މަންޒިލް 2
ހެދުނު ގޯސްތަކަށް ސަޕޯޓަރުންގެ ކިބައިން އެރިކް މާފަށް އެދުނެވެ. ކުރިއަށް އޮތް މެޗުތަކުގަައި އޭނާގެ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނަން ކަމުގައި އޭނާ ވައުދުވިއެވެ. އަދި އާސެނަލްއަށް ލީގު ހީދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަޕޯޓަރުން އަދި އެކުވެރިޔާ އިޝަލްއަށްޓަކައި ކޮށްދޭނަން ކަމުގަައި ބުންޏެވެ.
****
މެޗުން ބަލިވުމާއެކު ލިބުނު ހިތާމާގައި އެރޭ އިޝަލް ގާތަށް އެރިކް ދިޔައެވެ. އެރޭ އިޝަލް ގާތު މަޑުކޮށްގެން ތިބީ އަލައިކާ އާއި އަލްޔަސްއެވެ. އެރިކް އައުމުން ކޮނޑުގައި އަތް ޖަހައިލައިފައި އަލްޔަސް ވާހަކަ ދެއްކިއެވެ. އެރިކްއަށް އުނދަގޫ ކަމުގައި ނޫންނަމަ އޭނާ އާއި އަލައިކާ ކައިގެން އަންނަންދެން އިޝަލް ގާތު މަޑުކޮށްލަން އަލްޔަސް އެދުނެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އެރިކް އެއްބަސް ވިއެވެ.
މެޗުގައި ކަންތައްވެ ދިޔަ ގޮތް އެރިކް އިޝަލްއަށް ކިޔައިދިނެވެ. އެތައް ފަހަރެއްގެ މަތިން އިޝަލް ކިބައިން މާފަށް އެދުނެވެ. އެރިކްގެ ތުން ފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އިޝަލް އޭނާގެ އަތް މަޑު މަޑުން ހަރަކާތްކޮށްލުމުންނެވެ. ދެތިން ފަހަރު އަތް ތަޅުވާލުމުން އެރިކް ނަރުހުންނަށް ގޮވިއެވެ. ތިން ނަރުސް ކުދިންނާއި ޑޮކްޓަރު އައިސް އޭނާގާތު ބޭރުގައި މަޑު ކުރަން އެދުނެވެ.
އަލައިކާ އާއި އަލްޔަސް ކައިގެން އައިއިރު ބޭރުގައި ހުރި އެރިކް ފެނުމުން ކަންބޮޑުވެފައި ސުވާލު ކުރިއެވެ. އެރިކްއަށް ޖަވާބު ދެވުމުގެ ކުރިން ޑޮކްޓަރު ނުކުމެ އިޝަލް ހޭލިކަމުގެ އުފާވެރި ޚަބަރު ދިނެވެ. އެރިކްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއިރު ލޮލުގައި ކަރުނައިގެ އަސަރުވެސް ވިއެވެ. އަލައިކާ އުފަލުން އަލްޔަސް ގައިގައި ބައްދާލިއެވެ. އޭނާ އަވަސްވެ ގަތީ އާއިލާއަށް އިޝަލް ހޭލި ކަމުގެ ޚަބަރު ދޭށެވެ. އިޝަލް އާއި ބައްދަލު ކުރަން އެތެރެއަށް ވަދެވޭނެ ކަމަށް ޑޮކްޓަރު ބުނުމުން ތިން މީހުން އެތެރެއަށް ވަނެވެ.
އިޝަލް ހޭލައި އޮތްއިރު އެ ތުންފަތް މަތީގައި ހިނިތުންވުމެއް ވެރިވިއެވެ. ދައްތަ އާއި އަލްޔަސްއާ އެއްކޮށް ހުރި އެރިކް ފެނުމުން އެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “ބްރޯ ހައު ޑޫ ޔޫ ފީލް؟” އަލައިކާ އާއި އަލްޔަސްއަށް ވުރެ ކުރިން އެެރިކް އަހައިލިއެވެ. “ގުޑް” އުނދަގޫ ގޮތަކަށް ބަލި އަޑަކުން އިޝަލް ބުނެލިއެވެ.
