Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޒަޚަމް ފަހުބައި

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 11, 2020 8 Mins Read
13 Comments

ވެހެމުން ދިޔަ ބޯވާރެގަނޑުތެރޭ މަގު ގެއްލިފައިވި މުސާފިރެއް ފަދައިން ދަހުލާން ހިނގަމުން ދިޔައެވެ. އޭނާގެ މަންޒިލަކީ ކޮބައި ކަމެއް ޚުދު ދަހުލާންއަކަށް ވެސް ނޭންގެއެވެ. އަދިވެސް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ދުވަހަކުވެސް އިވޭނެކަމަށް ހީކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތައް އަޑު އިވުމުގެ ކުރިން އޭނާ ބީރުވީ ނަމައޭވެސް ދަހުލާންގެ ހިތަށް އެރިއެވެ. މަގުގެ ވަކި ހިސާބަކަށް ގޮއްސައި ދަހުލާން ހިނގުން ހުއްޓާލިއެވެ. އުޑުމައްޗަށް މޫނު އުފުލާލުމާއެކު ވާރޭތިކިތައް އޭނާގެ މޫނުގައި ބޮސްދީފައި ފައިބަމުން ދިޔައެވެ. ދެއަތް ފުޅާ ކުރުމަށްފަހު އަޑުގެ ނެތްތަނަށް ދަހުލާން ހަޅޭއްްލައިގަތެވެ. ހަޅޭކުގެ އަޑު މަޑުވަމުން ގޮސް މަޑު ގިސްލުމަކަށް ބަދަލުވެ މަގުމެދަށް ދަހުލާންއަށް ތިރިވެވުނެވެ.

އާލިޔާމެން ގޭ ދޮރު މައްޗަށް އެރި ތަނުން އޭނާއަށް ފެނުނު މަންޒަރުން ހިތްކުދި ކުދި ވެގެން ދިޔައެވެ. ސުފްޔާން އާއި އާލިޔާ ތިބިގޮތް ފެނުނު ކޮންމެ މީހަކަށް އެދެމެދުގައިވީ ގުޅުން އެނގޭނެއެވެ. އާލިޔާގެ އަނގައިން ސުފްޔާންދެކެ ލޯބިވެއޭ ބުނި އަޑު ކަންފަތް ދޮަށަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ދަހުލާން އެތާ ހުރިކަންވެސް އެދެމީހުންނަށް ރޭކައި ނުލައެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ އެތަނުން ދިޔައިރުވެސް ދެމީހުންނަށް ކަހާތާ ހިރުވައިވެސް ނުލައެވެ. ދާނެ ވަކި ތަނެއް ނެތި އޭނާއަށް ހިނގުނީ ކިހާ ހިސާބަކަށްކަންވެސް ދަހުލާން އަކަށް ނޭންގެއެވެ. އެއަށްވުރެއް ހިތަށް ލިބިފައިވި ޒަޚަމް މާ ބޮޑެވެ.

ސިޓިންރޫމް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ލިލީ ހުރީ ކަންބޮޑުވެފައެވެ. ހަވީރު ބޭރަށް ދިޔަ ގޮތަށް ދަހުލާން އަދި ސުފްޔާންވެސް ގެއަކަށް ނާދެއެވެ. ދެ ކުދިން ކުރެ އެކަކުވެސް ފޯނުވެސް ނުނަގައެވެ. ލިލީ ކަންބޮޑުވެގެން މިހްތަރް އަދި ތަސްލީންއަށް ވެސް ގުޅިއެވެ. އެކުދިންނަށްވެސް ސުފްޔާން އަދި ދަހުލާންގެ ޚަބަރެއް ނުވެއެވެ. އާލިޔާއަށް ގުޅައިގެން އާލިޔާވެސް ފޯނު ނުނަގައެވެ.

ބޯވާރޭގަނޑާ ހެދި ސުފްޔާން ހުރީ އާލިޔާމެން ގޭ ތާށިވެފައެވެ. އެގޭގައި ހުރުމުން މަންމަ ގުޅީމައި ފޯނު ނަގާކަށް ނުކުރުނެވެ. އާލިޔާއަށްވެސް ވީ އެވަރެވެ. ޖޫން ޖިރާން އަދި ތާރާ ގޭގައި ނޫޅޭކަން ނަސީބެވެ. ހަވީރު ސްކޫލް ކަމަކު ބޭރަށް ދިޔަ ގޮތަށް ޖިރާން އަދި ތާރާ ނާދެއެވެ. ޖޫން އިނީ އޮފީހުގައި ތާށިވެފައެވެ.

