Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާ

އެދަތުރު – 04

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
February 18, 2025 4 Mins Read
3 Comments

ޑޮކް ޑޭމިއަން، އެ ވައިރަސް އިންޖެކްޓްކުރުމުގެ ސަބަބުން ސަބްޖެކްޓް ވަން އެންޑް ޓޫ އެދަނީ އަހަރުމެން އެންމެ ފަހުން އުފެއްދި މަޚްލޫގުތައްހެން ސެވޭޖްވަމުން… އެކަމަކު އެމީހުންގެ ހަށިގަނޑު ދަނީ ވައިރެސްއާ ހަނގުރާމަ ކުރަމުން.. ” އެތަނަށް ވަދެގެން އައި ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. ” ރަނގަޅު.. އެމީހުން ހީކުރީ އަހަރެންނާ ފިލައިގެން އުޅެވޭނެ ކަމަށްތަ؟ ބަލަ އަހަންނޭ އެމީހުން އުފެއްދީ އެމީހުންގެ ބާރުތައް ދިނީ.. އެކަމަކު އެމީހުން ފިލީ.. މިހާރު އަތުޖެހުނީމަ ވާނެއެއްނުން ރަނގަޅު އަދަބެއްދޭން ދޯ އަކީލް.. ” ޑޭމިއަން، އަކީލް އާއި ދިމާލަށް ބުންޏެވެ. އަކީލް ނުފަލާ ގޮތަކަށް ހީލަމުން ބޯޖަހައިލިއެވެ.

***ޕާޓް 4***

” ސަބްޖެކްޓް ތްރީ އަދި އަހަރުމެންނާ ފިލައިގެންނޭ އެ އުޅެނީ.. ” އަކީލް ބުންޏެވެ. ” އޭނަވެސް އަންނާނެ ސައިލެސް އަދި ޒޭވިއާރ ސަލާމަތް ކުރަން.. އޭނަ އައީމަ އޭނައަށްވެސް ވާނީ ހަމަ ސައިލެސްމެނަށް ވީވަރު..ހަހަހާ.. ” ޑޭމިއަން އެހެން ބުނުމަށްފަހު ނުލަފާ ގޮތަކަށް ހޭންފެށިއެވެ. ރަފަޔެލް މޭޒުދޮށުގައި އިން އިރު އޭނަގެ ހަށިގަނޑު ދިޔައީ ރުޅިން ތުރުތުރު އަޅަމުންނެވެ. ޑޭމިއަން އާއި އަކީލް ދިޔުމުން ހުރިހާ ކުދިން އެކުދިން ތިބި ތަނުން ނުކުތުނެވެ. ” އަހަރެނަށް ހީވަނީ ޝަފާގެ ހީލިން ޕަވާސްތަކުން ސައިލެސްމެން ހީލް ކުރެވޭނެހެން.. ” ރަފަޔެލް ބުންޏެވެ. ޝަފާ ބޯޖަހައިލިއެވެ. ރަފަޔެލް ޗޭނުތަކުގެ އަޑަށް ވިސްނައިގެން އެ އަޑު އަންނަ ދިމާލަށް ދާން ފެށިއެވެ. ޝަފާ، އާރާ އަދި މައިލީ ރަފަޔެލް ފަހަތުން ދިޔައެވެ. އެމީހުން ދިޔައީ އެތާ އުޅޭ މީހުނަށް ފިލައިގެންނެވެ. ސައިލެސްމެން ހައްޔަރުކޮށްފައިވާ ތަނަށް ދެވުމާއިއެކުހެން މިދިޔަ އަހަރު ފެނުނު ފަދަ ބައިވަރު އެއްޗެހި ތަކެއް އައިސް އެކުދިން ވަށައިލިއެވެ. ރަފަޔެލް އާއި މައިލީ ކަނޑި ނެގި އިރު އާރާއާއި ޝަފާ އެމީހުންގެ ބާރުގެ ބޭނުން ކުރަން ފެށިއެވެ.

