އިންސާފު ލިބޭނެބާ – 14
” މާވިން؟ ” ދާރިއަން ހާސްވެ ހުރެ ކުރިމަތީގައި ހުރި މާވިންއަށް ގޮވައިލިއެވެ. ” ދާރިއަން ” މާވިން، ދާރިއަންގެ އަސްލު ނަމުން ގޮވައިލިއެވެ. ދާރިއަންގެ ދެލޯ ބޮޑުވިއެވެ.
***ޕާޓް 14***
މާވިން މާސްކް ނަގައިގެން ހުރެ ދާރިއަންއަށް ބަލައިލިއެވެ. ” އަހްމަދު ދާރިއަން.. ދަޔާންގެ ނަމުގައި ބްލަޑް މާފިޔާ ގޭންގަށް ވަދެގެން އުޅޭ ސަބަބު އަހަރެންނަށް ބުނެދެވިދާނެތަ؟ ” މާވިން ސީރިއަސް ރާގަކަށް އަހައިލިއެވެ. ދާރިއަންއަށް ހިންދިރުވައިލެވުނެވެ. އޭނާގެ ނިތް ކުރި މަތިން ދާތިކި ވިދަން ފެށިއެވެ. ” ކިހިނެތް އެނގުނީ؟ ” މަޑުމަޑުން ދާރިއަން އަހައިލިއެވެ. ” އަހަރެން މީ ދެން ތިބި މޮޔައިން ކަހަލަ މޮޔައެއް ނޫނޭ.. ތީ ކޮޕެއްނުން؟ ދޮގު ނަހަދާ ތެދުތެދަށް މަށަށް ހުރިހާ ކަމެއް ކިޔާދީ.. ނޫނީ ކަންތައް މާކަށް ރީއްޗެއް ނުވާނެ.. ” މާވިން އަމުރުކުރިއެވެ. މާވިން ކައިރީ ތިބި ދެމީހުން ހިމޭން ކަމާއިއެކު ދާރިއަންގެ ހަރަކާތްތައް ބަލަން ހުއްޓެވެ.
” މީވެސް ގޭންގުގެ ބަޔެއްތަ؟ މަށެއް ނުކިޔާދޭނަން އެކައްޗެއްވެސް.. ” ދާރިއަން ބުންޏެވެ. މާވިން ދެ ބުމަ ގޮށްޖަހައިލިއެވެ. އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށްޓަކައި ދެތިން ނޭވާ ދޫކޮށްލިއެވެ. ” މީ ގޭންގުގެ ބަޔެއް ނޫން.. އަހަރެންނަށް އިތުރު ތަފްސީލެއް ދެވޭނީ ދާރިއަން ގޭންގަށް ވެދެގެން އުޅޭ ބޭނުން އެނގުނީމަ.. ” މާވިން ބުންޏެވެ. އޭނަ ގޮސް އެ ކޮޓަރީގައި ހުރި ސޯފާގައި އިށީނދެލިއެވެ. ދާރިއަން އޭނަ ބާއްވާފައި އޮތް އެނދުގައި އިށީނދެލިއެވެ. ” އާނ އަހަރެން މީ ކޮޕެއް.. އަހަރެން ގޭންގަށް ވަދަގެން މިއުޅެނީ އަހަރެންގެ ގާތް ރަހުމަތްތެރިއެއްގެ މަންމަ ބްލަޑް މާފިޔާ ގޭންގުން ގަތުލުކޮށްލާފައި ވާތީ އެކަމަށް ހެކި ހޯދަން.. ” ދާރިއަން ބުންޏެވެ.
