Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 07

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 24, 2024 5 Mins Read
14 Comments

” މަށަށް މިހާރު ފެންނަމުންދާ މަންޒަރުތަކުންނަމަ، ދަޔާން ތީ އަމިއްލަ ހިޔާލު ފާޅު ކުރާ ޒުވާނެއް މީހަކު އެއްޗެކޭ ބުންޏަސް މަޑުން ހުންނާނޭ މީހެއް ނޫން.. އަބަދުވެސް ފެންނަނީ ވަރަށް އެކަނި އުޅޭ ތަން.. އަހަރުންގެ ގޭންގަށް ޖޮއިން ވެއްޖެއްޔާ އެކެނިވާކަށް ނުޖެހޭނެ… ފައިސާ ހެސް ކިޔާފަ ލިބޭނެ، ހުންނާނެ ސަޅި ތަނެއްވެސް ލިބޭނެ.. އަހަރުން އަހަރުންގެ މީހުނަށް ދޯކާއެއް ނުދެން އަދި އެމީހުންނަކީ އާއިލާ ކަމަށް ބަލައިގެން އުޅެނީ.. އެހެންވީމާ ސުވާލަކީ ދަޔާން އަހަރެމެންގެ އާއިލާގެ ތެރެއަށް ވަންނާނަންހޭ؟.. ” ޝިމާއު އަހައިލިއެވެ. އޭނާގެ ލޮލުގައި ނުރައްކައުތެރި ކަމުގެ ދަޅައެއް ހުއްޓެވެ. ނަމަވެސް ދަޔާންއަށް ހިލަމެއް ނުވާނެ ފަދައިން އޭނަ ހުރީ އެކަން ހިނިތުންވުމެއްގެ ފުރަގަހުގައި ފޮރުވައިލާގެންނެވެ.

***ޕާޓް 7***

” އެއީ ކީއްކުރަން؟ ތިއީ އަބަދު ޖަލަށް ވަދެ ނިކުމެ އުޅޭ ބައެއް.. ” ދާރިއަން ބުންޏެވެ. ” ކަލޭ ކޮންމެހެން ހައްޔަރު ކުރާނެކަމުގެ ބިރުގައި އުޅޭނެ ކަމެއް ނެތް.. ކޮޕުންނަށް އަހަރެމެން ޖަލަށް އެއް ދުވަހަށްވުރެ ގިނައިންލުމަކީ ކުރެވޭނެ ކަމެއް ނޫން.. ” ތިހާމް ފޮނިވެލާފައި ދާރިއަންއަށް ރައްދު ދިނެވެ. ” އެހެންނޫނަސް ކޮޕުން އެއީ އަހަރުންނަށް ވިކިފައި ތިބޭ ބައެއް.. އަހަރުން ޖަހާ ބެރަކަށް އެމީހުން ނަށާނީ.. ” މާވިން އިތުރުކުރިއެވެ. އެމީހުންގެ ވާހަކަ ހުރި ގޮތުން ދާރިއަން ހުރީ ރުޅިގަދަވެގެން ދެކަންފަތުން ދުންއަރާ ގޮތްވެފައެވެ. ނަމަވެސް ކުޅަދާނަކަމާއިއެކު އޭނަ ގާތަށް އައި ރުޅި ހިންދާލައިގެން އޭނަ އިނެވެ.

” އަހަރެން ތި ގޭންގަށް ވަންނަން ބޭނުމިއްޔާ ކީއްކުރަންޖެހޭނީ؟.. ” ދާރިއަން ޝިމާއުއަށް ބަލައިލަމުން އަހައިލިއެވެ. ” އަހަރެމެން ދޭނަން ތިން ޓެސްޓެއް އެއިން ކާމިޔާބު ވިއްޔާ ތީ ގޭންގް މީހެއް.. ” ޝިމާއު ބުންޏެވެ. ” އެއީ ކޮން ތިން ޓެސްޓްއެއް؟ ” ދާރިއަން ޝައުގުވެރިކަމާއިއެކު އަހައިލިއެވެ. ” ފުރަތަމަ އޮންނާނެ އެއްބަސްވުމެއް އެ ކިޔާ ސޮއެ ކުރީމަ، އަހަރުންނަށް ޓެސްޓްތަކުގެ މައުލޫމާތު ދެވޭނީ. ” ޝިމާއު ސިއްރުވެރިގޮތަކަށް ބުންޏެވެ. އެއްބަސްވުމެއް އޮންނަ ވާހަކަ ބުނުމުން ދާރިއަންއަށް މީ ވަރަށް ސިއްރިއްޔާތުގައި ކުރާ ކަމެއް ކަން ދެނެގަނެވުނެވެ.

