Skip to content
އެސްފިޔަ

އިންސާފު ލިބޭނެބާ – 25

އެ ކޮޓަރިއަށް ވަނުމުން ފެނުނު މަންޒަރަކުން ދާރިއަންއަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ފާރުގައި ރަތް ކުލައިގެ ލޭ ހުރި އިރު ފާރު ކައިރިއަށް ވެއްޓިފައި އޮތް މިޔާގެ ބޮލުން އައިސްފައިވާ ލެއިން މުށިތައް މަތީގައި ވަނީ ކޯރު ހެދިފައެވެ. ދާރިއަން ދުވެފައި މިޔާ ކައިރިއަށް ދިޔައިރު އޭނަގެ ހިތް ދިޔައީ ބާރުބޮޑުވެފައިވާ އިންޖީނެއް ފަދައިން ތެޅެމުންނެވެ. އޭނަ މިޔާގެ ކައިރީ ކުޑަކަކޫ ޖަހަގެން އިށީނެވެ. އަދި އަވަސްއަވަހަށް އެމްބިޔުލާންސަށް ގުޅުމަށްފަހު މިޔާގެ ނޭފަތާއި އިނގިލި ކައިރި ކޮށްލީ ޝައްކެއް މަތީ ހުރެއެވެ.

***ޕާޓް 25***

މިޔާގެ ނޭވާގެ ހޫނުކަން އޭނަގެ އިނގިލިތަކަށް އިހްސާސްވުމުން ދާރިއަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މިޔާގެ ވިންދު އަޑުއެހުމަށްޓަކައި ދާރިއަން އިނީ މިޔާގެ އަތުގެ ކުޑަހުޅުގައި ހިފައްޓައިގެންނެވެ. އަނެއް އަތުން ލޭ މަނާ ކުރުމަށްޓަކައި މިޔާގެ ބޮލުގައި ބެޑްޝީޓް އައްސާލިއެވެ. އިރުކޮޅެއްފަހުން އެމްބިޔުލާންސް އައުމުން ދާރިއަން މިޔާ އޭނަގެ އަތްދަނޑި މައްޗަށް ނަގައިގެން އެތަނުން ނިކުތެވެ. އެއާއެކު ޕެރެމެޑިކްސްތަށް އަވަހަށް ސްޓްރެޗާއެއް ނެރި މިޔާ އެއަށް އެރުވިއެވެ.

އެމްބިޔުލާންސްގެ އަޑު އިވި ވަދީހު ބޭރު ބަލައިލިއެވެ. ހައިރާންވެ ހުރެ އެތަނަށް އެމްބިޔުލާންސް އަންނަން ޖެހުނު ސަބަބު ހޯދުމަށްޓަކައި އޭނަ ބޭރަށް ނިކުތެވެ. އޭނަގެ ދެލޯ ބޮޑުވީ ސްޓްރެޗާގައި އޮތް މިޔާ ފެނިއެވެ. އޭނަ ދެން ބަލައިލީ މިޔާގެ ގާތު ކަންބޮޑުވެފައި ހުއްޓިގެން ހުރި ދާރިއަންއާއި ދިމާލަށްށެވެ. ” ދަޔާން!! ” ވަދީހު ހަރުކަށިކަމާއިއެކު ގޮވައިލިއެވެ. ދާރިއަންއަށް ހަމަ ދުނިޔެއަށް އާދެވުން ފަދައެވެ. ފުރަތަމަވެސް ވަދީހު ފެނުމުން އޭނަގެ ހިތަށް އެރީ މިޔާއަށް އެހެން ހެދުމުގެ ފަހަތުގައި ވަދީހުގެ އަތެއް ވާނެ ކަމަށްށެވެ. އެހެން ހިތަށް އެރުމުން އޭނާ މޫނުމަތިން ރުޅީގެ އަސަރު ފެނުގެން ދިޔައެވެ

