Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 19

Belle Level 310 Stories100 Comments100 Login500 Login
July 17, 2019 4 Mins Read
37 Comments

 

 

ފޮޓޯގަނޑު އަނެއް ފުށައް ޖެހުމުން ޒައިކް ދިޔައީ ސިހިގެންނެވެ. ލިވީ އާއި އޭނަ ގެ ވެޑިން ޑްރެސް ލައިގެން ހުރި ފޮޓޮއެކެވެ. ޝިފާއަށް މިލިބުނީ ކިހިނެއްކަމެއް ނޭނގިގެން ހާސްވިއެވެ. އަދި ޝިފާ އަތުގައި އޮތް އޭނަގެ ޑައިރީ ފެނުމުން އަލުން ޝިފާ މޫނަށް ބަލއިލީ ކުއްވެރި ކަމުގެ އިހުސާސް ކުރެވިގެނެވެ. އިތުރައް ފޮރުވުމުގެ ބޭނުމެއް ނެތެވެ.

ދިރިއުޅުމުގައި ކުރަން ބޭނުން ކަމެއް އަބަދުވެސް ކާމިޔާބުކުރުމަށް ކޮންމެމީހަކުވެސް މަސައްކަތް ކުރާނެއެވެ. ހަނދާން ނެތިފައި ހުންނަ ކަންކަން ކުރިމަތިން ފެންނަ ފަހަރުވެސް އަންނާނެއެވެ. ލިވީގެ ފޮޓޯ ، ޝިފާ ދެއްކި ވަގުތަކީ އެކަހަލަ ވަގުތެކެވެ. އެކުގައި ހޭދަކުރި ހުރިހާވަގުތެއް، ރުޅިއަންނަ ފަހަރު ދެބަސްވެ އެންމެފަހުން އެއްގަލަކަށް އަރާކޮންމެ ވަގުތެއް، މުސްތަގުބަލް ގައި ރޭވި ކޮންމެ ރޭވުމެއް، ކައިވެނި ކުރުމުގެ އުންމީދުގައި ނެގި ކޮންމެ ފޮޓޮއެއް، މިހުރިހާކަމެއް އެއްފަހަރާ ކުރިމަތިން އެނބުރެން ފެށިކަހަލައެވެ.

“ހައު ކުޑްޔޫ …ޓެލް މީ ޒައިކް ؟” ޝިފާގެ ދެލޮލުން ޖަވާބު ހޯދުމަށް ފަހު ނޫނީ ދުރަކަށް ނުދާނަމޭ ބުނާކަހަލައެވެ. ހުރިހާއެއްޗެއް ކިޔައިދޭންވީ ވަގުތު ޖެހިއްޖެކަން ޒައިކް އަށް އެނގުނެވެ. މިހުރިހާދުވަހަކު ވިސްނި ކަންތައް ، ފަސްއަޅާ ފޮރުވިފައިވާ މާޒީ ކޮނެ ތިލަކުރަން ޖެހުނީއެވެ.

” ތިއަންހެން ކުއްޖާގެ ނަމަކީ ލިވީ ” އަސަރެއް ނެތް ގޮތަކަށް ޒައިކް ވާހަކަ ދެއްކިއެވެ.

” ތިކަން އަހަންނަށް އެނގިފަ އޮތީ. ނޭނގުނުކަމަކީ ޒައިކު އިތުރު ކައިވެންޏެއް ކޮއްފަ ހުރިކަން. އަދި އެކަން ސިއްރުކުރިކަން ” ޒައިކް އަށް ބަލާލެވުނީ ޝިފާ ބުނިއެއްޗެއް އަޑުއިވުމުންނެވެ.