މާވިން ހައިރާންވިއެވެ. ” ކަލޭ އެކުވެރިއަކަށްޓަކައި މިކަހަލަ ނަރަކައަކަށް ތި ފުންމާލީ؟ ތި އެކުވެރިޔާ ކީއްވެ އަމިއްލައަށް ތިކަންތައް ނުކުރީ؟ ” މާވިން އަހައިލިއެވެ. ދާރިއަން އުކައިލްގެ ވާހަކަ މާވިންއަށް ކިޔައިދިނެވެ. އުކައިލްއަކީ ކުޑައިރު އެގޭންގަށް ވައްދާފައިވާ މީހެއް ކަމާއި އުކައިލް އެ ގޭންގުން ކެނޑުނީތީވެ، ގޭންގު މީހުން އުކައިލް މަންމަ ދިރިހުއްޓައި އަލިފާން ޖަހާފައިވާ ވާހަކައެވެ. މާވިންގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ” ކަލޭގެ އަތެއް ވާނެތަ އެކަމުގަ؟ ” ދާރިއަން މާވިންއާއި ދިމާލަށް ބަލައިލަމުން އަހައިލިއެވެ. މާވިން ބޯހޫރައިލިއެވެ. ” އަހަރެން އަޑެއް ނާހަން އެކަހަލަ ކަމެއް ކުރަން އުޅޭކަމުގެ ވާހަކާގެ އަޑެއް.. އެކަމަކު ގޭންގް އޮންނާނީ ތިން ބަޔަށް ބަހާލައިފަ.. އެއްވަނަ ބައި އެއީ ތިކަހަލަ ކަންކަން ކުރާބައި.. ދެވަނަ، އެއީ ވައްކަންތައް ކުރާ ބައި.. ތިންވަނަ އެއީ އަހަރުމެން.. މަސްތުވާތަކެތީގެ ވިޔަފާރި.. ” މާވިން ކިޔައިދިނެވެ.
ދާރިއަން ބޯޖަހައިލިއެވެ. ” ކަލޭ ކޮއްކޮގެ ބޭނުމުގަ ދޯ ގޭންގާ ގުޅުނީ؟ ” ދާރިއަން އަހައިލިއެވެ. މާވިން ބޯޖަހައިލިއެވެ. ” މީކޮން ތަނެއް؟ ” ދާރިއަން އެތަނަށް ބަލައިލަމުން އަހާލިއެވެ. ” މިއީ މޯލްޑިވިއަން ވިޖިލް ސާރވިސް އޭޖެންސީ ކުރުކޮށްނަމަ، އެމް.ވީ.އެސް.އޭ.. އަހަރެމެންމީ ފުލުހުންނާއި ސިފައިންގެ އެންމެ މައްޗަށް ތިބޭ މީހުން.. ސީކްރެޓް އޭޖެންސީއެއް ކަހަލަ ތަނެއްމީ އެހެން ގައުމުތަކުގައި އޮންނަ ކަހަލަ.. މިތަނުން އިލީގަލް ކަންކަމާއި ގޭންގްތައް ހުއްޓުވުމުގެ މަސައްކަތް ކުރާނީ.. އަހަރެން މީ މިތަނުގެ މެމްބަރެއް ގޭންގާއި ގުޅުމުގެ ކުރިން.. އަހަރެން ގޭންގަށްގޮސް މި އުޅެނީ ޖާސޫސްއެއްގެ ގޮތުގަ ކަލޭހެން.. ” މާވިން ބުންޏެވެ. ދާރިއަންގެ ދެލޯ ބޮޑުވިއެވެ. މީގެ ކުރިން މީ އޭނައަށް އޮންނަ ތަނެއްކަންވެސް އެނގޭ ތަނެއްނޫނެވެ.
