ލޯތްބެއްގެ ފެށުން 18
ގިނަ އިރުތަކެއް ނުވެ ގޭގެ ބެލް ޖަހާލި އަޑަށް އެންމެން ސިހުން ވިއެވެ. ޒައިކް ދުވެލާފައި ދޮރު ހުޅުވާލަން ދިޔައީ އުންމީދާ އެކުއެވެ. ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ބިރާ ސިހުމާއެކު ބަލަން ހުރެވުނީ ވަނުމަށް ތަންވެސް ނުދައްކައެވެ. އޭނަ އަށް ޝިފާ ގެއްލެން އުޅޭކަމުގެ ސިގުނަލް ކުރިމަތިން ފެންނަކަހަލައެވެ. ލޮލުން ކަރުނަ ނުފެނުނަސް ހިތުން ލޭ ކަރުނަ ފައިބައެވެ.
” ހައި. ޒައިކް. ބައްޕަ އަށް މަރުޙަބާއެއް ނުކިޔާނަންތަ؟ އެކަކަށްވެސް ނާންގާ މިއައީ ސަޕްރައިޒެއް ދޭން. މިތަނުން ދަރިފުޅުމެން ކައިރިއަށް ދާންހިތުގަ އޮތީ. އެކަމަކު މާރަނގަޅު ގޮތެއްނު މިވީ. މިގެއިން މަރުޙަބާ ކީ ވެސް ދަރިފުޅުވިއްޔަ. ކޮބާ ޝިފާ؟ ” ޒައިކުއަށް ބުނާނެ އެއްޗެއް ނޭނގިފަ ޖަވާބުދޭން އުނދަގޫވެފައި ބަލަހައްޓައިގެން ހުރީއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ. ދުރުން ހިނގާފައި އެންމެން އަންނަ އަޑަށް އެދިމާއަށް ބަލާލެވުނެވެ.
މަރުޙަބާ ކިޔުމަށްފަހު އިލްހާމް އަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ޙާލިދު އޭނާގެ އެކުވެރިޔާ ކޮނޑުގައި ޖަހާލަމުން ތަނުގައިވާ ހިމޭންކަން ނައްތާލަން މަސައްކަތް ކުރިއެވެ. ކޮންމެ މީހަކު ވެސް މޫނުމަތިން ހާސްކަން ނުދައްކާ ވޭތޯ ބެލިއެވެ. އެކި ވާހަކަ ތައް ދައްކަމުން ގޮސް އަނެއްކާވެސް އިލްހާމް ޝިފާގެ ވާހަކަ އެހިއެވެ. އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓަ ޔަމާން ވާހަކަ ދެއްކިއެވެ.
” ބޭބޭ. ޝިފާ ދިޔައީ ރައްޓެހި ކުއްޖަކާއެކު ޝޮޕިންއަކަށް. ތަންކޮޅެއް ކުރިން ގުޅާފަ ބުނި ފޯނު ނިވެނިއްޔޭ، ނިމުނުހާ އަވަހަކަށް ގެއަށް އަންނާނަމޭ ” ޔަމާންގެ ވާހަކަ ތަކުން އެންމެންގެ މޫނު މައްޗައް ހިތްހަމަޖެހުން ގެނުވިއެވެ. ޝުކުރުވެރި ނަޒަރަކުން ޒައިކް، ޔަމާން އަށް ބަލާލިއެވެ. ބޮލުން ބޮޑު ބަރެއް ނެގިގެން ދިޔަ ފަދަ އިޙުސާސެއް ޒައިކުއަށް ކުރެވުނެވެ.
އިލްހާމް ހުރުމުން ޒައިކް އަށް ނުކުމެގެން ދާކަށް ނުކެރުނެވެ. އެކި ވާހަކަ ތަކުން ވަގުތު ހިނގަން ފެށިއެވެ. ދެތިން ދުވަހު ހުރުމަށްފަހު އެނބުރި ދިއުމަށްވަނީ އިލްހާމް ނިންމާފައި ކަމަށް އިލްހާމް ހާމަކުރިއެވެ. ވަގުތު ކޮޅެއް ހޯދާލުމަށްފަހު ޒައިކް ދިޔައީ ވޮޝް ރޫމަށެވެ. މޫނުގައި ފެން ހާކާލުމަށްފަހު ލޯގަނޑަށް ބަލާލިއެވެ. އަލުން ފޯނު ނަގާ ގުޅާލިއެވެ. ފޯނުތިރި ކޮށްލީ ނިއްވާލަފައި އޮތުމުންނެވެ. އަތުން ލޯގަނޑުގައި ޖަހާލީ ވެފައި ހުރި ދެރައިންނެވެ. ހަމަ އެއާއެކު ލޯގަނޑު ތެޅުމާއެކު އަތް ކަފައިގެން ދިޔައީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. އަތައްވާ ތަދު އިހުސާސު ކުރެވޭވަރަށްވުރެ އޭނާގެ ވިސްނުން ވަނީ މަތީގައެވެ. ހަރަކާތެއްވެސް ކޮށްނުލައި ހުއްޓާ ސިހުނީ ޔަމާން އައިސް ހަޅެއް ލަވައި ގަތުމުންނެވެ. ފެނުން އަތް ދޮއްވާލުމަށްފަހު ފަސްޓްއެއިޑް ބޮކްސް ގެނެސް އަތުން ލޭމަނާ ވޭތޯ ބެލިއެވެ.
