Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 17

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިތެރެއަށް އޭސީގެ ފިނިކަން ވެރިވެފައި އޮތް ނަމަވެސް އައިނާ އޮތީ ފަންކާވެސް ޖަހައިގެންނެވެ. އެނބުރެމުން ދިޔަ ފަންކާގެ ފިޔަތަކަށް ބަލަން އައިނާ އޮތީ ވަރަށް ބޮޑު ވިސްނުމެއްގައެވެ. ޝިޔާން މިއަދު ކީއެއްޗެހި އޭނަގެ ސިކުނޑީގައި ހުރީ ހަރުލާފައެވެ. ހަމަ އަސްލުވެސް ރާކިންގެ މަރުގެ ފަހަތުގައި ޝިޔާންގެ އަތެއް ވެދާނެ ހެއްޔެވެ؟

***ޕާޓް 16***

ދުވަސްތައް ހަލުވިކަމާއިއެކު ވޭތުވަމުން ދިޔައެވެ. އެދުވަހުގެ ފަހުން އައިނާއަކަށް އަދި ޝިޔާންގެ އެއްވެސް އުނދަގުލެއް ދިމައެއްނުވެއެވެ. އެދުވަހުގެ ފަހުން ޔަޝާލްގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއްއައެވެ. ޔަޝާލް މިހާރު ހުންނަނީ އަބަދުހެން އައިނާ ފެންނަ ހިސާބުގައެވެ. ޝިޔާންގެ އުނދަގުލެއް ކުރިމަތިވެދާނެނެތީ ހުށިޔާރުވެގެންނެވެ. ޔާދިންއާއި ދުންޔާގެ ގުޅުން ބަދަހިވަމުން ދިޔައެވެ. ޔާދިންއަށް މައިރީންގެ ހިޔާލުތަކުން ދުރުވެ އަނބިމީހާއަށް އިސްކަން ދެވެން ފެށިއެވެ. ކައިލްއާއި މައިރީން ކިޔާރާއަށް އިންސާފު ހޯދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އެމީހުންނަށް ފުލުހުންގެ ފަރާތުން ބޭނުންވާ ވަރަށް އެއްބާރުލުމެއް ނުލިބެއެވެ.

ހެނދުނު އަރައިގެން އައި އިރާއެކު މައިރީންއަށް ހޭލެވުނީ ކުޑަކުއްޖެއްގެ ހުނުމުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންގެ. ކޮޓަރީގެ ފަރުދާ ކެހިފައިވުމުން ކޮޓަރިތެރެއަށްވަނީ އިރުގެ ފަޑު އަލި އެޅިފައެވެ. މައިރީން ދެލޯ އުނގުޅައިލާފައި ކޮޓަރިތެރެއަށް ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. މާޔަލް ހުރީ މައިރީންގެ ލިޕްސްޓިކްއެއް ހިފައިގެން ރީޒިވާ މޭޒު މައްޗަށް އަރާ މޫނުގައި ޖައްސާށެވެ. އޭރު މާޔަލްގެ ކުޑަކުޑަ މޫނުގައި ހުރީ ހުސް ރަތްކުލައެވެ. މާޔަލް ހީވަނީ ކުޑަވަރެއްގެ ލޭބޯ ފުރޭތައެއް ހެންނެވެ. މައިރީން އެނދުން ތެދުވެ ކުއްލިއަކަށްގޮސް މާޔަލްގެ ކުޑަކުޑަ ހަށިގަނޑުގައި ފަހަތުން ބައްދައިލިއެވެ. މާޔަލް ސިހިފައި ހަޅޭއްލަވައިގަތެވެ. އެހެންނަމަވެސް މައިރީން ގިލިގިލިކޮށްޓަން ފެށުމުން ހޭންފެށިއެވެ.

