ރެދަން ފުރޭތަ 2 – ފަހުބައި
ރުކޮޅެއް ބައްޕާ!! ކުޑަކުޑަ އިރުކޮޅެއް..” ޝާނާ އެދުނެވެ. މިސްބާހު ބޯހޫރުވާލުމަށްފަހު ކުރަމުންދިޔަ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނިޔަލްމެންވެސް އޭނައަށް އަތްގާތްކޮއްލަދޭން ތިއްބެވެ. “ވަރަށް ސަޅި .. އަބަދުވެސް މިކަހަލަ ދަތުރުތަކުގަ އާދެވޭނަމަ..” ނުހާ ހިނިތުންވެލަމުން ރަށާއިދިމާލަށް ބަލާލިއެވެ. އަދި ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލުމަށްފަހު ލޯމަރާލިއެވެ. “އާން.. ދޯ! ..” ޝާނާވެސް ދޯދެމުން ނުހާއާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.
“މިކޯއްޗެއް؟ ..” ފައިއަޅާލެވުނީ ވަރަށް މަޑު ކަފަކޮޅެއްފަދަ އެއްޗެއްގެ މަތީގައެވެ. ޝާނާ އަވަސް އަވަހަށް ފައި ނަގާލުމައްފަހު އަޑިއަށް ލޯހުޅުވާލިއިރު އެތާކު އެކައްޗެއްވެސް ނެތެވެ. ޝާނާ ކުޑަކޮށް ހާސްވެ ބިރުގަންނަ ގޮތްވިއެވެ. “މަންމާތް..”
“ކިހިނެއްވީ؟ ..” ކިތަންމެ މަޑުމަޑުން ޝާނާ އެހެން ބުނިކަމުގައި ވިޔަސް ލޯމަރާލައިގެން އޮތް ނުހާއަކަށް އެއަޑު ނީވި ދާގޮތެއް ނުވިއެވެ. ނުހާ އަވަހަށް ލޯ ހުޅުވާލިއެވެ. “ކަމެއް ނުވޭ..” ކުޑަކޮށް ލޮނުގަނޑުގައި އަތުން ޖަހާލިއިރު ވެސް ޝާނާއަށް ވިސްނުނީ އެކަމާއިމެދުއެވެ. ނުހާއަށް ކުޑަކޮށް ޝައްކު ކުރެވުނެވެ. ނަމަވެސް އެކަން ހިންދާލީ އެއީ އެންމެ ގާތް އެކުވެރިޔާއަށް ވީތީއެވެ. ނަމަވެސް ހިތުގެ އެންމެ އަޑިން ނުހާ ނިންމީ ޝާނާއަށް ވަގު ކަޅި އަޅާށެވެ. އޭނައަށް ހީވި ހީވުމަކީ ތެދެއްތޯ ބަލާށެވެ.
“ދެން މޫދުން އަރާބަ.. ކޮން އިރެއްތަ މިހާރު..” ނަބާހާގެ ގާތަށް އެންމެފަހުން ރުޅިއަތުވެއްޖެއެވެ. އެކަކުވެސް މޫދުގައި ނެތް ނާމާން ގަޑިއެއްގައި ދެކުދިން އެކަނި މޫދުގައި ތިބުމަކީ ނަބާހާ، މާރުހޭ ކަމަކަށް ނުވީއެވެ. “ތެދެއް.. ނުހާ.. އަވަހަށް އަރާ ދެން.. ނަމާދަށް ގޮވަން މިހާރު އުޅެނީ..” ތެލި ދޮންނަން އައި މަދީހާ ގޮވާލިއެވެ. “ޝާނާ! ދަރިފުޅުވެސް އަރާ މޫދުން ..”
އެންމެފަހު ނުހާ އާއި ޝާނާ މޫދުންއެރީ ނަމާދަށް ގޮވަން އެންމެ ސިކުންތެއް ވަނިކޮށެވެ. “އަދިކިރިޔާދޯ ..” ނަބާހާ ނުހާމެން އެރުމުން ރާޅުޖަހާ ފަށުގައި ދޮވެފައި ހުރި ތެލިތައް ހިފައިގެން އެހެން މީހުން ތިބި ތަނަށް ދާން ހިނގައިގަތެވެ. ޖެހޭ ފިނި ރޯޅިތައް ގައިގައި ބީހެން ފެށުމުން ނުހާމެން ހީކަރުވާ ގޮތްވިއެވެ. ދެއަތުން ގައިގައި ބައްދާލައިގެން ތިބެ، ނަބާހާމެންގެ ފަހަތުން ރަށުތެރެއަށް އަރަން ހިނގައިގަތީ ފައިވާންވެސް ދޮވެލައިގެންނެވެ.
“ބޮލަށް ފެންއަޅައިގެން އެއްޗިހި ނަގަންދޭ އިނގޭ.. މިތާ ހުންނާނެ ވަޅެއް. އެތަނުން އެއްޗިހި ލާނީ ..” މަދީހާ ކިޔައިދިނުމުން ޝާނާ އަވަހަށް ބޯޖަހައިލިއެވެ. “ކޮންތާކު ވަޅު ހުރީ؟ ..” ނުހާ އަހާލިއެވެ.
“މިތާ!. ” އާދަނު ގޮސް ފަތްގަނޑެއް ނިއުޅައިލިއެވެ. އެއާއިއެކު އެތާތެރޭން، ނުހާއަށް ފެނުނީ އަޅައިފައިވާ ވަޅެކެވެ. ލައްޕާ ހުޅުވަން ދޮރެއް ބަހައްޓައިފައިވާ އިރު އެތެރޭގައި އަޅާފައި ހުރި ވަޅު ނުހާއަށް ފެނުނެވެ. އެއީ ތިރިތިރިކޮށް ރާނާފައިވާ ފާރެކެވެ. އޭގެ މަތީގައި ފެންނަގާ ދާންޏެއް އޮތެވެ. މައްޗަށް ބަލާލިއިރު މަތީގައި ހިޔާކުރާނޭ ފުރާޅެއްގެ މިންވަރުވެސް ފެންނާކަށް ނެތެވެ.
“ފުރާޅެއް ނުހުންނަ ގެއެއްދޯ.. ފައްކާ.. މިއީ ކާކުހެދި ވަޅެއް؟ ..” ނުހާ މަޖާވެފައި ހުރެ އެއްސެވެ. އެއާއިޚިލާފަށް ޝާނާ އިނީ ވަރަށް ހިމޭނުންނެވެ. ހީވާގޮތުން އަދިވެސް އެކަމާއިމެދު ވިސްނަނީއެވެ.
