޔުޓީގަ ހުންނަ ޕޮލިހެއްގެ ގައިގަ ޖެހީމަ ސަސްޕެންޑްވެސް ކުރެވޭނެކަން؟” ހިތްހަމަނުޖެހިފައި ހުރެ އެއްފަހަރު ކައިލްއަށް ބަލައިލަމުން އަނެއްފަހަރު ޒާއިދުއަށް ބަލައިލަމުން އުކައިލް ވާހަކަ ދެއްކިއެވެ. ކައިލް ހުރީ އުކައިލް ފަދަ މަތީ މަގާމެއްގެ މީހެއްގެ ކުރިމަތީގައި އޭނައަށް އުޅެވުނު ގޮތުން ލަދުގަނެފައެވެ.

ކައިލް އޭނަގެ ދިފާއުގައި އެއްޗެކޭ ބުނުމުގެ ކުރިން ޒާއިދު ފަށައިގަތެވެ. “އަޅުގަނޑު ކައިލް ކައިރީގަ ބުނީ ފެމެލީއާ ގުޅިފަ އޮތް ކޭސްއެއްވީމަ އެ ކޭސް ކައިލްއަކަށް ކުރިއަކަށް ނުގެންދެވޭނޭ.. އެހެންވެ އަޅުގަނޑު އެހެން އޮފިސާރއަކަށް.. މިބުނީ ހާރިޒްއަށް އެކޭސް ދިނީމަ ކައިލް ގާތަށް ރުޅިއައީ..” މައުސޫމު ގޮތަކަށް ޒާއިދު ބުންޏެވެ. ކައިލް އޭނަގެ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަތް މުއްކަވާލިއެވެ. “ޒާއިދު ތި ޑިސިޝަން ތި ނެގީ މިކަހަލަ ކޭސްތަކާ ހަވާލުވެފަ ހުރި އެކަކާވެސް މަޝްވަރާކޮށްގެންތަ؟ މިތާ މި ފަދަ ކޭސްތަކާ ހަވާލުވެގެން ހުންނާނީ އަހަރެންނާ ދާރިއަން.. އަހަރެން ކައިރީގައެއް ނުބުނޭ ތި ކޭސް އެހެން މީހަކަށް އެސައިން ކުރި ވާހަކައެއް.. ދާރިއަން ކައިރީގަ ބުނިންތަ؟” ޒާއިދަށް ބަލައިލަމުން އުކައިލް އަހައިލިއެވެ.

ޒާއިދު ބޯޖަހައިލިއެވެ. “ދާރިއަން ސާރ އަޅުގަނޑު ކައިރީގަ ބުނީ ކުރިއަށް ގެންދާށޭ.. އަޅުގަނޑުގެ ވަޒީފާ އަޅުގަނޑު ބަލަނީ ވީ އެންމެ ރަނގަޅަށް އަދާކުރެވޭތޯ.. އެހެންނަމަވެސް ކައިލް އެހުރީ އަޅުގަނޑުގެ މަސައްކަތައް ހުރަސް އަޅަން އަތުކުރި އޮޅައިލާގެން..” ޒާއިދު ތުންފަތުން އަންނަމުން ދިޔަ ލޭތައް ޓިޝޫއަކުން ފޮހެލަމުން ބުންޏެވެ. އޭނަގެ އަޑުގައިވަނީ މަކަރާއި ހީލަތެވެ. އުކައިލް އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ބޯޖަހައިލިއެވެ. “ކައިލް ދޭބަލަ ކައިލްގެ ކެބިންއަށް ތި ރުޅިގަނޑު މައިތިރިކުރަން.. ރުޅިއަންނަ ކޮންމެ ފަހަރަކު މީހުންގެ ގަޔަށް ބޮލަށް އަރަންޏަކާ މިކަހަލަ ތަންތަނަކު ނޫޅެވޭނެ!” އިންޒާރެއް ދޭ ފަދައަކުން އުކައިލް ބުންޏެވެ.

