Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 22

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 17, 2025 5 Mins Read
27 Comments

އެމީހުންތައް އުކައިލް ބިންމައްޗަށް ހޫރައިލާ ގައިގެ އެތަން މިތަނުގައި ތަޅަން ފެށިއެވެ. ކުއްލިއަކަށް އެތަން އެމް.ވީ.އެސް.އޭ ގެ މީހުންތަކުން ވަށައިލިއެވެ. އެމީހުން ތިބީ ކަނޑު ނޫކުލައިގެ ޔުނީފޯރމްގައި މޫނު ނިވާކުރުމުގެ ގޮތުން މާސްކު އަޅައިގެންނެވެ. އެމީހުން އުކައިލްއަށް ހަމަލާ ދިން މީހުން ތަޅާ ބަލިކުރަން ފެށިއެވެ. ސައިކަލުގައި ދިޔަ ދާލިޔާއަށް ބަޔަކު ތަޅާފޮޅާ މަންޒަރު ފެނުމުން އެތަނާ ކައިރިވާން އުޅުނެވެ. ދާލިޔާއަށް އުކައިލްގެ ކުރިމަތި އަދި ފަހަތުގައި ބަޑި ދިއްކޮށްގެން ހުރި ދެ މީހުން ފެނުމުން، އޭނަގެ ހިތުގައި ހިފާ މީހަކު ފިއްތައިލި ކަމުގެ އިހްސާސްވިއެވެ. ދާލިޔާ އޭނަގެ ހަށިގަނޑަށް ހަރަކާތެއް ގެންނަން އުޅުނު ވަގުތު ބަޑީގެ ވަޒަނުގެ އަޑާއި ދާލިޔާގެ ހަޅޭކުގެ އަޑު އެއްވެގެން ދިޔައެވެ.

***ޕާޓް22 ***

އުކައިލް ކުރިމަތީގައި ހުރި މީހައާއި ފަހަތުގައި ހުރި މީހަ ބަޑި ގޮއްވައިލީ އެއްވަގުތަކުއެވެ. ކުއްލިއަކަށް އިޔާދު އުކައިލްގެ ގަޔަށް ވަޒަން އެރުމުގެ ކުރިން ކޮށްޕައިލިއެވެ. ކުރިމަތީގައި ހުރި މީހަ ދޫކޮށްލި ވަޒަން އިޔާދުގެ އަތަށް އެރި އިރު، ފަހަތުގައި ހުރި މީހަ ދޫކޮށްލި ވަޒަން ކުރިމަތީގައި ހުރި މީހަގެ މެޔަށް އެރިއެވެ. އެމީހަ ކަނޑައިލި ރުކެއްހެން ހުރިތަނަށް ވެއްޓުނެވެ. އެކި މީހުން އެކި ތަންތަނަށް ދުއްވައިގަތެވެ. ބައެއް މީހުން އެމް.ވީ.އޭ.އެސް އިން އަތުލައިގަނެ ހައްޔަރު ކުރެވުނެވެ. އަނެއްބައި މީހުން އެމީހުންގެ އަތްދޮށުން ފިލިއެވެ.

އިޔާދު އުކައިލް ކޮށްޕައިލުމުން އުކައިލްގެ އަތް، ހަރު ކޮންކްރީޓް ޕޭމެންޓުގައި ޖެހުނު ގޮތުން ބިންދައިގެން ދިޔައެވެ. އޭރުވެސް އޭނަގެ ނިތްކުރިން ދިޔައީ ދޫކޮށްފައި ހުރި އިސްކޫރެއް ފަދައިން ލޭ ފައިބަމުންނެވެ. ދާލިޔާ އައިސް އުކައިލްގެ ކައިރީ ކުޑަކަކޫ ޖަހައިގެން އިށީދުނެވެ. އެމް.ވީ.އެސް.އޭގެ ޔުނީފޯރމްއާއި މާސްކް އަޅައިގެން ހުރި ދާރިއަން، އުކައިލް ގާތަށް އައުމުން އުކައިލް އިޝާރާތް ކުރީ އެއްއަތުން އަނެއް އަތުގައި ހިފަހައްޓާލައިގެން ހުރި އިޔާދުއަށްށެވެ. ދާރިއަން އިޔާދު ކައިރިއަށް އައިސް އިޔާދުއަށް އެހީވާން ފެށިއެވެ.

