Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލްްްް 3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 16, 2020 6 Mins Read
35 Comments

އަހަރެއްހާ ދުވަސް ތެރޭ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރު ދިނުމުން އިޝަލްއަށް އުފަލުން ގޮސް ރޮވުނެވެ. އެރިކްއަށްވެސް ވީ އެވަރެވެ. ސޯޝަލް މީޑިއާގައި އިޝަލްގެ ސަޕޯޓަރުން އުފާފާޅު ކުރަމުން ދިޔައެވެ. އިޝަލް ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާކަމަށް ސަޕޯޓަރުން ބުނަމުން ދިޔައެވެ.
****
ހަފްތާ ބަންދުގައޖ ޔާޒް އާއި އައިރާވެސް ލަންޑަންއަށް އައެވެ. އެމީހުންނާ އެއްކޮށް އަހާންވެސް އައެވެ. ޔޫސުފްވެސް އަންނަން ބޭނުންވެފައި ހުރިއެއް ކަމަކު މެޗު އޮތުން ނާދެވުނީއެވެ. ޔޫސުފްގެ ބަދަލުގައި ނަވާރް ލައިޝާ ގޮވައިގެން ލަންޑަންއަށް އައެވެ. އަލްޔަސްވެސް އިޝަލް ރަނގަޅުވުމާއެކު އެނބުރި ލިވަޕޫލަށް ދިޔައެވެ.

އަލްޔަސް އަދި ޔޫސުފްވެސް ނެތުމުން ޔާޒް ހުރީ ފޫހިވާ ގޮތްވެފައެވެ. އައިރާވެސް މުޅިންހެން އުޅެނީ ނަވާރް އާއި އަލައިކާ އާއި އެކީގައެވެ. ޔަޒަން އާއި އާޔާވެސް އަކްޔަން އަލާޔާ އަދި ލައިޝާއާ ޖެހުމުން އުޅެނީ ކުޅުމުގެ ފޯރީގައެވެ. އެކުދިން ކުޅޭތަން ބަލަން ޔާޒް މަޑުކޮށްލުމުން އަލާޔާ އާއި ޔަޒަން ވެގެން އޭނާ ފޮނުވާލީއެވެ.

އިޝަލްގެ ކޮޓަރިއަށް ދިޔައިރު މިންހާ އާއި ޒާޔާ އަދި އިޝަލް އާއި އަހާން ކޮންމެސް ސަކަރާތެއް ޖަހަން ތިއްބެވެ. އަހާން އާއި އިޝަލް ކޮންމެސް އެއްޗެއް ކިޔުމުން ޒާޔާ އާއި މިންހާ ތުން ތަމައިގެން ތިއްބެވެ. “ހާދަ މަޖަލޭ ދޯ. ނިކަން އަހަރެންވެސް ލައިގެން ތި ކިޔާ ޖޯކެއް ކިޔައިބަ” ހުސްކޮށް ހުރި ގޮނޑިއެއްގައި އިށީންނަމުން ޔާޒް ބުނެލިއެވެ. “މި ކިޔަނީ މިތިބަ ދެމީހުންނަށް އެރިކް ފެނިގެން މޮޔަ ވި ވާހަކަ” މަޖާ ވެފައި އިޝަލް ބުނުމާއެކު ޔާޒްވެސް ޒާޔާ އާއި މިންހާއާ ދިމާކުރަންފެށިއެވެ. “މުޅިން ސަކަރާތެއްނު. އޭ އެރިކްއަށް ގުޅާފަ ބުނެބަ އަންނާށޭ!” “މިއަދު ނާދެވޭނެ މެޗު އެބައޮތް. މެންޗެސްޓާރގަ ވީ” އާސެނަލް އަދި މެންޗެސްޓާރ ޔުނައިޓަޑް ކުޅޭ މެޗަށް ޓީމުވީ މެންޗެސްޓާރއަށް ގޮހެވެ. “އޯ އެއީ ތެދެކޭ ހަނދާންނެތުނީ. ކިހާ އިރަކު އޮތީ؟” ގަޑި ބަލާލަމުން ޔާޒް އަހައިލިއެވެ.