” ވަޓް ދަ ހެލް . އޭނަ ހޯދަން ދިއުމުގެ ބަދަލުގަ ތީތަ ކުރަން އެނގުނު ކަމަކީ. ތިއޮތީ ބެންޑޭޖް ކޮށް ނިމިފަ. ދަންތަ ގޮވައިގެން ކާރުގަ” ޔަމާންގެ ވާހަކަ ނުނިމެނީސް ޒައިކް ބޯ ހޫރާލީ އޭނަ އަމިއްލަޔަށް ގޮސްދާނެ ކަމުގައި ބުނެފައެވެ. ބޭރުގައި ތިބި މީހުންނަށް ނުފެނި ކާރާ ހަމައަށް އާދެވުނީ ޔާމާންގެ އެހީތެރި ކަމާއެކުއެވެ. ޔަމާން ކައިރީ ނުބުންޏަސް ހިތުން ޝުކުރު އަދާ ކުރިއެވެ.
އެކި މަގުތަކުން ކާރު ދުއްވަމުން ދިޔައިރު ޒައިކް ދެލޯ ހޯދަމުން ދިޔައީ ޝިފާ ގެ ކާރު ފެނޭތޯއެވެ. އާންމުކޮށް ޝިފާ ދާނެހެން ހީވާ ހުރިހާ ތަނަކަށް ދެވުނެވެ. ނުވައެއް ޖެހުމާ ގާތްވެފައި ވީއިރުވެސް އެއްވެސް ޙަބަރެއް ނުވުމުން ގެއަށް ދިއުމަށް އަނބުރާލިއެވެ. ސެކިއުރިޓީ ގޭޓް ހުޅުވާލުމުން ކާރު އެތެރެއަށް ވެއްދިއިރު ޝިފާގެ ކާރު އޮތްތަން ފެނުނެވެ.
ދޮރު ހުޅުވާލުމަށްފަހު ދުވެލާފައި އެތެރެއަށް ވަނީ ޝިފާއަށް ގޮވަމުންނެވެ. ކާގެބައިގަ ތައްޓަކަށް ހިކިމޭބިސްކަދުރު އަޅައިގެން ކާންހުއްޓެވެ. ފުރަތަމަ ޒައިކުއަށް ބަލަހައްޓައިގެން އެއްވެސް އިހުސާސެއް ނެއްމީހަކު ފަދައިން ހުރެވުނީއެވެ. ދެވަނަ ސިކުންތުގައި ޒައިކް ދިޔަ ގޮތައް ތަށި ހޫރާ ލުމަށްފަހު ޝިފާ އަށް ނޭވާ ނުލެވޭ ވަރަށް ބައްދާލިއެވެ. ޝިފާ ފެނުމުން އައިއްސަ ހުރި ރުޅި ފިލާ ހަމަޖެހުން ލިބެން ފެށިއެވެ.
” ފޯނު ނިވާލައިގެން ކީއްކުރީ މިހާއިރު. ނޭގޭތަ ނުފެނިގެން ހޯދިވަރެއް. ކޮންތާކު އުޅުނީ ” ޒައިކް ދުރަށް ނުގޮސް ވާހަކަ ދެއްކިއެވެ.
” މި ކޮންކަމެއް. ކީއްވެ އެ ތަށި އެއްލައިލީ. ތީ ހަމަ ރުޅި ގަދަ ކަމުން އެއްވަނަ ”
” ހެވޭ. މިއޮތް ހުރިހާ އިރު އުޅުނު ތަނެއް ބުނޭ ”
” ޒައިކް އަށް ނޭނގި ފިޔަވަޅެއްވެސް ނޭޅޭނެތަ؟. މީހަކާ ބައްދަލު ކުރާކަށް ނޫން ދިޔައީކީ. ހަމަ ކާރު ދުއްވާލީ. ދެން ގިނައިރުވީ ކާރަށް ކަމެއްވެގެން. ވަރަށް ރަނގަޅު މީހަކު އައިސް ކާރު ހަދައިދިނީ ” އަސްލަށްވެސް ވީގޮތް ޝިފާ ހާމަކުރިއެވެ. ޒައިކް އެއީ ކާކުތޯ ސުވާލުކުރުމުން ނޭގޭކަމަށް ބުނަމުން ދެކޮނޑު އަރުވާލިއެވެ.
ޒައިކް މިއުޅޭ ގޮތަކުން އޭނަ މިހުންނަނީ ވަރަށް ފޫހިވެފައެވެ. ލޯބި ނުވާއިރު ދައްކަން މިހެން ނޫޅުނަކަސް ވެދާނެ ނޫންހެއްޔެވެ. ހިތުގައި ލޯބިވިޔަސް އެކަން ދައްކާކަށް މިހާރަކު ބޭނުމެއް ނޫނެވެ. ޒައިކް ދުރަށް ޖެހިލުމާއެކު ލޭ ފޭދިފައި ވާ އަތްތިލަ ޝިފާގެ ލޮލުގައި އަޅައިގަތެވެ.
