Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 22

Belle Level 310 Stories100 Comments100 Login500 Login
July 23, 2019 4 Mins Read
34 Comments

 

 

މެޝިންތަކުގެ އަޑު ގަދަ ވިހެން ހީވިއެވެ. އޭރު ނޭވާ ނުލެވިގެން ރުމޭނިއާ ތެޅި ފޮޅެއެވެ. ޑޮކްޓަރާ ނަރުހުން ބާރުބާރަށް އައިސް އާއިލާ އެންމެން ޖަމާވިއިރުވެސް ޝިފާ ހުރީ ހުއްޓުން އަރާފައެވެ. އަޑުއަހަން ބޭނުން ނުވާ ވާހަކަ ތަކެއް އަޑު އިވުނީއެވެ. ހިތުގެ އެތި ކޮޅުތައް އެކި ތަނަށް ބުރައިގެން ދިޔަ ކަހަލައެވެ. ދިރިއުޅުމެއް ބިނާކުރަން ރޭނި އުސް އިމާރާތް ބިމާ ހަމަވިކަހަލައެވެ. ރިތި އައްސޭރިއެއް ހޯދުމަށް ދަތުރުކުރަމުން ގޮސް ކަނޑަށް ބެހުނުކަހަލައެވެ. ވައިގަދަ ދުވަހަކު ސަލަމަތާ ރައްކާތެރިކަން ހޯދަމުން ދިޔަ ކުޑަކުޑަ ފަތެއް ޖައްވުތެރެއަށް ދޫވިފަދައެވެ. ލޮލުގެ ފެނުމުން މަޙުރޫމު ވެފައިވާ މީހަކު ހިނގާލާފައި ދަމުން ކޯރަކައް ވެއްޓި ޤަރަޣު ވުމެކޭ އެއްފަދައެވެ.

 

 

***************

 

 

އެންމެން އެނދުކައިރީ ރޯން ހުރި އިރު ޝިފާ ބޭރަށް ޖެހެމުން ޖެހެމުން ގޮސް ބޭރުގައި ހުރި ގޮނޑިއެއްގައި  މަޑުކޮށްލިއެވެ. އަދިވެސް އޭނަގެ ހިތުގެ ތެޅުމެއް ނުހުއްޓެއެވެ. ލޯކުރިމަތިން ސިފަވީ ރުމޭނިޔާގެ އެންމެ ފަހުގެ ބަސްތަކެވެ. އެވޭންދެނިވި ހަގީގަތް ގަބޫލުކުރުމަށް ޝިފާގެ ޒަމީރު އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ. މިވަގުތު އޭގެން އެއްވެސް ވާހަކައެއް ހިތައް ގެންނާކަށްވެސް ބޭނުމެއް ނުވެއެވެ. ހިތުގައި ކަނޑީގެ އެއްހާސް އެތިފަހަރު އެއްފަހަރާ އެޅުނުކަހަލައެވެ. ޝޮކެއް ޖެހިފައިވާ މީހަކު ފަދައިން ކަރުނައަކީ މިވަގުތު ލޮލާ ރުޅި އެއްޗަކަށް ވިއެވެ.

 

 

 

އެތައް އިރަކު ހޮސްޕިޓަލްގައި އުޅުމަށްފަހު ޝިފާ ބޭރަށް ނުކުތީ ގެއަށް ދިއުމަށެވެ. ޒައިކް ކައިރީ ބުނީ ބޮލުގައި ރިހޭ ވާހަކައެވެ. ޔަމާން އޭނާ ގެއަށް ގެނެސްދޭން ކުރުނުކޮށް ކިޔުމުން އެކަމަށް އެއްބަސްވީ ޒައިކުވެސް އެދުމުންނެވެ. ކާރުގައި ހުރިއިރުވެސް އެހެން ކަމަކަށް ވިސްނުން ހިނގޭވަރެއް ނުވިއެވެ.

 

 

 

” ލޯބިވާ މީހެއްގެ އުފަލައްޓަކައި އަމިއްލަ އުފާ ގުރުބާން ކުރުމަކީ ލޯތްބައްޓަކައި ގުރުބާންވުންތަ؟ ” އެއްވެސް އަސަރެއް ނެތްގޮތަކަށް  ޝިފާ ޔަމާން އަށް ބަލާލިއެވެ.