” އަހަރެން ވިސްނާލާނަން.. ” ދާރިއަން ބުންޏެވެ. އެއާއެކު ތިހާމް، ވަދީހު، މާވިން ޝިމާއުއަށް ބަލައިލިއެވެ. ޝިމާއު ދާރިއަންއަށް ބަލައިލަމުން ބޯޖަހައިލިއެވެ. ” މައްސަލައެއްނެތް.. ވިސްނާނެ ވަރަކަށް ވިސްނާ.. މާދަން ރޭ ހަމަ މިވަގުތު މިތަނަށް އަހަރުން އަންނާނަން.. އަހަރެން އުންމީދު ކުރަން އަހަރެން ހިތްހަމަޖެހޭ ކަހަލަ ޖަވާބެއް ދަޔާން ދޭނެ ކަމަށް.. މިވަގުތަށް އަހަރުން ދިޔައީ.. ” ޝިމާއު އާއިއެކު އައި ތިން ފިރެހެނުން އެތަނުން ދުރަށް ހިނގައިގަތެވެ. ދާރިއަން އިރުކޮޅާކު ޖޯލީގައި އޮވެފައި ހިނގައިގަތީ ޓީމްއާއި ބައްދަލު ކުރާށެވެ. ހިނގަމުން ދިޔައިރު އޭނަ ދިޔައީ ސިއްރުސިއްރުން ބަޔަކު އޭނައަށް ފާރަލާތޯ ބަލަމުންނެވެ. ލައިގެން ހުރި ކަޅު ހޫޑީގެ ހޫޑް ބޮލުގައި އަޅާލިއެވެ. ކުރިންވެސް ދިޔަ ހަދަން ފަށާފައިވި ގޭގެ ކުރިމަތީ ހުއްޓުމަށްފަހު އޭނަޔާ ބަޔަކު ފާރަލާތޯ ބެލުމަށްޓަކައި ދެކޮޅު ހޯދައިލިއެވެ. އޭނަ ނޫން މީހަކު އެތާ ނެތްކަން ޔަގީން ކުރުމަށްފަހު އެ ގެއަށް ވަދެ ވަޅަށް ފުންމައިލިއެވެ. ތަޅުމުގައި ފައިޖެހުމުން ލޮކް ކޯޑް ޖެހުމަށްފަހު ހުޅުވައިލިއެވެ.

އޭރު އޭނާގެ ޓީމް އެ ކުޑަ ކޮޓަރީގައި ތިއްބެވެ. އުކައިލްއަށް ބަލައިލަމުން އެނާގެ އަތަށް ރިކޯޑިން ޑިވައިސް ދާރިއަން ދިނެވެ. ” ޕްލޭން އާއި އެއްގޮތަށް މި ދަނީ.. އެމީހުން ބުނެފި އަހަރެން ކައިރީ އެމީހުނާ ޖޮއިން ކުރަން.. އަހަރެންނަށް ވިސްނަން ދުވަހެއް ދިން.. މާދަމާ ރޭ ޖަވާބެއް ދޭން ބުނި.. އެމީހުން އަހަރެން ކައިރީ ބުނި ފާޑެއްގެ ޓެސްޓްތަކެއްގެ ވާހަކަވެސް.. ” ދާރިއަން ކިޔައިދިނެވެ. ” އެމީހުން ކައިރީ ސާރ ނާހަންތަ ކޮން ޓެސްޓްތަކެއް ތޯ އެއީ؟ ” ޒާލިކް ސުވާލު ކުރިއެވެ. ” އެހިން.. އެމީހުން ބުނީ އެ ކިޔާދެވޭނީ އެއްބަސްވުމެއްގަ ސޮއެ ކުރީމަކަމަށް.. ” ދާރިއަން ބުންޏެވެ.

