ހިތް އެދެ ޔާރާ ތިއޭ – 19
ކައިލް ދެބުމަ ގޮށްޖަހައިލިއެވެ. ދާރިއަން ހަދަން އުޅޭ އެއްޗެއް އޭނައަކަށް އެއްވެސް ގޮތަކަށް ނޭނގުނެވެ. “އަހަރެންނަށް ވިސްނޭ ގޮތަށް އެއްޗެއް ކިޔާބަލަ..” ކައިލް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
***ޕާޓް 19***.
“ދެން އޮތް ތިރީސް ދުވަހަށް ކައިލް އެމް.ވީ.އެސް.އޭގައި އޭނަގެ ކޮއްކޮގެ ކޭސްއަށް މަސައްކަތް ކުރެވޭ ގޮތް މާވިން ހަދައި ދޭންވީނުން.. ހަމަގައިމުވެސް މިތަނަށްވުރެ ފަސޭހައިން އެތަނުގަ މަސައްކަތް ކުރިއަށް ގެންދެވޭނެ..” ދާރިއަން އޭނަގެ ސިކުނޑީގައި ހިނގަމުން ދިޔަ ހިޔާލު ހިއްސާކޮށްލިއެވެ. ދާރިއަން އެހާ ފާޅުކޮށް އެތަނުގެ ނަން ހާމަ ކުރުމުން މާވިންގެ ދެބުމަ ގޮށްޖެހުނެވެ. “އެމް.ވީ.އެސް.އޭ؟ އެއީ ކޮންތަނެއް؟” ކައިލް ހައިރާންކަމާއިއެކު އަހައިލިއެވެ. މާވިން ކަރުކެހިލުމަށްފަހު ދާރިއަންގެ ގިރުވާނަށް ދަމައި ތަންކޮޅެއް ދުރަށް ގެންދިޔައެވެ. “ކަލޭ މިތާ މަޑުން ހުރޭ!” ކައިލްއަށް އަމުރެއްކޮށްލާ ފަދައަކުން އިނގިލި ދިއްކޮށްލަމުން މާވިން ބުންޏެވެ.
ކައިލްއަށް އެމީހުން ދައްކާ ވާހަކަ އަޑުނީވޭހައި ހިސާބަށްގޮސް ދާރިއަންގެ ގިރުވާނުން މާވިން ދޫކޮށްލިއެވެ. “ކަލޭ މޮތަވީތަ؟؟ މީސްމީހުން ކައިރީ އޭޖެންސީގެ ނަން ބުނުމަކީ މަނާ ކަމެކޭ މަށެއް ނުބުނަންތަ؟” ދަތްކުނޑިވިކައިލަމުން މާވިން ބުންޏެވެ. “ހަމަޖެހިބަލަ.. މާވިންވެސް ކުރިން ހަމަ އެތަނަށް ވަދެގެން މަސައްކަތް ކުރީ ރެޕަން- އައި މީން މިޔާ ސަލާމަތްކުރަން.. ކައިލްވެސް މަސައްކަތް ކުރަނީ އޭނަގެ ކޮއްކޮއަށް އިންސާފު ހޯދައިދޭން.. މާވިންއަށް އެހީވެސް ވެވޭނެއެއްނުން،،” މާވިންއަށް ވިސްނައިދިނުމުގެ ގޮތުން ދާރިއަން ބުންޏެވެ. މާވިން ފުންނޭވާއެއް ދޫކޮށްލިއެވެ. “އޭނަ އޭޖެންސީއަށް ދެރައެއް ދީފިއްޔާ އޭގެ ޒިންމާ ނަގަން ޖެހޭނީ ކަލޭ..” މާވިން ބުނެލިއެވެ. ދާރިއަން އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. މާވިން ގޮސް ކައިލްއަށް އޭޖެންސީ ތައާރަފުކޮށްދީ ކޮންމެވެސް ވަރަކަށް އެތަނުގެ ކަންކަން ކިޔައިދިނެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައީ ލޮލުފިޔަ ޖަހައިލާހައި އަވަހަށްށެވެ. މައިރީންގެ ކަމަކީ ކޮޓަރީގައި އަބަދު ނުކައި ނުބޮއެ އޮތުމެވެ. ކައިލްގެ ބަސްތަކުން މައިރީންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. “މައީ އަބަދު ތިހެން އޮންނާކަށްވެސް ނުވާނެއެއްނުން.. މައިއަށް ވެފަ ހުރި ގޮތް ނޭނގޭތީ އެންމެން އެހުރީ ނުލާހިކު ހާސްވެފަ..” މައިރީންގެ އެނދުގެ ފަޑީގައި އިށީނދެގެން ހުރެ މައިރީންގެ ބުރަކަށީގައި ފިރުމަމުން އައިނާ ބުންޏެވެ. “މައިއަކަށް ކަމެއް ނުވޭ..” މައިރީން ބާލީހުގެ ތެރެއަށް މޫނު ކޮށްޕައިލަމުން ބުންޏެވެ.
