Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 06

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 21, 2024 4 Mins Read
8 Comments

ކުއްލިއަކަށް ދޮރު ހުޅުވުމުން އެކުއްޖާ ސިއްސައިގެންދިޔައެވެ. އަވަސް ހަރަކާތާއިއެކު އެކުއްޖާ އެނދުގެ ކަނަށް ވަދެ ހަށިގަނޑާއި ދެ ފައި ކައިރިކޮށްލީ އަންނަން އުޅޭ ނުރައްކަލަކުން އޭނާގެ ހަށިގަނޑު ސަލާމަތް ކުރަންހެން ހީވެއެވެ.

*** ޕާޓް 6 ***

އެނދުގެ ކަނަށް ވަދެ ފިލައި އިން އަންހެންކުއްޖާ ފެނި ވަދީހު އެއްމިޔަކަނުން ނުލަފާ ގޮތަކަށް ހީލިއެވެ. ” ހާދަ ބިރުން.. އަހަރެން ދެކެތަ؟ ” ބިރުވެރި ގޮތަކަށް ވަދީހު އަހައިލިއެވެ. އެކުއްޖާ އެއްޗެކޭ ބުނުމެއްނެތި އިސްޖަހައިގެންއިނެވެ. ” އެނގޭތަ މިޔާގެ ދޮންބެ މިޔާ ސަލާމަތުން ބެހެއްޓުމަށް އަހަރެމެންގެ ޕަޕެޓްއަކަށް ވެގެން އުޅެނީ.. އެކަމަކު މިޔާ؟ މިޔާ ބަސްނާހާތީ މިޔާއަށް އަނިޔާވަނީ.. އަދި މިޔާގެ ދޮންބެއަށްވެސް އިތުރު ކަންކަން ކުރަންޖެހެނީ.. ” ވަދީހު މިޔާގެ ކޯތާފަތުގައި ފިރުމައިލަމުން ބުންޏެވެ. އޭރު މިޔާ އިނީ އޭނާގެ މޫނު އަނބުރައިލައިގެން ދެލޯ މަރައި ފިއްތާލައިގެންނެވެ. އޭނަ ދިޔައީ ވަދީހުއަށް ހަމަލައެއް ނުދޭން މަސައްކަތް ކުރަމުންނެވެ.

” އަހަރެމެން މިޔާ ވިއްކާލާ ކޮންމެ ފިރެހެނެއް.. ކޮންމެ ފިރެހެނެއް މި ކޮޓަރިން ނުކުންނަނީ ކަލޭގެ ފަރާތުން ކޮންމެވެސް އަނިޔާއެއް ލިބިގެން.. ފަރީގު އެއީ އަހަރެމެންނަށް ސްޓަފް ދޭ މީހެއް.. އޭނަ ކަލޭގެ ގައިގަ އަތް ޖައްސާލީތީވެ އޭނަގެ އިނގިލި ބުރިވަންދެން ދަތް އެޅީ.. ” ވަދީހު އޭނާގެ ބާރުގަދަ އަތުން މިޔާގެ ކޮލުގައި ހިފައި ފިއްތައިލިއެވެ. ” ދަޔާން ކިޔާ މީހުންގެ މައުލޫމާތު އަހަރެންނަށް ހޯދައިދީ އިތުރަށް ތި ހަށިގަނޑުގައި ޒަހަމް ލައްވަން ބޭނުން ނޫނިއްޔާ! ” ވަދީހު އިންޒާރުގެ ރާގަކަށް އަމުރުކުރިއެވެ. އަދި މިޔާ ކޮށްޕާލިއެވެ. މިޔާގެ ބޯޖެހުނީ އެނދުގެ ހެޑްބޯޑްގައެވެ. އޭނަ އިސްޖަހައިގެން އިނދެ ތަދުވިތާ ފިރުމާލިއެވެ.