“މިއީ ވަރަށް ކުރިން މިރަށުގައި އުޅުނު މީހުން ރޭނި ގެއެއް..” އަދާނަށް ފުރިހަމަ ނުކުރެވެނީސް މިރަށުގައި ކުރިން މީހުން އުޅުނު ހެއްޔޭ ނުހާ އަހާލައިފިއެވެ. އާދަނު ހިނިގަނޑެއް ޖަހާލުމަށްފަހު އާއެކޭ ބުނެލިއެވެ. “ދެންންންން؟ ..” ނުހާ ބޭނުންވީ އޭގެ އެކަމުގެ ފުރިހަމަ ތަފްސީލެވެ.
“މާދަން ކިޔައިދޭނަން.. އެހާ ބޮޑަކަށެއް ނޭނގެ .. އަދި ހުންނާނެ އެއްޗެއް ދައްކަން ޖެހިފަވެސް.. މިއަދު ދެން އަވަހަށް ފެންވަރައިގެން ނަމާދުކޮއްލާ.. ދެން ޤުރުއާން ކިޔަވައި، ބާބަކިޔު ނިންމާލައިފައި ނިދާނީ .” މިރޭގައި ރޭވިފައި އޮތް ކަންތައްތައް ކިޔާދީފައި އާދަނު އުޅުނީ އެތަނުން ދާށެވެ.
“ބައްޕަ ކޮންތާކަށް؟ ..” ނުހާއަށް އަހާލެވުނެވެ. އެކަނި އެތާ ހުންނަން ނުކެރިގެންނެވެ. އޭނައަކަށް ޝާނާ ނުފުދުނެވެ. އަދި ޝާނާ އެއްބަސް ވާނެކަމެއްވެސް ނޭނގެއެވެ.
“ހެހެ .. ދަރިފުޅުމެން ފެންވަރާއިރު ބައްޕަ ހުންނާކަށް ނުވާނެނު؟ ..” އާދަނު ހީލާފައި ފަތްގަނޑު ނިއުޅާލަމުން ބޭރަށް ނުކުންނަން އުޅުނު ވަގުތު ޝާނާ އާދަނަށްވުރެ ކުރިން އެތަނުން ނުކުތެވެ. “އެހް؟ ..” ހައިރާންވެފައި އާދަނު ބަލާލިއިރު ނުހާވެސް ޝާނާގެ ފަހަތުން އެތަނުން ނުކުންނަން ހިނގައިގަތީއެވެ. ދެކޮނޑު އަރުވާލުމަށްފަހު އާދަނުވެސް އެތަނުން ދިޔައީ އެދެކުދިން ދިޔައީ ލާނެ އެއްޗެހި ހޯދަން ކަމަށް ހިތުން ނިންމާފައެވެ.
**
“ހެއިހެއި .. ޝާން.” ނުހާ ހައިރާންވެފައި ތެމިގެން ޓެންތަށް ވަންނަން އުޅުނު ޝާނާ ހުއްޓުވިއެވެ. “ތެމިގެންތަ؟ ..” ނުހާ އަހާލުމުން ޝާނާ ބޯހޫރުވާލިއެވެ. އެއަށްފަހު ޓެންޓުގެ ޒިބު ކަހާލުމަށްފަހު ކައިރީގައި ބަހައްޓާފައި ހުރި އަންނައުނުތައް ނެގިއެވެ. “ތީތީ ނަގަން އުޅުނީ؟ ހެހެ.. ކޮންއިރަކު އެތާ އެއްޗިހި ބެހެއްޓީ؟ ..” ނުހާ ހައިރާންވެފައި ބަލާލިއެވެ. “އެއްޗިހި ބަދަލުކުރިއިރު..” ޝާނާ އާދަޔާޚިލާފަށް ބަސްމަދުވެފައި ހުރިކަން ނުހާއަށް ފާހަގަވިއެވެ.
“ހޭއި.. ކަމަކާ ވިސްނަނީދޯ؟ ..” ނުހާ އެހީ ވަރަށް ކަންބޮޑު ވެފައިހުރެއެވެ. ކުރިމަތީގައި ހުރި ޝާނާއާއި ދަތުރުމަތީގައި އޭނައާއި ވާހަކަދެއްކި ޝާނާ، މި ޝާނާއާއި ހާސްތަފާތެވެ. ކުރިން، އެހެން ހުންނައިރު ޝާނާ، އޭނައާއި ވަރަށް ބޮޑަށް ސަމާސާ ކުރާނެއެވެ. ކުދިކުދި ސަމާސާކޮށް ނުހާ ބިރުގެންނެވުމަކީ ޝާނާއަށް މަޖުބޫރު ކަމެއްފަދައެވެ. އަބަދުވެސް ވާހަކަ ދައްކާނެއެވެ. ވާހަކަ ދައްކަން ފަށައިފަިއްޔާ އެއީ ނިމޭ ވާހަކަތަކެއް ނޫނެވެ. މިއީ އަނެއްކާ ޝާނާ ބާއެވެ!
“އެހް؟ ނޫ..ނޫން.” އަޅައިގެން ކަހަލަ ގޮތަކަށް ޝާނާ ވާހަކަ ދެއްކުމުން މިފަހަރު، ޝާނާހުރީ ޚިޔާލެއްގައިކަން ނުހާއަށް ޔަގީން ކުރެވުނެވެ. “ޝާނާ.. ޝާނާ ބުނީމައެއްނު އެނގޭނީ! ވީކަންތައް ތަރުތީބުން ކިޔައިދީ ..” ނުހާއަށް ޔަގީންކުރެވުނީ ކަމެއް ވެއްޖެކަމެވެ. އެއާއިއެކު ޝާނާ ދުރުބަލާލުމަށްފަހު އާއެކޭ ބުނެލިއެވެ.
“ކޮބާ!! ސްސްސޯ .. ކިޔައިދޭނަންތަ؟ ..” ނުހާ އެދުނެވެ. އާއެކޭ ބުނެފައި އެއްޗިހި ހިފައިގެން އަންނަން ޝާނާ ބުނެލިއެވެ. ނުހާ ޓެންޓުގެ ޒިބު ކައިރީ ބާއްވައިފައި އޮތް އޭނަގެ ދަބަހުން އެއްޗެއް ހޯދަން ހުއްޓާވެސް ޝާނާއަށް ބެލެމުން ދިޔައީ ކައިރީގައި ހެދިފައިހުރި ބިޔަގަސްތަކުގެ ތެރެއަށެވެ. ހީވާކަހަލައެވެ. އެތަނުގައި އެއްޗެއް ހުރީތާއެވެ!
“ހިނގާ!..” ކުއްލިއަކަށް އޭނަގެ ކަންފަތް ކައިރީގައި ނުހާ ވައިއަޑަކުން ކިޔާލުމުން ޝާނާ ގަދަޔަށް ސިހުނެވެ. ނުހާ ބޯ ހޫރުވާލަމުން ވިސްނާލީ، ޝާނާ އެހާ ބިރުގަންނަން މެދުވެރިވި ސަބަބާއި މެދުއެވެ.