” އެއްބަސްވުމެއް ދޯ.. އަހަރެން އެ ގޭންގަށް އޭރު ވެއްދިއިރު ތިކަހަލަ ކަމެއް ނުކުރެ.. ގަދަކަމުން އަހަރެން ލައްވާ އެމީހުން ބޭނުންވާ ކަމެއް ވިއްޔާ ކުރީ ފުރަތަމަކޮޅު.. ” އުކައިލް ވިސްނާލަމުން ބުންޏެވެ. ” އޭގަ ބޮޑަށް އޮންނާނީ ގޭންގުގެ އުސޫލުތަކާއި އެއްޗެހި.. އެމީހުންނަށް ބޭވަފާތެރި ނުވުމަށާއި ދޯކާ ނުދިނުމަށް އަދި ގޭންގާއި ގުޅިފައި ވަކި ނުވެވޭނެ ކަމަށްށާއި ބައިވަރު އިންޒާރުތަކެއް ދެން.. ” އިޔާދު ބުންޏެވެ. ” އިޔާދު ސާރއަށް އެ ގޭންގާއި ބެހޭގޮތުން ތިހާ ވަރަށް މައުލޫމާތު އެނގެނީ ކިހިނެތް.. ކިޔާލި ގޮތުން ހީވީ އެއްބަސްވުން ފެނިގެން ކިޔާލިހެންވިއްޔަ.. ” ދާރިއަން ސަމާސާ ރާގަކަށް ބުންޏެވެ. ” އަހަ އަހަރެން މިކަމުގައި އުޅޭތާ މިހާރު ނުވަ އަހަރުވަނީ ތިކުދިންނަށްވުރެ މާ ގިނަ ދުވަސް ވެއްޖެ.. އެހެންވީމަ މިކަހަލަ ކަންކަމުގެ ތަޖުރިބާ އަހަރެންގެ ގިނައިން ހުންނާނެ.. ” އިޔާދު ކަރުކެހިލަމުން ބުންޏެވެ. ޒާލިކްއަށް އިޔާދުގެ މޫނުގައި ނުތަނަވަސްކަމުގެ އަސަރު ހުރިހެން ހީވިއެވެ.

” ކިހިނެތްވީ؟ ތިމީހުން އަހަރެންނަށް އަނެއްކާ ޝައްކު ކުރަނީތަ؟ އުކައިލް.. ދާރިއަން.. މިކަހަލަ ކަންކަމުގައި އުޅޭއިރު އެކުގައި އުޅޭ ޓީމްމޭޓުންނަށް ޝައްކު ކުރުމަކީ ވަރަށް ކަޑަ ކަމެއް.. އިތުބާރު އެއީ އަހަރެމެންގެ ތެރޭގައި އޮންނަން ޖެހޭ އެންމެ މުހިންމު އެތި.. އެޔާ ނުލާ ޓީމް ވޯކްއެއް ނުކުރާނެ.. އެކަކު އަނެކަކަށް އިނގިލި ދިއްކުރަން ވަންޏާ ސަލާމަތަކީ ކޮބާ؟ ” އިޔާދު ވިސްނާދޭ ރާގަކަށް އެންމެންނަށް ނަސޭހަތް ދިނެވެ. ” އަހަރެން އެހެން ބުނި އެއްޗެއް ނޫން އެއީކީ.. އަހަރެން ފުލީ ޓްރަސްޓް ކުރަން މިތާ ތިބި އެންމެންނަށް.. ” ދާރިއަން ބުންޏެވެ. އެންމެން ދާރިއަންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

އެއިން އެއްވެސް ވާހަކައިގަވެސް ދާލިޔާ ބައިވެރި ނުވާކަން އިހްސާސްވުމުން އުކައިލް ފަހަތަށް އެނބުރިބަލައިލިއެވެ. އޭރު ދާލިޔާ އޮތީ ކޮމްޕިޔުޓާ ބަހައްޓާފައި ހުރި މޭޒުގައި ބޯއަޅައިގެން ނިދިފައެވެ. ދާރިއަންއަށް މިތަން ފެނުމުން އެއްމިޔަކަނުން ހީލުމަށްފަހު ފިޔަވަޅުގެ އަޑުނީވޭފަދަ ގޮތަކަށް ފައިނަގަމުން ގޮސް ދާލިޔާއިން ގޮޑީގެ ފަހަތުގައި ހުއްޓުނެވެ. ދާރިއަން ކުރަން އުޅޭ ކަންތައް އެނގުމުން އުކައިލްގެ ތުންފަތް ކުޑަކޮށް ދެމިލިއެވެ. ދެންތިބި މީހުން ތިބީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ދާރިއަންގޮސް ދާލިޔާގެ ބަނޑުގައި ކުއްލިއަކަށް ކޮއްޓާލިއެވެ. އެއާއެކު ހީލިކަރައިގެނާއި ސިއްސައިގެން ގޮސް ދާލިޔާ ހަޅޭއްލަވައިގަތެވެ. ދަރިއަން ފެނުމުން ދާލިޔަ އޭނާގެ އިސްތަށިގަނޑުގައި ހިފައިގަތެވެ.