” ބީރީތަ؟؟ ހަމަ މިހާރު އޭނަގެ މައުލޫމާތު ހޯދާށޭ!! ” ވަދީހު ހަޅޭއްލަވައިގަތެވެ. އެއާއެކު މިޔާ ހަލުވިކަމާއިއެކު ގޮސް މޭޒު ކައިރީ ހުރި ގޮޑީގައި އިށީނެވެ. މޭޒުމަތީ ހުރި ކޮމްޕިޔުޓާރ ކީބޯޑްގައި ހަލުވިކަމާއިއެކު އޭނަގެ އިނގިލިތަށް ދަތުރު ކުރަމުން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮމްފިޔުޓާރ ސްކްރީން ފުރައިލީ ރާއްޖޭގައި އުޅޭ އެކި އެކި ދަޔާންގެ މައުލޫމާތުންނެވެ. ވަދީހު ގޮސް ސްކްރީން ގާތު ހުއްޓިލިއެވެ.

” ދާލިޔާ.. އެމީހުން ގެންގުޅޭނެ ކޮމްޕިޔުޓާރއަށް ވަރަށް މޮޅެތި މީހުން.. ދާރިއަންގެ ފޭކް އައިޑީ، ދަޔާންގެ މައުލޫމާތު ސިސްޓަމްތަކަށް އެތެރެ ކުރިންތަ؟ އެމީހުންނަށް އެއްވެސް މައުލޫމާތެއް ނުފެނިއްޖެއްޔާ ޝައްކު ކުރަން ފަށާފާނެ.. ” އުކައިލް ވިސްނުންތެރި ކަމާއިއެކު ބުންޏެވެ. ” ލައްބަ އަޅުގަނޑު ހުންނާނީ ހުރިހާ މައުލޫމާތެއް ރިކޯޑްސްގެ ތެރެއަށް ދޫކޮށްލާފަ.. ދަޔާން ޕޭރެންޓުން މަރުވެފައި ހުންނަ ކަމަށް އެންޑް މާރާމާރި އެންޑް ޑްރަގްސްގައި ހައްޔަރު ކުރެވުންކަމަށް ހުންނާނީ.. ” ދާލިޔާ ދާރިއަންއަށް ބަލައިލަމުން ބުންޏެވެ. ދާރިއަން ހިނިތުންވެލައިފައި ތިކަން ކުރީ ރަނގަޅަށްށޭ ބުނާފަދައަކުން ބޯޖަހައިލިއެވެ.

” ޔެސް ވަރަށް ރަނގަޅު.. ކުށުގެ ރިކޯޑެއް އޮތިއްޔާ އެމީހުންގެ ޝައުގުވެރިކަން ދަމައި ގަންނާނެ.. އަހަރެންނަށް ވަނީ ދާރިއަން ކޮންމެ ދުވަހަކު އެތަނަށްދާން.. ” އުކައިލް އޭނާގެ ހިޔާލު ހާމަކުރިއެވެ. ” ޑްރަންކް އެކްޓެއް ޖައްސާލިއްޔާ އިތުރަށް އެމީހުން ބަލައިގަންނާނެ.. ” ޒާލިކް އުކައިލް ބުނި ވާހަކައަށް އިތުރު ކުރިއެވެ. ދެމީހުންގެ ވާހަކަ އަޑުއަހަން ހުރި ދާރިއަން އެމީހުންނާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ” އެމީހުންގެ ތެރެއަށް ވަދުނަސް އަހަރެން ޑްރަގްސްގައެއް ނުޖެހެނަން.. ފޭކް ބިޔަރު ކަހަލަ އެއްޗެހި ކިނާން ސަރ ކައިރީގައި ހަދަން އުކައިލް ބުނަންވީނުން؟ ” ދާރިއަން ބުންޏެވެ. އުކައިލް ބޯޖަހާލައިފައި ފޯނު ހިފައިގެން އެތަނުން ބޭރަށް ނިކުތެވެ. އިޔާދު އާއި ދާރިއަން އޭނަގެ ފަހަތުން ނިކުތެވެ.