” ވަޓް …ކީއްކޮށްލާފަ މިއޮތީ އަތަށް. ލޭ މަނާވެސް ނުވެއެއްނު ” ކިތަންމެ ނޫން ކަމަށް ހެދުނަސް ކުޑަވެސް އަނިޔާއެއް ޒައިކް އަށް ވެފައި ވާތަން ފެނުމުން ޝިފާ ހާސްވިއެވެ. ދެރަވެސް ވިއެވެ. އަލުން އެ ބެންޑޭޖް ނަގައި އާ ބެންޑޭޖެއް އަޅައި ނިމުނު އިރުވެސް ޒައިކް ހުރީ އެމޫނަށް ބަލަހައްޓައިގެނެވެ. އޭނަގެ އަންހެނުން ކިހާ ރަނގަޅުހެއްޔެވެ. މީހަކަށް ލިބޭނެ އެންމެ ރަނގަޅު އަންހެން ކުއްޖަކަށް ވާނެއެވެ.
” އިނގޭތަ ޝިފް ބައްޕަ އައިސްގެން އެބައުޅޭ. އެހި ކޮބާހޭ . ވަރަށް ހަވީރު ވީފަހުން އައީ ” ޝިފާ އަށް ޝޮކެއް ލިބުނުކަހަލައެވެ. ޒައިކްގެ ވާހަކަތަކުން ހިތްހަމަޖެހުނީ ޔަމާން ވާހަކަ ހަމަޖައްސާލިކަން އެނގުމުންނެވެ. އޭނާއަށް ނާންގާ ބައްޕަ އައުމުން އުފާވިއެވެ. އެހާ އަވަހައް އަންނާނެ ކަމަކަށް ހީވެސް ނުކުރެއެވެ.
*******************
ޒައިކު މައިންބަފައިންގެ ގެއަށް ދެވުމުން ބައްޕަ އަށް މަރުޙަބާ ކިއެވެ. އަދި ލަސްވި ސަބަބު ބުނެދިނުމަށްފަހު ބައްޕައާއެކު ވަގުތު ހޭދަކުރަމުންދިޔައެވެ. ކޮންމެ މީހަކުވެސް މޫނުމަތިން އުފާވެރިކަން ދެއްކިނަމަވެސް ޝިފާ އަށް ވީގޮތެއް ބަލަން ބޭނުން ވެގެން އުޅުނުކަން މޫނުތަކުން އެނގެއެވެ. ދެން ހޭދަވީ ފަސްވަރަކަށް ދުވަހަކީ ޒައިކް އަށް އުނދަގޫ ދުވަސްތަކެކެވެ. ޝިފާ ފަރާތުން ފެންނަމުން ދިޔަ ދުރުކަމުން މާޔޫސްވިއެވެ. ކައިރި ވާން ބޭނުންވެ ޝިފާ ފަރާތުން އެކަމަށް އިޖާބަ ނުދޭތީ ހިތް ބޭނުންވާ ގޮތް ނުވިއެވެ. ވީގޮތެއް ނޭނގުނަސް ކުރިން ނެތް ދުރުކަމެއް ފެނުނެވެ. ހިތް ހަމަ ޖައްސައިލީ މަންމަ މަތިން ހަނދާން ވަނިއްޔޭ ކިޔާ ޝިފާ ދެއްކި ވާހަކަތަކުންނެވެ. ކުރީ ދުވަހު އޮފީހުގައި އެގޮތައް ކަންތައް ކުރުމުން ޝިފާ ހިތްހަމަ ނުޖެހިފައި ކަމަށް ހީކޮށް، ޒައިކު އެވާހަކަ ދެއްކުމުން އެކަމަށް ޝިފާ ނޫނެކޭ ބުންޏެވެ.
އިލްހާމް ދާން އޮތް ދުވަހު ޝިފާވެސް އެކުގައި ދިއުމަށް އެދުނެވެ. ޒައިކް ކައިރީ ނާހާ މިކަހަލަ ނިންމުމެއް ނިންމިއިރު އިލްހާމްވެސް ހީކުރީ ޒައިކް އެއްބަސް ވެގެން ޝިފާ ދަނީ ކަމުގައެވެ. ޓިކެޓް ހަމަޖެއްސިއިރު ދަރިފުޅާއެކު ދުވަސްކޮޅަކު އުޅުމުގެ އުފާވެރިކަން ހާސިލް ކުރަން ބޭނުންވެފައި ވާފަދައެވެ.
މެންދުރުވީފަހުން ފޮށި ތައްޔާރުކުރަން އުޅެނިކޮށް ޔަމާން އައިސް ކޮޓަރިއަށް ވަނެވެ. އަދި ޝިފާ ކުރާ ކަންތައް ފެނުމުން ހައިރާންވެ ސުވާލު ކުރިއެވެ.
” ޒައިކް އެއްބަސްވިތަ ދާން، ހާދަ ހީނުވެޔޭ؟” ޔަމާން ސުވާލުކުރަމުން އެނދުގައި އިށީންނިއެވެ.