ދާރިއަން އައި ގޮތަށް އައިސް ވަދީހުގެ ގިރުވާނުގައި ހިފައި ފާރަށް ގަންނުވައިލިއެވެ. ” ކަލޭ އޭނައަށް ކީއްކުރީ އޭ؟ ބުނޭ ކީއްކުރީ؟؟ ” ދާރިއަން ރުޅިއަސްފައިހުރެ ހަޅޭއްލަވައިގަތެވެ. ” މަށެއް ނުކުރަމޭ ކަމެއް.. ކަލޭ ކޮންމޮޔައެއްވެގެން އޭނަ ހޮސްޕިޓަލަށް ގެންދަނީތި؟؟ ” ވަދީހުވެސް ހަޅޭއްލަވައިގަތެވެ. ” އޭނަގެ ބޯ އޮތީ ފަޅާލަފަ.. ކިރިޔަ ކިރިޔާ އެ ފަކީރު ދުނިޔޭގަ އެއޮތީ.. އެވަރުންވެސް މަ ވީ އޭނަ އެތާ މަރުވަންދެން ބާއްވަންތަ؟ ” ރުޅިގަދަވެ ހުރެ ފުންނޭވާތަކެއްލަމުން ދާރިއަން އަހައިލިއެވެ. ” ކަލޭ ނުޖެހޭ އޭނަ ހޮސްޕިޓަލަށް ގެންދާކަށް.. އޭރުން މާވިން އަންނާނީ އަހަރުންގެ ބޮލަށް އަރަން އަދި އެތައް ދުވަހެއް ވަންދެން ގެއްލިފަ ހުރި މީހެއް ފެނުނީމަ އާންމުން ކެކިގަންނާނެ.. އަހަރުންގެ ބޮލުގަ އެޅޭނީ ހުރިހާ ކަމެއް” ވަދީހު ބުންޏެވެ.

އެވަގުތު ޝިމާއު އެތަނަށްއައެވެ. އޭރު އެމްބިޔުލާންސް އެތަނުން ގޮސްފިއެވެ. ” ކިހިނެތްވެގެން މިއުޅެނީ؟ ” ޝިމާއު އެމީހުން ކައިރިއަށް އައިސް އަހައިލިއެވެ. ” ކަލޭ މިތަނަށް ވެއްދި ވިސްނޭ ސޮރު، މިތާ ހައްޔަރުކޮށްގެން އުޅޭ މަންޖެ ހޮސްޕިޓަލަށް ގެންގޮސްގެން މިއުޅެނީ.. ” ވަދީހު ދާރިއަން އާއި ދިމާލަށް އަލިފާނުގެ ނަޒަރަކުން ބަލައިލަމުން ބުންޏެވެ. ޝިމާއު ހައިރާންވެފައި އެއީ ތެދެއްހޭ އަހާ ފަދައަކުން ދާރިއަންއާއި ދިމާލަށް ބަލައިލިއެވެ. ދާރިއަން އޭނައާއި އުކައިލްގެ ރޭވުން ފެނަށް ވެދާނެނެތީ ބޮލުގައި ކަމެއް ރާވާލިއެވެ. ” އަހަރެން އެ ކޮޓަރިއަށް ވަން އިރު އޭނަ އޮތީ މުށިތަށް މަތީ.. ބޯ ވަނީ ވަރަށް ބޮޑަށް ފެޅިފަ.. އޭނަ ނޭވާލަނީ ހަމަ ކިރިޔާ.. އޭނަ އެހެން އޮތްތަން ފެނުނީމަ އެމްބިޔުލާންސަށް ގުޅީ.. ” ދާރިއަން ރުޅިމަޑުކޮށްލަމުން ކުށެއް ކުރެވުނު ފަދައަކުން ދާރިއަން ބުންޏެވެ.