ޝަފާ އޭނަގެ އަތުން އަލިފާން ދޫކުރަމުން ދިޔައިރު، އާރާ އެތަނުން ލިބެމުން ދިޔަ އާރޓިފިޝަލް އަލި ބޭނުންކޮށްގެން އޭނަގެ ބާރުތަކާއިއެކު ކަނޑިއެއް ހަދައިލިއެވެ. އެއަށްފަހު އެ ކަނޑިން އެ ބިރުވެރި އެއްޗެހިތަކަށް ހަމަލާދޭން ފެށިއެވެ. އެގޮތަށް އެންމެން އެކުގައި އެ ނުބައި އެއްޗެހިތަށް ބަލިކޮށްލިއެވެ. ” ގުޑް ޖޮބް..” ހީލަމުން ރަފަޔެލް ބުންޏެވެ. މައިލީ ހިނިތުންވަމުން ބޯޖަހައިލިއެވެ. އާރާ ގޮސް ޒޭވިއާރ ލައިފައި ހުރި ކުޑަ ޖަލެއް ކަހަލަ ތަނަކަށް ވަދުނެވެ. ޝަފފާ އާއި މައިލީ ބޭރުގައި މަޑުކުރިއެވެ. އޭރު ޒޭވިއާރ އިނީ ތިރިޔަށް ބާލާށެވެ.

” ޒޭވިއާރ.. ” އާރާ ބޯ އަރިކޮށްލަމުން ގޮވައިލިއެވެ. އެއާއިކު ޒޭވިއާރ އާރާއަށް ބަލައިލިއެވެ. އެ ބަލައިލުމުގައިވަނީ ބަނޑުހައި ހޫނު ކަމުގެ އަސަރުތަކެވެ. ގިނަދުވަހު އެތާގައި ހުރުމުގެ ސަބަބުން ޒޭވިއާރގެ އަޅި ކުލައިގެ އިސްތަށިގަނޑު ހުރީ ކުޑަކޮށް ދިގުވެފައެވެ. ޑޭމިއަންމެން ޒޭވިއާރއަށް ދިން ވައިރެސްގެ ސަބަބުން އޭނަގެ ދަތްތައް ވަނީ ތޫނުވެފައެވެ. ޒޭވިއާރގެ ލޯކައިރި ހުރީ ރަތްވެފައެވެ. އާރާ މަޑުމަޑުން އައިސް ޒޭވިއާރއާއި ތަންކޮޅެއް ދުރުގައި އިށީނދުނެވެ. ” ޒޭވް.. ” މަޑުމަޑުން އާރާ ގޮވައިލިއެވެ. ޒޭވިއާރ އޭނަގެ ކަނޑު ނޫކަލައިން ދިއްލެމުން ދިޔަ ލޮލުން އާރާއާއި ދިމާލަށް ދަހިގޮތަކަށް ބަލައިލިއެވެ. ހީވަނީ ބަޑުހައިވެފައިވާ ސިންގާއެއް އޭގެ ކާނާއަށް ބަލައިލިހެންނެވެ.

ރަފަޔެލްއަށް ޒޭވިއާރގެ މި ބަލައިލުމުން ވަގުތުން ގޯހެއް އުޅޭކަން ޔަގީންވިއެވެ. ރަފަޔެލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އާރާ ޒޭވިއާރގެ ކައިރިއަށް ދިޔައެވެ. އާރާ މަޑުމަޑުން ޒޭވިއާރގެ އިސްތަށިގަނޑުގައި އަތްޖައްސާލަން އުޅުނު ހިނދު ޒޭވިއާރ ކުއްލިއަކަށް އާރާއާއި ދިމާލަށް ޖެހިގަތެވެ. ޒޭވިއާރ އަނގަހުޅުވައިލި އިރު އޭނަގެ ތޫނު ދަތްތައް ފެނިގެން ދިޔައެވެ. އޭނަ ހީވީ އާރާ ގައިގައި ދަތްއަޅަން އުޅުނު ހެންނެވެ. ރަފަޔެލް އަވަސް އަވަހަށް އާރާ އެތަނުން ނެރުނެވެ. ” ޒޭވިއާރއަށް އެހުރީ އެ ވައިރެސްގެ އަސަރު މާ ބޮޑަށްކޮށްފަ.. ލެޓްސް ސީ ސައިލެސް.. ” ރަފަޔެލް އެތަނުން ނިކުންނަމުން ބުންޏެވެ.