އިޝަލް އޮތް ކޮޓަރީގެ ދޮރު ބާރު ބާރަށް ހުޅުވައިފައި މިންހާ ވަނެވެ. ހޭލައި އޮތް އިޝަލް ފެނި މިންހާއަށް ހީލެވުނެވެ. ދުވެފައި ދިޔަ ގޮތަކަށް ގޮސް އިޝަލް އެނދު ކައިރިއަށް ހުއްޓި އަތުގައި ތަޅައިގަތެވެ. “ދެން ދުވަހަކުވެސް އަހަރުން ބިރު ނުގައްވާތި ތިހެން! އިނގޭތަ ކަޒްއާ ހެދި އަހަރެން ރުއިވަރު؟ ރޭގަނޑު ރަނގަޅަށް ނުވެސް ނިދޭ. ނުއެއް ކެވޭ. އަދި އިނގޭތަ ކަޒް ތިހެން އޮއްވަ އަހަރެން އެރިކްއާ ވެސް ދިމާވެއްޖެ!” އެރިކް އިން ކަން ނޭންގި ބާރު ބާރަށް މިންހާ ބުންޏެވެ.
އިޝަލް ހޭންފެށުމުން މިންހާ ދެބުމަ ގޮށް ޖަހައިލިއެވެ. “މަޖަލެއް ނޫން އިނގޭ” ނުރުހިފައި ހުރެ މިންހާ ބުނެލިއެވެ. “އުމް ރިކް މިއީ އަހަރެންގެ ކަޒިން މިންހާ. މާ ބުނީމެއްނު މަގޭ ދެ ކަޒިންއެއް ވަރަށް ގިނައިން ރިކްގެ ވާހަކަ އަހައޭ. މިއީ އެތަނުން އެކަކު” އެވަގުތު އެތާ އެރިކް ހުރިކަން ނޭންގުނު މިންހާ ލަދުންގޮސް ހަލާކުވާވަރުވިއެވެ. ދުލުގައި ދަތް އަޅައިލަމުން އިޝަލްއަށް ދެލޯ އަޅައިލައިފައި އެރިކްއަށް ބަލާލިއެވެ. އެރިކް ހިނިތުންވުމާއެކު ގަދަކަމުން ކަހަލަ ގޮތަކަށް މިންހާ ހީލިއެވެ. އިޝަލް އޭނާ އެރިކްއަށް ތަޢާރަފު ކޮށްދިން ގޮތުން ހިތާހިތުން އެއްޗިހި ކިއެވެ.
މިންހާ ދިވެހިން ވާހަކަ ދައްކަމުން ގޮސް އޭނާގެ ނަން ކިޔުމުން ކުޑަކޮށާ ނުތަނަވަސްވެފައި އިން އެރިކްއަށްވެސް ހެވުނެވެ. އޭނާ ހުރިކަން އެނގުމުން މިންހާގެ މޫނަށް އެރި ކުލަވަރުން ނުހީ ނުހުރެވުނީއެވެ. “ހައި” އެރިކް އަތް ހިއްލައިލައިފައި ހައި ޖަހައިލުމުން މިންހާ ހޭނުނެތުނީ ކިރިޔާއެވެ. ބަދަލުގައި ހާއިއޭ ބުނަންވެސް ނޭންގުނެވެ. މިންހާއަށް ވަމުން ދިޔަ ގޮތްފެނި އަލައިކާ އާއި އަލްޔަސްވެސް ތިބީ ހިނިގަނޑު ހިފަހައްޓައިގެންނެވެ. މިންހާގެ ގޮތް އެ ދެމީހުންނަށްވެސް ރަނގަޅަށް އެނގެއެވެ. އެރިކްއާ ހެދި މިންހާ އާއި ޒާޔާ އުޅޭވަރު އެމީހުންނަށް އެނގެއެވެ. ޓީވީން ފެނުނަސް ތިބޭނީ މޮޔަވެފައެވެ.
