އިންސާފު ލިބޭނެބާ – 09
އެއްބަސްވުން ކިޔަމުން ދިޔަ ދާރިއަންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އެއްބަސްވުމުގައި އޮތް ތިން ޓެސްޓް ފެނި ދާރިއަން ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަ އިހްސާސްވިއެވެ. ހިތުގެ ވިންދު ބާރުވެލިއިރު ނޭވާ އަވަސްވެލިއެވެ. އަތުގައި މަޑު ތުރުތުރެއް އަޅައިގެން ދިޔައެވެ.
***ޕާޓް 9***
” ޓެސްޓް އެކެއް މަސްތުވާތަކެތި ބޭނުން ކުރުން.. ޓެސްޓް ދޭއް ބުނާ މީހަކާއި އެކީގައި ރޭކުރުން.. ޓެސްޓް ތިނެއް މީހަކު މަރައިލުން.. ” ދާރިއަން މަޑުމަޑުން ކިޔައިލިއެވެ. އޭނާގެ މޫނުމަތިން ވަނީ ފިނި ދަލެއް ހިއްލާފައެވެ. ” ކޮބާ އަހަރެން ބުނީމެއްނުން.. މީނައަކަށް ނުވާނޭ ބޮޑު ފިނޑިއެކޭ މީ.. ކަލެމެން ގަބޫލު ނުކުރީއެއްނުން.. ” ވަދީހު މަލާމާތުގެ ރާގަކަށް ދެން ތިބި މީހުންނާއި ދިމާލަށް ބުންޏެވެ. ނަމަވެސް ޝިމާއު ބަލައިލުމާއިއެކު ވަދީހު އަނގައިގައި ތަޅެއް ލެވުނު ފަދައެވެ. ޝިމާއު ހުރީ ދާރިއަންގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއިއެކު ހިޔަޅެއްފަދައިން ބަލާށެވެ.
މަޑު ތުރުތުރެއް ހުރި އަތުން ގަލަމުގައި ހިފައި ސޮއެކޮށްލީ މީ އެކުވެރިޔާގެ މަންމައަށް އިންސާފު ހޯދުމަށްޓަކައި އެޅޭ ފިޔަވަޅެއް ކަމުގައިވީތީއެވެ. އަދި ނުހައްގުން ތިން އަހަރު ވަންދެން އަނިޔާ ލިބެމުން ދިޔަ ކުއްޖާ މި ނުލަފާ މީހުންގެ ކިބައިން ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކަމެއްކަން ޔަގީން ވާތީއެވެ. ދާރިއަން ސޮއެ ކުރުމަށްފަހު އެމީހުންގެ އަތަށް އެއްބަސްވުން ދިނެވެ. ” ދަޔާން މިހާރު ކޮންމެ ތާކު އުޅުނު ކަމުގައި ވިޔަސް ދެން އަހަރުން ގާތަށް ބަދަލު ވާންވީ.. މިހާރު ތީ އަހަރުންގެ މީހެއް.. ފުރަތަމަ ޓެސްޓާއި ދެވަނަ ޓެސްޓް އޮންނާނީ އެއްކޮށް.. ތިން ވަނަ ޓެސްޓް އޮންނާނީ ދަޔާން ތައްޔާރުކަން އަހަރުންނަށް ޔަގީންވާ ވަރު ވީމަ.. ދަޔާން ހުންނާނީ މާވިން އާއެކީ.. ” ޝިމާއު އެއްބަސްވުމުގައި ހިފަމުން ބުންޏެވެ.