” އަހަރުންނަށް ކޮންކަމެއްތަ އޭނަ މަރުވިޔަސް ނުވިޔަސް އޭ؟ މީހުން މަރުވީމަ ވަޅުލާނީ އެ ނިމުނީ.. ” ވަދީހު ހަޅޭލަވައިގަތެވެ. ޝިމާއު ވަދީހުއަށް ތޫނު ނަޒަރަކުން ބަލައިލިއެވެ. ވަގުތުން ވަދީހުގެ އަނގައިގައި ޒިބު އެޅުވުން ފަދައެވެ. ” މިވީ ކަންތަކުގެ ޒިންމާ ނަގަންޖެހޭނީ ދަޔާން.. މިކަމުގަ މިގޭންގުގެ މީހުންގެ އަތެއް ނުވާކަން ދާރިއަން ޖެހޭނެ އެހެން މީހުންނަށް ޔަގީންކަން ދޭން.. އަދި އެއަންހެންކުއްޖާގެ އަނގައިގަ ތަޅު އެޅުވުމަކީވެސް ދަޔާންގެ ޒިންމާއެއް.. އެހެން ނޫނީ ކަންތައް ވަރަށް ގޯސް ވާނެ.. އަހަރެން މިހެން މި ބުނަނީ ދަޔާންއަށް ބިރުދައްކާކަށްނޫން.. ދަޔާން ތީ ވިސްނުންތެރި ޒުވާނެއްކަން އަހަރެންނަށް އެނގޭ.. އެހެންވީމަ މިގޭންގުންވެސް ދަޔާން ބޭނުންވޭ.. މާވިންއަށް މިޔާ ގެންދިޔައީ ޝެޑޯ ގޭންގުންކަމަށް ކިޔާދީ… އެހެން އެންމެނަށްވެސް.. ” ޝިމާއު ހަމަޖެހިލަމުން ބުންޏެވެ. އޭނަގެ ދެލޮލުގައިވަނީ ނުރައްކާތެރި ވިދުވަރެކެވެ.

ދާރިއަން ޝިމާއުގެ ބަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އަދި އަވަހަށް އެތަނުން ދިޔައެވެ. އެއްގޮތަކުން މިކަންތައް މިހެން ދިމާވުމުން މިޔާ އެމީހުންގެ ވަކިތަކުން ސަލާމަތްވީއެވެ. ނަމަވެސް އޭނަގެ ސުވާލަކީ ވަދީހު އަދި ޝިމާއު އެކަހަލަ ކަމެއް ނުކުރާނަމަ ދެން އެކަހަލަ ކަމެއް އެކުރީ ކާކުބާއެވެ؟ ދާރިއަން ހޮސްޕިޓަލަށް ދަމުން އަވަސް އަވަހަށް މާވިންއަށް ގުޅާލިއެވެ. މާވިން ފޯނު ނެގުމުން ދާރިއަން ވާހަކަ ދައްކަން ފެށިއެވެ. ” އޭ ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދެބަލަ.. ” ދާރިއަން ބުންޏެވެ. ” ކިހިނެތްވީ؟ ހާދަ އަވަސް އަރުވާލާފަ؟ ” ދާރިއަންގެ އަޑުގައިވި އަވަސްކަން އިހްސާވުމުން މާވިން އަހައިލިއެވެ. ” ކަމެއް ނުވެ އަންނާކަށް ނުބުނާނެއެއްނުން.. ދެންވެސް ސުވާލު ގިނަ ނުކޮށް އަވަހަށް އާދެބަލަ އޭޑީކޭއަށް.. ” މާވިން ސުވާލު ގިނަ ކުރަން ފެށުމުން ދާރިއަން ބުންޏެވެ.

މާވިން އާއެކޭ ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ. ” ކާކު؟ ” ކުރިމަތީގައި އިން ހޫރީން ޝައްކުގެ ރާގަކަށް މާވިން ގާތު އަހައިލިއެވެ. ” އަަހަރެންގެ ޕާރސަނަލް ލައިފްގަ ދިމާވާ ހުރިހާ ކަމެއް ހޫރީ އަހަރެންނަށް އެހީވެދިނަސް އެނގޭކަށް ނުޖެހޭ ކަންނޭނގެ.. ” މާވިން ފޫހި ގޮތަކަށް ހޫރީންއަށް ބަލައިލަމުން ބުންޏެވެ. މާވިންގެ އަޑުގައިވި ފޫހިކަން އިހްސާސްވެ ހޫރިންގެ ހިތަށް ތަދުވިއެވެ. ” އަހަރެން ހަމަ އަހައިލީ އޭ.. ” ހިތަށް ތަދުވިނަމަވެސް އެ އިހްސާސް ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިލުމަށްފަހު ހޫރީން ބުނެލިއެވެ. ހޫރީންގެ ސުވާލު ކުރުން ނުހުއްޓޭނެކަން އެނގޭތީ މާވިން އެންމެފަހުން އޭނައަށް ގުޅީ ދާރިއަން ކަމަށް ބުންޏެވެ. އަދި އެވަގުތު އެތާ ހުރެވެން ނެތް ކަމަށް ބުނެ ކެފޭއިން ނިކުތުނެވެ.