ނުހާ ވަޅާއި ދިމާލަށް ހިނގައިގަތީ ޝާނާ، ގަސްތަކުގެ ކައިރިއަށް ވާގޮތަށް ބަހައްޓައިގެން އޭނަގެ ވައަތުގައި ހިފައިގެންނެވެ. އެއާއިއެކު ޝާނާ ކުއްލި ލައްކެއް ޖަހާ، އަވަހަށް ނުހާގެ ވައަތުގައި ހިއްޕެވެ. ޝާނާ އުޅެންފެށި ގޮތުން ނުހާ ވެސް ފާޑަކަށް ބިރުގަތެވެ.
“ކިހިނެތްވީ؟ އެއްޗެއް ފެނުނީ؟ ..” ނުހާގެ ހިތް އަވަސްވަމުން ދިޔައެވެ. “ނޫން ނޫން ..”ޝާނާ ވެސް ބިރުގަނެފައި ނުހާގެ އަަތަށް ބާރުކޮށްލިއެވެ. ދެކުދިންވެގެން ގޮސްމަޑުކޮއްލީ ޓެންޓުގެ ޒިބު ކަހާލުމަށްފަހު ނަމާދުކުރަން އުޅުނު ނަބާހާގެ ކައިރީގަތެވެ. ނަބާހާގެ ސުވާލުތައް ފުނިޖެހުނެވެ
“މިތާ ކީއްކޮއްލަނީ.. އަދި ފެންނުވަރަން؟ ..” ނަބާހާ ހީކުރީ ނުހާ އާއި ޝާނާ ފެންވަރައިގެން ނަމާދުކުރަން ތިބި ކަމަށެވެ. “އަމްމްމް މީ.. ދޮންތައަށް އާދެވިދާނެތަ އަހަރެމެން ފެންވަރަން ދެން ވަޅު ކައިރީގަ ހުރެލަން.. ޕްލީޒް!! ވަރަށް ފާސްޓް ވާނެ ..” ފިނިވެފައި ހުރި ނުހާއަށް ބަލައިލަމުން ޝާނާ ވާހަކަދެއްވިއިރު އެއީ ދެންމެ ބިރުން ފިއްކަނޑައިގެން ދާވަރުވެފައި ހުރި މީހެކޭ މީހަކުނުވެސް ބުނާނެއެވެ. އެހާއަވަހަށް ޝާނާ އޭނާގެ އިހްސާސްތައް މީހަކަށް ނޭނގޭނެހާ މޮޅަށް ފޮރުވީއެވެ.
“އަނހަ.. އެހެންވެގެން؟ އަވަހަށް އާދޭ!! ..” ނަބާހާ ތެދުވެ ހިނގައިގަތުމުން ނުހާމެން އޭނަގެ ފަހަތުން ހިނގައިގަތެވެ. ފުރަތަމަ އެތެރެއަށް ވަނީ ނުހާއެވެ. ފެންވަރައި ވުޟޫކޮށް ނިމެންދެން ނަބާހާއާއި ޝާނާ ބޭރުގައި މަޑުކޮއްލައިގެން ތިބީއެވެ.
ނުހާ ނިކުތުމުން ޝާނާ އަށް ވަންނަން ޖެހުނެވެ. ޝާނާ ހުރީ ވަރަށް ބިރުގަނެފައެވެ. ނަމަވެސް ހިތްވަރުކޮއްލާފައި އެތެރެއަށްވަދެ، ބޮލަށް ފެންއަޅައި ފެންވަރާލިއެވެ. ވުޟޫކޮށް ހެދުންލައިގެން ނިކުންނަން ދަނިކޮށް މަތިން ކުޑަ ދުންކޮޅެއް ވިހުރިލާފައި ފަޒާގެ ތެރެއަށް ބުރުއްސައިގެން ދިޔަ މަންޒަރު ޝާނާގެ ލޮލުގައި އަޅައިގަތެވެ. ބިރުން ބާރަށް ދުވެފައި ޝާނާ ބޭރަށް ނުކުތެވެ.
“ހިނގާ ދާން..”
****
ނަމާދުކޮއްލުމުން ޝާނާއަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެކެވެ. ވަކިން ޚާއްސަކޮށް އޭނަގެ ހިތަށް ވަދެފައިވާ ބިރު ކުޑަކޮށް ހަނދާންނެތި، ހިތްހަމަޖެހުމެއް އޭނަގެ ހިތަށް ގެނެސްދިނެވެ. ހިތްހަމަޖެހިފައިވާ ޝާނާ ފެނިފައި ނުހާގެ ހިތަށްވެސް ކުޑަކޮށް އުފާވެރިކަން ވަނެވެ. ޤުރުއާން ކިޔަވަމުން ދިޔައިރު ވެސް ޝާނާގެ މޫނަށް ދޭތެރެ ދޭތެރެއިން ނުހާއަށް ބެލެމުން ދެވުނީ ޝާނާ ކިޔައިދޭނަމޭ ބުނި ވާހަކަތައް އަޑުއަހާ ހިތްވާތީއެވެ.
****
“ޝާނާ. ނުހާ”. ނިއަލް އާއި އަފްޒަލް ޓެންޓުގެ ބޭރުން ގޮވާލި އަޑު އިވުމުން ޝާނާ ކިޔަން ކުޑަފޮތް ލައްޕާލިއެވެ. ޓެބުން ޤުރުއާން ކިޔަވަން އިން ނުނާވެސް ހުޅުވާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކޮއްލުމުން ޝާނާ ގޮސް ޓެނުޓުގެ ޒިބު ކަހާލިއެވެ.
“ބައްޕަމެން އެބަ ގޮވާ؟ ..” އަފްޒަލް ބުނެލިއެވެ. ނިއަލްވެސް ބޯޖަހާލުމުން ޝާނާ ބުމަ އަރުވާލީ ކީއްވެގެން ކަން ނޭނގޭތީއެވެ. “ހެލޯ؟ ބާބަކިޔު.. ހަނދާންނެތުނީ؟ ..” ނިއަލް ހިނިއައިސްފައި އަހާލުމުން ޝާނާއަށް ބޮލުގައި ޖަހާލެވުނީ އަމިއްލަ މޮޔަކަން ހިތަށް އެރައިގަނެވިފައެވެ.
“ނުހާ.. ތައްޔާރުވޭ ބޭރަށްދާން ..” ޚަބަރުދޭން އައި ދެމީހުން ދިޔުމާއިއެކީ ޝާނާ ބިންމައްޗަށް ވެއްޓިގަތެވެ. “އާން .. ބުރުގާ ކޮބައިބާ؟ ..” ނުހާއަށް ދެމީހުން ދެއްކި ވާހަކަތައް އަޑުއިވުމުން އަވަސްވެގަތީ އޭނަގެ ބުރުގާ ހޯދާށެވެ. ދަބަހާއި މުޅި ޓެންޓުތެރެ ހޯދައި ނުފެނުމުން، އެންމެފަހުން ޖެހުނީ ޝާނާ ދިން ބުރުގާ އަޅައިގެން ނުކުންނާށެވެ.
