އިންސާފު ލިބޭނެބާ – 05
ދާރިއަން ބޯޖަހައިލުމަށްފަހު ހިނގައިގަތެވެ. ދާލިޔާ ދާރިއަންއާއިއެކު ދާން އުޅުމުން އުކައިލް ގޮވައިލިއެވެ. އުކައިލްއާއި ފުރަގަސްދީގެން ހުރި ދާލިޔާ މޫނު ކުނިކޮށްލިއެވެ. ” ވާޓް؟ ” ފޫހި ރާގަކަށް ދަމާލަމުން ދާލިޔާ އަހައިލިއެވެ. އޭނަ ހުރީ އެއްގޮތަކަށްވެސް އުކައިލްއާއި ވާހަކަ ދައްކާ މޫޑެއްގައެއްނޫނެވެ. ” ސްޕައިޓެކް އަދި ބަޓަން ކެމެރާތައް ސެޓް ކުރަން ދާލިޔާ ބޭނުންވާ ވާހަކަ ބުނީމެއްނުން.. ” އުކައިލް ދާލިޔާއަށް ބަލައިލަމުން ބުންޏެވެ. ” އާރްރްގްގްގް.. މި ޑެވިލްގަނޑަށް މަގޭ ބޭނުން ޖެހޭނީ ކޮންމެވެސް ޓެކް ކަމެއް ޖެހުނީމަ އަބަދުވެސް.. ” ދާލިޔާ އަމިއްލަ ނަފްސަށް ބުންޏެވެ. ” ކީކޭ؟ ” އުކައިލް ދާލިޔާއަށް ބަލައިލަމުން އަހައިލިއެވެ.
*** ޕާޓް 5***
ދާލިޔާގެ އަޑު އޭނާގެ ކަރުގައި ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ. ދާލިޔާއަށް ވާހަކަ ދެއްކުނީ އުކައިލަށް އިވޭ ވަރަކަށް ކަމެއް އޭނައަކަށް ނޭނގުނެވެ. އެވަގުތު މީހާ ބިންގަނޑުގެ ތެރެއަށް ގަނބައިގަންނާނޭ ނަމައޭ ހިތަށްއެރިއެވެ. އުކައިލްގެ ތޫނު ނަޒަރު ވަނީ ދާލިޔާގެ މޫނަށް ހުއްޓިފައެވެ. ” އަޅުގަނޑަށް ސްޕައި އީކުއިޕްމެންޓްސްތަށް ދައްކާލަބަލާށޭ ބުނީ.. ” އުކައިލްއަށް ދާލިޔާ ކުރިން ބުނި ވާހަކަ އަޑުއިވުނުކަމުގައި ވީނަމަވެސް ނޭނގޭ ކަމަށް ހެދުނެވެ. އަދި ދާލިޔާއަށް އީކުއިޕްމެންޓްސްތަށް ދެއްކުމަށްޓަކައި އޭނާގެ އޮފީސް ސެކްޝަންއަށް ދިޔައެވެ. ދާލިޔާ އެ އެއްޗެހިތަށް ސެޓްއަޕްކުރަން އުޅުން އިރު އުކައިލް އޭނައަށް އެހީވަމުން ދިޔައެވެ. އުކައިލް ހުރުމުގެ ސަބަބުން ދާލިޔާއަށް ދިޔައީ އެކިއެކި އުނދަގޫތަށްވަމުންނެވެ. އޭނާގެ އަތްފައި ފިނިވަމުން ދިޔައިރު ހިތުގެ ތެޅުން އެހެންނޫނީ ތެޅޭ ވަރަށް ވުރެ އަވަހަށް ތެޅެމުން ދިޔަ އިހްސާސެއް އޭނާއަށް ވަމުން ދިޔައެވެ.
