Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 08

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 27, 2024 5 Mins Read
16 Comments

” ނޫން އޭނަގެ ހުރޭ ދެކުދިން.. އޭނާގެ އަނބިމީހަގެ ނަމަކީ އައިޝަތު މިލްޔާ.. އެކުއްޖާގެ ހުރޭ އެކުއްޖާއަށްވުރެ ހަ އަހަރު ބޮޑު ބޭބެއެއް.. އޭނާގެ ނަމަކީ މާވިން މުހައްމަދު.. މި ކުއްޖާގެ ނަމަކީ އައިޝަތު މިޔާ އިމްރާން.. ” ދާލިޔާ އުކައިލްއަށް ޖަވާބު ދިނެވެ.

***ޕާޓް 8***

ދާލިޔާ ކިޔައިދިން ކަންކަމާއި މެދު އެންމެންވެސް ވަރަށް ބޮޑަށް ވިސްނިއެވެ. ” މަޑުކޮށްބަލަ.. އޭނަ ބައްޕަ ގައިގަ އޭގެ ފަހުން ތަޅައިގަންތަ އެއްވެސް ގޮތަކަށް؟؟ ނޫނީ އެމީހުން އޭނަ ބައްޕައާއި ދިމާކުރިތަ އެހެންގޮތަކުން ވިޔަސް؟ ” ޒާލިކް ދާލިޔާ ކުރެން އަހައިލިއެވެ. ” އޭގެ ފަހުން އެކަހަލަ ކަމެއް ނެތް ރިޕޯޓް ކުރެވިފައެއް.. އެކުއްޖާ އަމިއްލައަށް ފިލީކަމުގައިވެސް ބަޔަކު ކިޔާ.. އަނެއްބައި މީހުން ކިޔާނީ އެކުއްޖާ ގޭންގުން ކިޑްނެޕް ކުރީކަމަށް.. އެކަމް އެހެން ހަދައިފިނަމަ އިމްރާންއަށްވެސް އެނގޭނެ.. އެކުއްޖާ ގެއްލުން ދުވަހު އިމްރާންއަށް ސްޓްރޯކެއް ޖެހުންކަމަށްވެސް ވޭ.. ” ދާލިޔާ ބުންޏެވެ.

އުކައިލް ދާލިޔާގެ ވާހަކައާއި މެދު ވިސްނާލިއެވެ. ” އެކުއްޖާ އަމިއްލައަށް ފިލި ކަމަށް ވަންޏާ އޭގެ ފަހަތުގައި ސަބަބެއްވެސް އޮންނާނެއެއްނުން؟. ދާލިޔާ ފެމެލީ ބެކްގްރައުންޑްގެ ޗެކްއެއް ހެދިންތަ؟ ފެމެލީއާ މިޔާގެ ގުޅުން ހުންނަ ގޮތް.. ” އުކައިލް ބުންޏެވެ. ދާލިޔާ ބޯޖަހައިލަމުން އޭނައަށް އެއްކުރެވުނު މައުލޫމާތު ދައްކައިލިއެވެ. ” ވެދާނެއެއްނުން މިޔާއަށް އޭނާގެ ބައްޕައަކީ ގޭންގް މީހެއްކަން އެނގިގެން ރައްޓެހިވެގެން އުޅޭ ކުއްޖައާއެކީ ފިލީ ކަމަށް.. ” އިޔާދު އޭނާގެ ހިޔާލު ފާޅު ކުރިއެވެ. ” މިޔާއަކީ އެކަހަލަ ކުއްޖެއް ނޫން.. ސްކޫލްގަވެސް ވަރަށް ޓިމިޑް ކުއްޖެއް.. ފިރެހެންކުދިންނާ އެހާ ވާހަކައެއް ނުދައްކާ.. ގުޑް ގްރޭޑްސް.. އެއްވެސް ކަހަލަ ކޮމްޕްލެއިންއެއް ނޫނީ ޑިސިޕްލިން މައްސަލައެއްވެސް ނެތް.. ” ދާލިޔާ ބުންޏެވެ.

