އިންސާފު ލިބޭނެބާ – 04
” ޔެސް އަހަރެން ވަންނާނަން އަންޑަރކަވާއެއްގެ ގޮތުގަ އެ ގޭންގަށް.. ” ދާރިއަންގެ ޖުމުލައިން ދާލިޔާގެ ކަންފަތް ކައިރީ ބޮމެއް ގޮވައިލި ފަދައެވެ. ” ވަޓް ދޮންބެ މޮޔަވީތަ؟ ” ދާލިޔާގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.
*** ޕާޓް 4***
” ލިޔާ ނޮޓް ނައު.. ” ދާރިއަން ދާލިޔާއަށް ބަލައިލަމުން ބުންޏެވެ. ދާލިޔާ ދާރިއަންއަށާއި އުކައިލްއަށް ބަލައިލުމަށްފަހު ހިތްހަމަނުޖެހި ހުރެ އެތަނުން ދާން ހިނގައިގަތެވެ. ދާރިއަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ” އާރ ޔޫ ޝުއާރ؟ ” އުކައިލް މަޑުމަޑުން ދާރިއަން ގާތު އަހައިލިއެވެ. ދާރިއަން އުކައިލްއަށް ބަލައިލުމަށްފަހު ބޯޖަހައިލިއެވެ. ” ފެމެލީ މީހުން ތިކަމާ އެއްބަސްތަ؟ ” އުކައިލް އަހައިލިއެވެ. ދާރިއަން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރޭގަނޑުގެ އަނދިރިކަމަށް ނަޒަރު ހުއްޓައިލިއެވެ.
” ފެނިއްޖެއެއްނުން ލިޔާއަށް ވީގޮތް.. މަންމައާ ލިޔާ ހަމަ ވަރަށް ސޭމް.. އެކަމް ވަރަށް ވިސްނައިދީގެން މަންމަ އޯކޭ ކޮށްފިން.. ލިޔާ އޯކޭ ކުރެވޭނީ މަންމައަށް އެހެންވެ ލިޔާ ކައިރީ އެވާހަކަ ނުދައްކާ މިއުޅުނީ.. ” ދާރިއަން ބުންޏެވެ. ” ޑޭން މީ ވަރަށް ބޮޑު ކަމެއް.. އަހަރެންގެ ސެލްފިޝް ކަމުން-. ” އުކައިލް ބުންނަން އުޅުނު ވާހަކަ ދާރިއަން މެދުކަނޑައިލިއެވެ.. ” ޑޯންޓް ޔޫ ޑެއާރ ކޮންޓިނިޔު. މީ އުކައިލްގެ ސެލްފިޝަކަމުންނެއް ނޫން.. ލާނާއްތައަކީ އަހަރެންގެ ދެވަނަ މަންމައެއް ކަހަލަ މީހެއް.. އަހަރެން މިކަންތައް ކޮށްދެނީ ހަމައެކަނި އުކައިލްއަށްޓަކާއެއް ނޫން.. މީ އަހަރެން ލާނައްތައަށްވެސް ކޮށްދޭކަމެއް.. ” ދާރިއަން ބުންޏެވެ. އުކައިލް ބޯޖަހައިލުމަށްފަހު މާދަމައިން ފެށިގެން ޓްރެއިނިން ފަށަންވީ ކަމުގައި ބުންޏެވެ.
ފަސް މަސް ފާއިތުވީ އެސްފިޔަ ޖަހާލައިހައި އަވަހަށްށެވެ. ދާރިއަން އެކިއެކި ޓްރެއިނިންތައް ނިންމަމުން ދިޔައިރު އުކައިލް އަދި އޭނާގެ ޓީމް ދިޔައީ ނުހަނު ބޮޑަށް އެހީތެރިވަމުންނެވެ. މިހާރު ދަނީ އެންމެފަހުގެ މަސައްކަތްތައް ނިންމަމުންނެވެ. ދާރިއަން މާރާމާރީގެ ކުށުގައި ހައްޔަރުކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރެވުނެވެ. ނަމަވެސް ހަގީގަތަކީ އެއީ ގޭންގަށް ވަނުމަށްޓަކައި ޖެހި މަޅިއެކެވެ. ދާރިއަންގެ ސިފަތަކަށް މިހާރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ގޭންގްތަކުގައި އުޅޭފަދަ މީހެއް ފަދައިން ސިފަޖެއްސުމަށްޓަކައި އަބަދު ކުރުކޮށް ކޮށާފައި ހުންނަ އިސްތަށިކޮޅުވަނީ މިހާރު ދިގު ކުރެވިފައިއެވެ. އަދި ޗެއިން އާއި ޕެކިން ފަދަ ތަކަތިން އަތާއި ކަރު ފުރާފައިވެއެވެ.