ދާލިޔާ ރޮމުން އެމްބިޔުލާންސަށް ގުޅިއެވެ. ދާލިޔާގެ ރުއިމުގެ އަޑުއިވި އަތުގައި އަޅާ ވޭނަށް ކެތްކުރަމުން ދިޔަ އުކައިލްގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. ” ދާޔާ ހީވަނީ ދާޔާގެ އަތް ބިދިގެން ރޯހެން.. ބަލަ އަހަރެންނެއްނުން ރޯންވީ އެކަމަކު އަހަރެން ކިހާ ހިތްވަރުގަދަ.. ” އެހާލުގައި އޮވެގެންވެސް ސަމާސާ ކުރެވޭތޯ އުކައިލް ބެލިއެވެ. ދާލިޔާ މަޑުމަޑުން ގިސްލަމުން ލޯ ފުހެލިއެވެ. ” ވެދާނެ މީ އަހަރެން ދާލިޔާއަށް މިރޭ ޓްރީޓް ކުރި ގޮތުން ވީ ކަމެއްހެން.. އައިމް ސޮރީ.. އައި ޑިސާރވް- ” އުކައިލްއަށް އިތުރު ބަހެއް ބުނެވުމުގެ ކުރިން ދާލިޔާ އުކައިލްގެ ތުންފަތުގައި އިނގިލި ޖައްސާލާ ބޯހޫރައިލިއެވެ. ” އަހަރެންގެ ހިތުގަ އުކައިލްއާ މެދު ރުޅިވެރި ކަމެއް ނެތް.. ޕްލީޒް އުކައިލް ޑިޒާރވްއެއް ނުވޭ މިހެން ވާކަށް.. ” ދާލިޔާ ނޭފަތް ދަމާލަމުން ބުންޏެވެ. އުކައިލްއަށް ދާލިޔާއާއި ދިމާލަށް ލޯބިން ފުރިފައިވާ ނަޒަރަކުން ބަލަން ހުރެވުނެވެ.

އެމްބިޔުލާންސް އައިސް އުކައިލް އާއި އިޔާދު އެޔަށް އެރުވިއެވެ. އަދި މެޔަށް ވަޒަން އެރި މީހާއާ ދިމާލަށް ޕެރެމެޑިކްއެއް ގޮސް އެމީހަގެ މާސްކް ނެގިއެވެ. އެމީހާގެ މޫނު ފެނުމުން ދާލިޔާގެ މޫނު ހުދުވިއެވެ. ” ޒާލިކް؟ ” ދާލިޔާއަށް މަޑުމަޑުން ބުނެވުނެވެ. ޒާލިކް ގާތު ހުރި ޕެރެމެޑިކް ދެން ބުނި ވާހަކައަކުން ދާލިޔާގެ މޫނު މައްޗަށް އަނދިރިވިއެވެ. އޭނަ އެތާނގައި ހުރި ހޮޅި ދަނޑިއެއްގައި ހިފަހައްޓާލިއެވެ. ” ދި ޕޭޝަންޓް އިޒް ނޯ މޯރ.. ” ދާލިޔާގެ ބޮލުގައި އެ ޖުމްލަ ތަކުރާރުވާހެން ހީވިއެވެ. ދާރިއަން އައިސް ދާލިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭނަ ހުރީ އަދިވެސް އެމާސްކް އަޅައިގެންނެވެ. އެހެންކަމުން ދާލިޔާ ދުރައްޖެހެން އުޅުނެވެ. ” ޝޫޝް.. މީ ދޮންބެއޭ.. ” ދާރިއަން މަޑުމަޑުން ބުނެލިއެވެ.