‘ އަހަރެންނަށް ކިހިނެއްތަ މި ވަނީ އަޅެފަހެ.. އެއީ އަސްލުވެސް ޑެވިލްއެއް ކަމަށްވާނީ.. ނޫނީ އަހަރެންނަށް ކޮންމެސް ބައްޔެއް ޖެހުނީ ކަންނޭނގެ.. ‘ ދާލިޔާ އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ބުންޏެވެ. ” ނީޑް އެނީ ހެލްޕް؟ ” ކުއްލިއަކަށް ޒާލިކްގެ އަޑުއިވުމުން ދާލިޔާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަތެވެ. ދާލިޔާ ތެޅިގަތުމުގެ ސަބަބުން ދާލިޔާގެ ގޮޑިއާއި ދިމާލަށް ގުދަށް އޮތް ޒާލިކްގެ ދަތްދޮޅީގައި ދާލިޔާގެ ބޯޖެހުނެވެ. އެއާއެކު ބޭއިހްތިޔާރުގައި ޒާލިކްއަށް ‘އައްދިއްޔޯ’ އެކޭ ބުނެލެވުނެވެ.
” ޒާލިކް!! އަހަރެންނަށް ހާޓްއެޓޭކެއް ދޭނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ؟ ” މޭގައި އަތުން ފިރުމަމުން ދާލިޔާ ޒާލިކްއާ ސުވާލުކޮށްލިއެވެ. ” އަހަރެން އަޅެފަހެ އެހީވާން އުޅުނީމަ އަހަރެންގެ ދަތްދޮޅިއެއްނުން ތި ދުއްވާލީ.. މީހުން ބުނަނީ ތެދެކޭ.. މި ޒަމާނުގައި މީހަކަށް ހެޔޮ ކަމެއް ކޮށްދޭނެ ކަމެއްނެތް.. އާނ އެހެންޏަ ހެޔޮކަމަކަށް ތެޔޮހަމެއް ވިއްޔާ ލިބެނީ.. އާހް މަގޭ ދަތްދޮޅި.. މަގޭ ކަންފަތްވެސް.. މަންޖެގެ އަޑު ރަނގަޅުވާނެ އެންބިޔުލާންސްގެ ސައިރެންއަށް ލާން.. ” ޒާލިކް އޭނާގެ ދަތްދޮޅީގައި ފިރުމަމުން ކުދި ކިޔައިގަތެވެ.
ދާލިޔާ އަނގައަށް ގޮތެއް ހަދައިލަމުން ޒާލިކްއާއި ދިމާލަށް ބަލައިލިއެވެ. ރުޅި އަންނަން ބޭނުން ވިޔަކަސް ޒާލިކް ހުރި ގޮތުންނާއި ދެއްކި ވާހަކައިން އޭނާގެ ގާތަށް ހިނިއައެވެ. ” ތިހެން ވާނީ މީހުން ސިއްސުވަންޏާ.. ކޮބާތަ ޑެވިލް؟ އޭނަ މިތާ ހުރެހުރެފައި ކޮން ދުނިޔެއަކަށްތަ އެ ގެއްލުނީ؟ ” ދާލިޔާ ސުވާލުކޮށްލިއެވެ. ” އަހަރެން ހުއްޓަ ކީތްކުރަން ހަނދާން ކުރާ މީހެއްތަ އެއީ.. ހެލްޕެއް ބޭނުމިއްޔާ އަހަރެން ކައިރީ ބުނެބަލަ.. ފޫހިވެގެން މަރުވަނީއޭ މިއޮއް.. ” ޒާލިކް ‘ޑްރެމެޓިކް’ ގޮތަކަށް ބުންޏެވެ. ” ޑެވިލްގެ މޭޒުކައިރީ އެބަހުރި ބަޓަން ކެމެރާތަކެއް.. އެ ގެނެސްދީބަ.. ” ދާލިޔާ ކޮމްޕިޔުޓަރަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. ޒާލިކް އަވަހަށް ދާލިޔާ ކުރަން ބުނި ކަންތައް ކުރަން ހިނގައިގަތެވެ. ދާލިޔާ ފޮށިގަނޑުތައް ހާވަން ހުރި ޒާލިކްއަށް ބަލައިލިއެވެ. ” ޑްރާމާ ކިންގް ” ބޯހޫރުވާލަމުން ދާލިޔާ އޭނަ ކުރަން ހުރި މަސައްކަތަށް ރުޖޫޢަވިއެވެ.