އުކައިލްގެ ރާގުން ކައިލްގެ ހިތުގައި ހިތްހަމަނުޖެހުން އުފެދިގެން ދިޔައެވެ. ހަރު ހިނގުމެއްގައި ގޮސް ޒާއިދުގެ ކެބިންއިން ކައިލް ނިކުތުނެވެ. އުކައިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެތަނުން ނިކުތުނެވެ. ދާރިއަންގެ ކެބިންއަށްގޮސް ޓަކިޖަހައިލިއެވެ. ކެބިންގެ އަނެއް ފަރާތުން ވަންނާށޭ ގޮވައިލުމުން އުކައިލް ވަދުނެވެ. “ހޭ ބަޑީ.. ކޮންކަމަކު މިތަނަށް ވަޑައިގަތީ ތި؟” އުމުރުން ތިރީސް ހަތަރު އަހަރުވެފައިވީ ނަމަވެސް ދާރިއަންގެ ސަކަ މިޒާޖަކަށް ބަދަލު އައި ހެންނެއް ހިޔެއްނުވެއެވެ. “ޒާއިދު އައިތަ ދާރިއަން ކައިރިއަށް ތޭރަ އަހަރުގެ ކުއްޖެއްގެ މާޑާރ ރޭޕް ކޭސްއެއް ހާރިޒްއަށް ދިނުމަށް މަޝްވަރާކުރަން؟” އުކައިލް އަހަން ބޭނުންވެފައިވާ ސުވާލުކޮށްލިއެވެ. “ނޫނޭ.. ކިހިނެތްވީ؟ ތިޔަ ހާރިޒެއް އެބައުޅޭ މިހާރުވެސް ބައިވަރު ކޭސްތަކެއް ނަގައިގެން.. އޭނަ ނަގާ ކޭސްތަކުގެ ވާއެއް ނުވާއެއް އެނގެނީކީއެއްނޫން..” ދާރިއަން ބުންޏެވެ. “އެހެންވީމަ މަށަށް ދޮގެއްނުން އެ ޒާއިދުއެއް އެހެދީ..” އުކައިލް ބުންޏެވެ.

އުކައިލް ކައިރީގައި ހުރި ގޮޑިއަށް އޭނަގެ ހަށިގަނޑު ދޫކޮށްލުމަށްފަހު ފުންނޭވާއެއްލިއެވެ. “އަނެއްކާ މާޒީ ތަކުރާރުވަނީބާ؟ އަނެއްކާ އަނެއް ގޭންގެއް..” އުކައިލް އޭނަގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކާ ފަދައަކުން ބުންޏެވެ. “މަޑުކޮށްބަލަ.. ވީ ގޮތް އަހަންނަށް ކިޔާދީބަލަ..” ދާރިއަން ބުންޏެވެ. “މަށަށް ވަރަށް ހީވޭ މިހާރު.. އަނެއްކާ އެހެން ގޭންގެއްގެ ކުޅިވަރު ފެންމަތިވެއްޖެހެން.. މަށަށް ހީވޭ އެބަ ހާރިޒްއާއި ޒާއިދުގެ އަތެއް އެކަމުގަވާހެން..” އުކައިލް އެހެން ބުނުމާއެކުހެން ދާރިއަން ކޮޅަށް ޖެހުނެވެ. ކުރިން ފެނިގެން ދިޔަ ސަކަ މިޒާޖު ބަދަލުވެ މުޅި މީހާއެކީ ސީރިއަސްވެގެން ދިޔައެވެ. “މާވިން ކައިރީ ބުނަންވީ ތިކަން އަވަހަށް ޗެކް ކުރަން..” ދާރިއަން ބުންޏެވެ. “ކަލޭ އަންހެނުން ކައިރީ ބުންޏަސް ޗެކްކޮށްދީފާނެ އެއްނުން..” ލާނެތް ފާޑަކަށް ހީލަމުން އުކައިލް ބުންޏެވެ.

އެއާއެކު ދާރިއަން އުކައިލްއާއި ދިމާލަށް ކަޅިއަޅައިލިއެވެ. “ކަލޭ ތިއުޅެނީ މަގޭ ބްރަދާ އިން ލޯގެ އަތުން މަ މަރު ނުވެގެންތަ؟ މަގޭ ކައިރީ މާވިން ވަރަށް ރީތިކޮށް ބުނެފަ އޮތީ މިޔާ މިއިން އެއްވެސް ކަމަކަށް ވައްދާ ދުވަހަކީ މަ ދިރިހުންނަ އެންމެ ފަހު ދުވަހޭ..” ދާރިއަން އެހެން ހުރެ ބުންޏެވެ. އެއާއެކު އުކައިލް ހިނިގަނޑެއް ޖަހައިލިއެވެ. “އެކޭސްއާ މިހާރު ހަވާލުވެގެން ހުރީ ކާކު؟” ދާރިއަން ސީރިއަސްވަމުން އަހައިލިއެވެ. “ކައިލް ކިޔާ ސޮރެއް.. ޔަންގް ވައްތަރެއް ޖަހަނީ.. އެކަމަކު އޭނަ ސަސްޕެންޑް ކުރަން ޖެހޭނީ.. އެ ޒާއިދުގެ ދުވަސް ދުއްވާލިސް މަށަށް ދެންމެ އެ ކެބިންއަށް ނުދެވުންނަމަ..” އުކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