ލިލީގެ ހިނގުން ހުއްޓުނީ ތެމި ފޯވެގެން ގެއަށް ވަން ދަހުލާން ފެނިފައެވެ. މުޅި ކުއްޖާގެ ލޯލާ މޫނު ހުރީ ރަތްވެފައެވެ. ހީކަރުވައި ގަނެގެން ތުރުތުރު އަޅަމުން ދިޔައެވެ. “ދަރިފުޅާ ޑޭން ކިހިނެއް ތިހިރީ؟ ކޮންތާކު އުޅެފަ ތިޔައީ؟ ކީއްވެ ތެމުނީ؟ ބޭބެ ކޮބާ؟ ދެކުދިން އެކީގަ ނޫންތަ ތިއުޅެނީ؟” ލިލީގެ ސުވާލުތަށް އޮހިގަތެވެ. ސުފްޔާންގެ ނަން އިވުމުން ދަހުލާން ގާތަށް ރުޅިގަނޑެއް އެރިއެވެ. ދެއަތް މުށްކެވި ދެބުމަގޮށް ޖެހުނެވެ. އެހެނަސް މަންމައަށް ފާހަގަ ވުމުގެ ކުރިން ހަމައަކަށް އެޅިލިއެވެ. އާލިޔާ އާއި ސުފްޔާންގެ ސިއްރު އޭނާއަށް އެނގޭކަން އެމީހުންނަށް އަންގާކަށް ދަހުލާން އަދި ބޭނުމެއް ނޫނެވެ. “ސްޓެފް ވީ ތަނެއް ނޭންގެ. އަޅުގަނޑު ހިނގާލަން ނުކުމެ އުޅެނިކޮށް ވާރޭ އޮއްސާލީމަ ތެމޭ ހިތްވީ. ތެމޭ ހިތްވެފަ ހުރި ވަރުން މަންމަ ގުޅިކަން ނޭންގުނީ. ސޮރީ މަންނަ ހާސްކޮށްލެވުނީމަ.” ގަދަކަމުން ހިނިތުންވަމުން ދަހުލާން މާފަށް އެދުނެވެ. ހަމަޖެހުމުގެ ނޭވައެއް ލިކީ ދޫކޮށްލިއެވެ. އެހެނެއް ކަމަކު ސުފްޔާން ގެއަށް ނާންނަނީސް ހިތަށް އެކީ ތަސައްލީއެއް ލިބިގެން ނުދާނެއެވެ.

ވާރޭ ތުނިކޮށްލުމާއެކު ލަސްނުކޮށް ސުފްޔާން ގެއަށް ދާން ނުކުތެވެ. މަންމަ ކަންބޮޑުވެފައި ހުންނާނެ ވަރު އޭނާއަށް އެނގެއެވެ.

ސުފްޔާން އައިސް ގެއަށް ވަނުމުން ލިލީގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ސުފްޔާން ހުރި ތަނަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ބުނީ އެކުވެރިއެއްގެ ގޭގައި ހުރިކަމަށެވެ. ލިލީވެސް އިތުރު ސުވާލު ނުކޮށް ތާޒާވެލައިގެން ރޭގަނޑުގެ ކެއުމަށް އަންނަން ބުންޏެވެ.

ތެއް އެއްޗިހި ބަދަލުކޮށްގެން ސުފްޔާން ކާން ނުކުތްއިރު ލިލީއާއެކު ދަހުލާން އަދި ކައިރާވެސް ތިއްބެވެ. ކައިރާގެ ހާލު އޮޅުން ފިލުވައިފައި ދަހުލާން ގާތު އިން ގޮނޑީ އިށީންދެފައި ކޮއްކޮއާ ސަމާސާ ކޮށްލިއެވެ.

ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވަމުން ދަހުލާންވެސް ސުފްޔާންގެ ސަމާސާގައި ބައިވެރިވިއެވެ. ސުފްޔާންގެ އަމަލުތަކުން ސިއްރުން ކަމެއް ކުރާހެންވެސް ހީނުވެއެވެ. އޭނާ ކުރިމަތީ އެހާ ހަމަޖެހިލައިގެން ސުފްޔާންއަށް އެ އުޅެވެނީ ކިހިނެއްބާއޭ ދަހުލާންގެ ހިތަށް އެރިއެވެ. އޭނާގެ ލޯބިވެރިޔާ އަތުލައިގެން އުޅޭއިރު ސުފްޔާން ހިތުގައި އޢނާއާ މެދު ކުލުނުގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟ ޝަކުވާއިން ދަހުލާންގެ ހިތް ބަންޑުން ވަމުން ދިޔައެވެ. އިތުރަށް އެތާ ހުންނަން ކެތް ނުވުމުން ތަށިވެސް ހުސްނުކޮށް ތެދުވެގެން ދިޔައެވެ.

ދަހުލާންގެ މޫނު މަތިން ފެންނަމުން ދިޔަ ހިތާމަ ކައިރާއަށް ސިއްރެއް ނުވިއެވެ. ދަހުލާންއަށް ވީ ކިހިނެއްތ ބަލަން ހިތް އެދެން ފެށިއެވެ.

ކައިގެން އަމިއްލަ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ކައިރާ ގޮސް ދަހުލާން ކޮޓަރީ ދިރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ވަންނާށޭ ބުނުމާއެކު ދޮރު ހުޅުވައިފައި ވަނެވެ.

ހިތްހަލާކުވެފައި ހުރި ދަހުލާންއަށް އެތެރެއަށް ވަން ކައިރާ ފެނުމުން ހިތިގޮތަކަށް ހިނިތުންވެވުނެވެ. ފެންކަޅިވާހެން ހީވުމާއެކު އަވަހަށް އެސްފިޔަ ޖަހައިލިއެވެ. “ދާން އޯކޭތަ؟” ދަހުލާން ގާތު އެނދުގަައި އިށީންނަމުން ކައިރާ ސުވާލު ކުރިއެވެ. ދަހުލާން ހަމައެކަނި ބޯ ޖަހައިލީއެވެ. “ލައިފްގަ އެންމެ ބޭނުންވި ދުވަހު ދާން މަށަށް ހެލްޕް ވެ ދިން. ކަމެއް ގޯސްވެގެން އުޅޭކަން އެނގިގެން ސުވާލު ވެސް ކުރި. އަހަންނަށް އެނގޭ ދާންއަށް ކަމެއް ވެއްޖެކަން. ޔޫ ކޭން ޓެލް މީ އެނީތިން” ދަހުލާން އަތްތިލައިގައި ކައިރާ ހިފާލިއެވެ. “ތޭންކްސް ކައި. އަހަރެން ރަނގަޅު. މިރޭ ވާރެއާ ތެމުނީމަ ކުޑަކޮށް ބޮލުގަ ރިއްސާތީ މި އުޅެނީ” އަދި އެހަށް ހަޤީގަތް ހާމަ ކުރާކަށް ދަހުލާން ބޭނުމެއް ނުވިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި ކައިރާ ނިދަން ދިޔައެވެ.

