އިންސާފު ލިބޭނެބާ – 27
އެކަކުވެސް އެކައްޗެއްކޭ ނުކިޔާ ހިމޭންކަމުގެ ސުކުންތެއް ހޭދަވެގެން ދިޔައެވެ. ކުއްލިއަކަށް މީހަކު އެތަނަށް ވަދެގެންއައެވެ. ” އަހަރެން.. ” ކުރިން ދާރިއަން ދެއްކި ވާހަކަ އަޑުއިވިފައިވުމުން އޭނަ ބުންޏެވެ.
***ޕާޓް 27***
ދާރިއަން އެތަނަށް ވަދުނު މީހައާއި ދިމާލަށް ބަލައިލިއެވެ. ދޮން ހަންގަނޑެއް ލިބިފައިވާ އެމީހަ ޖަހަނީ ބޭރުމީހެއް ވައްތަރެވެ. ނަމަވެސް އޭނަ ވާހަކަ ދެއްކީ ސާފު ދިވެހި ބަހުންނެވެ. އެމީހައާއި ދިމާލަށް ބަލައިލުމަށް ފަހު އޭނަ ބަލައިލީ ޝިމާއުމެންނާއި ދިމާލަށްށެވެ. ނަމަވެސް ޝިމާއު އެމީހައާއި ދިމާލަށް ބަލަން ހުރި ގޮތުން ޝިމާއުއަށްވެސް އެއީ ކާކުކަން އެނގޭ ހެނެއް ހިޔެއްނުވެއެވެ. “ތީ ކާކު؟” ދާރިއަން ކަރުކެހިލަމުން އަހައިލިއެވެ. އެމީހަ އެއްމިޔަކަނުން ހީލަމުން ޝިމާއުއަށް ބަލައިލިއެވެ. “ކަލޭމެންނަށް ހަމަ މަށެއް ނޭނގުން؟” ލާނެތް ރާގަކަށް އެމީހާ އަހައިލިއެވެ. އެއާއިއެކު ވަދީހު ދެލޯ ބޮޑުކޮށްލިއެވެ. “ހާދިން؟” ޝިމާއު ސުވާލުގެ ރާގަކަށް އަހައިލިއެވެ.
އެއާއެކު ހާދިން ހިނިގަނޑެއް ޖަހައިލިއެވެ. “އާން މަށޭ މީ.. ނޭނގުން ދޯ ވަކި ކުރާކަށް.. މަށަށް އެނގޭ ނޭނގޭނެކަން.. އަހަރެން މިކޮޅަށް މިއައީ ލޫކަސްއެއްގެ ނަމުގަ ހުރިހާ އެއްޗެއް އެކޮޅުން ހައްދާގެން.. ކޮޕުންތައްވެސް މަމީ ބޭރު މީހަކަށް ހަދައިގެން ދޫކޮށްލީ ހެހެހެ..” ހާދިން ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ދާރިއަންއަށް ހާދިންގެ ނަމުގެ އަޑުއިވުމުން އޭނާގެ ހިތް ފާޑަކަށް ތެޅިގަތެވެ. މިއީ އުކައިލްގެ މަންމަގެ ގާތިލްކަން އޭނައަށް ޔަގީންވިއެވެ. “ނޭނގޭނެއެއްނުން ކަލޭ މުޅި މީހާގެ ސިފަ ބަދަލުކޮށްލައިގެންވިއްޔާ ތިއައީ.. މަށެއް ހިޔެއް ނުކުރަން ތިވަރުކޮށްލާނެ ކަމަކަށް..” ޝިމާއު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ހާދިން ދާރިއަން އާއި ދިމާލަށް ބަލައިލިއެވެ. “އެ ލޯބި ބިޓުގެ ހައްގުވެރިއަކީ ކަލޭތަ؟ މުޅިން ސަކަރާތެއްނުން އަހަރުންނަށް އެމަންޖެ ޝެއާރ ކުރެވުނީހޭ.. ޝިމާއު ގޭންގަށް ވައްދައިގެން އުޅޭ އާ ގޮލައެއްތަ މީ؟” ހާދިން ޝިމާއު އާއި ސުވާލުކޮށްލިއެވެ.