” އަހަރެންނަށް ނޭނގެ ބުނާނެ އެއްޗެއް.. ” ދާރިއަން ހައިރާން ކަންމަތީގައި ހުރެ ބުންޏެވެ. މާވިން ހިނިތުންވެލިއެވެ. ” އަހަރެންގެ ކޮއްކޮއާއި މެދު ދާރިއަން ވަރަށް ސުވާލު ކުރީމެއްނުން؟ ދާރިއަންއަށް އެއްޗެއް އެނގޭތީތަ އެއީ؟ ” މާވިން އަހައިލިއެވެ. ” އަހަރެންނާއި މިޔާ ބައްދަލުވި.. ” ދާރިއަން ބުންޏެވެ. އެއާއިއެކު މާވިން ދާރިއަން ގާތަށް ޖެހިލިއެވެ. އޭނަވަނީ މިޔާގެ ހަބަރަކަށް ކެތްމަދުވެފައެވެ. ” ވަދީހު މާވިންއަށް ވަރަށް ބޮޑަށް އޮޅުވައިލާފަ ވަނީ.. މިޔާ އަސްލު ހުރީ އަހަރުން މިއުޅޭ ގޭންގުގެ އަތްދަށުގަ.. މިޔާ އަހަރެންނަށް ކިޔާދިން ވަދީހު މާވިން ގާތު މިޔާވީ އިދިކޮޅު ގޭންގްއަތުގައޭ ބުނި ވާހަކަ.. އެއީ ހުސްދޮގު.. ވަދީހު މިޔާ ގެންގުޅެނީ އެހެންމީހުންގެ އެދުންފުއްދަން ބޭނުން ކުރާ މީހެއްގެ ގޮތުގަ.. ” ދާރިއަން މިޔާގެ ވާހަކަތައް ކިޔައިދިނެވެ. މާވިންގެ ދެއަތް އައި ރުޅިން ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނަގެ ނިތްކުރީގެ މެދުގައި ހުރި ނާރު ވަނީ ފުއްޕައިލާފައެވެ.
” އަހަރެން އޭއްޗަކު މަރައިލާނަން.. ” މާވިން އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. ދާރިއަން އަވަހަށް މާވިންގެ ހަށިގަނޑުގައި ހިފައްޓަން އުޅުނެވެ. މާވިންއާއިއެކީ އައި ދެމީހުންވެސް މާވިންގެ ގައިގައި ހިފެއްޓިއެވެ. ” މާވިން މަޑުކޮށްބަލަ މިޔާ މިހާރަށް ސޭފްކޮށް ހުރީ.. ވަދީހު އޭނަ ކައިރިއަށް އެކަކުވެސް ނުވައްދާނެ.. ” ދާރިއަން މާވިންގެ ގައިގައި ހިފައްޓަމުން ބުންޏެވެ. ” ކަލެޔަށް ކިހިނެތް އެނގެނީ ތިކަމެއް؟ އެ ވަދީހު ތިން އަހަރުވަންދެން މިޔާ ކިޑްނެޕްކޮށްގެން މަށަށް ދޮގުހަދާ ބަހައްޓާފަ ނުވިތާކަށް މަ އޭނަގެ ޕަޕެޓްއަކަށް ހަދާފަ އެހުރީ.. މަގޭ އަތުން އޭނަ މަރުވާނެ..” އައިސްފައުވާ ރުޅީގައި މާވިން ބުންޏެވެ.
” މަށަށް ޔަގީން.. އެނގޭނުން އަހަރެންގެ ފުރަތަމަ ޓެސްޓް.. އޭނަ މަށަށް މަސްތުވާތަކެތި ދީފަ ބުންޏެއްނުން ރޭކުރަން ޖެހޭނޭ.. އޭނަ އަހަރެން ގޮސް ވެއްދީ މިޔާ ކައިރިއަށް.. މިޔާ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން.. އަހަރެން ބޭނުންވަނީ މާވިންއާއި ގުޅީގެން މިޔާ އެތަނުން ސަލާމަތް ކުރަން. މިމަހަށް އެކަކުވެސް ވަދީހު ނުވައްދާނެ.. ސަބަބަކީ އަހަރެން އޭނައަށް ފައިސާ ދިނިން މިޔާ ގާތަށް އަހަރެން ނޫން އެކަކުވެސް ނުވެއްދުމަށް.. އަހަރެން މިޔާއަށް ދިނިން ޕެޕާސްޕްރޭވެސް އޭނަ އަމިއްލަ ނަފްސު ދިފާއުކުރަން.. ” ދާރިއަން ކިޔައިދިނެވެ. މާވިން ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.
