Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިޔަން ސިލްސިލާ: ވަރަ – 2

Aashii
Aashii Level 310 Stories100 Login
April 27, 2023 2 Mins Read
0 Comments

” ނާހިދާއްތަ ބޭނުން ނަމަ އަހަރެން ކައިރީ ޖަވާބެއް ދެއްޗޭ! މަންމަ މެންނަށް އަންގަން .. ” ނާހިދާ އަށް އަޑުއިވޭ ވަރަށް ރޫނާ ގޮވައިލިއެވެ. ނާހިދާ އާއެކޭ ބުނިއަޑު އިވުނެވެ.

” ކޮބާ ކިހިނެއްވީތަ މިތާ؟.. ” ނަޔާނީގެ ހުރީ ސިކުނޑި ސުމަކަށް ދާ ވަރުގައެވެ.

” ހެހެ.. އެއީ އޭލިޔަން ދުނިޔޭގައި މާދަން އޮންނަ ކަމެއްގެ ވާހަކަ އެ ދައްކަނީ.. ” ރަޔާން ޖަވާބު ދިނެވެ.

” މާދަން އޮންނަ ކޮން ކަމެއްތަ؟.. ” ލިލިޔަން ގޮސް ހަމަޖެހިލައިފައި ގޮޑިއެއްގައި އިށީނދެލިއެވެ. ފަހަތުން އެހެން ކުދިންވެސް ގޮސް އިށީނދެއްޖެއެވެ. ބަދަލުގައި ދޫންޏެއްގެ ސިފައިގައި ރަޔާން ޖެއްސީ ބެލްކަނީގެ ރެއިލިންގ މައްޗަށެވެ.

” ކޮންމެ އޭލިޔަނެއް ވެސް ވަކި އުމުރަކަށް އެޅީމަ ބާރު ލިބޭ.. މިހާރު އަހަންނަށް ސޯޅަ ފުރޭނެ މާދަން.. މާދަން އަހަންނަށް އެބާރުތައް ލިބޭނީ.. އެއީ އަސްލު އާދައިގެ ކަމެއް އެކަމަކު އަހަރެންމީ އާދައިގެ މީހެއް ނޫނެއްނު.. ދޮންބެ ވެސް މީގެ ދެއަހަރު ކުރިން ބާރުތައް ލިބުނު ވަގުތާއި ދިމާކޮށް ބޮޑު ހަފްލާ އެއް ބޭއްވީ.. ހަމަ އެގޮތަށް އަހަންނަށް ވެސް ހަފްލާއެއް ބާއްވާ ގޮތަށް މަންމަމެން އުޅެނީ.. ” ރޫނާ ކިޔައިދިނެވެ.

” ޕިސްޕިސް ނުބުނަމެއްނު މާދަމައޭ ރޫނާގެ އުފަންދުވަހަކީ.. ” ކުއްލިއަކަށް އެނގުނު ހަގީގަތާއި ހުރެ ނަޔާނީ ތުންދަމާލިއެވެ. އެވަގުތު ރޫނާ ނަޔާނީއަށް ލާނެތް ހިނިތުންވުމެއް ވެދުންކޮއްލިއެވެ.

” ބާރުތަކޭ؟.. ކޮންކަހަލަ ބާރުތަކެއް؟.. ” ހައިރާންވެފައި އިނދެ ލިލިޔަން އަހައިލިއެވެ.

” އަހަރެންގެ ފިޔަގަނޑަށް ލިބޭ ބާރުތައް އެއީ.. އެކަމަކު އާދައިގެ އޭލިޔަނުންނަށް ލިބޭ ބާރުތަކަށް ވުރެ ގިނައިން ރަސް އޭލިއަނުންނަށް ލިބޭނީ.. ދެން އެލިބުނީމަ އަހަރެން ޖެހޭނީ ޓްރެއިނިންގ ކުލާސްތައް ނަގަން.. މިސާލަކަށް މާޝަލް އާޓްސް އާއި އަލަށް ލިބޭ ބާރުތައް ކޮންޓްރޯލް ކުރަން ދަސްކުރުން.. ވަރަށް އުނދަގޫ ވާނެ.. ” ރޫނާ ހުރީ ދައްކާނެ މޫނެއް ނޭނގިފައެވެ. ބާރުތައް ލިބޭތީ އުފާވެސް އެބަވެއެވެ. އެހެންނަމަވެސް އޭގެ ފަހުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

” އޯކޭވާނޭ.. ރުން ތިއީ އާދައިގެ މީހެއް ނޫނެއްނުދޯ.. “ނަޔާނީ އެއްލޯ މަރައިލީ ރޫނާ ހެއްވާލުމުގެ ގޮތުންނެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ނަޔާ ޗަރމްގެ ބާރު އޭނާ ހީކުރި ވަރަށްވުރެން ވެސް ގަދައޭ ރޫނާގެ ހިތަށް އަރާފައި ރޫނާއަށް ހީލެވުނެވެ.