އެ ހަފްތާ ފާއިތުވެގެން ދިޔައީ ވަރަށްވެސް އަވަހަށްށެވެ. ދާރިއަން އެ ހަފްތާ ހުސްކުރީ އޭނާގެ އާއިލާއާއި އެކުވެރިންއާއިއެކު ވަގުތު ހޭދަކުރުމުގައެވެ. އަވިގަދަ ދުވަހެކެވެ. ދުނިޔެމަތި ހީވަނީ ދެމުން ދިޔަ ގަދަ އަވިން ފިއްސާލަފާނެހެންނެވެ. ގަހެއްގެ ފަތެއް ހެލިނުލައެވެ. ދާރިއަން އިނީ ބަނދަރު ކައިރީގައި ހުރި ބުރެއްގެ ޖޯލިފަތީ އިށީނދެގެންނެވެ. އޭނަ ދިޔައީ ސިގިރޭޓެއް ބޮމުންނެވެ. މިއީ އެންމެ ގިނައިން ގޭންގްތަކުގައި އުޅޭ މީހުން އަންނަ ތަނެވެ. އޭނާގެ ކަންފަތަށް ވަނީ ކުޑަކުޑަ އިއާރ ޕީސްއެއް ލައްވާލައިފައެވެ. ނަމަވެސް އޭނާގެ ދިގު އިސްތަށިގަނޑުގެ ސަބަބުން އިއާރ ޕީސްވަނީ ފޮރުވިފައެވެ. އޭނާގެ ދެލޮލުގެ ކުލަ ބަދަލު ކުރުމަށްޓަކައި ގަދަ ކަޅު ކަލައިގެ ލެންސެއްވެސް ލައްވާފައިވެއެވެ.
އިރުކޮޅަކުން އެތަނަށް ތިން މީހުންގެ ގްރޫޕެއްއައެވެ. އެތިން މީހުންވެސް ތިބީ ކިރިޔާ ހަށިގަނޑުގައި ޖެހޭފަދަ ޓީޝާރޓްއާއި ދޫ ފަޓުލޫނުލައިގެންނެވެ. އެކި ވައްތަރުގެ ޕެކިންއާއި ޗެއިން ފަދަ ތަކެތިން އެމީހުންގެ އަތާއި ކަރު ވަނީ ފުރިފައެވެ. އެތާ އިސްކޮޅުން ދިގުކޮށް ހުރި މީހެއް ދާރިއަން ކައިރިއަށް އައިސް އިށީނެވެ. ” ތީ ކާކު؟ މިތަނުން ކުރިން އެއްއިރަކުވެސް ފެނުން މީހެއް ނޫން ތީކީ.. ” ބަރު އަޑަކުން އޭނަ ވާހަކަ ދެއްކިއެވެ. ” އަލަށް މިތަނަށް މިއައީ.. ” ދާރިއަން ބުންޏެވެ. ” ކަލޭ ތީ އެއްވެސް ގޭންގެއްގެ މީހެއްތަ؟ ” އޭނަ އަހައިލިއެވެ. ދާރިއަން އެއްޗެކޭ ބުނުމެއްނެތި ބޯހޫރައިލިއެވެ. ” މަގޭ ނަމަކީ މާވިން.. މިހިރީ އަހަރުން ގޭންގު، ބްލަޑް މާފިޔާގެ މީހުން.. ވަދީހު އަދި ތިހާމު..” މާވިން އޭނަ އާއި އޭނާގެ އެކުވެރިން ތައާރަފުކޮށްދިނެވެ.
” މަށަށް ކިޔަނީ ދަޔާން.. ” ދާރިއަން އޭނާގެ ފޭކް ނަން އެމީހުން ގާތު ބުންޏެވެ. ” ގޭންގެއްގެ މީހެއް ނޫނިއްޔާ މިތާ ކީއްކުރަނީ؟ މިއީ ގޭންގްތަކުގެ މީހުން އަންނަ ތަނެއް..” ވަދީހު ބުންޏެވެ. ” މިތާކު ނެތް ވަކި މީހެއްގެ ތެނެކޭ ޖަހާފަ.. އަހަރެން ކަލޭމެންނަކަށް އުނދަގުލެއް ނުކުރަން.. ” ދާރިއަން ވަދީހު އާއި ހަތަރު ކަޅި ހަމަކުރަމުން ބުންޏެވެ. ” ކަލޭ ތި ފާޑަށް ވާހަކަ ދައްކަން މަ މީ ކާކުކަން އެނގޭތަ.. ” ވަދީހުއަށް އޭނައާ އެފަދައަށް މީހަކު ވާހަކަ ދެއްކުމުން އެކަން ހަޖަމްކުރަން ދަތިވިއެވެ. އައި ރުޅިން އޭނައަށް ވާހަކަދެއްކުނީ ދާރިއަންގެ ހަށިގަނޑުގައި ޖެހޭނުޖެހޭ ހިސާބަށް އައިސްފައެވެ. ދާރިއަންވެސް ބަލަން ނުހުރެ ތެދުވިއެވެ.