ޔުނައިޓަޑް އަދި އާސެނަލް ކުޅޭ މެޗު އޮތީ ލަންޑަން ގަޑިން ހަވީރު ފަހެއް ޖަހާއިރުއެވެ. މެޗު ބަލަން ކާއެއްޗިިހި ހިފައިގެން އެންމެން ސިޓިން ރޫމަށް ދިޔައެވެ. ނަވާރް އާއި އައިރާ މެޗު ނުބަލައި ކުދިން ގޮވައިގެން ބޭރަށް ހިނގާލަން ދިޔައެވެ. އިޝަލް އަހާން އަދި ޔާޒް ސޯފާގައި ތިބެފައި އަލައިކާ އާއި ޒާޔާ އަދި މިންހާ ތިބީ ބިންމަތީ އިށީންދެލައިގެންނެވެ. މެޗު ބަލާހިތުން މެޗު ބަލަން ތިބީ ހަމައެކަނި އިޝަލް އާއި އަހާންގެ އިތުރަށް އަލައިކާއެވެ. ލިވަޕޫލްގައި އުޅުނުއިރު އެންފިލްޑްގައި އޮންނަ ކޮންމެ މެޗަކަށް ކުދިން ގޮވައިގެން އަލައިކާ ދެއެވެ. ލަންޑަންއަށް އައިސް އުޅޭއިރު އާސެނަލް ކުޅޭ މެޗުތައް ބަލަންވެސް ދަނޑަށް ދެއެވެ.

އާސެނަލް އާއި މެންޗެސްޓާރ ޔުނައިޓެޑްގެ މެޗަށް އަކްމަލް ފުރިހަމައަށް އޭނާގެ ޓީމު ތައްޔާރު ކުރިއެވެ. މި ވަގުތު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު ދެވަނައިގައި އޮތީ އާސެނަލްއެވެ. ތިންވަނަައިގައި އޮތީ މެންެސްޓާރ ޔުނައިޓެޑްއެވެ. ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރެވެ. އާސެނަލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގު ހޯދުމަށް ކުރާ މަސައްކަތުގައި މިއަދު ޔުނައިޓެޑް އަތުން މޮޅުވުން ވަރަށް މުހިންމެވެ. އޭރުން ތިން ޕޮއިންޓްގެ ލީޑު އާސެނަލްއަށް ލިބި ލިވަޕޫލް އާއި އޮތް ފަރަގު ޕޮއިންޓަކަށް ކުޑަވާނެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ އެގާރާގައި އަކްމަލް އެރިކް ހިމެނީ ޓްރެއިނިންގައި ރަނގަޅު ވުމުންނެވެ. އާސެނަލް ބަލިވި މެޗަށްފަހު ޓްރެއިނިންގް ގައި އޭނާވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެ މެޗަށް ފަހު އޮތް މެޗުގައި ބެންޗުގައި އިންނަމަވެސް މި މެޗަށް އެރިކްގެ ބޭނުން މުހިންމުކަން އަކްމަލްއަށް އެނގެއެވެ. ޔުނައިޓެޑްގެ އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިޔާ މޭސަން ލޮކްވުޑް ހުއްޓުވަން އެންމެ އެކަށޭނެ ކުޅުންތެރިޔަކީ އެރިކްެއެވެ. އެފްއޭކަޕްގައި މެންޗެސްޓްއާ އެއްކޮށް ކުޅުނު މެޗުގައި މޭސަން ހުއްޓުވުމުގެ އެންމެ މުހިންމެ ދައުރެއް އަދާކުރީ އެރިކްއެވެ.