ދާރިއަން އާއި ކިނާން ހުރީ ޓްރެއިންނިން ކޮޓަރި ތެރޭގައެވެ. އެތަނުގައި ތަފާތު ބާވަތުގެ ޓްރެއިނިންއަށް ބޭނުން ކުރާ ވައްތަރުގެ ތަކެތި ހުއްޓެވެ. ކޮޓަރީގެ އެއްފަރާތުގައި ޓްރެޑްމިލް، ޑަމް ބެލްސް ފަދަ ތަކެތި ހުއްޓެވެ. ކޮޓަރީގެ މެދުގައި ޕަންޗިންބޭގްއަކާއި ޓްރެއިނިން ޑަމީއެއް ހުއްޓެވެ. ކޮޓަރީގެ އެއްކައިރިއެއްގައި ކުޑަ ފްރިޖްއެއް ހުއްޓެވެ. ކަނާއަތް ފަޅީގައި ދެ ކުޑަދޮރު ހުއްޓެވެ. އެ ކޮޓަރި ޒީނަތްތެރި ކުރެވިފައިވަނީ މަޑު ކްރީމް ކުލައަކުންނެވެ.
” ދަރިއަން ހީވަނީ ހަމަ އޭގެ މީހެއްހެން މިހާރު.. ” ކިނާން ޓްރެއިނިން ކޮޓަރީގައި ހުރި ދާރިއަން އާއި ދިމާލަށް ބުންޏެވެ. ” ސާރ އަޅުގަނޑުގެ ނިޔު އައިޑެންޓިޓީ ތައްޔާރުވެއްޖެތަ؟ ” ދާރިއަން އަހައިލިއެވެ. ” ދާލިޔާ ގާތު ބުނިން ތައްޔާރުކޮށްލާށޭ.. ” ކިނާން ބުންޏެވެ. ދާރިއަން ފުންނޭވާއެއްލަމުން ތިރި ބަލައިލިއެވެ. ދާލިޔާ އޭނަ މިޝަންގައި ބައިވެރިކަން އެނގުނު ދުވަހުން ފަށައިގެން ވާހަކައެއް ނުދައްކައެވެ. ކިނާން އުކައިލް އާއި ޒާލިކް އައުމުން ނިކުތެވެ. ” ސާރގެ ކޮއްކޮގެ ބޯހަރުކަމުން އަހަރެންހަމަ ހައިރާންވޭ.. މިތަނަށް ނާންނާންވެގެން ބަހަނާ ދައްކާފައި މަށަށް މީތި ސާރއަށް ދޭށޭ ކިޔާފަ އެދިޔައީ.. ” ޒާލިކް ބޯހޫރުވާލަމުން ބުންޏެވެ.
” ތީ މީހަކަށް ނޭނގޭވަރުގެ ކަމެއް ނޫން ޒާލިކް.. ” ދާރިއަން ނިތުގައި އަތުން ޖަހައިލަމުން ބުންޏެވެ. ” މީގެ ފަހުން ތީ ދާރިއަންއެއް ނޫން.. ތީ އަޙްމަދު ދަޔާން.. މި ލިޔުމުގައި މިއޮތީ ދާރިއަންއަށް އެނގެން ޖެހޭ އެއްޗެހި.. އަހަރެން އުންމީދުކުރަން ދާރިޔަން އަހަރެމެން ދިން ޓްރެއިނިންގެ ބޭނުން ރަނގަޅަށް ހިފާނެކަމަށް.. ” އުކައިލް ލިޔުންތަށް ދާރިއަންއަށް ދެމުން ބުންޏެވެ. ދާރިއަން ލިޔުންތައް ބަލަމުން އުކައިލްގެ ވާހަކައަށް ބޯޖަހައިލިއެވެ. ” ޒާލިކް.. ތީ ލިޔާގެ އެންމެގާތް އެކުވެރިޔާ.. އަހަރެން ދިޔުމުން އޭނައަށް ކޮންމެސް މީހަކު އޭނަގެ ގާތުގައި ހުރުމަށް ބޭނުންވާނެ.. ޕްލީޒް ބީ ދެއާރ ފޯ ހާރ.. ” ދާރިއަން ޒާލިކްއަށް ބަލައިލަމުން އާދޭހާއިއެކު ބުންޏެވެ. ޒާލިކް ދާރިއަންގެ އެދުމަށް އާބަސް ދިނުމަށްޓަކައި ބޯޖަހައިލިއެވެ.
