އާރާގެ ކަރުގައި އޮތް ފަށުފުލުގެ ފުޅީގެ މަތި ނެގުމަށްފަހު ވަސްބަލައިލިއެވެ. އެ ފުޅީގައި ހުރި ނޫކުލައިގެ ރެނދަން ފާޑުގެ ކުޑިތައް އޭނަގެ ހަށިގަނޑަށް ވަނުމުން އާރާގެ ދެލޮލުގެ ކަޅި ކަނޑު ނޫކުލަޔަކަށް ބަދަލުވެގެން ދިޔައެވެ. އާރާގެ އިސްތަށިގަނޑަށް މަޑު ޗޮކްލެޓް ކުލައެއް އަރައިގެން ދިޔައިރު، ލައިގެން ހުރި ހެދުން ހުދު ކުލަޔާއި މަޑު ނޫ ކުލައިގެ ތަންތަންކޮޅުން ވިދާ ފަދައިން ބަދަލުވެގެން ދިޔައެވެ. އަދި އާރާގެ ބޮލުގައިވެސް ހުދާއި ނުލުގެ ތާޖެއް އެޅިގެން ދިޔައެވެ. ***ޕާޓް 3*** […]
އަހަރެމެންނަށް މައުލޫމާތު ލިބިއްޖެ ޕޮލިހަކަށް ހަމަލާއެއް ދޭން މަސައްކަތް ކުރާ ކަމަށް.. ވަރަށް ބޮޑަށް އެމީހުން ވަނީ އެކަމަށް ރާވާފަ.. މައުލޫމާތު ލިބޭގޮތުންނަމަ މިރޭގެ ވަގުތަކު އެކަމެއް ކުރަން ތައްޔާރުވަނީ.. އަހަރެމެންނަށް މިކަން ނުހުއްޓިއްޖެނަމަ އެމީހަގެ ފުރާނައަށް ނުރައްކާ ވާނެ..” އެއް ނޭވާއިން ހާސްވެފައި ހުރެ ޒިޔަލް މާވިން ކުރި ސުވާލަށް ޖަވާބުދިނެވެ. ***ޕާޓް 21*** ޒިޔަލްގެ ވާހަކައިން މާވިންގެ ދެލޯ ބޮޑުވިއެވެ. ” އަހަރެމެންގެ ގޭންގުންތަ؟ ” މާވިން ހާސްވެފައިހުރެ އަހައިލިއެވެ. ” ނޫން ޝެޑޯ […]
އެއް އަހަރު ފަސް ޓެސްޓްތައް ނިމި ބޮޑުބަންދު އައިސްގެން އުޅޭ ދުވަސްވަރެވެ. ފަތިހުގެ ފިނި ވަގުތަށް ނިމުން އައިސް އިރުގެ ރަންއަލިން ދުނިޔެ އަލިކުރަމުން ދިޔައެވެ. ފިނިފެންމާގެއިން އިވެމުން ދިޔައީ ކުރީ އަހަރެކޭ އެއްފަދައިން ކުޑަކުދިންގެ ސަކަރާތުގެ އަޑާއި ބޮޑެތި މީހުން ދަތުރަށް ދާން ތައްޔާރުވަމުން އަންނަ އަޑެވެ. އެއީ ކޮންމެ އަހަރެއްގެވެސް އާދައެވެ. ކޮންމެ ބޮޑުބަންދެއްގަވެސް މި އާއިލާ، އާއިލީ ގުޅުން ވަރުގަދަކޮށް ވަގުތު ހޭދަކުރުމަށްޓަކައި އަސްދޫއަށް ދެއެވެ. އެހެންކަމުން މި ބޮޑުބަންދުގައިވެސް އެމީހުން ދިޔައީ […]
” ތީކާކު؟ ” ކަމާލްއާއި ދިމާލަށް އިނގިލި ދިއްކުރަމުން ލަމްއާން އަހައިލިއެވެ. ” އަހަރެން މީ ޑޮކްޓަރެއް.. އަހަރެންގެ ނަމަކީ ކަމާލް.. ” ކަމާލް ލަމްއާންގެ ސުވާލަށް ޖަވާބުދިނެވެ. ” މީ ކޮންތަނެއް؟ ކޮބާ އަހަރެން މަރާލަން އުޅުނު ދެ މީހުން؟ ތީ ވެސް ގޭންގު މީހެއްދޯ.. ” ލަމްއާން ހާސްވެ ހުރެ އެކިއެކި ސުވާލިތަށް ކުރަން ފެށިއެވެ. ***ޕާޓް 20*** ކަމާލް ލަމްއާންއަށް ބަލައިލަމުން މަޑުމަޑުން އިށީނުމަށް އިޝާރާތް ކުރިއެވެ. ލަމްއާން އިރުކޮޅަކަށް ކޮޅަށް ހުރުމަށްފަހު […]
ކުއްލިއަކަށް މާވިންއާއި ދާރިއަން ސިއްސައިގެން ދިޔައީ ލަމްއާނު ސިއްސައިގެން ކޮޅަށް ޖެހުމުންނެވެ. އޭނަ ހުރީ ބޮލުގަ އަތް އަޅާގެންނެވެ. ” ކަލޭމެން މަށާ ދުރުގަ ހުރޭ.. ” ހަށިގަނޑުގައި ހަކަތަނެތް ނަމަވެސް ލަމްއާން ހަޅޭއްލަވައިގަތެވެ. ***ޕާޓް 19*** ރާޅެއް އައިސް ލާންޗުގައި ޖެހުމުން ކުއްލިއަކަށް ލާންޗު އަރިއަޅައިލިއެވެ. ހަމައެވަގުތު ލަމްއާންގެ ހަކަތައެއް ނެތް ހަށިގަނޑުވެސް އަރިއަޅައިލިއެވެ. ދާރިއަން އަވަސް އަވަހަށް ލަމްއާނުގެ އަތުގައި ހިފާ އޭނަ ތެދުކުރިއެވެ. ލަމްއާނު އޭނަ އަތް ދަމައިގަންނަމުން ދާރިއަންގެ ކޮނޑުގައި އަޅާ […]
