ޒަޚަމް 10
ސްކޫލް ގޯތިތެރޭ ތިބި ހުރިހާ ކުދިންގެ ނަޒަރު ކައިރާއަށް ހުއްޓިގެން ދިޔައެވެ. ކަކުލާ ހަމައަށް އަންނަ ގަޔަށް ދޫ ގަދަ ފެހި ކުލައިގެ ހެދުމާއެކު ކަޅު ޖިންސެއް ލައިފައި ހުރިއިރު އޭނާގެ ބްލޮންޑް އިސްތަށިގަނޑު އޮތީ ކަޅު ޝޯލަކުން ނިވާކޮށްފައެވެ. އާންމުކޮށް އަރާ އުޅޭ އުސްފައިވާނުގެ ބަދަލުގައި ކަޅު ކުލައިގެ ރީތި ބޫޓަކަށް އަރައިފައި ހުރިއިރު ފައިތިލަ ވެސް ވަނީ ކަޅު އިސްޓާކީނަކުން ނިވާކޮށްފައެވެ. އަބަދުވެސް މޭކަޕްކޮށްފައި ހުންނަ މޫނުގައި އަނދުން ފިޔަވާ އިތުރު މޭކަޕެއް ބޭނުން ކޮށްފައެއް ނެތެވެ. ކައިރާއަށް އައި ކުއްލި ބަދަލުން މުޅި ސްކޫލަށް ހައިރާންކަން ލިބިގެން ދިޔައެވެ.
ކުދިންގެ ބެލުމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ކައިރާ އެތެރެއަށް ވަދެގެން ދިޔައެވެ. އާލިޔާމެންނާ އަރާ ހަމަވެފައި މަޑުކޮށްލިއެވެ. “ކެރާގެ ސިފައިގަައި ހުރި ޖިންނިއެެްތަ އަނެއްކާ ތިއީ؟” ސަމާސާކޮށްލުމުގެ ނިޔަތުގައި ދަހުލާން ބުންޏެވެ. ކައިރާ ޖަވާބެއް ނުދީ ހަމަައެކަނި ހިތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
އެކުވެރިޔާއަށް ވެގެން އުޅޭގޮތަށް އެ ދުވަހުން ދުވަހަށް ހޯދަން އާލިޔާ ގަސްތު ކުރިއެވެ. އޭނާއާ ބަލްޤިސް މަޝްވަރާކޮށްފައި ބްރޭކްގަޑި ޖެހުމުން ކައިރާއާ އެއްކޮށް ފިރިހެން ކުދިންނާއި ވަކިން މޭޒެއްގައި އިށީނެވެ. ކައިރާއަށް ބޮޑުކަމެއް ދިމާވެއްޖެކަން އެމީހުންނަށް އެނގޭކަން އާލިޔާ އަދި ބަލްޤިސް ބުންޏެވެ.
އެކުވެރިންނާއި ހިއްސާ ކުރަން ބޭނުންވި ނަމަވެސް ކައިރާ ޖެހިލުންވިއެވެ. އޭނާގެ ވާހަކަ އެމީހުން ޤަބޫލު ނުކުރާނެހެން ހީވާތީއެވެ. ކައިލާން ފަދަ ޤަދަރުވެރި މީހަކު އެފަދަ ކަމެއްކޮށްފާނެ ކަމަކަށް އެކަކުވެސް ހިތަކަށް ނާރާނެއެވެ. ކެންޓީނު ދޮރުން ވަން ކައިލާން ފެނި ކައިރާ ސިއްސައިގެން ދިޔައެވެ. ހެދުމުގެ ފަސްބައިގައި ހިފައި ބޮނޑިކޮށްލިއެވެ. “ކެރާ ޔޫ އޯކޭ؟” ކައިރާއަށް އައި ބަދަލު ފާހަގަ ވުމުން ބަލްޤިސް އަދި އާލިޔާ އަހާލިއެވެ. ކައިރާ ބޯ ޖަހައިލައިފައި އިންތަނުން ތެދުވިއެވެ.