މާވިން ކެފޭއަށް އައިސް ހުރީ ހޫރީންގެ އެހީތެރިކަން ހޯދާށެވެ. އޭނަގެ މައިންބަފައިން ރާއްޖޭން ބޭރުގައި ހުރުމަށްފަހު އަންނާތީވެ، އޭނަގެ ބައްޕަ ކުރި ކުށަށް ހެކި ހޯދުމުގެ ގޮތުންނެވެ. އަމިއްލަ ބައްޕަ ކަމުގައި ވިޔަސް އެހައި ބޮޑު ކުށެއް ކުރުމުން އަމިއްލަ ކޮއްކޮއަށް އިންސާފު ހޯދަން އޭނަ ބޭނުންވެއެވެ. ” މާވީ ވެއިޓް.. އަހަރެން ރައިޑްއެއް ދޭނަން.. ތިއައީ ޓެކްސީއެއްގައެއްނުން… ޓެކްސީއެއް ހޯދަން މިގަޑީގަ އުދަނގޫވާނެ.. އަހަރެންގެ ކާރުގަ ދިޔައީމަ މާ އަވަސްވެސް ވާނެ..” ހޫރީން މާވިންއާއި އަރާ ހަމަކުރަމުން ބުންޏެވެ. ހޫރީން އޭނަގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅުމުން އޭނަގެ ގާތަށް ރުޅިއައެވެ. ނަމަވެސް ހޫރީންގެ ކާރުގަ ދިޔުމުން އަވަސްވާނެކަން އެނގޭތީ އޭނަ އެކަމަކަށް އިންކާރެއް ނުކުރިއެވެ. ހޫރީން ޑްރައިވާރ ސީޓްގައި އިށީނުމުން މާވިން ހޫރީންއާއި ޖެހިގެން އިން ސީޓްގައި އިށީނދުނެވެ. ” އޭޑީކޭއަށް.. ” މާވިން ކާރު ދޮރުލައްޕާލަމުން ބުންޏެވެ.

ހޫރީން ބޯޖަހައިލަމުން ކާރު ސްޓާޓްކޮށްލިއެވެ. އަދި އޭޑީކޭއަށް ދިޔުމަށްޓަކައި މިސްރާބު ޖެހިއެވެ. މާވިން ވާހަކަ ނުދެއްކި ނަމަވެސް ހޫރީންގެ އަނގައެއް ނުހުއްޓުނެވެ. އެންމެ ފަހުން މާވިން އޭނަގެ ކަންފަތަށް ހެޑްސެޓު ޖެހުމުން ހޫރީން ތުން ދަމާލިއެވެ. މާވިން މިއިން ކަމަކަށް ސަމާލުކަމެއް ނުދީ ފޯނާ ކުޅޭކަމަށް ހަދައިގެންއިނެވެ. ހޮސްޕިޓަލަށް ދެވުމާއިއެކުހެން މާވިން ކާރުން ފޭބިއެވެ. ހޫރީން އަންނަން އުޅުމުން ޝުކުރު އަދާކުރުމަށްފަހު ހޫރީން ގާތު އަންނާނެކަމެއް ނެތް ކަމަށް ބުނެ އޭނަ ހޮސްޕިޓަލަށް އަވަހަށް ވަދުނެވެ. މާވިންއަށް ދާރިއަން ހުރި ހިސާބަށް އާދެވުނުއިރު ދާރިއަން ހާސްވެ ހުރެ އެމެޖެންސީރޫމް ކައިރީ ދެކޮޅަށް ހިނގަމުން ދިޔައެވެ.