ކެމެރާ ޒޫމްކޮށް އެރިކްއަށް އެޅުމާއެކު ޒާޔާ އާއި މިންހާ އެކަކު އަނެކަކު އަތުގައި ވިކައިގަތެވެ. އަތް ތަޅުވަމުން އަޅޭ އެރިކްއޭ ކިޔައި ދެމީހުން ތޫލި އަޑުން ހަޅޭއްލެވިއެވެ. “ސަޅި ވީޑިއޯއެއް މި އޮތީ އެރިކްއަށް ދައްކަން” އިޝަލް ފޯނުން މިންހާ އާއި ޒާޔާ އުޅުނު ގޮތް ވީޑިއޯ ކުރިއެވެ. “އިޝަލް. ނުވާނެ އެހެން ހަދައިގެން” އިޝަލްގެ ނަމުގެ ހުރިހާ އަކުރުތަކަށް ދަމާލަމުން މިންހާ ހަރުކަށި ކަމާއެކު ބުނެލިއެވެ. “މިންހާ. އެހެން ހަދާނަން” މިންހާ ބުނި ރާގުގައި ތޫލި އަޑަކުން އިޝަލް ބުނެލިއެވެ. މިންހާ ރުޅި އައިސްގެން އިޝަލް ގައިގައި ޖަހަން އަތް ނެގިއެވެ. “އޭ އަނެއްކާވެސް އަހަރެން ކޮމާއަކަށް ފޮނުވާލަންތަ ތިއުޅެނީ؟” މިންހާ ކިބައިން ސަލާމްތަވާން ދެ އަތް ހުރަސްކޮށްލައިގެން އިޝަލް ސަމާސާކޮށްލިއެވެ. ވަގުތުން މިންހާ މޫނު ނަތީ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އިޝަލް ކޯމާގެ ވާހަކަ ބުނުމުން ބިރުގަތެވެ. “އޭ ކަޒް ކޮންއިރަކު ތިހާ ސީރިއަސްވާން ފެށީ؟ މަޖަލަކަށް ބުނި އެއްޗެކޭ” މިންހާއަށް ވީގޮތް ފެނި އިޝަލް އަވަހަށް ބުނެލިއެވެ. އިޝަލްއަށް ލޯ އަޅައިލައިފައި މިންހާ އިތުރު އެއްޗެކޭ ނުބުނެއެވެ. އޭނާގެ ނަޒަރު ޓީވީ ސްކްރީނަށް ހުއްޓާލިއެވެ. މިންހާ އޭނާއާ މެދު ވިސްނާ ވަރު އިޙްސާސް ވުމުން އިިޝަލް އަށް ހިނިތުންވެވުނެވެ.

އެއް ފަހަރު އިޝަލްއަށް ބަލައިލައިފައި އަނެއް ފަހަރު މިންހާއަށް އަލައިކާ ބަލައިލިއެވެ. ހިތަށް އެރި އެއްޗަކުން އަލައިކާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ެ

މެޗުގެ ފުރަތަމަ ދިހަ މިނެޓު ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ. މެދުތެރޭ ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެއްވެސް ޓީމަކުން ނުރައްކާތެރި ހަމަލާއެއް ނުއުފައްދައެވެ. ސަތާރަވަނަ މިނެޓުގައި އާސެނަލްއިން ނުރައްކާތެރި ހަމަލާއެއް އުއްފެދިއެވެ. މެދު ތެރެއަށް ކުޅޭ ކުޅުންތެރިއަކު ޕެނަލްޓީ އޭރިއާ ރޮނގު މަތިން ފޮނުވާލި ބާރު ހަމަލާ ކީޕަރު ަައަތު ޖެހިފައި ދަނޑީގައި ޖެހިފައި ގޮސް ބޭރަށް ދިޔައެވެ. މެޗުގެ ފުރަތަމަ ކޯނަރު އާސެނަލްއަށް ލިބުނެވެ. އާސެނަލްގެ ކީޕަރު ފިޔަވާ ހުރިހާ ކުޅުންތެރިން ކުރިއަށް އެރިއެވެ. ތިން ކުޅުންތެރިއަކު ޕެނަލްޓީ އޭރިއާ ބޭރުގައި މަޑުކޮށްލައިގެން ތިބިއިރު ދެންތިބި ހުރިހާ ކުޅުންތެރިން ތިބީ ޕެނަލްޓީ އޭރިއާ އެތެރޭގައެވެ. އާސެނަލްގެ އެލެކްސެންޑަރ ނަގައިދިން ކޯނަރު އައީ ސީދާ އެރިކްގެ ބޮލާ ދިމާއަށެވެ. ކައިރީ ހުރި ޔުނައިޓެޑް ކުޅުންތެރިޔާ މަތިން ފުންމައިއަރައި ބޮލުން ޖެހި ބޯޅަ ގޮސް ވަނީ ގޯލު ތެރެއަށެވެ.

އާސެނަލް ޓީމަށް އެރިކް ޖަހައިދިން ފުރަތަމަ ލަނޑަށް އެ ލަނޑުވެގެން ދިޔައެވެ. ޕްރިމިއާރ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޔުނައިޓެޑް ކޮޅަށް އޭނާގެ ފުރަތަމަ ލަނޑު ޖަހައިދެވުމުން ބަޔާން ކުރަން ދަތި އިޙްސާސެއް އެރިކްއަށް ކުރެވިގެން ދިޔައެވެ. އޭނާ ދުވެފައި ގޮސް ޓީމުގެ އެހެން ކުޅުންތެރިންނާއެކު އުފާ ފާޅުކުރިއެވެ. އޭނާގެ އެ ލަނޑު އެކިވެރިޔާ އިޝަލްއަށް ޚާއްސަ ކުރިއެވެ.