“އޯ މައި ގޯޑް ހީ އިޒް ސޯ ހޮޓް” އަނެއް ފަރާތަށް އެނބުރި ފައި އަމިއްލަ ނަފްސަށް މިންހާ ބުނެލިއެވެ. އެރިކް އޭނާއަށް ހައިޖެހި ވާހަކަ ޒާޔާ ގާތު ބުނަން ކެތްމަދުވިއެވެ.
އިޝަލް ހޭލި ޚަބަރު ވެގެން ދިޔައީ އާސެނަލް ސަޕޯޓަރުންނަށް އުފާވެރި ޚަބަރަކަށެވެ. އިޝަލްއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް އަދި އާދެވޭނެކަން ނޭންގުނު ނަމަވެސް ގިނަ ދުވަހު ކޯމާގައި އޮންނަން ނުޖެހި އިޝަލް ހޭއެރުމުން އުފާކުރިއެވެ.
ސޯޝަލް މީޑިއާގައި އޭނާއަށް ސަޕޯޓަރުން ކޮށްފައި ހުރި ޕޯސްޓްތައް މިންހާ ކިޔައިދިނުމުން އިޝަލް ހިތްފުރިގެން ދިޔައެވެ. މިންހާ ލައްވައި އޭނާގެ ސަޕޯޓަރުންނަށް ބޮޑު މެސެޖެއް ލިޔެފައި އިންސްޓަ އަދި ފޭސްބުކްގައި ޕޯސްޓް ކުރުވިއެވެ.
އިޝަލްގެ ހާލު ރަނގަޅު ވުމާއެކު ތިން ދުވަސް ފަހުން ގެއަށް ދޫކޮށްލެވުނެވެ. ކޮންމެ ދުވަހަކު ޕްރެކްޓިސް ނިންމައިފައި އާސެނަލްގައި އުޅޭ އޭނާގެ އެކުވެރިން ހޮސްޕިޓަލުގަައި އޮއްވައި އޭނާއަށް ޒިޔާރަތް ކުރިއެވެ.
އިޝަލް އެނދުގައި އޮށޯވެލައިގެން އޮތެވެ. އޭނާއަށް ވިސްނެމުން ދިޔައީ ކެރިއަަަރަށާ ވާނެ ގޮތަކާ މެދުގައެވެ. އޭނާއަށް ކުޅެވޭތޯވެސް ނޫނީ ނުކުޅެވޭތޯވެސް އިނގޭނީ މާދަމާ ޑޮކްޓަރަށް ދެއްކުމުންނެވެ. އާސެނަލްގެ އެކަޑަމީ އާއި ގުޅުނު ދުވަހުން ފެށިގެން އޭނާއަށް އުއްމީދުތަކެއް ކުރެވެމުން ދިޔައެވެ. ބައްޕަ އާއި އާއިލާގެ އެހެން މީހުން ފަދައިން ފުޓުބޯޅައިން ރީތި ނަން ހޯދަން ބޭނުމެވެ. އާސެނަލާއާ އެކު ގިނަ ތަށިތަކެއް ހޯދައި ކްލަބް ލެޖެންޑަކަށް ވާން ބޭނުމެވެ. މާއިޒްގެ އިރުޝާދުގެ ދަށުން ޔޫސުފް އަދި އަލްޔަސްއާ އެއްކޮށް ޤައުމީ ޓީމަށް ކުޅެދޭންވެސް ބޭނުނެވެ. ދެ އަހަރު ފަހުން އޮންނަ ވޯލްޑްކަޕް މުބާރާތުގައި ކުޅެ ތަށި ދިފާއުކޮށްދޭން އެހީވުމަކީވެސް އިޝަލް ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެންތައް ވިއްސި ވިހާލިވެގެން ގޮއްސި ނަމަ އޭނާގެ ހިތްހަލާކު ވެގެން ދާނެއެވެ.