” ކުރިންވެސް ބުނީމެއްނު އަހަރެންގެ އަނބިމީހާގެ މަގާމަށް އައީ  ޝިފާ އެކަންޏޭ، ކައިވެންޏަށް ހަފްތާއެއް ވެފަ އޮއްވަ ލިވީ ފިލީ. ތި ފޮޓޯ ތަކަކީ ކައިވެންޏަށް ތައްޔާރުވުމުގެ ތެރެއިން ނެގި ފޮޓޯތަކެއް ”

” ކީއްވެ ކުރިން ނުބުނީ ” ޝިފާ މަޑުމަޑުން އައިސް އެނދުގަ ކައިރިގަ އިށީންނިއެވެ. އަދި ޒައިކް އަށް އެވާހަކަ ތައް ދެއްކުމަކީ އުނދަގޫ ކަމެއްކަން ހާމަކުރިއެވެ.

” އަހަންނަށް ވިހި އަހަރު ލިވީ އާ ދިމާވިއިރު. ލިވީއަށް އަށާރަ. އަހަރެމެން ދިމާވީ ކޮލެޖުން. ކިޔެވުމަށް މޮޅުވެ ނަތީޖާ ވަރަށް ރަނގަޅުވާނެ. އޭރު އަހަންނަކީ ވަރަށް މަޑުން ހުންނަ ބަސްމަދު މީހެއް، އަމުދުން އަންހެން ކުދިންނަކާ އެހާ ވަހަކަ އެއް ނުދައްކަން. ހަމައެކަނި މެކާ އާ ގުޅުން ބާއްވަނީ. މަންމަ އަހަރެން ދޫކޮށްލާފަ ދިޔަ ހާދިސާއިން އަންހެނުންދެކެ ރުޅިއާދޭ. ކުދިކުދިކަންކަމުގައި ރުޅި އިސްކުރެވޭ. އެހެންވެ ވަރަށް މަދުން ރައްޓެހިންވެސް ހުންނާނީ. ބާސްކެޓް ބޯލް ކުޅުން ހަމައެކަނި ފޫހިފިލާ ކަމަކަށް ކުރަނީ. އެހެން އުޅެނިކޮށް މަންމަގެ އެއްބަނޑު ދައްތަ އެދުނީ އޭނަގެ އަންހެން ދަރިފުޅާ ކައިވެނި ކުރަން. ވަގުތުން ދެކޮޅުހަދާ އެއަންހެން ކުއްޖާއަށް ޖެއްސުން ކުރިން. ދުވަސްކޮޅެއް ފަހުން ދަންޖެހިގެން މަރުވި ހަބަރު ލިބުނީ. އޭގެފަހުން ބޮޑުދައިތަ ވާހަކަ ނުދައްކާނެ. ގެއަށްވެސް ނާންނާނެ ”

ޝިފާ އަނގަ މަތީ އަށް އަޅާ އަޑެއް ލައްވާލީ އިވުނު ވާހަކަ ތަކުންނެވެ. ޝިފާއަށް ވީގޮތުން އެމޫނަށް ޒައިކް ބަލާލިއެވެ. އަދި މިހުރިހާ ދުވަހަކު މިވާހަކަތައް ފޮރުވައިގެން އުޅެވުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

” އެއަހަރު ސަމާރ ގަ ލިވީ އައީ. އެއަންހެން ކުއްޖާގެ މައިންބަފައިން އެކްސިޑެންޓެއްގަ މަރުވީ. ހަރަދުކޮށް ބަލަހައްޓަނީ ބޮޑުބޭބެއެއްކަމަށް ބުނި. ފުރަތަމަ ލިވީއަށް ވަރަށް ނަފްރަތުކުރިން. އަބަދުވެސް ވަރަށް ހެވިފަ ހުންނާނީ. މައިންބަފައިން މަރުވުމުންވެސް އަބަދު ހެވިފަ އަމިއްލަ ނަފްސައް އިތުބާރުކޮށް ދިމަވާ ކޮންމެ ކަމެއްގަ ފަހަތައް ނުޖެހި ކުރިއަށް ދާތީ ރުޅިއަންނަނީ. އެއީ އަހަރެން ދެކޭގޮތުގައި ހިތާމައިގަ އުޅެންޖެހޭނެ ކުއްޖެއް. ވަރަށް އުނދަގޫކޮށް ޖެއްސުން ކުރަން ” ޒައިކް މޫނުމައްޗައް ހިނިތުންވުން ވެރިވިއެވެ. އެހަނދާންތައް އާވުމުން ހިތުގަ ކުރެހިފަވާ ލޯބި ހޭލިކަހަލައެވެ. ވަކިވަކިން އެދުވަސްތަކުގެ އެކި މަންޒަރުތައް ކުރިމަތިން ފެންނަކަހަލައެވެ. ޒައިކް މޫނުމައްޗައް އައި ބަދަލު ފެނި ޝިފާ އަށް ހިންދިރުވާލެވުނީ އެއަންހެން ކުއްޖާދެކެ ޒައިކް ވާލޯބި ފެނިފައެވެ.

