Skip to content
އެސްފިޔަ

އިންސާފު ލިބޭނެބާ – 26

މާވިންއަށް ދިޔައީ އިރުއިރުކޮޅަކާ އެމެޖެންސީރޫމް އާއި ދިމާލަށް ބެލެމުންނެވެ. އިރުކޮޅަކުން ޑޮކްޓަރު އެ ކޮޓަރިން ނިކުތުނެވެ. މާވިން އަދި ދާރިއަން، މިޔާގެ ހާލު ބެލުމަށްޓަކައި ޑޮކްޓަރުގެ ގާތަށް ދިޔައެވެ.

***ޕާޓް 26***

މާވިން އާއި ދާރިއަން މިޔާގެ ހާލު އަހާފަދައިން ޑޮކްޓަރާއި ދިމާލަށް ބަލަން ހުއްޓެވެ. ” ޑޮކްޓަރ އަޅުގަނޑުގެ ކޮއްކޮގެ ހާލު ކިހިނެތް؟.. ” މާވިން އަހައިލިއެވެ. ” މިހާރު އަންނަނީ ރަނގަޅުވަމުން.. ބޯ ފަޅައިގެންގޮސްފައިވުމުން އެބައި ވާނީ ފަހާފައި.. އަޅުގަނޑު ޕޭޝަންޓް އާއި ބެހޭގޮތުން އެބަޖެހޭ ސުވާލުކުރަން.. މި ޕޭޝަންޓްގެ އެއްވެސް މެޑިކަލް ހިސްޓަރީއެއް ތިން އަހަރުވަންދެން އެއްވެސް ހޮސްޕިޓަލަކުއެއް ނެތް.. އަޅުގަނޑުމެންނަށް ޕޭޝަންޓްގެ ހަށިގަނޑުގައިވާ ޒަހަމްތަކުން އެބަ އެނގޭ ޕޭޝަންޓަށް ވަނީ އެތަކެއް އަނިޔާތަކެއް ލިބިފައިކަން.. މި އަނިޔާތަކަށް ބަލާއިރު އަޅުގަނޑަށް ބޮޑަށް ހީވަނީ މީ އެބިޔުޒް ކޭސްއެއްހެން.. އަޅުގަނޑުމެންގެ ޕްރޮޓޮކޯލްގެ ދަށުން ފުލުހުންނަށް އިންފޯރމް ކުރަން ޖެހޭ މި ކޭސް.. ” ޑޮކްޓަރ ބުންޏެވެ.

މާވިންއަށް ޑޮކްޓަރުގެ ވާހަކަތަކުގެ ސަބަބުން ދާރިއަންއަށް ބަލައިލިއެވެ. ދާރިއަން މިހާރު ހުރި ސިފައިން ތިމަންނަމީ ފުލުހެކޭ ބުންޏަސް ގަބޫލު ކުރާނެ މީހަކު ނުވާނެކަން އޭނައަށް އެނގެއެވެ. ” ލައްބަ އަޅުގަނޑުމެންގެ އެއްވެސް އިއުތިރާޒެއް ނެތް.. ” މާވިން ބުންޏެވެ. ” ތި ބޭފުޅާ ތީ ޕޭޝަންޓްގެ ކާކުތޯ؟ ” ޑޮކްޓަރު އަހައިލިއެވެ. ” އަޅުގަނޑު މީ ޕޭޝަންޓްގެ ބޭބެ.. އަޅުގަނޑުގެ ކޮއްކޮ ކައިރިއަށް ދިޔަޔަސް އެންމެ ރަނގަޅުތޯ؟ ” މާވިން އަހައިލިއެވެ. ޑޮކްޓާރ މާވިންއަށް އިރުކޮޅަކު ބަލަން ހުރުމަށް ފަހު ބޯޖަހައިލިއެވެ. ދާރިއަން އުކައިލްމެނަށް ކަންތައްވީ ގޮތް ކިޔައިދޭން ފެށުމުން މާވިން އެކޮޓަރިއަށްވަނެވެ. ދާރިއަން ދިޔައީ މިޔާގެ ކޭސް އާއި އުކައިލްމެން ހަވާލުވުމަށް އެދެމުންނެވެ.

