އެދަތުރު – 5 ( ފަހު ބައި )
ތިންކުދިން ތިން ކޮޓަރިއަށް ވަދުނެވެ. އާރާ ޒޭވިއާރގެ ކޮޓަރިއަށް ވަދުނެވެ. ޒޭވިއާރ އާރާގެ އޭނަގެ ކައިރިއަށް އަންނަށް ދެން މަޑުމަޑުން އެއްމިޔަކަނުން ހީލައިގެން ބަލަން ހުއްޓެވެ. ޒޭވިއާރ ބޭނުންވާ ވަރަށް އާރާއަށް ކައިރިއަށް އާދެވުމުން އޭނަ އާރާގެ ގައިގައިހިފެއްޓިއެވެ. އަދި އާރާގެ ކޮނޑާއި އަނގަ ދިމާކޮށްލަން އުޅުނު ވަގުތު އާރާގެ އަތުގައި އޮތް ސިރިންޖު ޒޭވިއާރގެ އަތަށް ހަރައިލިއެވެ. އެއާއިއެކު ނޫ ކުލައިގެ އަލިގަނޑެއް އަރައި ޒާވިޔާގެ ދަތްތައް ކުރިން ހުރި ވަރަށް ބަދަލުވެ ޒޭވިއާރ ކުރީގެ ޒޭވިއާރއަށް ބަދަލުވެގެން ދިޔައެވެ. ޒޭވިއާރ ވާނުވާ ނޭނގިފައި ހައިރާންވެ އާރާއާއި ދިމާލަށް ބަލައިލިއެވެ. އޭނައަށް ކުރިންވީ އެއްވެސް ކަމެއްގެ ހަނދާނެއް ނެތެވެ. ނަމަވެސް އާރާގެ އަތުގައި އޮތް ސިރިންޖް ފެނުމުން ޒޭވިއާރއަށް ވީގޮތް އެނގުނު ފަދައެވެ. ” މައި ސްޓްރޯންގް ވޯރިއާރ ” ޒޭވިއާރ މަޑުމަޑުން އެހެން ބުނުމަށް ފަހު އާރާގެ ގައިގައި ބައްދާލިއެވެ.
ޝަފާ ސައިލެސްގެ ކޮޓަރިއަށް ވަދުނެވެ. އޭރު ސައިލެސް އިނީ ގޮޑިއެއްގައި އައްސާފައެވެ. އޭނަ އިނީ އިސްޖަހައިގެންނެވެ. ހީވަނީ ނިދާފައި ނޫނީ ހޭނައްތާލާފައި ހުރިހެންނެވެ. ޝަފާ އައިސް އޭނަގެ ގާތުގައި ހުއްޓުމުން ސައިލެސްގެ ރަތް ކުލައިގެ ދެލޯ ދިއްލުނެވެ. ޝަފާ އާއި ދިމާލަށް ނުލަފާ ގޮތަކަށް ބަލައިލިއެވެ. ” އަހަރެން.. ވަރަށް.. ބަޑުހައި… ” ބިރުވެރި ގޮތަކަށް ބަސްތަކަށް ހުއްޓަމުން ސައިލެސް ބުންޏެވެ. ޝަފާ މަޑުމަޑުން ހިންދިރުވައިލިއެވެ. ސައިލެސް ޝަފާއަށް ބަލާ ގޮތުން ހީވަނީ ޝަފާއަކީ އޭނަގެ ކެއުން ހެންނެވެ. އަތުގަޔާއި ފައިގައި ހައްޔަރު ކުރުމަށް ޗޭނު ޖަހައިފައިވީ ނަމަވެސް ސައިލެސް ތެޅިގަތެވެ. އަދި އަނގައިން ބިރުވެރި އަޑުއަޑު ލައްވަން ފެށިއެވެ.
ޝަފާ ކައިރިއަށް އައުމުން ދަތްއަޅަން އުޅެން ފެށިއެވެ. ޝަފާ ސައިލެސްގެ ފުރަގަތަށް ގޮސް އޭނަގެ ކަރަށް ސިރިންޖް ހަރައިލިއެވެ. ސައިލެސްގެ ހަރަކާތައް މަޑުކަމެއް އައެވެ. ސައިލެސްގެ ގައިން ރަތް ކުލައިގެ އަލިގަނޑެއް އަރައިގެން ދިޔައެވެ. އިރުކޮޅަކުން ލޯމަރާލުމަށްފަހު ލޯ ހުޅުވައިލިއެވެ. ” އަނެއްކާ ހުވަފެނެއްތަ މީ؟؟ ” ދެލޯ ކުޑަކޮށް ހުޅުވައިލަމުން ސައިލެސް އަހައިލިއެވެ. ޝަފާ ހީލާފައި ބޯހޫރުވައިލަމުން ބައްދާލިއެވެ. ސައިލެސް އޭނަގެ ބާރުތަކުގެ އެހީގައި ޗޭނުތައް ނައްތާލުމަށްފަހު ޝަފާގެ ހަށިގަނޑުގައި އަތްވަށައިލިއެވެ.