” އޭނަ އެއްބަސް ނުވިއްޔަކާ ނުދެވޭތަ؟ ޖެހިލުމެއްނެތި ސުވާލުކޮށްލަމުން ޔަމާންގެ މޫނަށް ބަލާލީ އެންމެން އޭނައަށް ދޮގު ހެދުމުންނެވެ. ޝިފާ ހީކުރީ ޔަމާން އޭނައަށް ހެޔޮ އެދޭ ކަމަށެވެ.
” އެހެނެއް ނޫން، ހާދަ ތަފާތުހެން ހީވެޔޭ، ކުރީރޭ ދިޔަ ތަނެއް ނުބުނަމެއްނު އަދިވެސް” މިފަހަރުވެސް ޔަމާން ސުވާލުކޮށްލީ ޖަވާބު ބޭނުންވެހުރެއެވެ.
” ޔަމާންމެން ހީކުރަނީ މަމީ މޮޔައެއް ކަމައްތަ! ތި އެންމެން ފޮރުވައިގެން އުޅުނުކަންތައް އަހަންނަށް އިނގިއްޖެ. ލިވީ އަކީ ޒައިކްގެ ކާކުކަން އެނގުނީ އޭނަގެ ޑައިރީން. އަހަރެން ދެން ގޮއްސަކާ ނާންނާނަން މިތާކަށް” ފޮށީގެ ޒިބު އަޅުވާލަމުން ހިންދެމިލިއެވެ. އަދި ހައިރާންވެފަ ހުރި ޔަމާން އަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ޝިފާ ނުދިނެވެ. އޭނަ ތައްޔާރު ވާންވެގެން ބޭރަށް ނުކުތުމަށް ބުންޏެވެ.
ވާހަކަ ދައްކަން ބޭނުން ވެހުރެވެސް ޝިފާ އެފުރުސަތު ނުދިނުމުން ބޭރަށް ނުކުތްއިރު ޒައިކް ވަދެގެން އާދެއެވެ.
” ވަޓް އާރ ޔޫ ޑުއިން އެގެއިން މައި ރޫމް” ޓައީ ނައްޓާ ލަމުން ޔަމާންއަށް ބަލާލިއެވެ. އެހެނަސް ކުރިން ހުންނަ ރުޅިވެރިކަމެއް ނެތެވެ.
” ވާހަކަ ގިނަނުކޮށް ޒައިކް ވައިފްކައިރިއަށް ދޭބަލަ. އޭނަ ބައްޕައާއެކު ދާން އުޅެނީ. ޒައިކް ވެސް ދަނީތަ؟” ޔަމާން ވާހަކަ ނުނިމެނީސް ޒައިކް ޝޫޓުކޭސް އެއްލާލުމަށްފަހު ބާރުބާރަށް ހިނގައިގަތުމަށްފަހު ކޮޓަރިއަށް ވަނެވެ.
” ބޭބް ، ވަޓްސް ގޮއިން އޮން؟ ” ޒައިކް ކައިރިވަމުން އަހާލިއެވެ.
” ބައްޕަ ކައިވެނި ކުރާއިރު ހުންނަން ބޭނުން، އެހެންވެ ދާންވެގެން މިއުޅެނީ. ސޮރީ ކުރިން ނުބުނެވުނީމަ ” ވީހާވެސް ރީތިކޮށް ވާހަކަދެއްކޭތޯ ޝިފާ ބެލީ ޒައިކް އޭނަ ނުގޮސް ހިފަހައްޓަފާނެތީއެވެ. ޒައިކްވެސް ދާނަން ކަމުގަ ބުނުމުން ޝިފާ އެކަމަށް އެއްބަސް ނުވީ އާއިލާ އާއިއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުން ވާކަމަށް ބުނުމުންނެވެ. ކިތަންމެ ބޭނުން ނުވިއަސް އެކަމަށް އެއްބަސްވީ ޝިފާ ނުރުހިދާނެހެން ހީވުމުންނެވެ.
ފަހަތުން ބައްދާލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. ޝިފާ އަތުގައި ދެއަތުން ހިފަހައްޓަލަމުން ކޯތާފަތުގައި ބޮސްދިނެވެ. އަދި ވަރަށް ހަނދާންވާނެކަމުގައި ބުނެ ތަކުރާރުކޮށް ފޯނުކުރަން އެދުނެވެ. ޒައިކް ދެކެ ހިތް ހަމަ ނުޖެހިފައި ހުރިއިރުވެސް މިހާ ކުޑަ އަމަލަކުންވެސް ހިތައް އުފާވެރިކަން ލިބުނެވެ. މިކަހަލަ ކުޑަ އަމަލެއް ހަނދާނުގައި ވުމުންވެސް ވަކި ވުމުގެ ކުރިން ޒައިކް މަތިން ހަނދާން ނައްތާނުލެވޭނެއެވެ.
*****************
މާލެ އައުމަށްފަހު ޒައިކް ގެ އެއްވެސް މެސެޖަކަށް ޝިފާ ޖަވާބު ނެދެއެވެ. ޝޯޝަލް މީޑިޔާ އާ މުޅިން ދުރުވެ އެކަނި ވަގުތުތައް ހޭދަކުރަން ފެށިއެވެ. ރައްޓެހިން މަދުވުމުން މިކަހަލަ ވަގުތުތަކުގައި ވާ ފަސޭހަ ޝިފާއަށް އިހުސާސްކުރެވުނެވެ. ރީޙާން އާއެކު ވަގުތުތައް ހޭދަ ކުރަން ފެށީ ހުރިހާކަމަކުން ވިސްނުމުން އެއްފަރާވުމަށެވެ. ރީޙާންގެ މަޖާ ވާހަކަ ތަކުން ވަގުތުގެ އެކަނިވެރިކަން ފިލާދެއެވެ.