މިޔާ އޮތް ކޮޓަރިއަށް ވަތް އިރު މާވިންގެ ހިތުގެ ހިނގުން މަޑުޖެހިލި ފަދަ އިހްސާސެއް ކުރެވުނެވެ. ހޮސްޕިޓަލުގެ އެނދުގައި އޮތް މިޔާގެ ހަށިގަނޑަށް އެކިއެކި މެޝިންތައް ވަނީ ގުޅާފައެވެ. އެއް އަތަށް އައިވީ ގުޅާފައިވާއިރު އަނެއް އަތަށް ވަނީ ލޭ ގުޅާފައެވެ. މިޔާގެ ބޮލުގައިވަނީ ބެންޑޭޖުގަނޑެއް އޮޅާފައެވެ. މިޔާގެ ހަށިގަނޑު ހިކިކަމުން ހިމަ ހޯލިކޮޅެކޭ އެއްފަދައެވެ. މިޔާގެ ކަނދުރާގަޔާއި ހަށިގަނޑުގެ އެކި ދިމާލުގައި އެ ނުލަފާމީހުންގެ އަނިޔާގެ ނިޝާންތައް ހުއްޓެވެ. އޭނަގެ މޫނާއި ކަނދުރައިިގެ އެކި ތަންތަން ވަނީ ނޫފައިގަނެފައެވެ. ކޮއްކޮ އޮތް ހާލު ފެނުމުން މާވިންގެ ހިތައް ފުން އަސަރުތަކެއް ކުރިއެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

މިޔާގެ ކައިރިއަށް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅެއްވެގެން ދިޔައީ އޭނައަށް ބުރައަކަށްށެވެ. އަމިއްލަ ކޮއްކޮ ރައްކާތެރި ނުކުރެވުނީތީވެ އޭނަ ދިޔައީ އަމިއްލަ ނަފްސު ކުއްވެރި ކުރަމުންނެވެ. މަޑު ފިޔަވަޅުތަކެއްގައިގޮސް މާވިން މިޔާގެ އަތާއި އޭނާގެ އަތް ކައިރިކޮށްލިއެވެ. ނޭނގިގެން ކޮއްކޮއަށް އިތުރު ވޭނެއް ދެވިދާނެނެތީ އޭނައަށް ހުރެވުނީ މިޔާގެ އަތުގައި ހިފައިލަންވެސް ނުކެރިފައެވެ. މާވިން މަޑުމަޑުން ވަރަށް ބަލައިގެން މިޔާގެ މަޑުކަފަކޮޅެއްފަދަ އަތުގައި ހިފައިލިއެވެ. އެއާއިއެކު އޭނަގެ ކަރުނަތައް އޭގެ މަގާމުދޫކޮށް އޮހިގަތެވެ. ” ދޮންބެއަށް މާފު ކުރޭ ކޮއްކޯ.. ދޮންބެއަށް މާފު ކުރޭ.. ” ބޮޑު ފިރެހެނެއް ކަމަކު މާވިންއަށް ރޮއެގަނެވުނެވެ. އޭނަ މިޔާގެ އަތަށް ބޮސްދެމުން މާފަށް އެދެމުން ދިޔައެވެ.