ދާރިއަންއަށް ޖީބަށް ޖަހައިގެން ހުރި އަތް މުއްކަވައިލެވުނެވެ. މިޔާއޭ ކިޔައިގެން އެހާ ދަށު ދަރަޖައިން ވާހަކަ ދެއްކުމުން އޭނާގެ ލޭހޫނުވިއެވެ. ނަމަވެސް އޭނަ މޫނު މަތިން އެއްވެސް އަސަރެއް ނުދައްކައި ހުއްޓެވެ. “އާން މީ ދަޔާން.. ދަޔާން މިއީ ހާދިން އަހަރެން ބުނީމެއްނުން ވަރަށް ފަހުން ފެންމަތިވި ހާދިސާއާ ހުރެ ފިލަން އިންޑިއާއަށް ފޮނުވައިލި މީހެއް؟ މީ އޭނަ..” ޝިމާއު ދެމީހުންނަށް ދެމީހުން ތައާރަފު ކޮށްދިނެވެ. “މަށެއް އެއަކަށް ނުކިޔާނަން ފިލަން ދިޔުމެކޭ.. ކުޑަކުޑަ ވެކޭޝަންއެކޭ ބުންޏަސް ރަނގަޅުވާނެ ހެހެ.. އެހެންވީމަ ދަޔާންދޯ.. އެންމެ ދެތިން މަސް ކަންނޭނގެ ވާނީ ގޭންގަށް ވަންތާ އެކަމަކު ހާދަ އަވަހަށް އަހަރުންގެ ބަޔަށް ވަދުނީ؟” ހާދިން ދާރިއަންގެ މަތިން ތިރިއަށް ސްކޭންކޮށްލާ ފަދައިން ބަލައިލަމުން އަހައިލިއެވެ.
“ޝިމާއުއަށް މީނަ މާ ކަމުދިޔާމައޯ..” ވަދީހު ބުންޏެވެ. އެހެންތަ.. ޝިމާއުއަށް މީހަކު އެހައި ކަމުދާނީ ވަރަށް ރަނގަޅުވެގެންތާ.. ކަލޭއަށް އެއްވެސް މީހަކު މަރަން ޖައްސާފިތަ؟ ނޫނީ ކިޑްނެޕް ކުރަން ވިޔަސް؟” ހާދިން އަހައިލިއެވެ. “ޓެސްޓުގަ މީހަކު މަރައިލީމައެއްނުން ފާސްވާނީ.. މާދަން އެބައޮތް ރޭވުމެއް ތިކަމުގަ ހަމަ.” ދާރިއަން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އޭނަ ބޭރުފުށުން އެއްވެސް އަސަރެއް ނުދައްކާ ހުރި ނަމަވެސް އެތެރެއިން ހުރީ އަނދަ އަނދާއެވެ. “އޯހް.. އެހެންވީމަ މަ ދާނަން ކަލޭ ކުޑަކޮށް އެސިސްޓުކޮށްލަން.. ފުރަތަމަ މެޝަންއެއްނުން..” ހާދިން ބުންޏެވެ. ދާރިއަން ފުން ނޭވާއެއްލާފައި ބޯޖަހައިލިއެވެ. “އެހެންވީމަ ކަލޭގެ ޕްލޭން ކިޔާބަ.. ތާމިނޫ ކަލޭ މާލޭގެ މެޕު މޭޒު މައްޗަން ނަގާބަލަ..” ހާދިން ތާމިން އާއި ދިމާލަށް ބަލައިލަމުން ބުންޏެވެ.