“ފިހެ ނިމުނީ؟”. ބާބަކިޔު ހަދާ ސަރަހައްދަށް ދިޔައިރު މުޅިތަން ވަނީ އަލިވެފައެވެ. ފިހެ ހަދާ ބެރުކައިރިއަށް ނުދެވެނީސް، ނުހާމެން ގޭމްކުޅެންތިބި އަފްޒަލާއި ނިއަލް ގާތުގައި އަހާލީ ހައިރާންވެފައެވެ. “އާން.. ދޭ ކާން..” ނިއަލް ޖަވާބުދިނެވެ. ޖަވާބު ދިނަކަން އޭނަގެ ލޯހުރީ ފޯނުގައި ތައްލަވާފައެވެ. ނުހާ ބޯހޫރުވާލިއިރު ޝާނާގެ ނަޒަރު ހުއްޓިފައި ވަނީ ގަސްތަކު ތެރެއަށެވެ.
“ބަލާބަލަ އެތަން! .” އަފްޒަލް ކުއްލިއަކަށް އިނދެފައި އެދުނީ މޫދަށް ބަލައިލުމަށެވެ. “ކޯއްޗެއް؟ ބޮކިފަތި؟ ..” ނުހާގެ ގަމާރު ބޮލަކަށް އެންމެ ފުރަތަމަވެސް ވިސްނައެއް ނުގަނެވުނެވެ. “ނޫނޭ! އެއީ ރެދަން ..” ނިއަލް ޖަވާބުދެމުން ފޯނު ޖީބަށް ޖަހާލީ ގަބޫލު ނުކުރާނެކަން އެނގޭތީއެވެ.
“ރެދަދަދަންންން؟ ..” ޝާނާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ނުހާވެސް މެއެވެ. ނަމަވެސް ނިއަލް އާއި އަފްޒަލް ނުހާމެން ގޮވައިގެން ރާޅުޖަހާ ހިސާބަށް ދިޔުމުން އެއީ ރެދަންކަން އެކުދިންނަށް އެނގުނެވެ. ނިއަލް އެއެއްޗިހި އަތަށް ނެގިއެވެ. ހީވަނީ ކުޑަކުޑަ ނޫކުލައިގެ ބޮއްކެއް ހެންނެވެ. މިތަން ޝާނާއާއި ނުހާމެންނަށް ވަރަށް ރީތިވެގެން އަފްޒަލް އަތުން ފޯނުއަތުލައި އެކަލަ ފޮޓޯތައް ފައްޗަކަށް ނެގިއެވެ. އަފްޒަލް ހިނިއައިސްފައި ބޯހޫރުވާލީ ނިއަލް ހުރި ހާލު ފެނުމުންނެވެ. ބޯމަތިން ފެށިގެން މުޅި ގަޔަށް ވަނީ ރެދަންތައް އަޅާފައެވެ. ނުހާމެންގެ އަތުންނެވެ.
***********
ފޮޓޯ ޝޫޓިން ނިންމާލުމަށްފަހު ނުހާމެން ބާބަކިޔު ސަރަހައްދަށް ދިޔައިރު ގަޑިން އަށްގަޑި ސާޅިސް ފަހެއް ހިނގައިފިއެވެ. އެކުދިން ނައިސްގެން މަދީހާ އާއި ނަބާހާ އަދި ފާތުން ތިބީ ކަންބޮޑުވެފައެވެ. ފިރިހެންވެރިންގެ ހިތަށް އެކައްޗެއްވެސް ނާރާ ފަދައެވެ. ކެއުމާއިގެން މަސްއޫލުވެގެން އެކިއެކި ވާހަކަ ދައްކަން އާދަނާއި މިސްބާހު ތިބީއެވެ.
“ޝާން. ދެން ކިޔައިދޭންވީނު؟ ..” ނުހާ ޝާނާ ގޮވައިގެން ޓެންޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ނަބާހާމެން ތިބީ ތަން ސާފުކުރާށެވެ. ނިދަން ދާން ބުނުމުން އެނޫން އެހެން ގޮތެއް ނެތިގެން ނުހާ ޝާނާގެ އަތުގައި ހިފައިގެން ޓެންޓާއި ދިމާލަށް ދިޔައީއެވެ. ދިޔައިރު ވެސް ދެމީހެއްގެ ތެރެއިން އެކަކު ވެސް ގަސްތަކާއި ދިމާލަށް ނުބެލިއެވެ. ބިރުގަނެފައިވާލެއް ބޮޑުކަމުން ނުހާއަށްވެސް ބަލާކަށް ނުކެރުނުނީ ތޯއްޗެކެވެ.
“އޯކޭ ފައިން.. ސޯ؟ ދެން ކީއްކުރާނީ؟ ..” ޓެންޓުގައި އިނދެ ޝާނާ ނުހާއަށް ވީކަންތައް އަކުރުން ފިއްޔަށް ކިޔައިދީ ނިމުމުން ނުހާގެ އަނގައިން ނުކުތީ ފަސް ބަހުގެ ޖުމްލައެކެވެ. ނުހާގެ ލޮލަށް ބަލަން އިނދެފައި ޝާނާ އިސްޖަހާލިއެވެ.
“ހިނގާ މިރޭ ނިދަން! މާދަން ތިކަން ޔަގީން ކުރަނީ.. ޝާން އެކަމާއި އެހާ ބޮޑަށް ނުވިސްނާދެން ..އޯކޭ ވާނެޔޭ ދޮގުހެދުނަސް.. އެގަޑީ ޝާނާ ހެދި އަހަރެން ހިތްހަމަ ޖައްސާކަންނު؟ އަހަރެން ނަމަ ބިރުގަތީސް..” ނުހާ ހީލިއެވެ. ޝާނާ ބަލަން އިނދެފައި އިންތަނުން ތެދުވިއެވެ.
“ކޮންތާކަށް ދަނީ؟ ..” ނުހާ ސުވާލުކޮއްލިއެވެ. “ނިދާކަށެއްނު ..” ހީލަމުން ޝާނާ އަޅައިގެން ހުރި ބުރުގާ ނެގިއެވެ. ” އޫޕްސް.. މިވީ ގޮތުން މިޖެހެނީ ހެދުން ބަދަލުކުރަން ..” ނުހާއަށް ބުނެވުނީ ކުއްލިއަކަށް ހަނދާންވުމުންނެވެ. “އަހަރެން ނޫޅެން އެގެގަޑަށް އަނބުރާ ވަންނަން..” ބުރުގާ ނަގައިލުމައްފަހު ޝާނާ ބިންމަތީގައި އަޅާފައި އޮތް ސްލީޕިންގ ބޭގް މައްޗަށް ވެއްޓިގަތެވެ.