” އެއީ އޭރު ފަނަރަ އަހަރުގެ ކުއްޖެއް އެއުމުރަކީ އައު ކަންތައް ކުރާ ހިތްވާ އުމުރެއް.. މީހުން ބުނެއުޅެއެއްނުން މަޑުން އިންނަ ގުރާ ބާރަށް ދައިގަންނާނޭ.. ” އިޔާދު ބުންޏެވެ. ޒާލިކް އިޔާދުއާ އެއްބަސް ވިޔެވެ. ” ވެލް އޭނަ ފެމިލީއިންވެސް ބުނަނީ ވަރަށް ރަނގަޅު ކުއްޖެކޭ.. ދެން އަހަރެންނަކަށްވެސް ނޭނގެދޯ.. ވެދާނެ އެ ގޭންގް ކިޑްނެޕް ކުރީކަމަށްވެސް.. މިޔާ ކިޑްނެޕްވި ފަހުން އިމްރާންއަށް ގޭންގުގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވޭ.. ” ދާލިޔާ ބުންޏެވެ.

” އަހަރެން ގޭންގަށް ވަދެފައި މިޔާގެ މައުލޫމާތު ލިބޭތޯ ބަލާނަން.. ” ދާރިއަން އަޒުމާއި އެކު ބުންޏެވެ. އޭނަ ހުރީ މިޔާ އާއި މެދު ހަމްދަރުދީވެފައެވެ. ” މިޔާ ދުނިޔޭގައި ހުރިނަމަ ތިން އަހަރު ވަންދެން އެކުއްޖާ ނުލަފާ ޖަނަވާރުންގެ ވަކިތަކުގައި ތާށިވެފައި ހުރީ.. މިޔާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިހާ އަނިޔާއެއް ދޭނެ.. ” އުކައިލް މޫނުގައި އަތް އުނގުޅައިލަމުން ބުންޏެވެ. އޭނަވެސް ހުރީ ރުޅިގަދަވެފައެވެ.

މިޔާއާއި މެދު އެތަށް މަޝަވަރާއެއް ކުރުމަށްފަހު ދާރިއަން އެކަނި އެކޮޓަރީގައި ބެހެއްޓުމަށްފަހު އުކައިލްމެން ނިކުމެގެން ދިޔައެވެ. ދާރިއަން އެ ކުޑަ ކޮޓަރީގައި ހުރި އެނދުގައި އޮށޯތެވެ. އޭނާގެ ސިކުނޑިވަނީ މިޔާގެ ހިޔާލުތަކުން ފުރިފައެވެ. މިޔާ އެގޭންގުން ކިޑްނެޕް ކޮށްފިނަމަ އެ މައުސޫމް އަންހެންކުއްޖާ ކުރިމަތިލާނެ ކަންކަމާއި މެދު އޭނައަށް ވިސްނަން އޮވެވުނެވެ. ކުޑައިރުކޮޅެއްފަހުން އޭނާގެ ދެލޮލަށް ބަރުވާން ފެށިއެވެ. މަޑުމަޑުން ލޯމެރެމުންގޮސް ނިދީގެ ފުންކަނޑަށް ގެނބުނެވެ.