މިޔާއަށް ކުޑައިރުކޮޅެއްފަހުން ހޭލެވުނެވެ. މިޔާ އޭނަ އޮތް ތަނަކާއިމެދު ވިސްނާލަމުން މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު އޭނަގެ ލޮލުގައި އަޅައިގަތީ އޭނާގެ އަތް ކައިރީ ބޯއަޅައިގެން ގިސްލަމުން ދިޔަ އޭނަގެ ލޯބިވާ ދޮންބެޔަށްށެވެ. މިޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނައަށް ފެންނަނީ ހުވަފެނެއްކަމާއިމެދު ޝައްކު ކުރެވުނެވެ. އޭނަ މަޑުމަޑުން ތެދުވަން އުޅުނެވެ. އެއާއެކު މާވިން ބޯހިއްލައިލިއެވެ. މިޔާ ލޯ ހުޅުވައިގެން އޮތްތަން ފެނުމުން އޭނާގެ ހިތަށް ފިނިފެން އެއްޗެއް އޮއްސައިލި ކަމުގެ އިހްސާސް އޭނައަށް ކުރެވުނެވެ. ތުރުތުރު އަޅާ އަތަކުން މިޔާގެ މޫނާއި އަތް ކައިރިކޮށްލި ހިނދު މިޔާއަށް ސިހިފައި މޫނު އަބުރައިލެވުނެވެ. އެމީހުންގެ އަތް ދަށުގައި ހައްޔަރުވެފައި ހުރުމުގެ ސަބަބުން މިޔާއަށް ނަފްސާނީ ގޮތުން ވަނީ ވަރަށް އަސަރުކޮށްފައެވެ. ކޮއްކޮގެ މިއަމަލުން މާވިންގެ ހިތް ފިސފިސްކޮށްލިކަމުގެ އިހްސާސް ކުރެވުނެވެ.

މާވިން މަޑުމަޑުން އޭނަގެ އަތް ތިރިކޮށްލިއެވެ. އޭނައަށް އިސްޖަހައިލެވުނީ އޭނާގެ ކަރުނަތައް މިޔާއަށް ސިއްރު ކުރުމުގެ ގޮތުންނެވެ. ” ދޮންބޭ ” މިޔާ ގެ މަޑު އަޑުން މާވިންއަށް ގޮވައިލިއެވެ. މާވިން މިޔާއަށް ލޯތްބާއި ކުލުނުން ފުރިގެންވީ ނަަޒަރަކުން ބަލައިލިއެވެ. ” އައިމް ސޮރީ.. ދޮންބެއަކަށް ކޮއްކޮއެއް ޕްރޮޓެކްޓެއް ނުކުރެވުން.. ” މާވިން ކުރަކިވެފައިވާ އަޑަކުން ބުންޏެވެ. މިޔާ ބޯހޫރައިލިއެވެ. އޭރު މިޔާގެ ދެލޯ ދިޔައީ ކަރުނުން ފުރެމުންނެވެ. މާވިން މިޔާގެ ދެލޯ ފޮހެލިއެވެ. ” ޕްލީޒް ހުވަފެނަކަށް ނުވައްޗޭ.. ” މިޔާއަށް ވައި އަޑަކުން ބުނެވުނެވެ. މާވިން މިޔާގެ އަތުފައި ހިފައި ތަދުނުވާނެހައި މަޑުން ފިއްތައިލިއެވެ. ” މިއީ ހުވަފެނެއް ނޫނޭ ކޮއްކޯ.. ދޮންބެ މިހުރީ ކޮއްކޮ ކައިރީ.. ދާރިއަން ކޮއްކޮ ސަލާމަތްކޮށްދިނީ.. ދެން ދުވަހަކުވެސް ކޮއްކޮ އެމީހުންގެ އަތް ދަށަށް ދިޔަކަ ނުދޭނަން.. ” މާވިން ބުންޏެވެ. ދާރިއަން ދެބެންނަށް ކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު އެތަނަށް ވަދުނެވެ.