އެއް ފަހަރު ކައިލާންއަށް އަނެއް ފަހަރު ކައިރާއަށް ދަހުލާން ބަލާލިއެވެ. ކައިލާންގެ ފަރާތުން ކައިރާއަށް ގޯނާއެއް ލިބުނުހެން އޭނާއަށް ވަރަށް ބޮޑަށްވެސް ހީވާން ފެށިއެވެ. އެކަންތައް އެވަގުތަށް ހިތުތެރޭގައި ބޭއްވީ ސްކޫލްތެރޭ އެފަދަ ވާހަކައެއް ދައްކަން ހިތްނޭދޭތީއެވެ.
ސްކޫލް ނިންމައިފައި އާލިޔާއާ އެކު އާލިޔާމެން ގެއަށް ދިއަސް އެންމެ ރަނގަޅު ތޯ ކައިރާ އެހިއެވެ. އާލިޔާ އާއެކޭ ބުނުމުން ކައިރާ ޝުކުރު އަދާކުރިއެވެ.
ޖޫންއަށްވެސް ކައިރާ ފެނުމުން ހައިރާންވިއެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ.
ސްކޫލުން އައިސް އާލިޔާއާ އެއްކޮށް ކޮޓަރިއަށް ވަން ގޮތަށް ކައިރާ ނުނިކުމެއެވެ. މެންދުރު ކާން ގޮވުމުންވެސް ބަނޑުހައި ނުވާ ކަމަށް ބުނެ އިނީއެވެ. ތާރާ އައިސް ވާހަކަ ދެއްކުމުންވެސް މާ ގިނަ ވާހަކަ ނުދައްކައެވެ. ހިމޭން ކަމާއެކު އިނީއެވެ. އިރު އޮރު ކޮޅަކާ ކައިރާ ސިއްސައިގެންވެސް ދެއެވެ.
ހަވީރު ދަހުލާން އާއި ސުފްޔާން އާލިޔާމެން ގެއަށް އައެވެ. ބަލްޤިސް އަދި މިހްތަރްވެސް އެ ވަގުތު އެގޭގައި ތިއްބެވެ. ކައިރާ ފެންނަން ނެތުމުން ގެއަށް ދިޔައީތޯ ސުފްޔާން ސުވާލު ކުރިއެވެ. ކައިރާއަށް އެ ވަގުތު ނިދިފައި އޮތް ވާހަކަ އާލިޔާ ބުނެލިއެވެ.
ދަހުލާން ފޯނު ޗާޖު ގޮސްގެން އެ ޗާޖަރަށް ޖަހަން އާލިޔާ ކޮޓަރިއަށް ދިޔައެވެ. ފޯނު ޗާޖަރަށް ޖަހައިފައި ނިކުންނަން އުޅެފައިވެސް ކައިރާއަށް ފިނިވެގެން އުޅޭހެން ހީވުމާއެކު އެނދުމަތީ ގައި އޮތް ފޮތިގަނޑު އަޅައިދީފައި ނިކުންނަން ހިތަށް އެެރިއެވެ.
އޭނާގެ މޫނަށް ހޫނު ނޭވާ އެޅޭހެން ހީވުމާއެކު ސިހިފަައި ކައިރާއަށް ހޭލެވުނެވެ. އެ ވަގުތު އޭނާއާ ނުހަނު ގާތު ހުރި ކައިލާން ފެނި ކައިރާގެ ދެލޯ ބޮޑުވިއެވެ. ކައިރާ ބޭނުންވީ ކައިލާންގެ ކިބައިން ސަލާމަތްވާށެވެ. ހަދަންވީ ގޮތެއް ނޭންގި ކައިރާއަށް ރޮއެގަނެވުނެވެ. “ޕްލީޒް ތިހެން ނުހަދާ. އާދެސްކޮށްފަ މު ބުނަނީ އަހަންނަށް ތިހެން ނުހަދާ!”