ނިދީގެ ފޮނިމީރުކަމުގެ ރަހަ ނުލާތާ އެތަށް އަހަރެއްވި މިޔާ އިނީ މިރޭވެސް އެ ކޮޓަރީގެ ދޮރުން ވަދެގެން އަންނާނޭ މީހަކާއި މެދު ހުށިޔާރުވެގެންނެވެ. ކަކޫ ހަށިގަނޑާއި ކައިރިކޮށްލާފައިވީއިރު، ދޮރުން ވަދެގެން އަންނަ މީހަކަށް ހަމަލާ ދިނުމަށްޓަކައި، އޭނަ އިނީ ކާއިރު ބޭނުން ކުރާފަދަ ދަގަނޑު އުލެއް ހިފައިގެންނެވެ. ދޮރަށްބަލަން ހުރި އިރު އޭނަ މޫނުން ފެނިގެންދަނީ ވަރުބަލި ކަމުގެ އަސަރެވެ. ކުއްލިއަކަށް ދޮރުގެ ތަޅަށް ތަޅުދަނޑި ވައްދާލި އަޑުއިވުމުން އޭނާ އުލަށް ބާރުކޮށްލިއެވެ. ދޮރުހުޅުވައިލުމަށްފަހު ވަދީހު އާއިއެކު ފިރެހެނަކު ވަދެގެންއައެވެ. ވަދީހު މިޔާއަށް ބަލައިލަމުން ދެލޯ އަޅައިލިއެވެ.

” އެއްގަޑި އިރު ” ވަދީހު ދެން ހުރި ފިރެހެން މީހައާއި ދިމާލަށް ބުންޏެވެ. އޭއާއިއެކު އޭނާ ބޯޖަހައިލުމަށްފަހު އެއްހާސް ރުފިޔާ ވަހީދުގެ އަތަށް ދިނެވެ. މިޔާއަށް އިންޒާރުގެ ނަޒަރަކުން ބަލައިލުމަށްފަހު އެ މީހަ މިޔާއަށް ހަދާނެގޮތެއް ހަދަން ދޫކޮށްފައި ވަދީހު ކޮޓަރިން ނިކުތެވެ. އެ މީހަ އެނދާއި ކައިރިއަށް ފިޔަވަޅުއަޅަން ފެށީ މިޔާގެ ހަށިގަނޑަށް ކަރުހިއްކައިގަނެފައިވާ ސިންގާއެއް ބަލާފަދައިން ބަލަމުންނެވެ. ” ކޮން ނަމެއްތަ ލޯބިއަށް ކިޔަނީ؟؟ މަގޭ ނަމަކީ ޒަފަރު.. މިރޭ ތި ރީތި ޕަރީގެ ހަށިގަނޑަކީ މަގޭ އެއްޗެއް.. ” ޒަފަރު މިޔާއާއި ދިމާލަށް ފިޔަވަޅުއަޅަމުން ބުންޏެވެ. އޭނަ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އެއީ މެދު އުމުރުގެ ފިރެހެނެކެވެ. މިޔާ ހުރީ އޭނަ އުޅޭ ގޮތުންނާއި ވާހަކަ ދެއްކި ގޮތުން ފަކުރު ގަނެފައެވެ.

ޒަފަރު އޭނާގެ ހަށިގަނޑުގައި ހުރި އަންނައުނުތައް ހަށިގަނޑާއި ވަކި ކުރުމަށްފަހު ކުއްލިޔަކަށް މިޔާގެ ހަށިގަނޑާއި ދިމާލަށް ފުންމައިގަތެވެ. މިޔާ ޒަފަރުގެ ކައިރިން ސަލާމަތްވުމަށްޓަކައި އެނދުން ފައިބަން ތެޅިގަތެވެ. ނަމަވެސް ޒަފަރު އެއަށްވުރެ ހުށިޔާރެވެ. މިޔާގެ ކުޑަ ހަށިގަނޑުގައި ހިފާ އެނދު މައްޗަށް ވައްޓާލުމަށްފަހު، މިޔާގެ ހަށިގަނޑު މައްޗަށް އަރައި އެ ދޮންކަރުގައި ވަސް ގަނެ ބޮސްދޭން ފެށިއެވެ. މިޔާ ދިޔައީ އޭނަ ކައިރިން ސަލާމަތްވުމަށްޓަކައި ފެނުން ނަގައިފައި އޮތް މަހެއްހެން ތެޅެމުންނެވެ. އޭނާގެ އަތަށް ދޫކަމެއް އިހްސާސްވުމުން ވަގުތުގެ ބޭނުންކޮށް އަތުގައި އޮތް އޫ ޒަފަރުގެ ކޮނޑަށް ހަރައިލިއެވެ.