މައިލީ ރަފަޔެލް ގާތަށް ދިޔައެވެ. ރަފަޔެލް ވެސް އޭރުވަނީ ގޮޑިއެއްގައި ޗޭނުން އައްސާފައެވެ. އޭނަގެ ހަށިގަނޑަށްވެސް އެ ވައިރެސްގެ އަސަރުވަނީ ވަރަށް ބޮޑަށްކޮށްފައެވެ. ރަފަޔެލްގެ ދެލޯ ދިޔައީ މަޑު ދަނބު ކުލައަކުން ދިއްލެމުންނެވެ. އޭނަގެ ދަތްތައްވަނީ ތޫނުވެފައެވެ. ” މައިލީ.. އަހަރެންނާ ދުރުގަ ހުރޭ.. ” އުދަނގޫ ގޮތަކަށް ވައިރަސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ރަފަޔެލް ބުންޏެވެ. ” އައި ހޭވް ދި ކިޔާރ.. ” މައިލީ ރަފަޔެލްއަށް ބަލައިލަމުން ބުންޏެވެ. ރަފަޔެލް ފުންނޭވާތަކެއްލަމުން ބޯޖަހައިލިއެވެ. އޭރު އޭނަގެ ދެލޯ ދިޔައީ ވައިރެސްއާ ހަނގުރާމަ ކުރަމުން ދިޔަވަރަކަށް ނިވި ދިއްލޭ ބޮއްކެއްހެން ދަނބު ކުލައިން ނިވި ދިއްލެމުންނެވެ.
މައިލީ އޭނަގެ ގާތަށް އައުމުން ރަފަޔެލްއަށްވެސް މައިލީގެ ގައިގައި ދަތް އަޅަން އުޅެވުނެވެ. މައިލީ ސިހިފައި ދުރައްޖެހިލިއެވެ. ” ސޮރީ.. އަވަސް.. ” ވަރަށް އުނދަގުލުން ރަފަޔެލް ބުންޏެވެ. މައިލީ އަވަސްއަވަހަށް ބޯޖަހައިލަމުން ރަފަޔެލްގެ ފުރަގަތަށް ގޮސް ކަނދުރާއަށް ސިރިންޖް ހަރައިލިއެވެ. ރަފަޔެލް ގައިން ދަނބުކުލައިގެ އަލިގަނޑެއް އަރައިގެން ދިޔައެވެ. އޭގައިވާ ބޭހުގެ އަސަރު ކުރުމުން ރަފަޔެލް ރަނގަޅުވެގެން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ރަފަޔެލް އެގޮޑީގައިވާ ޗޭނުތައް ނައްޓާމުން ތެދުވިއެވެ. އެވަގުތު ސައިލެސް އާއި ޝަފާ އަދި އާރާ އާއި ޒޭވިއާރވެސް އަތުގުޅުވައިލައިގެން އެތަނަށް ވަދުނެވެ. ” އަހަރެންނަށް ވަނީ ޒޭންއާ އަންހެންކުދިންތައް މިތަނުން ނެރުމަށްފަހު މިތަން އަނދާލަން.. ” ސައިލަސް ބުންޏެވެ. ޒޭވިއާރ އާއި ރަފަޔެލް މިކަމަށް އެއްބަސްވިއެވެ.