 

 

 

” ހޫމް. އެކަމަކު ގުރުބާން ވެވުނު ފަރާތައް އެކަން ގަބޫލު ކުރެވެންޏާ ” ޔަމާން ގެ އަޑުއިވުމުން ޝިފާ އަށް މޭގައި އަތް އަޅާލެވުނެވެ.

 

 

 

” އަހަރެން ނިންމައިފިން ޒައިކް އެންމެ ލޯބިވާ ކުއްޖާ އޭނަގެ ހަޔާތައް ގެންނަން ” ޝިފާ ދެއްކި ވާހަކައަކުން ޔަމާން އަށް ކުއްލިއަކަށް ކާރުގެ ބުރެކި ޖައްސާލެވުނެވެ. ” ވަޓް ” އޭ ކިޔާލުމަށްފަހު ނިއްކުރިމައްޗައް ރޫތައް ގިނަވިއެވެ. އޭނާއަށް ޝިފާ މިކިޔާ އެއްޗެއް ނޭނގުނެވެ. އާންޓުގެ މަރާއެކު ޝިފާގެ ވިސްނުން ހުއްޓުނީކީ ނޫންބާއެވެ.

 

 

 

 

” ޝިފާ އާރ ޔޫ އޯކޭ. ޒައިކް އަށް އެއަންހެން ކުއްޖާ ހޯދަ ދީފަ ދެން ޝިފާއަށް ވާނީ ކިހިނެއް. މިހާރު ތި ގުޅުން ރަނގަޅު ވެފަ ހުއްޓަ ކޮން ސަކަރާތެއް ޖަހަން ތިއުޅެނީ ” ޔަމާން ނުރުހުމައެކު ވާހަކަ ދެއްކިއެވެ. ޝިފާ އެދައްކަނީ ކޮންއަންހެން ކުއްޖެއްގެ ވާހަކަ ކަން ނޭގުނަސް ޝިފާ އާއިއެކު އޭނާ ހުރިކަން އަންގައި ދިނުމަށްޓަކައި ވާހަކަ ދެއްކިއެވެ.

 

 

 

” އެހެން ވިއަސް ރުމޭނިއާ އާންޓް މަރުވުމުގެ ކުރިން އަހަރެން ކައިރިން އެދުނީ ލިވީ ހޯދުމަށް ، އަދި އާންޓުއަށް ޒައިކް އެދުވަހަކުން މާފުދިނުމަށް އެދުނީ ”

 

 

 

” ވަޓް ”

 

 

 

” ޕްލީޒް ޔަމާން މިވަގުތު އެހުރިހާ ވާހަކައެއް ނުދެއްކޭނެ. ބޭނުމީ އެކަނި ވެލަން ” ގެއަށް އާދެވުމުން އެތެރެއަށް ވަނުމަށް ޝިފާ ހިނގައިގަތީ މީގެން އެއްވެސް ވާހަކައެއް ޒައިކް ކަންފަތައް ނުފޯރުވުމަށް ބުނެފައެވެ.

 

 

 

ކޮޓަރިއަށް ވަނުމަށްފަހު ދޮރު ލައްޕާ ތަޅުލިއެވެ. އަދި އެނދުގައި އޮށޯވެލުމަށްފަހު ބާލިހުގައި ވަރަށް ބާރަށް ބައްދާލިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އަންނަން ފެށީ އެންމެ ލޯބިވާ ފަރާތް ގެއްލެން ގިނަދުވަސް ތަކެއް ނެތުމުންނެވެ. އެހިތުގައި ފުންވެފައިވާ ފުރިހަމަ ލޯބި ފަނޑުނުވާނެއެވެ. ޒައިކް ފަރާތުން ލިބުނު ފުން ލޯބި ނުފޮހެވޭނެއެވެ. އެހެނަސް މިހާ ދުވަސްވީއިރުވެސް ޒައިކް އަށް އޭނަދެކެ ލޯބިނުވެވުނެވެ. އެކަން އަމިއްލައަށް ބުނި ވަގުތުވެސް މިހާ ދެރައެއް ނުވެއެވެ. އޭނާ ޒައިކުގެ ހިތް ހާސިލުކުރުމަށް ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވާނެއެވެ.