” ލިވީގެ އެ ހަރަކާތްތަކުން ހިތައް ގޮތްތަކެއްވި. މަޑުމަޑުން ލިވީ އަހަންނަށް އެހީވާން ފެށި، އެކަނި ހުންނަ ވަގުތުތަކުގައި ވާހަކަ ދެއްކި. އަހަރެމެން ވަގުތުތައް އެކުގައި ހޭދަކުރަން ފެށިން. ލިވީ އަށް ކިޔެވުމުގައި އެހީތެރިވުމުގެ ގޮތުން ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރަން ފެށިން. އެކަނި ވާ ކޮންމެ ވަގުތެއްގައި ކައިރިއަށް އަންނާނެ. އެންމެ ފަހުން ތިން އަހަރެއް ވަރު ކޮށްލާފައި ދެމީހުން ރައްޓެހިވީން. ދުނިޔެ ދެކެ އަލުން ލޯބިވިން. ވީރާނާވަމުން ދިޔަ ހަޔާތް އަލުން އުޖާލާވި. މަންމަ އަށްވެސް މާފުކޮށް ދިރިއުޅުން އުފާވެރިވިއިރު ހިތާމައިން ފުރޭނެކަން އެއްގޮތަކަށްވެސް ހިޔާލުކުރެވިފައިވެސް ނެތް ”

” ކިޔެވުން ނިމި ދެ އަހަރު ފަހުން ކައިވެނި ކުރުމަށް ޕްރޮޕޯސް ކުރިން. ލިވީ އާއެކު ހޭދަ ކުރި ދުވަސްތަކަކީ ދިރިއުޅުމުގައި ހޭދަކުރި އެންމެ އުފާވެރި ދުވަސްތައް. އޭނަ ދެކެ ލޯބިވިން ދުނިޔޭގެ ކޮންމެ އެއްޗަކަށް ވުރެ ބޮޑަށް. ދެމީހުން ކައިވެނި ކުރުމުގެ ކުރިން ކުރު ޗުއްޓީއަކަށް ޕެރިސްއަށް ދިޔައިން. އަހަރެމެން ހަނިމޫނަށް ގޮސް ހުރިތަނަށް ލިވީ އާއެކު ގޮސްހުރީ. ހެނދުނު ހޭލެވޭނީ ލިވީގެ ކުދިކުދި ގޯނާތަކުން. މީރުމީރުކޮށް ޗޮކުލެޓް ކޭކު އަޅާދޭނެ ޝިފް ތައްޔާރު ކުރާގޮތައްހަމަ. ހަށިގަނޑަށް ދިރުންލިބޭ ލިޥީގެ ކުޑަކުޑަ ބިހިލުމަކުންވެސް. ކުޑަކުޑަ ވަގުތުކޮޅެއްވެސް ދުރުގަ ހުންނަން އުނދަގޫ. ދެމީހުންގެ ލޯބީގާ މައްސަލަ ޖައްސާނެ އެންމެ ވަގުތުކޮޅެއްވެސް ނުލިބޭ ” ޝިފާގެ މޫނައް ބަލާލަމުން ޒައިކް ހީލީ ހިތި ހިނިތުން ވުމެކެވެ.

” ފިލްމެއް ކުޅެގެން އެވޯޑެއް ލިބޭވަރުވާނެ. އެހާ މަކަރުވެރި” ޒައިކް އަޑުގައި މަލާމަތުގެ ހުނުމުގެ އަޑުއިވުނެވެ.

