އިންސާފު ލިބޭނެބާ – 10
ވަދީހު ދާރިއަންގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަކަށްލިއެވެ. ވަދީހު ދިޔަކަން ޔަގީންވުމުން ދާރިއަން ކޮޓަރި ތެރެއަށް ރަނގަޅަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އަމިއްލަ ނަފްސު ދިފާއު ކުރާ ފަދައިން ހެދުން އަޅުވައި ދެ ކޮޑު ހިފައިގެން ހުރި އަންހެންކުއްޖާއަށްށެވެ.
***ޕާޓް 10***
އެ ކުއްޖާ ފެނި ދާރިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިކިހިކިކޮށް ހުރި އިރު މުޅި ހަށިގަނޑުވަނީ ޒަހަމްއިން ފުރިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލައިގެން ހުރި ހޫޑީގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅައިލައިފައިވުމުން އެކުއްޖާގެ ހަށިގަނޑުގެ ހިކިކަމާއި ޒަހަމްތައް ފެނިގެންދެއެވެ. އިސްތަށިގަނޑު ދިގުކަމުން އެކުއްޖާގެ ކަކުލާއި ހަމައަށް އަރައެވެ. ދިގު އިސްތަށިގަނޑު ވަނީ ގަތައިލާފައެވެ. ކޮށާފައިވާ ‘ ބޭންގްސް’ އިން ދެލޯވަނީ ފޮރުވިފައެވެ. ދެއަތުން ދެ ކޮޑު ހިފައިގެން ހުރިއިރު އެކުއްޖާގެ ހަށިގަނޑު ދިޔައީ މަޑު މަޑުން ތުރުތުރު އަޅަމުންނެވެ. އެކުއްޖާގެ އެއްފައިގައި ވަނީ ހިލިހިލާ ޖަހާފައެވެ.
އެކުއްޖާ ހުރި ހާލު ފެނި އިތުރަށް ބިރު ނުގެނުވުމުގެ ގޮތުން ދާރިއަން އޭނާގެ އަތް މައްޗަށް ހިލައިލީ އަމާން ދޭފަދައިންނެވެ. ނަމަވެސް އެކުއްޖާ ހުރި ގޮތަށް ގުޑިނުލައި ހުއްޓެވެ. ” ތީ ކާކު.. އަހަރެންނާއި ކައިރި ނުވާތި.. ” ބިރުން ހުރެ އެކުއްޖާ ބުންޏެވެ. އެކުއްޖާގެ އަޑުގައި ހުރި މަޑު ތުރުތުރު އަޑުއިވި ދާރިއަންގެ ހިތުގައި ކުޑަކޮށް ރިއްސައިލިއެވެ. ” އަހަރެން މިއީ ދަޔާން.. އަހަރެން ތި ކުއްޖާއަށް ކަމެއް ކުރާކަށް ނޫޅެން.. ކޮން ނަމެއް ކިޔަނީ؟ ” ދާރިއަން އޭނާގެ ފޭކް ނަން ބުނަމުން ޝައްކެއްގެ މަތީ ހުރެ ސުވާލު ކޮށްލިއެވެ.
” ކީއްކުރަން އަހަރެންގެ ނަން ހޯދަނީ؟ އަހަރެންގެ ގާތަށް މި ކޮޓަރިއަށް މީހުން ވައްދާނީ އެންމެ ބޭނުމަކު.. އެއީ އަހަރެންގެ ހަށިގަނޑުގެ ބޭނުމުގަ.. ކަލޭވެސް ތިއައީ އެބޭނުމުގަ.. ” ދަތްކުނޑި ވިކައިލަމުން އެހެން ބުނުމަށްފަހު އެކުއްޖާ ދާރިއަންގެ ގާތަށް ޖެހިގަތެވެ. އަދި ހިފައިގެން ހުރި ކޮޑު ހޫރަން ފެށިއެވެ. ” ކޮންހެނެއް އުޅޭ ރެފަންޒިލްއެއްތަ މީ އަޅެފަހެ.. އަހަރެން ނޫޅެމޭ ކަމެއް ކުރާކަށެއް ބުނެފީމެއްނުން.. މިހާރު ރެޕަންޒިލް ތި އުޅެނީ މަށަށް އަނިޔާ ކުރަން.. ނަސީބެއްނުން ތަވާ ނެތްކަން. ” ސަމާސާގެ ރާގަކަށް އެކުއްޖާގެ ހަމަލާތަކުން ރެކެމުން ދާރިއަން ބުންޏެވެ. އެއާއިއެކު އެކުއްޖާ އައިސްފައި ހުރި ރުޅިއަށް ޕެޓްރޯލް އެޅިފަދައެވެ. ދާރިއަންގެ ކަންފަތުގައި އެއް އަތުން ހިފުމަށްފަހު އަނެއް އަތުގައި އޮތް ކޮޑުން ދާރިއަންގެ ފޫކޮޅުގައި ތަޅަން ފެށިއެވެ.