އާރާ އާއި މައިލީ ބޭރުގައި މީހަކު ނޫނީ ކުރިން އައި ވައްތަރުގެ އެއްޗެއް އާދޭތޯ ބަލަން ބަހައްޓާފައި، ޝަފާ އާއިއެކު ރަފަޔެލް ސައިލެސްލާފައި ހުރި ޖަލު ކޮޓަރިއަށް ވަދުނެވެ. ސައިލެސް ހުރީ ޗެއިނު ޖަހާ އެލުވާފައެވެ. ޝަފާގެ ކޮނޑުގައި އިން މެފެސްޓޯ ސައިލެސް ގާތަށް އުދުހިފައި ދިޔުމުން ސައިލެސް އޭގައި ދަތްނޭޅީ ކިރިޔާއެވެ. މެފެސްޓޯ ބިރުން އައިސްް ޝަފާގެ ކޮނޑުގައި ޖެއްސިއެވެ. ސައިލެސްގެ ލޮލަށް ހުރީ ލޭކުލަ އަރައިފައެވެ. މާގިނަ ދުވަހު އެތާގައި ހައްޔަރުވެފައި ހުރުމުގެ ސަބަބުން ސައިލެސްގެވެސް އަޅި އިސްތަށިގަނޑު އޮތީ ކަނދުރާގައި ކޭތްތޭ ވަރަށް ދިގުވެފައެވެ. ސައިލެސްގެ ދަތްތައް ހުރީ ތޫނުކޮށްށެވެ. ” ޝަފާ ” ސައިލެސް ބިރުވެރި އަޑަކުން ގޮވައިލިއެވެ. ޝަފާ ހުރީ ސައިލެސް އުޅުން ގޮތުން ހައިރާންވެފައެވެ. ނަމަވެސް ސައިލެސް ގޮވައިލުމުން ބިރުންހުރެ ޝަފާ މަޑުމަޑުން ސައިލެސްގެ ގާތަށް ދިޔައެވެ.

އެއާއެކު ސައިލެސް ޝަފާގެ ގައިގައި ހިފައިގަތެވެ. ޝަފާ ހިތް އަވަސްވެފައި ހުރެ އޭނަގެ ހީލިން ޕަވާސް ބޭނުން ކުރަން ފެށިއެވެ. ޝަފާގެ ދެލޯ މަޑުމަޑުން ރަތް ކުލައިން ދިއްލެން ފެށިއެވެ. ޝަފާ ސައިލެސްގެ އަތުގައި ހިފުމުން ޝަފާގެ އަތުން މަޑު އައްޔެއް ނިކުމެ ސައިލެސްގެ ހަށިގަނޑު ތެރެއަށް ވަދެގެން ދިޔައެވެ. ރަފަޔެލް ޝަފާއަށް ވަގުތު ދިނުމުގެ ގޮތުން ސައިލެސްގެ އަނގަމަތީގައި އަތް އެޅިއެވެ. އެއާއިއެކު ސައިލެސް ރަފަޔެލްގެ އަތުގައި ދަތްއެޅިއެވެ. އަދި ނުލަފާ ގޮތަކަށް ހޭން ފެށިއެވެ. ޝަފާ ދޫކޮށްލި ރަތް އަލިކޮޅު ސައިލެސްގެ ހަށިގަނޑުން ކަޅު ދުންކޮޅެއްގެ ސިފައިގައި ބޭރުވެގެން ދިޔައެވެ.