“މަގޭ ޕްލޭންއަކީ މާދަން ރޭ އޭނަ މީހުން މަދު ތަނަކަށް ގެންގޮސްފަ އޭނަގެ ދުވަސް ދުއްވާލުން..” ދާރިއަން ބުންޏެވެ. “ކަލެ ބުނާ ގޮތުން ހީވަނީ އޭނަ ފޯނުކޯލެއް ކޮށްލީމަ ވަރަށް ފަސޭހައިން އެތަނަކަށް އަންނާނެހެން..” މަލާމާތުގެ ރާގަކަށް ވަދީހު ބުންޏެވެ. ދާރިއަން ވަދީހު އާއި ދިމާލަށް ދެލޯވަށްކޮއްލަމުން ބަލައިލިއެވެ. “އެއީ ފުލުހެއް.. އޭނަ ބޭނުން ވަނީ ހާދިން މަރައިލި މީހަ މަރައިލީ ކާކުކަން އެނގެން ހެއްކާއިއެކީ.. އަހަރުންނަށް އޭނަ ގެނެވޭނެ އެތަނަށް، އަހަަރުމެންނަށް އޭނަ ގެނެވޭނެ އޭތި ލެވަރޭޖްއެއް ގޮތުގަ ބޭނުންކޮށްގެން..” ދާރިއަން އޭނަގެ ވިސްނުން ހިއްސާކުރިއެވެ.” ހާދިން ދާރިއަންގެ ވިސްނުންތެރި ކަމާއިމެދު ގަޔާވެ އިނދެ ބޯޖަހައިލިއެވެ. “މަށަށް މިހާރު ފެނޭ އެބަ ކަލޭ މީނައާއި މާ ގަޔާވީ ކީއްވެކަން.. ވިސްނުންތެރި ބޮލެއް ކަލޭ ގޭންގަށް ތި ގެނައީ..” ހާދިން ޝިމާއު އާއި ދިމާލަށް ބުންޏެވެ.
އެދުވަހަށް އެމީހުންގެ މިޝަންއަށް ވާން ހުރި ތައްޔާރީތައް ނިންމާލުމަށްފަހު އެންމެން ދާން ތައްޔާރުވިއެވެ. ދާރިއަން ނިކުންނަން އުޅެނިކޮށް އޭނައަށް ސިހުމެއް ލިބިގެންއައީ މީހަކު އޭނަގެ އިސްތަށިގަނޑުގައި އަތްލުމުންނެވެ. އޭނަ ހައިރާންވެފައި އެއީ ކާކުތޯ ބަލައިލަން އެނބުރުނު އިރު ހާދިން ފެނުނެވެ. “ބޮލުގަ އެއްޗެއް އިނީމަ ފޮޅައިލީ މި..” ހާދިން ކަމެއްވީ ކަމަށް ނުހަދާ ބުންޏެވެ. ދާރިއަން އެއްޗެކޭ ނުބުނެ ބޯޖަައިލިއެވެ. “އަހަރެން މި ވިސްނަނީ ކިނާންއަށް ވޭން ހުރި މަރެއް ދިނުމަށް.. އޭނަ އާއި ހުރެ އަހަރުންގެ ގޭންގަށް ވަރަށް ތުރާ ބޮޑު.. އަބަދު ހުންނަނީ ކޮންމެސް އެކަކު ގޮޅިއަށް ވައްދާފަ..” ހާދިން ދާރިއަންގެ ފަހަތުން އަންނަމުން ވާހަކަ ދެއްކިއެވެ. “ކަލޭގެ ވިސްނުން ހުރީ ކޮންގޮތަކަށް؟” ދާރިއަން އަހައިލިއެވެ.