 

 

 

މިހާރު މިޖެހުނީ އޭނަ އެންމެ ލޯބިވާ ފަރާތް އެހެން މީހަކަށް ދޭށެވެ. ކިތަންމެ ބޭނުން ނުވިކަމުގައި ވިޔަސް އެހަގީގަތާ ކުރިމަތި ލާން ޖެހުނީއެވެ. ޒައިކް އުފަލުން ހުރިނަމަ އޭނަވެސް އުފާވާނެއެވެ. ޒައިކު ދެރަވާކަމެއް ނަމަ އޭނާވެސް އެކަމަކާ ދެރަވެއެވެ. ދެން ހަޔާތުގެ ބާކީ ދުވަސްތައް އެހަނދާން ތަކާއެކު އުޅެވިދާނެއެވެ. އެ ލޯބީގެ ވަގުތުތައް ހަނދާން ކުރުމުގައެވެ. އެކަރުނަތައް ހުއްޓޭކަށް ޝިފާ ބޭނުމެއް ނުވިއެވެ. ބޭނުންވަނީ  ހިތް ފުރޭވަރަށް ރޯލުމަށެވެ. ކަރުނައިގެ ކޯރެއް ފަދައިން އޭނާގެ ލޮލުން ކަރުނަތައް ދެމެމުން ދިޔައެވެ. މިކަހަލަ ގޮތެއް ވެދާނެ ކަމަށް ދުވަހަކުވެސް ހީ ނުކުރެވެއެވެ. އޭނާގެ ހަނދާނަށް އައީ ރުމޭ އާންޓް ދެއްކި ވާހަކަ ތަކެވެ.

 

 

 

********************

 

 

 

ޒައިކް އާ އޭނަގެ އާއިލާ މީހުން ކޮޓަރި ބޭރުގައި މަޑުކޮށްގެން ހުއްޓެވެ . އާންޓު ވަކިން އޭނާއާ ބައްދަލު ކުރަން ބުނިއިރުވެސް މިކަހަލަ ވާހަކައެއް އަޑު އިވިދާނެކަމަށް ހީވެސް ނުކުރެވެއެވެ. ނޭވާލާން ފަސޭހައަށް މާސްކު އަޅައިފައި ވެއެވެ. ކިތަންމެ ދެރަވިއަސް ހިތްވަރު ކުރިއެވެ.

 

 

 

އެ އަތުގައި ހިފާލަމުން ފިރުމާލީމެވެ. އަދި ހިތްވަރުކުރުމަށް ބުނަމުން ރަނގަޅުވާނެކަމަށް ބުނީމެވެ.

 

 

” އައި ޑޯންޓް ވޯންޓް ޓު….ޓު ގެޓް ފަ…ފައިން. އިޓްސް ޓައިމް …..ފޯރ މީ ޓު ގޯ…” ކެއްސަމުން އުނދަގޫ ގޮތަކަށް ރުމޭނިއާ ވާހަކަ ދައްކަމުން ދިޔައެވެ. ” ޕްރޮމިސް މީ ވަން ތިންގް ޝިފާ …އަހަރެންގެ އެންމެ ފަހުން މި އެދޭ ކަންތައް ކޮއްދީބަލަ ” އުންމީދު ނެއް މީހަކު ފަދައިން ވާހަކަ ދައްކަމުން ދިޔައިރު އެދެ ލޮލުންވެސް އެކަން ފާޅުވާން އެބަ ހުއްޓެވެ. ދުނިޔޭގައި ދިރި ހުންނާނެ އެންމެ ފަހު ވަގުތު ތައް ގުނާމީހަކު ކުރާނީވެސް ކޮން އުންމީދެއް ހެއްޔެވެ. އެންމެ ފަހުގެ ވަސިއްޔަތް ކުރާމީހަކު ފަދައިން ކަންތައް ކުރިއެވެ.

 

 

 

” ތި ގޮތައް ވާހަކަ ނުދައްކަފާނަންތަ؟ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އަދި ” އެ މޫނު މަތީގައި ފިރުމާލަމުން ޝިފާ ވާހަކަ ދެއްކިއެވެ.

 

 

 

” ޕްލީޒް ޝިފާ ، އިތުރައް ކީމޯ ތެރަޕީ ނަގާކަށް ބޭނުމެއް ނޫން. އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ އިސްލާމްދީނުގެ ހިދާޔަތް ލިބުމުން. އެކަމަށް ޝުކުރުވެރިވަން. އެއްކަމަކަށް އެއްބަސް ވެދީ. އޭރުން މަރުވާއިރު ހިތައް ހަމަޖެހުން ލިބޭނެ ” ކުޑަކޮށް ރޯލަމުން ޝިފާ އަތުގައި ހިފަހައްޓާލިއެވެ. އެއަތުގެ ތުރުތުރު ލުން އޭނާއަށްވެސް ފާހަގަ ވިއެވެ.