ދާރިއަން ދެލޯ ބޮޑުކޮށްލިއެވެ. “އެންގާ އިޝޫސް ހުންނަ ސޮރެއްތަ؟” ދާރިއަން އަހައިލިއެވެ. އުކައިލް ކޮނޑުއަރުވައިލިއެވެ. “ތިއެއް ނޭނގެ މަށަކަށް.. އަޅެ ބަލައިލަބަލަ.. މީ އޭނަ މިކިހަލަ ކަމެއް ކުރި ފުރަތަމަ ފަހަރުވިއްޔާ ސާދަ ދުވަހަށް ސަސްޕެންޑްވާނީ.. މަށެއްވެސް ބޭނުމެއް ނޫން ހާރިޒްއަށް އެ ކޭސް ދޭކަށް.. ކަލޭ ތަންކޮޅެއް ރަނގަޅު މީހެއް ހޯދަބަލަ..” އުކައިލް ދާރިއަން ގާތުން އެދުނެވެ. ދާރިއަން ބޯޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

ދުންޔާ ހުރީ ޔާދިންއަށް ޖަވާބެއް ދޭން ނޭނގިފައެވެ. “މިއަދު ހަވީރު ބޭރަށް ދާން ރެޑީވައްޗޭ.. ދޫނި ތިހުންނަނީ އަބަދު އެތެރޭގަ ލޮކްވެގެންނުން..” ކާމޭޒުގައި ކާންއިން ޔާދިން ބުންޏެވެ. ދުންޔާގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަމުން ޔާދިންގެ ގާތަށް ކޮންމެވެސް ވަރަކަށް ހިނިއައެވެ. ޔާދިން އެއްބުމަ އަރުވައިލުމުން ދުންޔާ ލަދުން އިސްޖަހައިލިއެވެ. އަދި މަޑުމަޑުން ބޯޖަހައިލިއެވެ. “ގުޑް.. ކާއެއްޗިއްސާ ނުކުޅެ އިދެ އަވަހަށް ކާބަލަ ދޯ.. ނޫނީ އަހަރެން ދޫނިގެ އަނގައަށް ލަވައިދޭން އަންނަންވީތަ؟” ލާނެތް ހިނިތުންވުމަކާއިއެކު ޔާދިން އަހައިލިއެވެ. އެއާއެކު ދުންޔާ ބޯހޫރުވައިލިއެވެ. އަދި އަވަހަށް ކާން ފެށިއެވެ. އެއާއެކު ޔާދިންގެ ލުއި ހުނުމުގެ އަޑު އެތާ ގުގުމާލިއެވެ. ދުންޔާގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ.

ކައިނިމުމުން ދުންޔާ ތެދުވެ ތަށިތައް ނަގައި މޭޒުމަތި ސާފު ކުރަން ފެށިއެވެ. އެހެންނަމަވެސް ދުންޔާ ހައިރާންވީ ޔާދިންވެސް އައިސް ދުންޔާއަށް އެހީވާން ފެށުމުންނެވެ. “ދިން ދޭ ސިޓިންރޫމްއަށް.. އަހަރެން މިކަން ކޮށްލަފާނަން..” ދުންޔާ ބުންޏެވެ. “އަހަރެންނަށް ދޫނިއަށް އެހީނުވެވެނީ އަހަރެން މީ ފިރެހެނަކަށްވީމަތަ؟ ދޫނިއެއްނުން މި މީރު ކެއުން ހަދައިދިނީ.. އެހެންވީމަ އަހަރެން މިތަން ސާފުކޮށްލާނަން.. އަހަރެން ފިރެހެނަކަށްވީތީ ބޮޑުގޮޑީގަ ބައިންދަން ނޫޅޭ ދޫނީ.. އެހެންނޫނަސް ފިރިމީހާ މިކަހަލަ ކަންކަން ކުރުން އެއީ ލޯބި އިތުރުވާ ކަމެކޭ..” ސިއްރެއް ފަދައިން ދުންޔާގެ ކަންފަތް ކައިރީ ބޯތިރިކޮށްލަމުން ޔާދިން އެންމެ ފަހު ޖުމުލަ ބުނެލިއެވެ. ދުންޔާގެ ހަށިގަނޑުގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެންދިޔައެވެ.