އަލައިކާ އާއި އިޝަލްގެ އަޑު ސިޓިންރޫމް ތެރޭ ގުގުމައިގެން ދިޔައެވެ. އޭނާގެ ޓީމުން ލަނޑު ޖެހުމުން ޚާއްސަކޮށް އެރިކް ލަނޑު ޖެހުމުން އިޝަލް ދަނޑުގައި ހުރެވުނު ނަމައޭ ހިތަށް އެރިއެވެ. އެކުވެރިންނާ އެކު ދަނޑުގައި ހުރެ އުފާފާޅު ނުކުރެވޭތީ ފަޅުކަމެއް އިޝަލްއަށް އިޙްސާސްވިއެވެ.

ފުރަތަމަ ހާފު ނިމުނީ އާސެނަލް ކުރީގައި އޮވެގެންނެވެ. އާސެނަލް މުޅި ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އޭނާގެ ކުޅުންތެރިންގެ ކުޅުމާ މެދު އަކްމަލް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ.

ދެވަނަށް ހާފު ފަށައިގެން ޔުނައިޓެޑް އިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް އާސެނަލްގެ ޑިފެންސް ފޫ އަޅުވައިފައި ލަނޑެއް ކާމިޔާބު ކުރުން ވެގެން ދިޔައީ ޔުނައިޓެޑްއަށް އުނދަގޫ ކަމަކަށެވެ. ޚާއްސަކޮށް އެރިކްގެ މޮޅު ކުޅުމާއެކު ޔުނައިޓެޑްގެ ލޮކްވުޑްއަށް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭ ގޮތް ވަނީ ނުވެފައެވެ. މެޗުގެ ހަތްދިހަހަ ވަނަ މިނެޓުގައި އާސެނަލް އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ފަރަގު ފުޅާކޮށްފައެވެ. ސަޕޯޓަރުންގެ އަޑު ހުއްޓުމެއް ނެތި އިވެމުން ދިޔައެވެ. ކޮމެންޓޭޓަރުންގެ ތަޢުރީފުވެސް އާސެނަލް ޓީމަށާއި އެރިކްއަށް ލިބެމުން ދިޔައެވެ.
މެޗުގެ އަށްޑިހަ ފަސްވަނަ މިނެޓުގަައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑް ލަނޑެއްް ކާމިޔާބު ކުރިއެވެ. ޕެންލްޓީ އޭރިއާ އެތެރެއިން އާސެނަލް ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުނީއެވެ. ލޮކްވުޑް ކާމިޔާބު ކޮށްދިން ޕެނަލްޓީއާ އެކު ޔުނައިޓެޑްގެ އުއްމީދު އާވެގެން ދިޔައެވެ. މެޗުގެ ފަހު ފަސް މިނެޓުގައި ޔުނައިޓެޑުން ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ހިލޭ ޖެހުންތަކާ ކޯނަރުތައް އެމީހުންނަށް ލިބެމުން ދިޔައެވެ. އާސެނަލް ކުޅުންތެރިން ވަރުބަލިވެ ގޯސް ހެދެން ފެށިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްމިނެޓުގެ ތެރެއިން ހަތަރު ވަނަ މިނެޓުގަަައި ޔުނައިޓެޑްގެ މޭސަން ކީޕަރު ކަޓުވާފައި ގޯލަށް ބޯޅަ ފޮނުވާލިއެވެ. ގޯލު ރޮނގު މަތީ ބޯޅަ އޮއްވައި އެރިކް ފައިން ޖަހައި ބޯޅަ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. އެ ބޯޅަ ލިބުނީ އާސެނަލްގެ އެހެން ކުޅުންތެރިއަކަށެވެ. ޔުނައިޓެޑް ކުޅުންތެރިންނަށް ލިބުމުގެ ކުރިން އެ ކުޅުންތެރިޔާ އަރިމަތިން ބޯޅަ ބޭރުކޮށްލިއެވެ. އެ ވަގުތުކޮޅު ވެގެން ދިޔައީ ދެޓީމުގެ ކުޅުންތެރިން ނޭވައި ހިފަހައްޓައިގެން ތިބެން ޖެހުނު ވަގުތުކޮޅަކަށެވެ. ބޯޅަ ބޭރުވުމާއެކު އާސެނަލް ކުޅުންތެރިން ގޮސް އެރިކްއާއެކު އުފާފާޅު ކުރިއެވެ.