 

 

 

” އޯކޭ. ވަޓް އިޒް ޔުއާރ ވިޝް؟ ” ހައިރާންކަމާއެކު އޭނާއަށް އަހާލެވުނެވެ. ޒައިކް އާ އޭނަގެ އާއިލާ ހުއްޓައި އޭނާ ކައިރީ މިކަހަލަ ވާހަކައެއް ދެއްކުމުގެ މާނަ އަކީ ކޮބާބާއެވެ.

 

 

 

” ލިވް…ލިވީ ” އެހާ ހަމަ އަށް ބުނެވުނު އިރު އަހަރެންގެ ދެލޯ ބޮޑު ކޮށްލަން ޖެހުނެވެ. މިކަހަލަ ގަޑިއެއްގައި ލިވީގެ ވާހަކަ ދައްކަންވީ ކީއްވެބާއެވެ. ނުބައި ގޮތެއް ވިއެވެ.

 

 

 

” ލިވީ ” އެނަންވެސް ކިޔާލެވުނީ ހައިރާން ކަމާއެކުއެވެ.

 

 

 

” އޭނަ ހޯދާ. ލިވީ އަކީ ޒައިކްގެ ދަރިފުޅުގެ މަންމަ. ޒައިކް އަކަށް ނޭނގޭނެ ލިވީ ބަނޑުބޮޑު ކަމެއް ދިޔައިރަކު. އަހަރެންގެ ދަރިފުޅާ ޒައިކް ކައިވެނި ނުކުރުމުން އެކަމާ ރުޅިއައިސްގެން އުޅެނިކޮށް ދަރިފުޅު ސުއިސައިޑް ކުރީ. އެކަން ބަލާގަންނާކަށް ފަސޭހައެއް ނުވި. ބޭނުންވީ ޒައިކް ދިރިއުޅުން މަތިން އިތުރައް ފޫހިކުރަން. ލިވީ ގެނައީ އަހަރެން. އޭނަގެ އެކަކުވެސް ދުނިޔޭގައި ނެއްކަން އިނގުމުން އޭނަ ބޭނުން ވަރަށް ރުފިޔާ ދީގެން ކޮލެޖައް ވައްދާ ޒައިކް އާ ގުޅެން ބުނިން. އަދި ޒައިކް އޭނަ ދެކެ އިންތިހާއަށް ލޯބިވެ ކައިވެންޏާ ހަމައަށް ދިއުމުން ލިވީއަށް މަޖުބޫރު ކުރުވިން ޒައިކް ދޫކޮށް ދިއުމަށް. އެކަމަކު ލިވީ ވަނީ ޒައިކް ދެކެ އިންތިހާއަށް ލޯބިވެފަ. ނުދާންވެގެން ވަރަށް ވަރު ދެއްކި. އެކަމަކު ލިވީ އެކަންތައް ކުރަން އަހަންނާއެކު ސޮއިކުރި އެގްރިމެންޓް ޒައިކް އަށް ދައްކާނަމޭ ބުނުމުން އަހަންނަށްވެސް ނޭނގި ދިޔައީ ފުރަތަމަ. އޭރު އޭނަވަނީ ޒައިކް އާ ކައިވެނިކުރަން އިސްލާމްވެސް ވެފަ. ވަރަށް އުނދަގުލުން އޭނަގެ ގާތް ރަޙުމަތްތެރިއަކު މެދުވެރިކޮށް އަށްވަރަކަށް މަސްދުވަހުން ލިވީ ހޯދުނީ. އޭރު ހުރީ ވިހަން ތައްޔާރުވެފައި. ވަރަށް ދެރަވި އެދުވަހު އަލުން ޒައިކް ކައިރިއަށް އައުމަށް އެދުނިން. އަހަންނަކަށް ނޭނގުނު އެއްގޮތަކަށްވެސް ލިވީ ބަނޑުބޮޑުކަމެއް. އަހަރެންގެ ހިތައް ރަޙުމު ވަން. އެތުއްތު ތުއްތު މޫނު ދެކިލުމަށް ކެއްމަދުވި. ކޮންމެ ދުވަހަކު ލިވީ ގެ ހާލު ބަލަން ގުޅަން. ކުރެވުނު ބޮޑު ގޯސް ހިތައް އަރާ ކޮންމެ ފަހަރަކު ދެރަވޭ . އިސްލާހުވެ ތައުބާ ވީން. ”