އޭނާ ފެނުމުން ކައިރާއަށް ވީ ގޮތް ފެނި ދަހުލާންއަށް ސިހުން ލިބުނެވެ. ކައިރާގެ ވޭނުން ފުރިގެންވި އަޑު އިވުމާއެކު ހިތުގައި ރިއްސާލިއެވެ. އެ އަންހެން ކުއްޖާއަށް ދިމާވެގެން އުޅޭ ކަންތަކުގެ ކުޑަ ހިލަމެއް ދަހުލާންއަށް ވެގެން ދިޔައެވެ.
“ހެއި ހެއި. މިއީ ދަހުލާންއޭ. ހަމަޖެހިބަ. މަށެެއް ނޫޅެމޭ ކައިއަށް އަނިޔާއެއް ދޭކަށް. ލުކް އެޓް މީ” އެނދުގައި އިށީންދެފައި ދަހުލާން ލޮތްބާއެކު ކައިރާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ކައިރާގެ ފިނި އަތްތިލައިގައި ހިފައި ބާރުކޮށްލިއެވެ.
ކައިލާންގެ ބަދަލުގައި ދަހުލާން ފެނުމުން ކައިރާ ހިތަށް ހަމަޖެހުން ލިބުނެވެ. ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. ދަހުލާންގެ އޯގާތެރިކަން އިހުސާސް ކުރެވުމާއެކު އިތުރަށް ރޮވެން ފެށިއެވެ. ކައިރާ ރޯތަން ބަލަން ހިތަށް އުނދަގޫވުމާއެކު ދަހުލާން އޭނާ ދެއަތުގެ ހިމާޔަތް ކައިރާއަށް ދިނެވެ. ހިތްފުރެންދެން ރޯލަން ފުރުސަތު ދިނެވެ.
އެކުވެރިންނަށް ސައި ތައްޔާރުކޮށާފައި އެނބުރުނު އާލިޔާ ސިއްސައިގެން ދިޔައީ އޭނާއާ ނުހަނު ގާތު ހުރި ސުފްޔާން ފެނިފައެވެ. ސުފްޔާން ހުރީ އޭނާ ގަޔާ ކިރިޔާ ނުޖެހޭ ހިސާބުގައެވެ. ތޫނު ދެލޮލުން އޭނާއަށް ބަލަން ބުރި ގޮތުން އާލިޔާގެ ހިތް އަވަސްވިއެވެ.
އާލިޔާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އަމިއްލަ ބާރު ދަށުން ދޫވެގެން ދާތީ ސުފްޔާނަށް ނަފްސު ކުށްވެރި ކުރެވުނެވެ. މި ފަހަރުވެސް އާލިޔާގެ ސޫރަ ފެނި ދުނިޔޭގެ ހުރިހާ ކަމެއް މަތިން ހަނދާންނެތިގެން ދިޔައެވެ. ކޮއްކޮ ލޯބިވެރިޔާއަށް އެ ފަދަ ނަޒަރަކުން ދެކުމަކީ ގޯސްކަމެއް ސިކުނޑި ބުނަމުން ދިޔަ ނަމަވެސް ހިތް އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ފަހަކަށް އައިސް އާލިޔާވެސް އޭނާއާ ގަޔާވާހެން ހީވަމުން ދިޔައެވެ. “ފެންތަށްޓެއް ލިބިދާނެތަ؟” ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެންނަމުން ސުފްޔާމް އަހާލިއެވެ. އާލިޔާ ވަކި ޖަވާބެއް ނުދީ ގޮސް އޭނާއަށް ފެން އަޅައިދިނެވެ. އަދި ސައި ތައްޔާރުވެފައި ހުރުމާއެކު ސައިބޯން އިށީންނަން ބުންޏެވެ.
މިހްތަރް އާއި ބަލްޤިސްއަށް ގޮވައިފާ އާލިޔާ ދަހުލާންއަށް ގޮވަން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ދަހުލާން އެނދުގައި އިށީންދެލައިގެން އިނެވެ. ކައިރާ ފާޚާނާގައި އުޅޭ އަޑުއިވެއެވެ. ދަހުލާން ލައިގެން ހުރި މަޑުފެހި ކުލައިގެ ޓީޝާޓުގެ މޭމަތި ތެމިފައި ހުރިތަން ފެނުމާއެކު އާލިޔާ ސުވާލު ކުރިއެވެ. ދަހުލާން ވީގޮތް އޮޅުން ފިލުވައިދިނެވެ. އެ ވަގުތު ކައިރާ ފާޚާނައިން ނުކުތުމުން ކައިރާވެސް ގޮވައިގެން ސައިބޯން އާލިޔާ ދިޔައެވެ.