” އެންޑް އުކައިލް.. އަހަރެން މި މިޝަންއަށް މިދަނީ އުކައިލްގެ މަންމައަށް އިންސާފު ހޯދާދިނުމަށްޓަކައި.. ދާލިޔާ އެއީ ހަމަ އުކައިލްގެވެސް ރެސްޕޮންސިބިލިޓީއެއް.. ” ދާރިއަން ބުންޏެވެ. ޓްރެއިނިން ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ދާލިޔާ ވަނެވެ. ” އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ބެލެހެއްޓޭނެ.. ” ދާރިއަން ކުރިމަތީގައި ހުއްޓެމުން ދެއަތުން ހަށަން ބަނދެލަމުން ހިތްހަމަ ނުޖެހިފައިހުރެ ދާލިޔާ ބުންޏެވެ. ” ދާލިޔާ އަހަރެމެން އެންމެނަށްވެސް އެނގޭ ދާލިޔާތީ ކޭޕަބަލް ޕޮލިހެއްކަން.. ދާލިޔާ ދޮންބެ ދާލިޔާއާއި މެދު ވިސްނާތީއެއްނުން އެހެން އެ ބުނީ.. ” ޒާލިކް ދާލިޔާއަށް ވިސްނާދޭފަދަ ގޮތަކަށް ބުންޏެވެ. ” އަހަރެންނާއި މެދު ވިސްނާ މީހެއް އެނގި ހުރެ އަމިއްލައަށް މަރުވުން ކަހަލަ ކަންކަމެއް ނުކުރާނެ.. ” ދާލިޔާ ގޮތްދޫނުކުރާ ގޮތަކަށް ބުންޏެވެ.
އެމީހުންގެ ވާހަކަތަށް މަޑުމަޑުން އަޑުއަހަން ހުރި އުކައިލް ވާހަކަ ދެއްކިއެވެ. ” ދާރިއަންއަކީ ކުޑަކުއްޖެއް ނޫން ދާލިޔާ.. އިޓްސް ހިސް ކޯލް ނޮޓް ޔުއާރސް.. ” ދާލިޔާ އައިސްފައި ހުރި ރުޅިއަށް ޕެޓްރޯލް އެޅިފަދައެވެ. ” ދިސް އިޒް އޯލް ޔުއާރް ފޯލްޓް.. އަހަރެންގެ ދޮންބެ އެމީހުންގެ އަތުން މަރުވެއްޖެއްޔާ ޒިންމާ ނަގަން ޖެހޭނީ ހަމަ އުކައިލް.. ” ދަތްކުނޑިވިކާލަމުން ދާލިޔާ ބުންނެވެ. ” ދާލިޔާ ދެޓްސް އިނަފް.. އަހަރެންގެ ކޮއްކޮއާ ވާހަކަ ދައްކާލަން ބޭނުން.. ” ދާރިއަން އަޑު ތަންކޮޅެއް ބާރުކޮށްލަމުން ބުންޏެވެ. އުކައިލްއާއި ޒާލިކް ބޭރަށް ނުކުތެވެ.