އައިނާ ފުންނޭވާއެއްލުމަށްފަހު މައިރީން ބޯއަޅައިގެން އޮތް ބާލީސް ނެގޭތޯ މަސައްކަތް ކުރިއެވެ. “ކަމެއް ނުވާ މީހާ ކީއްވެތަ ދެން އަބަދު ކޮޓަރީގަ ބަންދުވެގެން ތި އޮންނަނީ؟؟” އަކުރުތަކަށް ދަމައިލަމުން އައިނާ ބުންޏެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. “ކައިލް..” މަޑުމަޑުން މައިރީން ބުންޏެވެ. މައިރީން ބުނަން އުޅޭ ވާހަކައެއް އަޑުއެހުމަށްޓަކައި އައިނާ ކަންފަތް ކައިރިކޮށްލިއެވެ. “އޭނަ ކިހިނެތްވީ؟ އަހަރެން އަޑުއެހިން އޭނަ ސަސްޕެންޑް ކުރި ވާހަކަ މަހަކަށް…” އައިނާ ބުންޏެވެ. މައިރީންއަށް އެއީ އައު ވާހަކައަކަށްވުމުން ފުންމައިގެން ކޮޅަށް ޖެހުނެވެ.
މައިރީންގެ މި ހަރަކާތުން އައިނާ ދިޔައީ ސިއްސައިގެންނެވެ. “ސަސްޕެންޑް ކުރީއޭ؟؟ ކޮންއިރަކު؟؟ ކިހިނެތް؟؟ ކީއްވެ؟؟” އެއްފަހަރާ އެތައް ސުވާލެއް އައިނާގެ ބޮލަށް މައިރީން އޮއްސައިލިއެވެ. “ސާބަހޭ މައީ.. އެސޮރު ސަސްޕެންޑް ކުރީމަ މައިއަށް ކޮންހައިވަރެއްތަ ތިއަރަނީ.. އަނެއްކަ ދެމީހުން ކަމެއްތަ؟” ދިމާކުރާ ރާގަކަށް އައިނާ އަހައިލިއެވެ. މައިރީން ދެބުމަ ގޮށްޖަހައިލިއެވެ. “ދެން ދިމާނުކޮށް ބުނެބަ އައީ..” ތުންދަމާލަމުން އައިނާގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން މައިރީން ބުންޏެވެ.
އައިނާ ހޭން ފެށިއެވެ. މައިރީން މޫނު ކުނިކޮށްލިއެވެ. “ދޮގުދޯ ތި ހަދަނީ.. އަހަރެން ތަޅުވަން ހުރެގެން ކޮންމެސް އެއްޗެކޭ ކިޔާ ހިތުން ދޯ ތިއުޅެނީ..” މައިރީން ބާލީހުން އައިނާގެ ބޮލުގައި ޖަހައިލަމުން ބުންޏެވެ. “ނޫނޭ ނޫނޭ.. އަހަރެން ދޮގެއް ނޫން މިހަދަނީ.. މައިއަށް ވީ ވަރުން ހެވުނީ.. ސޮރީ ސޮރީ ހަހަހަ.. އަސްލުވެސް ކައިލް ސަސްޕެންޑްކޮށްފި.. ޑިޔުޓީގައި ހުރި ކޮޕެއްގެ ގައިގަ ޖެހީމައޯ.. މަންތްއެއް ވަންދެން ސަސްޕެންޑްކޮށްފަ ހުރީ..” އައިނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލަމުން ބުންޏެވެ. މައިރީން ހައިރާންވިއެވެ. ކައިލް އެހެން ހަދަން ޖެހުނީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ. “ހޫން ހޫން ދެން ބުނެބަލަ.. މައި އެސޮރަށް ހިތް ކިޔާފަ ދޯ ތިހުރީ؟؟” ލާނެތް ރާގަކަށް އައިނާ އެއްސެވެ.