”  އޭތް އޭތް.. އަތްދިއްޔޯ މަގޭ އިސްތަށި.. ” ދާރިއަން ހަޅޭއްލަވައިގަތެވެ. އޭނަ އަވަސް އަވަހަށް ދާލިޔާގެ އަތް އޭނާގެ އިސްތަށިގަނޑުން ނައްޓަން އުޅެގަތެވެ. ” ދޮންބެގަނޑާ!! ” ދާލިޔާ ދާރިއަން އާއި ދިމާލަށް ލޯއަޅައިލިއެވެ. އޭނަ އަދިވެސް އިނީ ނިދި ބުރާންތީގައެވެ. ” އަހަރެމެން ދެއްކި އެއްވެސް ވާހަކައެއް ކުއްޖާފުޅަށް އަޑު އިވުނުތަ؟ ” ދާރިއަން އޭނާގެ އިސްތަށިގަނޑު ދާލިޔާގެ އަތުން ވަކިކުރަމުން އަހައިލިއެވެ. ދާލިޔާ ދެލޯމެރޭ ނުމެރޭ ހާލު އިނދެ ބޯ ހޫރައިލިއެވެ. ” ޒާލިކް މި މަންޖެއަށް ކޮފީއެއް ގެނެސްދީބަލަ.. ރޭގައި އެއްގޮތަކަށްވެސް ނިދާފަ ހުރި ވައްތަރެއް ނުޖަހަ ވިއްޔާ.. ” ދާރިއަން ޒާލިކްގެ ގާތު އެދުނެވެ. ޒާލިކް ބޯޖަހައިލުމަށްފަހު ކޮފީ ދަޅެއް ކޮޓަރީގެ ބިތުގައި ހުރި ކުޑަ ފްރިޖްއިން ނަގާފައި ދިނެވެ.

ދާލިޔާ މަޑުމަޑުން އިނދެ ކޮފީ ދަޅު ބޮމުން ދިޔައެވެ. ކުޑައިރުކޮޅެއް ފަހުން ރަނގަޅަށް ދެލޯ ހުޅުވައިލަމުން އެންމެންނާއި ދިމާލަށް ބަލައިލިއެވެ. ” ލިޔާ ރޭގަ ނިދިންތަ އެއްގޮތަކަށްވެސް؟ ” ދާރިއަން ޝައްކުގެ ރާގަކަން އަހައިލިއެވެ. ” ދެ ގަޑިއިރު.. ” އަތުން ދެ އިނގިލި ދައްކައިލަމުން ދާލިޔާ ބުންޏެވެ. އެންމެން ހައިރާންވެ ހުރެ އޭނައާއި ދިމާލަށް ބަލަން ފެށިއެވެ. ” ކީއްވެ؟؟ ” ދާރިއަން ހައިރާންވެހުރެ އަހައިލިއެވެ. ދާލިޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ” އެ ގޭންގްއާއި ބެހޭގޮތުން ކުޑަ ރީސާޗްއެއް ހަދާލީ.. ” ދާލިޔާ ކޮމްޕިޔުޓަރަށް ބަލައިލަމުން ބުންޏެވެ. އެއާއެކު ދާރިއަން ދާލިޔާގެ ނަމަށް ދަމާލަމުން ގޮވައިލިއެވެ. ” ދޮންބެއަށް ފަސޭހައަކަށްށޭ.. އަހަރެން ކުޑަކޮށް ބަލައިލީ އެމީހުންގެ ކޭސްތަށް.. ހާއްސަ ކޭސްއެއް އަހަރެންނަށް ފެނުން.. ” ދާލިޔާ ސީރިއަސް ކަންމަތީގައި ހުރެ ބުންޏެވެ. ” ކޮން ކޭސްއެއް؟؟ ” އުކައިލް އަހައިލިއެވެ.