” އެހެންކަމަށްތަ ހީކުރަނީ؟ އަކީލް ބަލާ މިހިރީ އަހަރެމެންގެ އެކްސްޕެރިމެންޓްއަށް އިތުރު ލެބްރެޓްސްތަކެއް ލިބިފަ… ސަބްޖެކްޓް ތްރީގެ އިތުރުން އަންހެން ތިން ސަބްޖެކްޓްވެސް.. އަހަރެމެންގެ ލަކީ ދުވަހެއްނުން މީ.. ޝިކާރަވެރިޔާގެ ދަލަށް ދަވުނީމަ ވާނީ ތިހެން.. ހަހަހާ.. ” ޑޭމިއަން ނުލަފާ ގޮތަކަށް ހޭންފެށިއެވެ. އޭރު އެތާނގައި އޭނަގެ ގާޑުން އައިސްފައި ތިއްބެވެ. އެމީހުން ތިބީ އެކުދިންނަށް ދޮރުން ނުނިކުމެވޭނެހެން ވަށައިލާފައެވެ. ބިރުވެރި އެކި ވައްތަރު ވައްތަރުގެ އެއްޗެހި އެމީހުންނާއިއެކު ތިއްބެވެ. ” އަޅެ ބުނެބަލަ؟ ތި ކުދިން ބޭނުމެއް ނޫންތަ ސައިލެސްމެންހެން ބާރުތަކެއް ލިބޭކަށް؟ އެ ބާރުތައް އަބަދު ހުރީމަވާ އިހްސާސް ކުރާކަށް؟ އަހަރެންނަށް ތި ކުދިންނަށް އެ ބާރުތައް ދެވޭނެ.. އޭރުން މި މޮޔަ ފިރެހެން ކުދިންގެ ހިމާޔަތެއް ތިކުދިންނެއް ބޭނުމެއް ނުވާނެ.. ” އަކީލް އެކުދިންނަށް ނުބައި ވަސްވާސްލައިދޭން ފެށިއެވެ.
” އިޓްސް ނޮޓް ވޯތް އިޓް.. މި ބާރުތައް އަހަރެމެންނަށް ލިބިފައި މިހިރީ ކެތްކުރަން އުނދަގޫ ވޭންތަކެއް އަހަރެމެންގެ ހަށިގަނޑުގަ އަޅުވާފަ.. ” ސައިލެސް އެކުދިންނަށް ވިސްނައިދޭން ބުންޏެވެ. ރަފަޔެލް އާއި ޒޭވިއާ ސައިލެސްގެ ބަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ” އަހަރެމެން ބޭނުމެއް ނޫން އެއްވެސް ބާރެއް.. ” މައިލީ ބުންޏެވެ. ” އަހަރެމެންނަށް ވިސްނައިދޭން އުޅެވިއްޖެދޯ އަކީލް.. ދެން ނުވިސްނުނީމަ ގަދަކަމުން ޖެހޭނީ ކުރަން.. ” ޑޭމިއަން އަކީލްއަށް ބުންޏެވެ. އަކީލް ބޯޖަހައިލަމުން ގާޑުންނަށާއި އެ ބިރުވެރި އެއްޗިއްސަށް އިޝާރާތްކޮށްލިއެވެ. އެއާއިއެކު އެނުބައި މީހުން އެކުދިން ހިފައްޓަން އުޅެން ފެށިއެވެ.
ސައިލެސް އާއި ޒޭވިއާރ އަދި ރަފަޔެލް އެމީހުންގެ ބާރުތައްކުން ބައެއް ހުރިހާ އަންހެން ކުދިންނަށް ދިނެވެ. އަދި އެމީހުނާއިއެކު ނުބައި މީހުން ތަޅާ ބަލި ކުރަން ފެށިއެވެ. ކުޑަ އިރުކޮޅަކަށްފަހު ޒޭން އައިސް އެތަނަށް ބޮމެއް ކަހަލަ އެއްޗެއް އެއްލިއެވެ. އެއާއިއެކު އޭތިން ދުންތަކެއް ނިކުތުނެވެ. އޭގެ ވަސް ޖެހުމުން ޑޭމިއަން އަދި އަކީލްގެ އިތުރުން އެހެން ގާޑުންތައް އެނބުރުން އަރައިގެން ވެއްޓެން ފެށިއެވެ. ޒޭން އެކުދިންނަށް އައުމަށް އިޝާރާތް ކުރުމުން އެކުދިންއައެވެ. ޒޭން އަނެއްކާވެސް އެހެން ވައްތަރެއްގެ ބޮމެއް އެތާ ހުރި ބިރުވެރި އެއްޗެހިތަކާއި ދިމާލަށް އެއްލިއެވެ. އެއާއެކު އޭއްޗެހިންގެ ގައިގައި އަލިފާން ރޯވެ އަނދައިގެން ދިޔައެވެ. އެކުދިންނަށް އެތަނުން ނިކުމެވުން އިރު މުޅިތަނުގައި ދިޔައީ ހުޅު ހިފަމުންނެވެ.