މައިރީން މޫނު ކުނިކޮށްލިއެވެ. “މައި؟ އޭނައަށް؟ އައްޗީޑި.. ދުވަހަކުވެސް ވާނެ ކަމެއް ނޫން.. މިތާ މިހުރި ޑަސްޕިނާ ކައިވެނި ކުރަން ޖެހުނަސް އެ އިންސާނަކާ ކައިވެނި ނުކުރާނަން..” އަނގަޔަށް ގޮތެއް ހަދައިލަމުން ހަށަން ބަންނަމުން މައިރީން ބުންޏެވެ. މައިރީން އެހެން ބުނެލި ރާގުން އައިނާ ހޭންފެށިއެވެ. “ތިއެއް ނޭނގެ އެސޮރުގެ ވާހަކަ އެހާ ވަރަށް އެހިއިރު ހީވަނީ ދިވާނާވެގެން އެސޮރާ އެއްކޮޅަށް ވަކާލާތު ކުރަން ނިކުންނަން ތައްޔާރަށް ހުރިހެން..” އައިނާ ހެމުން ބުންޏެވެ. މައިރީން ހިފައިގެން ހުރި ބާލީހުން އައިނާގެ ގައިގައި ތަޅަން ފެށިއެވެ.
އެމީހުން އެހެން ތިއްބާ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ކުޑަކުޑަ މާޔަލް އައިސް ވަދުނެވެ. މައިރީން އައިނާ ގައިގައި ބާލީހުން ތަޅާތަން ފެނުމުން އެހެން ބާލީހެއް މާޔަލް ހިފައިގެންއައެވެ. “ޕިލޯ ފައިޓް!!” މާޔަލް އިއުލާން ކުރާ ފަދައަކުން ގޮވައިލުމަށްފަހު އެނދަށް އަރައި މައިރީންގެ ގައިގަޔާއި އައިނާގެ ގައިގަ ބާލީހުން ތަޅަން ފެށިއެވެ. އައިނައިތަނެއް ނޭނގި ކުއްލިއަކަށް މާޔަލްގެ ހަމަލާ މައިރިންއަށް އައުމުން މައިރީން މާޔަލްއަށް ބަލައިލިއެވެ. އޭރު މައުސޫމް ހިނިތުންވުމަކާއިއެކީ މާޔަލް އަނެއްކާވެސް މައިރީންގެ މޫނުގައި ބާލީހުން ޖެހިއެވެ. “އައީ ބަލައިބަ މިއޮތް ނޯޓީ ކުއްޖެއް.. ހިނގާ ޓިކަލް އެޓޭކްއެއް ދޭން ޔާލުއަށް..” މާޔަލްއަށް އަޑު އިވޭނެ ފަދައިން މައިރީން އައިނާގެ ކަންފަތް ކައިރީ ބުންޏެވެ.
އެއާއެކު މައުސޫމް ގޮތަކަށް ދެލޯ ބޮޑުކޮށްލަމުން މާޔަލް ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. މައިރީން ދުވެލާފައި އައިސް މާޔަލްގެ ކުޑަ ހަށިގަނޑުގައި ހިފައި އެނދަށް ވައްޓައިލިއެވެ. އަދި އައިނާ އާއި ދެމީހުން މާޔަލްގެ ގައިގައި ގިލިގިލިކޮށްޓަން ފެށިއެވެ. ތިން މީހުންގެ ހުނުމުން ކޮޓަރިތެރެ އެއް އަޑުކޮށްލިއެވެ. އެންމެފަހުން މައިރީންއާއި އައިނާ، މާޔަލްގެ ދެފަރާތުގައި ވަރުބަލިވެގެން އޮށޯތެވެ. މާޔަލް މައިރީންގެ ކަރުގައި ބައްދާލިއެވެ. “ދޮންތި ކީއްވެ ބޭރަށް ނިނިކުންނަނީ.. ދޮންތި ސޭޑްވެފަ އަބަދު ކޮތަރީގަ ހުންނާތީ ޔާލު ވަރަށް ދެރަވޭ..” މައިރީންގެ ކޮލުގައި މާޔަލްގެ ކުޑައަތުން ފިރުމައިލަމުން ބުންޏެވެ.