މިއަދު އަހަރެމެން ދަޔާން މިތަނަށް މިގެނައީ ދަޔާންގެ އެންމެ ފަހު ޓެސްޓު ފުރިހަމަ ކުރަން.. ” ޝިމާއު ބުންޏެވެ. އޭނަގެ އަތުގެ އިޝާރާތަށް ތިހާމް އާއި ވަދީހު ކަނުބަދެފައިވާ ފިރެހެނެއް ގެނެސް ކުޑަކަކޫ މައްޗަށްވާ ގޮތަށް ބޭންދިއެވެ. ***ޕާޓް 18*** ދާރިއަންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އެ ފިރެހެން މީހާއަށްކޮށްފައި ހުރި ވަރުން އޭނާގެ ހިތުގައި ވަނީ ހަމްދަރުދީ އުފެދިފައެވެ. އެމީހަ ކަނުބަދެފައިވާއިރު އޭނަގެ އަނގަޔަށް ވަނީ ފޮތިގަނޑެއް ކޮށްޕާލައިފައެވެ. އޭނަގެ އަނގައިގެ އެއްފަރާތުގައި ލޭތައް […]
ނޯޓް : މިއީ އަޅުގަނޑުގެ ފުރަތަމަ ފިކްޝަނަަލް ވާހަކަ ކަމަށްވުމުން ކޮންމެވެސް ވަރަކަށް ކުށް ހުރެދާނެއެވެ. ފިކްޝަނަލް ވާހަކައެއްކަމުން މި ވާހަކަގައި އާދަޔާ ހިލާފު އެތައް ކަމެއް ހިމެނޭނެއެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ޖައްވުގައި ހިފައިލާފައިވާ ތެތް ފިނިކަމުން ހީކަރުވާހައެވެ. ކޮވެއްޔާއި އެހެނިހެން ދޫނި ސޫފާސޫފީގެ އަޑުން މުޅި މާހައުލުވަނީ އެއްއަޑުކޮށްލާފައެވެ. ފިނިފެންމާ ގެއިން އިވިގެން ދަނީ ކުޑަކުދިންނާއި ބޮޑެތި މީހުން ހޭލައިގެން އުޅޭއަޑެވެ. ފިރެހެނުންނާއި ފިރެހެންކުދިން މިސްކިތަށް ނަމާދަށް ފޮނުވައިލާ އަންހެންވެރިން ގޭގައި ނަމާދު ކުރިއެވެ. […]
” އާނ އަހަރެން ގާތު މަރާލަން ބުނި މީހަކީ ގޭންގަށް ބިޓްރޭ ކުރި މީހެއް.. އޭނަ ބޭނުންވީ އަންހެންކުއްޖަކަށްޓަކައި އައު ފެށުމެއް ފަށަން.. އެހެންވެ ގޭންގު މީހުން މަށަށް އެމީހަ މަރައިލާން ޖެއްސީ.. ” މާވިން ބުންޏެވެ. ” ދެން ކަލޭ ކީއްކުރީ؟ އެމީހުން ދެކޭ ގޮތުގަ އޭނަ މަރައިލީމޭ ތިބުނަނީ ކީއްވެ؟ ” މާވިންގެ ވާހަކަ ޝައުގުވެރިކަމާއިއެކު އަޑުއަހަންހުރެ ދާރިއަން ކުރިން ކުރި ސުވާލު އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. ***ޕާޓް 17*** ” އެމް.ވީ.އެސް.އޭ އިން އަހަރެންނަށް […]
ދާރިއަންގެ މޫނު މިޔާއަށް ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ޕެޕާރ ސްޕްރޭފުޅި، ލައިގެންހުރި ހަރުވާޅުގެ ޖީބަށްލަމުން ދާރިއަންއާއި ކައިރިވެލިއެވެ. ” ސޮރީ ސޮރީ އަހަރެން ހީކުރީ ވަދީހު އައީ ކަމަށް.. އާރ ޔޫ އޯކޭ؟ ވަރަށް ތަދުވޭތަ؟ އަހަރެން ކީއްކޮށްދޭންވީ؟ ” މިޔާ ހާސްވެފައި ހުރެ އަހައިލިއެވެ. ” ފެ..ން.. ފެން ” މައިނޭވާލަމުން ދިޔަ ދާރިއަންގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. މިޔާ އަވަސް އަވަހަށް ކުޑަ ޖަގަކަށް ފެން އަޅައިގެން އައިސް ފޮތިގަނޑަކަށް ފެންއަޅައި […]