ދާރިއަން ދާލިޔާއަށް ކައިރީގައި ހުރި ސޯފާގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. ދާލިޔާ ދެބުމަގޮށްޖަހައިގެން ހުރެ ސޯފާއަށް ވެއްޓިގަތެވެ. ދާރިއަން ހުރީ ދާލިޔާ އުޅޭގޮތުން ބޯގޮވާ ގޮތްވެފައެވެ. ” ލިޔާ މިހާރު ތިއުޅެނީ ކުޑަ ކުއްޖެއް އުޅޭ ގޮތަށްކަން އެނގޭތަ؟ ކުޑަކުދިންވެސް ތިޔަށް ވުރެ ބަސްއަހާނެ.. ” ދާރިއަން ދާލިޔާއަށް ވިސްނާދޭފަދަ ގޮތަކަށް ބުންޏެވެ. އެއާއެކު ދާލިޔާ އަނގައިން ނުރުހުމުގެ އަޑެއް ލައްވާލިއެވެ. ” ދޮންބެ ތިހެން ބުނަން ވަކި ރަނގަޅުތަ؟ ދޮންބެ ހީވަނީ އަމިއްލައަށް މަރުވާނެ ގޮތެއް ނޭނގިގެން އުޅޭހެން.. ދޮންބެ ތިހާ އަމިއްލައަށް މަރުވާން ބޭނުމިއްޔާ އެތާ ބެލްކަނިން ފުންމާލަބަލަ.. މާ ފަސޭހައިން އަވަހަށް މަރުވާނެ އެކަމަކު ތި މީހުންގެ އަތްދަށަށް ދިޔައިއްޔާ… ” ދާލިޔާއަށް އެ ޖުމުލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
” ލިޔާ ޕްލީޒް ތިހާ ނެގެޓިވްކޮށް ނުވިސްނަބަލަ.. ދޮންބެއަށް މިކަން ވެއްޖެއްޔާ ވާނެ ފައިދާ ހާދަ ބޮޑޭ.. އުކައިލް މަންމައަށް އިންސާފު ލިބޭނެ.. މިކަމުގެ އަޑިއަށް ފީނާފިއްޔާ މިކަމުގެ އަޑީގައި ތިބި މީހުންވެސް އެނގިގެން ދާނެ.. ލިޔާވެސް ތީ ޕޮލިހެއް ދޮންބެއަށް ހެލްޕްވުމަށްޓަކައި އުކައިލްއަށް ހެލްޕް ވެދީ.. ” ދާރިއަން އާދޭހުގެ ރާގަކަށް ބުންޏެވެ. ” ފައިން ބަޓް އައި ހޭޓް އުކައިލް.. އަހަރެން މިކަމަށް އެއްބާރުލުން މިދެނީ ދޮންބެއަށް އެހީވާން.. ނޮޓް ޓު ހެލްޕް ދެޓް ކޯލް ހާރޓެޑް ހޭންޑްސަމް އީވިލް ޑެވިލް.. ” ދާލިޔާ ހަށަންބަދެލަމުން ދެބުމަ ގޮށްގަހައިލިއެވެ.
ދާލިޔާގެ ގެ ވާހަކައިން ދާރިއަން ހޭން ފެށިއެވެ. ” އޯހް.. އެހެންތަ؟ އެކަމަކު ދޮންބެ އަދިވެސް ހަދާންވޭ ތިކިޔާ ކޯލްޑް ހާރޓެޑް ހޭންޑްސަމް ޑެވިލްއާ ކްރަޝްކޮށްގެން ރެއާދުވާލު އޭނާގެ ހަނދާނުގައި އުޅުނު މީހެއް މަތިން.. އަދި ހޭންޑްސަމްއޭ ވެސް ބުނެފިއެއްނުން.. ” ދާރިއަން ލާނެތް ރާގަކަށް ބުންޏެވެ. ދާލިޔާގެ ދެކޯތާފަތަށް ޖަންބުކުލަ ވެރިވެގަތެވެ. ނަމަވެސް އެކަން ފޮރުވާލުމުގެ ގޮތުން އޭނަ ކަޅި އަނބުރާލިއެވެ. ދާލިޔާއަށްވީ ގޮތުން ދާރިއަން ހޭންފެށިއެވެ. ދާލިޔާ ދާރިއަން ބޮލުގައި، ކައިރީގައި އޮތް ބާލީހުން ޖެހިއެވެ.
ދެމީހުން ބާލީހުން ތަޅަން ތިއްބައި ޒާލިކް އާއި އުކައިލް ވަނެވެ. އުކައިލް ވަނުމާއިއެކު ދެމީހުންގެ ސަކަރާތް ވަގުތުން ހުއްޓުނެވެ. ދާލިޔާ ކައިރީގައި ހުރި ސޯފާގައި އިށީންނަމުން އުކައިލްއާއި ދިމާލަށް ލޯއަޅައިލިއެވެ. އުކައިލް މޫނުން އެއްވެސް އަސަރެން ނުދައްކައި ދާރިއަންގެ ކުރިމަތީ ހުރި ސޯފައިގައި އިށީނެވެ. ޒާލިކް އައިސް ދާލިޔާ ކައިރީ އިށީނެވެ.