“ނުކުޅެވިދާނެތީ އެކަމާތަ ތި ވިސްނަނީ؟” އިޝަލްއަށް ޚިޔާލުތަކުން ނިކުމެވުނީ އެކުވެރިޔާގެ އަޑު ޖެހުމުންނެވެ. ޚިޔާލަށާ ގެއްލިފައި އޮތް ވަރުން އެރިކް އައި ކަންވެސް ނޭންގުނެވެ. “އިޝަލްއަށް ރިޓަޔާރ ކުރަން ޖެހިއްޖެނަމަ އަހަރެންވެސް ރިޓަޔާރ ކުރާނަން. އަހަރެންގެ ސަބަބުން އިޝަލްގެ ކެރިއާރ ހަލާކުވިކަން އެނގި ހުރެ ނުކުޅެވޭނެ.” އިޝަލްއެކޭ އެއްފަދައިން އެރިކްވެސް މުޅި ދުވަސް ހޭދަކުރީ އިޝަލްގެ ކެރިއަރަށް ދެން ވާނެ ގޮތަކާ މެދު ވިސްނުމުގައެވެ. އިޝަލްއަށް ދެން ދުވަހަކުވެސް ފުޓުބޯޅަ ނުކުޅެވެނީ ކަމުގައި ވަނީނަމަ އޭނާވެސް ކުޅުން ހުއްޓާލާނީއެވެ. “ޑޯންޓް ޔޫ ޑެއާރ ޑޫ ދެޓް. ފުޓުބޯޅަ ކުޅޭއިރުގަ މި ކަހަލަކަން ކަންވެސް ވާނެ. އެއީ އެއްވެސް މީހެއްގެ ފޯލްޓެއް ނޫން. އެއްވެސް ކުޅުންތެރިއަކު ގަސްތުގަ އަނެއް ކުޅުންތެރިއެއްގެ ކެރިއާރ ހަލާކު ކުރަން މަސައްކަތެއް ނުކުރާނެ. ރައިވަލް ތިބޭ ކުޅުންތެރިންވެސް ގަސްތުގަ އެފަދަ ކަމެއް ނުކުރާނެ. އެރިކް ތިއީ އަހަރެންގެ ބެސްޓް ފްރެންޑް. އެ ދުވަހު އެއީ އެކްސިޑެންޓެއް. އެއީ އެރިކް ގަސްތުގަ ކުރިކަމެއް ނޫން. އެހެންވީމަ އަހަންނަށް ނުކުޅެވުނަސް އެރިކް ޕްރޮމިސް ކުރޭ ރިޓަޔާރ ނުކުރާނެ ކަމަށް. އެގޮތަށް ކަންތައްކޮށްފިނަމަ އަހަރެންގެ މާފެއް ދުވަހަކުވެސް އެރިކްއަކަށް ނުލިބޭނެ” އެންމެ ފަސޭހައިން އެރިކްގެ ނިންމުން ބަދަލު ކުރެވޭނެ ގޮތަކީ އެއީކަން އެނގޭތީ އިޝަލް ރުޅިދެއްކިއެވެ. އެރިކް އިތުރަށް އެއްޗެކޭ ބުނަން މަސައްކަތް ކުރުމުންވެސް އޭނާގެ މާފު ބޭނުންވާނަމަ ކުޅުންހުއްޓާނުލަން ވަޢުދުވާން ބުންޏެވެ. އިތުރު ގޮތެއް ނެތުމުން އެރިކް ކުޅުން ހުއްޓާނުލާނަން ކަމަށް ވަޢުދުވިއެވެ. އަދި އެކުވެރިޔާއަށްޓަކައި މޮޅު ކުޅުންތެރިއަކަށް ވާން މަސައްކަތް ކުރަންވެސް ވަޢުދުވިއެވެ. “ދެޓްސް މައި ބޯއި” އިޝަލްގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ.
“އެރިކް ހުރީތަ؟” އިޝަލް ކޮޓަރީ ދޮރު މަތީ މަޑުކޮށްލައިގެން ނުވަދެ އިން މިންހާ ފެނުމުން ޒާޔާ އަހާލިއެވެ. “ހޫމް. އެތެރެއަށް ވަދެއްޖެޔާ އިޝަލް ދިމާ ކުރާނެ. އެހެންވެ ނުކެރޭނެ ވަންނާކަށް” މިންހާ މޫނަށް ގޮތެއް ހަދައިލަމުން ބުންޏެވެ. އެރިކް އެތެރޭގައި ތިބުމުން ދެމީހުންވެސް ވަންނާކަށް ނޫޅުނެވެ. ކޮޓަރީ ދޮރު މަތީ އޮލަ ވާހަކަައިގައި ތިބީއެވެ.