” މާތްކަލާކޯ ކިހިނެތް އުޅޭ ރެޕްނަޒިލްއެއްތަ މީ އަޅެ ފަހެ.. އައްދޮ.. އާހް.. މަށެއް ނޫޅެމޭ ކަމެއް ކުރާކަށް.. ތަވައަށް ވުރެ ކޮޑު މާ ނުރައްކާ މި ރެޕަންޒިލްގެ އަތުގައި ބާއްވަން.. އަތްދިއްޔޯ.. ” ދާރިއަން އުޅުނީ އެކުއްޖާގެ އަތްދޮށުން ސަލާމަތް ވެވޭތޯއެވެ. ” އަހަރެންނަށް ކިޔާ ނަމެއް އޮވެޔޭ.. އެއީ މިޔާ.. އަޑު އިވިއްޖެތަ؟ މި. ޔާ ” މިޔާ ދާރިއަންގެ ކަންފަތް ދޮށުގައި ބާރަށް ބުންޏެވެ. ” މަށަށް ހެވޭ. މަ ކިޔާނީ ރެ.ޕަ.ން.ޒި.ލް.. އެނގިއްޖެތަ ރެޕަން- މަޑުކޮށްބަލަ މިޔާ އޭ؟ އައިޝަތު މިޔާ އިމްރާން.. މާވިންގެ ކޮއްކޮ؟؟ ” ދާރިއަން ހައިރާން ކަމާއިއެކު ބުންޏެވެ.
އެއާއެކު މިޔާގެ ހަރާކާތަށް މަޑު ޖެހުމެއް އައެވެ. ދާރިއަން މަޑުމަޑުން ދޫކޮށްލިއެވެ. ” ކިހިނެތް އަހަރެން އެނގުނީ؟ ކިހިނެތް އަހަރެންގެ ދޮންބެ އެނގުނީ؟؟ ” ހައިރާންވެ ހުރެ މިޔާ އަހައިލިއެވެ. ” ކިހިނެތް މިޔާ މިތާގަ؟ ހައު؟ މިޔާ މިމީހުންނަށްތަ ވޯކް ކުރަނީ؟ މާވިން ވެސް މި މީހުނަށް ވޯކް ކުރަނީ އެކަމަކު އޭނައަކަށް ނޭނގެ މިޔާ މިތާކަމެއް.. ހައު އިޒް ދިސް ޕޮސިބަލް؟؟ ” ދާރިއަން އޭނާގެ ބޮލުގައިވާ ސުވާލު ފޮށި ހުޅުވައިލިއެވެ. ދާރިއަންގެ ވާހަކަތައް އަހަން ހުރި މިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އަަހަރެން މިތާއެއްނޫން ވޯކް ކުރަނީ އެމީހުން އަހަރެން މި ކޮޓަރިގަނޑުގައި ބަންދުކޮށް ބަހައްޓާފައި ހުންނަތާ ތިން އަހަރު ވަނީ މި.. ވަދީހު ބުނީ ދޮންބެ އަހަރެން މިތަނުން ނެރެން މަސައްކަތް ކުރަނީ މި ގޭންގްގައޭ.. އެމީހުންނަށް ދޮންބެގެ ބޭނުން ކެނޑުނީމަ އަހަރެން މިތަނުން ނެރޭނަމޭ.. ” މިޔާ މަޑުމަޑުން ބުންޏެވެ. އޭރު އޭނާގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ.
ދާރިއަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނަ ހުރީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. މިޔާގެ ދެލޯ ފުރެމުންދިޔަ ކަރުނަތައްފެނި އޭނާގެ ހިތަށް ތަދުވެލިއެވެ. ” ޝޫޝް.. ނުރޮއެ އަހަރެންނަށް ވީގޮތް ކިޔައި ދީބަލަ.. މީގެ ތިން އަހަރު ކުރިން މިޔާ ގެއްލުނު ރޭ ވީގޮތް… އަހަރެން މިޔާއަށް އެހިވާން ބޭނުން.. ” ދާރިއަން މިޔާ މަސަލަސް ކުރަން މަސައްކަތް ކުރަމުން ބުންޏެވެ. ” އަހަރެން ކީއްވެ ކަލެޔަށް އިތުބާރު ކުރަންވީ؟ ތީވެސް އޭގެ މީހެއް.. އަހަރެންނަށް ކޮން ޔަގީން ކަމެއް އޮތީ ތި މީހަ އަހަރެން ދައްކާ ވާހަކަ އެމީހުން ކައިރީ ނުބުނާނެ ކަމެއް؟ ” ރުޅިވެރިކަމާއިއެކު މިޔާ ބުންޏެވެ. އޭނަ ގޮސް އެނދުގެ ފަނޑީގައި އިށީނދުނެވެ.
” ދޮގެއް ނޫން.. އެކަމަކު ރެޕަންޒިލައަށް ކިހިނެތް އެނގެނީ އަހަރެން ރެޕަންޒިލްގެ ވާހަކަތައް ސިއްރުނުކުރާނެކަމެއް؟ ނޫނީ އަހަރެން މިއައީ ރެޕަންޒިލްއަށް އެހީވެދޭން ނޫންކަމެއް؟ ރިމެމްބަރ ފްލިން ރައިޑާރވެސް އަންނަނީ ވަގެއްގެ ގޮތުގައެއްނުން… އެކަމަކު އޭނަ ރެޕަންޒިލް، ރެޕަންޒިލްގެ އީވިލް ފޭކް މަމް ކައިރިން ރެސްކިޔު ކުރޭނުން.. ” ދާރިއަން ކުޑަކުއްޖަކާއި ވާހަކަ ދައްކާ ގޮތަށް މިޔާއާ ވާހަކަ ދައްކަން ފެށިއެވެ. އަދި ހިނގާލައިފައި ގޮސް އެނދާއި އެހައި ދުރުނޫން ހިސާބުގައި ބަހައްޓާފައިވާ ސޯފާގައި އިށީނދެލިއެވެ.
” އަހަރެންމީ ކުޑަކުއްޖެއް ނޫން.. ” މިޔާ ކަޅި އަނބުރައިލަމުން ބުންޏެވެ. މިޔާގެ ހަރަކާތްތައް ވައްތަރީ ކުޑަކުދިންގެ ހުންނަ ގޮތްގަނޑާއެވެ. ” އުޅޭ ގޮތުން ހީވަނީ ކުޑަކުއްޖެއްހެން.. ” ދާރިއަން ބުންޏެވެ. މިޔާ ތުން އަބުރާލަމުން ދާރިއަންއާއި ދިމާއަށް ލޯ އަޅައިލިއެވެ. ދާރިއަންގެ އަނގައިން ކުޑަކުޑަ ހުނުމެއް ބޭރުވިއެވެ. ނަމަވެސް އޭނަ އަވަސް އަވަހަށް އެ ހުނުން ފޮރުވައިލަމުން ކަރުކެހިލިއެވެ. ” ރެޕަންޒިލް އަހަރެންނަށް ޓްރަސްޓް ނުކުރަންޏާ އަހަރެން ބުނެފާނަން އަހަރެން މީ އަސްލު ކާކުކަން.. އެކަމް އެއީ ރެޕަންޒިލް އަހަރެންނަށް އަހަރެން ދައްކާ ވާހަކަ އެކަކަށްވެސް ކިޔައި ނުދޭނެ ކަމަށް ޕްރޮމިސް ކުރީމަ.. ” ދާރިންއަން ބުންޏެވެ.