 

 

 

” ބޭނުންވާ ހުރިހާ އެއްޗެއް ހޯދުމަށްފަހު ފޮނުވަމުން ދިޔައީ. އަހަންނަށް ކުރެވުނު ކަންތައް ރަނގަޅުކުރަން ނިންމައިގެން ހުރީ. ވިހެއީމަ ދަރިފުޅާ ލިވީ ގޮވައިގެން ޒައިކް ކައިރިއަށް އައުމަށް ހިތުގައި ވި. ދުރުވެފައިވާ ދެމީހަކު ކައިރި ކުރުމަކީވެސް އަހަރެންގެ ޒިންމާއެއް ކަމައް ބެލީ. އެހެންވެ ވިހެއުމަށް ދީފައިވާ ދުވަހުގެ ކުރިން އަހަރެން ކެނެޑާއަށް ދިޔައިން. އޭރު ދަރިފުޅު ވިހެއުމަށްފަހު ލިވީ ފިލައިފި. އޭނަގެ އެކުވެރިޔާވެސް ނުފެނުނު. ހޮސްޕިޓަލްގެ ފަރާތުން އެނގުނީ ލިވީ ވިހެއި ފިރިހެން ކުއްޖާ ބަޔަކަށް ދިންކަން. އެހެން ބަޔަކު އެކުއްޖާ އެޑޮޕްޓް ކުރީ. އަހަރެންނަކަށް މީގެން އެއްވެސް ވާހަކައެއް ޒައިކް ކައިރީ އަދިވެސް ބުނާކަށް ނުކެރޭ. ޕްލީޒް ޝިފާ އޭނަ ވީތާކުން ހޯދަދީ. އޭނަގެ އެކުވެރިޔާ އުޅޭ ތަނުގެ މައުލޫމާތު އަހަރެންކެ ވަކީލަށް ވާނީ ކިޔައިދީފަ އޭނަކައިރީ އަހައިގެން އޮޅުން ފިލުވާ ”

 

 

 

އެހިޔާލު ތަކުން ނުކުމެވުނީ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޒައިކް ވަނުމުންނެވެ. އޭނާގެ ހިތުގައި އަދި ސިކުނޑީގައި އެނބުރެމުން އޮޅެމުން ދިޔަ ހިޔާލުތަކުން ދުރުވުމަށް މަސައްކަތް ފެށިއެވެ. ޒައިކުގެ ހާލަތައް ވިސްނާލަން ބޭނުން ވިއެވެ. އެއްވެސް ކަމެއް އަދިވެސް ބަދަލެއް ނުވެއެވެ. ޒައިކު އަދިވެސް އެއީ އޭނާ އެންމެ ލޯބިވާ ފަރާތެވެ.

 

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ވާނަން އުމުރަށް – 10 –

Next

ތިޔަ ލޯތްބާ ދުރަށް 2

Next
July 23, 2019

ތިޔަ ލޯތްބާ ދުރަށް 2

Previews
July 23, 2019

ވާނަން އުމުރަށް – 10 –

34 Comments!

  1. Pinky says:
    July 23, 2019 at 4:20 am

    Wow ❤️?v v salhi mi part vs. kn dhuvahakun next part upload vaany? Waiting for the next part ?

    1. Belle says:
      July 23, 2019 at 1:02 pm

      thanks Pinky

  2. Pinky says:
    July 23, 2019 at 4:23 am

    BTW koba 21 at part? 21 at upload nuve 22 upload vefa iny

    1. Belle says:
      July 23, 2019 at 1:03 pm

      yaah isfas vefa ehury

  3. My says:
    July 23, 2019 at 6:25 am

    Ey… Alhey shifa an zaik dhurunukurah chey… Waiting for nxt part.. But kobaa 21 part

    1. Belle says:
      July 23, 2019 at 1:04 pm

      My…… balamaa dhoo edhemyhunn vaagotheh. 21 part ehury pending ga adhivess

  4. 1234 says:
    July 23, 2019 at 7:31 am

    Vara salhi mi part ves.
    Waiting for the next pary.