” ކަލޭ އަހަރެންގެ ކޮއްކޮ ގަތުނީ އެމީހުން ކައިރިން ސަލާމަތް ކުރަން؟ ތީ ހާދަ ހެއްވާ ގޮތެކޭ ދޯ.. ” މާވިން ރުޅިގަދަވެފަ ހުރެ ބުންޏެވެ. ” ކަމެއް ނުކޮށް ހުރުމަށްވުރެ އެގޮތްވެސް ރަނގަޅެއްނުން.. ” ދާރިއަން ބުންޏެވެ. މާވިން ފުންނޭވާއެއް ދޫކޮށްލިއެވެ. ދާރިއަންގެ ވާހަކަ އޭނައަށް ގަބޫލު ކުރެވުނެވެ. ” އަހަރެންނަށް މާ އަވަހަށް ރުޅިގަދަ ވެވުނީ.. އަހަރެން މި މީހުންނާއިއެކުވެސް އުނދަގޫ މިޔާ ސަލާމަތްކުރަން.. އެއީ މި މީހުން މީ ގޭންގުގައި އުޅޭ ބަޔަކަށް ނުވީމަ.. އެކަމަކު ދާރިއަންއަށް އެކަންވެދާނެ.. އޭގެ ބަދަލަށް އަހަރެން އެހީވެދޭނަން ކަލެއަށް ކަލޭގެ އެކުވެރިޔާގެ މަންމައަށް އިންސާފު ހޯދައިދޭން.. ޑީލް؟ ” މާވިން ސަލާމަށް އަތްދިއްކޮށްލަމުން ދާރިއަންގެ ގާތުން އެހިއެވެ. ދާރިއަން ބޯޖަހައިލަމުން މާވިންގެ އަތުގައި ހިފައި ޑީލްއޭ ބުނެލިއެވެ.
” އަހަރެންގެ އެބައޮތް ޝަރުތެއް.. ދާރިއަންގެ ޓީމްގެ އެކަކު ކައިރީވެސް ނުވާނެ އަހަރެން މީ މިތަނުގެ މީހެކޭ.. އަދި މިތަނުގެ އެއްވެސް މައުލޫމާތެއްވެސް ދީގެން.. މިއީ ޓޮޕް ސީކްރެޓްއެއް އަހަރެންނަށް ހެޔޮ ތި އިންސާފް ހޯދައިދޭން އުޅޭ އެކުވެރިޔާގެ ގާތުގައި ބުންޏަސް.. ” މާވިން ބުންޏެވެ. ” އަހަރެން ފުލީ ޓްރަސްޓް ކުރަން އަހަރެންގެ ޓީމަށް.. އަހަރެންގެ ޓީމް މި ސިއްރު ހިފަހައްޓައި ދޭނެ.. ” ދާރިއަން ބުންޏެވެ. ” މިކަހަލަ ކަންކަމުގައި އުޅޭއިރު އަމިއްލަ ހިޔަންޏަށްވެސް ނުވާނެ އިތުބާރުކުރާކަށް.. ޕޮލިހުގަ އުޅޭ ގިނަ މީހުންނަކީ މިކަހަލަ ގޭންގުތަކަށް ވިކިފަ ތިބޭ ބަޔެއް އަހަރެންގެ އަމިއްލަ ދެލޮލުން ބަލާފައި މިހެން މިބުނަނީ.. އެހެން ނޫނަސް މީ އަހަރެންގެ ސިއްރެއް.. އަހަރެންނަށް ދާރިއަންއަށް އިތުބާރު ކުރެވިދާނެތަ މި ސިއްރު ހިފަހައްޓަން؟ ” މާވިން ދާރިއަންއަށް ބަލައިލަމުން އަހައިލިއެވެ. ދާރިއަން އޭނާގެ ޓީމްއަށް ކަންކަން ސިއްރުކުރަން ބޭނުން ނުވި ކަމުގައިވިޔަސް މާވިންގެ ނިންމުނަށް އިހްތިރާމް ކުރަމުން ބޯޖަހައިލިއެވެ.