“ދެން ކީއްކުރާނީ؟ އެގެގަޑަށް ނުވަދެ؟ ..” ސަމާސާ ރާގުގައި ނުހާ އެއްސެވެ. ޝާނާގެ ގާތަށް ހިނިއައެވެ. “މިހެދުން ލައިގެން ވެސް އަހަންނަށް ނިދިދާނެޔޭ..” ބުނާނޭ އެއްޗެއް ނުވިސްނިފައި އޮތުމައްފަހު ޝާނާ އަށް ބުނެވުނެވެ.
“ރަނގަޅު ގޮތެއް! .”
ބިންމަތީގައި ޖަހާފައި ހުރި އަލިފާންގަނޑަށް ފެންއަޅައި ނިއްވާލުމައްފަހު ނުހާ ނިދަން ބަލައިލިއިރު ޝާނާ އޮތީ މާކުރިން ވެސް ނިދާފައެވެ. ނުހާ ޝާނާގެ މޫނަށް އިރުކޮޅެއް ވަންދެން ބަލަންހުރުމައްފަހު ސްލީޕިންގ ބޭގް އޮޅާލުމަށްފަހު އޭގެ މަތީގައި އޮށޯތީ ހޫނުވާ ވަރުންނެވެ.
*****
މެންދަން އަތަށް އަޅައިފިއެވެ. ނާމާން ކަމަށް މީހުންބުނާ ގަޑި ފެށުނީއެވެ. މުޅި މާހައުލުގައި ވަނީ ހަމަހިމޭންކަމެވެ. މުޅި ރަށްވެސް އެހަމަހިމޭންކަމުގައި އަރާމުކޮށް ނިދާފައިވާ ފަދައެވެ.
ނިދިފައި އޮތް ޝާނާގެ މޫނުގައި ބަބުޅަމުން ދިޔައީ ދާތިކިތަކެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާ އޮތްގޮތުން އެކަނިވެސް ވަރަށް ބޮޑު ވޭނެއް ތައްހަމަލު ކުރަމުން ދާކަން މީހަކަށް އެނގޭނެއެވެ. މާނޭވާލަމުން ދެފަރާތަށް ފުރޮޅި އޮވެއޮވެ އޮތުމަށްފަހު ސިއްސައިގެން ގޮސް މީހާ ހޭލައްވައިލެވުނީ ދުރުން ދުރުން އިވެމުންދިޔަ ބަންގީގެ މާތް ކަލިމަތަކުންނެވެ. އާއެކެވެ. ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ.
ނަމާދުކުރުމަކުންވެސް ޝާނާގެ ހިތަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހަމަ ގަބުއަރާފައި އިންނަނީއެވެ. ބުރުގާ ހޯދަން ދަބަސް ހާވަމުން ދިޔަ ނުހާއަށް ވެސް މިކަން ފާހަގަކުރެވުނެވެ. ޝާނާގެ ސަމާލުކަމަށްގެންނަން ވެގެން ނުހާ އޭނާގެ އަތުން އަޑެއް ގޮއްވާލިއެވެ. ސިހިފައި އެދިމާލަށް ބަލާލި ޝާނާ ދެލޯ ބޮޑުކޮއްލިއެވެ. ނުހާ އަވަހަށް އައިސް ޝާނާގެ ގާތުގައި އިށީނެވެ.
“ރޭގަ ކަމެއް ދިމާވީ ދޯ؟ ..” ނުހާއަށް ޝާނާގެ މޫނު މަތިން ފެނިގެން ދިޔައީ ނުހާސްކަމެވެ. ޝާނާގެ މޫނު، އޭނާ ވަރަށް ރަނގަޅަށް ދިރާސާ ކޮއްލިއެވެ. “ތެދަށް ބުނޭ ދެންވެސް ..” ދެތިން ހަތަރު ފަހަރު އެދުމުންވެސް ޝާނާ އަނގައިން ބަހެއް ނުބުނިތާނގައި ނުހާއާއި ދިމާލަށް ބަލައެއްވެސް ނުލިއެވެ. ނުހާ ހާސްވާން ފެށިއެވެ. އޭނާ އާދޭސް ކުރިއެވެ.
ވަރަށް ގިނައިން ބުނެގެން ޝާނާ އިސްއުފުލާލިއެވެ. އޭނަގެ މޫނުމަތިން ތަންގަނޑެއް ރަތްވެފައި އިނެވެ. “މިކިނެއްވެފަ؟ ..” ނުހާ އެތަނުގައި އަތް ބީއްސާލިއެވެ. އެވަގުތު ޝާނާއަށް ދިލަ ތަދެއް އިޙްސާސްވިއެވެ. “އަތް ނުލާ ޕްލީޒް..” ޝާނާ ދެލޯ ފެންކަޅިވިއެވެ. “އަޅޭ! ކިހިނެތްވަނީމި؟ ..” ނުހާ އެތައްފަހަކު އެދިގެން ޝާނާ ރޭގައި އޭނައަށް ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދިނެވެ.
************
އަނދިރި ގަސްތަކުގެ ތެރޭގައި ބިރުން އެގާރަ އަހަރުގެ އަންހެން ކުއްޖަކު ވިހުރެމުން ދެއެވެ. ދެވޭ ނުދެވޭ މިސްރާބެއް ނޭނގި ހުއްޓެން ޖެހޭއިރު ކަކުލުގައި އަތްއަޅައިގެން މާނޭވާ ލެވޭ ފަހަރުވެސް އާދެއެވެ. މިކަހަލަ ވަގުތުތަކުގައި ހުއްޓޭ ވަގުތު ނޭނގި، ސިކުންތެއް ނުވަނީސް އަލުން ހިނގައިގަންނަނީޢޭ، މަންޒަރު ފެންނަ މީހެއްގެ ހިތަށް ނޭރުމަކީ ނާދިރު ކަމެކެވެ. އިރުއިރުކޮޅާ އޭތި، އެއަންހެން ކުއްޖާގެ ފަހަތުން އަންނަ އިޙުސާސް ކުރެވޭތީ އެކުއްޖާއަށް ބިރުން ރޮވޭ ވަގުތުތައްވެސް އާދެއެވެ.
މިހެން އިރުކޮޅަކު ހިނގުމައްފަހު ވަރުބަލިވެގެން އެކުއްޖާއަށް ބިންމަތީގައި އިށީދެވުނު ވަގުތުކޮޅެކެވެ. އައިނައި ދިމާލެއް ނޭނގި އެއްޗެއް އެކުއްޖާގެ ބިއްދޮށަށް ވެއްޓުނެވެ. އެކުއްޖާއަށް ކައްޓަކަށް ކޮޅަށް ތެދުވެވި ސިހިގެންގޮސް ބިރުން ހަޅޭއްލަވައި ގަނެވުނެވެ. އޭރު އެކުއްޖާގެ ހިތް ދިޔައީ ބިރުން ރޫރޫ އަޅަމުންނެެވެ.