” އަހަރެން މި މީހުންގެ ކޭސްތަށް ބަލަމުން ދިޔައިރު ފެނުން ކޭސްއެއް މީ.. މި ކުއްޖަ.. މި ކުއްޖަ މަންމަވަނީ މިކުއްޖާއަށް ފަނަރަ އަހަރުގައި މިސިންގ ކޭސްއެއް ގޮތަށް ރިޕޯޓްކޮށްފަ.. އެ ކުއްޖަ މަންމަ ބުނާ ގޮތުންނަމަ ރޭގަނޑުގެ އެކްސްޓްރާ ކްލާހަކަށް ދާން ނިކުތީ އަށެއް ޖަހާއިރު.. ނުވައެއް ޖަހާއިރު ނިމޭ ކްލާހެއް ކަމަށް އޮތީ އެކަމަކު އެރޭ ބާރަ ޖެހިއިރުވެސް މިކުއްޖާ ނާންނަ ކަމަށް ވަނީ.. މިހާރު އެކުއްޖާ ގެއްލުނުތާ ތިން އަހަރު.. މި އަހަރު އެކުއްޖާއަށް އަށާރަ ފުރޭނެ.. ”  ދާލިޔާ އެ ކުއްޖާ ކޮމްޕިޔުޓަރުން ދައްކާލަމުން ކޭސްގެ މައުލޫމާތު އެމީހުންނަށް ދިނެވެ. ފޮޓޯގަނޑުގައި ވަނީ ކުލަ އަލި އޮމާން ހަންގަނޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. ކަޅުކަން ގަދަ ސިލްކް ކޮޅެއްހައި ފަން އިސްތަށިގަނޑެކެވެ. ދިގު އެސްފިޔަތެކެއް ލިބިފައިވާ މައުސޫމު ދެލޮލެވެ.

” ގޭންގްއާއި މިކުއްޖާ ގުޅުން ހުންނަނީ ކިހިނެތް؟ ” ދާރިއަން ސުވާލުކުރިއެވެ. ” މި ކުއްޖާގެ ބައްޕައަކީ އެއާޕޯޓުން މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެއް އެކަމަކު މީނަ ވަނީ ޖަލުން ނުކުމެވިފަ.. ގެސް ހޫ ދި ލޯޔާރ ދެޓް ހެލްޕްޑް ހިމް އިޒް.. ” ދާލިޔާ ކޮމްޕިޔުޓާރގެ ސްރީން އެމީހުންނަށް ފެންނަ ގޮތަށް ހަދައިލިއެވެ. އޭގައިވަނީ ފިރެހެނެއްގެ ފޮޓޯއާއި މައުލޫމާތެވެ. ތުބުޅި މަތިމަސް އެއްވަރުކޮށް ހުރި އެމީހާގެ އިސްތަށިގަނޑު ހުރީ ތުނިކޮށް ކޮށާލައިފައެވެ. ހަންގަނޑުގެ ކުލަ އެހައި އަލިއެއް ނޫނެވެ. ބަލާބެލުމަށް ހީވަނީ ތިރީހުގެ އަހަރުތައް ގުނަމުންދާ މީހެއްހެންނެވެ.

” ނަމަކީ އަހްމަދު މުނާޒު.. މީނަ މީ ބްލަޑް މާފިޔާ ގޭންގްގެ މީހެއް ހައްޔަރު ކޮށްފިއްޔާ މިނިވަންވާން އެހީވަމުން އަންނަ މީހެއް.. މީނަ އެ ކުއްޖާގެ ބައްޕަ، އިމްރާންއަށް އެހީވަމުން ދިޔައީ.. އޭގެފަހުން އިމްރާންގެ ޖޮބް ގެއްލުނީ.. ދެ ފަހަރަކަށް ގޭންގް މީހުން އޭނަ ގައިގަ ތަޅާގަތް.. އެތަން ފެނޭ އެ މަގުގައި ހުރި ސީސީޓީވީ ކެމެރާއިން.. އޭނާގެ ދަރިފުޅު ގެއްލުނީ އޭގެ ފަހުން..” ދާލިޔާ ކިޔައިދިނެވެ. ” އޭނަގެ ހުންނަ ހަމައެކަނި ދަރިފުޅު ތަ އެއީ؟ ” އުކައިލް އަހައިލިއެވެ. ” ނޫން އޭނަގެ ހުރޭ ދެކުދިން.. އޭނާގެ އަނބިމީހަގެ ނަމަކީ އައިޝަތު މިލްޔާ.. އެކުއްޖާގެ ހުރޭ އެކުއްޖާއަށްވުރެ ހަ އަހަރު ބޮޑު ބޭބެއެއް.. އޭނާގެ ނަމަކީ މާވިން މުހައްމަދު.. މި ކުއްޖާގެ ނަމަކީ އައިޝަތު މިޔާ އިމްރާން.. ” ދާލިޔާ އުކައިލްއަށް ޖަވާބު ދިނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ދަރިއެއްގެ ކަރުނަ 2

Next

އުއްބައްތި

Next
December 24, 2024

އުއްބައްތި

Previews
December 24, 2024

ދަރިއެއްގެ ކަރުނަ 2

14 Comments!

  1. Anonymous says:
    December 24, 2024 at 6:14 am

    ވަރަށް ރީތި މިޕާޓް ވެސް. ކޮންއިރަކުން ދެންއިންބައި. މިއާގެ ބޭބެ އަކީ އިއާދު ކަންނޭނގެ.