އޭނާގެ ހަށިގަނޑުން ދޫކުރަން ދެކަށް ހެރުނު ތާކަށް އޫ ހަރަމުން ދިޔައެވެ. ވަހުޝީ ކަނޑަށް ގެބެމުން ދިޔަ ޒަފަރުގެ މޭ މައްޗަށް އެރި ހަމަލާއާއެކު ހަޅޭލަވައިގަތުމަށްފަހު އޭނަ މިޔާގެ ގައިން ދޫކުރިއެވެ. އޭރު އޭނާގެ އެތަން މިތަނުން ދިޔައީ ލޭ އަންނަމުންނެވެ. މިޔާ ފުންނޭވާތަކެއްލުމަށް ފަހު ދުވެފައިގޮސް ފާހަނައަށް ވަނެވެ. ޒަފަރު ފާހަނައިގެ ދޮރުގައި ތެޅުމަށްފަހު އޭނައަށް ލިބިފައިވާ ވަގުތު ހަމަވުމުން ކޮޓަރިން ނިކުތެވެ. ޒަފަރު ކޮޓަރިން ނުކުތް އަޑުއިވުމުން މިޔާއަށް ފާހަނައިގެ ދޮރު ބުޑުގައި އިށީނދެވުނެވެ. އަނގަމަތީގައި އަތް އަޅައިގެން ރޯން ހުރިއިރު އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ޒަފަރުގެ މުޑުދާރު އަތުގެ ފިރުމުންތަކުގެ އިހްސާސް އޭނައަށް އަދިވެސް ވަމުން ދިޔަހެން ހީވިއެވެ.

މިޔާ ގޮސް ފެންވަރަން ފެށިއެވެ. އަތުންނާއި ނިޔަފަތިން ނަޖިހެން ފިލުވަން އުޅޭފަދައިން އޭނަ ދިޔައީ ހަށިގަނޑު އުނގުޅަމުންނެވެ. އޭރު އޭނާގެ ދެލޮލުން ދިޔައީ ދޫކޮށްފައިވާ އިސްކޫރެއް ފަދައިން ކަރުނައަންނަމުންނެވެ. ހަށިގަނޑު އުނގުޅާ ވަރުބަލިވުމުން މިޔާ މުށިތައް މަތީގައި އިށީނީ ކަކޫ ހަށިގަނޑާއި ކައިރިކޮށްލަމުންނެވެ. އިރުކޮޅަކު ރުއިމަށް ފަހު ކަރުނަތަށް ފުހެން ފެށިއެވެ. އެކަރުނަތަކުން އެތާ އުޅޭ އެކަކުގެވެސް ހިތުގައި ރަހުމުގެ ކުލުނު އުފެދިގެން ނުދާނެކަން އެނގި އޭގެ ބޭނުން ނެތުމުންނެވެ. ނަމަވެސް ހިތުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެކަންވީ ކުރަން ނުހަނު އުނދަގޫ ކަމަކަށްށެވެ. ނޭފަތް ދަމަމުން ތުވާލިކޮޅުގައި ކޮޓަރިން ނިކުތުމަށްފަހު ކަޅުކުލައިގެ ހޫޑިއަކާއި މަޑު ސްވެޓްޕޭންޓެއް ލިޔެވެ. އަދި މަޑުމަޑުން ކޮޓަރީގެ ކަނެއްގައި އިށީނެވެ.