ޝިފާގެ ދޮންމަންމަ އަށްވިއަސް މަންމަ ފަދައިން ހެވެވެ. ކުޑަ އަންހެން ކުއްޖަކު ހުރުމުން ގޭތެރޭގެ ފަޅުކަން ފިލައެވެ. ނުވަ ވަރަކަށް އަހަރުގެ އީޝް ގެ ވާހަކަ ތަކުން އެންމެން ހެއްވާލައެވެ. ގޭތެރެއަށް ދިރުން ލިބޭކަހަލައެވެ. މަޑުމަޑުން ގޮސް ޝިފާގެ އެކަނިވެރިކަން ފިލަން ފެށިއެވެ. ޢީޝްވެސް ޝިފާއަށް ވަރަށް ވަރުހުރެއެވެ. އެމެރިކާއަށް ގެންދިއުމަށް އެދުނެވެ. އެ ލޯބިލޯބި ނޭފަތުގައި ހިފާލުމަށްފަހު އަދި ގެންދާނެ ކަމުގައި ބުނެލިއެވެ.
” މޯމް، ޑޭޑް. އިނގޭތަ ޝިފާ ދައްތަ ބުނީ އަޅުގަނޑު އެމެރިކާއަށް ގެންދާނަމޯ ” އީޝް ފޮނިވެގެން އެންމެން ކައިރީ ވާހަކަ ދައްކަމުން ދިޔައިރު ޝިފާގެ މޫނުމަތިން ހިތާމައިގެ ކުލަ ފާޅުވާހެން އިލްހާމްއަށް ހީވަނީ ކީއްވެކަމެއް ބުނެދޭކަށް ނޭނގެއެވެ. ބެލްކަނީގަ ހުއްޓަ ފަހަތުން ޝިފާ އާއި ހަމަ ކުރިއެވެ.
” ދަރިފުޅު ކަމަކާ ހިތްހަމަ ނުޖެހިފަތަ؟ ނޫނީ ދޮންމަންމަ އާ މެދު ހިތް ހަމަ ނުޖެހެނީތަ؟ ބުނެބަލަ ދަރިފުޅު ބޭނުން ގޮތެއް” މަޑުމައިތިރިކަމާއެކު ޝިފާ ހިތުގައި ވާއެއްޗެއް ހޯދުމަށް އިލްހާމް ބޭނުން ވެއެވެ.
” ނޫން، މަންމަ ކަހަލަ ހަމަ، އެހާ ހެޔޮ. މީހަކަށް ލިބޭނެ ރަނގަޅު އާއިލާއެއް ބައްޕަ އަށް ތި ލިބުނީ. ވަރަށް އުފާވޭ. ކީއްވެ ކުރި ސުވާލެއް ތީ؟ ” ޝިފާ ކުރަމުން ދިޔަ ހިޔާލުތަކުން އެއްފަރާތްވެ ބައްޕަ ހިތްހަމަ ޖައްސައިދޭން ބޭނުންވިއެވެ. އުފާވާ ކަހަލަ ވާހަކައެއް ބުނެގެންނެވެ.
” ޒައިކް އާ މައްސަލަ ޖެހުނީތަ، އޭނަ ގުޅާތަނެއް ނުފެނޭ ބައްޕައަކަށް، ދަރިފުޅަށް ރަނގަޅުތަ ޒައިކް؟ ” ބައްޕަގެ ވާހަކަ ހުރިގޮތުން ޝިފާއަށް އުނދަގޫ ވިއެވެ، ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ޒައިކްގެ ޝަކުވާ ކުރުމަކީ އުދަގޫ ކަމެކެވެ. ޒައިކް އެއްކޮށް ގެއްލިދާކަށް އޭނަހިތެއް ނޭދެއެވެ.
” ބިޒީ ވީމަ ނުގުޅެނީ ހެން ހީވަނީ. މަންމަ މެން ގޮވައިގެން ލަންކާ އަށް ބަދަލުވުމުގެ ކަންކަން ނިންމީތޯ މިހާރު؟ ” އިތުރަށް އެވާހަކަ ދައްކަން ޝިފާ ބޭނުން ނުވާހެން ހީވުމުން އިލްހާމްވެސް އެކަމަށް ބާރެއް ނާޅައެވެ. މަހެއް ވަރު ކޮށްލުމަށްފަހު ބަދަލް ވާނެކަމުގައި ބުންޏެވެ.
