ލާންޗު މާލެއަށް ލެފުމުން ދާރިއަން ފޯނު ހުޅުވައިލިއެވެ. އޭރު އޭނާގެ ފޯނަށް ސަތޭކައަށްވުރެ ގިނަފަހަރު ދާލިޔާ ގުޅާފައޮތެވެ. އަދި އެއަށްވުރެ ގިނައިން އުކައިލް ގުޅާފައިވެއެވެ. އޭނަ އަވަސް އަވަހަށް ދާލިޔާއަށް ގުޅިއެވެ. ***ޕާޓް 15*** ދާރިއަން ހޯދަން މަޝްވަރާކުރަނިކޮށް ދާލިޔާއަށް ފޯނުކޯލެއްއައެވެ. ދާލިޔާ ފޯނު ނަގައި ބަލައިލުމާއިއެކު އޭނާގެ މޫނުމައްޗަށް އަލިކަމެއް ވެރިވިއެވެ. އަވަސް އަވަހަށް ދާރިއަންގެ ކޯލް ނެގިއެވެ. ” ދޮންބެ ކޮންތާކު.. އާރ ޔޫ އޯކޭ.. ދޮންބޭ- ” ދާލިޔާ އެއްނޭވާއިން އަމުނަމުން ދިޔަ […]
” މާވިން؟ ” ދާރިއަން ހާސްވެ ހުރެ ކުރިމަތީގައި ހުރި މާވިންއަށް ގޮވައިލިއެވެ. ” ދާރިއަން ” މާވިން، ދާރިއަންގެ އަސްލު ނަމުން ގޮވައިލިއެވެ. ދާރިއަންގެ ދެލޯ ބޮޑުވިއެވެ. ***ޕާޓް 14*** މާވިން މާސްކް ނަގައިގެން ހުރެ ދާރިއަންއަށް ބަލައިލިއެވެ. ” އަހްމަދު ދާރިއަން.. ދަޔާންގެ ނަމުގައި ބްލަޑް މާފިޔާ ގޭންގަށް ވަދެގެން އުޅޭ ސަބަބު އަހަރެންނަށް ބުނެދެވިދާނެތަ؟ ” މާވިން ސީރިއަސް ރާގަކަށް އަހައިލިއެވެ. ދާރިއަންއަށް ހިންދިރުވައިލެވުނެވެ. އޭނާގެ ނިތް ކުރި މަތިން ދާތިކި ވިދަން […]
ދާރިއަންގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. މިއީ އޭނާގެ ނިމުން އަންނަ ގޮތް ހެއްޔެވެ؟ އޭނައަށް ދެން އޭނަގެ އާއިލާ ނުފެންނާނެބާއެވެ؟ އޭނަ ނިމުން މިއަންނަނީ މި މީހުންގެ އަތްދަށުން ހެއްޔެވެ؟ ދާރިއަންގެ ހަށިގަނޑުން ވަރުދޫވެގެން ވެއްޓުނެވެ. އޭނާގެ ސިކުނޑީގައިވަނީ ހުސް ސުވާލެވެ. މަޑުމަޑުން އޭނަގެ ލޯމެރެން ފެށުނެވެ. އެ ސިރިންޖްގެ ސަބަބުން ދާރިއަންގެ ހޭވެރިކަން އޭނަ ދޫކޮށްފައި ދިޔައެވެ. ***ޕާޓް 13*** ފަތިހުގެ ހިތްގައިމު ވަގުތެވެ. އިރުގެ އަލިކަން އުދަރެހަށް މަޑުމަޑުން ދިޔައީ ފާޅުވަމުންނެވެ. ދޫނިސޫފާސޫފީގެ […]
” އިނަފް.. ޒުވާބު ކޮށްގެން މިކަހަލަ ކަންކަމެއް ހައްލެއް ނުވާނެ.. ” އުކައިލް ބުންޏެވެ. ” އަހަރެންނަށްވަނީ އިޔާދު ސާރ މިވަގުތު މިތަނުން ދާން.. ” ދާރިއަން ދެބުމަގޮށްޖަހައިލގެން ހުރެ ބުންޏެވެ. އިޔާދު އެއްޗެކޭ ނުބުނެ ހިތްހަމަ ނުޖެހި ހުރެ އެތަނުން ނިކުތެވެ. އިޔާދު ދިޔަތާ އިރުކޅެއް ނުވެ ދާރިއަން ނިކުތެވެ. ދާރިއަންގެ ފަޅުގެއިން ނިކުތްއިރު އޭނާގެ ފިޔަވަޅުތަށް ހުއްޓުނީ ކުރިމަތީ ހުރި މީހަ ފެނިފައެވެ. ***ޕާޓް 12*** ދާރިއަން ހާސްވެހުރެ ކުރިމަތީގައި ހުރި މީހައަށް ބަލައިލިއެވެ. […]
” ޝޫޝް.. ރިލޭކްސް.. އަހަރެން މިޔާއަކަށް ކަމެއް ނުކުރާނަން.. މިޔާ ނުރުހެންޏާ ގައިގަވެސް ނާތްލާނަން. އެކަމް ޕްލީޒް ރުއިން ހުއްޓާލާ.. އަހަރެން މިޔާއަށް ވައުދުވަން މިޔާ މިތަނުން ސަލާމަތް ކޮށްދޭނަންކަމަށް.. ” ދާރިއަން އަމާންދޭ ފަދައަކުން ދެއަތް މައްޗަށް ނަގަމުން އާދޭހާއިއެކު ބުންޏެވެ. މިޔާގެ ރުއިމުގެ އަޑު އިވުމުން އޭނާގެ ހިތުގައި ވަކިއެޅޭ ފަދަ އިހްސާސެއްވަމުން ދިޔައެވެ. *** ޕާޓް 11*** ދާރިއަން ލޮލުގެ އެއްކޮޅުން ފައިބަން ތައްޔާރުވެފައިވާ ކަރުނަ ތިކި ސިއްރުން ފޮހެލިއެވެ. މިޔާ […]