އިރުކޮޅެއް ފަހެވެ. ބަރު ފިޔަވަޅުތަކެއް ކޮޓަރިއާއި ކައިރިވާ އަޑު އިވެން ފެށިއެވެ. ތަޅު އަނބުރާލުމަށް ފަހު ވަދެގެން އައި މީހާ ފެނި މިޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ވަދީހު އައިސް މިޔާ ކުރިމަތީގައި ހުއްޓިލީ ބެލްޓެއް ހިފައިގެންނެވެ. މިޔާގެ ދެލޯކަރުނުން ފުރިގެން ދިޔައީ ދެން ކަންތައް ވާނޭ ގޮތް އެނގުމުންނެވެ. ” މިރޭވެސް ކަލޭ ގާތަށް ފޮނުވި މީހާއަށް ހަމަލާ ދިނީތި.. ކަލެޔަކަށް މިތަނަކުން ނުދެވޭނޭ ކިތަށް ފަހަރު ބުނީމަތަ މި ސިކުނޑިއަށް ވިސްނޭނީ އޭނ؟ ކަލޭ މަރާނުލާވެސް މިހުންނަނީ ކަލޭގެ ބޭނުން އަހަރެމެންނަށް ތި ހަށިގަނޑުން ނޫނަސް ކުރެވޭތީ.. އެހެން ނޫންނަމަ ތި ބޮލާއި ހަށިގަނޑު ވަކި ކުރިތާ ކިތަންމެ ދުވަހެއް.. އެކަމަކުވެސް… މިރޭ ތިކުރި ކަމެއްގެ އަދަބު ލިބޭނެ.. ” ވަދީހު އެހެންބުނެ ބެލްޓް މައްޗަށް ހިއްލައިލިއެވެ. މިޔާ ލޯމަރައި ބާރުކޮށްލީ އޭނައަށް ވަދީހުގެ އަތްދަށުން ސަލާމަތް ނުވެވޭނެކަން އެނގުމުންނެވެ.

އޭގެ އަނެއް ދުވަހެވެ. ދޮރުފޮތީގެ ފަޑުއަލި މުށިތަށް މަތީ އޮތް މިޔާއަށް ފޯރިއެވެ. އޭނާގެ ހަށިގަނޑު ދިޔައީ ތުރުތުރުއަޅަމުންނެވެ. ބުރަކަށީގައި ރޭގައި ވަދީހު ދިން އަނިޔާގެ ރަތްކަން ގަދަ ރުޅިގަދަ ނިޝާންތައްވެއެވެ. މިޔަގެ މޫނުމަތި ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. އޭނާގެ ދެލޯ ދުޅަވެފައިވީއިރު ނޭފަތް ހީވަނީ ފޮޅިފައިވާ ފިނިފެން މަލެއްހެންނެވެ. ހަށިގަނޑުގައި އަޅާ ވޭނުގެ ސަބަބުން މިޔާއަށް ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް އުނދަގޫވިއެވެ. މަޑު ގިސްލުމުގެ އަޑު ވަނީ އެ ކޮޓަރީގައި ފެތުރިފައެވެ.

ދާރިއަން ދިޔައީ އެރެޔަށް ތައްޔާރުވަމުންނެވެ. މިރޭ އޭނާގެ ހަޔާތް ބަދަލުވެގެންދާނެކަން އޭނަޔަށް އެނގެއެވެ. މި މިޝެން ދިގުލައިގެން ގޮސްފިނަމަ މަސްތަކުގެ އިތުރުން އަހަރުތަކަށްވެސް ދިގުލައިގެން ހިނގައިދާނޭކަން އޭނައަށް އެނގެއެވެ. ނަމަވެސް ނުހައްގުން އަނިޔާ ލިބެމުންދާ ޒުވާނުންނާއި އެކުވެރިޔާގެ މަންމައަށް އިންސާފު ހޯދައިދިނުމަށްޓަކައި އޭނަ އެކަން ކުރާނެއެވެ. ރޭގަނޑުގެ ވަގުތު ޖެހިގެން އައީ އޭނާ އެކަމަށް އިންތިޒާރުކޮށްލަކޮށްލަ ހުއްޓައެވެ. ކުރިންވެސް އޭނަ އިން ބުރުގެ ޖޯލީގައި އިނީ އެގޭންގްގެ އިންތިޒާރުގައިއެވެ.