“ކެރާ. އަހަރުންނަކީ ކެރާގެ އެންމެ ކްލޯޒް ފްރެންޑްސް. އަހަރުން އެންމެންނަށްވެސް އިނގޭ ކެރާއަށް ކަމެއް ވެއްޖެކަން. ވީ ގޮތް ކިޔައިދިނީމަ ދޯ ހެލްޕް ވެވޭނީ!” ކައިރާ އަނގައިން ނުބުނި ކަމަށް އެންމެ ފަހުން ބަލްޤިސް ބުންޏެވެ. ކައިރާގެ ހިމޭންކަމުން އޭނާ އިނީ އުނދަގޫވެފައެވެ. އެކުވެރިޔާއަށް އެހީވާން އޭނާ ބޭނުމެވެ. ނަމަވެސް ވީ ގޮތް ނޭންގި އެހީވާނީ ކިހިނެއް ކަމެއް އޭނާއަކަށް ނުވިސްނުނެވެ.
ފަހަރަކު އެކުވެރިއެއްގެ މޫނަށް ބަލާލުމަށްފަހު ކައިރާ އިސްޖަހައިލިއެވެ. ސުފްޔާންއަށް ބަލާލުމާއެކު ކުށްވެރިކަން އިހްސާސް ކުރެވުރެވުނެވެ. ރޮވެން ފެށުމާއެކު ކައިރާ މޫނުގައި ދެއަތް އަޅާލިއެވެ. ކައިލާން އޭނާއާ މެދު އަމާލު ކުރި ގޮތް އެކުވެރިންނަށާ ކިޔާ ދޭނެހާ ހިތްވަރެއް އޭނާ ގަޔަކު ނެތެވެ. އެކުވެރިން އޭނާއާ މެދު ނުބައި ގޮތަކަށް ދެކެފާނެތީ ބިރުގަންނަނީއެވެ. “ޑިޑް ކައިލާން ޑޫ ސަމްތިން ޓު ޔޫ؟” ކައިރާއަށް ދެލޯ ބޮޑުކޮށްލެވުނީ ކުއްލިއަކަަށް ދަހުލާން ކުރި ސުވާލުންނެވެ. ހުއްޓުން އަރައިފައި ދަހުލާންއަށް ބަލަން އިނދެވުނީ ދޭނެ ޖަވާބެއް ނޭންގިގެންނެވެ. އާލިޔާމެންވެސް ހައިރާންވެފައި އޭނާއަަށް ބަލާކަން އިހްސާސް ކުރެވުނެވެ. “ކެރާ؟” ސުފްޔާން ޖަވާބެއް ބޭނުން ވެގެން އޭނާއަށް ގޮވާލިއެވެ.
“ޑޭން ކީއްވެ ތިހެން ތި އެހީ؟ ކައިލާން ސާރއަކީ ކައިރާގެ ބޭބެއެކޭ. ކައިލާން ސާރ ކީއްވެ ކެރާއަށް ކަމެއް ކުރަންވީ؟” ވިސްނަން އިނދެފައި އާލިޔާ ސުވާލު ކުރިއެވެ. އޭނާއަށް ކައިލާން އެނގޭ ގޮތުން ކައިލާންއާކީ ގޯސް ކަމެއް ކުރާނެ ޒުވާނެއް ނޫނެވެ. އޭނާއަށް ފެނިފައި ހުރިތަނުގައި ކައިލާންއަކީ ކައިރާދެކެ އިންތިހާއަށް ލޯބިވާ ބޭބެއެކެވެ. އަނިޔާވެރިންގެ ކިބައިން ކައިރާ ހިމާޔަތްކޮށްދޭނެ ފަދަ ބޭބެއެކެވެ. ބަލްޤިސްއަށް ވެސް ހަޤީގަތް ނޭންގި ކައިލާންއަށް ތައުރީފު ކުރެވުނެވެ.
