ނަޔާނީގެ ބައްޕަ ވަކިވެދިޔުމުގެ ކުރިން ނަޔާނީއަށް ދިން ކަރުގައި އަޅާ ކުޑަކުޑަ ފަށް ފޮށްޓަކަށް އަޅާފައި ނަޔާނީ ދިއްކޮއްލީ ރޫނާއަށެވެ. ކީއްވެކަމެއް ނޭނގުނެވެ. އެ ފަށަކީ ބައްޕަ މިއާދު ވަކިވެ ދިޔުމުގެ ކުރިން ދޫކޮށް ދިޔަ އެންމެ ފަހުގެ ހަދިޔާއެވެ. ނަޔާނީ ނުހަނު ރައްކާކޮށް ޚަޒާނާކުރި ފަށެކެވެ. ކުއްލިއަކަށް ރޫނާއަށް ދޭން އޭނަގެ ހިތް އެއްބަސްވި ވަކި ސަބަބެއް ޚުދު ނަޔާނީއަކަށް ވެސް ނޭނގެއެވެ. “އޯހް.. ތޭންކްސް..” ނަޔާނީ ދިއްކޮއްލި ފޮށީގައި ހިފަމުން ރޫނާ ދެތިން ފަހަރަކު […]
އިރުކޮޅަކަށް ފަހު ދެލޮލަށް ނިދި ބަރުވާން ފެށުމުން ނަޔާނީ ދެލޯ މަރައިލިއެވެ. އެވަގުތު ސިހިފައި އަލުން ލޯ ހުޅުވާލެވުނީ އެއްޗެއް ދިއްލޭހެން ހީވެގެންނެވެ. ރޫނާއަށް ގޮވަންވެގެން ތިރީ އެނދަށް ބޯ ކޮއްޕާލި ވަގުތު ނޫކުލައިގެ އަލި ނިވިދިއްލެމުން އައެވެ. އެއަލި އައީ ރޫނާގެ އަތުގައި އަޅާފައި އޮތް ފަށު ފުލުންނެވެ. ކުރާނެ ކަމެއް ނޭނގި ވާގޮތް ބަލަން ނަޔާނީ އޮތީ ގޮވިއްޔާ ރޫނާގެ ނިދި ހަލާކުވެދާނެއޭ ހިތައެވެ. އެހެންނަމަވެސް އިރުކޮޅަކު އޮވެ ވެސް އެއަލި ކެނޑޭ ގޮތެއް […]
ވެގެން ދިޔަ ކަންތައްތަކާއި މެދު ސައްލާ ކުރަމުން ތިން ކުދިންނަށް މަންޒިލާއި ހަމައަށް އާދެވުނެވެ. އެ ކޮޓަރިއަށް ވަތް އިރު ތިން ކުދިންގެ އިންތިޒާރުގައި ތިންކުދިން ތައްޔާރު ކޮށްދޭ މީހުން ތިއްބެވެ. އެމީހުންގެ އެހީތެރިކަމާއި އެކުގައި ތައްޔާރުވެ ނިމުނު އިރު އިރުއޮއްސެން އޮތީ ކުޑަ ކުޑަ ވަގުތުކޮޅެކެވެ. ދާދި އެއްވަގުތެއްގައި – އުދުހިލާފައި ރަޔާން ގޮސް ޖައްސާލީ ބިއްލޫރި ލޯގަނޑެއްގެ ކުރިމަތީގައި ތައްޔާރުވާން ހުރި ރިއާނާގެ ކުރިމައްޗަށެވެ. ނުވަގުތެއްގައި ރަޔާން ފެނުމުން ރިއާނާގެ އިތުރުން […]
ތިންކުދިން ނަމާދަށް އެރުމަށްފަހު ކޮޓަރިން ނުކުތްއިރު މުޅި ގޭތެރޭގައި އެއްވަހަކަށް ދުވަނީ ސޫޕް ކައްކާ ވަހެވެ. ދުވި މީރުވަހުން އެތެރެއަށް ނޯއް ދަމާލުމަށްފަހު ކާހިތުން ނަޔާނީއަށް ސިޑިން އެރުނީ ދުވެފައެވެ. އެހެން ނަމަވެސް ކާގެއާ ހަމައަށް އަރައިފައި ވަކި ހިސާބަކަށް ހުއްޓެވުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ. “ހޭ ސިސް.. ” ސޯފާގައި ދިގަށް ދެފައި ދަމަލައިގެން އިން ޒުވާނާ ނަޔާނީ އަށް ވެދުންކޮއްލީ ލާނެތް ހިނިތުންވުމެކެވެ. ” ތުއްތު؟.. ” ނަޔާނީ އަށް […]
” ނާހިދާއްތަ ބޭނުން ނަމަ އަހަރެން ކައިރީ ޖަވާބެއް ދެއްޗޭ! މަންމަ މެންނަށް އަންގަން .. ” ނާހިދާ އަށް އަޑުއިވޭ ވަރަށް ރޫނާ ގޮވައިލިއެވެ. ނާހިދާ އާއެކޭ ބުނިއަޑު އިވުނެވެ. ” ކޮބާ ކިހިނެއްވީތަ މިތާ؟.. ” ނަޔާނީގެ ހުރީ ސިކުނޑި ސުމަކަށް ދާ ވަރުގައެވެ. ” ހެހެ.. އެއީ އޭލިޔަން ދުނިޔޭގައި މާދަން އޮންނަ ކަމެއްގެ ވާހަކަ އެ ދައްކަނީ.. ” ރަޔާން ޖަވާބު ދިނެވެ. ” މާދަން އޮންނަ ކޮން ކަމެއްތަ؟.. ” […]