ދާރިއަން ބޯޖަހައިލީ އޭނާގެ ސިކުނޑީގައި އުފެދެމުން ދިޔަ ތޫފާނުގެ ސަބަބުން ދުލުން އެއްޗެކޭ ބުނަން ދަތި ވުމުންނެވެ. މާވިން ދާރިއަންއަށް އައުމަށް އިޝާރާތް ކުރަމުން ހިނގައިގަތެވެ. ދާރިއަން ވެސް މާވިންގެ ފަހަތުން ހިނގައިގަތެވެ. މާވިން އޭނާގެ ކާރަށް އެރުމުން ދާރިއަން ފަހަތު ސީޓަށް އެރިއެވެ. ހަމަހިމޭންކަމުގައި ތިބެ މާވިން އޭނާގެ ގެއަށް ދާރިއަން ގެންދިޔައެވެ. އެއީ ބޮޑު ގެއެކެވެ. ބޭރު ޝާހީ ގޮތަކަށް ހަދާފައިހުރި އިރު މުއްސަނދި މީހުން އުޅޭފަދަ ގެއަކާއި ވައްތަރެވެ.
ބޮޑުދޮރުން ކީކާޑެއް ޖެހުމަށްފަހު މާވިން އެތެރެއަށް ވަނެވެ. ދާރިއަންއަށް ހުރެވުނީ ގޭގެ ތަނަވަސްކަން ފެނި އާޝޯހުވެފައެވެ. މާވިން ދާރިއަންއަށް އޭނާގެ ކޮޓަރި ދައްކައިލިއެވެ. ” ކަލެމެން ކިހިނެތް މިކަހަލަ ތަންތަން ހޯދަނީ؟ ” ދާރިއަން އެތަނަށް ބަލައިލަމުން އަހައިލިއެވެ. ” އަހަރެމެންގެ ރޭންކް މަތި ވާނެ ގޭންގްގަ އުޅޭތާ ގިނަ ދުވަސް ވާ ވަރަކަށް.. ދީފައި ހުންނަ މަސައްކަތްތައް ކާމިޔާބުވާ ވާރަކުން އިތުރު ރީތި އަގުބޮޑު އެއްޗެހި ލިބޭނެ.. ދަޔާން މަށާއެކީ ތިހުރީ ނިޔުބީއެއް ވީމަ.. އަހަރެއް ދެއަހަރެއް ވާއިރަށް އަމިއްލަ ތަނެއް ލިބިދާނެ.. ” މާވިން ކިޔައިދިނެވެ. ދަޔާން ކޮޓަރިތެރެއަށް ވަންނަމުން އެހެންހޭ އަހައިލިއެވެ.
ކުއްލިއަކަށް އޭނާގެ ސިކުނޑީގައި ކޮއްޓައިލީ ދާލިޔާ ބުނި ވާހަކައެވެ. މިޔާގެ މާވިން ކިޔާ ބޭބެއެއް ހުންނަ ކަމުގައި ދާލިޔާ ބުނެފައިވެއެވެ. އެހެންވެއްޖެއްޔާ މީ އަނެއްކާ މިޔާގެ ބޭބެ ނޫންބާއޭ ހިތައް އެރިއެވެ. ނަމަވެސް އެހިޔާލު ފޮހެލީ ބައިވަރު މާވިން ކިޔާ މީހުން އުޅޭނޭ ހިތަށް އަރާފައެވެ. މަޑުމަޑުން ބޯހޫރައިލަމުން ކޮޓަރި ބަލައިލިއެވެ. ކޮޓަރީގައި ލާފައިވަނީ މަޑު ނޫކުލައެކެވެ. ކަނާތުގައި ކުޑަދޮރެއް ހުރިއިރު، އެތަނުން ބޭރު މާހައުލު ވަރަށްވެސް ރީއްޗަށް ފެނެއެވެ. ކޮޓަރީގެ މެދުގައި ބޮޑު އެނދެއް ބައިންދައިފައިވީއިރު އެނދު ކައިރީ ކުޑަކުޑަ މޭޒެއް ބައިންދައިފައިވެއެވެ. އެ މޭޒުގައި ބިޔަރު ދަޅު ފަދަ ތަކެތި ބަހައްޓާފައިވެއެވެ. ކޮޓަރީގެ ވާތް ފަރާތުގައި ބޮޑު ޗޮކްލެޓް ކުލައިގެ އަލަމާރިއެއް ބައިންދާފައިވެއެވެ. އަލަމާރީގެ ބިތްދޮށުގައި ފާހަރަ ދޮރު ހުއްޓެވެ. އެތަން ފަސް ތަރީގެ ހޮޓަލަކަށް ދޫނުކުރާނެކަން ގައިމެވެ.