މުޅި ރޭވެސް ދަހުލާން ހޭދަކުރީ ލޮލުފިޔަ ޖަހައި ނުލައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު އާލިޔާ އަދި ސުފްޔާން ސިފަވެގެން ދެއެވެ. ބޯ ހާސްވެގެން ދަހުލާން އެންމެ ފަހުން އެނދުން ތެދުވިއެވެ. ބޯ ހަމަޖައްސާލަން ބޭރަށް ނުކުތްއިރު ސުފްޔާންވެސް އިނެވެ. ބަލާބެލުމަށް ކަމަކާ ކަންބޮޑުވެފައި ހުރިހެން ހީވިއެވެ. ސުފްޔާންއާ ވާހަކަ ދައްކައިގެން ބޯ ހާސް ވުން ނޫން އިތުރު ކަމެއް ނުވާނެކަން އެނގޭތީވެ ދަހުލާން އެނބުރި ކޮޓަރިއަށް ވަނެވެ.

ވަރުގެ ކޮޅަށް ނަލަ ހެދިލައިގެން އާލިޔާ އިންތިޒާރު ކުރަމުން ދިޔައީ ސުފްޔާންއަށެވެ. މޫނުގައި ގަދަ މޭކަޕެއް ކޮށްފައި ހުރުމުން އާލިޔާގެ އަސްލު ސިފަ ހުރީ ކޮންމެސް ވަރަކަށް ގެއްލިފައެވެ.

ސުފްޔާންގެ ބަދަލުގައި އެތެރެއަށް އައި ދަހުލާން ފެނި އާލިޔާގެ ހަރަކާތްތައް ހުއްޓުނެވެ. އިރުކޮޅެއް ކުރިން ދަހުލާން މެސެޖު ކުރުމުން ބަލްޤިސްމެން ގޭގައި ކަމަށްބުނެ ދޮގެއް ހަދާލިއެވެ. އެހެންވެ އެ ވަގުތު ދަހުލާން ފެނުމުން ހައިރާންވީއެވެ. “ޑޭން؟” “ސަޕްރައިޒް ވެއްޖެ ދޯ އަހަރެން ފެނުނީމަ. އެހެންނު ވާނީ ސްޓެފްއަށް ވިއްޔާ ތި އިންތިޒާރު ކުރަނީ. އޯ ބައި ދަ ވޭ އަހަންނަށް އެނގޭ ތި ދެމީހުން ގަންނަ ގަނޑު. ތި ދެމީހުން އެކީގަ އުޅެން ބޭނުންވިނަމަ ބުނެލި ނަމައެއްނު. ކޮންމެހެން ސިއްރުން އުޅެނީ ކީއްކުރަން؟ އަހަންނަކީ ލޯބިވާ ދެމީހުން ދޭތެރެއަށް ވަންނާނެ މީހެއް ނޫން. ޚާއްސަކޮށް އަހަރެންގެ ބޭބެ ލޯބިވާ އަންހެން ކުއްޖާޔާ ބޭބެއާ ދޭތެރެއަށް. މީގެ ފަހުން ސިއްރުން އުޅޭކަށް ނުޖެހޭނެ.” ހަރުކަށި ކަމާއެކު ވާހަކަ ފެށި ނަމަވެސް ދަހުލާންގެ ރާގު ބަދަލުވިއެވެ. އޭނާއަކީ ދުވަހަކުވެސް މީހަކާ އެ ގޮތަށް ވާހަކަ ދެއްކި މީހެއް ނޫނެވެ. އާލިޔާ އާއި ސުފްޔާންގެ ކިބައިން ބަދަލު ހިފުމަށްވުރެ އެ ދެމީހުން ދެކެވެސް ދަހުލާން ލޯބިވެއެވެ. އޭނާގެ ސަބަބުން ބޭބެއަށް ލޯބިވާ އަންހެން ކުއްޖާ ގެއްލޭކަށް ނޭދެއެވެ. އޭނާގެ ހިތް ޒަޚަމް ވީ ނަމަވެސް ބޭބެ އުފަލުގައި ހުންނަން ދަހުލާން ބޭނުމެވެ.

ކޮއްކޮގެ ވާހަކަ އަޑުއިވި ސުފްޔާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ކޮއްކޮގެ ލޯބިވެރިޔާ ޖަހައި ގަނެވުނުގެ އިހްސާސް ކުރެވުނެވެ. މިހާރުވެސް ވާ ވަރަށް ކޮއްކޮ ހިތާމައިގައި އުޅެފިއެވެ.