ރޮއި ހޭރެމުން އެއަންހެން ކުއްޖާ ބިމަށް ތިރިވެ، އެނުބައި މަޙްލޫޤުގެ ކިބައިން ސަލާމަތް ކޮއްދިނުމަށް މާތް ރަސްކަލާނގެ ހަޟްރަތުން ދެންނެވިއެވެ. އޭރުވެސް އެކުއްޖާއަށް ދެވުނީ ގިސްލެވެމުންނެވެ. ކަކުލުގައި ބޯއަޅައި ދެއަތުން ފައިގައި ހިފައިގެން ރޯން އޮވެފައި އެކުއްޖާ ބޯހިއްލާ ބަލާލީ އޭނަގެ ކައިރިއަށް ވެއްޓުނު އެއްޗަށެވެ. އެއީ ކުޑަކުޑަ ބިއްލޫރި ކޮޅެކެވެ. އެއަށް ސާދަ ވިލޭރޭގެ ހަނދު އަލިކޮއްދިފައިވާއިރު އޭއްޗަކީ އެއްޗިއްސަށް ރިފްލެކްޓް ކުރެވޭ ބިއްލޫރިކޮޅެކެވެ. އެއަންހެންކުއްޖާ ހިނިތުން ވެލާފައި އޭތި ބިންމަތިން ނަގާ މުށް ތެރެއަށްލިއެވެ. ފަހުންވެސް އޭގެ ބޭނުން ޖެހިދާނެތީ ހަށިރައްކަލަކައްޓަކައެވެ.
ކުއްލިއަކަށް ބިންގަނޑު ހެލިލުމާއިއެކީ އެކުއްޖާގެ މޫނަށް އަރާފައިވާ ހަނދު އޮއްސުނެވެ. ބިންމަތިން ތެދުވެ ރޮއެގަންނަމުން ދުރަށް ދުއްވައިގަތީ އަމިއްލަ ސަލާމަތް ހޯދުމުގެ ބޭނުމުގައެވެ. މުށްތެރެއަށް ލެވިފައިވާ ބިއްލޫރިކޮޅު އަތަށް ނަގާ، ހަނދުގެ އަލިން އޭގެ ދެވަނަ އަލިކަމެއް، އެކުއްޖާގެ ފަހަތުން އަންނަ ނުބައި މަޙުލޫގުގެ ގައިގައި ޖެއްސީ، ސިކުނޑިގެ ތަނަވަސްކަން ދައްކައިދެމުންނެވެ. އެވަގުތު ބިންގަނޑު ގުޑޭވަރަށް އެމަޙްލޫޤު ހަޅޭއްލަވައިގަތެވެ.
“އޯއޯއޯރްރްރްރް.”
******
ފާޑަކަށް ދެރަވެފައި އިނދެ ޝާނާ އޭނައަށް ފެނުނު ހުވަފެން ކިޔައިދިންއިރު ނުހާ އިނީ ވަރަށް ބިރުގަނެފައެވެ. ވާހަކަ ކިޔައި ދިން މީހާ ގަންނާނެ ބިރު، ނުހާއަކަށް އަންދާޒާ ވެސް ކޮއްނުލެވުނެވެ. ޝާނާ ހާދަހާ ހިތްވަރުގަދައެވެ.
“ނުހާ!..” ޝާނާ ބުނަންވީހޭ، ނުބުނަންވީހޭ، ކިޔާ ދެފިކުރެއްގައި އިނދެ ނުހާއަށް ގޮވާލިއެވެ. ނުހާ ހޫމްމް އަޅުވާލިއެވެ. “އިނގޭތަ.. އެއީ ކޮންކުއްޖެއްކަން؟ ..” ޝާނާ އެހެން ބުމުން ނުހާގެ ހިތް އަވަސްވިއެވެ.
“ކާކު؟ ..”
“އެއީ ޝާން. އަހަރެންގެ ދައްތަ.. އަހަރެއްކުރިން އަހަރެންގެ އަތުން ބީވި ދައްތަ! ..” ޝާނާ ޝައްކެއްގައި އިނދެ ވަރަށް ޔަގީންކަމާއިއެކު ބުނެލިއިރު އެކަން އޭނާގެ ލޮލުން އަންގައިދެއެވެ. ނުހާގެ އަނގަ ހުޅުވުނެވެ. “ނުހާ! ޑޯންޓްޔޫ ތިންކް އިޓްސް ރިއަލީ ހެޕެނިންގ .” ޝާނާއަށް ބުނެވުނެވެ. “ހެޕެނިންގް؟ .. ނޭނގުނު ތިކިޔާ އެއްޗެއް؟ ..”
“މީޓޫ..” ޝާނާ ތެދުވެފައި ސްލީޕިންގ ބޭގް އެތެރެއަށްވަދެ އޮށޯވެލިއެވެ. ނިދަން އުޅޭ ފަދަޔަކުންނެވެ. ނުހާވެސް ބުރުގާ ހޯދުން ފަހަށް ބޭއްވުމަށްފަހު ޝާނާގެ ގާތަށް ޖެހިލުމަށްފަހު ފިނިވެފައި ހުރެ ސްލީޕިނގ ބޭގް ތެރެއަށް ވަދެ އޮށޯވެލިއެވެ. ފަލަޤި ނާސި ތިން ސޫރަތް ކިޔަވައި ކުރުސި ކިޔެވުމަށްފަހު ގަޔަށް ފުމެލައިގެންނެވެ.
** ** *** ** **
ނިދިފައި އޮތް ދެކުދިންނަށް ހޭލެވުނީ ބޭރުގައި މާއަޑުގަދަ ވާހެން ހީވުމުންނެވެ. އެންމެ ފުރަތަމަ ހޭލެވުނީ ޝާނާއަށެވެ. ދެލޯ އުނގުޅާލަމުން ތެދުވުމަށްފަހު އޭނާ ޓެންޓްގެ ޒިބު ކަހާލަން ހިނގައިގަތެވެ. “ނޫން އަދި ނުހުޅުވާ! ..” ނުހާވެސް ތެދުވެއްޖެކަން އޭނައަށް އެނގުނީ ނުހާގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ.
“އޯކޭ..” ޝާނާ ހިނގައިގަތީ ފެންބޯން ފެންފުޅިއާއި ދިމާލަށެވެ. ހޭލުމަށްފަހު އަނެއްކާވެސް ނުހާ ފަށައިގަތީ އޭނަގެ ބުރުގާ ހޯދުމުގެ މަސައްކަތެވެ. “ޕިސްޕިސް”. ޝާނާ ހުރީ ހީހީހަލާކުވާވަރުވެފައެވެ.
