އެރޭގެ ވަގުތެވެ. ދާރިއަންގެ މޭ ތެޅެމުން ދިޔައީ ކޮންމެސް ކަމެއް ނުބައިވާން އުޅޭ ކަމުގެ އިހްސާސް ކުރެވުމުންނެވެ. އޭނަ ގެއިން ނުކުތްއިރު ކާރެއް އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ދާރިއަން އެ ކާރާ ކައިރިވުމުން ހާދިން ކުޑަދޮރު ތިރިކޮށްލުމަށްފަހު އެރުމަށް އެދުނެވެ. އޭރު ވަދީހު ހާދިންގެ ގާތުގައިން ސީޓްގައި ހުރިއިރު ޝިމާއު އިނީ ފަހަތު ސީޓުގައެވެ. ދާރިއަން އެރުމާއިއެކު ކާރު ދުއްވައިލިއެވެ. ދުއްވަމުން ދިޔަ ކާރު ރަސްފަންނު ފަހަނަ އަޅައިދިޔުމުން ދާރިއަންގެ ހިތް ތެޅިގަތެވެ. “ރަސްފަންނު ފަހަނަ […]
އެކަކުވެސް އެކައްޗެއްކޭ ނުކިޔާ ހިމޭންކަމުގެ ސުކުންތެއް ހޭދަވެގެން ދިޔައެވެ. ކުއްލިއަކަށް މީހަކު އެތަނަށް ވަދެގެންއައެވެ. ” އަހަރެން.. ” ކުރިން ދާރިއަން ދެއްކި ވާހަކަ އަޑުއިވިފައިވުމުން އޭނަ ބުންޏެވެ. ***ޕާޓް 27*** ދާރިއަން އެތަނަށް ވަދުނު މީހައާއި ދިމާލަށް ބަލައިލިއެވެ. ދޮން ހަންގަނޑެއް ލިބިފައިވާ އެމީހަ ޖަހަނީ ބޭރުމީހެއް ވައްތަރެވެ. ނަމަވެސް އޭނަ ވާހަކަ ދެއްކީ ސާފު ދިވެހި ބަހުންނެވެ. އެމީހައާއި ދިމާލަށް ބަލައިލުމަށް ފަހު އޭނަ ބަލައިލީ ޝިމާއުމެންނާއި ދިމާލަށްށެވެ. ނަމަވެސް ޝިމާއު އެމީހައާއި ދިމާލަށް […]
މާވިންއަށް ދިޔައީ އިރުއިރުކޮޅަކާ އެމެޖެންސީރޫމް އާއި ދިމާލަށް ބެލެމުންނެވެ. އިރުކޮޅަކުން ޑޮކްޓަރު އެ ކޮޓަރިން ނިކުތުނެވެ. މާވިން އަދި ދާރިއަން، މިޔާގެ ހާލު ބެލުމަށްޓަކައި ޑޮކްޓަރުގެ ގާތަށް ދިޔައެވެ. ***ޕާޓް 26*** މާވިން އާއި ދާރިއަން މިޔާގެ ހާލު އަހާފަދައިން ޑޮކްޓަރާއި ދިމާލަށް ބަލަން ހުއްޓެވެ. ” ޑޮކްޓަރ އަޅުގަނޑުގެ ކޮއްކޮގެ ހާލު ކިހިނެތް؟.. ” މާވިން އަހައިލިއެވެ. ” މިހާރު އަންނަނީ ރަނގަޅުވަމުން.. ބޯ ފަޅައިގެންގޮސްފައިވުމުން އެބައި ވާނީ ފަހާފައި.. އަޅުގަނޑު ޕޭޝަންޓް އާއި ބެހޭގޮތުން […]
އެ ކޮޓަރިއަށް ވަނުމުން ފެނުނު މަންޒަރަކުން ދާރިއަންއަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ފާރުގައި ރަތް ކުލައިގެ ލޭ ހުރި އިރު ފާރު ކައިރިއަށް ވެއްޓިފައި އޮތް މިޔާގެ ބޮލުން އައިސްފައިވާ ލެއިން މުށިތައް މަތީގައި ވަނީ ކޯރު ހެދިފައެވެ. ދާރިއަން ދުވެފައި މިޔާ ކައިރިއަށް ދިޔައިރު އޭނަގެ ހިތް ދިޔައީ ބާރުބޮޑުވެފައިވާ އިންޖީނެއް ފަދައިން ތެޅެމުންނެވެ. އޭނަ މިޔާގެ ކައިރީ ކުޑަކަކޫ ޖަހަގެން އިށީނެވެ. އަދި އަވަސްއަވަހަށް އެމްބިޔުލާންސަށް ގުޅުމަށްފަހު މިޔާގެ ނޭފަތާއި […]
ދާރިއަންއަށް ފޯނުކޯލެއް އައުމުން ދުރަށް ޖެހިލިއެވެ. ” އަހަރެން ބޭނުންވޭ އެބަ ކޮޕުންކޮޅެއް އެއާރޕޯޓްއިން.. ކަލޭގެ އެކުވެރިން ކޮޅުވިޔަސް މިތަނަށް ފޮނުވަބަލަ.. ” މާވިން ދާރިއަން ފޯނު ނެގުމުން ބުންޏެވެ. އަދި ދާރިއަންގެ އަޑެއް އެހުމެއްނެތި ފޯނު ކަނޑައިލާ އޭނަ ހުރި ތަނުގެ ލޮކޭޝަން ފޮނުވިއެވެ. ” ތި މީހުން މިތަނަށް ދޭބަލަ.. އަހަރެންނަށް ހީވަނީ ކްރައިމް ސީންއެއްހެން.. ” ލޮކޭޝަން ދައްކާލަމުން ދާރިއަން ބުންޏެވެ. ރުޅިއައިސްގެން ދެވަރުން އެއްވަރުވެފައި އުކައިލް ހުރި ނަމަވެސް އެންމެންގެ ބަސް […]