” ޝުކުރިއްޔާ ” މާވިން ދާރިއަންއަށް ޝުކުރުވެރިވިއެވެ. ” އަހަރެންގެ ޓީމުން އަހަރެން މިހާރު ހޯދާނެ.. ގޭންގުންވެސް އަހަރެމެން ހޯދަންފަށާނެ މިހާރު.. ” ދާރިއަން ބުންޏެވެ. މާވިން ބޯޖަހައިލިއެވެ. އަދި އޭނަގެ ފަހަތުން އައުމަށް އިޝާރާތްކޮށްލިއެވެ. ދާރިއަން މާވިންގެ ފަހަތުން ހިނގައިގަތެވެ. އެތާގައި އުޅޭ މީހުންތައް ތިބީ މާވިން ހުރިހެން މާސްކް އަދި ޔުނީފޯރމް އަޅައިގެންނެވެ. އެތަނުގައިވަނީ މަޑު ނޫކުލައެއްލެވިފައެވެ. ދާރިއަންއަށް ބޭރަށް ނިކުމެވުމުން އެއީ ބޮޑު ސަފާރީއެއްކަން އެނގުނެވެ. އެތަން ވަށައިގެންވަނީ މާސިންގާ ކަނޑެވެ. މާވިން ގޮސް ލާންޗަކަށް އެރުމުން ދާރިއަންވެސް މާވިންގެ ފަހަތުން އެރިއެވެ. ” އަހަރެމެންނާއި ދާރިއަން ބޭނުމިއްޔާ ގުޅެވިދާނެ.. ” މާވިން ހިނިތުންވެލަމުން ދާރިއަންގެ ގާތު ބުންޏެވެ.
ދާރިއަންގެ ޝައުގުވެރިކަން މާވިންއަށް ހުއްޓުނެވެ. ” މިތަންމީ ވަރަށް ރިސްކީ ޖޮބެއް.. ފުރާނަ އަތް މައްޗަށް ލައިގެން އުޅެންޖެހޭނީ.. އެކަމަކު ވަރަށް ލީނިއަންސީ ހައި ވާނެ.. ބޭނުން ކޭސްއެއް ނަގައިގެން ޖާސޫސް ކުރަން ޖެހޭނީ.. ރަނގަޅަށް ހެކި ހޯދުމުން އެނޮނިމަސް ގޮތުގަ އަހަރެމެން ކޮޕުންނަށް އަންގަނީ.. ސެލެރީ ލިބޭނެ ކޮމްޕްލިޓް ކުރާ ކޭސްތަކަށް ބަލާފަ ބޮޑު އެއްޗަކުން.. ” މާވިން އެތާނގައި ކަންތައް ހިނގާގޮތް ދާރިއަންއަށް ކިޔައިދިނެވެ. ދާރިއަން ބޯޖަހައިލިއެވެ. ” އަހަރެން ވިސްނާލަން ޖެހޭނީ.. ” ދަތްދޮޅީގައި އަތްކާއްތާލަމުން ދާރިއަން ބުންޏެވެ. ” ދާރިއަން ކޮންމެހެން މި ޖޮބް ނަގާކަށް ނުޖެހޭނެ އަނެއްހެން.. އަހަރެން މި ބުނީ ދާރިއަންއަށް މިތަނާ ބެހޭ މައުލޫމާތު އެނގޭތީ މިހާރު.. ” މާވިން ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ.
” ގޭންގަށްށާއި އަހަރެންގެ ޓީމްއަށް ކޮންމެސް އެކްސްކިޔުސް އެއް ބޭނުންވާނެއެއްނުން؟.. ” ދާރިއަން އަހާލިއެވެ. ” ގޭންގު މީހުން ކައިރީ އަހަރެން ބުނިން ކަލޭ ގޮވާގެން ޕާޓީ ކުރަން ދިޔަ ވާހަކަ.. ޓީމް ކައިރީވެސް ބުނޭ އެހެން.. އާ މިއޮތީ ކަލޭގެ ފޯނު.. ” މާވިން ކަމެއް ހަނދާންވީ ފަދައަކުން އަވަސް އަވަހަށް ދާރިއަންއަށް އޭނަގެ ފޯނުދިނެވެ. ލާންޗު މާލެއަށް ލެފުމުން ދާރިއަން ފޯނު ހުޅުވައިލިއެވެ. އޭރު އޭނާގެ ފޯނަށް ސަތޭކައަށްވުރެ ގިނަފަހަރު ދާލިޔާ ގުޅާފައޮތެވެ. އަދި އެއަށްވުރެ ގިނައިން އުކައިލް ގުޅާފައިވެއެވެ. އޭނަ އަވަސް އަވަހަށް ދާލިޔާއަށް ގުޅިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Vara Reethi mi part 💖💖💖
When is next part
Thank you Ria.. I’m glad u like it💜
Next part insha Allah Tuesday ga💜🦋
Maashaa Allah mi part vx varah varah reethi…
Mi dhiya part nimunyhsure neyva hifahtaalaigen mihunnany 🤣🤣🤣
Naseebehnu maavin copakah v kan…
Whn next??