” ކަމުދޭތަ؟ ” މާވިން ދާރިއަން ކުރެ އަހައިލިއެވެ. ދާރިއަން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އޭރުވެސް ދާރިއަން ދިޔައީ ތަންތަން ބަލަމުންނެވެ. ” ދަޔާން ހީވަނީ މިކަމަށް ވަރަށް އައު މީހެއްހެން.. ބުނެބަލަ.. ދުވަހަކުވެސް މަސްތުވާ އެއްޗަކާ ގާތްވިންތަ؟ ނޫނީ މާރާމާރިއެއްގައި އުޅުނިންތަ؟ ” ދާރިއަން އުޅެމުން ދިޔަ ގޮތް ބަލަމުން ދިޔަ މާވިން އަހައިލިއެވެ. ދާރިއަންގެ މޫނު މަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.” އަހަރެންގެ ރެކޯޑްގައިވެސް އޮންނާނެ.. އަހަރެންމީ މަސްތުވާ ތަކެތި އަބަދުވެސް ބޭނުން ކުރާ މީހެއް.. އަދި މާރާމާރިވެސް ހިންގައިގެން ޖަލަށް ވަދެ އޮތިން.. ” ކުޅަދާނަކަމާއިއެކު ދާރިއަން އޭނާގެ މޫނުން ނުތަނަވަސްކަން ފަރުދާކޮށްލަމުން މާވިން ކުރި ސުވާލަށް ޖަވާބުދިނެވެ. ” މައްސަލައެއްނެތް.. އެއްވެސް ކަމެއް ނެތިއްޔާ އަހަރެން މިދަނީ އަހަރެންގެ ކޮޓަރިއަށް.. ކަމެއް ބޭނުންވިއްޔާ އަހަރެންގެ ދޮރުގައި ޓަކިޖަހާ.. ” މާވިން އެހެން ބުނެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ދާރިއަން މާވިން ދިޔުމުން ކޮޓަރި ތަޅުލުމަށްފަހު އެތާގައި އެއްވެސް ކެމެރާއެއް ނޫނީ ރިކޯޑާއެއް ފަދަ އެއްޗެއް ހުރިތޯ ޗެކް ކުރަން ފެށިއެވެ. އެފަދަ އެއްޗެއް ނެތްކަން ޔަގީންވުމުން އޭނާގެ ދަބަހުގައި ހުރި ސްޕައިޓެކް އީކުއިޕްމެންޓްސްތައް އެނދު ދަށަށްލައި ރަނގަޅަށް ފޮރުވައިލިއެވެ. މަޑުމަޑުން އެނދަށް އަރައި އޭނަ އޮށޯވެލި އިރު އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އޭނަ ސޮއެކުރި އެއްބަސް ވުމުގައިވާ ތަކެއްޗެވެ. އެ ތިން ޓެސްޓްއާއި މެދު ވިސްނަން ހުއްޓައި އޭނާގެ ލޮލަށް ބަރުވާން ފެށިއެވެ. މަޑުމަޑުން ދެލޯމެރެމުން ގޮސް ނިދީގެ ފުންކަނޑަށް އޭނަ ގެބިގެން ދިޔައެވެ.
