Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެމަޖާ

އޭލިއަން ސިލްސިލާ: ވަރަ – 4

Aashii
Aashii Level 310 Stories100 Login
June 15, 2025 4 Mins Read
0 Comments

އިރުކޮޅަކަށް ފަހު ދެލޮލަށް ނިދި ބަރުވާން ފެށުމުން ނަޔާނީ ދެލޯ މަރައިލިއެވެ.  އެވަގުތު ސިހިފައި އަލުން ލޯ ހުޅުވާލެވުނީ އެއްޗެއް ދިއްލޭހެން ހީވެގެންނެވެ. ރޫނާއަށް ގޮވަންވެގެން ތިރީ އެނދަށް ބޯ ކޮއްޕާލި ވަގުތު ނޫކުލައިގެ އަލި ނިވިދިއްލެމުން އައެވެ. އެއަލި އައީ ރޫނާގެ އަތުގައި އަޅާފައި އޮތް ފަށު ފުލުންނެވެ. ކުރާނެ ކަމެއް ނޭނގި ވާގޮތް ބަލަން ނަޔާނީ އޮތީ ގޮވިއްޔާ ރޫނާގެ ނިދި ހަލާކުވެދާނެއޭ ހިތައެވެ. އެހެންނަމަވެސް އިރުކޮޅަކު އޮވެ ވެސް އެއަލި ކެނޑޭ ގޮތެއް ނުވިއެވެ. އަލުން މުހިންމު ކަމަކަށް ވެދާނެއޭ ހިތައި ޙިޔާލު ބަދަލުވެ ރޫނާއަށް ގޮވަން ނަޔާނީ އަނގަ ހުޅުވައިލިއެވެ.

 

” ހޭ ރުން ލޯ ހުޅުވަބަ.. ” ނަޔާނީ ރޫނާގެ ކޮލުގައި އަތް ޖައްސާލިއެވެ.

“ކީކޭ؟..” ރޫނާ ވާހަކަ ދެއްކީ ނިދީގައެވެ. އޭރު ނަޔާނީ އޮތީ ރޫނާ އާއި ދިމާލަށް ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްގެންނެވެ.

“ރުންގެ ފަށުން ނޫ އައްޔެއް އެޅޭ އެބަ.. އެއީ ކީއްވެ؟..” ނަޔާނީ އަހައިލިއެވެ.

“ކީކޭ ؟.. އައްޔެކޭ؟..” އައްޔެކޭ ބުނުމުން ރޫނާ ސިހިފައި ދެލޯ ހުޅުވާލިއެވެ. ފަށު ފުުލުން ނިވިދިއްލި ނުކުންނަމުން ދިޔަ ނޫ އަލި ފެނިފައި ރޫނާގެ ނިދި ފިލައިފިއެވެ.

“އޯހް. މީތިދޯ.. މިއީ.. ” ކިޔައިދޭން އުޅެފައި ރޫނާއަށް ވީގޮތުން  ރޫނާ ހިނިތުންވެލަމުން ކަމެއް ނޫނޭ ބުނެލިއެވެ.

” މިއީ އަހަރެންގެ އާއިލާގެ ތެރެއިން ބޮޑު ދެމީހަކު ކައިރިވާ ވަގުތު ދޭ ސިގްނަލް.. ” ޖަވާބު ދީފައި ރޫނާ ހަމަޖެހިލުމުން ނަޔާނީގެ ހިތުގައި ސުވާލު އުފެދުނެވެ.

” ތިބުނީ؟.. ” ނަޔާނީ އެއްސެވެ.