އެއާއިއެކު ދާލިޔާ، ދާރިއަންގެ ކޮނޑުގައި ބޯއަޅައިލިއެވެ. ދާލިޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް ދޫވެ ދާރިއަން ލައިގެން ހުރި ޔުނީފޯރމް ތެންމަމުން ދިޔައެވެ. ދާރިއަން ދިޔައީ މަޑުމަޑުން އޭނަގެ ކޮއްކޮގެ ބޮލުގައި ފިރުމަމުންނެވެ. ކުޑަ އިރުކޮޅަކަށް ފަހު ދާރިއަން ދާލިޔާ އޭނަގެ ކާރަށް އަރުވައި ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު އުކައިލް އާއި އިޔާދު ވަނީ އީ.އާރް އަށް ވައްދާފައިކަމަށް އެމީހުންނަށް ނަރުސް ކުއްޖެއްގެ ފަރާތުން ހަބަރު ލިބުނެވެ. ދާރިއަންމެން އީ.އާރް ކައިރީގައި ހުރި ގޮޑީގައި އިށީނެވެ. ދާލިޔާ އުކައިލްގެ ބޮޑުބޭބެއަށް ގުޅާފައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ދާރިއަން އިޔާދުގެ އާއިލާ މީހުންނަށް ގުޅާ އިޔާދު ހޮސްޕިޓަލުގައި ހުރިކަމަށް އެންގިއެވެ. އެ ދުވަހު ފަތިސް ވަގުތު ކަށުނަމާދުކޮށް ޒާލިކްގެ ހަށިގަނޑު ވެލިގަނޑު އަޑީގައި ވަޅުލެނެވެ. ދާލިޔާގެ ދެލޮލުން ކަރުނަ ފޭބުން ނުހުއްޓުނެވެ. ޒާލިކް ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އިރެއްގައި ޒާލިކްއަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ.

ޒާލިކް ވަޅުލައި ނިމުމުން ދާރިއަން އާއި ދާލިޔާ ދިޔައީ ހޮސްޕިޓަލަށްށެވެ. ދާރިއަން ދާލިޔާ ގާތު ގެއަށް ދާން ބުނި ނަމަވެސް ދާލިޔާއެއް ނުދިޔައެވެ. ގިނައިރު ރުއިމުގެ ސަބަބުން ދާލިޔާގެ ދެލޯވަނީ ރަތްވެގެން ގޮސް ދުޅަވެފައެވެ. ދާރިއަންއަށާއި ދާލިޔާއަށް އުކައިލްމެންގެ ކޮޓަރިއަށް ވަދެވޭ ވަރުވީ އެދުވަހުގެ މެންދުރު ގަޑީގައެވެ. ދާރިއަން އާއި ދާލިޔާ، އުކައިލް އާއި އިޔާދު އޮތް ޕްރައިވެޓް ކޮޓަރިއަށް ވަދުނެވެ. އުކައިލްގެ ބޮލުގައި ބެންޑޭޖް އަޅައިފައިވީއިރު އަތުގައި ވަނީ ކާސްޓްއެއް އަޅާފައެވެ. އިޔާދުގެވެސް އަތުގައި ވަނީ ކާސްޓެއެއް އަޅައިލެވިފައެވެ. އުކައިލްއަށް ދާލިޔާ ފެނުމުން އުނދަގުލާއި އެކު ހިނިތުންވުމެއްދިނެވެ. ދާލިޔާ މަޑުމަޑުން އައިސް އުކައިލްގެ ގާތުގައި އިން ގޮޑީގައި އިށީނެވެ.

” ދާޔާ އަހަރެން ރަނގަޅޭ.. ދެން ތިހާ ދެރަވެފަ އިންނާކަށް ނުވާނެއެއްނުން.. ” އުކައިލް ދާލިޔާއަށް ބުންޏެވެ. ދާލިޔާ އެއްޗެކޭ ނުބުނެ އިސްޖަހައިގެން ހުރުމުން، އުކައިލް ދާލިޔާއަށް ވެފަ އިނީ ކިހިނެތްތޯ އަހާ ފަދައަކުން ދާރިއަންއަށް ބޮލުން އިޝާރާތްކޮށްލިއެވެ. ދާރިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. ” ދެމީހުން އީ.އާރްއަށް ވެއްދި ގަޑީގަ ޒާލިކް ވަޅުލީ.. ” ދާރިއަން ބުންޏެވެ. ” ވަޓް ޒާލިކް؟ ކިހިނެތް؟ ކީއްވެ؟ ” ހައިރާންކަމާއެކު އުކައިލް އަހައިލިއެވެ. އިޔާދުވެސް ދާރިއަންގެ ޖަވާބެއްގެ އިންތިޒާރުގައި ދާރިއަންގެ މޫނަށް ބަލަން ހުއްޓެވެ.