” އޭ އޭ.. ވަދީހު ހަމަޖެހޭ.. ” މާވިން އަވަހަށް އައިސް ވަދީހު ދާރިއަންއާއި ދުރުކުރިއެވެ. ” މަ ތަ އަދިވެސް ހަމަޖެހެންވީ؟؟ މިކަހަލަ ތާކުންތާކުން ނުޖެހޭ މީހުން އަހަރުންނާ ދިމާކުރީމަ މަޑުން ތިބެންވީތަ އޭ؟ ” ވަދީހު ހުރީ ހަމައިންނައްޓާ ވަރަށް ރުޅިގަދަވެފައެވެ. ފުންނޭވާތަކެއް ލަމުން އޭނަ ދާރިއަންއާއި ދިމާލަށް ބަލަމުން ދިޔައިރު ހީވަނީ އޭނަގެ ދެލޮލުން ދާރިއަން އަންދާލަން އުޅޭހެންނެވެ. ” ވަދީހު.. މީ ބޮސް ބޭނުންވާ ވައްތަރު މީހެއް.. ” މަޑުން ހުރި ތިހާމު ވާހަކަ ދެއްކިއެވެ. ” ކަލޭ ކީކޭ މިހާރު ތިކިޔަނީ؟ ” ވަދީހު ދެލޯ ވަށްކޮށްލަމުން އަހައިލިއެވެ. ” ހިނގާ އެހަށް މިތަނުން ދާން.. ދަޔާން އަދި ބައްދަލު ވާނެ! ” ތިހާމު ހިނގައިގަތުމުން މާވިންއާއި ވަދީހު ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
އެމީހުން ދާތަން ބަލަން ހުރި ދާރިއަންއަށް އެއްމިޔަކަނުން ހީލެވުނެވެ. އެމީހުން އައި ގޮތަށް އައިސް އެވަނީ ދާރިއަން ޖެހި މަޅީގެ ތެރެއަށްށެވެ. އަތުގައި އޮތް ސިގިރޭޓް ވެލިގަނޑަށް އެއްލާލުމަށްފަހު ޗިސްކޮށްލިއެވެ. އޭނަ ދާން ހިނގައިގަތީ އޭނާގެ ޓީމް ބައްދަލު ވާން ހަމަޖައްސާފައި އޮތް ތަނަށްށެވެ.
ހިނގަމުންގޮސް އޭނަ ހިމަ ގޯޅިއަކަށްވަނެވެ. އެތަނުގައި ހުރީ ހަދަން ފަށާފަހުރިކަމަށް ދައްކާ ގެއެކެވެ. ތަޅުންމަތީ ސިމެންތި ޖަހާފައި ހުރިއިރު ތިރިތިރިކޮށް ހަދާފައި ހުރި މަތި ޖަހާފައިވާ ވަޅެއް ކައިރީ ދާރިއަން ހުއްޓުނެވެ. އެ ވަޅުގެ މަތިގަނޑު ނެގުމަށްފަހު އޭގެ ތެރެއަށް ދާރިއަން ފުންމައިލިއެވެ. ދާރިއަންގެ ފައި ތަޅުމުގައި ޖެހުމުން އޭނަ ހިނގައިގަތީ އެތަނުގައި ހުރި ދޮރަކާއި ދިމާލަށްށެވެ. އޭނާގެ ފިންގަރ ޕްރިންޓް ޖެހުމާއިއެކު އެ ދޮރު ހުޅުވުނެވެ.