“ދެން ދަނީ އިނގޭ. މިހާރު ލައްކަ އިރުވެއްޖެ. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެން ދުޢާ ކުރާނަން މާދަމާ އުފާވެރި ޚަބަރެއް ލިބޭތޯ” އެކުވެރިޔާ އާއި ސަލާންކޮށްފައި ދާން އެރިކް ތެދުވިއެވެ.
ތަޅުގައި އަތް އަޅުވައިގެން ދޮރުފަތުގައި ލެގިގެން ޒާޔާ އާއި އޮލަ ވާހަކައެއްގަައި ހުރި މިންހާ ސިހުނީ އެތެރެއިން ދޮރު ހުޅުވުމުންނެވެ. ނުވިސްނާ ހުރުމުން އަނެއް އަތަށް މިންހާ ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔައިރު ތޫލި ހަޅޭކެއްގެ އަޑު މިންހާ އަނގައިން ނުކުތެވެ.
އެެރިކްވެސް ވިސްނާނުލައި ހުރުމުން ސިހުނެވެ. ވެއްޓުމުގެ ކުރިން މިންހާ ހިފަހައްޓަން އަވަސްވެގަތް ނަމަވެސް ކުއްލިއަކަށް ވުމުން އޭނާގެ އަތުން ދޫވެ މިންހާ ވެއްޓުނެވެ.
މިންހާގެ ތޫލި ހަޅޭކުގެ އަޑު ޖެހުމުން އިޝަލް ވަގުތުން ތެދުވިއެވެ. “އާރ ޔޫ އޯކޭ؟” އިޝަލް ގޮސް މިންހާ އަތުގަައި ހިފައި ނެގިއެވެ. ތަދުވި ނަމަވެސް މިންހާ އަވަހަށް ބޯ ޖަހައިލިއެވެ. އެރިކްއަށް ފެންނަތަނު އަބަދުހެން އޭނާއަށް ލަނޑު ލިބެމުން ދާތީ އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ. “ސޮރީ” އެރިކް މާފަށް އެދުމުންވެސް މިންހާއަށް އިނދެވުނީއެވެ. “އެ އޯކޭ ވާނެ. ކަޒް ކިހިނެއް ހަދަން އުޅެނިކޮށްތަ ތި ވެއްޓުނީ؟” މިންހާގެ ބަދަލުގައި ޖަވާބު ދިނީ އިޝަލްއެވެ. މިންހާ ޖަވާބެއް ނުދީ އިސްޖަހައިލިއެވެ. އަނގަމަތީ އަތް އަޅައިގެން ހޭން އިން ޒާޔާ ފެނުމުން ދެލޯ ހަނިކޮށްލިއެވެ. މިންހާއަށް ފެނުމުން ޒާޔާ ނިކަން އަވަހަށް ހުނުން ހުއްޓައިލިއެވެ.