މައިރީން ހިނިތުންވެލިއެވެ. “ދޮންބޭ ބަލާބަލަ މިއޮތް ކުޑަކުޑަ ފުރޭތައެއް..” މާޔަލް އެހެން ހުއްޓައި އުރައިލައިގެން ސިޓިންރޫމްއަށް ނިކުންނަމުން މައިރީން ބުންޏެވެ. “މައި މިއަދު މާ ގަދަޔަކަށް ނިދާފައި އޮތީމަ ހޭލައްވަން ފޮނުވި މީހާއޭ މީ.. ޕިސް ޕިސް ޔާލޫ މި ނޭންގެ ސްކޫލަށް ދާއިރުވެސް ފިލާނެހެނެއް..” ޕިސްޕިސް ކިޔަމުން ލާރާ ބުންޏެވެ. މައިރީން މާޔަލް ތިރީގައި ބެހެއްޓުމުން، މައުސޫމު ގޮތަކަށް ހީލައިގެން ހުރެ މާޔަލް، ލާރާއާ ފިލަން މައިރިންގެ ފަހަތަށް ވަދުނެވެ. “ޔާލު މިއީ ގާލް ކުއްޖެއް ނޫނެއްނުން މޭކަޕް ކުރާކަށް.. ބޯއީސް ތިހެން އުޅުނީމަ ކުދިން ލަލާމާތް ކުރާނެ..” މާޔަލްއާއި އެއް ހަމައަކަށް ތިރިވަމުން މައިރީން ބުންޏެވެ. އެއާއެކު މާޔަލް ތުންކޮޅު އޫކޮށްލަމުން ލާރާއާއިއެކީ ސްކޫލަށް ދިޔުމުގެ ކުރިން ފެންވަރަން ދިޔައެވެ.

ގަޑިއަށް ބަލައިލުމާއިއެކީ މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިހާރު ގަޑިޖެހެން އެންމެ ފަނަރަ މިނެޓަށްވީއެވެ. “އަޅޭ މަންމާ.. ދެން މިއަދަކު ނުދެވޭނެ.. ސަލާމް ބުނާނީ..” ނިދުމުގެ ސަބަބުން ހޭވިފައި ހުރި އިސްތަށިގަނޑު ރީތިކޮށްލަމުން މައިރީން ބުންޏެވެ. “ހޫމް ދެން ގަޑި ޖެހިގެން ދިޔުމަކީ ރީތި ކަމެއް ނޫނެއްނުން.. އަނެއްކާ މައި ތިއުޅެނީވެސް ބަޑެއްގައި ރިއްސާތީއެއްނުން.. އެކަމަކު މައި ޖެހޭނެއެއްނުން ކައިލް ކައިރިއަށް ދާން..” ޝިޔާމާ ބުނެލިއެވެ. “ކައިލް ކައިރިއަށް މިއަދު ހަވީރު ދާނީދެން..” މައިރީން އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަދުނެވެ.

އައިނާ އިނީ ކޮމްޕިޔުޓަރުގައި ރިޕޯޓެއް ޓައިޕް ކުރާށެވެ. ކުއްލިއަކަށް އޮފީސް ފޯނު ރިންގުވާ އަޑުއިވުމުން އައިނާ ދިޔައީ ސިއްސައިގެންނެވެ. އައިނާ ފުން ނޭވާއެއްލައި ހަމަޖެހިލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “އަހަރެންގެ ކެބިންއަށް ވަރަށް އަވަހަށް އާދެބަލަ..” ޔަޝާލް އެހެން ބުނުމަށްފަހު އައިނާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ދިނުމެއްނެތި ފޯނު ކަނޑައިލިއެވެ. “ޕިސް އަހަރެންނަށް އެއްޗެކޭ ބުނުމުގެ ކުރިން ފޯނު ކަނޑައިލާފިއޭ.. ކޮންކަހަލަ އިންސާނެއްތަ މީ..” ދެބުމަ ގޮށްޖަހައިލުމަށްފަހު އައިނާ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ކުދި ކިޔައިލިއެވެ.

ގޮޑިން ތެދުވުމަށްފަހު އައިނާ ހިނގައިގަތީ ޔަޝާލްގެ ކެބިންއާއި ދިމާލަށްށެވެ. ޔަޝާލްގެ ކެބިންގެ ކުރިމަތީ ހުއްޓުމަށްފަހު އައިނާ ޓަކި ޖަހައިލިއެވެ. ޔަޝާލް ވަންނާށޭ ބުނުމުން އައިނާ ކެބިންއަށް ވަދެ ޔަޝާލްގެ ކުރިމަތީގައި ހުއްޓުނެވެ. އައިނާ ލައިގެން ހުރީ ކަޅުކުލައިގެ ދިގު ހެދުމެކެވެ. އެ ހެދުމުގެ މަތިން ލައިގެން ހުރި އުނަގަނޑާއި ހަމައަށް އަރައި ކަޅު ކުލައިގެ ޖެކެޓުން އެހެދުމުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ހެދުމުގެ ތިރީގައި ރީތި ގޮތަކަށް ރޫ ޖައްސާލެވިފައިވެއެވެ. އެ ހެދުމާއި ގުޅޭ ގޮތައް އައިނާ ހުރީ ކަޅު ކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް އަޅައިލާފައެވެ.