“އަހަރުން އެޓޭކު ކުރާ އިރު އޭނައަށް ހޭނެތޭ ވަރުގެ އަނިޔާއެއް ދީފަ، ހޭނެތުނީމަ ކިޑްނެޕްކޮށްގެން ފަޅު ރަށަކަށް ގެންގޮސް މަރުވަންދެން އަނިޔާ ކުރަން..” ނުލަފާ ފާޑަކަށް ހާދިން ބުންޏެވެ. ހާދިންގެ ވާހަކައިން ދާރިއަންއަށް މިއީ އިންސާނެއްބާއޭ ހިތައް އެރިއެވެ. އެވަރުގެ ކަމެއް ކުރާއިރު ބިރުވެސް ނުގަންނަނީބާއޭ އޭނާގެ ހިތަށްއެރިއެވެ. ދާރިއަން މޫނުމަތިން އެއްވެސް އިހުސާސެއް ދެއްކުމެއް ނެތި ބޯޖަހައިލިއެވެ. “އަހަރެންގެ މައްސަލައެއް ނެތް..” ދާރިއަން ބުންޏެވެ. “އެހެންވީމަ މާދަމާ މެންދުރު މީޓިންއަށް އަންނާތި!” ހާދިން އެހެން ބުނުމަށްފަހު ދިޔައެވެ. ދާރިއަން ޓެކްސީއެއްގައި އަނެއްކައިވެސް ދިޔައީ ހޮސްޕިޓަލަށްށެވެ. މި ހޯދުނު އައު މައުލޫމާތު އޭނަ ހުރީ ޓީމްގެ އިތުރުން މާވިންއާ ހިއްސާ ކުރަން ބޭނުންވެފައެވެ.
ޓެކްސީ ހޮސްޕިޓަލާއި ކައިރީގައި ހުއްޓުމުން، ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު އޭނަ ހޮސްޕިޓަލަށް ވަންނަން ހިނގައިގަތެވެ. ލިފްޓަށް އެރުމަށްފަހު އަވަސް މީޓިންއަކަށް ކިނާންއާއިއެކު އުކައިލްމެން އައުމަށް އޭނަ އެދުނެވެ. އެއަށްފަހު އޭނަ ލިފްޓުން ފައިބައިގެން މިޔާ އޮތް ކޮޓަރިއަށް ޓަކި ޖެހުމަށްފަހު ވަދުނެވެ. އޭރު މިޔާއަށް އޮތީ ނިދިފައެވެ. މިޔާގެ ކައިރީގައި މާވިން މިޔާގެ އަތުގައި ހިފައްޓައިލައިގެން ހުއްޓެވެ. މާވިންއަށް ދާރިއަން ފެނުމުން ދާރިއަން މާވިންއަށް ބޮލުން ކޮޓަރިން ނިކުތުމަށް އިޝާރާތްކޮށްލިއެވެ. އެއާއިއެކު މާވިން މިޔާއަށް އުނދަގޫ ނުވާނެ ފަދައިން މަޑުމަޑުން މިޔާގެ އަތުން ދޫކޮށްލުމަށްފަހު އެކޮޓަރިން ނިކުތެވެ. “އަހަރެންނާއެކު ހިނގާބަލަ ޓީމް މީޓިންއަކަށް ދާން.. ވަރަށް މުހިންމު ވީމަ އަހަރެން މިބުނީ..” ދާރިއަން ހާސްވެހުރެ ބުންޏެވެ. ދާރިއަންގެ އަޑުގައިވި ހާސްކަމުގެ ސަބަބުން ދެކޮޅު ހެދުމެއްނެތި މާވިން އެއްބަސްވިއެވެ. އަދި ހޫރީންއަށް ގުޅާފައި މިޔާގެ ކައިރިއަށް އައުމަށް އެދެމުން ދާރިއަންއާއި އެކީ ނުކުތެވެ.