    1. Belle says:
      July 23, 2019 at 1:01 pm

      thanks 1234

  5. Meekkomee says:
    July 23, 2019 at 7:48 am

    Varah reethi mi part ves ? ?? but 21 eh up eh nuvyy dhww

    1. Belle says:
      July 23, 2019 at 1:06 pm

      thanks Meekkomee aslu hurihaa part eh ehfaharaa up kuryma vaagoh mee….21 adhivess hury pending ga

  6. Ainth says:
    July 23, 2019 at 8:49 am

    Belle dhigukurantha thigothah dhuru dhuruga liyafa ehuree… n ehves badhaleh genesfaehnu hama same nn konirakun 26th up vaaney

    1. Belle says:
      July 23, 2019 at 1:01 pm

      mi thursday ga 26 ingey kiyaalahchey Ainth

  7. ZellYaan says:
    July 23, 2019 at 9:52 am

    Heyy part 21 kobaa?

    1. Belle says:
      July 23, 2019 at 12:55 pm

      yester day ga 20,22,23, up kurevifa hury. bt 21 adhivess hury pending g

  8. Husha Shaa says:
    July 23, 2019 at 10:33 am

    21 KOBAA

    1. Belle says:
      July 23, 2019 at 12:53 pm

      21 vana part adhivess hury pending ga so sad

  9. Rish says:
    July 23, 2019 at 1:19 pm

    wow nice i love it

    1. Belle says:
      July 23, 2019 at 3:14 pm

      Thanks Rish

  10. Luc!f3r says:
    July 23, 2019 at 1:39 pm

    21 upload vyma kiyaanan

    1. Belle says:
      July 23, 2019 at 3:15 pm

      Thanks Luc!f3r now update koffa hunnaane 21 and 23, kiyaalahchey mi thursday ga new part 26 up kohlaanan

  11. Dhonthy says:
    July 23, 2019 at 2:13 pm

    Beautiful ?? Lovely ?? Marvellous ?? Fantastic ?? Superb ?? Excellent ?? Great ??

    1. Belle says:
      July 23, 2019 at 3:16 pm

      Thanks Dhonthy, miss u bodukoh. my gmail use kuran. ingey Dhonthy.

    2. Dhonthy says:
      July 23, 2019 at 8:57 pm

      Dhonthi ge via Gmail innaane aishoo ge vaahakaige fourth vana episode ga. You can contact mee eyrau dhw… Msg fenunuhaa avahakau reply kolaanan ingey Belle

    3. Dhonthy says:
      July 23, 2019 at 10:04 pm

      Belle… Fourth vana episode ga eiy noon…. Third vana episode ga innaanee… Dhonthi au rangalhau balainulevi ehen bunevifa eynee.. Aslu third vana episode ga innaanee ingey

  12. Mary says:
    July 23, 2019 at 2:43 pm

    Wow! Sooooo beautiful… ??????? Love it.

    1. Belle says:
      July 23, 2019 at 3:16 pm

      THanks Mary.

  13. Yashaa says:
    July 23, 2019 at 2:47 pm

    Dear please tell me about cover pic ????? who is shifa and dhen eyni kon kujeh livytha??????????????????????? ????

    1. Belle says:
      July 23, 2019 at 3:18 pm

      Thanks Yasha, black ehury Shifa, Red Livy. kaakahbaaey hithah arany Zaik libey ny dhoo..hehe

  14. Mary says:
    July 23, 2019 at 3:30 pm

    Kobaaheyy dhen huri parts thah… 21 ves nufeney adhives?????

  15. Mãee says:
    July 23, 2019 at 5:21 pm

    Storyy varahh reethii…whn nxt…so curiousss..belle gmail use kurann thrr

  16. Meekkomee says:
    July 24, 2019 at 10:45 am

    Belle can I ask a question????if u don’t mind?? how old are u???

  17. Yaanee says:
    July 24, 2019 at 1:32 pm

    Varah reethi..Maa sha Allah..When is next part???shifaa nd Zaik dhen dhuru nukuruvah chey….???

  18. Xeema says:
    July 24, 2019 at 10:11 pm

    Varai interesting story. Next part up kuranee kon irakun

  19. ? says:
    July 31, 2019 at 6:12 pm

    Kaakuge thareaka levi pregnentvee .

Comments are closed.

Next Episodeޯލޯތްބެއްގެ ފެށުން 21←


All Right Reserved!