“ނުހާހާހާ ..” ޝާނާ، މަޑުމައިތިރި ރާގަކަށް ގޮވައިލިއިރު އޭނަގެ އަޑުގައި ވަނީ ލާނެތްކަމެވެ. “ހޫމް ..” ނުހާ އާދައިގެ ގޮތަކަށް ހޫމްއެއް އަޅުވައިލިއެވެ. ހަޤީޤަތުގައި އޭނަހުރީ ވަރަށް ރުޅިގަދަވެފައެވެ. ޝާނާ އޭރު ފެން ބޮމުންދިޔައިރު ނުހެވި، ކެތްކޮއްލެވެނީ ކިރިޔާއެވެ.
“ނުހާގެ ލޯ ކަނުވެފައި ހުރި ދުވަހަކީތަ؟ ..” . ޝާނާ އެއްސެވެ. ނުހާ ބޯހުރޫވާލުމަށްފަހު ތިކިޔާއެއްޗެއް ނޭނގުނު ކަމުގައި ބުނެލިއެވެ. “ނުހާ ތިކޮންނަނީ އަހަރެންގެ ދަބަހޭ! ..” ޝާނާ ހެމުން ހެމުން ގޮސް ލޮލުން ފެން އަންނަ ވަރުވިއެވެ.
ނުހާ ލޯބޮޑު ކޮއްލުމަށްފަހު ދަބަހަށް ބަލާލިވަގުތު ދެމިޔަނަކުން ސޮނި ނުފޭބީ ކިރިޔާއެވެ. ތެދެކެވެ. މިއީ ޝާނާގެ ދަބަހެވެ. ދެރައާއި އެއްވަރަށް ނުހާ ލަދުވެސް ގަތެވެ. އެވަގުތު ބިންފަޅާލައިފައި އަޑިއަށް ދެވޭނެނަމައޭ ނުހާގެ ހިތަށް އަރާފައި ފޭބިއެވެ. ތެދުވެ އަވަހަށް ޒިބު އަޅުވާލުމަށްފަހު ހޭން އިން ޝާނާގެ ބޮލުގައި އޮތް ބުރުގާ ނަގައި އޭނާގެ ބޮލުގައި އަޅާލީ ޝާނާ ރަކި ކޮއްލުމަށް ޓަކައެވެ. އަވަހަށް ޓެންޓުން ބޭރަށްވެސް ނުކުތެވެ. ޝާނާވެސް ހީގަނެފައި ހުރި ގޮތަށް ޓެންޓުން ނުކުތެވެ. އޭނާ އިނީ ހޫޑީއެއް ލައިގެންކަމުން ހޫޑީގެ ހުޑް އިން ބޯނިވާކޮއްލައި ބާރުކޮއްލާފައި ނުހާގެ ފަހަތުން ދުވިއެވެ.
“ވަޓް؟..” ނުހާއަށް ފެނުނީ ވަށައިގެން ކަހަލަ ގޮތަކަށް އެއްވެފައި ތިބި މީހުންނެވެ. އެމީހުންގެ ތެރެއިން މީހެއްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުނެވެ. މީހަކު ފަހަތުގައި މަޑުކޮއްލުމުން އެއީ ޝާނާކަން ނުހާއަށް ޔަގީންވިއެވެ.
*******
.މިއަދު ހެނދުނު އިރުއެރީ ކޮންކޮޅަކުން ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.
ބޭރުގައި މާވަރަކަށް އަޑުގަދަވެގެން އަރާމު ނިދީގައި ޓެންޓުތަކުގައި ތިބި މީހުން ބޭރަށް ނުކުތީ، އެމީހުންގެ ނަސީބު ރަނގަޅު ކަމުންނޭވެސް ބުނެވިދާނެއެވެ.. ޖަންގަލީގެ ބޯ ބިޔަ ގަސްތަކުގެ ކައިރީގައި ކަކުލުގައި ބޯއަޅައިގެން އޮއްވާ އެމީހުންނަށް ފެނުނީ ދެވަނަ ޝާނާއެކެވެ. އެމީހުންނަށް ތިބެވުނީ މި ވާގޮތް ނުވިސްނިފައެވެ. މަދީހާ އެކުއްޖާއަށް ޝާނާއޭ ކިޔާ ގޮވައިލުމާއިއެކު އެކުއްޖާ ހައިރާންވެފައި އޭނައާއި ދިމާލަށް ބަލައިލީ ދަންނަ މީހަކު ފަދައިންނެވެ.
މިވީ ކީއްތޯއެވެ. މިއީ ޝާންއެވެ. ޝާނާގެ ދައްތައެވެ. މަދީހާގެ ދެލޯ ބޮޑުވެފައި ވާއިރު އެދެލޮލުގައި ކަރުނަތައް ބަބުޅަމުން ދިޔައެވެ. އެހެންމީހުން ހީކުރީ އެއީ ހަންޑިއެއް ކަމަށެވެ. ޝާންގެ ދުލުން ހަޤީޤަތް އިވުމަށް އެދި މަދީހާގެ ހިތް ބޭޒާރުވިއެވެ.
ވާހަކަ ފެށުނު ތަނާ ޝާނާ އައެވެ. ޝާނާވެސް ހުރީ ހައިރާންވެފައެވެ އެހެންވީމާ އޭނަގެ ހުވަފެނަކީ ތެދެއްތާއެވެ!
އެއީ މީގެ އެގާރަ ކުރިއެވެ. ނިދާފައި އޮތް ޝާން އަށް ހޭލެވުނީ ކޮންމެވެސް ތޫނުއެއްޗެއް ވަކި އަޅާފައި އެކޮޓަރިއަށް ވަތްހެން ހީވުމުންނެވެ. ފާރުގައި އަތުން ވަކި ހިއްޕާފައި އޮތް އެތި ފެނިފައި ޝާންގެ ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ހިގާލިއެވެ. ހަންގަނޑު ބިރުން ތުރުތުރު އަޅައިގަތެވެ. މިއީ އެފުރޭތަ ބާއެވެ. އާއެކެވެ. ރެދަން ފުރޭތައެވެ. މިފުރޭތަ ހަމަ ޔަގީނުންވެސް މިއަދު އޭނަ ގެންދާނެއެވެ.
ޝާން ބިރުން ފަހަތަށް ޖެހި އޮތެވެ. އެފުރޭތައިގެ ރަތްކަންގަދަ ދެލޯ ހުއްޓިފައިވަނީ އޭނައަށެވެ. އޭނަގެ އެއްވެސް ކުށެއްނެތި އޭނައަށް ބިރުދައްކަމުން ގެންދާ މިފުރޭތަ އަކީ ނުބައި ފުރޭތައެކެވެ. އޭގެ މަގަށް ހުރަސް އަޅާ ކޮންމެ އެއްޗަކަށް ވެސް އޮތީ މަރެވެ. ދުވަހަކުވެސް އެއްޗަކަށް ނުވިތާކަށް މީހަކަށްވެސް ދުލެއް ނުދޭނެއެވެ. ޝާން ބިރުން ދާހިއްލާފައި އިންދާ އޭނަ ޖަހައިގަނެގެން އެފުރޭތަ ދިޔައީ އެއްވެސް ރަހުމެއް ކުލުނެއް ނެތީމާ ތޯއްޗެކެވެ.