” ކިހިނެއްވީ ” ޒައިކް އަށް ބަލާލަމުން ޝިފާ އެއަތުގައި ހިފަހައްޓާލިއެވެ.

” އެއީ ކައިވެނި ކުރަން ދެދުވަހަށް ވެފަ އޮއްވަ، އަހަރެން ބޭނުންވީ އަމިއްލަ އަތުން ލިވީއަށް ހާރެއް ގަންނަން. ދުނިޔޭންވެސް މަދުންލިބޭ ޑައިމަންޑް ހާރެއް ގަނެގެން އައީ. ގެއަށް އައިއިރު އެންމެން ހުރީ މާ މަޑުން. ހުރިހާ ތަނެއް ބެލިއިރުވެސް ލިވީއެއް ނުފެނުނު. އެންމެ ފަހުން އެނދުމަތީ ލިޔެފަ އޮތް ނޯޓެއް ފެނުނު” އެއީ އެންމެ ހިތްދަތިވި ދުވަސްކަމުގަ ޒައިކް ބުންޏެވެ. މަޑުމަޑުން ޒައިކް ކޮނޑުގައި އައްލަމުން ނޯޓުގައި އޮތީ ކީކޭތޯ ޝިފާ ސުވާލުކުރިއެވެ.

” ޒައިކް ދީފަ ހުރި ހުރިހާ އެއްޗެއް އަލަމާރީގެ ބައެއްގަ ހުންނާނެ. ޒައިކު މި ނޯޓު ކިޔާއިރު އެތައްމޭލު ދުރަކަށް އާދެވިފަ މިހުރީ. ވަރަށް ބޮޑަށް ސޮރީ ޒައިކް. އަހަރެން ދާންޖެހިއްޖެ، އިތުރަކަށް ދެން ކެތެއް ނުކުރެވޭނެ. އަދިވެސް އެއްފަހަރު މާފަށް އެދެން” އެބަސްތައް ކިޔަމުން ދިޔައިރު ޒައިކް ދެލޮލުން ކަރުނަ ނުހުއްޓެއެވެ. ހުއްޓުވާކަށް ޝިފާ މަސައްކަތެއްވެސް ނުކުރެއެވެ.

” ޝިފް އަށް އިނގޭތަ ، ލިވީ ދިޔައީ އަހަރެން އަނދިރި ފުން ވަޅަކަށް ވައްޓާލާފަ. އެވަޅުން ފަސް އަހަރުވީއިރުވެސް ނޭރިގެން މިއުޅެނީ. އެޓްލީސްޓް އަހަރެންނަށް ކުރެވުނު ކުށެއްވެސް ބުނެލާފަ ދިޔަނަމަ. ލިވީ ހޯދަން ނުދާ ގައުމެއް ، ނުކުރާކަށް ކަމެއް ނޯންނާނެ. އެކަމަކު މިއަދާހަމައަށްވެސް ލިވީ ވީ ހިސާބެއް ނޭނގެ. ދުނިޔޭގަ ހުރިކަމެއްވެސް ނެތްކަމެއްވެސް. އޭނަ ލަނޑުދީފަ ދިޔައީމަވެސް ރުޅިއަންނަން މަސައްކަތް ކުރިއަސް ނުވޭ. ކޮންމެ ދުވަހަކު، ކޮންމެ ރެއަކު ލިވީ އާދޭތޯ އިންތިޒާރުކުރިން. މަންމަމެން ގެއިން ނުކުމެގެން އަމިއްލަ ގެއަށް ދިރިއުޅުން ބަދަލުކުރީވެސް އެކަނިވެރިކަން ބޭނުންވެގެން. ވަރަށް ބޮޑަށް ޑިޕްރެސަން އާ ދިމާވި. އަމިއްލައަށް މަރުވާން އެތައްފަހަރަކު އުޅުނިން. އެކަމަކު ޑރ ގެ ވަރަށް މަސައްކަތުން ދެއަހަރެއް ވަރު ފަހުން ހަމައަކަށް އެޅުނީ ” އަނެއްކާވެސް ޒައިކް ލޯ ފޮހެލިއެވެ.