ރަފަޔެލް ސައިލެސްގެ އަތްދަށުން ޝަފާ މިނިވަންކޮށްދިނެވެ. ” އަހަރެންނަކަށް ޝަފާއާއެކު ނާދެވޭނެ.. އަހަރެންވެސް މިހާރު މިހުރީ އިންފެކްޓްވެފް.. މެފެސްޓޯ ގެންގޮސްދޭނެ ޑޮކްޓާރ ޒޭން ކައިރިއަށް.. އޭނަ ކައިރީ ބުނޭ ވައިރަސްގެ ކިޔާރ ހަދައިދޭށޭ.. ” ރަފަޔެލް އުނދަގުލުން ބުންޏެވެ. އޭރު އޭނަ އަޑު އަންނަމުން ދިޔައީ ކެނޑިކެނޑިގެންނެވެ. ރަފަޔެލްގެ ދެލޯ ދިޔައީ މަޑު ދަނބު ކުލައިން ދިއްލެމުންނެވެ.

އެތަނަށް މީހުން އަންނަ ވާހަކަ އާރާ ބުނުމުން ޝަފާ އަވަހަށް އެތަނުން ނުކުތުނެވެ. އެމީހުންނަށް ޝަފާމެން ފެނުމުން އެމީހުން ޝަފާމެންގެ ފަހަތުން ދުއްވައިގަތެވެ. އާރާގެ ބާރުތަކުގެ އެހީގައި އެކުދިން އެހެންކޮޅަކަށް ދިޔަތަން އާރާ އެމީހުންގެ ލޯމައްޗަށް ސިފަކުރުވިއެވެ. އެއާއެކު އެމީހުން އެދިމާލަށް ދިޔައެވެ. މެފެސްޓޯ އުނދުހެމުން ދިޔައީ ޒޭންގެ ކެބިންއަށްށެވެ. އެތަން ހުރީ ސައިލެސްމެން ހުރިތަނާ ފުދޭވަރަކަށް ދުރުގައެވެ. މެފެސްޓޯގެ ފަހަތުން އައި އާރާމެންނަށް ޑޮކްޓަރ ޒޭންގެ ކެބިން ފެނުނެވެ. އެކުދިން ދޮރުގައި ޓަކި ޖަހަން ފެށުމުން މީހަކު ދޮރު ހުޅުވިއެވެ. އެއީ އިސްކޮޅުން ދިގު މީހެކެވެ. އޭނަގެ އިސްތަށިގަނޑުގެ ކުލަ އަނދިރި ރޭގނޑެއް ފަދައެވެ. އެހާވެސް ކަޅެވެ. އޭނަގެ ލޮލުގައި އަޅާފައިވާ ނަންބަރު އައިނުން ޑޮކްޓަރަކާ ވައްތަރެވެ. އޭނަ ހުރީ ޑޮކްޓަރުން ލާފަދަ ކޯޓެއް ލައިގެންނެވެ.