ޔާދިން މޭޒު މަތީގައި ހުރި ތަށިތައް ދޮވެ އެ ތަށިތައް ބަހައްޓަން ހާއްސަ ކުރެވިފައިވާ ތަނުގައި އެ ތަށިތައް ބެހެއްޓިއެވެ. ދުންޔާއަށް ޔާދިންގެ ފިރެހެންވަންތަ ހަރަކާތްތަކަށް ބަލަން ހުރެވުން އިރު، ޔާދިންގެ ކޮންމެ ސިފައަކުން ޔާދިންދެކެ އިތުރަށް ލޯބިވެވޭ ފަދަ އިހްސާސެއް ދުންޔާއަށް ކުރެވުނެވެ. “އަހަރެންނަކީ ފިރެހެނަކަސް އަހަރެންގެ ލޯބިލޯބި އަނބިމީހާ ތިހާ ވަރަށް ބެލީމަ ވަރަށް ލަދުގަނޭ އެނގޭ އެބަ.. ތިހާ ވަރަށް ބަލަންޔާ ދޫނިގެ ތުންފަތް ކާލަން ޖެހިދާނެ..” ޔާދިން ލާނެތް ގޮތަކަށް ބުންޏެވެ. ދުންޔާ ގަތް ލަދުން ދުވެފައި އޭނަގެ ކޮޓަރިއަށް ވަދުނެވެ. ޔާދިން ހިނިގަނޑެއް ޖަހައިލިއެވެ. “ސިލީ ގާރލް” ފިރިހެންވަންތަ ހިނިތުންވުމެއްގައި ހުރެ ޔާދިން މަޑުމަޑުން ބުނެލިއެވެ.

މައިރީން ޓަކި ޖަހައިލުމަށްފަހު ކައިލްގެ ކެބިންއަށް ވަދުނެވެ. އެއާއެކު މައިރީންގެ ނޭފަތުގައި ޖެހުނު ސިނގިރޭޓުގެ ނުބައި ވަހުން މައިރީންއަށް އޭނަގެ މޫނަށް ގޮތެއް ހަދައިލެވުނެވެ. ކައިލްގެ ކެބިން ހީވަނީ ސިނގިރޭޓުން ސެންޓު ޖަހާފައިވިހެންނެވެ. މައިރީން ހުރީ އޭނަ ލައިގެން ހުރި ވިއްސާރަ ކޯޓު އަތުން ހިފައިގެންނެވެ. “ކައިލް އަނެއްކާ ސިނގިރޭޓް ބޯން ފެށީތަ؟ ޕިސްޕިސް.. މުޅި މިތަނުން ދުވަނީ އެވަހޭ..” މައިރީން ތުންދަމައިލަމުން ބުންޏެވެ. ކައިލް ހުރީ އޭނަގެ ކެބިންގަ ބޭރު ފެންނާނެހެން ހުރި ކުޑަދޮރުން ބޭރު ބަލާށެވެ. ހެނދުނު ނުލާހިކު ރީއްޗަށް މޫސުން އޮތް ނަމަވެސް ހަވީރު މޫސުން ބަދަލުވެގެން ދިޔައީ ކުއްލިއަކަށްށެވެ. ގަދަވަޔާއެކު ވިއްސާރަ ވެހެމުން ދިޔައިރު، އިރުއިރުކޮޅަކާއި ޖަހާ ގުގުރީގެ އަޑުން ކަންފަތް ބަށްވާހާވެއެވެ. ވިދާލާ ވިދުވަރުން މުޅިތަން އަލިވެގެންދެއެވެ.

މައިރީން ހިނގާލާފައި ގޮސް ކައިލްގެ ކޮނޑުގައި އަތް ބާއްވާލުމަށްފަހު އޭނަ ހުރި ދިމާލަށް އަނބުރައިލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކައިލް ހީވަނީ ހަރު ހިލަގަނޑެއްހެންނެވެ. ހުރިތާ އެއްވެސް ހަރަކާތެއް ކުރުމެއް ނެތި ކައިލް ހުއްޓެވެ. “ކައިލް؟ ކިހިނެތްވެފަ ތި ހުރީ؟” މައިރީން އަހައިލިއެވެ. ކައިލްގެ ތުނބުގައި އޮތް ސިނގިރޭޓް ފެނުމުން މައިރީން އޭތި ބިންމައްޗަށް އެއްލާލުމަށްފަހު ޗިސްޗިސްކޮށްލިއެވެ. “މިއީ ކީއްކުރަން މީހުން ބޯ އެއްޗެއްތަ އަޅެފަހެ.. ސްޓްރެސް ވިޔަސް ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ހުންނާނޭ..” މައިރީން ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ. “ކިހާ ބޮޑު އުނދަގުލެއް.. މަށާ ދުރުގަ ހުރެބަލަ..” ކުއްލިއަކަށް ކައިލް ހަޅޭއްލަވައިގަތުމުން މައިރީން ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އޭލިއަން ސިލްސިލާ: ވަރަ – 6