” އުކައިލްގެ ކުރިމަތީގަ ބަޑި ހިފައިގެން ހުރީ ޒާލިކް.. އުކައިލްގެ ފަހަތުގަ ހުރީ ކާކު ކަމެއް ނޭނގެ.. ފަހަތުގަ ހުރި މީހާ ދޫކޮށްލި ވަޒަން ޒާލިކްގެ މޭމައްޗަށް އެރީ.. ” މަޑުމަޑުން ދާރިއަން ބުންޏެވެ. ” ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ޒާލިކް އޮތީ މަރުވެފަ.. ” ނޭފަތް ދަމާލަމުން ދާލިޔާ ބުންޏެވެ. އުކައިލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އުކައިލް އާއި އިޔާދުއަށް ހުރެވެވުނީ ޝޮކެއްގެ މަތީގައެވެ. ” އަހަރެންނަށް ނުވިސްނެނީ ޒާލިކް އެގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބު.. ” ދާރިއަން އޭނަގެ އިސްތަށިގަނޑަށް އަތް މަހައިލަމުން ބުންޏެވެ.

” އަހަރެންނަށް ހީވަނީ އެނގޭހެން އޭނަ އެހެން ކަންތައް ކުރީ ކީއްވެކަން.. ” އިޔާދު ފުންނޭވާއެއްލުމަށްފަހު ބުންޏެވެ. އެންމެން އިޔާދުއާއި ދިމާލަށް އެއީ ކީއްވެގެންހޭ އަހާ ފަދައަކުން ބަލައިލިއެވެ. ” އަހަރެން އުކައިލް ސްޓޭޝަންއިން ނިކުން ވަގުތު ޒާލިކްގެ އޮފީހަށް ދިޔައީ ދަހުލާންގެ ފަރާތުން އެއްޗެއް ހޯދޭތޯ ޓްރައިކޮށްލަން އެދެން.. އެކަމަކު އަހަރެން ދިޔައިރު ޒާލިކްއެއް ނެތް.. އަހަރެންނަށް ފެނުނީ ނޯޓްކޮޅެއް އޭނަގެ ޑެސްކުގައި އޮތްތަން ދާލިޔާއަށް އެޑްރެސްކޮށްފަ.. ޒާލިކް އެވަގުތު ނެތީމަ އަހަރެންނަށް އެނގުނު ކޮންމެސް ގޯހެއް އުޅޭކަން އެހެންވެ އަހަރެން ދިޔައީ.. ” އިޔާދު ކިޔައިދިނެވެ.

” އެ ނޯޓްކޮޅުގަ ކީކޭ އޮތީ؟ ” އުކައިލް އަހައިލިއެވެ. ” އަހަރެންގެ ދަބަހުގަ އޮންނާނެ އެ ނޯޓްކޮޅު..” މޭޒެއްމަތީ އޮތް ދަބަހަކަށް އިޝާރާތްކޮށްލަމުން އިޔާދު ބުންޏެވެ. ދާލިޔާ ދަބަސް ހިފައިގެން އައިސް އިޔާދުއަށް ދިނެވެ. އިޔާދު ދަބަހުގެ ވަތްގަނޑަކުން ފަތްޖަހައިފައިވާ ކަރުދާސްކޮޅެއް ނަގައި ދާލިޔާއަށް ދިނެވެ. ދާލިޔާ އެ ކަރުދާސްކޮޅު ހުޅުވައިލަމުން ކިޔަން ފެށިއެވެ.