މާވިންގެ ސައިކަލުގައި ދާރިއަން މިސްރާބު ޖެހީ ޓީމްގެ މީޓިން އޮންނަ ސިއްރު ތަނަށްށެވެ. އެތަނަށް ވަދެގެން އައިއިރު އުކައިލް އަދި ކިނާންގެ އިތުރުން ދާލިޔާ އާއި އިޔާދުވެސް ހުއްޓެވެ. “އަހަރެން ވަރަށް މުހިންމުވެގެން މިތަނަށް ކިނާން ސާރ މި ގެނައީ..” ކިނާންއާއި ދިމާލަށް ބަލައިލަމުން ދާރިއަން ބުންޏެވެ. ކިނާން އެއީ ކީއްވެހޭ އަހާ ފަދައަކުން ބުމަ އަރުވައިލިއެވެ. “އަހަރެންގެ ގޭންގުން އެބަ ރާވާ ކިނާން ސާރ މަރައިލަން.. އަހަރެން އޭގެ ލީޑަރަކަށް ހަދައިގެން..” ދާރިއަން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. އެއާއެކު އެތާގައި ތިބި އެންމެންގެ ލޯތައް މުދުނަށް އަރައިގެން ދިޔައެވެ. “އެއީ ކީއްވެ..” އުކައިލްއަށް ހައިރާން ކަންމަތީ އަހައިލެވުނެވެ. “އެމީހުންނަށް އެނގޭ ކިނާންސާރކަން އުކައިލް މަންމަގެ ކޭސްގެ ސުޕަވައިޒާރ އަކީ.. އެހެންވެ އެމީހުން ނިންމީ ކިނާން ސާރ މަރައިލަން މާދަމާ ރޭ..” އެންމެންގެ ހައިރާންވެފައިވާ މޫނުތަކަށް ބަލައިލަމުން ދާރިއަން ބުންޏެވެ.
“އަހަރެން ބުނަން އޮތް އަނެއް ވާހަކައަކީ ހާދިން އައި ވާހަކަ.. އުކައިލްގެ މަންމަގެ ގާތިލް އަދި މިޔާއަށް އެހެން ހެދި މީހާ.. ” މާވިންއަށާއި އުކައިލްއަށް ބަލައިލަމުން ދާރިއަން ބުންޏެވެ. މާވިންއަށް އޭނަގެ އަތް މުއްކަވައިލެވުނުއިރު، އުކައިލްއަށް ދަތްކުނޑިވިކާލެވުނެވެ. “ދާރިއަން ވިސްނަނީ ކިހިނެތް ހަދަން؟” ކިނާން އަހައިލިއެވެ. “އަހަރެން މި ވިސްނަނީ އެގަޑީގަ އެމީހުން ހިފައްޓަން.. އެންމެންއެކީ.. އެތަނަށް ދާނެ ޝިމާއު އާއި ވާދިހު އަދި ހާދިންވެސް.. ރެޑް ހޭންޑެޑްކޮށް ހިފައްޓާފަ މި ހިސާބަށް އަހަރުންނަށް ހޯދުނު ހެކިތައް ގާޒީއަށް ދޭނީ.. ” ދާރިއަން ދެ ބުމަ ގާތްކޮށްލަމުން ވިސްނާ ފަދައަކުން ބުންޏެވެ.
“މުނާޒް ހުންނާނެ.. އޭނަ ރިޝްވަތު ދީގެން ކޮންމެ ފަހަރަކުވެސް އެމީހުން ނެރެނީ..” މާވިން ބުންޏެވެ. “ތިހެން ވިއްޔާ މުނާޒުއާ ދެކޮޅަށް ހުރި ހެކިތައްވެސް ބޭނުން ކުރާނީ.. ކިނާންސާރއަށް މާދަން ގޭންގުން ގުޅާނެ، އުކައިލްގެ މަންމަގެ ކޭސްގެ ހެކިތައް ހުރިކަމަށް ބުނެ.. އެއީ ކިނާންސާރ އެމީހުންގެ ގާތަށް އެކަނި ގެނައުމަށް ބޭނުން ކުރާ އުކުޅެއް.. އަހަރެންނަށްވަނީ އުކައިލްމެން ސީންގަ ހުންނަން.. އެމީހުން މޫވް މޭކް ކުރާހާ އަވަހަކަށް އެމީހުން ހިފައްޓަން..” ދާރިއަން ބުންޏެވެ. އެންމެންވެސް ދާރިއަންގެ ރޭވުމަށް ބޯޖަހައިލީ އެ ރޭވުމާއި އެއްބަސްވުމުގެ ގޮތުންނެވެ.