އޭގެ އަނެއް ދުވަހު ދާރިއަންއަށް ހޭލެވުނީ މީހަކު ކޮޓަރީގެ ދޮރުގައި ތަޅާ އަޑުއިވުމުންނެވެ. އޭނާގެ ރީތި ނިދިކޮޅު ހަރާބުވުމުން ދެބުމަ ގޮށްޖަހައިގެން ހުރެ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރު ކުރިމަތީ ހުރި މާވިންއަށް ދާރިއަން ހުރިގޮތްފެނި ސިއްސައިގެން ދިޔައެވެ. ” ރޭގަ މާގަދައަށް ޖައްސައިގެން ދޯ ނިދީ.. ބަލައި މީހާ ޖަހާ ސިފަ ހީވަނީ އަރާކައި ފުރޭތައެއްހެން ވިއްޔާ.. ” މާވިން ޕިސްޕިސް ކިޔަމުން ބުންޏެވެ. މާވިން މި ކިޔަނީ ކީކޭ ކަމެއް ނޭނގި ދާރިއަން ބޯކަހަން ހުއްޓެވެ. އޭނަ އަދިވެސް ހީވަނީ ދެބަ ދޭތެރޭ ހުރިހެންނެވެ. ” އޭތް މީޓިންއަށް ރެޑީވާންވީ.. އަހަރެންނަށްވެސް ރޭގަ ހަދާން ނެތުނީ މިއަދު މީޓިން އޮންނަ ވާހަކަ ބުންނަން.. ހޭލަގެން ތި މޫނުގަނޑު ދޮވެގެން އާދޭ ސައިބޯން.. ބޮސް ވަރަށް ރުޅިއަންނާނެ ގަޑިއަށް ފަރުވާތެރި ނުވާ މީހުންދެކެ.. ” މާވިން ދާރިއަން ހޭލައްވައިލުމަށްޓަކައި ތަންކޮޅެއް ބާރަށް ބުންޏެވެ. ދާރިއަން ބޯޖަހައިލަމުން ދޮރު ލެއްޕިއެވެ.
އިރުކޮޅަކު އެނދުގައި ނިދި ފިލުވައިލަން އިށީންދެ އިނދުމަށްފަހު ފާހަނައާއި ދިމާލަށް މިސްރާބުޖެހިއެވެ. ފެންވަރައި ނިމުމުން އުނުގައި ތުވާލި އައްސާލަމުން އަލަމާރި ކައިރިއަށްގޮސް އަޅިކުރައިގެ ޓީޝާޓަކާއި ނޫ ފަޓުލޫނެއް ލިއެވެ. ޓީޝާޓްގައި ހުރި ކަރުގޮށުގައި ގޮށެއްފަދައިން ހުރި ކެމެރާއެއް ހަރުކޮށްލިއެވެ. އަދި ދިގުކޮށް އޮތް އިސްތަށިގަނޑުގައި ފުނާއަޅަމުން ކުޑަ ރަބަރުކޮޅެއް ބޭނުންކޮށް އައްސައިލިއެވެ. ރީތިވެ ނިމުމުން ދުވަހަށް ތައްޔާރުވުމުގެ ގޮތުން ފުންކޮށް ދެތިން ނޭވައިލިއެވެ. ކޮޓަރި ދޮރުން ނުކުތުމުން ބަޔަކު ވާހަކަ ދައްކާ އަޑު އޭނައަށް އިވުނެވެ. އެހެންކަމުން އެ އަޑާއި ދިމާލަށް އޭނާގެ ފިޔަވަޅުތައް ބެހެއްޓިއެވެ. އޭރު މާވިން ދިޔައީ ފޯނެއްގައި ހުރެ މީހަކާއި ވާހަކަ ދައްކަމުންނެވެ. ދާރިއަން އައުމުން ފޯނުބޭއްވިއެވެ.
