ބިރުވެރި ހަޅޭކެއްގެ އަޑާއި އެކު ދޮލަނގުން މައްޗަށް ފާޅުވީ އެއްކަލަ މުސްކުޅި ދައިތައެވެ. އެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އަދި ވަކީން ރީހާނާ ފެނިފައި އެ އަލިފާނަށް ތެޔޮ އެޅުނެ ފަދައެވެ. ރީހާނާގެ ގާތަށް ލާނެތް ހިންޏެއް އައިސްފައި ވާއިރު ޒާހިރާގެ މޫނުމަތި ވަނީ ބަނަވެ ފުސްވެފައެވެ. “ވަރަށް ގިނަ ދުވަހު ތިގޮތަށް އުޅެވިއްޖެ ދޯ؟ ..” ރީހާނާ ހަޅޭއްލަވައިގަތެވެ. ހީވީ އެގެއަށް ބިންހެލުމެއް އައި ހެންނެވެ. ޔޫވް އާއި ޔޫލީ ހައިރާންވެ އަންތަރީސް ވިއެވެ. ޒާހިރާ ހީނގަތެވެ. […]
ކުއްލިޔަކަށް ރާއިދު އެތަނުން ފެނުމުން ޕީޖިވިއޯންގެ ހިތުގައި ގޮތްނޭނގޭ އިހްސާސްތައް ދުވެލިއެވެ. މޫޑު ގޯސް ވީއެވެ. އޭތި ނުވެސް ވިސްނާ ހުއްޓާ ރާއިދު ފެނުމުންނެވެ. އޭތި މަންޒަރު ބަލަން ހުއްޓާ ރާއިދު އޭނާގެ ދަނޑިގަނޑުން އިޝާރާތް ކޮށް ޕީޖިވިއޯންގެ އަތުގައި އޮތް ދަނޑިގަނޑު މާ ދުރަށް އެއްލާލިއެވެ. ޕީޖިވިއޯން ވަރަށް ހާސްވެ ކަންބޮޑު ވިއެވެ. “ކަލޭ އަހަރެން މަރާލަން އުޅެނީތަ؟ ..” ބިރުން ހުރެ އޭތި އަހާލިއެވެ. ރާއިދުގެ މޫނުގައި ހިނިތުންވުމެއް ފާޅުވިއެވެ. “އާން! […]
ރީހާނާ އޭނާގެ މާޒީ ކިޔައިދިނެވެ. ޔޫލީ އާއި ޔޫވްގެ ދެލޯ ބޮޑުވެފައިވާ މިންވަރު ފެނި އަޑުއަހަން އެނދުމަތީގައި އޮތް އަނާގެ ގާތަށް އައީ ހިންޏެވެ. އަދި އެމީހުންނަކަށް އަނާ ހޭލައިގެން އަޮތް ކަމެއް ނޭނގެއެވެ. އަނާ އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެވަގުތު އޭނަގެ ހޭ އެއްކޮށް ދިޔައެވެ. ނޭވާ ހިނދިގެން ގޮސް ގޮނދަޑީގައި ބޯ ޖައްސާލެވުނު ވަގުތު އޭނަގެ ލޯ އެއްކޮށް މެރުނެވެ. “ދައްތާ ދެން ކިހިނެއް އަނާ ސަލާމަތް ވާނީ؟؟؟ ..” ޔޫވްގެ އަޑު […]
“ޔެސް.. ޔޫލް ބަލާބަ..”. ދުވެފައި ޔޫލީގެ ގާތަށް ޔޫވް ދިޔައިރު ޔޫވްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. “ވަޓް؟ ..” ޔޫލީގެ ބޮލަށް އުނދަގޫވިއެވެ. “ބަލާބަ! މިއޮތީ އެ ޕޯޝަން!! ..” ޔޫވްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫވްގެ ރުޅިވެރިކަން ހިނދިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ. “ޕޯޝަނޭ؟؟ ކީކޭތަ؟؟ ..” ޔޫލީ އަނެއްކާވެސް އެއްސެވެ. އޭނާ ހީކުރީ އޭނައަށް އަޑުއިވުނީ ނުބައި ކޮށް ކަމަށެވެ. “ޔެޕް. މިއޮތީ. ކިޔާބަ. ޕޮލިޖޫސް ޕޯޝަންއަކީ ދައިތަ ހެދި ޕޯޝަން. […]
“ކަލޭދޯ އޭތި ނެގީ! ..” ޕީޖިވިއޯން އައި ރުޅީގައި އެމީހާއާއި ދިމާލަށް ރަހުމެއް ނެތް ބަސްތަކެއް ބުނެލިއެވެ. އޭރު އޭނާގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އެމީހާ ހުރީ ބިރުން، ކިރިޔާ ނުރޮވިއެވެ. “ނޫން! ސާހިބާ. ނޫން..” ދެއަތުން މޫނު ފޮރުވާލަމުން އެމީހާ ޖަވާބުދިނެވެ. ޕީޖިވިއޯން ނުލަފާ ގޮތަކަށް ހީލިއެވެ. “ރޫނާ!! ކަލޭ ދޯ އޭތި ނެގީ؟؟ އަހަރެން ކަލޭ މަރާލާނަން!! ކަލޭ މަރާލާ މީހަކަށް އަހަރެން ވާނަން..” ރުޅިއައިސް ރަތްވެފައިވާ ޕީޖިވިއޯންގެ ލޮލުގައި ނުރައްކާތެރި ވިދުވަރެއް […]