ކަޅުފޮއި ރެއެކެވެ. މިރޭ ހަނދުގެ ހިލަމެއް ނުވާއިރުގައި ތަރިތަކުގެ ހިލަމެއްވެސް ނުވެއެވެ. މުޅި ދުނިޔެ ކަޅު ވިލާގަނޑަކުން ބައްދާލާފައިވާ ފަދައެވެ. މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި ޖަހާފައިވާ ހޮޅިދަނޑިން އެޅޭ އަލި ފިޔަވައި އެހެން އައްޔެއްނެތެވެ. މީހުންތަކެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. ދާރިއަން އޭނާގެ ހަށިގަނޑު ސީދާ ކޮށްލީ އެއީ ކޮންބަޔެއްކަން ޔަގީންވާތީއެވެ. ކުރިންރޭ އައި ހަތަރު ފިރެހެނުން އައިސް އޭނާގެ ކުރިމަތީ ހުރި ޖޯލީގައި އިށީނެވެ. ” ކޮބާ ޖަވާބަކީ؟ ” ޝިމާއު އޭނާގެ ބަރު އަޑުން ދާރިއަން ގާތު އަހައިލިއެވެ. ” އަހަރެން ގޭންގްއަށް ވަންނާނަން. ” ދާރިއަންގެ ޖަވާބުގެ އަޑުއިވި އެތާ ތިބި މީހުންގެ ތުންފަތްތައް އެއްމިޔަކަނުން ދެމިލިއެވެ. ” އެހެންވީމަ މިރޭ އެއްބަސްވުމުގައި ސޮއެ ކުރަމާ.. ” ތިހާމް ދާރިއަން އަތަށް ގަނޑެއް ލައިދެމުން ބުންޏެވެ.

ދާރިއަން އެއްބަސްވުން ކިޔައިލިއެވެ. އޭގައި އޮތީ ގޭންގްގައި ހިނގާ ކަންތަކުގެ މައުލޫމާތު ގޭންގްގައި އުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް ނުދޭނެ ކަމަށް ވައުދުވާށެވެ. އަދި ގޭންގަށް ގުޅުމުން، އުޅޭނެ ތަނާއި އެހެނިހެން ޒަރޫރީ ބޭނުންތައް ގޭންގްގެ ފަރާތުން ފުއްދައިދޭނެކަމެވެ. ގޭންގަށް ހިޔާނާތްތެރިވެއްޖެނަމަ އަދަބަކީ ވޭންހުރި މަރެއް ކަމުގައެވެ. އަދި ގޭންގާއި ގުޅުމަށްފަހު ގޭންގްއިން ވަކި ނުވެވޭނެ ކަމެވެ. ގޭންގްއިން ވަކިވެވޭނީ ފުރާނައާއި ހަށިގަނޑު ދެތަން ވުމުން ކަމުގައެވެ. ނުވަތަ ވަކިވާން ބޭނުންނަމަ ވަކިކުރާނީވެސް އެހެން ކަމުގައެވެ. އެއްބަސްވުން ކިޔަމުން ދިޔަ ދާރިއަންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އެއްބަސްވުމުގައި އޮތް ތިން ޓެސްޓް ފެނި ދާރިއަން ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަ އިހްސާސްވިއެވެ. ހިތުގެ ވިންދު ބާރުވެލިއިރު ނޭވާ އަވަސްވެލިއެވެ. އަތުގައި މަޑު ތުރުތުރެއް އަޅައިގެން ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…59

Next

މައިރާ (4 ވަނަ ބައި)

Next
December 28, 2024

މައިރާ (4 ވަނަ ބައި)

Previews
December 27, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…59

16 Comments!

  1. Nawar says:
    December 27, 2024 at 11:19 pm

    E 3 test aky kobaa baa 🤔🤔🤔
    Mi part vx varah varah reethi….
    Awwn can’t wait for next
    Whn next?.