ޔަޝާލްއަށް އައިނާ ފެނުމުން ބުނަން އުޅުނު ވާހަކަ ހަދާން ނެތުނެވެ. ކަޅުކުލައިގެ ޝޯލްގެ ސަބަބުން އައިނާގެ ވަށް މޫނު ފެންނަނީ ހަނދެއް ފަދައިންނެވެ. ހިތަށް އެރި އެއްޗަކުން ޔަޝާލް އެއްމިޔަކަނުން ހީލިއެވެ. “މީހެއްގެ ފިޔުނަރަލްއަކަށް ދިޔައީތަ މިއަދު މުޅިން ކަޅުން ފެންވަރައިގެން ތިއުޅެނީ؟” ހެވިފައި އިނދެ ޔަޝާލް އަހައިލިއެވެ. އައިނާއަށް ކަޅި އަނބުރައިލެވުނެވެ. “އަޅުގަނޑު މިތަނަށް ގެނައީ ކީއްވެތޯ؟” ކުރިންވީ ކަންތައް ނުވާ ކަމަކަށް ހަދަން މަސައްކަތް ކުރަމުން އަދަބުވެރި ރާގަކަށް އައިނާ އަހައިލިއެވެ. “އަހަރެން ބޭނުން އެދުވަހު ވީ ކަންތަކާ ބެހޭ ގޮތުން އައިނާއާ ވާހަކަ ދައްކާލަން.” އައިނާއާއި ހަތަރުކަޅި ހަމަކޮށްލަމުން ޔަޝާލް ބުންޏެވެ.

އައިނާގެ ހިތުގެ ހިނގުން ބާރުވެގެން ދިޔައެވެ. އޭނަގެ ހިތި މާޒީއާއި ފިލައިގެން އެ މާޒީ ފޮރުވަން އޭނައަށް މަސައްކަތް ކުރެވުނެވެ. އެދުވަހަށްފަހު ހަފްތާއަކަށް ވަޒީފާއިން ސަލާމް ނެގިއެވެ. އަދި ޔަޝާލްއާއި ދުރުން އުޅުމަށް އޭނަ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޔަޝާލް ހުރި ގޮތުން މިއަދު އޭނަ ބޭނުންވާ އެއްޗެއް އެނގުނީމަ ނޫނީ ދޫނުކުރާނެކަން ގައިމެވެ. “އެދުވަހު ވީ ކަންތަކާ ބެހޭ ގޮތުން ސުވާލުނުކޮށްފާނަންތަ؟” އައިނާ މަޑުމަޑުން އަހައިލިއެވެ. “އައިނާ އަބަދު އަހަރެންނެއް އެވޮއިޑްއެއް ނުކުރެވޭނެ.. އަހަރެންގެ ހިތުގައި ބައިވަރު ސުވާލު އެބަހުރި.. އަހަރެން އެ ސުވާލުތަކަށް ޖަވާބު ބޭނުންވެޔޭ..” ޔަޝާލް މަޑުމައިތިރިކަމާއިއެކު ބުންޏެވެ.

އައިނާ އިސްޖަހައިގެން އިނުމުން ޔަޝާލް ފުންނޭވާއެއް ދޫކޮށްލިއެވެ. “އެޓްލީސްޓް އަހަރެން ކައިރީ ބުނެވިދާނެތަ ޝިޔާންއަކީ އައިނާގެ ކާކުކަން.. އެންޑް އައިނާއަށް ޝިޔާން އެނގެނީ ކިހިނެތްކަން؟” ޔަޝާލް މޭޒުގައި އުޅަބޮށި ވިއްދައިލަމުން އަހައިލިއެވެ. “ޝިޔާންއަކީ.. އޭނައަކީ އަޅުގަނޑުގެ ކަޒިންއެއް.. އެކަމަކު އާއިލާ މީހެކޭ ބުނުން ހެޔޮވާވަރުގެ މީހެއްނޫން އެއީކީ.. އަޅުގަނޑުގެ މުޅި ދިރިއުޅުން ހަލާކުކޮށްލީ އޭނަ..” އައިނާ މަޑުމަޑުން ބުންޏެވެ. އޭރު އޭނަގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

