ޝިފާ ބަލަން ހުރި ގޮތުން ޒައިކު ގާތައް ހިނިއަޔަސް އެކަން ނުދައްކަން ކަރުކެހިލުމަށްފަހު މޭޒާ ކައިރިވެލިއެވެ. އަދި އެއްއަތުގައި ހުރި މަހުމާ ފޮއްޓެއް ބެހެއްޓުމަށްފަހު އަނެއް އަތުގައިވާ އޯކިޑް މާބޮނޑިއެއް ދިއްކޮށްލިއެވެ. ޝިފާ އުފަލުން ފުއްމައިގަންނަމުން ޒައިކު ގައިގާ ބައްދާލަމުން ތޭންކިއު ކިޔާލިއިރު އެދެލޮލުން އުފާވެރިކަމުގެ އެންމެ ފުރިހަމަ ކަރުނަ ނީރާލިއެވެ. ޒައިކު ދެން ބަލާލީ މޭޒުމަތީގައިވާ މަޙުމާ ހިމަ ދިގު ފޮއްޓަށެވެ. މާތަކަށް ގެއްލިފައިވާ ޝިފާގެ އުފާވެރިކަން ފެނުމުން ޒައިކުގެ އަމިއްލަ ހިތައް ދިރުން […]
ޒައިކު ބޭނުންވީ އެނބުރި އޭނާގެ ގެއަށް ދިއުމަށެވެ. ދެދުވަސް ފަހުން އޭނަ އެމެރިއާއަށް ކޮންމެހެންވެސް އޮންނަ މީޓިންއަކަށް ހާޒިރުވާން ޖެހެއެވެ. އެހާ ވާންވާއިރަށް ނިންމަން ޖެހޭ މަސައްކަތް ތަކެއް އެބަހުއްޓެވެ. އެކަމަކު ޝިފާ ބޭނުންވީ ސައިފުގެ އެކުވެރިއެއްގެ ޕާޓީއަކަށް ދާށެވެ. އެހެން ކަމުން ޝިފާ ނަތާއާއި ހަވާލުކުރުމަށްފަހު އޭނަ ދިޔައީ ގެއަށެވެ. ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ކައިރީގަ ހުރި މާވިއްކާ ފިހާރަޔަކަށް ވަނެވެ. ޝިފާއަށް ދޭން ގަދަ ދަނބު ކުލައިގެ އޯކިޑް މާ ބޮނޑިއެއް ނެގިއެވެ. […]
އަނދަމުން ދިޔަ އަލިފާން ގަނޑުގެތެރެއިން ޒައިކުގެ މޫނު ޝިފާއަށް ފެންނަވަރުވީ ފަނޑުފަނޑުކޮށެވެ. ވަރަށް އުނދަގުލުން ޝިފާއާއި ކައިރި އަށް އައުމަށްފަހު އެދިމާގައިވާ އެހެން މީހެއްގެ ހަޅެކުގެ އަޑުއިވުމުން ޒައިކު އެދިމާއަށް ބަލާލިއެވެ. ދެން ހަޅެއް ލަވައިގަތުމަށްފަހު އެދިމާއަށް ދުއްވައިގަތެވެ. ޝިފާއަށް މަންޒަރު ފުސްވިއިރު ފެންނަމުން ދިޔައީ އޭނާ ދޫކޮށް ޒައިކު ދާ މަންޒަރެވެ. އަނގައިން އަޑެއް ނުނުކުތަސް ލޮލުން ކަރުނަ ނުހުއްޓެއެވެ. ހިތައް ކުޑަވަރެއްވެ ހާޓްއެޓޭކެއް ޖެހުނުކަހަލައެވެ. ޒައިކުގެ ލޯބީގައި ދީވާނާވެގެން މިހާ ހިސާބައް އައުމުން […]
” ހޭ ޝިފް، ހިނގާ އަވަހަށް އެއާޕޯޓަށްދާން. މިހާރުވެސް މާލަސްވެސްޖެ. ނަތާ ،ނަތާ އަވަސް. މިހާރު ވޭނަށްވެސް ގުޅައިފިން” ސައިފް ލަސްވެގެން އުޅުނީ އަވަހަށް ނުދެވިގެންނެވެ. މިދަތުރަކީ ޝިފާގެ މުޅި ދިރިއުޅުން އެފުއްމިފުށައް ޖަހާލާނެ ދަތުރެއްކަން ޝިފާއަށް އިނގޭނެ ނަމަ ހަމަ ގައިމުވެސް ނުދާނެ ކަން ގައިމެވެ. ހަނގުރާމައިގެ މައިދާނުގައި ފަތަޙަ ލިބެމުން ދަނިކޮށް އެތައްހާސް ލޮންސިއަކާއި ކަނޑީގެ ހަމަލާތަކުން ހަށިގަނޑު ކޮށި ދާފަދައެވެ. ***************** ހުރިހާ ލަގެޖް […]