މިޔާއަށް ދާރިއަން ފެނުމުން އެދެލޯ ޝުކުރުގެ ކަރުނުން ފުރިގެން ދިޔައެވެ. މާވިން ދާރިއަންއަށް ޝުކުރުވެރި ނަޒަރެއް ހަދިޔާކޮށްލިއެވެ. ” ކުޑައިރުކޮޅަކުން އަހަރެންގެ ޓީމްގެ ޕޮލިހުން އަންނާނެ މިޔާގެ ބަޔާން ނަގަން.. ހުރިހާ ވާހަކައެށް ތެދުތެދަށް ކިޔާދޭތި.. ” ދާރިއަން މިޔާއަށް ބަލައިލަމުން ބުންޏެވެ. މިޔާ މަޑުމަޑުން ބޯޖަހައިލިއެވެ. ” ތެންކިޔޫ ދާރިއަން.. ” މިޔާ ދާރިއަންއަށް ބަލައިލަމުން ބުންޏެވެ. ” އަހަރެންގެ މަސައްކަތް އަހަރެން އަދާކުރީ..” ދާރިއަން ހިނިތުންވެލަމުން ބުންޏެވެ. ” ކޮއްކޯ.. ކޮއްކޮއަށް ތިހެން ހެދީ ކާކު؟ ރޭގައި ވީގޮތް ދޮންބެއަށް ކިޔައިދެވިދާނެތަ؟.. ” މިޔާގެ އަތުގައި ހިފައިލަމުން މާވިން އަހައިލިއެވެ. މިޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

ދާރިއަން މިޔާ ދައްކާ ވާހަކަ އަޑުއެހުމުގެ ގޮތުން ކައިރީގައި ހުރި ގޮޑިއެއްގައި އިށީނެވެ. މިޔާ އޭނަ ދައްކަންއުޅޭ ވާހަކައަށް އަމިއްލަ ނަފްސު ތައްޔާރުކޮށްލިއެވެ. ” ރޭގަ އަހަރެން ނިދާފަ އޮއްވާ މީހަކު އަހަރެންގެ ހަށިގަނޑުއި އަތްލާ ފަދަ އިހްސާސެއް އަހަރެންނަށް ކުރެވުނީ.. އަހަރެންނަށް ހޭލެވުނު އިރު ފިރެހެނަކު އަހަރެން ކައިރީގަ އޮތީ.. އޭނަގެ އަޑުން އަހަރެންނަށް އެނގުނު އެއީ ކުރިއްސުރެ އަހަރެންނަށް ގޯނާ ކުރަން މަސައްކަތް ކުރަމުން އައި މީހެއްކަން.. ކޮންމެވެސް ކަމެއް ވެގެން ދެތިން މަހު އަހަރެން ކައިރިއަށް އޭނައެއް ނާދޭ.. އެކަމަކު ރޭގަ އައީ… އޭނަ ބުނީ މިހާރު އަހަރެންނަށް އަށާރަ އަހަރު ވާން ކައިރިވީމަ އަހަރެންނަށް ކޮންމެ ކަމެއް ކުރިޔަސް ކުޑަކުއްޖަކަށް ކަމެއް ކުރިކަމަކަށް ނުބަލާނެއޭ.. އެހެން ކިޔާފަ އަހަރެންނާ ބެހެން އުޅުނީ އަހަރެން ދާރިއަން ދިން ޕެޕާ ސްޕްރޭ އޭނަގެ ލޮލަށް ޖަހާފަ ފިލަން އުޅުނު ވަގުތު އޭނަ އަހަރެންގެ ބޮލުގަ ހިފާ ފާރުގަ ޖެހީ.. ” މިޔާއަށް އެވާހަކަ ކިޔައިދެވުން އިރު އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނަގެ ނޭވާ ހުރީ ކުރުވެފައެވެ.

މާވިން މަޑުމަޑުން މިޔާގެ ހަށިގަނޑުގައި އަތް ވަށައިލިއެވެ. އެއީ ކާކުތޯ ސުވާލު ކުރަން ބޭނުންވިޔަސް މިޔާގެ ހާލަތު ހުރި ގޮތުން ދާރިއަންއަށް އެސުވާލު ކުރާކަށް ނުކެރުނެވެ. ” އައްސަލާމު އަލަކުމް. ” ދާލިޔާ އެ ކޮޓަރިއަށް ވަންނަމުން ސަލާމް ގޮވައިލިއެވެ. އޭނަ ހުރީ ފުލުސް ޔުނީފޯރމްގައެވެ. އޭނަޔާއި އެކީ ހޫރީން ވަދެގެން އައުމުން މާވިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހޫރީންވެސް ފުލުސް ޔުނީފޯރމްގައި ހުރިތަން ފެނުމުން އޭނަގެ މޫނަށް ހައިރާންކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. ” އަޅުގަނޑު މި އައީ ފުލުސް ސްޓޭޝަންގެ ފަރާތުން އައިޝަތު މިޔާ މާހިންގެ ބަޔާން ނެގުމަށްޓަކައި.. އަޅުގަނޑުމެންގެ ތަހުގީގަށް އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް..” ދާލިޔާ އޭނަގެ ޕްރޮޕެޝަނަލް ގޮތް ހިފަހައްޓަމުން ބުންޏެވެ.