އައިނާގެ ތުންފަތުން ނިކުތް ބަސްތައް އަޑުއިވި ޔަޝާލްގެ ދެލޯ ބޮޑުވިއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލަމުން އަނެއްކައިވެސް އެހެން ސުވާލެއްކޮށްލިއެވެ. “އޭނަ އައިނާގެ ލޯބިވެރިޔާއަށް ކިހިނެތް ހެދީ؟” އައިނާގެ މޫނަށް އަރައި ކުލަވަރު ދެނެގަންނަން މަސައްކަތް ކުރަމުން ޔަޝާލް އަހައިލިއެވެ. އައިނާގެ މޫނު ހުދުވެގެން ދިޔައެވެ. އޭނައަށް ސިކުނޑިން ރާކިންގެ ހަނދާންތައް ފިލްމެއް ފަދައިން ރޯލްވާން ފެށިއެވެ. މިއަދާއި ހަމައަށް އައިނާ ދިޔައީ އޭނަގެ އަމިއްލަ ނަފްސު ކުއްވެރި ކުރަމުންނެވެ. ރާކިން ދިޔައީ އައިނާއާ ބައްދަލުވީއްސުރެން ޝިޔާންގެ ގާތުން އައިނާ ސަލާމަތް ކުރަން ކުރެވެން އޮތްހައި ކަމެއް ކުރަމުންނެވެ. އެހެންނަމަވެސް ޝިޔާންގެ ވާހަކަތަކަށް ހެއްލި އޭނައަށް ރާކިންއާއި ދުރުވެވުނެވެ. އައިނާއަށް ހިޔާލުގެ ކަނޑަށް ގެބެމުން ދިޔަ ވަގުތު ހޭވެރިކަމެއްވީ ޔަޝާލް އޭނަގެ އަތުގައި ހިފައިލުމުންނެވެ.

އައިނާ އޭނަގެ އަތް ޔަޝާލްގެ އަތުގެ ތެރެއިން މިނިވަން ކުރިއެވެ. “އޭނަ އައިނާގެ ލޯބިވެރިޔާއަށް-” ޔަޝާލް ތަކުރާރު ކުރަން އުޅުނު ޖުމުލަ މެދުކެނޑިގެން ދިޔައީ އައިނާގެ ކަރުނުން ފުރިފައިވި ދެލޯ ފެނުމުންނެވެ. “އޭނަ މަރާލީ..” އައިނާ އިސްޖަހައިލަމުން ބުނެލިއެވެ. އޭރު އައިނާގެ އަޑުން ނުރޯން މަސައްކަތްކުރާ މިންވަރު ހާމަވެއެވެ. އައިނާގެ ޖުމުލައިން ޔަޝާލްއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އޭނައަށް އައިނާގެ ކަރުނުން ފުރިފައިވި ދެލޯ ފެނި ކުރެވުނު ސުވާލުގެ މޮޔަކަން ހިތައްއެރިއެވެ. “ސޮރީ” ޔަޝާލް ވައި އަޑަކުން ބުންޏެވެ. އެއާއެކު އައިނާ ބޯހޫރައިލިއެވެ. އަދި އަވަސް އަވަހަށް އިސްޖަހައިލަމުން ކެބިންއިން ނިކުތުނެވެ. ފާހަނައަށް ވަދެ އަނގަމަތީގައި އަތް އަޅައިގެން ހުރެ އައިނާ ގިސްލަގިސްލާފައި ރޯން ފެށިއެވެ.

ކައިލް ހުރީ ރުޅި އައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. “އަހަރެންގެ ކޮއްކޮގެ ކޭސް އަހަރެން އޮންނާނީ ނަގާފަ.. އަހަރެން ބޭނުމެއްނޫން މި ކޭސް އެހެން އެކަކުގެ ބެލުމުގެ ދަށަކަށްވެސް ގެންދާކަށް.. އެހެންވެގެންދިޔަކަށް އަހަރެން ނުދޭނަން.. އެއަށްވުރެ ރަނގަޅުވާނެ ތިޔަ ފޮރެންސިކް ޑިޕާޓްމެންޓަކުން އަހަރެން ބޭނުންވާ ރިޕޯޓުތައް ދޭން ބުންޏަކަސް..” ދަތްކުނޑިވިކައިލައިގެން ހުރެ ރުޅި މަޑުކުރަން މަސައްކަތް ކުރަމުން ކައިލް އޭނަގެ ކުރިމަތީގައި ހުރި ޒީކާންއާއި ދިމާލަށް ބުންޏެވެ. “ކައިލް ސާރ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންނަށްވުރެ ބޮޑަށް ހުންނަ މީހާގެ އަޑުއަހަން.. މިކަމާ ދެކޮޅު ހެދޭކަށްނެތް.. ޒާއިދު ސާރ އެދިލެއްވީ މި ކޭސް ހިރާޒް ސާރއާ ހަވާލުކުރަން..” ކައިލްއަށް ވިސްނައިދޭން މަސައްކަތް ކުރާ ފަދައަކުން ޒީކާން ބުންޏެވެ.