ދެހަފްތާ ހޭދަވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ކޮންމެ ދުވަހެއްގެ އެތައް ވަގުތެއް ޝިފާ ހޭދަކުރަނި ކުޑަކުޑަ އީޝްއާއި ރީޙާން އާއެކުއެވެ. ރީޙާންވެސް ޗުއްޓީ ނަގައިގެން ގިނަ ވަގުތު ޝިފާ އާއިއެކު ހޭދަ ކުރެވޭތޯ ބަލައެވެ. ބައެއްފަހަރު ޝިފާ ކަމަކާ ހިތާމަ ކުރާހެން ހީވާފަހަރުވެސް އާދެއެވެ. އެހެނަސް ޝިފާގެ ޒާތީ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަން ނުކެރެނީ އެކަހަލަ ވާހަކައެއް އިސްވެ ޝިފާ ނުދައްކާތީއެވެ.
ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. އިލްހާމް ކާރު ދުއްވާލަން ދިއުމަށް ތައްޔާރުވެ ނުކުމެ ހުރީ އަންހެނުންނާ ކުޑަ އީޝް ނުކުންނަން ދެނެވެ. އަޅައިގެން ހުރި އައިނު ނަގާ ކުރިމައްޗައް ބަލާލަމުން މޫނުމައްޗައް އުފާވެރިކަން ވެރިވިއެވެ. ޓެކްސީއަކުން ފޭބުމަށްފަހު ކުރިމައްޗައް ހުއްޓުނީ ޒައިކް އެވެ. ބަދަލްވެފައިވާ ޒައިކް ފެނުމުން ނިތް އަރުވާލެވުނެވެ.
” ދަރިފުޅު ހަބަރެއް ނުވެގެން ބައްޕަ މިހާރު ކަންބޮޑުވެއްޖެ. ޝިފާ އެބައުޅޭ ކުރިން ހަމަ އޭނަ އުޅުނު ބައިގަ. ދޭބަލަ ވަރަށް އުފާވާނެ ” އިލްހާމް ބެލީ އަވަހަށް ޒައިކް ފޮނުވާލެވޭތޯއެވެ. އެދެމެދުގައި މައްސަލައެއް ޖެހޭކަށް ދުވަހަކުވެސް ބޭނުމެއް ނޫނެވެ. ޒައިކު އަންނަން ވެގެން އޭނައަށް ގުޅުމުން ޝިފާ ކައިރީ ނުބުނީ އެދެމެދުގައިވީ ދުރުކަން ނައްތާލުމަށެވެ. ދުވަހަކުވެސް އޭނަގެ ދަރިފުޅު ހިތާމަކުރާތަން ދުށުމަކަށް އޭނައަކަށް ކެތެއް ނުވާނެއެވެ.
އެބަޔަށް ވަންއިރު ކުޑައަންހެން ކުއްޖަކު ދުވެދުވެފައި އުޅުނެވެ. ޒައިކް ހަމަ ފެނުމުން އެއަންހެން ކުއްޖާ ކައިރީ ހުރި އަންހެން މީހާކައިރިއަށްވަދެ ފިލައިފިއެވެ. ކުޑަކޮށް ޒައިކް ކައިރިއަށް ހިނިއައީ އެއަންހެން ކުއްޖާ ލޯބިކަމުންނެވެ. ކުރިމައްޗައް ހުއްޓި އަމިއްލައަށް ތައާރަފް ވެލީ ޝިފާގެ ދޮންމަންމަ އާއި އޭނާގެ ދަރި ފުޅުކަން އެނގޭތީއެވެ. ޒައިކް ހިނިތުން ވުމެއް ދިނުމަށްފަހު ފޮށި ބެހެއްޓިއެވެ. އަދި ހިނގައިގަތީ ޝިފާގެ ކޮޓަރިއަށް ވަނުމަށެވެ.
ދޮރު ހުޅުވާލެވުމުން ނިތްކުރިމައްޗައް ރުތައް ގިނަވިއެވެ. އެނދުގައި ދެފައި ވައްކޮށްގެން ލެޕްޓޮޕް އުނގައްލައިގެން ފިލްމެއް ބަލަނީކަން މޫނުމަތީގެ ހަރަކާތްތަކުން އެނގުނެވެ. އެހާމެ ކައިރީ ރީޙާން ވީއިރު އެކައިރިކަން ދެކެ ޒައިކް ބިރުގަތެވެ. އޭނަގެ އެންމެ ކޯލަކަށްވެސް ޝިފާ ޖަވާބެއް ނުދިނެވެ. ވީކިހިނެއްކަން ނޭނގުނަސް ޔަމާން އެދުނީ ޝިފާ ގެއްލުމުގެ ކުރިން އޭނަ ހޯދަން ދިއުމަށެވެ. ވީ ގޮތް ނުބުންޏަސް ޔަމާންގެ ވާހަކަ ތަކުން ޝިފާ އެނބުރި އަންނަ ހިޔާލު ނުކުރާނެކަން އެނގުމުން ޒައިކްގެ ހިތައް އުނދަގޫ ވިއެވެ. އެންމެ ފަހުން ޝިފާ ހުރިތަނަކަށް އައީއެވެ.
ކުރިމަތިން ޒައިކް ފެނުމުން އުނގުމަތީ އޮތް ލެޕްޓޮޕްވެސް ޝިފާއަށް ދުރައް ވިއްސާލެވުނެވެ. ރީޙާން އާ ދިމާއަށް ބަލާލީ ޒައިކްގެ ރުޅިގަނޑު ހުންނާނެ ވަރު ލަފާ ކޮށްލެވިފައެވެ.
