” ދަރިފުޅާ. ޒައިކް…..” ޒައިކް އަށް ކިހިނެއްވީހޭ އަހާލެވުނީ ދެމީހުންނަށް އެއްފަހަރާ އެހާ ބާރުމިނުގައެވެ. ބައްޕަ ބުނަން އުޅޭއެއްޗެއް ނޭނގިގެން ޝިފާ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަނެއްކާ ޒައިކް ކައިވެންޏަށް ނައިސް ފިލީބާއެވެ. ” ރޫބީ އާ ދިމާވެގެން ބުނި، ޒައިކް ހުރީ އެއާޕޯރޓް ގަ ކަމަށް. ބައްޕަމެން މިދަނީ އެއާ ޕޯޓަށް ދާން. ދަރިފުޅު ތައްޔާރުވާން އުޅެންވީނު ޕާޓީއަށް. މިހާރު މެންދުރުވީ، ހަތަރެއް ޖަހަންވާއިރަށް ތައްޔާރުވެ ނިމިގެން ހުންނަން ވާނީ ” ބައްޕަ އަވަސްކަމާއިއެކު ވާހަކަ […]
ޕީޗްކުލައިގެ މެކްސީއެއް ގައި ޝިފާ ހުރިއިރު ވަރަށް ހިތްގައިމެވެ. ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ހަދާލުމަށްފަހު ، ލިޕްސްޓިކް ޖައްސާލިއެވެ. ” ކަމަނާ ވާންއުޅޭ ފިރިކަލުންނަށް ފެނިގެން ހުރިތަނަށް ފެއިންޓް ނުވިއްޔާ ރަނގަޅު. ފޮނިކަމުން މަށާދިމާލަށް ބަލާލާނެކަމެއްވެސް ނޭނގެ. ދިވެހިބަސް ނުވެސް އިނގޭނެ މިހާރަކު” ނަތާ ވާހަކަ ދައްކަމުން ޝިފާގެ ކުރިމައްޗަށް އެރިއެވެ. އަދި ދެންމެ ބޭބެއަށް ގުޅާލުމުން އެއާޕޯޓުން އެމީހުން ގޮވައިގެން އަންނަވާހަކަ ބުނެލިއެވެ. ޝިފާގެ އަތުގައި ހިފައިގެން ސިޓިންގ ރޫމަށް ނުކުތީ ޝިފާގެ ހާސްކަން ކަނޑުވާލުމުގެ […]
“އަދި އެއްފަހަރު ނިކަން ބުނެބަލަ ތިބުނިއެއްޗެއް، ތިހެން ކަންތައް ވިޔަކަ ނުދޭނަން” ނަތާގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. އެކުވެރިޔާގެ ދިފާއުގަ ކުރެވެން ހުރި ހުރިހާކަމެއް ކުރަން އަތުކުރި އޮޅާލައިގެން ހުރިކަހަލައެވެ. ” ނަތާ އައި ނޯ ،އަހަރެން އަދި މެރީކުރާކަށް ރެޑީ އެއް ނުވާކަން، އަދި އެވެސް ނުދަންނަ މީހަކާ. އެކަމް ބައްޕަ އަހަރެން މިހިސާބަށް ގެނެސްދީފައި މިހުރީ ވަރަށް ބުރަމަސައްކަތުން. އުމުރުން ފަސް އަހަރުގަ މަަންމަ ނިޔާވީއްސުރެ އިތުރު މީހަކާ ކައިވެނިނުކޮށް ހުރީ އަހަންނަށް […]