އެރިކް ދިއަކަން ޔަގީން ވުމާއެކު މިންހާ އަތަށް ތަދުވެގެން ރޯންފެށިއެވެ. އަތް ގޮސް ޖެހުނު ގޮތުން ހުޅު ކައިރިން އިނީ ދުޅަވެފައެވެ. މިންހާ ތަދުވެގެން ރޯން ފެށުމުން ކޮޓަރީ އިން ކުޑަ ފްރިޖުން އައިސް ޕެކެއް ނަގައި މިންހާ އަތުގައި އިޝަލް އަޅައިދިނެވެ. “އޯކޭތަ؟” މިންހާ ޖަވާބެއް ނުދީ އިޝަލް މޭގައި ބޯ އަޅައިލިއެވެ. މިންހާ އެފަދަ ކަމެއް ކުރުމުން ލިބުނު ސިހުމުގައި އިޝަލް ހަދަންވީ ގޮތެއް ނޭންގިފައި އިނދެވުނެވެ. އޭނާ ލައިގެން އިން ޓީޝާޓު ތެމެމުން ދިޔަ އިހްސާސް ކުރެވުމުން މިންހާ ރޮނީކަށް އިޝަލްއަށް އިނގުނެވެ. “ކަޒް. ކިހިނެއްވީ؟ މާ ބޮޑަށް ތަދުވަނީތަ؟” އިޝަލް ކަންބޮޑުވެފައި މިންހާ ދުރުކޮށްލަން އުޅުމާއެކު މިންހާ އިތުރަށް އިޝަލް މޭ ތެރޭގައި ބޮނޑިވެގަތެވެ. “މާދަން ޑޮކް އޯކޭ ދީފިއްޔާ އަލުން ކުޅޭނަންތަ؟” އިޝަލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގަައި މިންހާވެސް ކުރީ ސުވާލެކެވެ. “ކިހިނެއްވީ ނުކުޅެންވީތަ؟” ސަމާސާ ރާގެއްގައި އިޝަލްވެސް އެހިއެވެ. “ހޫމް. ދޮންބެ ކައިރީވެސް ބުނެފިން ދެން ކުޅުން ހުއްޓާލާށޭ. މިންކޮ ވަރަށް ބިރުގަނެއޭ ދޮންބެއަށްވެސް ބޮޑު އަނިޔާއެއް ވެދާނެތީ. ކަޒްއަށް ވީ ގޮތުން އަސްލަށްވެސް ހާދަ ބިރެއް ގަތޭ. ދޮންތަބޭ ގުޅާފަ ކަޒްގެ ހާލު ގޯސްކަމަށް ބުނީމަ ކިރިޔާ ފެއިންޓް ނުވީ. ބޭނުމެއް ނޫން ދުވަހަކުވެސް އެ ފީލް ވާކަށް” އިޝަލްގެ ހާލު ގޯސްކަން އަކްމަލް ގުޅައިފައި އާރާޝް ގާތު ބުނި ވަގުތު މިންހާގެ ހިތަށް ކުރެވުނު ބިރުވެރި އިޙްސާސް އަލުން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ރޯން ފެށި ގޮތަށް އޭނާއަށް ހުއްޓާލެވުނީ ލަންޑަންއަށް އައިސް އިޝަލް ފެނުމުންނެވެ. އެހުރިހާއިރު ހުސްވުމެއް ނެތި ލޮލުން ކަރުނައައެވެ. ކެއުމާ ނިދުން ވެސް މިންހާއަށް އުނދަގޫވިއެވެ. “އޯނ. ފޮނި ވެއްޖައިން ވަރަށް. އެހާ އަވަހަށް ގިވްއަޕް ކުރާކަށް ނުވާނެ. އަހަރެންގެ މަންޒިލަކީ ފުޓުބޯޅައިން ދެވެން އޮތް އެންމެ ކުރިއަށް ދިއުން. އެކަމަކު ކަޒް ތިހެން ރޮންޏާ ވަރަށް އުނދަގޫވާނެ އެ މަންޒިލަށް ވާސިލު ވާން. އެ މަންޒިލަށް ވާސިލްވާން ކުރާ ރާސްތާގަ ކަޒްގެ އެހީ ވެސް ބޭނުން” މިންހާ އޭނާ ގަޔާ ދުރުކޮށްލައިފައި ވިސްނައިދޭ ފަދައަކުން އިޝަލް ބުންޏެވެ. މިންހާ ލޮލުން ފެންނަމުން ދިޔަ ކަރުނައިން އޭނާގެ ހިތަށް އަސަރު ކޮށްފިއެވެ. ކުޅެވެން އޮތަސް އިތުރަށް ކުޅުން ކުރިޔައް ގެންދަންވީކަމާއި މެދު ފުރަތަމަ ފަހަރަށް ސުވާލު އުފެދުނެވެ. “އައި އޭމް ސޮރީ. އަސްލު ނުވާނެ އެހެން ބުނެގެން. އައި ޕްރޮމިސް ކަޒްގެ މަންޒިލްއަށް ވާސިލްވާން ހެލްްޕްކޮށްދޭން. އަބަދުވެސް ކަޒްއާ އެކުގައި ވާނަން އިންޝާﷲ. އެކަމަކު މެޗެއް ނުބެލޭނެ. ބިރުގަނޭ ބަލަން. އިންޖަރި ނުވާކަން ޔަޤީންކޮށްފަ ފަހުން ބެލޭނީ އޯކެ ދޯ؟” އެއްބަސް ވުމުގެ ގޮތުން އިޝަލް ބޯ ޖަހައިލަައިފައި މިންހާ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެ ދިނެވެ. މިންހާ ނޭފަތް ދަމައިލަައިފަައި ހަމައަކަށް އެޅިލިއެވެ.