މާލަން ތެރޭގައި ހަލަބޮލިވެ އުޅުނު މީހުންގެ އަދަދު މަދެއް ނޫނެވެ. ވަކި ހިސާބަކުން ވިނަފަޅައި ފަތްތަކުން ޖަރީކޮށްފައި ހުރި ފާރުތަކާއި ކޮންމެ ދިހަ ފޫޓަކުން ދިހަ ފޫޓަކުން ރޯކޮށްފައި ހުރި އެކި ކުލަކުލައިގެ ޖާދޫގެ އުއްބައްތިތަކުން މާހައުލު ފަޅުފިލުވާލަދެމުން ދިޔައެވެ. ހަނި ކޯރިޑޯ ތެރޭގައި ދެކޮޅަށް ދުވެނަގަމުން ދިޔަ މުވައްޒަފުން މަސައްކަތް ކުރީ ވީހާވެސް ފުރިހަމައަށް އަވަހަށް މަސައްކަތް ނިންމައިލެވޭތޯއެވެ. މާލަމުގެ އެންމެ ކޮޅުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖާގެ މޫނުމަތީގައި ދުވެދުވެ ހުރީ ކާމިޔާބީގެ ހިނިތުންވުމެކެވެ. […]
ބޮޑު ޗުއްޓީ ނިމިގެން ފެށުނު ދިރާސީ އައު އަހަރުގެ ދެވެނަ ހަފްތާއަށް ނާޅަނީސް ކޮއްކޮގެ ޝަކުވާ ފޮށި ހުޅުވުނެވެ. ފައްޓައިފި ކަމެއް ހުއްޓުމަކީ ކޮއްކޮ ދުވަހަކު ވެސް ދަންނަ ކަމެއް ނޫނެވެ. ދެން އެ ޝަކުވާތަކާއި އެކީ ހިނގަން ޖެހުނީ އަހަންނަށެވެ. ކޮއްކޮ އަދި މިކިޔަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ކޮއްކޮ މިއުޅެނީ ފޫހިވެގެންނެވެ. މާގިނައިން ސުކޫލަށް ދާތީއެވެ. ދެނެ އެކަމާއި ހެދި ސުކޫލަށް ނުދާން ރޮއެ ހެދުމާއި ބޮޑާ ހޭކުން ކޮއްކޮގެ އާދައަކަށް ވިއެވެ. އަހަރެން […]
ރުކޮޅެއް ބައްޕާ!! ކުޑަކުޑަ އިރުކޮޅެއް..” ޝާނާ އެދުނެވެ. މިސްބާހު ބޯހޫރުވާލުމަށްފަހު ކުރަމުންދިޔަ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނިޔަލްމެންވެސް އޭނައަށް އަތްގާތްކޮއްލަދޭން ތިއްބެވެ. “ވަރަށް ސަޅި .. އަބަދުވެސް މިކަހަލަ ދަތުރުތަކުގަ އާދެވޭނަމަ..” ނުހާ ހިނިތުންވެލަމުން ރަށާއިދިމާލަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލުމަށްފަހު ލޯމަރާލިއެވެ. “އާން.. ދޯ! ..” ޝާނާވެސް ދޯދެމުން ނުހާއާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. “މިކޯއްޗެއް؟ ..” ފައިއަޅާލެވުނީ ވަރަށް މަޑު ކަފަކޮޅެއްފަދަ އެއްޗެއްގެ މަތީގައެވެ. ޝާނާ އަވަސް އަވަހަށް ފައި ނަގާލުމައްފަހު […]
ރީތި ރީތި މޫދެކެވެ. އެއްވެސް ހަޑިއެއް އެޅިފައި ނުވާ ގަދަ ނޫކުލައިގެ ކަނޑާއި މަޑު ނޫ ކުލަ ގުޅިފައިވީ އިރު ވަރަށް ހިތްގައިމެވެ. މަލަމަތިވެސް ވަރަށް ރީއްޗެވެ. ފެހިކުލަކަން ގަދަ ގަސްތަކެވެ. މިއީ ވަރަށް ރީތި މަންޒިލެކެވެ. ހުދުހުދު ދޮންވެލިގަނޑުގައި އެއްވެސް ހިޔާލެއް، ފިކުރެއްނެތި ދެކޮޅަށް ދުވަމުންދާ ކަކުންޏާއި ބަރަވެލި ތަކެކެވެ. އޭއްޗިއްސަށްވެސް ލިބިފައިވަނީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. އަމިއްލަ މިނިވަންކަމެކެވެ. މެންދުރުގެ އެ ހޫނުގަދަ ގަޑިގައި އަވިން މުޅިމާހައުލު ވަނީ ގަދަ އައްޔަކުން ދިއްލާފައެވެ. އެއަށް އިތުރު […]