” ދެން މިތާ ތިބެންތަ ތިތިބީ.. ” އަނބު ގަހުގައި ޖައްސާލައިގެން އިރުކޮޅެއް ވަންދެން އިނދެފައި ރަޔާން އައިސް ކޮޓަރިއަށް ވަދެ އިންސާނެއްގެ ސޫރައަށް ބަދަލުވެލިއެވެ.
” މިތަން ކިހިނެއްވީ؟.. ” ނަޔާނީ ލޮލުގެ ހިމަކޮޅުން ރަޔާންއަށް ނަޒަރެއް ދިނެވެ. ނަޔާނީގެ ދެލޮލުން އެކަނިވެސް އަލިފާންކަނި ބުރުވާ ކަހަލައެވެ. ރަޔާން ހީލައިފައި ބޯކަހާލީ ނަޔާނީއަށް ވީގޮތް އެނގުމުންނެވެ.

” މިބުނީ މި ކޮޓަރީގެ ވާހަކައެއް ނޫނޭ.. އެތެރޭގަ އިންނަން ފޫއްސޭ.. ހިނގާ ބަލަ ބޭރަށް ނުކުމެލަން.. “ރަޔާން ހިޔާލެއް ދިނެވެ. ލިލިޔަން އާއި ރޫނާ އެއްބަސްވުމުން ނަޔާނީ ވެސް އާބަސް ދިނެވެ. ނާހިދާ އަތުން ޖޫގޯ ގަންނަން ރުފިޔާ އަތުލައިގެން ހަތަރުކުދިން މިސްރާބު ޖެހީ އިރުއަރާ މަންޒަރު ބަލަން ނަޔާނީ އިންނަ އަތިރިމަތީގެ ހުދު ދޮންވެލިގަނޑު މައްޗަށެވެ. ހަތަރު ކުދިން ދިޔައިރު ދިޔައީ މިޝްކާއާއި ލީވާން ވެސް ގޮވައިގެންނެވެ. ލިލިޔަންގެ މަންމަމެން ރަށުަގައި ނެތުމާއި އެކު ލީވާން ގޭގައި އެކަނި ބައިންދާކަށް ލިލިޔަންގެ ހިތް އެއްބަހެއް ނުވިއެވެ. މިޝްކާއަކީ ހިޔަނިހެން ނަޔާނީގެ ފަހަތުގައި އުޅޭ ކުއްޖެކެވެ. އެހެން ނަމަވެސް މިއަދު މިޝްކާ ނަޔާނީ އާއިއެކު އައީ ނާހިދާ އެދިގެންނެވެ. ނާހިދާ ގާތުގައި އާދޭސް ކޮއްގެން ވެސް ކީއްވެކަމެއް ނުބުންޏެވެ.

ޖޫގޯ ބޮއެލައިގެން މަޖާކޮށް ސަކަރާތް ޖެހުމަށް ފަހު ގެއާއި ދިމާލަށް މިސްރާބު ޖެހިއިރު މެންދުރު ބާރަ ޖަހައި ބޮޑު ވެއްޖެއެވެ.

ތިންކުދިން ނަމާދަށް އެރުމަށްފަހު ކޮޓަރިން ނުކުތްއިރު މުޅި ގޭތެރޭގައި އެއްވަހަކަށް ދުވަނީ ސޫޕް ކައްކާ ވަހެވެ. ދުވި މީރުވަހުން އެތެރެއަށް ނޯއް ދަމާލުމަށްފަހު ކާހިތުން ނަޔާނީއަށް ސިޑިން އެރުނީ ދުވެފައެވެ. އެހެން ނަމަވެސް ކާގެއާ ހަމައަށް އަރައިފައި ވަކި ހިސާބަކަށް ހުއްޓެވުނީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އޭލިޔަން ސިލްސިލާ: ވަރަ – 1

Next

ދިރުމެއްނެތް ދިރިއުޅުން 4

Next
April 28, 2023

ދިރުމެއްނެތް ދިރިއުޅުން 4

Previews
April 27, 2023

އޭލިޔަން ސިލްސިލާ: ވަރަ – 1



All Right Reserved!