މައިރީންގެ ހިތް ފުރިގެން ދިޔަ ފަދައެވެ. މައިރިންގެ ދެލޯ ފެންކަޅިވިއެވެ. މައިރީންގެ ދެލޯ ފެންކަޅިވިތަން ފެނުމުން މާޔަލްގެ ބޮޑު ދެލޯ ފެންކަޅިވެގެން ދިޔައެވެ. “ދޮންތި ރޮންޏާ ޔާލުވެސް ރޯނަން..” މައިރީންގެ ދެލޮލުން އަންނަން ތައްޔާރުވެފައި ހުރި ކަރުނަ ތިކި ފޮހެލަމުން މާޔަލް ބުންޏެވެ. “ޝްޝް ޔާލު ނުރޮއްޗޭ.. ދޮންތިވެސް ނުރޯނަން.. ދޮންތި ދެން އަބަދު ސޭޑްވެފަ ނުހުންނާނަން..” މާޔަލްގެ ކޮލަށް ދޮނެއް ދެމުން މައިރީން ބުންޏެވެ. “ލަވް ޔޫ ދޮންތީ..” މާޔަލް އޭނަގެ މައުސޫމް އަޑުން ބުންޏެވެ. “ލަވް ޔޫ ޓޫ ދޫނީ..” މައިރީންވެސް ލޯތްބާއެކު ބުނެލިއެވެ. “ޔާލު ދެކެ ދޮންތި ލޯބިވަންޏާ އަންނާނެ ޔާލުއާއެކީ ކާން..” މާޔަލް ބުންޏެވެ. އައިނާ އެއްމިޔަކަނުން ހީލިއެވެ. މާޔަލް ބުނެފިއްޔާ މައިރީން ނުކައި ނުހުންނާނެކަން އައިނާއަށް އެނގެއެވެ.
މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު މާޔަލް އޮތީ މައުސޫމް ގޮތަކަށް ދެލޯ ބޮޑުކޮށްލައިގެން ތުން އޫކޮށްލައިގެންނެވެ. “ޔާލޫ… ޔޫ ނޯ އައި ކާންޓް ސޭ ނޯ ޓު ޔުއާރ ބޭބީ ޑޯލް އައިސް..” މޫނުމަތީ އަތް އަޅައިލަމުން މައިރީން ބުންޏެވެ. މާޔަލް ހީލަމުން މައިރީންގެ އަތް ދުރުކޮށް ކުރިން ބަލައިލި ގޮތަށް މައިރީންގެ ދެލޮލަށް ބަލައިލިއެވެ. އެދެމީހުންގެ ކުޅިގަނޑު ބަލަން އައިނާ ހިނިއައިސްފައި އޮތެވެ. “ފައިންން.. ހިނގާ ކާން ދާން..” މާޔަލް އަތުގައި ހިފައި ނަގަމުން މައިރީން ބުންޏެވެ. “ޔޭ” މާޔަލް ފުންމަމުން ކަހަލަ ގޮތަކަށް މައިރީންގެ އަތުގައި ހިފައިލަމުން ކާކޮޓަރިއަށް ދިޔައެވެ. އޭރު މައިރީންގެ އާއިލާ އެންމެން ފަދައަކުން ކާން ތިއްބެވެ.
މައިރީންވެސް ގޮޑިއެއް ދަމައިލުމަށްފަހު ކާން އިށީނެވެ. “މައި އޯކޭތަ؟” މަޔާން އަހައިލިއެވެ. މައިރީން މަޑުމަޑުން ބޯޖަހައިލިއެވެ. ކާމޭޒު މަތީގައި އެކި ވާހަކަ ދެކެވެމުން ދިޔައެވެ. އައިނާވެސް މައިރިންގެ ކައިރީ އިށީނދެގެން އިނދެ ކަމުން ދިޔައެވެ. “އަހަރެން އެބަ ޖެހޭ ލަންކާގަ ހިންގާ ޓްރޭނިން ޕްރޮގްރާމަކަށް ލަންކާއަށް ދާން.. މާދަން ހަވީރު ފުރަނީ.. ހީވަނީ ބޮޑަށް ދެ މަސް ވާނެހެން..” މަޔާން އިއްވިއެވެ. އެއާއެކު މޭޒުމަތީގައި ހީވީ ބޮމެއް ގޮވިހެންނެވެ. “ހާދަ ކުއްލިއަކަށް..” ޝިޔާމާ ބުންޏެވެ. “އަހަރެން ކައިރީވެސް ބުނީ ހަމަ ކުރިން ދުވަހު..” ފުންނޭވާއެއްލަމުން މަޔާން ބުންޏެވެ. ޝިޔާމާ ބޯޖަހައިލިއެވެ. ކައިނިމިގެން މޭޒުމަތި ރީތިކޮށް ތަށިތައް ދޮވުމުގައި ހުރިހާ އަންހެންވެރިން ފަދައިން އުޅުނެވެ.