” ކޮބާ ލިވީ ؟ ކޮންތާކު ވީ ލިވީ؟ ” ކަރުނަތައް ވިދަމުންދިޔަ ދެލޮލުން ބަލާލަމުން ޒައިކް ވާހަކަ ދެއްކިއެވެ. ” މީ އުމްމްމް..” ޝިފާ އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. “ފޯރް ގޯޑްސް ސޭކް ޝިފާ. ލިވީ ވީ ކޮންތާކު ކަން ބުނަންވީ ؟ ” ޝިފާ އަށް ބަލާލަމުން ހަޅެއްލަވައި ގަތެވެ. ” ޒައިކް!” ” ޕްލީޒް ބުނެބަލަ ލިވީ […]
” ލިވީ އަށް ގިނަދުވަހަކު ދަރިފުޅާ ދުރަކު ނުހުރެވުނު. ފަސްވަރަކަށް މަސްވީތަނާ އަބަދު ރޮނީ. ދަރިފުޅު މަތިން ހަނދާންވެގެން. އެންމެފަހުން މަންމަ އޭނަ ގޮވައިގެން ކެނެޑާއަށް ގޮސް އެގެއަށް ދިޔައިރު ހުރިހާކަމެއް ބަދަލްވެއްޖެ. ލިވީ ވިހޭ ކުއްޖަކީ ވަރަށް ބަލި ކުއްޖެއް. ސިކުނޑީގައި ސިސްޓެއް އުފެދި ފެތުރުނުއިރު ޑރ ބުނަނީ އުންމީދު ނެއްކަމަށް. އެދަރިފުޅުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ލިވީ އާއިއެކު. ދަރިފުޅު މަރުވުމުން އެކަމާ ހިތާމަކޮއްކޮއް ހާޓްއެޓޭކެއް ޖެހިގެން ލިވީވެސް […]
އޮފީހުގައި ހުރި އިރުވެސް ހިޔާލުކުރެވުނީ ޝިފާއާއި މެދުއެވެ. އެދުރުކަންދެކެ އަނެއްކާވެސް އޭނާ ބިރުގަންނަން ފެށިއެވެ. އަލުން ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް އެއް ނުކުރެވޭނެއެވެ. އެދުވަހު ދެއްކުނު ވާހަކައާމެދު ދެރަވިއެވެ. އެއްވެސް ކަމަކުން ނުލިބޭނެހާ އުފަލާ ހިތްހަމަޖެހުން ޝިފާގެ ފަރާތުން އޭނާއަށް ލިބުނުކަން ހުދު އޭނާވެސް ދެކޮޅެއް ނަހަދައެވެ. އެހެންނަމަވެސް ޖަޒުބާތުގައި ޖެހިގެން އެދުވަހު އެވާހަކަ ތައް ދެއްކުނީއެވެ. ހިތުގެ ކަނެއްގައި އުފެދިފައިވާ ލޯބި ފާޅުނުވަނީ އެވެ. ލިވީ އަށް ދެވިފައިވާ މަގާމު އަލުން އެހެން […]
އެހިޔާލު ތަކުން ނުކުމެވުނީ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޒައިކް ވަނުމުންނެވެ. އޭނާގެ ހިތުގައި އަދި ސިކުނޑީގައި އެނބުރެމުން އޮޅެމުން ދިޔަ ހިޔާލުތަކުން ދުރުވުމަށް މަސައްކަތް ފެށިއެވެ. ޒައިކުގެ ހާލަތައް ވިސްނާލަން ބޭނުން ވިއެވެ. އެއްވެސް ކަމެއް އަދިވެސް ބަދަލެއް ނުވެއެވެ. ޒައިކު އަދިވެސް އެއީ އޭނާ އެންމެ ލޯބިވާ ފަރާތެވެ. އެމޫނުމައްޗައް ބަލާލުމުންވެސް ހިތާމަކުރާވަރު ފާޅުވާން ހުއްޓެވެ. ޒައިކް އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ. އެހެނަސް މީހަކަށް ހިތްވަރު […]
” މަންމަ އޮތީ ހޮސްޕިޓަލްގަ. ޑޮކްޓާރ ބުނީ އެންމެ އަވަހަކަށް ދިއުމަށް. އަދި ވަރަށް ބޭޑް ނިއުސް އެއް އޮތް ކަމަށް ބުނީ. ޝިފް މިދަނީ ކާރު ނެރެން އާދޭ އަވަހަށް” އަވަސް ނޭވާތަކެއް ލަމުން ވާހަކަ ދައްކާ ނިންމުމަށްފަހު ބޭރަށް ނުކުތުމަށް ހިންގައިގަތެވެ. ******************* ޒައިކުގެ ސިކުނޑި ދިޔައީ ބާރަށް އެނބުރެމުން ނެވެ. މިނެޓަކަށް ވުރެ މިނެޓެއް ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ. ނޭވާ ހާސްވެއެވެ. އަތްފައި […]