ރެފްރީ ކަށިގަނޑު ފުމުމާއެކު އާސެނަލް ކުޅުންތެރިން އުފާފާޅު ކުރިއެވެ. ކުޅުންތެރިންނާއި ސަޕޯޓަރުންގެ މޫނު މަތިން ފެންނަމުން ދިޔަ ކުލަވަރުން އެއީ ކިހާ މުހިންމު މޮޅެއްކަން އެނގެއެވެ. އާސެނަލް ކުޅުންތެރިންނާއި ޚިލާފަށް ޔުނައިޓެޑް ކުޅުންތެރިންގެ މޫނު މަތިން ފެންނަމުން ދިޔައީ މާޔޫސީ ކަމެވެ. އަމިއްލަ ދަނޑުގައި އެމީހުން އެންމެ ފަހުން ކުޅުނު ދިހަ މެޗުން ވަނީ މޮޅުވައެވެ. އާސެނަލްއިން އެމީހުން ބަލި ކުރުމުން މޮޅުވުމުގެ ސްޓްރީކް ނިމިގެން ދިޔައެވެ.

“ވާއު އެރިކްގެ މޮޅު ސޭވެއް. އެރިކް މިއަދު ވަރަށް މޮޅު. މޭން އޮފް ދި މެޗް ޑިޒާރވްއީ އެރިކްއަށް” އެރިކްގެ މޮޅު ކުޅުމަށް އަލައިކާ ތަޢުރީފު ކުރިއެވެ. އަހާން އާއި އިޝަލްވެސް އެކަމަށް އެއްބަސްވިއެވެ. މެޗު ނިމުމާއެކު އިޝަލް އާއި އަލައިކާ އުފާފާޅު ކުރިއެވެ. އާސެނަލް ޓީމުގެ އޮފިޝަލް އިންސްޓް އެކައުންޓް އާއީ ހުރިހާ ކުޅުންތެރިން ޓެގްކޮށްފައި މަރުހަބާގެ ޕޯސްޓެއް އިޝަލް ކުރިއެވެ. އަދި އެރިކް ގޯލް ޖަހައިފައި އުފާފާޅު ކުރިވަގުތު ނަގައިފައި އިން ފޮޮޓޮއެއް ޕޯސްޓްކޮށްފައި ކެޕްޝަންގައި އެރިކްއަށް ތަޢުރީފުކުރިއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އެރިކްއަށެވެ. އެރިކްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައި ނުދެއެވެ. އިންޓަވިއު ދިން އިރުވެސް އޭނާއަށް ހެވެމުން ދިޔައެވެ. އޭނާގެ ކެރިއަރުގައި އެންމެ އުފާވި އެއް ދުވަހަށް އެ ދުވަސް ވެގެން ދާނެއެވެ.

ހޮޓެލަށް ގޮސްފައި އެރިކް އޭނާގެ މަންމައަށް ގުޅައިލިއެވެ. ދަރިފުޅުގެ ކާމިޔާބީގެ ސަބަބުން އެ މަންމަ ހުރީ އުފާވެފައެވެ. އޭނާ ފަޚުރުވެރިވާނެ ފަދަ ދަރިއަކަށް ދަރިފުޅު ވާނެ ކަމަކީ އެއް އިރެއްގައިވެސް ކާރާ ޝައްކު ކުރި ކަމެއް ނޫނެވެ. ދަރިފުޅާއި މެދު އަބަދުވެސް ޔަޤީންކަން ކާރާއަށް އޮވެއެވެ.