އެކި ރަށްތަކުގެ މަތިން އެފުރޭތަ ދަތުރުކުރަމުން ގެންދިޔައެވެ. ސޯޅަ ގަޑިއިރު ހަމަވެއްޖެއެވެ. ޝާން އޮތީ ފިނިގަދަކަމުން އެއްޗެއް ބުނެލާނޭ ވަރެއް ނެތިފައެވެ. ޖައްވުތެރެ އެހާވެސް ފިނިވެފައި ހުރި ވަގުތެކެވެ. މުޅި ޖައްވުގައި ވެސް ވަނީ ތެތް ފިނިކަމާއި އެކު ދުންފިނީގެ އަސަރެވެ. އިރުއިރުކޮޅުން އެއަންހެން ކުއްޖާ ހަޅޭއްލަވައިގަންނަނީ ގަންނަ ބިރާއިއެކު ސިހުން ލިބޭތީއެވެ.އޭނައަށް އެހީތެރިވެދޭނޭ މީހަކު ނެތެވެ. ހުރިހާ ވެސް މީހަކު ވިއްޔާ އެތިބީ ބިމުގައެވެ. އޭނާ އެހެން ހަޅޭއްލަވައިގަންނަ ކޮންމެފަހަރަކު ފުރޭތަ ބިމުކައިރިން ދަތުރު ކޮއްލައެވެ. އަދި ޝާން ޖައްވުގެ ތެރެއަށް ދޫކޮއްލާ ނަމަވެސް ނަމަވެސް ބިމުގައި ޖެހުމުގެ ކުރިން، ކޮންމެ ފަހަރަކު ވަކި ހިއްޕާލާފައި އައިސް ޝާން ނަގައިގަނެއެވެ. އޭނަގެ ގައިގައި ހަޅޭއްލަވައިލަވައި ކިރިޔާ ހުރި ކުރަކި އަޑު ހުރިކަމެވެ.
މިއީވެސް ހަމަ އެހެން ހަޅޭއްލަވައިގަތް ފަހަރެކެވެ. މިފަހަރު ފުރޭތަ ޝާން ވައިގެތެރެއަށް ދޫކޮއްލީ ތަންކޮޅެއް މަތިންނެވެ. ބިރުން ފިތްކަނޑައިގެން ދާވަރުވެފައި ހުރި ޝާން ބާރު ބާރަށް ހަޅޭއްލަވައިގަތެވެ. މަތީގައި ފުރޭތަ މަންޒަރު ދެކެން އޮތީ ނުލަފާ ހިންޏެއް އައިސްފައެވެ. އޭއްޗަށް ހީވާ ކަހަލައެވެ. އޭއްޗަށް މި ދުނިޔޭގެ ހުރިހާ ބާރެއް ލިބުނީއެވެ.
ފުރޭތަ ޝާން ހިފައިގަންނަން ފައިގެ ވަކިތައް ހުޅުވާލިއެވެ. އެހެންނަމަވެސް ވީ ވަރަށް ދެރަ ގޮތެެކެވެ. ޝާން ގޮވައިގެން އެއްފަހަރު ފުރޭތަ ފިޔަ ތަޅުވާލުމާއިއެކު ފުރޭތައިގެ އަތުން ސޮހިގެން މަޑު ވިނަގަނޑެއްގެ މައްޗަށް ޝާން ވެއްޓުނެވެ. ނަމަވެސް ލޮލުފިޔަ ޖެހޭހާ އަވަހަކަށް ޝާން ތެދުވެެގެން ބޯ ވިނަގަނޑެއްގެ ތެރެއަށް ވަނީ އަމިއްލަ ސަލާމަތްކަން ހޯދުމުގެ ގޮތުންނެވެ. އެދުވަހުން ފެށިގެން މިއަދާއި ހަަމައަށްވެސް ފުރޭތައަށް ޝާން ހޯދުމަށްވަނީ ނުކުޅެދިފައެވެ.
ކިހާ ހިތްވަރުގަދަ އަންހެން ކުއްޖެއް ހެއްޔެވެ؟ އެތަށް ވޭނަކާއި ކެކުޅުމެއްގައި އުޅެފައި ވެެސް ސަލާމަތުގެ އައްސޭރިއަކަށް ދިރިއުޅުމުގެ ހުންގާނު އޭނަގެ އަތުން އަނބުރާލެވުނީއެވެ. އަދިވެސް އޮތީ ކާމިޔާބެވެ. ހިތްވަރުން ލިބުނީ ފައިދާއެވެ. އަމިއްލަ ސަލާމަތެވެ.
ކާމިޔާބު ދެއްވާނީ މާތް ﷲއެވެ. އަޅުގަނޑުމެންގެ މަސައްކަތަކީ އެކަލާނގެއަށް ވަކީލުކުރުމެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުން ފައިދާ ލިބޭނީ މާތް ﷲއަށް ވަކީލުކުރާ އަޅުންނަށެވެ. އެކަން ހަނދާން ނައްތާ ނުލާށެވެ.
ޝާން ގޮވައިގެން ބިރުގަނެފައި ތިބި މީހުންތައް މެލޭމް ދޫކޮށް ޜަށަށް ދާން މިސްރާބު ޖެހިއެވެ. އެފުރޭތައިގެ ބޭނުން ނުފުދުނު ކަމީވެސް ނަސީބެކެވެ. ރެދަން ފުރޭތަ އެ މަސައްކަތްކުރީ ޝާން ކާލުމަށެވެ. ޝާންގެ ދުވަސް ދުއްވާލުމަށްފަހު ދުވާނީ ދެން ކާކުގެ ފަހަތުން ކަމެއްވެސް ނޭނގެއެވެ.. ނަމަވެސް ވަގުތު އޮއްވާ މާތް ﷲ އެކަލާނގެ އަޅުން ސަލާމަތް ކޮއްދެއްވީއެވެ.
“ވަރަށް ފޫހި ދަތުރެއް! ..” ފަނޑުވަމުން ދިޔަ މެލޭމުގެ މަލިމައްޗަކީ ބަލައި ފޫހި ނުވާނެ ތަނެކެވެ. ނަމަވެސް ނުހާ އެރަށުގެ މަތިން ހަނދާން ނެތިއްޖެއެވެ. ދަތުރުގެ އެހެން ބައިވެރިންވެސް މެއެވެ. އެއާއިއެކު ޝާނާ ހީލީއެވެ.
(ނިމުނީ)
މި ކުރުވާހަކަ ރީތި ވާނެ ކަމަށް އުންމީދުކުރަން