” ޒައިކް . އަންގާވެސް ނުލާ ތިއައީ. ” ބުނާނެ އިތުރު އެއްޗެއް ވިސްނުމަކަށް ނައެވެ. އޭރު ރީޙާންވެސް އެނދުން ފައިބާ ކޮޅަށް ހުއްޓެވެ. ޒައިކް ބެލުމެއްނެތި ބާރުބާރަށް އައިސް ޝިފާ ގައިގާ ބައްދާލިއެވެ.
” އައި މިސް ޔޫ ބޭބް. ކީއްވެތަ އާންސާރ ނުކުރީ ” ޒައިކް މިއުޅުނު ގޮތަކުން ޝިފާ ކައިރިއަށް ރުޅިއައެވެ. ރީޙާން ހުއްޓަ އަދި މިހެން އުޅެން ވެއްޖެހެއްޔެވެ. އަތުގަ ހުރި ބާރު މިނެއްގަ ޒައިކް މޭގައި އަޅުވާލުމަށްފަހު ދުރަށް ކޮއްޕާލިއެވެ. ދެރައާއި އެއްވަރަށް ހިތާމަވެސް އެ ލޮލުން ފެނުނެވެ.
” ދުރުގަ ހުރޭ. ތި ހަމަ ދެއްކެން ވެގެން އުޅޭ ގޮތް. ލޯބި ނުވާ މީހެއްދެކެ މިސްވެޔޭ ނުކިޔަސް މިތާ ދެކޭނެ މީހަކު ނެތޭ! ޒައިކް ހީކުރި އަހަންނަށް އެއްވެސް ކަމެއް ނޭނގޭނެ ކަމައްތަ.؟ ” ދެލޯ ބޯޑުކޮށްލަމުން ރީޙާންވެސް އެދެމީހުންނަށް ބަލާލިއެވެ. މިއޮތް ހުރިހާ ދުވަހަކު ޝިފާ އޭނަކައިރީ އެއްވެސް އެއްޗެއް ނުކިޔަސް ކަމެއް ވެފަ ހުރިހެން އޭނައަށް ހީވިހީވުން މިވީ ތެދަކަށްތާއެވެ.
” ވަޓް. ކާކު ކީކޭ ކިޔައިގެން ތިއުޅެނީ. ދުލުން ނުބުންޏަސް ޝިފާއަށް އަމަލުތަކުން އަހަރެން ލޯބިވާކަން އެނގޭނެ. ” އަލުން އެއަތުގައި ހިފާލުމަށް އަތް ދިއްކޮށްލުމުންވެސް ޝިފާ ޖެހިލީ ފަހަތަށެވެ.
ދެން ރީޙާން އާ ދިމާއަށް ހަޅެއް ލަވައިގަތުމަށްފަހު، އެތަނުން ނުކުތުމައް އަމުރުކޮށްލިއެވެ. ޝިފާ އަނގަ މަތީ އަތް އަޅާލުމަށްފަހު ރީޙާން އާ ދިމާއަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެކަމަށް ބުނެ ޒައިކް އަށްވުރެ ބާރަށް ބުންޏެވެ.
” އިޓްސް އޯކޭ ޝިފާ. މިވަގުތު ގޮސްލާނަން” ރީހާން މަޑުމައިތިރި އަޑަކުން ބުނުމަށްފަހު ބޭރަށް ދާން ހިނގައި ގަން އިރުވެސް ޝިފާ ރުޅިއައިސްގެން ވާހަކަ ދައްކައެވެ. ރީޙާން ދޮރު ހުޅުވާލިއިރު އަޑުގަދަވެގެން ވަހީދާވެސް އީޝް ގޮވައިގެން ދޮރުމަތީ ހުއްޓެވެ. އެތެރެއިން އަޑު ގަދަވުމުން ކަންތައް ރަނގަޅު ނޫންކަން ދިރިއުޅުމުގެ އެތައް ތަޖުރިބާއެއް ކުރެވިފައިހުރި ވަހީދާއަށް އެނގުނެވެ. އަވަހަށް ހިންގައިގަތީ އިލްހާމް ކައިރިއަށް ދިއުމަށެވެ.
” ޕްލީޒް، ބޭބް ވީގޮތެއް ބުނެބަލަ. ނިމިދިޔަ ދުވަސްތަކުގައި ޝިފް އާ ނުލާ އަހަރެން އުޅުނުހާލު އިނގޭތަ؟ އެއްޗެއް ކެވެނީކީ ނޫން، މިހާރު ޝިފް ތައްޔާރު ކުރާއެއްޗެހި ނޫނިއްޔާ ކާހިތެއް ނުވޭ. އެކަނި އުޅެން އާދަވެފަ ހުއްޓަ ދިރިއުޅުމަށް ކުޑަވެސް އުފާވެރިކަމެއް އައީ ބޭބް އައި ފަހުން. އިނގޭ ގަބޫލުނުކުރާނެކަންވެސް. އެކަމް މީހަމަ ތެދު. އަބަދު ހީވަނި ގޭގަ ޝިފް އުޅޭހެން. ކޮޓަރީގަވެސް ދުވަނީ ބޭބް ގެ ވަސް. ހަމަޔަކަށް ނުނިދޭ ” ޒައިކްގެ ވާހަކަ ތަކުން ޝިފާގެ ރުޅިވެރިކަން ފިލާދިޔައީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ލޯއްބަކީ މިހާ ބާރު ގަދައެއްޗެއް ހެއްޔެވެ. ރުޅި ފިލާ ދަނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އެކަމަކު މިހާފަސޭހައިން ޒައިކް އާ ސުވާލުނުކޮށް މިކަންތައް ނިންމާލަން ބޭނުމެއް ނޫނެވެ. ރުޅިވެރިކަމާއެކު ބަލަހައްޓައިގެން ހުރީއެވެ.