އާދުވަހަކަށް އިރުއަރައިގެން ދިޔައީ ކުރީ ރޭގެ ބިރުވެރިކަމާއި ނާމާންކަން އެރޭގެ ތެރޭގައި ވަޅުލަމުންނެވެ. އިރުއަރާ މަންޒަރު ގޮނޑުދޮށުގައި ތިބި ހަތް ކުދިން ބަލަމުން ދިޔައެވެ. އެ ކުދިންގެ ހިތްތަކުގައިވަނީ ހަމަޖެހުމުގެ އަސަރުތަކެވެ. ” އަހަރެންނަށް ވަނީ އެންމެން މިކޮޅުގަ ނޫޅެ، މި އަންހެންކުދިންތަކާއިއެކު އެމީހުންގެ ރަށަށް ދާން… ” ޒޭން އޭނަގެ ހިޔާލު ފާޅުކުރިއެވެ. މިކަމަށް އެންމެން އެއްބަސްވިއެވެ.
ފަތިސް ނަމާދުކޮށްގެން އައި ޝަފާމެންގެ މަންމަމެނަށް މި ކުދިން ގޮޑުދޮށުގައި ތިބިތަން ފެނުމުން ހައިރާންވިއެވެ. ” މީ ކޮންކުދިންތަކެއް؟ ” ޝަފާ މަންމަ އަހައިލިއެވެ. ” ދައްތާ މީ މިރަށުގައި ތާށިވެފައި ހުރި ބަޔެއް… ރޭގަ އެމީހުންގެ ލާންޗު ދިޔައީ އެމީހުން ބަހައްޓާފަ.. މައިލީ ބުނީ މައިލީމެންނާއި އެކު ދެވޭނޭ މި މީހުނަށް ދޯ.. ” މައިލީ ބުންޏެވެ. ޝަފާ މަންމަ ބޯޖަހައިލިއެވެ. ރަށަށް ދާން މިފަހަރު ލާންޗަށް އެރީ ރަފަޔެލްމެނާއި އެކީގައެވެ. އާރާ ޒޭވިއާރގެ ކޮނޑުގައި ބޯއަޅައިލިއިރު ޝަފާ ސައިލެސްގެ ކޮނޑުގައި ބޯއަޅައިލިއެވެ. ރަފަޔެލް، ސައިލެސްއަށާއި ޒޭވިއާރއަށް ބަލައިލަމުން ކަޅި އަބުރައިލިއެވެ. އަދި އޭނަގެ ކޮނޑުގައި މައިލީ ބޯ ނޭޅުމުން މައިލީގެ ބޮލުގައި ހިފާ އޭނަގެ ކޮނޑު މަތީ ބޯ އެޅުވިއެވެ. މައިލީ ފޯނާއި ކުޅެން ބޯ ނެގުމުން މައިލީއަށް ލޯ އަޅައިލުމަށްފަހު މައިލީގެ ކޮނޑުގައި ރަފަޔެލް ބޯއަޅައިލިއެވެ. އެއާއެކު ޝަފާމެންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ. މައިލީ އެންމެން ކެމެރާއަށް އަރާ ފަދައިން ސްނެޕެއް ކޮށްލިއެވެ.
އޭގެ ދެތިން ދުވަސްފަހެވެ. މައިލީ އިނީ އޭނަގެ ލެޕްޓޮޕް ހުޅުވައިގެން ޓައިޕް ކުރާށެވެ. ޓައިޕްކޮށް ނިންމައިލުމަށްފަހު ވާހަކައިގެ ނަމަށް ‘ އެދަތުރު ‘ގެ ނަމުން ނަންދިނެވެ. އެއީ އެދަތުރަކީ އާދަޔާ ހިލާފު އެތަށް ކަމެއް ތަޖުރިބާ ކުރެވުނު ދަތުރަކަށް ވީތީއެވެ. މައިލީ މިހާރުގެ މަގުބޫލު ވާހަކަ ލިޔާ ސައިޓްއެއް ކަމަށްވާ އެސްފިޔަ ސައިޓްއަށް ވާހަކަލިއެވެ. ރަފަޔެލް މައިލީގެ ކޮޓަރީގެ ތަޅު ހުޅުވައިލަމުން ވަދުނެވެ. އޭނަ ހުރީ އިސްޖަހައިގެންނެވެ. މައިލީ ހައިރާންވެފައި ބަލަން ހުއްޓައި އައިސް މަޑުމަޑުން ދެލޯ ދަނބު ކުލައިން ދިއްލައިލިއެވެ. އެއާއިއެކު މައިލީ ހަނދާނަށް އައީ އެކުދިންނަށް އެދަތުރުގައި ދިމާވި ހާދިސާއެވެ.