ދާލިޔާ އަދިވެސް އިނީ ކޮމްޕިޔުޓާރ ކައިރީގައެވެ. ޒާލިކް ދިޔައީ އިޔާދު ގެނެސްފައި ހުރި ފައިލްތައް ބަލަމުންނެވެ. އެހެން އިނދެފައި އޭނަ އިރުއިރުކޮޅާ ދާލިޔާއަށް ބަލައިލައެވެ. ދިގު ފަން އިސްތަށިގަނޑު ގަތާލައިފައި އޮތުމުން ދާލިޔާ ފެންނަނީ ވަރަށްވެސް ނަލަކޮށްށެވެ. އެސްފިޔަތަށް ދިގު ދެލޮލާއި ކޮފީ ކުލަޔަށްދާ ތޫނު ކަޅިރަވައެކެވެ. އޮޅަލި ކުލައިގެ ރީތި އޮމާން ހަންގަނޑެކެވެ. އާދައިގެ ހެދުމުގައި ހުރިއިރު އޭނާގެ މައުސޫމުކަން އިންތިހާއެވެ. މީހެއްގެ ނަޒަރު އޭނައަށް ހުއްޓިފައިވާކަން އިހްސާސް ކުރެވުމުން ދާލިޔާގެ ހަށިގަނޑު ކުޑަކޮށް ހަރުކަށިވެލިއެވެ. އޭނަ ފަހަތް ބަލައިލިއިރު ޒާލިކް ފެނުމުން ކުޑަކޮށް ހީލިއެވެ.

” ޒެކް.. ކީއްވެ މިތާ؟ އަހަރެން ހީކުރީ އެންމެން ދިޔައީ ކަމަށް.. ” ދާލިޔާ ޒާލިކްއަށް ބަލައިލަމުން ބުންޏެވެ. ޒާލިކް އަވަހަށް އިސްޖަހައިލިއެވެ. އޭރު އޭނާގެ ހިތް ހީވަނީ ލޯޑުބޮޑުވެފައިވާ އިންޖީނެއްހެންނެވެ. ” މި މީހުންގެ ފައިލްތަށް ބަލަން މީނީ.. ލިޔާ ކީއްކޮށްލަނީ؟ ” ޒާލިކް ކަރުކެހިލަމުން ދާލިޔާގެ ސުވާލަށް ޖަވާބުދެމުން ސުވާލުކުރިއެވެ. ” އަހަރެންވެސް އެމީހުންގެ އިތުރު މައުލޫމާތެއް ފެނޭތޯ މިއުޅެނީ.. ” ދާލިޔާ ކޮމްޕިޔުޓަރއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. ” އަހަރެން ސުވާލެއް ކުރަންތަ؟ ” ޒާލިކް އަހައިލިއެވެ. ” ތި ކުރީނުން.. ” ދާލިޔާ ސަމާސާ ރާގަކަށް ބުންޏެވެ. ” އަހަރެންނަށް ފާހަގަ ވެއްޖެ އުކައިލް ސާރ އާ ދާލިޔާއާ ދެމެދު.. ކޮންމެސް ކަހަލަ ޓެންޝަންއެއް އޮންނަކަން… ޕާސްޓެއް އޮންނަނީތަ؟ ” ޒާލިކް އަހައިލިއެވެ.

އެއާއެކު ކޮމްޕިޔުޓާރގައި ދަތުރު ކުރަމުން ދިޔަ ދާލިޔާގެ އިނގިލިތަކަށް މަޑުޖެހުމެއްއައެވެ. ” އަނެއްކާ އަހަރެންނަށް އަހަން ނުވާ ވަރު އެއްޗެއްތަ މި އެހުނީ.. ސޮރީ ސޮރީ ފޮރގެޓް އައި އާސްކްޑް އެނީތިންގ.. ” ޒާލިކް ދާލިޔާ ހިތްހަމަނުޖެހުނީކަމަށް ހީކޮށް ބުންޏެވެ. ” ނޫނޭ ނޫނޭ.. އަސްލު އެއީ ދޮންބެގެ ބެސްޓީ ކުޑަ އިރުއްސުރެވެސް.. އަނެއްހެން ހިސްޓަރީއެއް ނޯންނާނެ.. އޭނަ މާ އެރޮގެންޓް ވީމަ ފޫހިވަނީ.. ” ދާލިޔާ ފޫހި ގޮތަކަށް ބުންޏެވެ. ޒާލިކް ދާލިޔާއަށް ބަލައިލަމުން ބޯޖަހައިލިއެވެ. އަދި ފައިލްތަށް ބެލުމާއިގެން ކުރިއަށް ދިޔައެވެ.