“މިންނު ޒާއްކޮ ބުނީ މިންނު ވެއްޓިގެން އަތްހަލާކު ވިއޭ” އަލައިކާ ވަރަށް ކަންބޮޑުވެ ހުރެ އައިސް މިންހާގެ އަތަށް ވެފައި ހުރި ގޮތް ބެލިއެވެ. “އޯކޭއެ މިހާރު ކަޒް އައިސް ޕެކް އަޅައިދިނީމަ. ދޮންތި ކަންބޮޑު ނުވޭ” މިންހާ އޭނާގެ އަތް އަލައިކާއަށް ދައްކައިލިއެވެ.
އެރިކްގެ ފޯނަށް އައި މަންމަގެ ކޯލް ފެނި ތުންފަތް މައްޗަށް ހިނިތިންވުމެއް ވެރިވިއެވެ. އަވަހަށް ފޯނު ނަގަައިފައި މަންމައަށް ސަލާން ގޮވައިލިއެވެ. މަންމަ އާއި ކޮއްކޮމެންނާ ބައިގަޑިއިރު ވަންދެން ވާހަކަ ދައްކައިފައި ފޯނު ބޭއްވިއިރު އެރިކްގެ ތުންފަތް މަތީ ވަނީ ހިނިތުންވުމެކެވެ. މަންމަމެންނާ ވާހަކަ ދައްކާލެވުމުން ހިތަށް ހަމަޖެހުން ލިބުނެވެ. އާއިލާއާ ދުރުގައި އުޅެން ޖެހުމުން ހިތްދަތިވި ނަމަވެސް އެމީހުންގެ އުފާވެރި އަޑު ޖެހުމުން ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ފޯނު ބާއްވާފައި ތާޒާ ވެލައިގެން ނިދަން އޮށޯތެވެ. އަވަހަށް ނިދުމަކީ އެރިކްގެ އާދައެކެވެ. ކޮންމެ ރެއަކުވެސް އެގާރަ ޖެހުމުގެ ކުރިން ނިދޭތޯ އޭނާ ބަލައެވެ. އަނެއްކޮޅުން ފަތިސް ނަމާދަށް ގޮވަން ވާއިރަށް ހޭލައިގެން ކޮންމެ ރެއަކުވެސް މިސްކިތަށް ދެއެވެ. ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިއަސް އެރިކް ނަމާދަށް ފަރުވާތެރިވެއެވެ. މަންމަ އާއި ބައްޕަ އޭނާއަށް ދަސްކޮށްދީފައި ހުރި ރީތި އާދަތައް ހަނދަން ނައްތާ ނުލައެވެ. ނަމާދުކޮށް ޤުރުއާނާ ކިޔެވުމަކީ އެރިކްގެ އާދައެކެވެ. ފަތިސް ނަމާދަަށްފަހު އެރިކް އެކުވެރިޔާގެ ކާމިޔާބީއަށް އެދި ދުޢާ ކުރިއެވެ.
ހެނދުނު ހޭލީންސުރެ އިޝަލް ހުރީ ހިތްއަވަސްވެފައެވެ. ގޯސްކޮށް ވިސްނަން ބޭނުން ނޫން ނަމަވެސް ސިކުނޑިއަށް ނުބައި ޚިޔާލުތަައް ވަންނަނީއެވެ. އެންމެންވެސް އޭނާ ގާތު ރަނގަޅަށް ވިސްނަން ބުންޏެވެ.
