މެޝިންތަކުގެ އަޑު ގަދަ ވިހެން ހީވިއެވެ. އޭރު ނޭވާ ނުލެވިގެން ރުމޭނިއާ ތެޅި ފޮޅެއެވެ. ޑޮކްޓަރާ ނަރުހުން ބާރުބާރަށް އައިސް އާއިލާ އެންމެން ޖަމާވިއިރުވެސް ޝިފާ ހުރީ ހުއްޓުން އަރާފައެވެ. އަޑުއަހަން ބޭނުން ނުވާ ވާހަކަ ތަކެއް އަޑު އިވުނީއެވެ. ހިތުގެ އެތި ކޮޅުތައް އެކި ތަނަށް ބުރައިގެން ދިޔަ ކަހަލައެވެ. ދިރިއުޅުމެއް ބިނާކުރަން ރޭނި އުސް އިމާރާތް ބިމާ ހަމަވިކަހަލައެވެ. ރިތި އައްސޭރިއެއް ހޯދުމަށް ދަތުރުކުރަމުން ގޮސް ކަނޑަށް ބެހުނުކަހަލައެވެ. ވައިގަދަ ދުވަހަކު […]
އިރުކޮޅަކު އެހެން ހުރުމަށްފަހު ފެންވަރާލަން ދިއުމަށް ޝިފާ އެދުނެވެ. ޒައިކް ފާހާނާ އަށް ވަން އިރު ޝިފާ ބޭގުގަ ހުރި އެއްޗެހި އަލަމާރިއަށް ލާން އުޅުނެވެ. މީހަކަށް މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކަތައް ކިޔައިދެވުމުން ޒައިކް އަށް ހިތްހަމަ ޖެހުން ލިބުނެވެ. އެނދުގައި އިށީންނުމުން ޝިފާވެސް އައިސް ގާތުގައި މަޑުކޮށްލިއެވެ. ޒައިކް ޝިފާ އަތުގައި ހިފާލުމަށްފަހު ކުޑަކޮށް ދަމާލައި އެނދަށް ވައްޓާލިއެވެ. ޝިފާގެ މަޑުމަޑު ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރުނު އަޑާއެކު ޒައިކް ޝިފާ […]
ފޮޓޯގަނޑު އަނެއް ފުށައް ޖެހުމުން ޒައިކް ދިޔައީ ސިހިގެންނެވެ. ލިވީ އާއި އޭނަ ގެ ވެޑިން ޑްރެސް ލައިގެން ހުރި ފޮޓޮއެކެވެ. ޝިފާއަށް މިލިބުނީ ކިހިނެއްކަމެއް ނޭނގިގެން ހާސްވިއެވެ. އަދި ޝިފާ އަތުގައި އޮތް އޭނަގެ ޑައިރީ ފެނުމުން އަލުން ޝިފާ މޫނަށް ބަލއިލީ ކުއްވެރި ކަމުގެ އިހުސާސް ކުރެވިގެނެވެ. އިތުރައް ފޮރުވުމުގެ ބޭނުމެއް ނެތެވެ. ދިރިއުޅުމުގައި ކުރަން ބޭނުން ކަމެއް އަބަދުވެސް ކާމިޔާބުކުރުމަށް ކޮންމެމީހަކުވެސް މަސައްކަތް ކުރާނެއެވެ. ހަނދާން ނެތިފައި ހުންނަ ކަންކަން […]
ގިނަ އިރުތަކެއް ނުވެ ގޭގެ ބެލް ޖަހާލި އަޑަށް އެންމެން ސިހުން ވިއެވެ. ޒައިކް ދުވެލާފައި ދޮރު ހުޅުވާލަން ދިޔައީ އުންމީދާ އެކުއެވެ. ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ބިރާ ސިހުމާއެކު ބަލަން ހުރެވުނީ ވަނުމަށް ތަންވެސް ނުދައްކައެވެ. އޭނަ އަށް ޝިފާ ގެއްލެން އުޅޭކަމުގެ ސިގުނަލް ކުރިމަތިން ފެންނަކަހަލައެވެ. ލޮލުން ކަރުނަ ނުފެނުނަސް ހިތުން ލޭ ކަރުނަ ފައިބައެވެ. ” ހައި. ޒައިކް. ބައްޕަ އަށް މަރުޙަބާއެއް ނުކިޔާނަންތަ؟ […]