Next

ޙަޤީޤަތް ކަޝްފުވުމުން…. ޓްރެއިލަރ

Next
June 17, 2025

ޙަޤީޤަތް ކަޝްފުވުމުން…. ޓްރެއިލަރ

Previews
June 17, 2025

އޭލިއަން ސިލްސިލާ: ވަރަ – 6

6 Comments!

  1. aanaa says:
    June 17, 2025 at 9:13 pm

    Heyyyy
    Masha allah mi part vs vrhh reethii
    Mihaaru 100% r gaai kurevey zaaidh n haariz ge atheh e case ga vaakmhh
    Mai ah dhera gth nahadhahchey😭
    Bruhh..cigarette boakah nujehey dhww kail vss.alhey mai ah roveyne kanne sihsaigen dhiya varun.rulhi aissa huri varun dhw kail ah ehchis e kiyunyy??😭dhunya r yaadhin soo cuutee.curiously waiting.when next?test thah faseyha tha??tcc lyy❤️

    1. Maash Maash says:
      June 21, 2025 at 1:09 pm

      Heyyyyy aanaa
      Thank you soo muchhh.. I’m happy U liked this part.. hehe let’s see dhww.. hehe yess asluvxx.. stress viyas cigarette boakah nuvaane dhww.. let’s see Mai ah vaa goii.. yes rulhi aisfa huri varun kail ah ehchehi kiyuny.. yeshhh dhunya men is always cuter.. Insha allah very soon.. alhamdhulillah ehaa udhaguleh noon.. Tcc love you moree 💜🦋

  2. shihaamaa ali shihaamaa ali says:
    June 17, 2025 at 10:20 pm

    heyyy maashhh
    mi part ves vrh reethi ma sha allah
    UKAIL IS HERE???? FROM INSAAFU LIBEYNEBAA?? OMG THATS SOO AMAIZING MY EYES LATTERLY POPPED OUT THERE LIKE GRRRR 😭😭😭
    omygod why the hell did kail scream at maiii that was extremely rude but i get he is upset.. and yaadhu nd dhunya iss sooo adorable allahumma baarik ❤️❤️❤️
    I truly truly hope they find justice just like Ukail and Dhaarian did back in insaafu libeynebaa.. i hope everyone gets their happy ending at the ending pls dont make it sad like in kushaky kobaa
    cant wait for the next episode ILYYYSSMMMM❤️❤️

    1. Maash Maash says:
      June 21, 2025 at 1:17 pm

      Heyyyy shiherrr..
      Thank you sooo muchhh.. I’m happy u liked it.. SUPRISE.. hehe yeshhh ukail and dhaarian is here… Hehe yeah he was upset.. ikrrr they aree too cute.. let’s see if they will dhww.. next ep insha allah soon💜🦋

  3. Shaf_maan says:
    June 18, 2025 at 3:13 pm

    Maasha Allah mi prt vx vrh reethi
    Yaadin n dhunya ge prts vrh cutee😍😍💜
    Wiat whatt???
    UKAIL N DHAARIAN FROM INSAAFU LIBEYNEBAA???????
    Maash pls Kail suspend nukurah cheyyy😭😭
    Haariz n zaaidh vrh vrh vrhh SUS
    Kail!! Mai aa dhimaalah halhey nulavaathi!!!!
    Curiously waiting
    Whn nxt???
    Tc… Lysm Marsh 💜💜💜

  4. Maash Maash says:
    June 21, 2025 at 1:30 pm

    Thank you sooo muchhhh.. I’m happy you liked this part.. yeshhh they are really cute…
    Hehe yesss ukail and dhaarian from insaaf libeyneba in here.. let’s see kail ah vaa goii dhww.. hehehe.. next part soon Insha Allah.. tc love you moree💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 18←


All Right Reserved!