އުކައިލް ކިނާންއަށް ގުޅާއިގެން އެމީހުން ބޭނުންވާ ތަކަތީގެ މައުލޫމާތު ދިނެވެ. ” ދާރިއަން އެމީހުން ދާރިއަން އަހަރުންނާއި އެކު ފެނިއްޖެއްޔާ ޝައްކު ކުރަން ފަށާފާނެ.. އެމީހުން ދާރިއަންއާ މީޓް ވާނެއޭ ބުނެފިއްޔާ ދެން މީޓްވާ ފަހަރަކުން މީޓް ވާނީ ‘ދަޔާން’ގެ ހުރިހާ މައުލޫމާތެއް ހޯދާފައި.. އަހަރެންނަށް ޝައްކު އެމީހުން މިހާރުވެސް ދާރިއަންއަށް ފާރަލާން މީހުން ނުހޯދާ ކަމާމެދު.. މިކަހަލަ ކަންކަން ކުރަންވާނި ވަރަށް ބޯ ބަހައްޓައިގެން.. ” އިޔާދު ދާރިއަންއަށް ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ. ” ސާރ ބުނީ އިރުކޮޅެއް ވާނެކަމަށް.. ” ޒާލިކް އެ ކުޑަ ކޮޓަރިތެރެއިން ނިކުތެވެ. ” އަހަރެން ލެބްއަށް މިދަނީ އެކަމުގައި ހެލްޕަވާން.. އިޔާދު ސާރ ލިފްޓެއް ދެވިދާނެތަ؟ ” ޒާލިކް އިޔާދު ގާތު އަހައިލިއެވެ. އިޔާދު ބޯޖަހައިލަމުން ސައިކަލަށްއެރިއެވެ. ޒާލިކް ސައިކަލުގެ ފަހަތަށް އެރުމުން އިޔާދު މިސްރާބުޖެހީ ޕޮލިސް ސްޓޭޝަންއަށްށެވެ.

އިޔާދު އޭނާގެ ޑިޕާރޓްމެންޓަށް ދިޔުމުން ޒާލިކް ދިޔައީ ލެބްއަށްށެވެ. ލެބްއަށް ދިޔައިރު އޭނާއާއިއެކު މަސައްކަތް ކުރާ ދެތިން ފުލުހެއް އެތާނގައި އުޅެއެވެ. ޒާލިކް އެމީހުންނަށް އެހީވުމުގެ ގޮތުން ބޭނުންވާ އެއްޗެހި ނަގައި އެމީހުންގެ މަސައްކަތަށް ތައްޔާރުވިއެވެ. ޒާލިކް އާއިއެކު މަސައްކަތް ކުރާ މީހެއްކަމަށްވާ ޔުނާން ޒާލިކްއަށް އެހީވަމުން ދިޔައެވެ. ” ނޮން އަލްކަހޯލިކް ބިޔަރު ކަހަލަ އެއްޗެހި މިހަދަނީ ކީއްވެ؟ އަހަރުން ކައިރީ ކިނާން ސާރ ދެންމެ ބުނީ މިއެއްޗެހި ހަދަން އުޅޭށޭ.. ” ލާމިއު ޒާލިކްއަށް ހުސްކޮށްފައިވާ ބިޔަރު ދަޅެއް ގެންނަމުން ބުންޏެވެ. ” ފުލުހުންގެ ތެރޭގައި ޓޮޕް ސީކްރެޓްކޮށް ހިންގާ އޮޕާރޭޝަންއަކަށް ދޯ ޒެކް؟ ” ޔުނާން ޒާލިކްއަށް ދޯ އެއްލިއެވެ. ” އަހަރެންނަށް އެއްޗެކޭ ބުނެވޭކަށް ނެތް ތިކަމުގައެއް.. ” އަމާންދޭ ފަދައިން އަތް މައްޗަށް ނަގަމުން ޒާލިކް ބުންޏެވެ.

ތިން މީހުން އެކިއެކި ވާހަކަ ދައްކަމުން އެމީހުންނަށް ދީފައިވާ މަސައްކަތް ފުރިހަމަ ކުރިއެވެ. ނޮން އަލްކަހޯލިކް ބިޔަރު ދަޅާއި އެހެނިހެން ތަކެތި އުފެއްދިއެވެ. ޒާލިކް އުކައިލްއަށް ގުޅާފައި މި ހަބަރު ދިނުމުން ފުލުހުންގެ ތެރޭގައި ގޭންގްތަކާއި ގުޅިހެން އުޅޭ ސްޕައިއިން ލައްވާ އެ ފުޅިތައް ދާރިއަން އުޅޭ ތަނަށް ގެންދެވުނެވެ.