” ޒައިކް އަށް އަޑު އަހާނެ ވަގުތެއް ވި ނަމަތާ؟” ޒައިކް މޫނަށް ބަލާލަމުން ޝިފާ ގެ ދެލޯ އިތުރަށް ވިދާލީ އެދެލޮލުން ފެނުނު ކުލައަކުންނެވެ. މާގިނަ އިރަކު ބަލަހައްޓައިގެން ހުރުމުގެ ޙިޔާލެއް ޒައިކް ހުރި ހެނެއް ހިޔެއް ނުވެއެވެ. ހުރިހާ ކާރެއް ހުއްޓުނީ މަގު ހިނގާ މީހުން ނަށް ވަގުތު ޖެހުމުންނެވެ. ހުންގާނުން އަތް ދޫކޮށްލަމުން ޝިފާ އުނަގަނޑުގައި ހިފާ ގާތަށް ދަމާލީ ކެއްތެރިކަން ކުޑަވެފައި ހުރި މީހަކު ފަދައިންނެވެ. […]
” ބޮސް، ޔުއާރ ވައިފް އިޒް ގޮއިން ވިތް ޔަމާން ” ޒައިކު ފޯނު ނެގުމުން ލިބުނު ޙަބަރަކުން ހުރެވުނީ މީޓިންއެއްގައި ކަމެއްވެސް ހަނދާނެއް ނުވިއެވެ. ކޮޅަށް ތެދުވަމުން ވާހަކަ ދެއްކި އިރު އަޑުވެސް ދަނީ ތުރުތުރު ލަމުންނެވެ. ވަށައިގެންހުރި އެންމެނަށް ނަޒަރު ހިންގާލިއިރު އެންމެން ހައިރާންވެގެން ބަލަން ހުއްޓެވެ. އެ ކާރަށް ފޮލޯ ކުރުމަށް ބުނެ މީޓިން ކުރުކޮށްލަމުން ނުކުތީ ކާރަށް އެރުމަށެވެ. އޭރު އެދެ ލޮލުން ދެރައާއި އެއްވަރަށް ނުރައްކާތެރި ދަރަޖަ އަކަށް […]
ވީ ދެރައިން ކުރަން ހިތައް އެރީ ދެން ދުވަހަކު ނުކުރުމަށް ހިތައް އެރި ކަމެކެވެ. ބައެއް ފަހަރު ހިތާމައިގެ ސަބަބުން ހަމަ ވިސްނުން ގެއްލޭ ފަދަ ކަންކަން ކުރެވޭއިރުވެސް އާދެއެވެ. ވަގުތު ފާއިތު ވާފަހުން ވިސްނޭ އިރު އޮންނަނީ ދުނިޔެމަތިން ލިބޭނެ ދެރަ ލިބިފައެވެ. **************** ” ވޯވް، އިޓްސް ބިއުޓިފުލް ޕްލޭސް ޔަމާން. މި ކާޓެން ދަމާލާފަ ބަހައްޓައްޗޭ. ކީއްވެތަ ޔަމާންގެ ޕީއޭ ނުހުންނަނީ. މިހާ ރީތި […]
ކާރު ޕާކު ކޮށްލުމަށްފަހު ފައިބަމުން ކޮތަޅު އަތަށް ނެގިއެވެ. އަދި ޒައިކް އޮފީސް ބިލްޑިންއަށް ބަލާލިއެވެ. މިނޫނީ އަދި ދުވަހަކުވެސް މިތަނަކަށް ނާދެއެވެ. އެ ބިލްޑިންގ އަށް ބަލާލައިފިނަމަ ބޯ އަނބުރައިގަންދާނެއެވެ. ހަމަގައިމުވެސް ތިރީހަކަށް ބުރި ހުންނާނެއެވެ. މުޅި ބިލްޑިންގަ ވަނީ އަޅި ކުލައިގެ އޮފް މުއްޓެއް ޖަހާފައެވެ. އޭގެ ސަބަބުން ދުރުދުރަށް ވެސް ދަޅަ އަޅައެވެ. އޮފީސް ދޮރުމަތީ އެކިވައްތަރުގެ މާތަކުން އޮތީ ފުރި ބާރުވެފައެވެ. މިބަގީޗާ ބަލަހައްޓަނީ ވަރަށް ކުޅަދާނަ މީހެއްކަން […]
” މިރޭ އެބެއް އާންޓުމެންގޭގަ ޕާޓީއެއް. ދެމީހުންނަށް ދައުވަތު ދީފައި އޮތީ. ވާނެ ދާން ” ޒައިކް ގެ ވާހަކައަށް ޝިފާ އެއްބަސް ވިއެވެ. އަދި ލާނެ ހެދުމެއް ގެނެސްދޭނެކަމުގައި ޒައިކް ބުނުމުން ޝިފާ އުފަލުން އުދުއްސައި ނުގަތީ ކިރިއާއެވެ. ކުޑަކޮށްނަމަވެސް އޭނަ އާއިމެދު ވިސްނާ ކަމަށްޓަކާ އުފާކުރެއެވެ. އަދި އުންމީދަކީ އޭނަދެކެ ޒައިކް ވަރަށް ބޮޑަށް ލޯބިވުމެވެ. އެދުވަހަކުން ދުނިޔެމަތީގައި ހުރި އެންމެ އުފާވެރި ކުއްޖާއަށް އޭނަވާނެކަން ޔަގީނެވެ. ރޭގަނޑުގެ ވަގުތެވެ. […]