” އެކަމަކު އަހަންނަކީ ކުރީގެ ޒައިކް އެއްނޫން. އެ ޒައިކް މަރާލައިފި ލިވީ. އަންހެނުންނަށް ކުރާ ނަފްރަތު އިތުރުވެ އަދަދުނުކުރެވޭ ވަރަށް އަންހެންކުދިންނާއެކު ސްލީޕް ކުރިން. ކޮންމެ ރެއަކު އާ ކުއްޖެއް އަހަރެންގެ ބެޑް ފަޅުފިލުވާދޭނެ. ހުރިހާކަމެއް ބަދަލުކުރިން .ހަމަ ލިވީގެ ސަބަބުން. ހިތުގެ އެންމެ އަޑިން މިހާރު ލިވީއަށް ނަފްރަތު ކުރެވޭ. ޝިފް ބޭބް. އޭނަ އަހަރެން މަރާލައިފި. ދުނިޔެމަތިން ފޫހިކުރުވައިފި. މަޑު ހިތް ހަރު ހިލަ އަށް ހަދައިފި”

” އޭނަ އަލުން އަނބުރާ އަތުވެއްޖެ ނަމަ ބަލައިގަންނާނަންތަ؟؟” ހިތްވަރު ކޮށްލާފައި ޝިފާ ސުވާލުކޮށްލިއެވެ.

” އައި ވިލް ނެވަރ ފޯރ ގިވް ހާރ. ޝީ ކިލްޑް މައި ސޮއުލް އެންޑް ޓާން މީ އިން އަ ޑެވިލް” އަޑަށް ބާރު ލަމުން ޒައިކް ބުންޏެވެ.

” ޒައިކް ގެ މައްސލައެއް ނޫން އެއީ. އަންހެން ކުއްޖެއްގެ ލޯބި ހޯދަން ޒައިކް އަށް ކުރެވުނު ކަމެއް ކުރި. އެކަމަކު ފުރަތަމަ ލޯބި ގެއްލުމުން ތި ހިތައް ކުރާނެ އަސަރު އިހުސާސްކުރެވޭ. އެކަމަކު އަހަރެން އުފާވޭ އޭނަ ޒައިކް ދޫކޮށްލާފައި ދިއުމުން. ސަބަބަކީ ޒައިކް އަހަންނަށް ލިބުނީ އެހެންވެކަން. ” ޝިފާ ހިނިތުން ވެލުމުން ޒައިކް ޝިފާ ކަނދުރާ ދަށުގައި މޫނު ފޮރުވާލީ ކުޑަކޮށް ބައްދާލަމުންނެވެ. ޒައިކު ދެއްކި އެއްވެސް ވާހަކައަކުން އޭނަ ރުޅިއެއް ނާދެއެވެ.