” ތީ ކޮންބަޔެއް؟ މެފެސްޓޯ ” މެފެސްޓޯއާއި އެކު ތިބި ތިން އަންހެންކުދިންނަށް ބަލައިލަމުން ޒޭން ހައިރާންކަމާއިއެކު ބުންޏެވެ. މެފެސްޓޯ އައިސް ޒޭންގެ ކޮނޑުގައި ޖެއްސިއެވެ. ” ރަފަޔެލް ބުނީ ޒޭން ކިޔާރ ހަދައިދޭނެއޯ ޑޮކްޓަރ ޑެމިއަންމެން ސައިލެސްމެނަށް ދީފައި ހުރި ވައިރެސްއަށް.. ސައިލެސް ރަފަޔެލް ގައިގަ ދަތް އެޅީމަ ރަފަޔެލްވެސް އިންފެކްޓްވެފަ ހުރީ.. ” ހާސްވެފައި މައިލީ ބުންޏެވެ. ” މިހާރު ކިޔާރ ހަދާ ނިމެނީ.. އަހަރެން ބޭނުންވޭ އެ ތިން މީހުންގެ ބާރުތައް މި ސިރަމް ވޯކް ކުރަން. އެކަމަކު އެމީހުންގެ ބާރުތައް އެމީހުންނަށް އެ ވައިރެސްގެ ސަބަބުން ބޭނުމެއް ނުކުރެވޭ.. ” ޒޭން އޭނާގެ އައިނު ރަނގަޅުކޮށްލަމުން ބުންޏެވެ.

” ސައިލެސްގެ ބާރުތައް ޝަފާގެ އެބަހުރި އެންޑް ޒޭވިއާރގެ ބާރުތައް އާރާގެ އަތުގަ.. ރަފަޔެލް އިންފެކްޓް ވީމަ ރަފަޔެލްގެ ބާރުތައް މިލީ ސިސްގެ އަތުގަވެސް ހުންނާނެ ކަންނޭގެ.. ” ޝަފާ ވިސްނާލަމުން ބުންޏެވެ. މައިލީ އާއި އާރާ ޝަފާގެ ވާހަކައަށް އެއްބަސްވަމުން ބޯޖަހައިލިއެވެ. ” ތިހެންވެއްޖެއްޔާ ކިޔާރ ހެދޭނެ.. ޝަފާ ކޮށްދޭންވި ކަމަކީ މި ސިރިންޖްގައި ހުރި ލިކުއިޑް ޝަފާގެ ބާރުތަށް ބޭނުންކޮށްގެން ހޫނުކޮށްދޭންވީ.. ” ޒޭން ސިރިންޖެއް ދައްކައިލަމުން ބުންޏެވެ. ޝަފާ އެހެން ކަންތައް ކުރުމުން އެ ސިރިންޖްގައި ހުރި ތަކެތީގެ ކުލަ ރަތް ކުލައަށް ބަދަލުވެގެން ދިޔައެވެ.

” އާރާ މި ސިރިންޖްގައި ހުރި ލިކުއިޑްއަށް އާރާގެ އަލީގެ ބާރުތައް ބޭނުންކޮށްގެން މީގެ ކުލަ ބަދަލު ވަންދެން އަލި އަޅުވައިގެން ހުންނަންވީ.. ” ޒޭން އާރާއަށް އެހެން ސިރިންޖެއް ދައްކައިލަމުން ބުންޏެވެ. އާރާ ޒޭން ބުނި ގޮތަށް ކަންތައް ކުރުމުން އޭގައިވާ ތަކެތީގެ ކުލަ ގަދަ ނޫކުލަޔަށް ބަދަލުވެގެން ދިޔައެވެ. ޒޭން މައިލީއަށް ބަލައިލަމުން ސިރިންޖެއް ދައްކައިލިއެވެ. ” މައިލީގެ ބާރުތައް ބޭނުންކޮށްގެން މީގައި ހުރި ލިކުއިޑް ފިނިކޮށްލާފަ ހޫނުކޮށްލަންވީ..” މައިލީ ފުންނޭވާއެއް ދޫކޮށްލަމުން އޭނަގެ ކަރުގައިވި ފަށުގައިވާ ފަށުފޫ ހުޅުވައިލުމަށްފަހު އޭގައިވާ އިތާމުތުގައި ފިރުމައިލިއެވެ. އެއާއިއެކު ރަފަޔެލްގެ ބާރުތައް މައިލީގެ ހަށިގަނޑަށް ވަދެގެން ދިޔައެވެ. އޭނަގެ ދެލޯ މަޑު ދަނބު ކުލައިން ދިއްލެން ފެށިއެވެ. މައިލީ ޒޭން ބުނިގޮތަށް ކަންތައް ކުރުމުން އެ ސިރިންޖްގައި ހުރި ތަކެތި ދަނބު ކުލަޔަށް ބަދަލުވެގެން ދިޔައެވެ.