    1. Maash Butterflyyyyy says:
      December 28, 2024 at 9:02 pm

      E 3 test next part ga engeyne hehe..
      Thank you nawar happy to hear that..
      Next part insha allah Tuesday ga..
      Lysm💜🦋

  2. cutie girl says:
    December 28, 2024 at 11:19 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    ukail and dhaaliya gulhuvachey

    1. Maash Butterflyyyyy says:
      December 28, 2024 at 9:04 pm

      Thank you cutie girl.. Happy to hear that..
      Next part insha allah Tuesday ga..
      Thank you for ur support darling..
      Let’s see those 2 gulheythw dhw..
      Lysm💜🦋

  3. Your fav bab says:
    December 28, 2024 at 12:49 pm

    Anekka kon 3 test eh ba???????
    I think inthe agreement there would be to kill a person
    Very curious!!!!!!!!
    When next??

    1. Maash Butterflyyyyy says:
      December 28, 2024 at 9:05 pm

      E 3 test ingeyne next part ga..
      Ooohhh let’s see agreement ga thihen oveythw..
      Next part insha allah Tuesday ga..
      Lysm💜🦋

  4. shihaamaa ali shihaamaa ali says:
    December 28, 2024 at 4:58 pm

    heyy butterfly
    mi part vess vrh reethi ma sha allah.. busy vegn ep 7 vess mikuny hama ehnve ingey e part ga comment nukollevuny
    alhe i feel so bad for Mia. but i believe Ukail mn will save her. justice for MIA
    dhn alhe is Dhaariyan really eyga sign kuraany baa? Dhaariyan ah dhera gotheh nahadhahchey
    Iyaadh ves sus vey eba mihr soo curious
    when next?
    LYSM

    1. Maash Butterflyyyyy says:
      January 4, 2025 at 3:57 pm

      Heyy shiherr.
      thanks i’m glad u like it.
      same i feel bad for mai too hehe..
      dhaarian ah vaa goi ingeyne adhi..
      next part mihaaru up vefa eyny..
      Love you more darlingg💜🦋

  5. Your fav bab says:
    December 29, 2024 at 1:46 am

    I’ll wait impatiently till Tuesday IA!!!!

    1. Maash Butterflyyyyy says:
      December 29, 2024 at 9:44 am

      Hehe… Keep waiting Your fav bab😅

  6. RIFSHA says:
    December 29, 2024 at 10:30 am

    Hey butterfly
    Varah reethi ingey story.kiyaalin ingey kurin mi vaguthu comment kohliyas
    Mia ah vaa gothun varah dhera vey.mia ekamun salaamai koh dheeba.dhaarian mia salaamai koh dheyne kamah mi balani.
    E gandu ga oi ehcheh balaa hithun mihaaru rifoo mi hury.
    Kon irakun next part kiyaaalan libeyny
    Love you butterfly 🦋❤️

    1. Maash Butterflyyyyy says:
      January 4, 2025 at 3:56 pm

      Hey Rifoo
      Thanks darling..
      lets see mia salaamaiveythw dhw..
      egadu ga oii ehcheh engeyne dhen oii part kiyaaleema..
      love you more darlingg💜🦋

  7. Ghost girl 👻 says:
    December 29, 2024 at 9:39 pm

    V.reethi story I love it curiously waiting for the next part I love this story and mi story liyunu author ves

    1. Maash Butterflyyyyy says:
      December 29, 2024 at 9:43 pm

      Thank you Ghost girl.. I’m glad you like it.. Next part insha allah tuesdaygs.. Awww thats so sweet Thank you darlinggg.. Love you moree💜🦋

  8. Your fav bab says:
    January 1, 2025 at 6:43 pm

    Bro!!!!!
    This is Wednesday!!!!!
    Where is the part???

    1. Maash Butterflyyyyy says:
      January 2, 2025 at 11:42 pm

      I have submitted it on Monday night but it’s still in pending.. Admin approve kohleema kiyaalan libeyne.. I’m sorry

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 09←


All Right Reserved!