ދާލިޔާމެންގެ ތަހުގީގަށް ތަންދެމުން މާވިން އާއި ދާރިއަން އެތަނުން ނިކުތެވެ. ” އަހަރެންނަކަށް ނޭނގެ ދާރިއަންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް.. ދާރިއަން ތިކޮށްދިނީ މި ދިޔަ ތިން އަހަރު މަސައްކަތްކޮއްގެންވެސް އަހަރެންނަށް ނުކުރެވުނުކަމެއް.. ” މާވިން ޝުކުރުން ފުރިފައިވި ރާގަކަށް ބުންޏެވެ. ” މާވިން އަހަރެންނަށް ކަމެއް ކޮއްދޭން ބޭނުމިއްޔާ އަހަރެންގެ އެކުވެރިޔާއަށް އިންސާފު ހޯދައިދިނުމަށް އެހީތެރިވެދީ.. އަދި މި ގޭންގު ފުލުހުންގެ އަތްދަށަށް ގެނެސް މިޔާއަށް އިންސާފު ހޯދައިދިނުމަށް އެހީވެދީ.. އަހަރެންނަށް އެނގޭ މާވިން އާއި މިޔާގެ ބައްޕަ ކުރިކަމެއްކަން މީ.. އެކަމަކު ބައްޕަ ވިޔަސް ދަރިއަކު ވިއްކާލުމުގެ ހައްގެއް ނޯންނާނެ.. ” ދާރިއަން މާވިންއަށް ބަލައިލަމުން ބުންޏެވެ.

” ދާރިއަން ހީކުރީ އޭނަ އެއީ އަހަރެންގެ ބައްޕައަށް ވީތީވެ އަހަރެން އޭނަ ދޫކޮށްލާނެ ކަމަށްތަ؟ ނޫން ހަގީގަތުގަ މިޔާގެ ދިރިއުޅުން ހަލާކުކޮށްލީ އޭނަ.. އަހަރެން އެކަމަށް ދުވަހަކުވެސް މާފެއް ނުކުރާނަން… އެއީ އަހަރެންގެ ބައްޕައެއް ނޫން.. އެއީ ލާރިއާއި ހެދި މޮޔަވެފަ ހުރި އަމިއްލަ ދަރި ވިއްކާލަން ފަސް ނުޖެހޭ ޖައްބާރެއް.. އަހަރެން އެންމެ ދެކެން ބޭނުންވަނީ އޭނަ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވެފައި ހުންނާނެ ދުވަސް. ” މާވިން ދެބުމަ ގޮށްޖަހައިލަމުން ބުންޏެވެ. ދާރިއަން މާވިންއަށް ހިތްވަރު ދިނުމުގެ ގޮތުން އޭނަގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ތިކަމުގެ އަހަރެންގެ އެއްބާރުލުމާއި އެހީތެރިކަން މާވިންއަށް ލިބޭނެ.. ” ދާރިއަން ބުންޏެވެ.