އެކުވެރިންގެ ބަސްމަގު ހުރިގޮތުން ހަޤީގަތް ހާމަ ކުރަން ކައިރާ ޖެހިލުންވިއެވެ. އިސްޖަަހައިލެވުނީ އޭނާގެ ވާހަކަ އެކުވެރިން ޤަބޫލު ނުކުރާނެކަން އެނގިގެންނެވެ.
ކައިރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާލިޔާމެންގޭ ދޮރުގައި ވަރަށް ބާރަށް މީހަކު ތަޅައިގަތެވެ. ސިޓިންރޫމްގައި ތާރާއާ ޖިރާން ތިބުމުން ޖިރާން ގޮސް ދޮރުހުޅުވިއެވެ. ރުޅި އައިސް ރަތްވެފައި ހުރި ޔާނާ ފެނި ޖިރާން އަދި ތާރާވެސް ބިރުގަތެވެ. ޖިރާންއަަށް ސުވާލެއް ނުކުރެވިގެން އުޅެނިކޮށް ޔާނާ ނިކަން ބާރަށް ކައިރާގެ ނަމުން ގޮވިއެވެ.
ޔާނާގެ ބާރު އަޑު އިވުމުން ކައިރާގެ ހިތް ރޫރޫ އަޅައިގަތެވެ. އެހެން ކުދިންވެސް ހައިރާންވެފައި ކައިރާއަށް ބަލައިލިއެވެ.
“ކޮބާހޭ ކައިރާ؟ ކައިރާ ހަމަ މިހާރު އާދޭ. ހީކުރީތަ މަށަށް ފިލަައިގެން އުޅެވޭނެކަމަށް؟” ޔާނާ ބާރުބާރަށް ހަޅޭއްލަވަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ޔާނާ މީހަކާ ދިމާއަށް ހަޅޭއްްލެވި އަޑެއް އެއިން ކުއްޖަކު ނާހައެވެ. ޔާނާ އެ ގޮތަށް ހަޅޭއްލަވާނީ ބޮޑު ކަމެއް ވީމަކަމަކަން އާލިޔާ، ބަލްޤިސް، މިހްތަރް އަދި ކައިރާއަށް އެނގުނެވެ.
“ޝޭމްލެސް ގާލް” ޔާނާ ކުރިމައްޗަށް ކައިރާ އެރުމާއެކު ކައިރާގެ ކޮލަށް ޔާނާ އަތުގެ ހޫނު ހަމަލާއެއް ދިނެވެ. “ކީކޭ ހިތަށް އަރައިގެންތަ ކައިލާން ފަހަތުން އުޅެނީ؟ ނޭންގެތަ އެއީ ބޭބެއެއް ކަމެއް؟ ކައިލާންއާ އަހަރެން ކިހާ ރަނގަަޅަކަށްތަ ކައިރާއާ މެދު ކަންތައް މި ކުރަނީ؟ އަމިއްލަ ކޮއްކޮއެއް ފަދައިން އަހަރުމެން ކަައިރާ މި ބަލަނީ. ދެން ކީއްވެތަ އަހަރުމެންގެ ދިރިއުޅުން ހަލާކު ކުރަން ތި މަސަައްކަތް ކުރަނީ؟” ރުޅި އައިސްގެން ވާހަކަ ފެށިނަމަވެސް ޔާނާއަށާ ރޮވުނެެވެ. އެ ލޮލުން ފެންނަމުން ދިޔައީ ކައިރާއާ މެދު ޝަކުވާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






don’t attach kairaa with dhahulaan plx
Aaliyaa and sufyaan doesn’t suit
???
Raasthaa 3 vx neredhyba pls and mi vaahaka vx vvvv rythi adhi kuriyas dhw comment eh mi kohllevuny❤️❤️❤️
Be safe dear ?????