ދާރިއަންއަށް ބަލައިލަމުން މާވިން ފިނި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ” ރެޑީތަ ޓެސްޓްތަކަށް؟ ” ދާރިއަންއަށް ބަލައިލަމުން މާވިން އަހައިލިއެވެ. ދާރިއަން މާވިންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހައިލިއެވެ. ކޮފީ މެޝިންއިން ކޮފީއެއް ހަދައިލިއެވެ. މާވިން އިނީ އޭނާގެ ކޮފީ ތަށި ހިފައިގެން ފިކުރެއްގައެވެ. ދާރިއަން ކޮފީ ޖޯޑަށް ކޮފީ އެޅުމަށްފަހު މޭޒު ކައިރީ ހުރި ގޮޑިއެއްގައި މާވިންގެ ކުރިމައްޗަށް އިށީނެވެ. ” ކަމަކާ ވަރަށް ބޮޑަށް ފިކުރު ކުރާހެން ހީވޭ. ” ދާރިއަން މާވިންއަށް ބަލައިލަމުން އަހައިލިއެވެ. މާވިން ސިއްރުވެރިގޮތަކަށް ހިނިތުންވަމުން ކޮޑުއަރުވައިލިއެވެ. ” އަހަރެން ކައިރީ ބުނެބަ.. އަނެއްކާ އަންހެން ކުއްޖެއްގެ ކަމަކީ ތަ؟ ” ލާނެތް ރާގަކަށް ދާރިއަން އަހައިލިއެވެ. މާވިން ހިނިގަނޑެއް ޖަހައިލަމުން ބޯހޫރައިލިއެވެ. ” މަގޭ ކޮއްކޮ އާއި މެދު ވިސްނާލީ.. ” މާވިން މަޑުމަޑުން ބުންޏެވެ. ” ކޮއްކޮ ބަލީތަ؟ ” ދާރިއަން އަހައިލިއެވެ. މާވިން ބޯހޫރައިލިއެވެ. ” ގެއްލުނީ.. ނޫނީ ކިޑްނެޕް ކުރީ .. އަހަރެންނަކަށް ނޭނގެ.. އެއީ މީގެ ތިން އަހަރު ކުރިން.. ” އެ ހަނދާންތައް އައު ކުރަމުން ހިތި ގޮތަކަށް މާވިން ބުންޏެވެ. ދާރިއަންގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސައިލި ފަދަ އިހްސާސް ކުރެވުނެވެ. މިއީ ދާލިޔާ ކިޔައިދިން މިޔާގެ ދޮންބެ މާވިންކަން އޭނައަށް ޔަގީންވިއެވެ.
ލަސްވެގެން ގޭންގް މީހުން މާވިންއަށް ގުޅަން ފެށުމުން ދާރިއަންއަށް އޭނައާއިއެކު އައުމަށް އިޝާރާތް ކުރަމުން އޭނަ ހިނގައިގަތެވެ. ދާރިއަން މާވިން ފަހަތުންގޮސް ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލިއެވެ. ދާރިއަން ކާރަށް އެރުމުން މާވިން ކާރު ދުއްވައިލިއެވެ. ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ ފަޅު ގެއެއްގެ ކައިރީގައެވެ. އެތާ ވަދީހު، ތާމިންގެ އިތުރުން ޝިމާއު ހުއްޓެވެ. އެމީހުން ދިޔައީ ކަމެއް ރާވަމުންނެވެ. ” ގަޑިއަށް އާދެވިއްޖެ ދޯ.. ” ޝިމާއު ބުންޏެވެ. ” އަހަރެމެން މިއުޅެނީ ސްޓަފްކޮޅެއް އައިސްގެން މާވިން ދާންވީނުން އޭތި ނަގަން..” ވަދީހު މާވިންއަށް ބަލައިލަމުން ބުންޏެވެ. މާވިން ބޯޖަހައިލަމުން އެތަނުން ދިޔުމުން އެމީހުންގެ ނަޒަރު ހުއްޓުނީ ދާރިއަންއަށްށެވެ.