މަޔާން މައިރީންއަށް ގޮވައިލިއެވެ. މައިރީން ކައިރިއަށް އައުމުން ބޯކަހައިލުމަށްފަހު މަޔާން ވާހަކަ ދައްކަން ފެށިއެވެ. “ލުކް ދޮންބެއަށް އެނގޭ މައި ސިއްރުން ކޮންމެސް ކަމެއް ގޯތުރޫ ކުރާކަން.. މައި އެހާ ވަރަށް އޯވާ ތިންކް ކުރުމަކީ ރަނގަޅު ކަމެއް ނޫނެއްނުންދޯ.. ޔާލު މިރޭ މައި ކައިރީގަ ބާއްވާލަންވީނުން.. ޔާލު ހުރިއްޔާ މައި އޯވާތިންކް ކުރުން މަދުވެސް ވާނެ އެއްނުން..” މަޔާން ބުންޏެވެ. “ހޫން ހޫން.. ޔާލު ތި ދޭތެރެއަށް ނުގެނެސް ދެން ބުނެބަލަ ތިމަންނަ ދެ މަސްދުވަހަށް ބޭރަށް ފުރާތީ އަނބިމީހާއަށް މާދަން ނުހިނގޭ ވަރު ކުރަން ބޭނުމޭ..” ލާނެތް ގޮތަކަށް މައިރީން ބުންޏެވެ.
މަޔާން ދެލޯ މުދުނަށް އަރައިގެން ދިޔަފަދައެވެ. އޭނަ ބުނަން އުޅުނު ޖުމުލަވެސް މައިރީންގެ ލާނެތް ކަމާއި ހެދި ހަނދާން ނެތިގެން ދިޔައެވެ. މަޔާންގެ މޫނަށް ރަތް ކުލަވެރިވެގެން ދިޔައެވެ. މައިރީން ހޭންފެށިއެވެ. “އޯހް މައި ގޯޑް.. ދޮންބެ ބްލަޝް ވަނީ.. ހަހަހަ..” މަޔާން ކަރުކެހިލިއެވެ. “ހޫން ހެވޭ.. މައި މީހަކާ އިންނަ ދުވަހަކުން ދިމާކޮށްލާނަމޭ ލަދުން ގޮސް ރޮވޭ ވަރަށް.. ދެން މިރޭ ޔާލު ތި ކޮޓަރީގަ ބާއްވާދެއްޗޭ..” މަޔާން ބުނެލިއެވެ. މައިރީން ހެމުން ބޯޖަހައިލިއެވެ.
މައިރީން ހެމުން ސޯފާގައި އިށީނެވެ. އެވަގުތު ވާހަކަ ދައްކަމުން ލާރާއާއި އައިނާއައެވެ. “މައީ ހާދަ ވަރަކަށް ހެނީ.. އަނެއްކާ ކިހިނެތްވޯ؟.” މައިރީން ހޭވަރުން ލާރާ އެއްބުމަ އަރުވައިލަމުން ސުވާލުކޮށްލިއެވެ. “މިރޭ މެޓް އޮފީހުން ބިންހެލުންތައް އަރާނެކަމަށް އިންޒާރު ދީފި.. އެހެންވެ ޔާލުވެސް މައިމެން ކޮޓަރީގަ ބާއްވަނީ ހިނގާ އަވަހަށް ދާން އައީ..” މައިރީން ހެމުން ބުންޏެވެ. އަދި އަވަސް އަވަހަށް މަޔާލް ގޮވައިގެން ކޮޓަރިއަށް ވަދުނެވެ. މައިރީން ބުނި އެއްޗެއްގެ މާނަ އެނގުމުން ލާރާގެ ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. “ބޮޑު އަނގައެއް ދެއްވާފަ ހުރި މީހެއް.. މައި އިންނަ ދުވަހަކުން މަ ވެސް ދިމާކޮށްލާނަމޭ..” މަޔާން ބޯ ކަހައިލަމުން ކުދި ކިޔައިލިއެވެ.