މިޔާ މަޑުމަޑުން ހުރެ ދާރިއަންގެ ވާހަކައަށް ދެ ފިކުރެއްގައި ހުރެ ބޯޖަހައިލިއެވެ. ދާރިއަން ފުންނޭވާއެއް ދޫކޮށްލާ އޭނަ ބުންނަން އުޅޭ ވާހަކައަށް ތައްޔާރުވިއެވެ. ” އަސްލު އަހަރެންގެ ނަމަކީ އަހްމަދު ދާރިއަން.. އަހަރެން މީ ފުލުހެއް އަންޑަރ ކަވާއެއް ގޮތަށް މިޝަންއަކަށް އައިސްގެން އުޅޭމީހެއް.. ” ދާރިއަން ބުންޏެވެ. އެއާއިއެކު މިޔާގެ ދެލޯ ބޮޑުވިއެވެ. ” ލަޔާރ.. ދެންމެ ބުނީ އަމިއްލަ މީހައަށް ކިޔަނީ ދަޔާންއެކޭ.. ” މިޔާ ދާރިއަންއާއި ދިމާލަށް ލޯ އަޅައިލަމުން ބުންޏެވެ. ” ދޫންޏާ އަހަރެން ބުނެފިން މިތާ އަހަރެން މީ އަންޑަރކަވާ އެކޭ.. އަންޑަރކަވާސް ބޭނުން ކުރޭތަ އެމީހުންގެ އަސްލު ނަން މިޝަންތަކުގަ.. ” ހިނިއައިސްފަ ދާރިއަން އަހައިލިއެވެ.
” ވަދީހު އަހަރެން ކައިރީ ތަންކޮޅެއް ކުރިން ބުނި ދަޔާންއެއްގެ މައުލޫމާތު ހޯދައިދޭށޭ.. އެހެންވީމަ އަހަރެންނަށް އެނގޭ ތިއީ ގޭންގަށް އަލަށް ވައްދައިގެން އުޅޭ މީހެއްކަން.. ގިނައިން ވަދީހު އަހަރެންގެ ގާތުގަ މައުލޫމާތު ހޯދަން ބުނާނީ ގޭންގަށް އަލަށް ވަންނަ މީހުންގެ ނޫނީ އެމީހުންގެ ޓާރގެޓުންގެ.. ކަލޭ އަހަރެންގެ ކައިރިއަށް ވެއްދީ އަލަށް އައި މީހެއްވީމަ.. ” މިޔާ ވިސްނާލަމުން ބުންޏެވެ. ” ޔެއަހ އަހަރެމެން ޑޭޓަރ ބޭސްއަށް ދަޔާންއެއްގެ މައުލޫމާތުލީ.. ގަބޫލު ނުކުރަންޏާ މިއޮތީ ހެކި..” ދާރިއަން ފޯނުން އޭނާގެ ފުލުސް އައިޑީ ދައްކައިލިއެވެ. މިޔާ އެއަށް ރަނގަޅަށް ބެލައިލުމުން އެއީ އަސްލެއްކަން މިޔާއަށްވެސް އެނގުނެވެ.
” އަހަރެން ބޭނުން މިތަނުން ނިކުންނަން.. ” މިޔާ މަޑުމަޑުން އާދޭހުގެ ރާގަކަށް ބުންޏެވެ. އޭނާގެ އަޑު ވަނީ ހިތާމަޔާއި ވޭނުން ފުރިފައެވެ. ދާރިއަންއަށް މިޔާގެ އަޑުގައިވި އަސަރުތަކުން ހިތުގައި ރިއްސައިލިއެވެ. ” އަހަރެން ވައުދުވަން އަހަރެން މިޔާ މިތަނުން ސަލާމަތް ކުރާނަން.. އެކަމަކު އަހަރެންނަށް އެކަންވާނީ މިޔާ އަހަރެންނަށް މިޔާއަށް އެރޭ ކަންތައްވީ ގޮތް ކިޔައި ދިނީމަ.. ” މިޔާއަށް ވިސްނައިދޭ ރާގަކަށް ދާރިއަން ބުންޏެވެ. މިޔާ މަޑުމަޑުން ހިންދިރުވައިލިއެވެ. އޭނަ ކިޔައިދޭން އުޅޭ ވާހަކަތަކަކީ އުމުރުން ފަނަރަ އަހަރުއްސުރެ މިއަދާ ހަމައަށް ޖެހެންދެން އޭނާގެ ހިތުގެ އެންމެ އަޑީގައި ފޮރުވައިގެން އުޅޭ ވާހަކަތަކެކެވެ.