ދާރިއަންގެ ފޯނު ރިންގުވާ އަޑުއިވުމުން އޭނަ ފޯނު ނެގިއެވެ. އޭނައަށް ޝިމާއު ގުޅާތަން ފެނުމުން ކިތަންމެ ފޯނު ބާއްވަން ބޭނުންވި ނަމަވެސް ފޯނު ނެގިއެވެ. ” މިކޮޅަށް އާދެބަލަ.. މާދަމައަށް އެބަޖެހޭނުން ރެޑީވާން.. ދަޔާން ލީޑަރަކަށް ނަގާފަ ތިހުރީ.. އެންމެން ތިބީ ދަޔާންއަށް މަޑުކޮށްގެން.. ” ޝިމާއު ދާރިއަން ފޯނު ނެގުމުން ބުންޏެވެ. ” އާން މިދަނީ.. ” ދާރިއަން އެހެން ބުނެ ފޯނު ކަނޑައިލިއެވެ. “އަހަރެން ދާންޖެހިއްޖެ.. ” ދާރިއަންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މާވިންއާއި ދިމާލަށް ދާރިއަން ބުންޏެވެ. މާވިން ބޯޖަހައިލިއެވެ.

ދާރިއަން ޓެކްސީއެއްގައި ގޮސް ގޭންގު ބައްދަލު ކުރާތަނަށް މަޑުކޮށްލިއެވެ. ޓެކްސީއަށް ލާރި ދެއްކުމަށްފަހު އޭނަ އެ ގެގަނޑަށް ވަދުނެވެ. އޭރު އެންމެން ތިބީ އޭނަގެ އިންތިޒާރުގައެވެ. ” ބަލާލަ ގްރޫޕު ލީޑަރޯ މީ.. އެންމެން މިތާ ހުންނަތާ އެތައް އިރެއްވާ ފަހުން މީނައަށް މިތަނަށް އާދެވުނީ.. ” ވަދީހުއަށް ދާރިއަން އައުމުން އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ނަމަވެސް ޝިމާއު ވަދީހުއަށް ބަލައިލުމުން ވަދީހުގެ އަޑު މަޑުވިއެވެ. ޝިމާއުގެ އެންމެ ބަލައިލުމަކުން ވަދީހު ކުޑަވާ ވަރު ފެނި ދާރިއަން ހައިރާންވިއެވެ. ނަމަވެސް އޭނަގެ ހައިރާންކަން ފޮރުވައިލަމުން ވާހަކަ ދައްކަން ފެށިއެވެ.

” އަހަރެން ހުންނާނީ މިޔާ ގަނެފަ.. އެއް މަހަށް.. އަހަރެން ހުންނާނީ ކަލޭމެންގެ ގާތު ޝަރުތުކޮށްފަ އަހަރެން ނޫނީ އެހެން މީހެއް އޭނަގެ ކޮޓަރިއަށް ނުވައްދުމަށް.. މިތަނުން ކާކު އެ ކޮޓަރިއަށް ރޭގަ ވަދުނީ؟ ” ހަރުކަށި ރާގަކަށް އެންމެންނަށް ބަލައިލަމުން ދާރިއަން އަހައިލިއެވެ. ” މިތަނަށް އައީ ތިކަންތަކުގެ ވާހަކަ ދައްކާކަށެއް ނޫން.. ” ތާމިން ބުންޏެވެ. ” އަހަރެންގެ ސުވާލުގެ ޖަވާބު އަހަރެން ބޭނުން.. ” ދާރިއަން އަނެއްކާވެސް ބުންޏެވެ. އޭނަ އެންމެންގެ މޫނަށް ބަލަމުން ދިޔައީ އެމީހުންގެ އިހްސާސްތައް ދެނެގަތުމަށްޓަކާއެވެ. އެކަކުވެސް އެކައްޗެއްކޭ ނުކިޔާ ހިމޭންކަމުގެ ސުކުންތެއް ހޭދަވެގެން ދިޔައެވެ. ކުއްލިއަކަށް މީހަކު އެތަނަށް ވަދެގެންއައެވެ. ” އަހަރެން.. ” ކުރިން ދާރިއަން ދެއްކި ވާހަކަ އަޑުއިވިފައިވުމުން އޭނަ ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Zozo!