” ދާރިއަން މި މަސައްކަތުގައި އުޅޭއިރު އާއިލާއާ ބައްދަލު ކުރެވޭނީ ވަރަށް މަދުން ސަބަބަކީ އާއިލާއަށް އެކަމުން ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭނީ.. ގޭންގް މީހުން އަބަދުވެސް އެޓޭކް ކުރާނީ ދެންތިބި ބަޔެއްގެ ވީކްނެސްއަށް.. އާއިލާއަކީ އެންމެންގެވެސް ވީކްނެސް.. ދާރިއަން ފެމެލީ ކައިރިއަށް ދަންޏާ ދާރިއަންގެ އައިޑެންޓިޓީވެސް ފަޅާ އަރާފާނެ.. އެމީހުންނަށް ތީ ދަޔާން.. ދަޔާންއަކީ އާއިލާއެއް ނެތި އުޅެ ބޮޑުވެފައި ހުރި މީހެއް.. ދާރިއަންއަށް އިޔާދު މިއަދު ލެންސެއް ގެންނާނެ.. އަހަރެން މިއުޅެނީ ސްޕައި އީކުއިޕްމެންޓް ތައްޔާރުކުރަން.. ދާލިޔާ.. އައި ނީޑް ޔުއާރ ހެލްޕް ސްޕައިޓެކްގެ މަސައްކަތަށް.. ” އުކައިލް ދާރިއަން އާއި ވާހަކަ ދައްކަމުން ދާލިޔާއަށް ބުންޏެވެ. އެއާއިއެކު ދާލިޔާ ކަޅި އަބުރާލުމަށްފަހު ދުރަށް ނަޒަރު ހިންގާލިއެވެ. އޭނަ ހުރީ އެންމެން ކަންތައް ކުރާ ގޮތުން ހިތްހަމަނުޖެހިފައެވެ.
” ލިޔާ ބިހޭވް.. އުކައިލްއަކީ ލިޔާގެ ސްޕައިރިއާރއެއް.. ރެސްޕެކްޓް ހިމް..” ދާރިއަން އިންޒާރުގެ ރާގަކަށް ދާލިޔާއަށް ބުންޏެވެ. ” ފައިން ވަޓްއެވާ އައިލް ރެސްޕެކްޓް ދި ޑެވިލް.. ” ދާލިޔާ ވިސްނާނުލައި ބުންޏެވެ. ޒާލިކްއަށް ހެވެން ފެށިއެވެ. އުކައިލް ބަލައިލުމާއިއެކު އޭނަގެ ހުނުން ކޮންޓްރޯލް ކުރުމަށްޓަކައި އަނގަމަތީ އަތް އަޅައި ކެއްސަން ފެށިއެވެ. އުކައިލް ހުރީ ދާލިޔާ އޭނާއަށް ހަދާފައިވާ ‘ނިކްނޭމް’ ގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ދާރިއަން ދާލިޔާއަށް ކުޑަކޮށް ލޯއަޅާލުމުން ދާލިޔާ ހިމަ އަޑަކުން “ސޮރީ”އޭ ބުންޏެވެ. ” ސޯ ނެކްސްޓް ވީކްއިން ފަށައިގެން އަހަރެން މީ ދަޔާން.. ” ދާރިއަން މައުލޫ ބަދަލުކުރުމުގެ ގޮތުން ބުންޏެވެ. އުކައިލް ދާރިއަން އާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ” ދިޔުމުގެ ކުރިން ދާރިއަން ފެމިލީއާއެކު ވަގުތު ހޭދަކުރަން ދިޔަޔަސް އަހަރެންގެ މައްސަލައެއްނެތް..” އުކައިލް ދާރިއަށް ބަލައިލަމުން ބުންޏެވެ.