(ނުނިމޭ)
ވާހަކަ ލަސްވި ކަމަށްޓަކައި ހުރިހާ ކުދިންގެ ކިބައިން މާފަށް އެދެން… ޓެސްޓްތައް ނިމުނީމަ ސްޓްރެސްވެފަ ހުރީމަ މާޝް ކުޑަކުޑަ ބްރޭކްއެއް ނަގައިލީ.. ދެން އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ 3 ދުވަހު ވާހަކަ ގެނެސްދެވޭތޯ މަސައްކަތް ކުރާންނަން💜🦋
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Heyyyyy maashhh
Mi part ves vrh reethi allahumma baarik🫶🏻
And thats okay readers need some break toooo😔✊🏻
Well maavin aai dhaarian ge e help in i truly hope kail gets justice for his sister
And maii weds dustbin so cute🫶🏻😔 hahahahhaha
And laaraa and mayaan soooo cuteee OMGGG🙈🙈🙈🙈🙈🙈 ladhun halaaku hehe..
I cant waitttt for next episode
Ilyyyyyysssssmmmm🤍🤍🤍🤍🤍🤍
Heyyy shiherrr..
Thankyouuu I’m glad U liked it..
Hehe let’s see dhww..
Mai wed dustbin😭😭.. laara and mayaan ge part thah kiyaalan libeyne..
Next ep Insha Allah very soon..
Lyssmmm💜🦋
Alheyyyyy maii dhwww🤣🤣 nabaa vs heehee lolun Karuna vs aissi anehka kon kamehga baa Mayaan dhani???Mai n kail gulhuvahche
Iru irru kolhaa beley vhk up vefa inthw vs kiyaa hithun 😭😭
Very curious for next part
ILY❤️
Hehe mai madun huttas nikah laanei vaaney.. mayaan training program akahnun edhany.. let’s see dhw mai and kail gulheythww..
Next part insha Allah very soon..
Love you more darling 💜🦋
Masha allah mi part vs vrh reethi
Mayaal sooo cuuteee..mai haadha naughty eyyy,ayaan r dhimaalah ehn bunan kerihje..😭😳
Mayaan n laaraa cuuteeee.hehshah miissz dhunya n yaadhin mathin.
itss okkkk.ikkk exams nimunyma e vaa goii.
sry to say thisss, maybe maash laa vhk thakh cmmnt nukurevidhaane engey.next week ga exams n mihaaruvs vrh balikoh miulheny.ekm baraabarah kiyaanan vagutheh vaairh.
Curiously waiting.when next???lyyy❤️
Thank you sooo much darlll.. hehe mayaal is cute dhww.. hehe mai vrh naughty vaaneyy.. hehe maayan men vrh cutee dhww.. yaadhu menge part annaane vrh avahah.. aww thanks for Ur understanding darl..
Its Okey darll.. good luck on Ur exams. Get well soon darll.. shafakallah.. next part very soon.. love you moreee💜🦋
Maashaallah, mi part ves vrh furihama.
Haqeeqathuga ves mai ge anga gadha, laaaneiy kamuge inthihaa 🤣🤣
I have this wild thought that mayaan is going to Sri Lanka for uncovering raakin’s case. I still think raakin is alive, vhk fenna hints thakun heevaa goiy.
Impatiently waiting for the next.
Lysm 💕💕
Thank you soo muchh white rose.. hehe mai ge anga gadha vaane ehnun dhen..
Mayaan edhany training program akahnun 😅.. let’s see if Ur theory in correct dhww.. raakinge janaaza vx baavvaafi,😢..
Next part vrh avahah.. love U moreee 💜🦋
Maasha Maasha Allah mi prt vx vrh reethi
Heehee gos halaaku vehje😂😂😂😭😭
Mai ulhun gothun hiyeh nuve dhenme roefa huri hn vx😂😂
Mayaange blush prt omg😂😂
Curiously waiting
Whn nxt???
Tc.. Lysm Marsh 💜💜💜
Itz okah ey i understand 💜
Thank you soo muchh darll.. I’m happy U liked it.. hehe yeah mai ulhey gothun hiyeh nuvey dhw roefa hurihenvx.. hehe mayaan vx ladhugannaane ehnun dhen..
Tc love U moree darll..
I’m happy U understand 💜🦋