މައިލީ އޭނާގެ އަމިއްލަ ނަފްސު ދިފާއި ކުރުމުގެ ގޮތުން ބާލީހެއް ނެގިއެވެ. އެއާއިއެކު ރަފަޔެލް އަނގައިން ބިރުވެރި އަޑެއް ލައްވައިލަމުން މައިލީ އާއި ދިމާލަށް ފުންމައިގަތެވެ. މައިލީ ހަޅޭލަވައި ގަންނަމުން އޭނަގެ ކައިރީގައި އޮތް ޓީވީގެ ރިމޯޓުން ރަފަޔެލްގެ ބޮލުގައި ތަޅަން ފެށިއެވެ. ” އައު.. އައު.. އާއުޗް… ސްޓޮޕް.. މިލީ.. ” ރަފަޔެލް މައިލީގެ އަތުން ރިމޯޓު އަތުލަމުން ބުންޏެވެ. އޭރު ދޮރުގެ ފަހަތުގައި ޝަފާމެން ބޯދިއްކޮށްގެން ބަލަންތިއްބެވެ. މައިލީ ރަފަޔެލްގެ ބޮލުގައިރިމޯޓުން ތަޅާތަން ފެނުމުން ސައިލެސް އާއި ޒޭވިޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ދެޓް ވޯޒް އަ ސްޓުޕިޑް ޑެއާ ޝަފާ ދިން.. ” ބޮލުގައި އަތް ކާއްތާލަމުން ރަފަޔެލް ތުންދަމާލަމުން ބުންޏެވެ.
މައިލީ އެންމެނާއި ދިމާލަށް ލޯއަޅައިލިއެވެ. ” ކިރިޔާއޭ ހާޓް އެޓޭކެއް ނުލިބުނީ.. ” މައިލީ ޝަފާއާއި ދިމާލަށް ބާލީސް އެއްލަމުން ބުންޏެވެ. ” މިލީ ނުލާ ޓްރޫތް އޯރ ޑޭއާރ ކުޅެނީ.. ” މައިލީ ތުން ދަމާލަމުން ބުންޏެވެ. ” މިލީ ސިސް ސްޓޯރީ ލިޔަން އިނީމަ އުނދަގޫ ނުކުރާން ވެގެންނޭ.. އާދޭ މިލީ ސިސްވެސް ކުޅެން.. ” އާރާ މައިލީގެ އަތުގައި ހިފަމުން ސިޓިން ރޫމްއަށް ގެންދިޔައެވެ. ސައިލެސް ފުޅި އަނބުރާލުމުން ޝަފާ އިން ދިމާލަށް ފުޅި ހުއްޓުނެވެ. ” ޝަފާގެ ސުވާލަކީ ހަޔާތުން އެންމެ ވިއާރޑް ނޫނީ މެޖިކަލް އެކްސްޕީރިއަންސަކަށް ހަނދާންވަނީ ކޮންކަމެއް؟ ” ސައިލެސް އަހައިލިއެވެ. ” އެދަތުރު ” ތިން އަންހެން ކުދިންނަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު އިވިގެން ދިޔައީ ހަ ކުދިންގެ ހުނުމުގެ އަޑެވެ.
( ނިމުނީ )
6 Comments!
Comments are closed.







I loved your this story
Your first fictional story was amazing 👏👏👏
Congrats and Ramadan Mubarik💗💗💗
Lyssssssm✨❤
Thankyou Your fav bab.. I’m glad u like it..
Aww thank youu
Ramadan Mubarak to u too
Love you more darling💜🦋
Maashaa Allah mi part vx varah varah reethi…..
Furathama fictional vaahaka aa balaafa varah rangalhu…
Ummeedhu kuran adhi vx maash ge fictional vaahaka eii kiyaalan libeyne…..
Abadhu vx kaamiyaabee ah edhen…
Thankyou Vampire girl.. I’m glad u like it..
Aww thank youu
Insha allah adhivx maash ge fictional stories libeyne..
Same goes for u darling..
Ramadan Mubarak💜🦋
Its a nice story
Thankyou UNKNOWKN GURRL… I’m glad u like it..
Ramadan Mubarak💜🦋