ދާރިއަން ބޯޖަހައިލުމަށްފަހު ހިނގައިގަތެވެ. ދާލިޔާ ދާރިއަންއާއިއެކު ދާން އުޅުމުން އުކައިލް ގޮވައިލިއެވެ. އުކައިލްއާއި ފުރަގަސްދީގެން ހުރި ދާލިޔާ މޫނު ކުނިކޮށްލިއެވެ. ” ވާޓް؟ ” ފޫހި ރާގަކަށް ދަމާލަމުން ދާލިޔާ އަހައިލިއެވެ. އޭނަ ހުރީ އެއްގޮތަކަށްވެސް އުކައިލްއާއި ވާހަކަ ދައްކާ މޫޑެއްގައެއްނޫނެވެ. ” ސްޕައިޓެކް އަދި ބަޓަން ކެމެރާތައް ސެޓް ކުރަން ދާލިޔާ ބޭނުންވާ ވާހަކަ ބުނީމެއްނުން.. ” އުކައިލް ދާލިޔާއަށް ބަލައިލަމުން ބުންޏެވެ. ” އާރްރްގްގްގް.. މި ޑެވިލްގަނޑަށް މަގޭ ބޭނުން ޖެހޭނީ ކޮންމެވެސް ޓެކް ކަމެއް ޖެހުނީމަ އަބަދުވެސް.. ” ދާލިޔާ އަމިއްލަ ނަފްސަށް ބުންޏެވެ. ” ކީކޭ؟ ” އުކައިލް ދާލިޔާއަށް ބަލައިލަމުން އަހައިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Maashaa allah mi part vx varah varah reethi…
Dhaarian ah dhera gotheii nahadhahcheyy….
And ukail and dhaaliyaa gulhuvahcheyy….
Whn next??
Can’t wait for next ❤️😊
Thankyou so much Nawar.. Vrh happy vejje nawar ah mi part reethi v ma💜💜
Lets see dhw dhaarian ah vaagoi..
lets see ukail and dhaaliya gulheythw..
next part insha allah tuesdayga💜💜
Lyssm darling💜🦋
Hey butterfly
Long time no see 🙈 hehe kihinei haallu unmeedh kuran ingey haalu rangalhu vaane kamah.
Aa vaahaka eh feshy dho varah reethi Masha Allah.and badhalu vaahaka vx kiyaalin I am so buxy ehen ve comm nukohlevigen mi ulheni Friday and Saturday ah vx Gina faharah onnany works dheefa dhen work nudhinas you know past papers ehchihi hadhan vaane ehnun dho ehen ve hama buxy ee.comment nukohleveny ehenve ingey.ok dhen let’s go to the point 👉
Dhaaliya aslu rulhi aissa eh noon e hunnany.dhonbe ah ehen vaan neydhey thee eii.unmeedhu kuran varah reethi vaane kamah mi vaahaka.cause mi kahala kan kamuge thereyga ulhey iru varah Gina gon gehun thakakaa dhaarian kuri mathi laan jeheyne dho ehenve varah mysterious koh dho ulhen vx jeheyni I love to read mysterious stories ehen ve dhen mi vaahaka varah kiyaa hithun kiyey nee 😜
Kon irakun next part??hama inthizaaru ga
Love you butterfly 🦋❤️
Heyy Rifoo
Yeah long time no see dhw.. I’m fine alhamdhullilah.. I hope your fine too😊
Yes, aa vaahaka eh fashaafa miothy.. Ehenthaa, vrh happy vejje comment nukurevunas kiyaakan enguneema😊 Oh darling I understand emme fahu grades thakuga ulhenya vaguthu nuvaane hama ehgothakahvx.. Butterfly vx ulhunugoi thii.. Study well dear..
Agreed dhaaliya thankolheh overprotective e eyna dhombe aa, dhombe ah dhera eh vaan neydheythey rifoo bunihen.. I also hope mi story vx reethi story akah vaane kamah readers ah.. yeshh vrh baivaru gonjehun thaka face kuraane.. Hehe I’m happy you like mysterious stories cause mi eyge story eh kamah vaane iradhakurehviyya😅..
Next part maadhama insha allah.. mihaaru submit kohlaafin..
Love you more darlingg💜🦋
Oh!
Hi butterfly!!!!!
This story is amazing
Actually ukail and dhaaliya are !are for each other so let them be as a couple!!!!!hehehhehehehehhe!!!!!
When nexg
Hey Your fav bab
Thankyou vrh happy vejje darling ah story reethikan enguneema😊
Lets see ukawil and dhaaliyaa gulhey thw dhw😅
Next part insha allah tuesdayga💜🦋
And yaa!!!!
Hama heehee halaaku vejje!!!?
Ukail and dhaalia devil ey kiyaafa vaahaka dhehkeema!!!
That’s why I said let them be together for I know hatred is turned to love hehhehehehehehehehehehhe!!!!!
Yeahh Dhaaliaa vrh majaa dhw.. that girl is always looking for trouble haha..
lets see hatered love ah turn vey thw..
Lyssm darling
varah salhi.
Thankyou MiMi💜🦋