ދަހުލާން އަދި އޭނާގެ އުމުރުން އެންމެ އަށް އަހަރުގައި ހިނގައި ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ގައި އެ ދެމީހުންގެ އެއް ބަނޑު އެއްބަފާ ކޮއްކޮ ދުނިޔެއާ ވަކިވެ ދިޔައީ ދަހުލާން ކުރިމަތީގައެވެ. ޖެހުނު ޝޮކެއްގެ ސަބަބުން ދަހުލާން ސިކުނޑިއަށް ލިބުނު ގެއްލުން ތަކުން ކުޑައިރުގެ ހަނދާންތައް ނެތިގެން ދިޔައެވެ. ކޮއްކޮ ސާރާ މަތިން އަދި އަދަށް ދާން ދެންވެސް ދަހުލާން ހަނދާނެއް ނުވެއެވެ. ނަމަވެސް ބޮޑު ކާރިސާއެއް ދިމާވެއްޖެ ނަމަ ދަހުލާންއަށް އުނދަގޫވެއެވެ. ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަށް ފަހު އެ ހަނދާންތައް ހުވަފެނުގެ ސިފައިގައި އާވަމުން ދިޔައެވެ.

“ސްޓެފް” އާލިޔާއަށް ސުފްޔާން ފެނުމުން ވައި އަޑުން ބުނެވުނެވެ. ދަހުލާން ފަހަތަށް އެނބުރި ބަލާލިއެވެ. “ޑޭން” ހިތްދަތި އަޑަކުން ސުފްޔާން ގޮވާލުމާއެކު ދަހުލާން ދެ ފަރާތަށް ބޯ ހޫރާލިއެވެ. “ނޯ އިޓްސް އޯކޭ. ބީ ހެޕީ ބްރަދާރ. އައި ލަވް ޔޫ” ސުފްޔާން ކޮނޑުގައި ޖަހައިލައިފައި ދަހުލާން ދިޔައެވެ. ލޮލުކޮޅަށް ދަހުލާން ގެއްލެން ދެން ބަލަހައްޓައިގެން ސުފްޔާނަށް ހުރެވުނެވެ.

“ވީ ހޭވް ޓު ސްޓޮޕް ދިސް އާލިޔާ. އައި ލަވް ޔޫ އެކަމަކު އެއަށްވުރެ އަހަރެން ކޮއްކޮދެކެ މާ ލޯބިވޭ. އައި ކާންޓް ހާރޓް ހިމް. އައި އޭމް ސޮރީ. އައި ކާންޓް ޑޫ ދިސް” ބުނާނެ އެއްޗެއް ނޭންގުމާއެކު އިން ގޮތަށް އާލިޔާއަށް ހުރެވުނީއެވެ. އޭރު އޭނާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

އާލިޔާގެ ނިއްކުރިއަށް ބޮސް ދީފައި ސުފްޔާން ހިނގައިގަތެވެ. ހިތް ޒަޚަމް ވަމުން ދިޔަ ނަމަވެސް އެންމެ ފަހަރަކުވެސް ފަހަތް ބަލާ ނުލައެވެ. ފުރާވަރަށް އެޅިފަހުން އޭނާއަކީ ދުވަހަކު ލޮލުން ކަރުނަ ވައްޓާލި މީހެއް ނޫނެވެ. ނަމަވެސް މިއަދު އެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އައިއްސަ އޮތްހެންނެވެ. އެތައް މިތަނަށް އެއްޗިހިތައް ވަނީ އުކާފައެވެ. އެނދުގައި ހުރިއްޔާ ހުރި ބާލިހަކާއި ބެޓްޝީޓްގަނޑު ވެސް އޮތީ ނަގާ އެއްލާލާފައެވެ. ކޮޓަރި ތެރެއިން ދުވަމުން ދިޔައީ ރީތިވާން ގެންގުޅޭ ސާމާނުގެ ވަހެވެ. ސެންޓުފުޅިއާއި މޭކަޕްސެޓް ފަދަ ތަކެތި ބިންމަތީގައި ތަޅައިގެން ގޮއްސައި ހުއްޓެވެ.
ދޮރުބުޑުގައި ލެގިގެން ކަކުލުގައި ބޯ އަޅައިގެން އިނދެ ގިސްލަމުން އާލިޔާ ދިޔައެވެ. މޫނުގައި ހުރި މޭކަޕްތައް ފެވިފައި ހުރިއިރު ފަން އިސްތަށިގަނޑުވެސް އޮތީ އެއްވެސް ތަރުތީބެއްނެތި ހޭވިފައެވެ.

ކޮޓަރިން ބޭރަށްވެސް އާލިޔާ ރޮމުން ދިޔަ އަޑު އިވެއެވެ. އެވަގުތު ގެއަށް އައި ތާރާ ކަންބޮޑުވުމާއެކު ދޮރިގައި ޓަކި ޖަހަމުން އާލިޔާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ދޮރު ހުޅުވަން ނޫޅެ އާލިޔާ ގިސްލާފައި ރޮމުން ދިޔައެވެ. އާލިޔާ ދޮރު ނުހުޅުވުމުން ތާރާ ޖޫންއަށް ގުޅިއެވެ.

ދެދުވަސް ވަންދެކަށް އާލިޔާ އެކަކާވެސް އަނގައިނެއް ނުބުނެވެ. މައިންބަފައިންގެ ވަކިވެ ދިއުމަށްފަހު އެ ހިތަށް ލިބުނު ޒަޚަމް ފަސޭހަވަމުން ދަނިކޮށް އަނެއްކާވެސް ފުން ޒަޚަމްއެއް އެ ހިތުގައި ލާފިއެވެ. އެ ޒަޚަމް ދުވަހެއްގެ ކޮޅުންވެސް ފަސޭހަވާނެ ހެނެއް ހިއެއް ނުވެއެެވެ.