” ޝިފް ބޭބް . ކުށެއް ކުރެވިފައިވާނަމަ މާފްކުރޭ ” ޒައިކްގެ އަޑުގައި ރިހުމެއް ވިއެވެ. ކުރާ ސުވާލަކަށް ޖަވާބު ދީފިނަމަ މާފްކުރެވިދާނެ ކަމަށް ބުނުމުން ޒައިކްގެ ލޮލުން ބޮލުން އެއްބަސްވީއިރު އާދިރުމެއް ލިބުނު ކަހަލައެވެ. މަޑުކުރުމަށް ބުނެ އަލަމާރިން ފޮޓޯގަނޑެއް ނަގައި ޒައިކް އަށް ދިއްކޮށްލިއެވެ.
ފޮޓޯގަނޑު އަނެއް ފުށައް ޖެހުމުން ޒައިކް ދިޔައީ ސިހިގެންނެވެ. ލިވީ އާއި އޭނަ ގެ ވެޑިން ޑްރެސް ލައިގެން ހުރި ފޮޓޮއެކެވެ. ޝިފާއަށް މިލިބުނީ ކިހިނެއްކަމެއް ނޭނގިގެން ހާސްވިއެވެ. އަދި ޝިފާ އަތުގައި އޮތް އޭނަގެ ޑައިރީ ފެނުމުން އަލުން ޝިފާ މޫނަށް ބަލއިލީ ކުއްވެރި ކަމުގެ އިހުސާސް ކުރެވިގެނެވެ. އިތުރައް ފޮރުވުމުގެ ބޭނުމެއް ނެތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.





Ma hama emme busy vi gady mi iny up vefa.. Ferry mathy foohikanmathy 2 gadi iru vi iruves up nuvi.. Hama busy vyma up vejje
Hehe thanks Lucy! f3r . Ehaa bsy koh ulhemunvess kiyaalaathy. ??. Your the biggest supporters of me.
Woww! Nice mi part ves ??.. Kb next bai… Avahan up kohlla ????vvvv nice story eh..
Thanks Mary. Next part up vejje, kiyaalahchey ur the best supporter ???
wooow beautiful, mibai kiyaalaahithun marudhan jeheny mioh
when next part???? varah obi mibai.
Thanks miru, 19 vana part up vejje mihaar, kiyaalahchey ?
haadha dhigu inthizaarakah fahuey…..its ok ekam next part avas kohlahchey
Thanks
Haadhakurey dhonee thankolhe dhigukolabala v reethi belle ge mivaahaka keepitup next part thankolhe avaha up koladhece love
Thanks Ainthu ????.
ވަރަށް ރީތި މިބައިވެސް. އާންމުކޮށް ވާހަކަ އެއް ކިޔާލާައި ކޮމެންޓެއް ނުކުރަން. އެކަމަކު މިވާހަކަ ކިޔަން ފެށިތަނާ ރީތިވެގެން އެންމެ ޕާޓެއްވެސް ވައްޓައެއް ނުލަން. މިދެދުވަހު ވާހަކަ އަޕް ނުވީމަ މިހިތައްއެރީ އެހެން ލިޔުންތެރިންހެން ވަކިހަމަޔަކުން ހުއްޓާލީބާއޭ.
Thanks
nice part
haaaaa, asluvess mibai hyvey varah kuruhen, kiyaahithun huryma hen hyvany. zaik adhivess dhogu hadhaigen ulheythi shifaa ehaa loabivaairuvess. varah curius vey mivaahaka kuriah dhaagothun.
Varah reethi…Maa sha Alla..When is next part
Thanks Dhonthii, up vejje kiyaalaafa comment kohlaanan v v v happy vey
Woww…. mi part ves varah reethi…whn is next part??
Thanks ??
Reethi mi part ves ??????
Keep it up
Thanks drax. ?
Haadha kurey..when next part…vvvv reeethi mi part vx
Vaahaka knme part eh vx kiyan miss nukohla..adhi Ekam mi comment eh kury…nxt part kiyaalaa hithun keh madhuvegn …..vvvvvv reethi mi vaahaka❤❤
Thanks ????.
Varah reethi
Thanks Ibsha
mipart vess nikan salhi.
Thanks
Varah Reethi mipart ??when is next part, curiously waiting
Thanks Leen, next part up vejje. Kiyaalahchey. Thigothah positive comment kohlaathy aslu varah story aaigen kuriah dhaahihvey ??.
Wow…varah reethi..❤♥❤
Wow varah reethi mibaai. But 19 up kuree tha me akah nufeney