ރޭގަނޑު ކައިގެން އެންމެން ސިޓިން ރޫމްގައި ލިވަޕޫލް މެޗު ބަލަން ތިއްބެވެ. ލައިޝާ އާއި އަލާޔާ އަދި އަކްޔަން އެކުދިންގެ ބައްޕަމެން ކުޅޭތަން ބަލަން ޝައުޤުވެރި ވެފައި ތިއްބެވެ. މެޗު ނުބަލަން ވެގެން މިންހާ ގޮސް އިނީ މައްޗަށް އަރާ ސިޑި މަތީ އިށީންދެލައިގެން ފޯނާއި ކުޅެންށެވެ. ދޮންބެއަށް އަނިޔާއެއް ވެދާނެތީ ބަލަން މިންހާއަށް ނުކެރުނީއެވެ. މިންހާ އެކަނި އިނުމުން މެޗު ނުބަލައި އިޝަލް އައިސް މިންހާ ގާތު އިށީނެވެ. “ކީއްވެ ނުބަލައި ތި އައީ؟” “ކަޒް އެކަނި އިނީމަ ދެރަވެގެން. އެހެން ނޫނަސް ލިވަޕޫލް މޮޅުވާތަން ބަލާ ހިތެއް ނެތް. ދޮންތިބެއާ ޔޫސުފްބެ ކުޅުނަސް މަށަކަށް ނެތް ލިވަޕޫލަށް ސަޕޯޓް ކުރެވޭކަށް” ލިވަޕޫލް އަކީ އޭނާ ކުޑައިރު އެންމެ ސަޕޯޓު ކުރި ޓީމު ކަމުގައި ވިއަސް އާސެނަލްއަށް ކުޅެން ފެށިފަހުން އެކަން ބަދަލުވެއްޖެއެވެ. “ހިތަށް އަރާ މަންމަމެން އެންމެން ކިހިނެއްބާއޭ ފުޓުބޯޅަ ޕްލޭޔާރސް އާ އިނދެގެން ދަރިންވެސް ފުޓުބޯޅަ ކުޅެން ފޮނުވަނީ. މިންނުއަކަށް ހިއެއް ނުވޭ ފުޓުބޯޅަ ކުޅޭ މީހަކާ މެރީކޮށްގެން މިންނުއަށް އުޅެވޭނެ ހެންނެއް” މިންހާ ހިތުގައިވި ކަންބޮޑުވުން ހާމަކޮށްލިއެވެ. “މުޅިން ސަކަރާތެއްނު. އަދި އަހަރެން މި އުޅެނީ އާރާޝްދޮންބެ ގާތު ބުނަން މިންހާ މަށާ ދެވާށޭ. ދެން މިވީ ގޮތުން ނީންދެވޭ ނެއްނު” މިންހާ ރުޅި އަރުވައިލުމުގެ ނިޔަތުގައި އިޝަލް ބުންޏެވެ. “ތިހާ އިންނަން ބޭނުމިއްޔާ ދެން ކުޅުން ހުއްޓާލާފަ ބައްޕަ ކައިރީ ބުނެގެން އިންނަން ވީނު” އިޝަލް އުންމީދު ކުރި ގޮތާ ޚިލާފަށް ރުޅި އައުމުގެ ބަދަލުގައި މިންހާވެސް އޭނާގެ ސަމާސާގައި ބައިވެރިވިއެވެ. “އަންހެން ކުއްޖަކަށްޓަކައި ފުޓުބޯޅަ ކުޅުން ހުއްޓައެއް ނުލެވޭނެ. ހެެޔޮ ދުވަހަކު އިންނާނެ ކުއްޖެއް ނުލިބުނަސް” “މީނަ ކޮން މޮޔަ އަނގައެއް މި ތަޅަނީ. މިހާރު ތިހެން ބުންޏަސް ލޯބިވެވުނީމަ އެނގޭނީ ތިކަން. ކިހިނެއް އިނގެނީ އިޝަލް ހަމަ މިންހާއާ އިންނަން ކުޅުން ހުއްޓާނުކާނެ ކަމެއް” މެޗުގެ ފުރަތަމަ ހާފު ނިމުމުން އިޝަލް އާއި މިންހާ ކޮބައިތޯ ބަލަން އައި އަލައިކާއަށް ދެމީހުން ދެއްކި ވާހަކަ އަޑުއިވުނެވެ. އިޝަލް މޫނަށް ވައްތަރެއް ޖެއްސުމާއެކު އާލައިކާ ދެންވެސް އިޝަލްއާ ދިމާކުރިއެވެ. އިޝަލް މޫނަށް ޖައްސާ ވައްތަރު މަޖާވެގެން މިންހާއަށް ހެވެމުން ދިޔައެވެ.

މިންހާ ހެމުން ގެންދިޔައިރު އެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ. މިންހާގެ ރީތި ބޮޑު ދެލޮލުގައި ތަފާތު ވިދުމެއް ވިއެވެ. ފުރަތަމަ ފަހަރަށް މިންހާގެ ރީތިކަން އިޝަލް ހިތުގައި ބިންވަޅު ނަގައިގެން ދިޔައެވެ. ކަޅިވެސް ޖަހައި ނުލާ މިންހާ ހޭތަން ބަލަން ހުރެވުނެވެ.