” އަހަރެމެންގެ ދުނިޔޭގައި އެންމެ ފުރަތަމަ ރަސްކަން ކުރީ އަހަރެންގެ ކާފަ.. އަހަރެންގެ ބައްޕަ އަކީ ކާފަގެ ކުއްޖެއް.. ބައްޕައާއި ދޮށްޓަށް އަދި އެހެން ބޭބެއެއް ހުރޭ.. އެއީ އަހަރެންގެ ބޮޑުބޭބެ.. ދެން ބައްޕަގެ ހަގަށް ހުރީ އަންހެން ކުއްޖެއް.. އެއީ އަހަރެންގެ ބޮޑު ދައިތަ.. ދެން ކާފަ މުސްކުޅިވެގެން ދުނިޔެ ދޫކުރީމަ ރަސްކަމަށް އައީ ބޮޑުބޭބެ ފުއާދު.. އެކަމަކު މީގެ ދިހަ ވަރަކަށް އަހަރު ކުރިން ބާރުގަދަ ސެވިއޯސް އަކާއި ހަނގުރާމަ ކުރުމަށްފަހު ބޮޑުބޭބެ ބަލިވެ އަތުގައި ހުރި ބާރުތައް އެއްކޮށް ބޮޑުބޭބެ އަތުން ގެއްލުނީ.. އޭގެ ފަހުން ރަސްކަމަށް އަންނަނީ ބޮޑުދައިތަތޯ ނޫނީ ބައްޕަތޯ ބަހުސް ކުރެވުނު.. އެކަމަކު އޭރު ބޮޑުދައިތަ އުމުރުން ވަރަށް ހަނގު ވީމަ ބައްޕަ ވެރިކަމަށް އިސްވީ.. އޭގެ ފަހުން ތިން ކުދިންގެ ދެމެދުގައި އޮތް ގުޅުން އެއްކޮށް ކެނޑުނީ.. ބޮޑުބޭބެ އާއި ބައްޕަ ވާހަކަ ދެއްކި އޭގެ ފަހުންވެސް.. އެކަމަކު ބޮޑުދައިތަ ފަޒްނާ އެއްކޮށް ވާހަކަ ނުދައްކައި ހުއްޓައިލީ.. އޭރު އަތުގައި ޖަމާވެފައި ހުރި ބާރުތައް ބޭނުންކޮއްގެން ބޮޑު ދައިތަ  އަމިއްލައަށް މުޅިން އެހެން ދުނިޔެއެއް ހެދީ.. އަދި ބޮޑު ދައިތަ ބޭނުންވާ ވަރަށް މީހުންކޮޅެއް ގޮވައިގެން އެދުނިޔެއަށް ބަދަލުވީ.. އަހަންނަށްވެސް އިވުނީ ވާހަކަތަކޭ.. އޭރު އަހަންނަށް ހަތް އަހަރު ކަންނޭނގެ ވާނީ ބޮޑުދައިތަ އެދުނިޔެއަށް ބަދަލުވިއިރު.. އެންމެ ފަހުން ބޮޑު ދައިތަ ފެނުނީ ދޮންބެއަށް ބާރުތައް ލިބުނު ހަފްލާގައި.. އެއީ އެކަހަލަ ހަފްލާ ތަކަށް ރަސްކަން ކުރާ އާއިލާގެ މުހިންމު މެންބަރުން އައުން މަޖުބޫރު ވާތީ.. ދެންމެ ނަޔާ އަށް ފެނުނު ނޫ އަލިކޮޅަކީ ބޮޑުދައިތަގެ އަލިކޮޅު.. ”

 

ބޮލިރަވައެއްހެން އަނގަ ހަލުވިކޮށް ރޫނާ ވާހަކަ ދައްކައި ނިންމައިލިއެވެ. ނަޔާނީ އިނީ އާގަމަވެފައެވެ. އެހެންނަމަވެސް އިރުކޮޅެއް ނުވެ ހިނިތުންވެލައިފިއެވެ.

” އެހެންތަ؟. އަޖައިބެއް.. ދެން ރުންގެ ބޮޑު ދައިތަ އޭލިޔަން ދުނިޔެއެއަށް ގޮސްފައި ކީއްކުރަނީ؟ .. ރުޅިއައިސްގެން ހުންނަންޏާ ވާހަކައެއް ނުދައްކާނެ އެއްނު؟.. ”

ނަޔާނީ ހިތަށް އައި ސުވާލު ބޭރުކޮއްލިއެވެ. އެސުވާލާއިއެކު ރޫނާގެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވިއެވެ.

” އަސްލު ވަރަށް ސަޕްރައިސިންގ ވާހަކައެއް ބުނަންތަ؟.. ދެތިން މަސް ކުރިން ކަންނޭނގެ ބައްޕައަށް ބޮޑުދައިތަ ގުޅިޔޭ.. ވަރަށް ރޮއެފަ މައާފަށް އެދުނީ.. ބުނީ ކުރިން ވީ ހުރިހާ ކަމެއް ހަނދާނުން ފޮހެލާށޭ.. އެހުރިހާ ކަމަކަށް ސޮރީއޭ.. ދެން ބައްޕަ ހަނދާނެ ގޮތެއް ނޭނގިގެން ބޮޑުބޭބެ އާއި ވާހަކަ ދެއްކީމަ ބޮޑުބޭބެ ބުނީ ބޮޑުދައިތައަށް މައާފް ކޮއްދީފަ އަލުން ގުޅުން ބަދަހި ކުރާށޭ.. އެއީ ބޮޑުބޭބެގެ ވަޞިއްޔަތް.. ބޮޑުބޭބެ ދުނިޔެ ދޫކޮށް ދިޔައީ އެއްމަސްކުރިން.. ދެން އެގޮތަށް ކަންތައްތައް ވީމަ ބައްޕައަށް މަޖުބޫރުވީ ބޮޑުދައިތަ އާއި ވާހަކަ ދައްކަން ފަށަން.. މިހާރު ބޮޑުދައިތަ ވަރަށް ހިތްހެޔޮ.. ކޮންމެ ދުވަހަކު ހެނދުނު އަންނާނެ އަހަރެމެންގެ ގާތަށް.. ހަދިޔާ ވެސް ގެނެސްދޭނެ.. އަހަރެން އަދިވެސް ގަބޫލު ކުރަން ދަތިވެފަ މިހުރީ.. ބޮޑުދައިތަ އެހާ ބަދަލު ވެދާނެކަމަށް..”