“އަހަރެން އެމް.ވީ.އެސް.އޭ ގެ ކުދިންކޮޅެއްވެސް މިކަމުގައި އެހީވާން ގެންނާނަން..” މާވިން ބުންޏެވެ. އެއާއިއެކު ދާރިއަން ނޫން އެންމެން މާވިންއާ ދިމާލަށް ބަލައިލީ ކޮންބަޔެއްހޭ އަހާފަދައަކުންނެވެ. އެންމެފަހުން ދާރިއަން މާވިންއަކީ ކާކު ކަމާއި އެމް.ވީ.އެސް.އޭ އަކީ ކޯއްޗެއްކަން ކިޔައިދިނެވެ.
އޭގެ އަނެއްދުވަހެވެ. ދާރިއަން މެންދުރުގެ މީޓިންއަށް ދިޔުމުން ގޭންގުން ކިނާންއަށް ހަމަލާދޭނެ ވަގުތާއި ތަން އަދި ގަޑި ހަމަޖެއްސިއެވެ. އެމީހުން އެކަންތައް ހަމަޖެއްސީ ރަސްފަންނުގައެވެ. އަދި މެންދަމު ބާރައަށް ގަޑި ކަނޑައެޅިއެވެ. ދެން ދެއްކީ އެމީހުންގެ ޕޮސިޝަންތަކުގެ ވާހަކައެވެ. އެކި އެމީހުންނަށް އެމީހުން ހުންނަން ހަމަ ޖެހިފައިވާ ތަން ކަނޑައެޅުމަށްފަހު ހަމަލާ ދޭނެ މީހެއް ކަނޑައަޅަން މަޝަވަރާ ކުރެވެން ފެށިއެވެ. “ދަޔާން ހަމަލާ ދޭންވީނުން.. މީ އެހެން ނޫނަސް ކަލޭގެ ފުރަތަމަ މެޝަންއެއްނުން..” ދާރިއަންއާއި ދިމާލަށް ބަލައިލުމަށްފަހު ހާދިން ބުންޏެވެ. އެއާއެކު އެންމެން އެގޮތުގެ މަތިން އެއްބަސްވިއެވެ. އެތަނުން ދެވުމާއިއެކުހެން ދެންމެ ގޭންގާއިއެކު ކުރެވުނު މަޝްވަރާގެ އޯޑިއޯ ދާރިއަން އޭނާގެ ޓީމްއަށް ފޮނުވައިލިއެވެ.
އެރޭގެ ވަގުތެވެ. ދާރިއަންގެ މޭ ތެޅެމުން ދިޔައީ ކޮންމެސް ކަމެއް ނުބައިވާން އުޅޭ ކަމުގެ އިހްސާސް ކުރެވުމުންނެވެ. އޭނަ ގެއިން ނުކުތްއިރު ކާރެއް އެގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. ދާރިއަން އެ ކާރާ ކައިރިވުމުން ހާދިން ކުޑަދޮރު ތިރިކޮށްލުމަށްފަހު އެރުމަށް އެދުނެވެ. އޭރު ވަދީހު ހާދިންގެ ގާތުގައިން ސީޓްގައި ހުރިއިރު ޝިމާއު އިނީ ފަހަތު ސީޓުގައެވެ. ދާރިއަން އެރުމާއިއެކު ކާރު ދުއްވައިލިއެވެ. ދުއްވަމުން ދިޔަ ކާރު ރަސްފަންނު ފަހަނަ އަޅައިދިޔުމުން ދާރިއަންގެ ހިތް ތެޅިގަތެވެ. “ރަސްފަންނު ފަހަނަ އަޅާއެއްނުން ތި ދިޔައީ..” ހިންދިރުވައިލުމަށް ފަހު ދާރިއަން ބުންޏެވެ. ” ޗޭންޖް އޮފް ޕްލޭންސް.. އަހަރުންނަށް ކިނާން ކައިރީ ބުނެވުނީ ހަތް ނަންބަރު ޖެޓީ ކައިރިއަށް އަންނާށޭ.. އިނގޭނުން ދެން ރަސްފަންނުގަ މިހާރުވެސް އުޅޭނެ މިއުޅޭ ޒުވާން ކުދިންތައް މާފޮޅުވަން އެހެންވެ..” ހާދިން ބުންޏެވެ. ދާރިއަން އެއްޗެކޭ ނުބުނެ މަޑުމަޑުން ބޯޖަހައިލިއެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







upsss… dhaariyan fakeeru… i think hadhin mn hearing aid eh harukuriin dhariyange gaiga boluga ayli kamah hadhaafa kmmx gothakun… mi bai ves v salhi hama.. v best.. AllahumMA bARIK
Thank you darling.. I’m happy u liked it.. Let’s see dhw happens next..💜🦋
Oh no dhaarian ah dhera gotheh nuhadhahchey… 😬haadha curious kohllaafa eyh thi nimmaalee 😅btw mi part vx v reethi Ma Sha Allah ♥️ curiously waiting for the next part 🥰♥️
Thank you darling.. I’m happy u liked it.. Hehe