އަހަރެއްހާ ދުވަސް ތެރޭ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ އިފާވެރި ޚަބަރު ޑޮކްޓަރު ދިނުމުން އިޝަލްއަށް އުފަލުން ގޮސް ރޮވުނެވެ. އެރިކްއަށްވެސް ވީ އެވަރެވެ. ސޯޝަލް މީޑިއާގައި އިޝަލްގެ ސަޕޯޓަރުން އުފާފާޅު ކުރަމުން ދިޔައެވެ. އިޝަލް ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާކަމަށް ސަޕޯޓަރުން ބުނަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.






Alheyyyyyyyyyyy haadhahaaa ey reeetheee. Masha Allah
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks dear♥️
Me first dhwww?…maasha allah kiyaaa?.?.?.?..vvvvvvv.reethi?.?.?…mi season ge main role akiy minha,eeshal and erik thr?.?.?.?..wishing you the best✌✌✌✌….insha Allah vvv.avahah up kohdheveytho balahchey?.?.?love you…❤❤❤❤salaam…
Ohh…first eh noon dhw???
maybe nxt time
Thanks dear♥️ yes ishal minha and eric main aky mi season ga. Mifaharu second dhw hihih
Maasha Allah ? vrh vrh reethi mi part vx… ur my one of the world best writer ❤️ly sis☺️keep it up ?
Thanks dear♥️
Unkwn miythi koyan v foohi…. Cox football vyma… But luv stry eh innaane kamah mikiyani… Ummydhukuran luv stry eh innaanekamah… Footballdheke like vaa kudhinnah v reethi vhk akah vaane masha allah… ?luking froward hama… Bst of luk…
Thanks dear♥️ love story eh ves ihnnane. Ekam bodah huhnnany football ge baithah
vvvv reethi.. masha allah … when next… curiously waiting
Thanks dear♥️ liyevunuhaa avahaka In Sha Allah.
Wow Kiyara v reethi.?????
You are just the best????
Love this story.????
When is next part sis?
Can’t wait
Thanks dear♥️ liyevunuhaa avahaka In Sha Allah.
Masha Allah varah molhu.
When is next part.??
Sis kihineh?❤? STAY SAFE?
Thanks dear♥️ liyevunuhaa avahaka In Sha Allah. I am good Alhamdulillah
Érik aky muslimehtha kon gaumakun ai kulhun therieh
Any ways mi part vs Hama habeys ? Anehkkaa konme dhuhuku kiyaa surprise thakekey dhw thi dheny iyye buny nxt wk ga ey up kurany??
Lym dear ❤️?❤️
Tc
Stay home
Thanks dear♥️ hihih liyevunyma avahah up kohlly. Eric aky muslime eh and eric ge backstory vaahakaige therin ahnnane ingey.
Salam my dear readers. Here is the second part of Manzil. Hope u all loved this episode too. Dhen oi episode up kureveyne dhuvaheh bunaakah neynge. Hopefully next week Wednesday ge kurin up kureveytho balaanan In Sha Allah.
Take care and stay safe♥️
Nice……. curiously waiting for the next ?????????????????
Thanks dear♥️
Masha allah. Woww.???? hama vvvvvvvvvvvv reeethi. How do you do this mihaa molhah. Amazing!! kiya sis biruveri vaahaka nuliyantha. I really wanna read kiya ge biruveri vaahaka eh.
Ekam love stories ves hama best???? football stories too I’m a total football fan⚽❤?????
Thanks dear♥️. Yweah adhi biruveri vaahaka nuliyan. Ekam try kohllaanan eh dhuvahakun adhi ISA.
Varah Varah Varah reethi ❤️✨❤️✨❤️✨❤️
Maa sha Allah ?⚡?⚡?⚡ curiously waiting waiting for the next part ????
???? love you?????
Thanks dear♥️
I am totally SPEECHLESS ??
Vvv reethi ♥️
Whn next?? Curiously waiting?
Thanks dear♥️ liyevunuhaa avahah ISA
??reethi