މެކާ ފޯނަށް ގުޅާ ގުޅާ ފޯނެއް ނުނެގިއެވެ. ދެން މިރޭ މެކާ އާ ބައްދަލުކުރުމުގެ މޫޑް ނެތުމުން ގެއާދިމާއަށް ކާރު އަނބުރާލިއެވެ. އެއްކައިރީގައި ކާރު ޕާރކް ކޮށްލުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައި ގަތެވެ. ދޮރު ހުޅުވާލެވުމުން ސިހިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އަތުގައިވީ ފޯނު މުށިގަނޑުމައްޗައް ވެއްޓި އެކި ބައި ވަކިވި އިރުވެސް ޒައިކް އަކަށް ރޭކައި ނުލިއެވެ. ލޯގަނޑު ކުރިމަތީ ގައިގަ ލޯޝަން ލާން ޝިފާ ހުރިއިރު އެރީތިކަން ވިދަވިދާ ހުއްޓެވެ. […]
” ކޯރާ އަކީ މަގޭ ގާލް ފްރެންޑެއް ނޫން. އެއީ ޝިފާ އަށް އެނގެން އެހާ މުހިންމު ކަމެއްނޫން. ބައި ދަ ވޭ އެންޖޯއި ޔުއާރ އީވްނިންގް ވިތް ޔުއާރ ފްރެންޑްސް ” ޝިފާ ދިއުމުން ޓައީއަށް ދުލެއް ދިނެމެވެ. ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން ނަގާ ބަލާލެވުނެވެ. ހައިރާންވީ އެތަށް ދުވަހެއްފަހުން މި ފޯނުކޯލް އައުމުންނެވެ. ފޯނު ނެގުމުގެ ބަދަލުގައި ނިއްވާލިއެވެ. ************************* ޝިފާ މަޑުމަޑުން ހިނގާލާފައި […]
” ޗެލެންޖް ކުރަންތަ ބޭނުންވަނީ. އެހެންވިއްޔާ އަޑުއަހާ ޝިފާ ކިތަންމެ ވަރަކަށް ތިހެން އުޅުނަސް އަހަރެންގެ ހިތަކުން ޖާގައެއް ނުލިބޭނެ. އިނޮސެންޓު ފޭސްގެ ފަހަތުގައި އަބަދުވެސް އަންހެނުންގެ މަކަރުވެރިކަން ވާނެ. އަހަރެންގެ އަތުގައި ކައިވެނީގެ މި އަނގޮޓި އޮތަސް އަހަރެން ނުދެކެން މީ އެއްވެސް މާނައެއް ހުރި ކަމަކަށް ” ކިތަންމެ ބާރު ލާފައި ޒައިކް ވާހަކަ ދެއްކިއަސް އެ ހިތުގެ ތެޅުމުގެ އަޑު އިވުނެވެ. ދެން ޒައިކް ކޮށްލީ އޭނާ ހިތަށްވެސް ނާރާ ކަމެކެވެ. […]
” ޔަމާން ، އައި ވިލް ޑިސްޓްރޯއީ ޔޫ ” ރުޅިވެރިކަމުން ފުރިގެންވީހިނދު އަޑު ނުކުތީ މީހަކު ބިރުގަންނާނެހާ ބާރަށެވެ. ދެއަތް މުތްކެވިފައިވީއިރު، ޒައިކުގެ އަޑުވެސް ތުރުތުރު ލައެވެ. ************* ހެނދުނު ޝިފާއަށް ހޭލެވުނީ ބާލީސް ކައިރީ އޮތް ފޯނު ރިންގް ވާއަޑަށެވެ. މުޅިކޮޓަރި ތެރެ ވަނީ ވަރަށް ފިނިވެފައެވެ. އެހެނަސް ފިނީގެ މާބޮޑު އަސަރެއް ޝިފާއަށް ނުކުރީ މެއާ ހަމައަށް އެޅިފައިވާ މަޑުމަޑު ބުލޭންކެޓް ގެ ސަބަބުންނެވެ. ވިސްނާލަން އޮއެވުނީ ނިދިއިރު ބްލޭންކެޓް […]
ޒައިކުގެ ދެލޯ ހޯދަމުން ދިޔައީ ޝިފާއެވެ. އެތައް ބަޔަކު އެއްވެފައިވާ ތަނަކުން އެންމެ މީހަކު ހޯދުމަކީވެސް އުނދަގޫ ކަމެކެވެ. ވާހަކަ ދައްކަމުން ދިޔަ އެކުވެރިންތައް ދޫކޮއްލުމަށްފަހު އެކި ތަންތަން ހޯދަން ފެށިއެވެ. އެއްކައީގައި ހުރި ތަނބެއް ކައިރީ ޝިފާ ހުރިތަން ފެނުމުން ޒައިކު ހިނގައިގަތީ ޝިފާ ކައިރިއަށް ދިއުމަށެވެ. ކުއްލިއަކަށް ފިޔަވަޅު ހުއްޓުމަކަށް އައީ ފުރަގަހުން ޝިފާ އުނަގަނޑުގައި އަތްއަޅުވާލި ފިރެހެނަކު ފެނިފައެވެ. އެއީ ކާކުކަން ޒައިކުއަށް އެނގުމުން ވަގުތުން ގޮސް މިއެންމެންގެ ކުރިމަތީ ބޭރަށްނެރެ މޫނުމަތީ […]