އޭގެ ދެތިން ދުވަހެއް ފަހެވެ. ދަންވަރުގެ ވަގުތެވެ. މާލޭ މަގުމަތިން މީހުން މަދުވާހެނެއް ހިޔެއްނުވެއެވެ. ޓެކްސީއާއި އެކި ވައްތަރުގެ އުޅަދުން ވަނީ މަގުމަތި ފުރާލެވިފައެވެ. އުޅަދުތަކުގެ ބަރުގަނުގެ އަޑުތަކާއި އުޅަނދު ދުއްވާ އަޑުތައް މުޅި ފަޒާގައި ފެތުރިފައިވެއެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދަށް ބަނަ ވިލާގަނޑެއް އެޅިފައިވަނީ އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދެމުންނެވެ. ކަޅުކަންގަދަ ވިލާތަކުގެ ސަބަބުން ޖައްވުގައި އަލިގަދަ އަލިމަސް ޖަވާހިރުތަކެއް ފަދައިން އުދުހި އުޅޭ ތަރިތަކުގެ އަލިވަނީ ފަޑުވެފައެވެ. އެހެންކަމުން ދުނިޔެމަތި ފެނިގެންދަނީ ވަރަށްވެސް އަނދިރިކޮށްށެވެ.

ދާރިއަން މިއަދުވެސް އިނީ ކުރިން ދުވަހު އިން ބުރުގެ ތެރޭގައެވެ. ސިގިރޭޓެއް ތުބުގައި ޖަހައިގެން ހުއްޓައި ވަދީހު، މާވިން އާއި ތިހާމް އަދި އިތުރު މީހެއް ގޮވައިގެން އައެވެ. އެމީހުން ކުރާކަމެއް ބެލުމަށްޓަކައި އޭނާ މަޑުމަޑުން ޖޯލީގައި އޮށޯވެގެން އޮތެވެ. އެމީހުން އައިސް ދާރިއަންގެ ކުރިމަތީ ހުއްޓުނެވެ. ” މަ މިތަނުން ފޮނުވާލަންތަ އިތުރު މީހެއް ގޮވައިގެން ތިއައީ؟ ” ދާރިއަން ޖެއްސުން ކުރާ ގޮތަކަށް އަހައިލިއެވެ. ” ނޫނޭ އަހަރެމެން މިއައީ ކަލެޔަށް ޑީލްއެއް ހުށައަޅަން.. ” އޭނާއަށް އަލަށް ފެނުނު މީހަ މަޑުމައިތިރިގޮތަކަށް ބުންޏެވެ. ދާރިއަން ޝައުގުވެރިވިކަން ދެއްކުމަށްޓަކައި، އިށީނދެ އެއްބުމަ މައްޗަށް އަރުވައިލީ ކޮން ޑީލެއްތޯ ސުވާލުކުރާ ފަދައިންނެވެ.

” މަގޭ ނަމަކީ ޝިމާއު.. މަ މީ ބްލަޑް މާފިޔާ ގޭންގްއަށް ޝަރުތު ހަމަވާހެން ހީވާ އައު މީހުން ގޭންގަށް ވަނުމުގެ ފުރުސަތު ދޭ މީހެއް.. ތިހާމް ބުނިގޮތުން ވިއްޔާ ދަޔާންގެ އެބަ ހުރޭ އަހަރެމެން ބޭނުންވާ ކަހަލަ ގޮތެއް.. ” ޝިމާއު ބުންޏެވެ. ” އެއީ ކޮންގޮތަކޯ؟ ” ދަޔާން އަހައިލިއެވެ. ” މަށަށް މިހާރު ފެންނަމުންދާ މަންޒަރުތަކުންނަމަ، ދަޔާން ތީ އަމިއްލަ ހިޔާލު ފާޅު ކުރާ ޒުވާނެއް މީހަކު އެއްޗެކޭ ބުންޏަސް މަޑުން ހުންނާނޭ މީހެއް ނޫން.. އަބަދުވެސް ފެންނަނީ ވަރަށް އެކަނި އުޅޭ ތަން.. އަހަރުންގެ ގޭންގަށް ޖޮއިން ވެއްޖެއްޔާ އެކެނިވާކަށް ނުޖެހޭނެ… ފައިސާ ހެސް ކިޔާފަ ލިބޭނެ، ހުންނާނެ ސަޅި ތަނެއްވެސް ލިބޭނެ.. އަހަރުން އަހަރުންގެ މީހުނަށް ދޯކާއެއް ނުދެން އަދި އެމީހުންނަކީ އާއިލާ ކަމަށް ބަލައިގެން އުޅެނީ.. އެހެންވީމާ ސުވާލަކީ ދަޔާން އަހަރެމެންގެ އާއިލާގެ ތެރެއަށް ވަންނާނަންހޭ؟.. ” ޝިމާއު އަހައިލިއެވެ. އޭނާގެ ލޮލުގައި ނުރައްކައުތެރި ކަމުގެ ދަޅައެއް ހުއްޓެވެ. ނަމަވެސް ދަޔާންއަށް ހިލަމެއް ނުވާނެ ފަދައިން އޭނަ ހުރީ އެކަން ހިނިތުންވުމެއްގެ ފުރަގަހުގައި ފޮރުވައިލާގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޕިޔަދަ (ޓްރެއިލާ)