އެއީ ކުޑަކޮށް ހަދާފައިވާ ކޮންޓްރޯލް ރޫމެއް ފަދަ ތަނެކެވެ. ކޮމްޕިޔުޓާރ އަދި އެހެންތަކެތި އެތާ ހުއްޓެވެ. ގޮޑީގައި މީހަކުއިން ތަން ފެނުމުން ދާރިއަން އެ ދިމާލަށް ހިނގައިގަތެވެ. އެވަގުތު އުކައިލް އާއި ޒާލިކްގެ އިތުރުން އިޔާދު އަތަނަށް ވަދެގެން އައިސްފިއެވެ. އެންމެން ތިބީ އާދައިގެ ހެދުމުގައެވެ. ދާރިއަން ހިނގަމުން އައިސް ދާލިޔާއަށް ފޯނެއް ދިއްކުރިއެވެ. އެއީ ވަދީހުގެ ފޯނެވެ. ވަދީހު އޭނައާއި ކައިރި ވަގުތު އޭނަ އެ ފޯނު ވަދީހުއަށް ނޭނގޭނެ ފަދައިން ނެގީއެވެ.
” މީތިން އެއްޗެއް އެނގޭތޯ ބަލާބަލަ.. ” ދާރިއަން ފޯނު ދެމުން ބުންޏެވެ. ދާލިޔާ ކޮމްޕިޔުޓަރުން އޭނާގެ ޖާދޫ ހަދަންފެށިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ފޯނުގެ ލޮކް މުގުރާލިއެވެ. އުކައިލް އެ ފޯނުން މުހިންމުހެން ހީވާފަދަ މައުލޫމާތުތައް އެއްކުރަން ފެށިއެވެ. ” ޔޫ ޑިޑް ވެލް ދާރިއަން.. ” ދާރިއަންގެ ކޮނޑުގައި ޖަހާލަމުން ހިތްވަރުދޭ ފަދަ ގޮތަކަށް އުކައިލް ބުންޏެވެ. ޒާލިކް އާއި އިޔާދު ދިޔައީ އެ ގޭންގްއާއި ގުޅޭ މައުލޫމާތު ހުރި ފައިލްތަށް ބަލަމުންނެވެ.
” ސާރ މި މީހުންނަކީ ވަރަށް ޑޭންޖަރަސް ބަޔެއް.. ނުކުރާކަށް ކަމެއްނެތް.. މީހުންގެ ގޯތި ގެދޮރުގައި އަލިފާންޖެހުމާއި މީހުން މެރުން މީ އާންމުކޮށްހެން މި މީހުންކޮށް އުޅޭކަމެއް.. އެކި މީހުން ވަނީ އެކަންކަމުގައި ހައްޔަރުކޮށްފައި.. އެކަމަކު ހެއްކެއްނެތިގެން ނޫނީ އެއްބަސް ނުވެގެން މި މީހުން ވަނީ މިނިވަންވެފައި.. ” ފައިލްތަށް ބަލަމުން ދިޔަ ޒާލިކް ބުންޏެވެ. ” އެހެންވެގެންނެއް ނޫން ހަމައެކަނި އެމީހުން މިނިވަންވަނީކީ.. އެމީހުންގެ މޮޅެތި ލޯޔަރުންގެ ސަބަބުން ކޮންމެ ކޭސްއެއްވެސް ނިންމާފަ މިހުންނަނީ އެމީހުންގެ ކުށެއްނެތްކަން ހާމަކުރަމުން.. ” އިޔާދު ޒާލިކްގެ ވާހަކައިގެ ތެރެއަށް އިތުރުކުރިއެވެ.