” ލިޔާއަށް

އަހަރެންގެ މި ނޯޓްކޮޅު ލިޔާއަށް ލިބުމުގެ މާނައަކީ، އަހަރެންގެ ރޭވުން ފެއިލްވެ އަހަރެންނަށް އަނިޔާއެއް ލިބުން ނޫނީ އަހަރެން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ ކަމަށްވެސް ވެދާނެ. އަހަރެން ކަންތައް ކުރަންޖެހުނު ގޮތަށް ކަންތައް ކުރަން ޖެހުނީ ކީއްވެގެންކަން އަހަރެން ލިޔާއަށް މި ނޯޓްކޮޅުގެ އެހީގައި ކިޔައިދެވޭތޯ ބަލާނަމެވެ.

ލިޔާއަށް އެނގޭ ހެއްޔެވެ؟ އަހަރެންނަށް ލިޔާ ފެނުނު ފުރަތަމަ ދުވަހުއްސުރެ ތި ސޫރަ ވަނީ މިހިތުގައި ފެވި ބިންވަޅު ނެގިފައެވެ. ފުރަތަމަ އަހަރެމެން ބައްދަލުވި ދުވަހުން ފެށިގެން ލިޔާ އަހަރެންގެ މީހަކަށް ހެދުމަށް އަޒުމް ކަނޑައެޅީމެވެ. އެއީ އަހަރެންނަށް އެންމެ ފަނަރަ އަހަރުގައެވެ. އޭރުވީ ލޯބި، އަހަރެންގެ އުމުރުން ތޭވީސް އަހަރުވީ އިރު ވަނީ އިތުރުވެފައެވެ. ލިޔާގެ ފޮނި ފޮނި ލޯބި ހީލުންތަކުން އަހަރެންގެ ދުވަސް އުޖާލާކޮށްދެއެވެ. ލިޔާގެ ކަރުނައިން އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކޮށްދެއެވެ. އަހަރެންވީ ލިޔާގެ އެންމެ ގާތް އެކުވެރިޔާއަށްށެވެ. ސިއްރުތައް ހިފަހައްޓާ ގާތް މިތުރަށްށެވެ. ނަމަވެސް އަހަރެންނަކަށް ލިޔާގެ ލޯބިވެރިއަކަށް ނުވެވުނެވެ. ލިޔާ އުކައިލް އާއިއެކު އުޅޭތަން ފެނުމުން އަހަރެންގެ ހިތުގައި ހަސަދައިގެ އަލިފާން ކަނި ފުރަތަމަ ފަހަރަށް ޖަހައިލިއެވެ. އަހަރެން ފުރަތަމަ މި ވަޒީފާއަށް ވަނީއްސުރެ އުކައިލް ހުރީ އަހަރެންނަށްވުރެ ދެ ފިޔަވަޅު ކުރީގައެވެ. އަހަރެންނަށް ލިބެންޖެހޭ ޕްރޮމޯޝަން އޭނައަށް ލިބުނެވެ. ޓްރެއިނިންގައި އަހަރެންނަށް ލިބުނީ ދެވަނައެވެ. ނަމަވެސް އުކައިލްއަށް އެއްވަނަ ލިބުނެވެ. އަހަރެންގެ ހުރިހާ އެއްޗެއް އޭނަ ފޭރެމުންގޮސް އެންމެފަހުން ލިޔާވެސް ހާސިލްކުރީއެވެ. ލިޔާ އޭނަގެ މީހަކަށް ހެދުމުން އަހަރެންގެ ހިތަށް ހީވީ އެއްފަހަރާ ތޫނު ކަށިތަކެއް ހެރުނުހެންނެވެ. އަހަރެން އެފަދައިން ވަނިކޮށް އަހަރެންނަށް ނުބައި ބަޔަކާ ޖެހެވުނީއެވެ. އިބިލީހުގެ ވަސްވާހަށް ހެއްލުނީއެވެ. އަހަރެންގެ ކައިރިއަށް ޝެޑޯ ގޭންގް މެންބަރެއް އައިސް އެހީވެދޭނެކަމަށް ބުންޏެވެ. އަހަރެންނަށް އެމީހުންނާ އެކީ އުޅެވުނެވެ. ނަމަވެސް އުކައިލް މަރާލުމަށް ރޭވުނު ހިސާބުން އަހަރެން ދެބަސްވީމެވެ. އެކަމަކު އޭރު މާ ލަސްވީއެވެ. އަހަރެންގެ އާއިލާ މަރާލާނެކަމަށް ބުނެ އަހަރެންނަށް އެމީހުން ބިރުދެއްކީއެވެ. އަހަރެން ދޮގެއް ނުހަދާނަމެވެ. އުކައިލް އަހަރެންގެ އަތުން ލިޔާ ޖަހައިގަތުމުން އަހަރެން އިރެއްގައި އުކައިލް މަރައިލަން ބޭނުންވިއެވެ. ނަމަވެސް އަހަރެންނަކީ ގާތިލެއް ނޫނެވެ. އަހަރެންނަށް ލިޔާއާއި މެދު ކަންތައް ކުރެވުނު ގޮތަށް މާފަށް އެދެމެވެ. އަދި ޓީމްއަށް ބިޓްރޭ ކުރެވުނީތީވެ، ޓީމް އެންމެންގެ ގާތުން މާފަށް އެދެމެވެ. މި ނޯޓްކޮޅުގެ އެހީގައި ލިޔާގެ ސުވާލުތަކަށް ޖަވާބު ދެވުނުކަމަށް އުންމީދު ކުރަމެވެ. ލިޔާއަށް އުފާވެރި ދިރުއުޅުމަކަށް އެދެމެވެ.