” އައެމް ސޮރީ ފޯރ އެވްރީތިން. ތިގޮތަށް އަހަންނާއެކު އަބަދުވެސް ހުންނަށްޗޭ. ދެން ދުވަހަކުވެސް ދުރަކު ނޫޅެވޭނެ. ދެވަނަ ފަހަރަށް އަހަރެން ދޫކޮށްލާފަ ނުދާތި. ވަރަށް މަސައްކަތް ކުރަން އެބަ ބޭބީ ދެކެ ލޯބިވެވޭތޯ” އެގޮތައް ހުރެ ޒައިކް ވާހަކަ ދެއްކިއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ފެންވަރާލަން ދިއުމަށް ޝިފާ އެދުނެވެ. ޒައިކް ފާހާނާ އަށް ވަން އިރު ޝިފާ ބޭގުގަ ހުރި އެއްޗެހި އަލަމާރިއަށް ލާން އުޅުނެވެ. މީހަކަށް މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން ހުރި ވާހަކަތައް ކިޔައިދެވުމުން ޒައިކް އަށް ހިތްހަމަ ޖެހުން ލިބުނެވެ. އެނދުގައި އިށީންނުމުން ޝިފާވެސް އައިސް ގާތުގައި މަޑުކޮށްލިއެވެ. ޒައިކް ޝިފާ އަތުގައި ހިފާލުމަށްފަހު ކުޑަކޮށް ދަމާލައި އެނދަށް ވައްޓާލިއެވެ. ޝިފާގެ މަޑުމަޑު ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރުނު އަޑާއެކު ޒައިކް ޝިފާ ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އެތައް ދުވަހަކަށް ފަހު ދެހިތް ބޭނުން ވާފަދައިން އުފާވެރި ވަގުތުތަކެއް ހޭދަކުރިއެވެ. ޒައިކް ގެ ކޮންމެ އަމަލެއް ބެހެއްޓީ އެންމެ އޯގާތެރި ފިރިއަކު އަންބަކާ މެދު އަމަލު ކުރާނެހާ ލޯބިންނެވެ. ނިދެމުން ދިޔައިރު ޒައިކް ހިތުގައި އޮތީ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެކަމުގައެވެ. އެހިތުގައި ޝިފާ އަށް ދެވިފައިމާ މަތިވެރި ގަދަރު އިތުރު ވިކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

މިއާ

Next

އަހަރެންގެ ޑައިރީ 3

Next
July 17, 2019

އަހަރެންގެ ޑައިރީ 3

Previews
July 17, 2019

މިއާ

37 Comments!

  1. Ibsha says:
    July 17, 2019 at 6:50 pm

    Wow varah reethi

    1. Belle says:
      July 17, 2019 at 8:34 pm

      Thanks Ibsha ????

  2. Nihu says:
    July 17, 2019 at 7:24 pm

    Beautiful ??????

    1. Belle says:
      July 17, 2019 at 8:34 pm

      Thanks Nihu

  3. Ainth says:
    July 17, 2019 at 7:45 pm

    Egves thafaatheh genesfaeh neh same hama kurin update mohfa huri baithakaa belle buni badhalu genes gehney update ekamu thikuraney .. vaahaka v reethi

    1. Belle says:
      July 17, 2019 at 8:38 pm

      Ainth mibain change nukurevi ehury bt ginabaithah update kohlaairu change thah gennan. Wait for 26 new parts. Kiyaalahchey 26 in feshigen mihaaru. 26 in feshigen kuriah oh baithah ninmamun midhany ?.

  4. Naxu says:
    July 17, 2019 at 8:03 pm

    Salhi

    1. Belle says:
      July 17, 2019 at 8:35 pm

      Thanks Naxu

  5. Mary says:
    July 17, 2019 at 8:37 pm

    Wawawa.. Salhi ingey???nxt part konirakun up kohllanee… Hehe kiyaahithun keimadhuvefa???????

    1. Belle says:
      July 17, 2019 at 8:41 pm

      Thanks Mary, tomorrow new part up kohlaanan. Aslu day to day up Kuran bt Story Admin team in day to day ah up nukuraathy, next part thah Bella ah up date nukureveny. Ehen mama next week ga new parts that iyevenfeshys. ?

  6. Meekkomee says:
    July 17, 2019 at 8:51 pm

    Woww..?? mi part ves varah reethi ??? whn is next part???

    1. Belle says:
      July 17, 2019 at 9:01 pm

      Thanks Meekkomee ????????. Tomorrow morning up kohlaanan Esfiya site ah, v changes aa eky. Esfiya site in up vyma kiyaalaafa comment eh kohlahchey, ur now my daily Reader ????

    2. Meekkomee says:
      July 17, 2019 at 9:16 pm

      Hehehe.. welcome ?? yeshh comment ehkoh laanu kiyunu haa ahvahakah???

    3. Meekkomee says:
      July 21, 2019 at 8:23 pm

      Kon iraku up vaanyy next part??? I’m waiting for the next part ??☺️??