Next

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… 1

Next
December 21, 2024

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… 1

Previews
December 21, 2024

ޕިޔަދަ (ޓްރެއިލާ)

8 Comments!

  1. Nawar says:
    December 21, 2024 at 12:52 pm

    Maashaa Allah mi part vx varah varah reethi….
    Dhaarian ah dhera gotheii nahadhahcheyy….
    Mia and dhaarian dhw??
    Can’t wait for next ❤️😊
    Whn next??

    1. Maash Butterflyyyyy says:
      December 22, 2024 at 2:32 pm

      Thank you Nawar.. Vrh happy vejje Nawar ah mi part reethikan enguneema..
      Let’s see dhw dhaarian ah vaa goi..
      Next part insha allah Tuesdayga 💜
      Lyssm💜🦋

  2. Your fav bab says:
    December 21, 2024 at 1:42 pm

    Yup Mia and dhaarian!!!!!!!!!
    don’t join the idiotic gang dhaaarian?!!!!!!!!
    Waiting impatiently !!!!!!!

  3. shihaamaa ali shihaamaa ali says:
    December 21, 2024 at 2:05 pm

    Hey butterfly
    Mi part ves vrh reethi ma sha allah
    OMG dhaayan is finally in the gang
    Haha amilla ah dhan jehni😝
    So so curious
    Ekm dhaayan ah dhera gotheh nahadhahchey
    Hoping ukail ge mum ah avahah insaaf libeyne kamah
    And dhaaliya nd ukail dhw👉🏻👈🏻👀
    Heheh and i wonder why mia is being so abused soooo curious can’t wait for next ep
    Love u so much dear❤️

    1. Maash Butterflyyyyy says:
      December 23, 2024 at 10:35 pm

      Hey Shiherr
      Thank you darlingg.. vrh happy vejje shiher ah mi part reethikan enguneea.
      yeah dhaarian is gonna be in the gang..
      lets see dhw dhaarian ah vaa goii
      ukail mom ah insaaf libeyne thw balaalan hingaa dhw
      dhaaliya hates ukail ehnun😂
      mia abuse vany keehvekan ingeyne adhi.. next ep mihaaru submit kohlaafin..
      love you more darling💜🦋

  4. RIFSHA says:
    December 21, 2024 at 2:22 pm

    Wow varah Reethi mi part
    Kon irakun next
    Mia ah haadha dhera gothekey e vani.
    Dhaarian I mean dhayaan ah dhera gotheh nahadhahche
    Love you butterfly 🦋

    1. Maash Butterflyyyyy says:
      December 23, 2024 at 10:37 pm

      Thank you rifoo.. vrh happy vejje darling ah mi part reethikan enguneema..
      next part submit kohlaafin mihaaru..
      yeah mia ah vr dheragotheh dhw evanii
      dhayan ah vaa goi balaalama dhw..
      love you more darlingg💜🦋

  5. Maash Butterflyyyyy says:
    December 22, 2024 at 2:35 pm

    Haha let’s see dhw dhaarian ah vaagoi😅
    Next part insha allah Tuesday ga..
    Lyssm💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 07←


All Right Reserved!