” އެއީ ވަރަށް ބަނަކޮށް އޮތް ރެޔެއް.. އަހަރެން ކްލާސް ނިމުނީމަ ހުރީ ބައްޕަ އަންނަންދެން މަޑުކޮށްގެން.. ބައްޕަ ސައިކަލުގައި އައީމަ ދިޔައީ ބައްޕަ އާއިއެކު.. އެކަމަކު ބައްޕަ ކަމެއް ޖެހިއްޖެޔޭ ކިޔާފަ އަހަރެން ގޮވައިގެން ދިޔައީ ހުޅުމާލެގައި އަލަށް ހަދަން ފަށައިފައިވާ އިމާރާތްތަކާއި ދިމާލަށް.. އެތާ ތިބި ދެމީހުން، ވަދީހު އާއި ކޮންމެސް އެހެންމީހެއް.. ބައްޕަ ސައިކަލުން ފައިބަން ބުނީމަ އަހަރެން ފޭބީ.. އެމީހުން ކައިރިއަށް ގޮސް ބައްޕަ ކޮންމެވެސް ވާހަކަތަކެއް ދެއްކި ދެން ފެނުނީ ބޮޑު ދެ ސޫޓްކޭސް ބައްޕައަށް އެމީހުން ދިންތަން.. އަހަރެންނަކަށް އޭރު ނޭނގެވަމުން ދިޔަގޮތެއް.. ބައްޕަ އަހަރެންގެ އަތުގައި ހިފައިގެންގޮސް އެމީހުންނަށް ދިނީ.. ބައްޕަ.. އަހަރެން.. ވިއް..ކާލީ.. އަހަރެންގެ އަތުގައި ވަދީހު ހިފަހައްޓާފައި ފާޑެއްގެ އިންޖެކްޝަންއެއް ހަރައިލީ.. ދެން އަހަރެންނަކަށް ނޭނގެ ވީ ގޮތެއް.. އަހަރެން ހޭލި އިރު ހުރީ މިތާނގަ ހިލިހިލާ ޖަހައިފަ.. ދެން ކޮންމެ ހަފްތާއަކު އެއްފަހަރު މިތަނަށް މީހަކު ވައްދައި.. އަހަރެންގެ ހަށިގަނޑުގެ ބޭނުމުގަ.. އެކަމަކު އަހަރެން އެމީހުންގެ ބޭނުން ހާސިލް ކުރަން ދީފައެއް ނޯންނާނެ.. އަހަރެން ގަދަހަދައިގެން އެމީހުން ފޫހިވެގެންދާ ކޮންމެ ފަހަރަކު އަހަރެންގެ ހަށިގަނޑުގެ އެތަން މިތާ ވަދީހު ބެލްޓުން ތަޅާ.. ” މިޔާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ދިޔައީ ކަރުނަތައް ފައިބަމުންނެވެ.