ރޫނާ ދެއްކި ވާހަކައަކުން ނަޔާނީއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ކޮންމެވެސް ގޯހެއް އެބަ އުޅެއޭ ނަޔާނީގެ ހިތް ބުނެލިއެވެ. ހުއްޓުން އަރާފައި ހުރެވުނު ވަގުތުކޮޅު ކުރެވުނު ހިޔާލުތަކުން ބޭރުވެވުނީ ކަންބޮޑުވެފައި އިނދެ ރޫނާ ދެތިން ފަހަރަކު ނަޔާނީއަށް ގޮވާލުމުންނެވެ.

“އޮހް ކިހިނެއްވީ؟..” އަޅައިގަނެފައި ނަޔާނީއަށް ބުނެވުނެވެ.  ވަގުތުން ރޫނާގެ ތޫނު ނަޒަރު ނަޔާނީއަށް އަމާޒުވިއެވެ. މިފަހަކަށް އައިސް އަބަދުވެސް އޭނައަށް ހުރެވެނީ ކޮންމެވެސް ކަމަކާއި މެދު ހިތުގައި ޝައްކު އުފެދި އެ ކަންތައްތަކާއި މެދު ވިސްނާށެވެ. ހަމަވިސްނުން ލިބުނު ވަގުތެއް އޭނަގެ ހަނދާނަކު ނެތެވެ. އޭނައަށް މިވަނީ ކީއް ހެއްޔެވެ؟

 

“ނަޔާ ކޮންމެވެސް ކަމަކާމެދު ވިސްނާ ވައްތަރު އެބަޖަހާ.. ނުބުނާނަންތަ ކޮންކަމެއް ކަން. . ”

ރޫނާގެ އަޑުން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ.  ނުކިޔައި ދެނީސް ރޫނާ ދޫނުކުރާނެކަން ނަގައިގަންނަން ނަޔާނީ އަށް ދައްޗެއް ނުވިއެވެ. އެހެންނަސް އޭނައަށް އެކުރެވެނީ  ކުށްހީއެކެވެ. އެއީ ހަމައެކަނި ސިކުނޑީގައި ހަރުލައިގެން މިންޖު ނުވެވިގެން އުޅޭ ވަހުމްތަކެވެ.

“ކަމެއް ނޫނޭ.. މިބުނީ އަސްލުކޮށް ވެސް ރުންގެ ބޮޑު ދައިތަ ހެދިގޮތް ވަރަށް އާދަޔާޙިލާފޭ.. މިބުނީ ތިމީހުން އެދައްތައަށް އިތުބާރު ކުރަންތަ ވަރަށް ބޮޑަށް.. ”

ސިހުމެއް ލިބިގެން ނަޔާނީ އުޅުނީ މައުޟޫއިން ރެކި ގަންނާށެވެ. ނަސީބަކެވެ. ވާހަކައިގެ މެދަށް ބޮޑުދައިތަ ގެނައުމުން އޭގެ މަތިން ރޫނާ އެކަށް ހަނދާން ނެތުނެވެ. ރޫނާ އެސުވާލު ތަކުރާރު ކުރިނަމަ ބުނާނެ އެއްޗެއް ނޭނގި އޭނަ ބިތްޖެހުނީހެވެ.

” ބައްޕަ ބުނީ އެއީ ތިމަންނަ  ކޮއްކޮ ނޫންހޭ.. ކޮންކަމެއް ހެއްޔޭ އެދައްތަ ކުރާނީ ދެން.. ”

ރޫނާ ޖަވާބު ދިނީ މަޖާ ރާގެއްގައެވެ. ބަދަލުގައި ނަޔާނީ ނިކަން ސާދާ ހިނިތުންވުމެއް ދިނެވެ. އޭނާގެ ހިތުގައި އުފެދިފައި ހުރި ހުރިހާ ޝައްކުތައް ފޮހެލަންވީއެވެ. އޭލިޔަން ދުނިޔޭގެ ރަސްގެފާނު އެދައްތައަށް އިތުބާރު ކުރަންޏާ އޭނައަށް ނުކުރެވޭނެ ވަކި ސަބަބެއް ނެތެވެ.