މާވިން އަވަސް އަވަހަށް ދާރިއަން ގާތަށް އައިސް ހުއްޓުނެވެ. ” ކިހިނެތްވީ؟ ” މާވިން ދާރިއަން ގާތު އޭނަ ހުރި ގޮތުން ހާސްވެ ހުރެ ސުވާލުކޮށްލިއެވެ. ދާރިއަން އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައި މަޑުމަޑުން ހުއްޓެވެ. މާވިން ދާރިއަންގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން އަނެއްކާވެސް ސުވާލު ކުރިއެވެ. ” މާވިން އެހަށް އިށީނދެބަލަ.. ” ދާރިއަން މަޑުމަޑުން ގޮޑިއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. ދާރިއަން ލައްވާ ވާހަކަ ދައްކުވަން ބޭނުންވެފައި ހުރި ވަރުން މާވިން ދާރިއަން ބުނި ގޮތަށް ކަންތައް ކުރިއެވެ. ދާރިއަން މާވިންގެ ކައިރީ ހުރި ގޮޑީގައި އިށީންނަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

” މާވިން އަހަރެން ދައްކާ ވާހަކަ ވަރަށް ހަމަޖެހިގެން އަޑުއަހަން އަހަރެން ބޭނުންވަނީ.. ” ދާރިއަން މަޑުމައިތިރި ކަމާއެކު ބުންޏެވެ. މިޔާއަށް ކޮށްލާފައި އޮތް ވަރު އެނގިއްޖެނަމަ މާވިން މި ވަގުތުން ވަގުތަށް ވަދީހުމެންގެ ކަރުގައި ހިފަން ދާނޭ ކަމުގެ ބިރު ދާރިއަންގެ ހިތުގައި އޮތެވެ. ” ބުނަން އުޅޭ އެއްޗެއް އަވަހަށް ބުނެބަލަ ވަގުތު ބޭކާރު ނުކޮށް ކާކުތަ އެމަޖެންސީރޫމްގަ އޮތީ.. ” ދާރިއަން ވާހަކަ ދިގު ކުރާތީވެ އައި ރުޅިން މާވިންއަށް ބުނެވުނެވެ. ދާރިއަންގެ ވާހަކަތަކުން އޭނަގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ” މިޔާ.. މިޔާ އޮތީ އެމަޖެންސީރޫމްގަ.. ހާލު ވަރަށް ދެރަ.. ” މަޑުމަޑުން ދާރިއަން ބުންޏެވެ. މިޔާގެ ނަން އިވުމާއިއެކު މާވިންގެ ސިކުނޑި އެކިއެކި ހިޔާލުތަކުން ފުރިގެން ދިޔައެވެ. ” ކީއްވެ؟ ” ވައި އަޑެއްގެ ސިފައިގައި މާވިންގެ ދުލުން އެބަސް ބޭރުވެގެން ދިޔައެވެ.

” އަހަރެން މިއަދު ހެނދުނު އެކޮޓަރިއަށް ދިޔައީ މިޔާގެ ހާލެއް ބަލައިލަން.. ދިޔައިރު މިޔާ އޮތީ މުށިތައް މަތީގައި.. ބޯ އޮތީ ފަޅައިގެން ގޮސްފަ ވަރަށް ބައިވަރު ލޭ ފައިބާފަ އޮތް.. އަހަރެން ވަގުތުން އެމްބިޔުލާންސަށް ގުޅީ.. ” ދާރިއަން މަޑުމަޑުން ބުންޏެވެ. މާވިންގެ އަތް މުއްކެވުނުތަން އޭނައަށް ފެނިގެން ދިޔައެވެ. ” ވަދީހުމެން ކުރި ކަމެއް ދޯ؟ ” މާވިން ދެ ބުމަ ގޮށްޖަހާލަމުން ދާރިއަން އާއި ސުވާލުކޮށްލިއެވެ. ” ނޫން ވަދީހުއަކަށްވެސް އަދި ޝިމާއުއަކަށްވެސް ނޭނގެ އެކަންތައް ކުރީ ކާކު ކަމެއް.. ” ދާރިއަން ބޯހޫރުވައިލަމުން ބުންޏެވެ. ” އެމީހުން ދައްކާ ވާހަކަ ކަލޭ ދެން ގަބޫލު ތިކުރަނި؟ ” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މާވިން އަހައިލިއެވެ. ” އެމީހުން އަދި އަހަރެންނަށް އޮޅުވާލާފައެއް ނެތް… އަހަރެމެންނަށް އެކަން ކުރި މީހެއް ހޯދޭނީ މިޔާ ހޭއެރުމުން.. ޝިމާއު އަހަރެން ކައިރީގަ ބުނެފަ އޮތީ މާވިން ގާތު މިޔާ ފެނުނީ ޝެޑޯ ގޭންގުގެ އަތްދަށުން ކަމަށް ބުނަން.. އަހަރެންނަށް އެނގޭ އުނދަގޫ ވާނެ ކަންވެސް.. އެކަމަކު ގޭންގުގެ އެންމެ ބޮޑު މީހައާއެކީ ގޭންގު ހައްޔަރު ކުރީމަ މިޔާގެ ކޭސްވެސް ނިންމަން ފަސޭހަ ވާނީ.. ” ދާރިއަން މާވިންއަށް ވިސްނައިދިނުމުގެ ގޮތުން ބުންޏެވެ.