ލޯބިވާ ދެކުދިންގެ ހާލަތާ މެދު ލިލީ ހިތާމަ ކުރިއެވެ. އެއް ކުއްޖެއްދެކެ ލޯބިވެވި އޭނާގެ ދެ ދަރިންގެ ހިތް ޒަޚަމް ވެގެން ދިޔައީއެވެ. ދަހުލާން އެނބުރި ކުރީގެ ދަހުލާންއަށް ބަދަލުވިއެވެ. ސުފްޔާން މިސްޓިކް ފޯލްސް ދޫކޮށް ދިޔައީއެވެ. ލިލީ ކޮންމެހެން ސުފްޔާން ނުހުއްޓުވީ އެތަނުގައި ހުރެގެން އެ ދަރިފުޅަށް ހިތާމަ ނޫން އެއްޗެއް ނުލިބޭނެކަން އެނގޭތީއެވެ.

އަތުގައި އޮތް ސިނިގިރޭޓު ބުރު ދުރަށް ހޫރާލާފައި ކައިރީގައި ހުރި ފާރަށް އަތުގެ ހޫނު ހަމަލާއެއް ސުފްޔާން ދިނެވެ. ހަމަލާއާއެކު ކަރުބުޑުން ވޭނީ ހަޅޭކެއްގެ އަޑުއިވުނެވެ. ދެންވެސް ސުފްޔާން އަތުގައި ހުރި ބާރެއްލާފައި ފާރުގައި ޖެހިއެވެ. އޭނާ ފާރުގައި ވީއްލާލާ ކޮންމެ އެތިފަހަރަކަށް އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނުކުމެއެވެ. އެތައް ފަހަރަކު ތެޅުމަށްފަހު އެއްވެސް ތަރުތީބެއްނެތި ހޭވިފައިވި އޭނާގެ އިސްތަށިގަނޑު ތެރެއަށް ކަނާއަތް މަހާލިއެވެ. މިސްޓިކް ފޯލްސް ދޫކޮށް އޭނާ ދިޔަތާ ދެމަސް ފަހުންވެސް އާލިޔާ މަތިން ހަނދާން ނައްތާލަން އުނދަގޫވިއެވެ. އޭނާގެ ދިރިއުޅުން އެކީ ހުއްޓުމަކަށް އައިއެވެ. ސިނގިރޭޓުގެ އަވައިގައި ޖެހުނެވެ. އޭނާގެ ރީތި ސިފަ ގެއްލި މީހާ ވަކި ނުވާ ވަރުވިއެވެ. އެކަކަށްވެސް ގުޅާ ނުލައި ޚަބަރެއް ނުވެ އެ ގޮތް މި ގޮތަށް އޭނާ އުޅެމުން ދިޔައެވެ.

ދަހުލާން އާއި ކައިރާ އެތައް މަސައްކަތަކުން ސުފްޔާން ހޯދިއެވެ. ހަތަރު މަސްވަންދެކަށް ކައިރާއާ ނުހަނު ގާތުގައި އުޅެވެމުން ދަހުލާންގެ ހިތް ކައިރާއަށް ލެނބެމުން ދިޔައެވެ. އެ ނާޒުކު އަންހެން ކުއްޖާއަށް ހިތުގައި އިހުސާސްތަކެއް އުފަން ވަމުން ދިޔައެވެ. އޭނާއަށް ފުރަތަމަ ދުވަހު ފެނުނު ކައިރާއާ މި ކައިރާ ހާސްބައި ތަފާތެވެ. ކައިރާގެ ސަބަބުން އާލިޔާގެ ފަރާތުން ހިތަށް ލިބުނު ޒަޚަމް ފަސޭހަވަމުން ދިޔައެވެ.

ކައިރާއާ އެއްކޮށް ދަހުލާން ސުފްޔާންއާ ބައްދަލު ކުރަން ދިޔައެވެ. ބޭބެ ހުރި ހާލު ފެނުމުން ދަހުލާންގެ ހިތް ހަލާކުވެގެން ދިޔައެވެ. “ހެލޯ ބްރަދާރ” “ޑޭން؟” ދަހުލާން ފެނުމުން ސުފްޔާން ހައިރާން ވެގެން ދިޔައެވެ. އޭނާ ބެލީ އެތަނުން އަވަހަށް ފިލޭތޯއެވެ. “ޑޯންޓް ޔޫ ޑެއާރ ޓު ލީވް. މިހާރު ބޭނުންވާ ވަރަށް ދުވަސް ލިބިއްޖެ ކަންނޭންގެ. އިނގޭތަ ސްޓެފް ޚަބަރެއް ނުވާތީ މަންމަ ހިތާމަ ކުރާވަރު؟ އާލިޔާވެސް ހިތާމަކޮށް ކޮށް ހަލާކުވަނީ. އެނގޭތަ އަހަރެންގެ މި ހިތަށް ވާ ތަދު؟ އައި ނީޑް ޔޫ ސްޓެފް. އަންހެން ކުއްޖެއްްގެ ސަބަބުން އަހަރުން ދެމީހުންގެ ގުޅުން ކެނޑޭކަށް އަހަންނެއް ނޭންދޭ. ކަމް ބެކް ޓު އަސް އެންޑް ގެޓް ދި ގާލް” ސުފްޔާންއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ދަހުލާން އެއް ފައްޗަކަށް އަމުނާލިއެވެ. “ޑޭން އައި ކާންޓް. ޑޭން އާލިޔާއާ އެއްކޮށް އަހަރެން ކުރިމާތީ އުޅުމުން މި ހިތަށް ލިބުނު ޒަޚަމް މަށަށް އެނގޭ އައި ކާންޓް ލެޓް ޔޫ ގޯ ތްރޫ ދެޓް” “އައި ވޮންޓް ގޯ ތްރޫ ދެޓް ބްރަދާރ. ބިކޯސް އައި އޭމް ނޮޓް އިން ލަވް ވިތް ހާރ އެނީމޯރ. އައި އޭމް އިން ލަވް ވިތް ކައި” އެއް މިޔައަކުން ހިނިތުންވަމުން ދަހުކާން އޭނާ ކައިރާދެކެ ލޯބިވާކަން ހާމަކުރިއެވެ.

ކައިރާގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ގަބޫލު ނުކުރެވިފައި ދަހުލާންއަށް ބަލަން އިނދެވުނެވެ. “އައި ލަވް ޔޫ ކައިރާ” މި ފަހަރު ކައިރާ ކުރި މައްޗަށް ހުއްޓި ދަހުލާން ލޯބިވާކަން ހާމަ ކުރިއެވެ. “އައި ލަވް ޔޫ ޓޫ” ދަހުލާން ދެއަތުގެ ހިމާޔަށް ހޯދަމުން ކައިރާ ބުނެލިއެވެ.

ސުފްޔާން ދަހުލާން އަދި ކައިރާއާ އެއްކޮށް އެނބުރި މިސްޓްކް ފޯލްސްއަށް އައެވެ. އޭނާ މަންމައާ ބައްދަކުކޮށްފައި ދެން ދިޔައީ އާލިޔާއާ ބައްދަލު ކުރާށެވެ. ސުފްޔާންއެކޭ އެއް ފަދައިން އާލިޔާވެސް ހުރީ ސިފަ ގެއްލިފައެވެ. މުޅި ކުއްޖާ ހުރީ ހިކިއަނަރޫފަ ވެފައެވެ.

“ސްޓެފް؟” ސުފްޔާން ފެނުމުން ޤަބޫލު ނުކުރެވިފައި އާލިޔާ އަހާލިއެވެ. ސުފްޔާން ބޯ ޖަހާލުމުން ދުވެފައި ގޮސް ސުފްޔާން ގައިގައި އޮޅުލައި ގަތެވެ. “ޑޯންޓް އެވާ ލީވް މީ އަގެއިން” “އައި ވޮންޓް” ހިނިތުންވެލަމުން ސުފްޔާން ބުންޏެވެ.

ތިން އަހަރު ފަސް….

ސުފްޔާން އާލިޔާ އަދި ކައިރާ ދަހުލާންގެ ކައިވެނި ކުލަގަދަ ހަފްލާއަކުން ކުރެވިގެން ދިޔައެވެ. އެ ދުވަހު އެންމެ އުފާވެފައި ހުރީ ލިލީއެވެ. އޭނާގެ ލޯބިވާ ދެ ފިރިހެން ދަރިން ބޮޑުވެ އާ ދިރިއުޅުމެއް ފެށީއެވެ. ދެކުދިން ޚިޔާރު ކުރި ބައިވެރިންނަކީވެސް ރިވެތި އަޚްލާޤެއްގެ ވެރި ދެކުދިންނެވެ. ލިލީއެކޭ އެއް ވަރަށް ޖޫންވެސް ހުރީ އުފަލުންނެވެ. އޭނާގެ ދައްތަ ދުނިޔޭގައި ހުރިނަމަ މިއަދު އުފާވީސްކަން ޔައީނެވެ.

“އޭ މެޓް ކޮންއިރަކު ކައޭއާ ބަލްޤިސް ކަންތައް ނިންމަނީ؟” މެހެމާނުން ގޮސް އެކުވެރިން އެކަނި ވުމުން ސުފްޔާން މިހްތަރް އަދި ބަލްޤިސްއާ ދިމާކޮށްލިއެވެ. “ތި ކަންތައް ދެން ނިންމަންވީ ދޯ” ރަކިވެފައި ބޯ ކަހަމުން މިހްތަރް ބުނެލިއެވެ. ބަލްޤިސް ލަދުން އިސް ޖަހައިލީ ކައިރާ އާއި އާލިޔާ ލާނެއް ގޮތަކަށް ބަލަން ފެށުމުންނެވެ. “ކޮބާތަ ޖެރާ؟” ޖިރާން ފެންނަން ނެތުމުން އާލިޔާ އަހާލިއެވެ. “ތާރާއާ ދެމީހުން މާ ފޮޅުވަން އެބަތިބި އެ ކޮޅުގަ” ތަސްލީން ބުނެލިއެވެ. “ޓައި ކޮން އިރަކުން މާ ފޮޅުވާނެ ކުއްޖެއް ހޯދާނީ؟” ތަސްލީންއާ ދިމާ ކުރުމުގެ ގޮތުން ކައިރާ އަހާލިއެވެ. އަނގައިން ވައްތަރެއް ޖައްސައިފައި ތަސްލީން ޖަވާބެއް ނުދެއެވެ.