އޮފީސް ނިއްމާލުމަށްފަހު ރޭގަނޑު ގެއަށްގޮސް. ފާޙާނާއަށްވަދެ ވަރަށް ފިނިފެނުން ފެންވަރަން ފެށިއެވެ. ގަޑި އިރެއް ވަންދެން ފިނިފެނުން ފެންއަންނަމުން ދިއަ މާގަނޑު ދަށުގައި ހުއްޓެވެ. އެފިނިފެނުގެ ސަބަބުން ހިތުގައިވީ ރުޅިވެރިކަމާ، ނަފްރަތާ، ހިތާމަ ފިލާ ދިޔަގޮތްވެސް ނޭނގުނެވެ. ރީތވެލައިގެން ބޭރަށް ނުކުމެ ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ޒައިކް އަޅަމުންދިޔަ ފިޔަވަޅު ހުއްޓުމަކަށް އައީ ފެނުނު މަންޒަރަކުންނެވެ. ބެލްކަނި އެއްފަރާތަކަށް ހުރި މޭޒުމަތި ވަނީ ކެއުން ތައްޔާރުވެފައެވެ. މުޅި ހިސާބުގަނޑުގައި ވަނީ އުއްބައްތީގެ ރީތިކަމެވެ. އުއްތައް ވިރެމުން ދިޔައިރު […]
ކުރެވެމުން ދިޔަ ޙިޔާލްތަކުން ދުރުވެވޭތޯ ޒައިކް މަސައްކަތް ކުރިއެވެ. ލިވީގެ ހަނދާންތައް އެއްކޮށް ފޮހެލެވޭތޯއެވެ. ލިވީ ދެކެ ލޯބިވެވުނީ އެ މަކަރުވެރިކަން ނޭނގޭ ހާލުއެވެ. ދެވަނަފަހަރަށް އެހެން އަންހެން ކުއްޖެއްގެ މަޅީގައި ނުޖެހުމަށް ސިކުނޑީގައި ހަނާއަޅަމުން ދިޔައެވެ. ޒައިކް އަށް ނިދެމުން ދިޔައިރު ކުރެވުނީ އެހިޔާލެވެ. ދެވަނަ ފަހަރަކަށް އަންހެން ކުއްޖަކު ދެކެ ލޮބި ނުވުމަށެވެ. ކޮޓަރީގެ ކުޑަދޮރުގައި، ދަމާފައިހުރި ފަރުދާ ފޫ އަޅުވާލުމަށްފަހު އިރުގެ އަލި ޝިފާގެ މޫނަށް އެޅުމާއެކު ދެލޯހުޅުވާލިއެވެ. ނިދަން އޮއެވުނު ގޮތަކުން […]
ފޯނުގެ އެލާމް އަޑަށް ޒައިކް އަށް ލޯހުޅުވާލެވުނީ، އަވަސްކަމާއެކުއެވެ. ސޯފާގައި ރީތިކޮށް ނިދާފައިއޮތް ޝިފާ ލޮލުގައި އަޅައިގަތީ ތެދުވި ފަހުންނެވެ. ޝިފާގެ މޫނަށް ކަޅި ހިންގާލެވުނެވެ. ހިމަދިގު ރީތި ނޭފަތުން ނަޒަރު ހުއްޓާލެވުނީ ފިނިފެންމަލެއްފަދަ ތުނި ތުންފަތަށެވެ. އަމިއްލަ ތުންފަތުގައި ދަތްއަޅާލެވުނީ ޝިފާ އޮތްލެއް ލޯބިކަމުންނެވެ. ކައިރިއަށް ގޮސް މޫނަށް ބަލަން ހުރެވުނީ ފޫހިކަމެއްނެތިއެވެ. ނިއްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްކައިރި ކޮއްލެވުނީ އުނދަގުލެއް އިހުސާސް ކުރެވިދާނެތީއެވެ. ނިދާލާފައި އޮތްއިރުވެސް މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ކުއްލިއަކަށް އަތްދަމައިގަތުމަށްފަހު […]
އަތުގައި މަޑު ތުރުތުރެއް ހުރިއިރު ހިންދިރުވާލެވުނީ ހާސްކަން އެނބުރެމުން ދާހެން ހީވެގެންނެވެ. މަޑުމަޑުން އަތުގައި ހިފައިގެން ގޮސް އަނގޮޓިމަތީ އަތްބާވާލަދިނެވެ. ހިތް އަވަސްވެފައި ހުރުމުން އަވަހަށް ޒައިކްގެ އަނގޮޓި ނެގުމަށްފަހު އަތުގައި އަޅުވާލަދިނީމެވެ. ޒައިކްގެ ނަޒަރު ހުއްޓިހުރިއިރު އެތޫނު ދެލޮލަށް ބަލަން އުނދަގޫވިއެވެ. ދެބުމަ ގޮށްޖެހުމާއިއެކު، ކަތުރު ކަށިގަނޑަށް ގެނަ ބަދަލު އެއީ، ރުޅިވެރިކަން ކަމަށް އަހަރެންގެ ޒަމީރު އެއްބަސް ވީ ކީއްވެ ކަމެއް ނޭގުނެވެ. އަވަހަށް ކުރިމަށްޗަށް މޫނު އަނބުރާލީ އެންމެން މަރުޙަބާ ކިޔަން ފެށުމުންނެވެ. […]