އެނބުރި ލަންޑަންއަށް އައިސް އެރިކް ފުރަތަމަ ވެސް ދިޔައީ އިޝަލް ބުނެގެން އެގެއަށް އިޝަލްއާ ބައްދަލު ކުރާށެވެ. އެ ދުވަހު އިޝަލްގެ ދެބެއިންގެ ދެދަރި ހުރިހާ ކުދިންނާ އެރިކްއާ ބައްދަލުވިއެވެ. މެޗަކުން ނޫން ގޮތަށް ޔޫސުފްއާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ފުރަތަމަ ފަހަރަށް އެރިކްއަށް ލިބުނެވެ. ޔޫސުފްގެ ފަރާތުން އޭނާއަށް ތަޢުރީފުގެ ބަސްތައް ލިބުމުން އެރިކްއަށް އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހިތުގެ ފަސާނާ

Next

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..( ޓްރެއިލަރ )

Next
July 16, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..( ޓްރެއިލަރ )

Previews
July 15, 2020

ހިތުގެ ފަސާނާ

35 Comments!

  1. Kiyara says:
    July 16, 2020 at 4:11 am

    Salam my beloved readers. Here is the 3rd part of Manzil. This episode is dedicated to all the arsenal fans who reads this story. Hope everyone enjoyed reading this episode. Take care and stay safe♥️ leave a comment

  2. Abu❤ says:
    July 16, 2020 at 5:50 am

    Me first yeeeeeeey

    1. Abu❤ says:
      July 16, 2020 at 5:54 am

      Vvvvvvvv.reethi…love triangle eh dhw minha
      Eeshal Eric
      BTW …kiyaa thiy football fan eh the…abadhuves mi me Liverpool faneh…m.salah

    2. Kiyara says:
      July 16, 2020 at 2:31 pm

      Thanks dear♥️ yes dear i am a football fan hama bodukoh. Heheh premiere league ga alhuganduge ves enme fav team aky Liverpool. About love triangle adhi neynge bunaakah anything is possible with them lets see dhw kuriah vaan huri goii

  3. Shuba... says:
    July 16, 2020 at 6:03 am

    Wowww… Next part avas kolla dhehchey kiyaraaaaaaaaaa.
    Vhk hama habeys… Aslu vx I’m speech less.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Kiyara says:
      July 16, 2020 at 2:33 pm

      Thanks dear♥️ vyhaaves ves avas koh genesdheveytho try kurany

  4. jam says:
    July 16, 2020 at 7:44 am

    Oh Kiyaa haadha rangalhey.? Up kurithoo balaali Iru up koffa hurithan feni v.ufaavi.
    I feel like you are actually helping others. You are making them happy. Me happy too. You are like my role model. I really wanna help other feel happy, and you showed me a way I can…
    THANK YOU KIYARA. ????????❤

    1. Kiyara says:
      July 16, 2020 at 2:34 pm

      Thanks dear♥️ really glad to know that

  5. luyoooo says:
    July 16, 2020 at 8:21 am

    v reethi ..when next when next when next cuuuurrriiiioouuusssllllyyy wwwaaaiiitttiiinnnggg

    1. Kiyara says:
      July 16, 2020 at 2:35 pm

      Thanks dear♥️ as soon as i finish writing next episode

  6. Shiman says:
    July 16, 2020 at 8:59 am

    This part is wonderful ❤️❤️curiously waiting for the next part?ur the best kiyaa sis❤️❤️

    1. Kiyara says:
      July 16, 2020 at 2:35 pm

      Thankss dear♥️

  7. Starlight vixx says:
    July 16, 2020 at 9:49 am

    Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️

    1. Kiyara says:
      July 16, 2020 at 2:36 pm

      Thankss dear♥️

  8. Aish says:
    July 16, 2020 at 10:51 am

    Alhe kiyara eh noon kiyan v supra kiyan v ehengna abadhu surprise dheythy….. Sahaadheh kiyaaa haadha furihama ey???? love this. Hy kohllaa mee Raasthaa ge big fan ey and kiya thy my favourite author❤️❤️❤️❤️ Aish ah Hy vany hama minnu aa ishal aa hen dhevan V Aarash gaathu bunan V???
    Adhi maany menge part eh an naanetha?
    I am not arsenal fan. I am barca fan.. Messi kuhjjeh mee??????? ekam hama Vaahaka vehjjehyya hurihaa club eh. Liverpool aky vx arsenal aky ves dhushmanun neh nooningey?
    Tc
    Lysmm ❤️❤️❤️
    Stay home

    1. Kiyara says:
      July 16, 2020 at 2:38 pm

      Thankss dear♥️ hehehe lets see dhw minhaa and ishal ah vaagoi. Adhi maaany menge part ehvves ahnnane. Ekam bodah focus mi kurany emyhunge kids ah mi season ga

  9. Een says:
    July 16, 2020 at 11:15 am

    Vvvv reethi lysm kiyaafa??????