ކައިލް އޭނަގެ އިސްތަށިގަނޑަށް އަތް މަހައިލިއެވެ. ރުޅިއައިސްފައި ހުރިވަރުން ކައިލްގެ މުލައްދަނޑީގައި ހުރި ނާރުތައްވެސް ވަނީ ފުއްޕާފައެވެ. “ހިރާޒް ބަލާ ކޮންމެ ކޭސްއެއްވެސް ހުންނަނީ ކަމަކާ ގުޅުން ނެތް ބައެއް ކުޑަ ދުވަސް ކޮޅަކަށް ހައްޔަރުކޮށްފަ ދޫކޮށްލާފަ.. އޭނައަކަށް މިކޭސްއެއް ނުލިބޭނެ.. އަހަރެމެންގެ ޑިޕާޓްމެންޓްއިން އެންމެ ކަންނެތް މީހަކީ އެޔޭ ބުންޏަސް ދޮގަކަށް ނުވާނެ..” މޫނު މައްޗަށް ފޫހިކަމެއް ވެރިކޮށްލައިގެން ހުރެ ކައިލް ބުންޏެވެ. ޒީކާން ކައިލްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

ކައިލް ކުޑަދޮރުން ބޭރު ބަލައިލިއެވެ. “އެމީހުންގެ ރީސަންއަކީ ކޮބާކަން ބުނިތަ؟” ކައިލް އަހައިލިއެވެ. “ފެމިލީއާ މާ ބޮޑަށް ގުޅިފަ އޮތީމައޯ.. އަދި ކައިލް ސާރ ގެންގުޅޭ ލޯޔަރަކީވެސް އެކަމުގެ ތެރެއަށް ވަދެފައި ހުރި ލޯޔަރަކަށްވީމަ ކޭސްއަށް އެލިޖެބަލްއެއް ނޫނޯ..” ޒާކިން ކިޔައިދިނެވެ. “ހަހް ވަޓް ނޮންސެންސް..” ކައިލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުންޏެވެ. “އަހަރެންނަށް ޒާއިދު ސާރއާ ބައްދަލުވެވޭ ގޮތް ހަދައިދީ…” ޒާކިން ކައިރީ ކައިލް ބުންޏެވެ.

މެންދުރު ވަގުތު ކައިލްއަށް ޒާއިދުއާއި ބައްދަލު ކުރެވޭ ގޮތްވިއެވެ. ޒާއިދުގެ ކެބިންގައި ޓަކި ޖެހުމަށްފަހު ކައިލް އެތެރެއަށް ވަދުނެވެ. އޭރު ޒާއިދު އިނީ އޭނަގެ ބޮޑުގޮޑީގައި އިށީނދެގެންނެވެ. މޭޒުމަތީ އޭނައަކީ ޕޮލިސް ކޮމިޝަނާރކަން އެނގޭ ޓެގް އޮތެވެ. ކައިލް ފެނުމުން އޭނަގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ކައިލް.. އަހަރެންނަށް ހީވެއްޖެޔޭ ކައިލް އަންނާނެޔޭ.. އަވަހަށް އިށީނދޭ..” ޒާއިދު ހީލަމުން ބުންޏެވެ. ޒާއިދުގެ ބަސްތަކުން އޭނަ ދިޔައީ ކައިލް އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންކަން އެނގެއެވެ. “އޯހް އެހެންވެތަ ދެ ބޮޑީގާޑުންވެސް ދެ ފަރާތުގައި ބަހައްޓައިގެން ތިއުޅެނީ؟” ފޫހިކަމާއިއެކު ޒާއިދުގެ ދެފަރާތުގައި ހުރި ބޮޑީގާޑުންނަށް ބަލައިލަމުން އަހައިލިއެވެ.