ވަދީހު ދާރިއަންގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަކަށްލިއެވެ. ވަދީހު ދިޔަކަން ޔަގީންވުމުން ދާރިއަން ކޮޓަރި ތެރެއަށް ރަނގަޅަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އަމިއްލަ ނަފްސު ދިފާއު ކުރާ ފަދައިން ހެދުން އަޅުވައި ދެ ކޮޑު ހިފައިގެން ހުރި އަންހެންކުއްޖާއަށްށެވެ. ***ޕާޓް 10*** އެ ކުއްޖާ ފެނި ދާރިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިކިހިކިކޮށް ހުރި އިރު މުޅި ހަށިގަނޑުވަނީ ޒަހަމްއިން ފުރިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލައިގެން ހުރި ހޫޑީގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅައިލައިފައިވުމުން […]
އެއްބަސްވުން ކިޔަމުން ދިޔަ ދާރިއަންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އެއްބަސްވުމުގައި އޮތް ތިން ޓެސްޓް ފެނި ދާރިއަން ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަ އިހްސާސްވިއެވެ. ހިތުގެ ވިންދު ބާރުވެލިއިރު ނޭވާ އަވަސްވެލިއެވެ. އަތުގައި މަޑު ތުރުތުރެއް އަޅައިގެން ދިޔައެވެ. ***ޕާޓް 9*** ” ޓެސްޓް އެކެއް މަސްތުވާތަކެތި ބޭނުން ކުރުން.. ޓެސްޓް ދޭއް ބުނާ މީހަކާއި އެކީގައި ރޭކުރުން.. ޓެސްޓް ތިނެއް މީހަކު މަރައިލުން.. ” ދާރިއަން މަޑުމަޑުން ކިޔައިލިއެވެ. އޭނާގެ މޫނުމަތިން ވަނީ ފިނި […]
” ނޫން އޭނަގެ ހުރޭ ދެކުދިން.. އޭނާގެ އަނބިމީހަގެ ނަމަކީ އައިޝަތު މިލްޔާ.. އެކުއްޖާގެ ހުރޭ އެކުއްޖާއަށްވުރެ ހަ އަހަރު ބޮޑު ބޭބެއެއް.. އޭނާގެ ނަމަކީ މާވިން މުހައްމަދު.. މި ކުއްޖާގެ ނަމަކީ އައިޝަތު މިޔާ އިމްރާން.. ” ދާލިޔާ އުކައިލްއަށް ޖަވާބު ދިނެވެ. ***ޕާޓް 8*** ދާލިޔާ ކިޔައިދިން ކަންކަމާއި މެދު އެންމެންވެސް ވަރަށް ބޮޑަށް ވިސްނިއެވެ. ” މަޑުކޮށްބަލަ.. އޭނަ ބައްޕަ ގައިގަ އޭގެ ފަހުން ތަޅައިގަންތަ އެއްވެސް ގޮތަކަށް؟؟ ނޫނީ އެމީހުން އޭނަ […]
” މަށަށް މިހާރު ފެންނަމުންދާ މަންޒަރުތަކުންނަމަ، ދަޔާން ތީ އަމިއްލަ ހިޔާލު ފާޅު ކުރާ ޒުވާނެއް މީހަކު އެއްޗެކޭ ބުންޏަސް މަޑުން ހުންނާނޭ މީހެއް ނޫން.. އަބަދުވެސް ފެންނަނީ ވަރަށް އެކަނި އުޅޭ ތަން.. އަހަރުންގެ ގޭންގަށް ޖޮއިން ވެއްޖެއްޔާ އެކެނިވާކަށް ނުޖެހޭނެ… ފައިސާ ހެސް ކިޔާފަ ލިބޭނެ، ހުންނާނެ ސަޅި ތަނެއްވެސް ލިބޭނެ.. އަހަރުން އަހަރުންގެ މީހުނަށް ދޯކާއެއް ނުދެން އަދި އެމީހުންނަކީ އާއިލާ ކަމަށް ބަލައިގެން އުޅެނީ.. އެހެންވީމާ ސުވާލަކީ ދަޔާން އަހަރެމެންގެ އާއިލާގެ […]