ލިޔާދެކެ ލޯބިވާ،

ޒާލިކް. ”

ޒާލިކްގެ ނޯޓް ކިޔާ ނިމުނުއިރު ދާލިޔާގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަ އަންނަމުންނެވެ. އޭނައަށް މޫނުގައި އަތް އަޅައި ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. ” އަހަރެންމީ ކޮންކަހަލަ އެކުވެރިއެއް؟ އެންމެ ގާތް އެކުވެރިޔާ އެހައި ވޭނުގައި އުޅުން އިރުވެސް އަހަރެންނަކަށް އޭގެ ހިލަމެއް ނުވި.. ” ރޮމުން ދާލިޔާ ބުންޏެވެ. އުކައިލް ދާލިޔާގެ އަތުގައި އަތްބާއްވާލިއެވެ. ނަމަވެސް ދާލިޔާ އޭނާގެ އަތް ދުރުކޮށްލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

“15062019 ( ޕާރޓް 02

Next

ވިހަ ލޯބި – 1

Next
February 17, 2025

ވިހަ ލޯބި – 1

Previews
February 17, 2025

“15062019 ( ޕާރޓް 02

27 Comments!

  1. shshhhhhhh says:
    February 17, 2025 at 2:42 pm

    alhey .. hama kiriya nurovi miinii… vv salhi.. Allahumma Barik…

    1. Maash Maash says:
      February 18, 2025 at 6:40 pm

      Thank you darling.. I’m glad u like it💜🦋

  2. _MuXo_ _devil_ says:
    February 17, 2025 at 2:52 pm

    Aww! v sad vehje mi part kiyaafa!
    varah reethi mipart ves! Keep it up! Eba varah intizaaru kurevey next part ah!

    1. Maash Maash says:
      February 19, 2025 at 4:37 pm

      Thank you darling.. I’m glad u like it.. next part insha allah thursdayga💜🦋

  3. Naikko says:
    February 17, 2025 at 3:41 pm

    Awwwwwww
    Mi part bes v v reethi
    Kiriyaa nurovuniii mi part kee iru
    When next??

    1. Maash Maash says:
      February 18, 2025 at 6:41 pm

      Thank you Naikko.. I’m glad u like it
      Next part insha allah thursdayga💜🦋

  4. cutie girl says:
    February 17, 2025 at 3:45 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    dhaaya and ukail gulhuvachey
    miyaa and dhaarian ves
    they both are made for each other
    mi part kiyaafa rovijje
    zaalik jealous vee dhw
    i appreciate your hard work
    your my fav author
    when next
    love you maash

    1. Maash Maash says:
      February 18, 2025 at 6:42 pm

      Thank you Cutie girl. I’m glad u like it
      Lets see dhw vaagoi..
      hehe yes zaalik jealous v
      Awwn thank you
      Next part insha allah thursdayga
      Love u more darling💜🦋

  5. Your fav babe says:
    February 17, 2025 at 4:16 pm

    Dude hama rovijje 😭😭😭
    I knew it there was a hand of zaalik behind this
    Varah reethi
    When next

    1. Maash Maash says:
      February 18, 2025 at 6:44 pm

      Hehe congrats on figuring it out😅
      Thank you Your fav babe.. I’m glad u like it
      Next part insha allah thursdayga💜🦋

  6. someone says:
    February 17, 2025 at 5:35 pm

    just curious… mi vaahakaiga kithah parts tho innanee?