******* ހަވީރުގެ ވަގުތެވެ. ޔޫވް އިނީ ވާހަކަ ފޮތެއް ނަގައިގެން އަނާގެ އެނދުމަތީގައެވެ. އަނާއަށް އޮތީ ނިދިފައި ނަމަވެސް ކަންބޮޑު ވާ ވަރުން ޔޫވްމެން މެންދުރު ކާންވެސް ބޭރަކަށް ނުދެއެވެ. ކާން ގެނައީވެސް ކޮޓަރި ތެރެއަށެވެ. ރަޖާއަޅައިފައި ޔޫލީ އާއި އެކު ބޭރަށް ހިނގައްޖެ ނަމަ ކޮންމެ ވަގުތެއްގައި ރީހާނާ ވަދެ ސުވާލުވެސް ކޮއްފާނެ ކަން ޔޫވްއަށް ވިސްނެއެވެ. ޔޫލީވެސް މެއެވެ. މީހަކު ދޮރު ހުޅުވާލިހެން ހީވެގެން ޔޫވް ބޯހިއްލާ ބަލާލިއެވެ. އޭނަގެ […]
“ދެން އާދޭ!..” ރޫނާ ދުވެފައި ގޮސް އެތަނުގެ ދަށުން އެތެރެއަށް ދެމިގަތެވެ. ނަޔާނީ އާއި ލިލިޔަން ވެސް ފަހަތުން އެގޮތަށް ކަންތައް ކުރިއެވެ. ނަސީބަކުން އެފަށަށް އެއްވެސް ގެއްލުމެއް ނުދީ ފުރަތަމަ ކަންތައް ހާސިލް ވެއްޖެއެވެ. “ސޯ؟ މިތާ ތެރޭގަ ދޯ ހަމަލާ ދިނީ! ..” ނަޔާނީ ރޫނާގެ ގާތުގައި އަހާލިއެވެ. އޭރު އެކުދިންނަށް ތިބެވުނީ ހަނި ހަނި ކޯރިޑޯއެއްގައެވެ. ވަށައިގެން އެއްވެސް އަލިކަމެއް ނުވާ، އެތަނުގައި ފާޑެއްގެ ނުބައި ވަހެއް ހަރުލާފައި ހުއްޓެވެ. […]
ކޮޓަރިއަށް ދާންވެގެން ނެގި ފިޔަވަޅާއިއެކު އަނާއަށް ބަދިގޭން ކާތަށިތައް ތަޅުވާ އަޑު އިވުނެވެ. ޔަގީނެވެ. މަންމަ އަދިވެސް ނުނިދަނީއެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު ބަދިގޭގެ ދޮރާއި ގާތްވަމުން އަންނަކަން ފާހަގަ ކުރެވުމުން އަނާ އަޅައިގެން ހުރި ދަބަސް ކައިރީގައި ހުރި ވާސްގެ ބިއްދޮށުގައި ބެހެއްޓިއެވެ. ބުރުގާ ވެސް ނަގައި ސޯފާ މައްޗަށް ހޫރާލިއެވެ. ނިކަން ސާދާ ހިނިތުންވުމާއިއެކު އަނާއަށް އެރުނީ ސީދާ ރިހާނާގެ ކުރިމައްޗަށެވެ. “އަނާ؟؟ .. ނުނިދަންތަ އަދިވެސް؟ ..” ރީހާނާގެ މޫނުމައްޗަށް […]
އަޅުގަނޑު ލިޔަމުންދާ އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކައަކީ ދެފަހަރު ދެގޮތަށް އަޕްލޯޑް ކުރެވިފައިވާ ވާހަކައެއް. އެކަމައްޓަކައި ކިޔުންތެރިންގެ ގާތުން އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެން ??? ނަމަވެސް މީގެން ރަނގަޅު ވާހަކައަކީ އަޅުގަނޑު ފަހުން ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދިން ވާހަކަ. އަދި ކުރިން ލިޔުނު ވާހަކަ އަލުން ފަށައިގެންަ ނުގެނެސް ދެވޭނެ ކަމުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑު ލިޔާ ވާހަކަތަކަށް ކިޔުންތެރިންގެ އެއްބާރުލުމާއި ސަޕޯޓް ބޭނުންވާނެ. ކުށްތައް ފެންނަ ނަމަ އެކަން އަންގާލަދެއްވައި ރަނގަޅު ގޮތް ބުނެލަދިނުމަކީ […]