ޒާލިކް އާއި އިޔާދުގެ ވާހަކަތައް އަޑުއަހާފައި އުކައިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ” އާނ އެމީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިންވެސް އަރާހުރި ބަޔެއް.. މި ފޯނުގައި މި ހުރީ އެމީހުންގެ ޑްރަގްސްއާ އެހެން އެއްޗެހި ނަގާތަންތަން.. އަހަރެމެންނަށް ހަމަ ހައްޔަރު ކުރެވިދާނެ.. އެކަމަކު އެ މީހުން ހައްޔަރުކުރަންވާއިރަށް މިނިވަންވާނެ.. މީގަ އެމީހުންގެ އެންމެ ބޮޑަކަށް ހުންނަ މީހާ، ނުނިކުމެވޭނެ ފަދަ ބާރުގަދަ ހެއްކާއި އެކު ހައްޔަރު ކުރަންޖެހޭނީ.. އޭރުން ނޫނީ މިކަހަލަ މީހުންނެއް ނުހުއްޓުވޭނެ. ” އުކައިލް ވިސްނުންތެރިކަމާއި އެކު ބުންޏެވެ.
***
އަނދިރިކޮށް ހުރި ކޮޓަރިއެކެވެ. އެކޮޓަރިއަށް އަލިކަމެއްވަނީ ކުޑަދޮރުގައި ދަމާލައިފައިވާ ފަރުދާއިން ފޭދިގެން އަންނަ ފަޑު އަލިކަމުންނެވެ. އެއްފަރާތެއްގައި ސިންގަލް އެނދެއް ހުރިއިރު ކޮޓަރީގެ އަނެއް ފަރާތް ފުރާލާފައިވަނީ އެކި ވައްތަރު ވައްތަރުގެ ގެޖެޓް އާއި އިލެކްޓްރޯނިކްސްތަކުންނެވެ. އެނދުގައި ދެފައިވައްކޮށްގެން އިށީދެގެން ޒުވާން އަންހެންކުއްޖެއްއިނެވެ. އެކުއްޖާ އިސްޖަހައިލާގެންއިން އިރު ނިތްމައްޗަށް އެޅޭ ފަދައިން ކޮށާލާފައިވާ އިސްތަށިކޮޅުން އެކުއްޖާގެ ރީތި ލޯ ވަނީ ފޮރުވައިލެވިފައެވެ. އެކުއްޖާގެ ފައިގައިވަނީ ފަލަކޮށްހުރި ހިލިހިލާގަނޑެއް ޖަހާފައެވެ. އޭގެ އަނެއްކޮޅު ފާރުގައި ހަރުކުރެވިފައިވެއެވެ. އޭނާގެ ހަށިގަނޑުގައި ކުދި ކުދި ޒަހަމްތަކުގެ ނިޝާން ހުއްޓެވެ. ކުއްލިއަކަށް ދޮރު ހުޅުވުމުން އެކުއްޖާ ސިއްސައިގެންދިޔައެވެ. އަވަސް ހަރަކާތާއިއެކު އެކުއްޖާ އެނދުގެ ކަނަށް ވަދެ ހަށިގަނޑާއި ދެ ފައި ކައިރިކޮށްލީ އަންނަން އުޅޭ ނުރައްކަލަކުން އޭނާގެ ހަށިގަނޑު ސަލާމަތް ކުރަންހެން ހީވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Tell dhaarian!!!!!!
To be more careful he is planning to confront a dangerous gang
Noooo!!!!!!
When next???
I’ll be sure to tell dhaarian for you hehe😂
Next part insha allah saturday ga😊
Lyssm💜🦋
eii kon kujjei tha butterfly.aslu vx hee nukuraa varah gina kan kan eba vey
Next part varah avahah kiyaalan genesdhehchey can’t wait
Love you ❤️
Next part ga ingeyne ey kon kujjehkan..
next part submit kohlaafin mihaaru
Love you more💜🦋
heyyyy butterflyy
mi part vess vrh vrh reethi ma sha allah
hilihilaa jahaafa einy mia tha? omg so curious
lysm darls can’t wait for next
Heyyyy Shiherrr
Thankyou vrh happy vejje darling ah mi part reethi v kan enguneema
lets see kaaku thw hilihilaa jahaafa iney dhw..
love you more darlingg💜🦋
Maashaa Allah mi part vx varah varah reethi…
Alhey dhaarian bust Nukohlahchey…l.
Whn next??
Can’t wait for next 😊❤️🤣
Thank you Nawar..
Vrh happy veje nawar ah mi part reethi kan enguneema😊
Lets see dhaarian ah vaa goi dhww..
insha allah next part saturdayga..
lyssm💜🦋