ތިންކުދިން ތިން ކޮޓަރިއަށް ވަދުނެވެ. އާރާ ޒޭވިއާރގެ ކޮޓަރިއަށް ވަދުނެވެ. ޒޭވިއާރ އާރާގެ އޭނަގެ ކައިރިއަށް އަންނަށް ދެން މަޑުމަޑުން އެއްމިޔަކަނުން ހީލައިގެން ބަލަން ހުއްޓެވެ. ޒޭވިއާރ ބޭނުންވާ ވަރަށް އާރާއަށް ކައިރިއަށް އާދެވުމުން އޭނަ އާރާގެ ގައިގައިހިފެއްޓިއެވެ. އަދި އާރާގެ ކޮނޑާއި އަނގަ ދިމާކޮށްލަން އުޅުނު ވަގުތު އާރާގެ އަތުގައި އޮތް ސިރިންޖު ޒޭވިއާރގެ އަތަށް ހަރައިލިއެވެ. އެއާއިއެކު ނޫ ކުލައިގެ އަލިގަނޑެއް އަރައި ޒާވިޔާގެ ދަތްތައް ކުރިން ހުރި ވަރަށް ބަދަލުވެ ޒޭވިއާރ ކުރީގެ […]
ޒާލިކްގެ ނޯޓް ކިޔާ ނިމުނުއިރު ދާލިޔާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަ އަންނަމުންނެވެ. އޭނައަށް މޫނުގައި އަތް އަޅައި ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ” އަހަރެންމީ ކޮންކަހަލަ އެކުވެރިއެއް؟ އެންމެ ގާތް އެކުވެރިޔާ އެހައި ވޭނުގައި އުޅުން އިރުވެސް އަހަރެންނަކަށް އޭގެ ހިލަމެއް ނުވި.. ” ރަމުން ދާލިޔާ ބުންޏެވެ. އުކައިލް ދާލިޔާގެ އަތުގައި އަތްބާއްވާލިއެވެ. ނަމަވެސް ދާލިޔާ އޭނާގެ އަތް ދުރުކޮށްލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. ***ޕާޓް 23*** އެއް ހަފްތާ ފަސް […]
ޑޮކް ޑޭމިއަން، އެ ވައިރަސް އިންޖެކްޓްކުރުމުގެ ސަބަބުން ސަބްޖެކްޓް ވަން އެންޑް ޓޫ އެދަނީ އަހަރުމެން އެންމެ ފަހުން އުފެއްދި މަޚްލޫގުތައްހެން ސެވޭޖްވަމުން… އެކަމަކު އެމީހުންގެ ހަށިގަނޑު ދަނީ ވައިރެސްއާ ހަނގުރާމަ ކުރަމުން.. ” އެތަނަށް ވަދެގެން އައި ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. ” ރަނގަޅު.. އެމީހުން ހީކުރީ އަހަރެންނާ ފިލައިގެން އުޅެވޭނެ ކަމަށްތަ؟ ބަލަ އަހަންނޭ އެމީހުން އުފެއްދީ އެމީހުންގެ ބާރުތައް ދިނީ.. އެކަމަކު އެމީހުން ފިލީ.. މިހާރު އަތުޖެހުނީމަ ވާނެއެއްނުން ރަނގަޅު އަދަބެއްދޭން […]
އެމީހުންތައް އުކައިލް ބިންމައްޗަށް ހޫރައިލާ ގައިގެ އެތަން މިތަނުގައި ތަޅަން ފެށިއެވެ. ކުއްލިއަކަށް އެތަން އެމް.ވީ.އެސް.އޭ ގެ މީހުންތަކުން ވަށައިލިއެވެ. އެމީހުން ތިބީ ކަނޑު ނޫކުލައިގެ ޔުނީފޯރމްގައި މޫނު ނިވާކުރުމުގެ ގޮތުން މާސްކު އަޅައިގެންނެވެ. އެމީހުން އުކައިލްއަށް ހަމަލާ ދިން މީހުން ތަޅާ ބަލިކުރަން ފެށިއެވެ. ސައިކަލުގައި ދިޔަ ދާލިޔާއަށް ބަޔަކު ތަޅާފޮޅާ މަންޒަރު ފެނުމުން އެތަނާ ކައިރިވާން އުޅުނެވެ. ދާލިޔާއަށް އުކައިލްގެ ކުރިމަތި އަދި ފަހަތުގައި ބަޑި ދިއްކޮށްގެން ހުރި ދެ މީހުން ފެނުމުން، އޭނަގެ […]