    1. Maash Butterflyyyyy says:
      December 24, 2024 at 10:25 am

      ޝުކުރިއްޔާ އެނޮނިމަސް. ވަރަށް އުފާވެއްޖެ މި ޕާރޓް ރީތިވިކަން އެނގުނީމަ.. ދެންއިންބައި މި ހޮނިހިރު ދުވަހު ކިޔާލަން ލިބޭނެ.. 💜🦋

  2. Nawar says:
    December 24, 2024 at 7:39 am

    Eiii e geyngu ya ulhey Marvin kanneyge….
    Noony iyaadhu….
    Mi part vx varah varah reethi…
    Can’t wait for next part….
    Whn next??

    1. Maash Butterflyyyyy says:
      December 24, 2024 at 10:33 am

      Vedhaane hama dhw.. hingaa balamaa dhww..
      Thank youu vrh happy vejje darling ah mi part reethi v kan enguneema
      Next par insha allah saturdayga..
      Lyssm💜🦋

  3. Your fav bab says:
    December 24, 2024 at 10:42 am

    so intresting!!!!!
    So mia’s brother is kidnapping her???????
    When next??????
    Can’t wait!!!
    Lyssm💗

    1. Maash Butterflyyyyy says:
      December 24, 2024 at 12:37 pm

      Thank you Your fav bab
      Lets see who’s kidnapping mia hehe
      next part insha allah saturdayga
      Live you moree💜🦋

  4. RIFSHA says:
    December 24, 2024 at 11:13 am

    Woww varah salhi ingey butterfly
    Iyaadh ah shakku kurevey ingey Rifoo ah vx yageen mi meehun falhaa araane.ukail mn group ga vx yageen ulheyne meegen meehei.mi buny gang ga ulhey kujjei
    Kon irakun next…varah kiyaalaa hithun mi hury
    Love you ❤️

    1. Maash Butterflyyyyy says:
      December 25, 2024 at 5:46 pm

      Thank you rifoo
      haha lets see gang ga ulhey kujjeh group ga ulheythw dhww😅😅
      next part insha allah saturdayga
      love you more darlingg🦋

  5. Sakura says:
    December 24, 2024 at 7:39 pm

    Mi part ves varah reethi
    I love mystery stories
    Vara curious vey ba
    When is next part

    1. Maash Butterflyyyyy says:
      December 25, 2024 at 5:48 pm

      Thank you Sakura
      Ohh i love mystery stories too hehe
      next part insha allah saturdayga💜🦋

  6. Sadhuva says:
    December 24, 2024 at 8:09 pm

    Vvv reethi

    Aslu maash ge vaaahak tha koyan feshi mi vaahaka r hisaabjn
    Kurin nerhn story ah vuren meethi varah furihama
    Dheyhchaa balaafa v bodah bas magu rivethivefa kiyaalan faseyha gothakah mi vaahaka ibaaraai kohfa huree

    Who was your first impression? Who is your fav author in this site?

    1. Maash Butterflyyyyy says:
      December 25, 2024 at 5:51 pm

      Thank you Sadhuva
      Ohhh vrh happy vejje mi story reethikan engunema
      Thankyou that means a lot.. maash abadhuvx balany maashge liyunthah ithurah furihama kureveythw..
      I can’t say which one cause maash mi abadhuvx mi site ge authors ge stories thah kiyamun dhaa kujjeh.. I have many fav authors and I love all of them💜🦋

  7. Lamaa says:
    December 26, 2024 at 3:59 pm

    Mi bai ves hama varah salhii 🖤🖤🖤
    Hama aneiy bai kiyaa hithun keiy madhuvefa mi inee.
    Avahah neredhehcheyy.
    Lym maash

    1. Maash Butterflyyyyy says:
      December 26, 2024 at 10:22 pm

      Thank you Lamaa.. Varah happy vejje darling ah mi part reethi v kan enguneema..
      Anehbai insha allah saturdayga kiyaalan libeyne..
      Love you moree darlingg💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 08←


All Right Reserved!