    1. Kiyara says:
      July 16, 2020 at 2:38 pm

      Thanks dear♥️

  10. dott says:
    July 16, 2020 at 12:38 pm

    Woww hama vvvvvv reethi.? when is next part daily koh up kuraanantha.☺
    Stay safe. Lysm

    1. Kiyara says:
      July 16, 2020 at 2:39 pm

      Thanks dear♥️ masakkai mi kurany daily koh up kureveytho. Ekam hama up nukurevey dhuvas dhuvas ves hingaidhaane ekam vyhaaves avahah genes dheveytho try mi kurany

  11. girl says:
    July 16, 2020 at 12:45 pm

    V.nice.??
    Sis, kobaatha Maanee and Araash. Adhi Ahusam and Israa… Maruveetha???
    And also really liked arshaadh and afra ge part ves. Emeehun maruvigoih storyga genesdheynan tha???

    1. Kiyara says:
      July 16, 2020 at 2:40 pm

      Thanks dear♥️ nooney they are hama alive story ge therein emyhun ves ahnna adhi

  12. k says:
    July 16, 2020 at 12:53 pm

    Hello kiyaa sis!?
    V happy vefa mihuree 1 2 3 ves thihaa avahah up kohladhineema.
    Story hama reethi. Ekam adhi eves kameh nueh vey. Komes gotheh hadhaaba readers curious kohlaa varuge.
    And yes I’m arsenal fan eh.??⚽???

    1. k says:
      July 16, 2020 at 2:12 pm

      Pls negative koh nunagahchey sis… Ik feshey kolhu veema kan ehaa body kameh nuvanee

    2. Kiyara says:
      July 16, 2020 at 2:42 pm

      Yes dear ♥️

    3. Kiyara says:
      July 16, 2020 at 2:42 pm

      Thanks dear♥️ story kuriah dhaa varakah gina Kanthah thakeh vaane adhi rangalhah start nuvany. In Sha Allah readers ge shagu nugehlley gothah story gendhaany

  13. Aish says:
    July 16, 2020 at 1:00 pm

    Asluvx maany aa aaraash mathin V miss vey??

    1. girl says:
      July 16, 2020 at 1:30 pm

      Dhw mihaaru emeehun ulheygoi haadha beynumey balaalan. Emeehun thibeynee maama aai kaafa ah Vefa??

  14. Aish says:
    July 16, 2020 at 2:14 pm

    Aan asluvx season 2 ga vx e dhemeehun ge rom than than kolhu an na iru hiy avasvey❤️❤️❤️
    Kiyaa ekam ehaa avahah muskulhi nukurahchey

  15. unknown queen says:
    July 16, 2020 at 2:46 pm

    Vvvv reethi ❤️
    When next ?

    1. Kiyara says:
      July 18, 2020 at 2:13 am

      Thanks dear♥️

  16. Rana says:
    July 17, 2020 at 6:12 pm

    Alheyyyyyy mee mihàaru raasthaa he fan eh ingey….. Manzil dhw mijaarumy?
    Wowwwww dhoongnaa Masha Allah vvvvv reethi mi vaahaka ❤️❤️❤️
    Season 1 ge cover ga Maaiz aa Ahusam ah einy kaakukan buneveyne thr ??? N Ishma ge photo hoadhi netun viyya keekey jahaigen Kan bunelevi dhaane that?

    1. Kiyara says:
      July 18, 2020 at 2:17 am

      Thanks dear♥️ season 1 ge cover ga Maaiz: Amiri an Afghan footballer
      Ahusam: Mayank Markande an Indian cricketer
      Mihaaru handhaanei neii ishma ah in girl hoadhunu gotheh☹️

  17. Shaba SHABAKKO says:
    July 21, 2020 at 9:39 am

    Reethi ❤️❤️
    Love it❤️
    ❣️❣️❣️?

  18. Felix says:
    August 9, 2020 at 10:28 am

    Man u ah thihen nahadhaa ??mason lockwood ey greenwood ge story version dhw

Comments are closed.

Next Episodeމަންޒިލް 4←


All Right Reserved!