ދާރިއަން އިނީ އޭނާގެ ދެއަތް މުއްކަވައިގެންނެވެ. އޭރު އޭނާގެ ހަށިގަނޑު ދިޔައީ އައިސްފައި ހުރި ރުޅިން ތުރުތުރު އަޅަމުންނެވެ. މި މައުސޫމު ކުއްޖާ ނުލަފާ ޖަނަވާރުންތަކަކަށް ވިއްކައިލިއިރު އޭނާގެ ބައްޕަގެ ހިތައް ކުޑިފުކެކޭވެސް ނާރަނީ ހެއްޔެވެ؟ އޭރު އެއީ ފަނަރަ އަހަރުގެ ކުއްޖެކެވެ. މިޔާ ކިހާ އިތުބާރެއް އޭނާގެ ބައްޕައަށް ކުރާނެހެއްޔެވެ؟ ނަމަވެސް ހިމާޔަތް ދޭންޖެހޭ އަތްދަށުން އެކުއްޖާގެ އިތުބާރުވަނީ ގެއްލުވައިލާފައެވެ. ދާރިއަން މަޑުމަޑުން މިޔާގެ ހަށިގަނޑުގައި އަތްވަށައިލިއެވެ. އެއާއިއެކު މިޔާގެ ހަށިގަނޑަށް ސިހުމެއްވެރިވެގެން ދިޔައެވެ. އޭނަ ބިރުންހުރެ ތެޅިގަތީ ދާރިއަންގެ އަތްދޮށުން މިންޖުވާށެވެ. ދާރުއަން އަވަސްއަވަހަށް މިޔާ ދޫކޮށްލިއެވެ. މިޔާ ވަނީ ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވެފައިކަން އޭނައަށް ޔަގީންވިއެވެ.
” ޝޫޝް.. ރިލޭކްސް.. އަހަރެން މިޔާއަކަށް ކަމެއް ނުކުރާނަން.. މިޔާ ނުރުހެންޏާ ގައިގަވެސް ނާތްލާނަން. އެކަމް ޕްލީޒް ރުއިން ހުއްޓާލާ.. އަހަރެން މިޔާއަށް ވައުދުވަން މިޔާ މިތަނުން ސަލާމަތް ކޮށްދޭނަންކަމަށް.. ” ދާރިއަން އަމާންދޭ ފަދައަކުން ދެއަތް މައްޗަށް ނަގަމުން އާދޭހާއިއެކު ބުންޏެވެ. މިޔާގެ ރުއިމުގެ އަޑު އިވުމުން އޭނާގެ ހިތުގައި ވަކިއެޅޭ ފަދަ އިހްސާސެއްވަމުން ދިޔައެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Varah reeti mi part ves. Kon irakun next part.
Thank you darling.. next part tuesdayga insha allah💜🦋
ماشاءالله its so intresting n I’m v curious
When next part??
Thank you darling.. i’m glad u like it..
next part tuesdayga insha allah💜🦋
Masha Allah varah varah furihama mi part vess
Varah bodah thank youu mihaa avahah kiyaalan libunee thee
Hama varah interesting mi part
You will always get my support Butterflyyy
Lysmm
Thank you darling.. i’m glad u like it..
Your welcome..
Aww thankyou darling thats so sweet.. i appreciate ur support
Love you moree💜🦋
Very interesting
But Mia ge room ga is there any recorder or camera or something ??
Dhaarian told everything
When next???
Lysssm💗💗💗
Thank you darling.. i’m glad u like it..
Lets see mia ge room ga ekahala ehcheh indheythw..
yeah dhaarian told his real identity👀
Love you moree💜🦋
Hey Maash varah Rthi ingey mi part vx.varah avahah next part genesdhehchey.alhey e room ga camera eh neh kameh vx kihineh ingeny.that little waheedhu gandu nulaa kameh haadha fooohi vaa insi ekey.dhen eki bas bahun eyna yaa dhimaalah ehchihi kiyan beynun viyas nukiyey ne dho.plsss plsss maash wadeedhu ah neyngey varu kuranchey and mia vx salaamai kuranchey.Alhey next kon irakun.hope varah avahah libeyne kamah
Love you ❤️
Hey rifoo.. thanks darling vrh happy vejje rifoo ah mi part reethi v ma.. next part insha allah tuesdyga.. yahh neyge wadheehu camera eh laafa hurikameh vx nooney nei kamehvx dhww..😂😂
Hehehe i dont like wadheehu either but ekahala meehun vx dhen ulheynethaa.. Dhaarian e vaudhu veenun mia salaamai kohdhen ehen v ma he’ll save mia ehnun😭😭 next part tuesdayga.. lyssm darling.. Btw ur comment was hilarious made me laugh haha😭
A question
what is hilihilaa?????
Hilihila is chain
So Mia is been tied with chain?
Poor her
Dhaarian:): love at first sight❤❤❤
Yes for 3 years..
hehe yeah😅