ދާރިއަން ދައްކަނީ ތެދު ވާހަކަކަން އެނގޭތީ މާވިން ރުޅި މަޑުކޮށްލިއެވެ. ނަމަވެސް އޭނަ ހުރީ އެތެރެއިން އަނދަ އަނދައެވެ. ފުން ނޭވާއެއްލުމަށްފަހު ދެން ކަންތައް ކުރަންވީ ގޮތާ މެދު އޭނަ ވިސްނަން ފެށިއެވެ. އޭނަގެ ހިތުގައި ދިޔައީ އެތަކެއް ޖަޒުބާތުތަކެއް އުތުރިއަރަމުންނެވެ. ތިން އަހަރަށް ފަހު އެއްބަނޑު އެއްބަފާ ކޮއްކޮ ފެންނަން އުޅޭތީ އޭނާގެ ހުރީ ހިތްއަވަސްވެފައެވެ. މާވިންއަށް ދިޔައީ އިރުއިރުކޮޅަކާ އެމެޖެންސީރޫމް އާއި ދިމާލަށް ބެލެމުންނެވެ. އިރުކޮޅަކުން ޑޮކްޓަރު އެ ކޮޓަރިން ނިކުތުނެވެ. މާވިން އަދި ދާރިއަން، މިޔާގެ ހާލު ބެލުމަށްޓަކައި ޑޮކްޓަރުގެ ގާތަށް ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Vampire girl

    Maashaa Allah mi part vx varah varah reethi….
    Alhey dhaarian menah dhera gotheh nahadhahcheyy..
    Whn next??

    1. Maash
      Vampire girl

      Thankyou Vampire girl,, I’m glad u like it..
      Lets see dhaarian menah vaagoi dhww..
      next part insha allah Fridayga💜🦋

  2. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Alhey miyaa ah dhera gotheh nuhadhachey
    Miyaa and dhaarian gulhuvachey
    Dhaaya and ukail ves
    They all are made for each other
    I appreciate your hard work
    You’re my fav author
    Tc ❤️😘
    Ly maash ❤️😚

    1. Maash
      Cutie girl

      Thankyou cutie girl,, I’m glad u like it..
      Lets see miyaa ah vaagoi dhww..
      Aww thank you that means a lot..
      I’m honored to be ur fav author darling
      next part insha allah Fridayga
      Take care
      Love you more darling💜🦋

  3. Lily

    Heyy maash
    Mihaaru lily mathin handhaan ves neh dhw
    Mi vaahaka ves vrh reethi masha allah cmnt nukurevunas kiyan inge abadhu ves

    1. Maash
      Lily

      Heyy Lily
      Dhen lily mathin hadhaaneh nunetheyne ehnun.. lily mathin vrh miss vefa mihurey…
      Aww thankyou darling.. I’m glad u like this story.. vrh ufaa vejje mi story kiyaakan enguneema💜🦋

  4. UNKNOWN GURLL

    V reethi mi part ves
    When next part
    Curiously waiting

    1. Maash
      UNKNOWN GURLL

      Thank you UNKNOWN GURLL.. I’m glad u like it..
      Next part insha allah Friday ga💜🦋

  5. Shhhhh

    Hey anehkka miya maraanulahchey!! I think ekuri kameh kurii miyage bappa hn..

    1. Maash
      Shhhhh

      Lets see dhw miyaa ah vaagoii.. hehe Next partga ingidhaane kaaku kuri kamehkan eii💜🦋

  6. Oreo gurll

    Ohhh, so curious..
    Varah reethi mi episode vx.
    When next

    1. Maash
      Oreo gurll

      Thank you oreo gurll.. I’m glad u like it..
      Next part mihaaru up vefa iny💜🦋

Comments are closed.