” އަހަރެންނަކަށް ތިކުދިންނާއިއެކީއެއް ނުދެވޭނެ.. އަހަރެންވެސް މި މަސައްކަތް ކުރަނީ މި ނުބައި މީހުން ހުއްޓުވޭތޯ.. އެކަމަކު އަހަރެން މީ އެމީހުންގެ ތެރޭގައި އެމީހުންގެ މީހަކަށް ވެގެން މަސައްކަތް މީހެއް.. ގުޑްލަކް ތްރީ އޮފް ޔޫ.. ” ޒޭން ބުންޏެވެ. ” ތެންކްޔޫ ފޯރ ޔުއާރ ހެލްޕް ޑޮކްޓާރ ޒޭން.. ” މައިލީ ޒޭންއާ ސަލާމްކޮށްލަމުން ބުންޏެވެ. އެކުދިން ސިރިންޖްތައް ހިފައިގެން އެ ކޮޓަރިން ނުކުތުނެވެ. ” އާއްކޯ.. އާއްކޮގެ ޕަވާސްތައް ބޭނުންކޮށްގެން ޝަފައްތަމެން އެހެން މީހުންނަށް ނުފެންނަހެން ނުހެދޭނެތަ؟ ” ޝަފާ އަހައިލިއެވެ. ” ނޭނގެ.. ލެޓްސް ޓްރައި.. ” އާރާ، ޝަފާއަށާއި މައިލީއަށް އަތް ދިއްކޮށްލަމުން ބުންޏެވެ. އާރާގެ އަތުގައި ހިފައިލުމުން އާރާ ދެލޯ މަރައިލިއެވެ. އަރާގެ ދެލޯ ހުޅުވައިލި އިރު އާރާގެ ދެލޯހުރީ ނޫކުލައިން ދިއްލިފައެވެ. އެތަނުން އެވަގުތު ދިޔަ ގާޑް ކުރާ މީހާޔަށްވެސް އެކުދިންނެއް ނުފެނުނެވެ.

ތިންކުދިން ތިން ކޮޓަރިއަށް ވަދުނެވެ. އާރާ ޒޭވިއާރގެ ކޮޓަރިއަށް ވަދުނެވެ. ޒޭވިއާރ އާރާގެ އޭނަގެ ކައިރިއަށް އަންނަށް ދެން މަޑުމަޑުން އެއްމިޔަކަނުން ހީލައިގެން ބަލަން ހުއްޓެވެ. ޒޭވިއާރ ބޭނުންވާ ވަރަށް އާރާއަށް ކައިރިއަށް އާދެވުމުން އޭނަ އާރާގެ ގައިގައި ހިފެއްޓިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

15062019 ޕާރޓް 03

Next

އަބަދަށްޓަކައި ހިތުގެ ލޯބި 7

Next
February 18, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 7

Previews
February 18, 2025

15062019 ޕާރޓް 03

3 Comments!

  1. Vampire girl says:
    February 19, 2025 at 6:26 am

    Zavier anehkaa ASR’s ah gotheii hedhumuge kurin thi siringe haras laa…
    Can’t wait for next part
    Whn next???

    1. Vampire girl says:
      February 19, 2025 at 6:27 am

      ASR eii noon aaraa …. keyboard in ehn liye vifa eyny auto in…

    2. Maash Maash says:
      February 19, 2025 at 4:38 pm

      lets see dhw vaa goi.. next part insha allah friday noony saturdayga💜🦋

Comments are closed.

Next Episodeއެދަތުރު – 5 ( ފަހު ބައި )←


All Right Reserved!