ވަދީހު ކުޑަ ޕެކެޓެއް ދާރިއަންއަށް އެއްލިއެވެ. ދާރިއަން އޭގައިހިފިއެވެ. އެމީހުންގެ މޫނުމަތިން އެމީހުން އެ އެދެނީ ކޮންކަމަކަށްކަން އޭނައަށް ޔަގީން ވިއެވެ. ދާރިއަން އަނގައިގައި އޮތް ޗުއިންގަމްގަނޑު ދައްކައިލިއެވެ. ” އެބަ އަންނަން މި ބޭރަށް އެއްލައިލާފަ.. ” ދާރިއަން ބުންޏެވެ. ޗުއިންގަމް ބޭރަށް އެއްލައިލަމުން އޭނަ އަތަށް ޖިންސް ޖީބުގައި ފޮރުވާފައި އޮތް ސިރިންޖް ނަގައި ޖަހައިލިއެވެ. އެއީ އޭނަގެ ޓީމްއިން މަސްތުވާތަކެތި ބޭނުން ކުރިޔަސް އޭގެ އަސަރު ނުކުރާނެ ފަދައަކުން ހަދައިފައިވާ ބޭހެކެވެ. އޭގައިވާ ތަކެތި ހަށިގަނޑަށް އެއްކޮށް އެތެރެވުމުން އޭނަ އެތެރެއަށް ވަދެ އެމީހުންދިން ޑްރަގް ބޭނުން ކުރިއެވެ. އަދި ބޮއެގެން ހުރި މީހެއްފަދައިން އޭނާގެ އަމަލުތައް ބެހެއްޓިއެވެ. އޭނަގެ އެކްޓްގެ ސަބަބުން އެމީހުން އޭނާ ޑްރަގް ބޭނުންނުކޮށް ހުރި ކަމުގެ ޝައްކެއް ނުކުރެއެވެ.
ވަދީހު ދާރިއަންގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަކަށްލިއެވެ. ވަދީހު ދިޔަކަން ޔަގީންވުމުން ދާރިއަން ކޮޓަރި ތެރެއަށް ރަނގަޅަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އަމިއްލަ ނަފްސު ދިފާއު ކުރާ ފަދައިން ހެދުން އަޅުވައި ދެ ކޮޑު ހިފައިގެން ހުރި އަންހެންކުއްޖާއަށްށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Hey readers.. I’m so sorry mi part mihaa lahun genevuneema.. I submitted this part Monday night ga but admin aprove kohgen upload mi v miadhu.. Anyways next part maadhama miadhu upload kohlaanan.. Aslu butterfly ulhuny tuesdayga mi part upload v ma Wednesdayga new year gift akah 10th part up kuran but ehen nuvi mi faharu dhen.. I’m sorry guys.. Happy new year💜🦋
It’s ok butterflyyyyy
Mi part ves vv reethi as usual
Curiously waiting for the next part ☺️
Love you and happy new year 🎇🎆
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Ukail and dhaalia gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Happy new year
Love you fav author
Thankyou cutie girl..
Lets see dhw vaagoi..
thanks for ur support.
Happy new year to u too..
love u more.. happy new year💜🦋
Thankyou for understanding darling..
I’m glad u like this part..
Love you more darling.. happy new year💜🦋
Dude this is So perfect I love it
The girl is mia???
When nxt???
Thank you Your fav bab
glad u like it..
next part insha allah tomorrow💜🦋
Woww varah varah reethi mi part vess
Haadha curious koshey thi nimmaalee vaahaka
Next part kiyaalaa hithun meendhee hama keh madhu vefa
Varah dhigu inthizaarakah fahu vaahaka kiyaalan libuneema varah bodah thank youu
Hama varah kiyaalaa hithun mi kiyaalee vess
You will always get my support IA
It’s ok butterflyy komme akass alhugandu mi part neredhinun dhekenee hama new year gift ehge gothuga
Happy new year gurrrll!!
Thank you Neem… i’m glad u like this part..
hehe vrh curious kohdhw nimmaalevuney..
next part mihaaru iney up vefa
hehe Your very welcome and i’m so sorry ehaa dhigu inthizaareh kuruvan jehuneema..
Aww thank you darling vrh happy vejje.. i really appreciate ur support..
Happy new year darling..
Lysm💜💜
Happy new year 🎊🥳🎁🎇 luv u author …… proud of your hardwork🥰
Happy new year Ghost girl💜💜 love you moree hehe…. aww thankyou darlingg💜🦋