  7. އައިންތު says:
    July 17, 2019 at 9:23 pm

    V reethi thikuraa masakathuga Allah kaamiyaabu dhevaashi aamin .when next part up kolaanee

    1. Belle says:
      July 20, 2019 at 7:51 pm

      thanka

  8. Ainth says:
    July 17, 2019 at 9:36 pm

    Belle 26 update kureytha

    1. Belle says:
      July 20, 2019 at 7:52 pm

      noon , bt mi week ge thursday ga 26 up kuraanan

  9. Eyra says:
    July 17, 2019 at 10:08 pm

    V reethi, comment nukuriyas vaahaka kiyan abadhuves?❤

    1. Belle says:
      July 20, 2019 at 7:52 pm

      thanks Eyra

  10. Xa says:
    July 17, 2019 at 10:17 pm

    V salhi. Next part avaha up kolachey

    1. Belle says:
      July 20, 2019 at 7:53 pm

      Thanks Xa

  11. Dhonthy says:
    July 18, 2019 at 5:23 pm

    So sorry Belle for the late reply?? Hama dhenmega WiFi libunee… Ehenve avahah kiyaalaafa comment mi kollee…. Vvv reethi mi part ves… Dhen oiy part konirakunbaa???????????

    1. Belle says:
      July 20, 2019 at 7:51 pm

      Thanks Dhonthy mi week ga test and offyhuga v v bsy koh ulhen jehunyma up nukurevuny, bt sunday and monday ga up kuraanan 2 parts dhigukohlaafa, and 26 new part genesdheynan thursday ga, sorry for deley

  12. haako says:
    July 19, 2019 at 3:53 pm

    I’m so happy he told the truth . And thair are happy together . Waiting for the next part . Next part thankolhe thegu kolachey ??????

    1. Belle says:
      July 20, 2019 at 7:51 pm

      thans haako

  13. Yashaa says:
    July 19, 2019 at 8:05 pm

    Twentyyyyyyy sixxxxx pleeeeeeeeeeeeeeeeeeeeeeeeeeeease ???????I am dying to read that part ????????????????????????????????pleaaaaase fast ?????story is wonderful ???????????????????????????????????????????????waiting for story

    1. Belle says:
      July 20, 2019 at 7:48 pm

      aslu 26 gennan othy next sunday(28-07-2019) ga bt mi week ga delay vyma mi week ge thursday ga genes dheynan.

  14. ? says:
    July 20, 2019 at 10:55 am

    Haadha laheyy????????????????????????????????????????? liyefa oyy story eh veema avas vaan jeheynu?????????????????????????

    1. Belle says:
      July 20, 2019 at 7:44 pm

      sorry varah bodah , mi weekend ga online vess nuvevunu , test othyma , dhen offyhuga v v v v bsy koh neyvaa ves nulevi ulhen jehunyma. bt sunday ga 2 parts monday ga 2 parts up kohffa, new parts fashaanan , fashan onna dhuvahehvure avahha, sorry for delay…

  15. ? says:
    July 20, 2019 at 12:16 pm

    Haadha laheyyyyyyyy?????

  16. Belle says:
    July 20, 2019 at 7:46 pm

    sorry for every one. v v bsy koh ulhunyma up nukurevunu vaahakavess bune nulevunu bt sunday and monday parts ithuru kohdhyfa new part (26) fashaanan , fashan oh dhuvahah vure avahah, sorry again

  17. Belle says:
    July 20, 2019 at 7:49 pm

    aslu 26 gennan othy next sunday(28-07-2019) ga bt mi week ga delay vyma mi week ge thursday ga genes dheynan.

  18. Fathun says:
    July 21, 2019 at 1:27 pm

    Kobaahey vaahaka ?

  19. Mary says:
    July 21, 2019 at 6:56 pm

    Kb adhives up nukurantha vaahaka??????

  20. ??? says:
    July 21, 2019 at 9:13 pm

    Kobaa vaahaka

  21. Meemi says:
    July 21, 2019 at 11:39 pm

    Adhivx up nukuran tha?

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 20←


All Right Reserved!