ޕާޓީގައި ކޮޅަށް އިނުމުގެ ސަބަބުން އާލިޔާ އިނީ ވަރުބަލިވެފައެވެ. ކޮޓަރިއަށް ވަން ގޮތަށް އާލިޔާ ހެދުންވެސް ބަދަލު ނުކޮށް އެނދަށް އެރިއެވެ. “އައި އޭމް ސޯ ޓަޔަރޑް ސްޓެފް” ސުފްޔާން އައިސް އެނދުގައި އިށީންނުމާއެކު އޭނާ ކޮނޑުގައި އާލިޔާ ބޯ އަޅައިލިއެވެ. “މީ ޓޫ. ޓު ޑޭ އިޒް ދި ހެޕިއަސްޓް ޑޭ އޮފް މައި ލައިފް. އަހަރެން ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް. ހަޔާތުގައި ވެސް އަހަރެން ލޯބިވީ އަންހެން ކުއްޖާ މުޅި އުމުރަށް އަހަރެންގެ މިލްކަކަށް ވެގެން ދިޔައީ. އައި ލަވް ޔޫ އާލިޔާ” އާލިޔާގެ ނިތުގައި ސުފްޔާން ބޮސް ދިނެވެ.

ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި އިށީން ކައިރާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހުވެސް ހަނދާނަށް އަންނަން ފެށީ އޭނާގެ ހިތް މުޅި އުމުރަށް ޒަޚަމް ވެގެން ދިޔަ ބިރުވެރި ރޭގެ މަތިންނެވެ. އޭނާގެ ހަޔާތް ކިތަންމެ އުފާވެރިވި ނަމަވެސް އެރޭގެ ބިރުވެރިކަން އަދިވެސް ހިތުން ފިލައިގެން ނުދެއެވެ. އަދިވެސް އެރޭގެ ހަނދާންތައް އޭނާގެ ނިދި ނަގައިލައެވެ. “ކައި؟” ވިސްނުމަކަށް ގެއްލިފައި އިން ކައިރާއަށް ހަމަ ބިމަށް އާދެވުނީ ދަހުލާން ގޮވާލުމުންނެވެ. “ދާން ތެންކް ޔޫ” “ކޮންކަމަކަށް؟” “އެވްރީތިންގް. ދާން އަހަރެންގެ ލައިފަށް އައި ހިސާބުން ލައިފް އެއްކޮށް ޗޭންޖްވި. އައި ސްޓިލް ރިމެމްބާރ ދަ ނައިޓް ޔޫ ސޭވްޑް މީ ފޯރ ދި ފަސްޓް ޓައިމް. ދާންގެ އެހީ ފްރެންޑެއް ގޮތުގަ ނުލިބުނު ނަމަ އަހަންނަށް އޭރު ލިބުނު ޒަޚަމްތަކުން އަރައިނުގަނެވުނީސް. ތެންކް ޔޫ ފޯރ ބިއިން ދެއާރ ފޯރ މިީ އޭޒް އަ ފްރެންޑް އަ ބޯއި ފްރޭންޑް އެންޑް ނައު މައި ހަސްބަންޑް” ކައިރާ ލޯތެރެއަށް ޖަމާވެފައި ހުރި ކަރުނަތައް ދަހުލާން ފުހެދިނެވެ. “ތޭންކް ޔޫ ޓޫ. ކައި އަހަރެންދެކެ ލޯބިވެ ހުރެވެސް އަހަރެންވެސް ފްރެންޑަކަށް ބޭނުންވި ދުވަހު ފްރެންޑެއް ގޮތުގަ ހުރެ ދިނީމަ. އެދުވަހު ކައި އަހަންނާއެކު ނުވިނަމަ ހިތަށް ލިބުނު ޒަޚަމް ދުވަހެއްގެ ކޮޅުންވެސް ފަސޭހަ ނުވީސްކަންނޭންގެ. މޭބީ އަހަރެން މުޅި އުމުރަށް އާލިޔާ އަދި ސްޓެފްއަށް ނަފްރަތު ކުރެވުނީސް. އެކަމަކު ޔޫ މޭޑް މީ ރިއަލައިޒް ހީ ވޯޒް މައި ބްރަދާރ އެންޑް އައި ނީޑް ޓު ފައިންޑް ހިމް. އެންޑް ވެން އައި ވޯޒް ލުކިން ފޯރ މައި ބްރަދާރ އައި ފައުންޑް ސަމް ވަން ނިއު ޓު ބީ ކްރޭޒީ އެބައުޓް އައި ފައުންޑް މައި ބިއުޓިފިލް ވައިފް. ތެންކްޔޫ ކައި ފޯރ އެވްރީތިން. އައި ލަވް ޔޫ ” ކައިރާ އާއި ދަހުލާން އެތައް ފަހަރެއްގެ މަތިން ލޯބިވާކަން ހާމަ ކުރިއެވެ. ޒަޚަމްވެފައިވި ދެ ހިތުގެ ފަރުވާ ކަމުގައި ދެމީހުން ވެގެން ދިޔައެވެ.