eh curious kohlaafa dhw mi nimmaalevuny.. Let’s see dhw happens next.. Next part insha Allah Thursday💜🦋
I also think haadhin, dhaarian ge isthashi gandah recorder eh lee hen!
Oh my god next part will be epic ✨✨
I’m so nervous dhaarian ah kameh nukuraathi !!
When next?
Lysssssm💗💗💗💗💗
Tysssm for the mysterious part
Thank you your fav bab for this lovely comment.. I’m happy u liked it.. Hehe
eh curious kohlaafa dhw mi nimmaalevuny.. Let’s see dhw happens next.. Hurihaa readers vx mi bunany hama ekahchekeh dhww.. Next part insha Allah Thursday
Love you more darling💜🦋
I also think that BTW vaahaka hama vrh reethi
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Alhey dhaarian ah dhera gotheh nuhadhachey
Miyaa and dhaarian gulhuvachey
Dhaaya and ukail ves
They all are made for each other
Kuhverinah adabu dhee
I appreciate your hard work
Haadha curious kohlaafa thi nimaaly
Tc ❤️😘
Your my fav author ❤️
Ly maash ❤️😚
Thank you Cutie girl.. I’m happy u like it..
Net part insha allah thursdayga..
Lets see what happens next dhww..
hehe vrh curious kohlaaafa dhw mi nimmaa levuney..
Tc
Aww thats so sweet of u..
Love you more darling💜🦋
Thankyou UNKNOWN GURLL.. I’m happy u like it💜🦋
Uh-ohh… I sense something fishy here
Vadheehu men plan change kuree, maybe Dhaarian men ge plan engigen kamah vedhaane ehnu? i mean, maybe Dhaarian ge boluga hearing aid eh harukuree kan neynge Haadhin egadee. and they heard what Ukail men was planning
and, mihaaru Dhaarian men ge edhanee e thanah, Dhaarian akah chance eh nulibeyne kan neynge Ukail mennah ekamuge update dheykah. i mean Haadhin varah sus
gang ge meehunnah success vefa, Ukail men ge plan fani viyya.. dhn neynge vaane gotheh vx
oh my god! im freaking out..
Maarsh, when next episode?
btw, episode varah reethi <3
Aww what a long comment.. Thats a wild theory u got there..
Lets see what happens dhww..
Haadhin dhen sus vaanetha he killed ukail’s mom and violated miya..
Next part insha allah thursdayga..
Thankyou darling.. I’m happy u like it💜🦋
heyyy maashhh
how are youuuu
dhuvaskolheh vejje dho mihen comment eh koh nuleveythaa.. hehe
vaahaka hama varah varah reethi as always ingeyy.. hama bas huttey varu vey.. haadha molhey maash masha allah!!
waiting fot the next part <333
Heyyy Nayaa
I’m gooddd.. I hope ur doing well too
Thank you darling it means a lot coming from u… Nayaa ge story vx varah reethi maasha allah..
Next part insha allah thursdayga💜🦋