    V reethi mi part ves!
    Dhaarian ge hageegai gang meehunnah igeynebaa!
    Hama rovihje maavin and Mia ge Bai kiyaafa!
    Keep it up!
    When next?

    1. Maash
      Zozo!

      Thank you Zozo! I’m glad u like it..
      Lets see what happens dhw..
      Next part insha allah tmr🦋💜

  2. UNKNOWN GURLL

    Mi part ves v reethi haadha curious kholaafa thi ninmaali waiting to the next

    1. Maash
      UNKNOWN GURLL

      Thank you UNKNOWN GURLL I’m glad u like it..
      Next part insha allah tmr🦋💜

  3. Your fav bab

    This story is full of Mysteries
    Like literally very inspiring ❤❤
    There will be so many hidden secrets n i wanna know✨✨✨✨
    When next??
    Lyssssssssm💖💖

    1. Maash
      Your fav bab

      Aww Thankyou Your fav bab,,
      Next part insha allah tmr
      Love u moree🦋💜

  4. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Dhaaya and ukail gulhuvachey
    Miyaa and dhaarian ves
    Alhey miyaa ah dhera gotheh nuhadhachey
    Maavin ah ves dhera gotheh nuhadhachey
    Kuhverinah adabu dhee
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Tc ❤️😘
    Ly maash ❤️😚

    1. Maash
      Cutie girl

      Thank you Cutie girl.. I’m happy u like it..
      Lets see dhw vaa goii..
      Tc darling..
      Love u moree🦋💜

  5. Vampire girl

    Hey maash
    Maashaa Allah mi part vx varah varah reethi….
    Ekm haadha curious thankolhakunney thi ninmaalee….
    Mihaaru enme beynunvanee eii kaaku tho balailan…..
    When next???

    1. Maash
      Vampire girl

      Hey vampire girl
      Thank you darling.. I’m happy u like it..
      Next part ga engeyne eii kaaku kan
      Next part insha allah tmr🦋💜

  6. Oreo gurll

    Oh god! Who is that? Kaaku tha alhe Miyaa ah ehen hedhee?
    Even if this is story, im do angry at him
    Btw, maash varah reethi ingey mi episode
    Miyaa salaamai veethee very happy
    And ehaa gina dhuvas fahun Maavin ah eyna kokko aa dhimaaveethee vx
    Ukail men ge team ah e gang hifehetteyne hen heevanee. But emeehun ge friends and family ah nurakkaa vaane dhw
    Dhn.. I think Dhaarian likes Miyaa, and Miyaa likes him too
    I mean, 3 yrs fahun ithubaaru kurevunu hama ekani firihen meehaa viyya dhw?
    Oh btw, Maash when next?
    Tc 💖

    1. Maash
      Oreo gurll

      Aww haadha dhigu comment ekeyyy.. Lets see dhw vaa goii..
      Thank you darling.. vrh happy vejje Oreo Gurll ah mi part reethikan enguneema..
      Lets see dhw vaa goii…
      hehe yess miya ah 3 yr fahun trust kurevunu meeha ah dhaarian vaane..
      Next part insha allah tmr
      Tc darling🦋💜

  7. Shhhhhhhhhh

    Varah reethi mi bai ves…
    Allahumma Barik!!
    Hama kiriya nurovi..
    Vaahaka kiyamun mashuni kamun dhiya iru kevun vareh ves neinge hehe… ❤️❤️

    1. Maash
      Shhhhhhhhhh

      Thankyou darling I’m glad u like it..
      Hehehe ragalhah kaanvaane engey🦋💜

  8. Your fav bab

    I’m literally dying to know who did this to Mia
    I have no idea but my sixth sense is saying that iyaadh is a suspect
    Can’t wait
    Lyssssssm💗💗💗
    I’m up all night just checking this site

    1. Maash
      Your fav bab

      Hehe.. Kehtherivey dhoonyaa.. Story is in pending adhi vx..
      Let’s see dhw vaagoii.. Miyaa ah ehen hedhi meeheh ingeyne..
      Love u moreee..
      Get some sleep hehe💜🦋

Comments are closed.