ޒާއިދު އެއްވެސް އެއްޗެކޭ ނުބުނެ ހިނިގަނޑެއް ޖަހައިލިއެވެ. “ކީއްވެގެންނޭ ކައިލް އަހަރެންގެ ކެބިންއަށް ޒިޔާރާތްކޮށްލަން ޖެހުނީ؟” ޒާއިދު އަހައިލިއެވެ. “ހަމަ ރަނގަޅަށްވެސް އެނގޭނެ ކީއްވެކަން.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ކޮއްކޮގެ ކޭސް ހިރާޒްއަށް ދޭކަށެއް..” ސާބިތު ކަމާއިއެކީ ކައިލް ބުންޏެވެ. “އެންޑް ވަޓް މޭކްސް ޔޫ ތިންކް ޔޫ ހޭވް އަ ޗޮއިސް އިން ދެޓް ކައިލް.. ކައިލް މި ކޭސްއިން ދުރަށް ނުގޮސްފިއްޔާ އަހަރެންނަށް ޖެހޭނީ ކައިލް ގެންގުޅޭ ކުޑަކުޑަ އަންހެން ލޯޔަރަށް ގޮތެއް ހަދާލަން.. އެގޮތް ކާކު ދޯ ބޭނުންވާނީ.. ނުލާހިކު ލޯބިކޮށް ހުންނަ ކުއްޖެއްނުން އެއީ..” ހަމަޖެހިފައި ހުރެ ނުލަފާ ހިނިތުންވުމަކާއިއެކު ޒާއިދު ވާހަކަ ދެއްކިއެވެ. މައިރީންގެ ވާހަކަ އެފަދައިން ބުނުމުން ކައިލްގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ.

(ނުނިމޭ)

އެންމެ ފުރަތަމަ ކަމަކަށް ހުރިހާ ކުދިންގެ ފަރާތުން މި ޕާޓް ލަސްވިކަމަށްޓަކައި މާފަށް އެދެން.. ފާއިތުވެ ދިޔަ ބޮޑު އީދުގެ ސަބަބުން މާޝް އުޅުނީ ވަރަށް ބިޒީކޮށް، އަދި މާޝްގެ އެގްޒާމްތައްވެސް ވަރަށް އަވަހަށް އޮތީމައާއެކު ވާހަކަ ލިޔުމުން ކުޑަކުޑަ ބްރޭކްއެއް ނެގުމަށް މާޝްވަނީ ނިންމާފަ.. އެކަމަކު ވަގުތުވިއްޔާމުން ކޮންމެ ހަފްތާއަކު 1 ޕާޓް ގެނެސްދެވޭތޯ މަސައްކަތް ކުރާނަން.. އަދި މި މަހު 25ގެ ފަހުން، ކުރިން ގެންނަ ފަދައިން ގަވައިދުން ވާހަކަ އަޕްލޯޑްކޮށްދޭނަން އިންޝާﷲ.. އަދިވެސް އެއްފަހަރު މި ޕާޓް ލަސްވިކަމަށްޓަކައި މާފަށް އެދެން💜

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. aanaa

    Masha allah mi part vs vrh reethi
    Zaaidh ehn bunyma eba ingey dhww knmvs nubaeh ulheykan… Vrh hyvey zaaidh r hiraaz ge knmvs atheh mikamuga vaanehn … Maayal ge parts haadha cuutee eyyy….vrhh miss dhunya r yaadhin n mai r kail ge koalhunnn😭.. It’s okayyy.. Curiously waiting… When next?? gud luck.tcc lyyy❤️

    1. Maash
      aanaa

      Thankyou sooo muchh aanaa.. I’m happy u liked itt.. let’s see zaaidhu ge magsadhakey kobaa kan dhww.. hehe ikr… Maayal is super super cute.. adhi ekudhinge koalhun scenes annaane don’t worry hehe.. thankyou for your understanding.. next part insha allah soon.. thanksss.. love you moreee💜🦋

  2. Shaf_maan

    Maasha Allah mi prt vx vrh reethi
    Zaaidh🤔🤔 vrh SUS
    I think eyna aky e gang ge myheh hn. Vrh hyvey 99% i guess
    Kail n mai thi case e zaaidhu ey kiyunu human ah dhookohfiyya i dont know even what would happen.
    N Yashaal likes Aina kahneynge. I think they will be together soon. Hehe
    Itz okah marshh i understand
    Once a week vx kiyaalan libenya vrh happy vane hehe
    Curiously waiting
    Whn nxt???
    Tc.. Lysm Marsh 💜💜💜

    1. Maash
      Shaf_maan

      Thank you so soo muchh darling.. hehe zaaidh Sus dhww.. let’s see if Ur theory is correct.. hehe let’s see what happens dhww.. hehe yashaal maybe likes her.. let’s see if they are gonna end up together.. aww thank you for Ur understanding darl..next part insha Allah next week ga..
      Tc
      Love you moreee💜🦋

Comments are closed.