 

އެހެންވިޔަސް އެހެން މީހުންގެ ކަންތަކާއި ބެހުމަކީ އޭނަ ކުރިން ކުރި ކަމެއް ނޫނެވެ. މިފަހަކުން އައިސް އޭނަގެ ސިކުނޑިއަށް ވެފައި ހުރި ގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

“ހުމްމް.. ތިވެސް ތެދެއް.. ހެހެ.. ”

ކަރުދޮށަށް ދެއަތް ވިއްދައިގެން އިނދެފައި ނަޔާނީ ތެދުވެ ދެން ނިދަން ދަނީއޭ ބުނެލައިފިއެވެ. ހަގީގަތުގައި ވެސް އޭނަ އެހުރީ ވަރުބަލިވެފައެވެ. އެކަން އެނގުނު ރޫނާ ހޫމްމް އަޅުވާލަމުން އަލުން ތެދުވެ ނިދަން ވެއްޓިގަތެވެ.

 

***

 

ފަތިހެވެ. ފަޒާގައި ދައުރުވަމުން ދިޔައީ ތެތް ފިނިކަމެވެ. ތެދުވެ ފެންވަރައިގެން ނަމާދު ކޮށްލައިގެން ނަޔާނީ ބަލައިލީ ސޯފާގައި ނިދިޖެހިފައި އިން ރޫނާއަށެވެ. މީގެ އިރުކޮޅެއް ކުރިން ނަޔާނީއަށް ގޮވައި ހޭލެއްވީ ރޫނާއެވެ. ނަމާދު ކުރުވައިފައި ނަޔާނީ ގޮވައިގެން ދަމާ ކޫއްތާފައި ވިޔަސް އިރުއަރާ މަންޒަރު ބަލަން ދާން ރޫނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އެއީ ދުނިޔޭގައި ނަޔާނީ ގާތުގައި ރޫނާ ނިދާ ދުވަހެއް ވެއްޖެއްޔާ ރޫނާގެ ހާލެވެ.

 

އިސްޓާކީނަށް އަރައިގެން ރޫނާއަށް ގޮވަން އުޅެނިކޮށް ނަޔާނީގެ ހަނދާނަށް ކަމެއް އައެވެ. އިއްޔެ ރޫނާގެ ދުލުން ބޭރުވި ވާހަކައެކެވެ. މިއަދަކީ ރޫނާގެ އުފަން ދުވަހޭ ރޫނާ ބުނި ހަނދާނެވެ. ނަޔާނީ ބޮލުގައި އަތް އަޅައިގެން ހުރެ ރޫނާއަށް ދޭނެ އެއްޗަކާއި މެދު ވިސްނަން ފެށިއެވެ. ދުވަސް ނިމިގެން ދިޔަ ގޮތުން ނަޔާނީގެ ހަނދާނުން ފިލައިގެން ދިޔައީ ދިޔައީ ހަމައެކަނި ރޫނާގެ އުފަންދުވަހެއް ނޫނެވެ.

 

“ހޭއި ރުންއަށް ސޯޅަ ފުރިއްޖެ ދޯ.. ހެޕީ ބާތްޑޭ.. ”

ނަޔާނީގެ ބައްޕަ ވަކިވެދިޔުމުގެ ކުރިން ނަޔާނީއަށް ދިން ކަރުގައި އަޅާ ކުޑަކުޑަ ފަށް ފޮށްޓަކަށް އަޅާފައި ނަޔާނީ ދިއްކޮއްލީ ރޫނާއަށެވެ. ކީއްވެކަމެއް ނޭނގުނެވެ. އެ ފަށަކީ ބައްޕަ މިއާދު ވަކިވެ ދިޔުމުގެ ކުރިން ދޫކޮށް ދިޔަ އެންމެ ފަހުގެ ހަދިޔާއެވެ.  ނަޔާނީ ނުހަނު ރައްކާކޮށް ޚަޒާނާކުރި ފަށެކެވެ. ކުއްލިއަކަށް ރޫނާއަށް ދޭން އޭނަގެ ހިތް އެއްބަސްވި ވަކި ސަބަބެއް ޚުދު ނަޔާނީއަކަށް ވެސް ނޭނގެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

މަޢާފް އެދެމުން 19

Next

ކަތި ފިޔަވަޅު 1

Next
June 15, 2025

ކަތި ފިޔަވަޅު 1

Previews
June 15, 2025

މަޢާފް އެދެމުން 19



All Right Reserved!