Thank you Nawar… I’m glad u like it💜
Hehe bodu plot twist ehdhw😂
Maavin eii MVSA ge agent ekey.. Not a cop ingey hehe..
Yeahh naseebeh dhw ehennoony neyge dhaarian fakeerah hadhaalaane gotheh vx😂
Next part insha allah Tuesday ga 💜🦋
Maavin ves cop eh dhaarianves cop eh………
Mi part ves vrh reethi ❤️❤️❤️❤️❤️❤️
Dhen khneh baa vaany dhw?????
When next part…….
💕💕💕💕💕💕💕💕💕
Hehe bodu plot twist ehdhw😂
Maavin eii MVSA ge agent ekey.. Not a cop ingey hehe..
Thank you darling.. I’m glad u like it..
Dhen vaane goi ingeyne dhen anna part thah kiyaaleema😄
Next part insha allah Tuesday ga💜🦋
mi part ves v reethi masha allah
curiously waiting for next part
keep it up
dhaaliya and ukail gulhuvachey
dhaarian and miyaa ves
they all are made for each other
cop akah dhw evee hehe
v intresting story eh
v kiyaala hithun kiyani
i appreciate your hard work
your my fav author
love you maash
Thank you cutie girl.. I’m glad u like it💜
Net part insha allah tuesday ga..
Thank you for ur support darling
Lets see dhaaliya and ukail ah vaa goi dhw..
And miya ahsha dhaarian vx..
yeshh they look good together dhww
yeshh maavin is a MVSA agent eh hehe.
thankyouu
I appreciate you support..
That means a lot to me..
Love you too darlingg💜🦋
So nice!!
Hee ves kuri ey Maavin ge ekahala intention eh vaa hen!!!
You r very creative darling
I love this story and I’m very curious too you know????(FYI)
Hhehehhehehehhe…..
When next??
Lysssssm💗💗💗💗💗
Thank you, Your fav bab.. I’m glad u like it💜
hehe emme fahun maavin mi v one of the good guys ashey dhww😄
Awwnn thank you.. I try my best😊
hehe curious kohlaafa dhw abadhu mi nimmaaleveney.
hehe next part insha allah tuesdayga..
Love you more darlingg💜🦋
Actually kon maash eh tha??
My real name is maasha.. so maash is my nickname😅
Vrh salhi mi bai ves.
Hama inthizaaruga
Thank you White rose.. I’m glad u like it..
next part insha allah tuesdayga💜🦋
V reethi mi story aslu when next can’t wait
Thank you Anonymous.. I’m glad u like it..
next part insha allah tuesdayga💜🦋
Masha Allah v reethi 💗
Next part thankolheh gina iru kiyaalan libeyne kmh ummeedhu kuran ☺️
Can’t waittt!!!
Btw what’s Ur age butterflyyyyy?
Thank you GIIRRLL.. I’m glad u like it..
I’ll try my best.. degree feshuneema kudakoh busy job ah dhaathy aa ekey.. but I’ll try 5 mins ah vure kuru nukureveythw..
next part insha allah tuesdayga💜🦋
I’m 18 now😊
Wait yesterday was your birthday??
If so happy belated birthday😁😁
Today I had so much fun celebrating my friends birthday
Hehehhehehe….
Nooo my birthday was in october hehe😅
Thanks anyway darling💜🦋
Happy belated birthday to ur friend😊