ނިމުނީ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޖައިޝް 11

Next

އަންޖަލް (12)

Next
July 13, 2020

އަންޖަލް (12)

Previews
July 11, 2020

ޖައިޝް 11

13 Comments!

  1. Mariyam Saula says:
    July 11, 2020 at 7:24 pm

    Omg its amazing ❤️ wowowowowowwowowowowoowowow❤️❤️❤️❤️? Vvvvvvvvv salhi ❤️❤️❤️❤️❤️ Masha Allah ❤️ ✨ ❤️ looking forward for new story of you ❤️❤️ loves much ❤️

  2. NaBa says:
    July 11, 2020 at 7:33 pm

    Wowwwwwwww ❤ Alhe dhen mi story minimuny thaaa Masha Allah you are so talented. Sorry for not commenting for all the parts of this story. Can’t believe that this story has ended. Such a beautiful happy ending.. This story was incredibly nice. Waiting for whole a new story from you. Your biggest fan ? Keep up with the good work ?✨❤

  3. Yan♥️ says:
    July 11, 2020 at 7:45 pm

    Varah reethi Masha Allah ?????♥️♥️♥️♥️♥️

  4. Imkko says:
    July 11, 2020 at 7:49 pm

    Alheyy❤️❤️❤️… Varah emotional???????….. Hama speechless??? nge❤️❤️❤️❤️❤️❤️❤️ anyway zakham nimunyma raasthaa season 3 up kuraa vaahaka dhww kurin buny…… Waitinn for raasthaa season 3❤️❤️❤️❤️❤️… can’t wait to read…..?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ly

  5. Imkko says:
    July 11, 2020 at 7:54 pm

    Thankolheh Avahah raasthaa season 3 first part up kohdhecheyy❤️❤️❤️❤️❤️❤️❤️❤️….. Waitinn for ur next story❤️❤️❤️…..

  6. އަ says:
    July 11, 2020 at 8:29 pm

    މިއޮތީ އަވަސް އަރުވާލާފަ ނިންމާލާފަ އެއްނު..؟ އަނެއްކާ ހުސް އިނގެރޭސި ޑައިލޮގްސް ގިނައިން ހުރީ މިބައިގަ.. އޯވަރޯލް ވާހަކަ ހަމަ ފެންޓޭސްޓިކް.. ވަރަށް ހަމަ ރީތި.. ތަން ކޮޅެއް ހަމަ ޖެހިލައިގެން ނިންމާލިނަމަ ހަމަ ވަރަށް ފުރިހަމަ ވީސް އެނގޭ
    ސްޓޭ ސޭފް ޑިއާރ ?ކިޔާ… ޑޯންޓް ޓޭކް އިޓް އޭޒް އަ ނެގެޓިވް ކޮމެންޓް.. މަޗް ލަވްސް ފްރޮމް އަ

  7. Liyaa says:
    July 11, 2020 at 8:49 pm

    Nice keep it up ??????♥️?

  8. alaika says:
    July 12, 2020 at 1:03 pm

    Kiyara sis kon irakun raasta season 3 fehteynee
    Lysm
    ?your the besst

  9. Liyuntheriya says:
    July 12, 2020 at 2:52 pm

    ވާހަކަ ގޯހެއްނޫން އެކަމަކު ‘އަ’ ބުނިހެން މާ އަވަސް އަރުވާލާފައި ނިންމާފައި މިއޮތީ. ކިއާރާގެ ވާހަކައެއްހެންވެސް ހީނުވާހާ ތަފާތު. ޖެއްސުމަށް ނޫނީ ރުޅިއައިސްގެން ބުނި ވާހަކައެއްނޫން މީކީ. ކިއާރާއަށް ހެޔޮއެދޭތީ މިހެން މި ބުނެލީ. ގޯސްގޮތަކަށް މި ކޮމެންޓާއި ދޭތެރޭ ނުދެކުން އެދެން. ދެންފަހަރަކުން މިކަން ރަނގަޅުކޮށްލާނެކަމަށް އުންމީދުކުރަން. އަދި ރާސްތާ 3 އަށް ވަރަށް އިންތިޒާރުކުރާ ކަންވެސް ފާހަގަކޮށްލަން. ތިކުރާ ހިތްވަރަށް ސާބަސް. އަވަސް މުސްތަގުބަލެއްގައި ރާސްތާ 3 ގެނެސްދިނުން އެދެން. އަދި އެޕިސޯޑް ތައް ގެނެސްދިނުމުގައި އެހާ ލަސް ނުކުރުން އެދެން.
    މަޗް ލަވްސް ފްރޮމް ލިޔުންތެރިޔާ??

  10. Starlight vixx says:
    July 12, 2020 at 7:26 pm

    Kolhah innany ennoon kolhah hunnanny and varah reethi mi part ves curiously waiting for the raastha season 3

  11. ?Ril? says:
    July 12, 2020 at 7:28 pm

    Zakam ge last part ves varah Sali.??????? Masha Allah.???. varah strange love story eh dhw . Varah Sali. Lovers change veemaa adhi varah Sali. Vaahaka feshunee sure konme part eh ves gavaadhun kiyamun Ril miananee. ???Ekamaku conme part akah commenteh nukohlevuny maa varah dera vey. ????But story amazing. ?????
    Waiting for raasthaa season 3 ???
    Love uuu ❤️❤️??
    TC ???
    Stay safe ❤️❤️???

  12. Reader says:
    July 13, 2020 at 11:36 pm

    Will miss this story?this was amazing ❤️❤️ looking forward to ur new stories ???but i want alia and dhahulaan to be together so badly ??????♥️

  13. stry lover says:
    July 14, 2020 at 8:06 pm

    Masha allah… Stry nimuney dhw v kiyaahithun indhaa… Vvv reethi stry eh ingey lysm darl

Comments are closed.



All Right Reserved!