    1. someone says:
      February 17, 2025 at 5:44 pm

      btw mi vaahaka varah reethi! masha allah

    2. Maash Maash says:
      February 18, 2025 at 6:45 pm

      Adhi liye nunimeythy neynge.. but I think like 30 to 35 eps ulheyne kanneyge💜🦋

    3. Maash Maash says:
      February 18, 2025 at 6:46 pm

      Thank you someone. I’m glad u like it💜🦋

  7. Vampire girl says:
    February 17, 2025 at 6:12 pm

    Maashaa Allah mi part vx varah varah reethi….
    Alhey kiriya nurovuny…
    Dhaarian gang ge meehunnah eii police eii kan neyngihjehyaa rangalhu….
    Curiously waiting for the next part…
    Whn next???

    1. Maash Maash says:
      February 18, 2025 at 6:47 pm

      Thank you Vampire girl. I’m glad u like it
      Hehe hurihaakudhin vx rovvaa levijje dhw mi part in..
      lets see dhen vaagoi dhww
      Next part insha allah thursdayga💜🦋

  8. ishko says:
    February 17, 2025 at 9:12 pm

    vvv reethi mi part vx
    when is the nest part???

    1. Maash Maash says:
      February 18, 2025 at 6:48 pm

      Thank you ishko.. I’m glad u like it
      Next part insha allah thursdayga💜🦋

  9. Blossom Blossom says:
    February 18, 2025 at 11:17 pm

    Allahumma Barik! V reethi vaahaka eh! Emotional kollaifi. ❤️❤️

    1. Maash Maash says:
      February 21, 2025 at 11:12 pm

      Thank you Blossom.. I’m glad u like it💜🦋

  10. Anonymous says:
    February 21, 2025 at 11:54 am

    Mi part vs v curious koh mi dhiyaee
    When next??? Submitted??

    1. Maash Maash says:
      February 21, 2025 at 11:13 pm

      Thank you Anonymous I’m glad u like it💜🦋
      Next part insha allah next week ga.. Mi week and weekend ga my college exam eh I’m inyma couldn’t write the story

  11. Maash Maash says:
    February 21, 2025 at 11:18 pm

    Hello readers.. I’m really thankful for your support and patience. I’m very sorry that I wasn’t able to upload the next part like I said on Thursday. I had exams in the previous week and I’m a bit unwell so I couldn’t write the 23rd part. But I’ll upload it in this week insha Allah. And I’m really sorry for lying and telling u that 23rd part will be uploaded in Thursday. Hope you all understand. Lyssm 💜🦋

  12. GIIRRLL says:
    February 22, 2025 at 8:34 am

    It’s okay Maash
    I really appreciate ur hard work
    Gws loab ❤️‍🩹
    Patiently waiting for the next part

    1. Maash Maash says:
      February 25, 2025 at 7:44 pm

      Thank you for ur understanding darling💜🦋

  13. The GHOST says:
    February 22, 2025 at 10:05 am

    Is it M.V.A.S or M.V.S.A??
    Dhe thaaga dhe gothah ineema I’m confused
    Anyways the story is obiness to the max >3
    I’m waiting impatiently
    And it’s okay Maash we r humans we make mistakes
    Probably I understand you

    1. Maash Maash says:
      February 25, 2025 at 7:47 pm

      Maldivian vigil service agency so its MVSA.. neyngigen ehen jehifa eyny..
      Thanks for noticing.. I’ll correct it next time insha allah
      Thank you for understanding darling..💜🦋

Comments are closed.

Next Episodeއިންސާފު ލިބޭނެބާ؟←


All Right Reserved!