Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 8

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 18, 2020 6 Mins Read
37 Comments

މަސް ދުވަސް ރާއްޖޭގައި ހޭދަކޮށްފައި އެނބުރި ލަންޑަންއަށް ޔޫސޫފްމެން ދިޔައެވެ. ލިވަޕޫލަށް ދިއުމުގެ ކުރިން ކުޑަކޮށް ހަމަޖެހިލަން ލަންޑަންގައި މަޑު ކުރީއެވެ. އަދިވެސް މިންހާ އެއްކޮށް ހަމައަކަށް ނޭޅެއެވެ. ބައެއް ރޭރޭ ޔޫސުފް ގޮސް ބަލާއިރު ނުނިދާ ރޯންއޮވެއެވެ. މަންމަ އާއި ބައްޕަ މަތިން ހަނދާންވެގެންނެވެ. ހިތްދަތިވިއެއް ކަމަކު ޔޫސުފް ހިތްވަރު ކުރެއެވެ. ކޮއްކޮއަށް ޓަކައިއެވެ. އޭނާގެ މާމާ އާއި ކާފަ މި ދުނިޔެއާ ވަކިވި އިރު ބޮޑުބޭބެ މާއިޒް މިންހާއަށް ވުރެ ހަގެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާގެ މަންމަ ބެލިއެވެ. ޔާޒް އާއި ޒާޔާއަށް ވުރެ ބޮޑުބޭބެ މާއިޒް މަންމަދެކެ ލޯބިވާ ކަމަކީ އެއްވެސް މީހަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. ބޮޑުބޭބެ ފަދައިން އޭނާ ވެސް ކޮއްކޮއަށް ދެރައެެއް ވިޔަކަ ނުދޭނެއެވެ. ލައިޝާއެކޭ އެއްފަދައިން މިންހާއަށްވެސް ހިމާޔާތާއި ރައްކާތެރިކަން ދޭނެއެވެ. އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ދުނިޔޭގެ ހުރިހާ ނުރައްކަލަކުން އެ ކޮއްކޮ ސަލާމަތްކޮށްދޭން މަސައްކަތް ކުރާނެއެވެ.

އިޝަލް އާއި އަހާން އަދި ޒާޔާ ތިބީ މިންހާ ކޮޓަރީގައެވެ. އެ މީހުންނަށް މިއަދު އެ ފެންނަ މިންހާއަކީ މުޅިން އާ ކުއްޖެކެވެ. ކުރިން ދަންނަ މިންހާއެއް ނޫނެވެ. އެމީހުން ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ރައްދެއް ނުދެއެވެ. ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ. ޒާޔާ އާއި އަހާން ދިއުމުން އިޝަލް އާއި މިންހާ އެކަނިވިއެވެ. އުފާވެރިކަން ގެއްލިފައިވި މިންހާގެ މޫނު ފެނި އިޝަލްގެ ހިތަށް އުނދަގޫވިއެވެ. މިންހާގެ އުފާވެރިކަން އަނބުރާ ހޯދަދޭން ބޭނުންވިއެވެ. “ކަޒް ދާނަންތަ މަށާއެކީ އެމިރޭޓްސް ސްޓޭޑިއަމް ބަލާލަން. އެބައޮތް ހޮލިޑޭގަ މިކޮޅުގަ ތިބޭ ކުޅުންތެރިންނަށް ބޭނުން ތިން މީހުން ގޮވައިގެން ޓުއާރ އަކަށް ދާން ޗާންސް ލިބިފަ. މި ވިސްނަނީ މިންނު އާއި ޒާޔާ ދެން އަހާން ގެންދަން. ދާނަންތަ؟” އެމިރޭޓްސްއަށް ދާ ވާހަކަ ބުނުމުން މިންހާގެ ހިތަށް ފުރަތަމަ ވެސް އެރީ އެރިކްގެ ނަމަވެ. އިޚްތިޔާރަކާ ނުލައި ދާން އެއްބަސް ވެވުނީވެސް އެރިކް ދުށުމުގެ އުއްމީދުގައެވެ. މިންހާ އުޒުރެއް ދެއްކުމެއް ނެތި ފަސޭހައިން އެއްބަސް ވުމުން އިޝަލްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

މިންހާ ޓުއާރ ދާން އެއްބަސް ވުމުން އިޝަލް ގޮސް ޔޫސުފް ގާތު ބުންޏެވެ. “ވާއު އެލެކް ގަދަ އިނގޭ ބްރޯ. މާލޭގަ އުޅުނުއިރު މާމާ ކާފަ އެކަކު ކިޔައިގެންވެސް ގެއިން ނުނިކުމޭ. އެންމެ ކުޑަމިނުން އެޕާޓްމެންޓް އިން ވެސް ބޭރަށް ނުދޭ. ތުއްތަ އެގެއަށް އައިލީންމެން ގާތަށް ދާން ބުނެގެން ވެސް ނުދިޔަ” މާލޭގައި އުޅުނުހާ ދުވަހު އެޕާޓްމެންޓުން ބޭރަށް ވެސް މިންހާ ނުނިކުމެއެވެ. އިޝްވާ ގުޅައިފައި އެ ގެއަށް ދާން ބުނުމުން ނުދިޔައެވެ. ޒިވާ އާއި އަންޖަލް ވެސް މިންހާ ބޭރަށް ނެރެން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެސް ބަހަނާއެއް ދައްކައިފައި ނުދެއެވެ. އެއިން އެކަކަަށް އެއް މަސް ދުވަހުން ނުކުރެވުނު ކަންތައް އިޝަލް އެ ކުރީއެވެ.

އެހެން އެކަކަށް ވެސް ނުކުރެވުނު ކަންތައް ކުރެވުމުން އިޝަލްއަށް އަމިއްލަ ނަފްސާ މެދު ފަޚުރުވެރި ވެވުނެވެ. މިންހާއާ އޭނާއާ ދެމެދު އޮންނަނީ ޚާއްސާ ގުޅުމެކޭ ހިތަށް އެރިއެވެ.

ފޯނަށް މެސެޖެއް އައުމާއެކު ޒާޔާ އެ މެސެޖު ބަލައިލިއެވެ. މެސެޖު ފޮނުވި ފަރާތުގެ ނަން ފެނުމުން އޭނާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ނުހަނު ގަޔާ ވެގެން އިނދެ އެއަށް ޖަވާބު ފޮނުވިއެވެ.

ޒާޔާގެ ހަރަކާތްތައް ބަލަން ދުރުގައި ހުރި އަހާންގެ ދެ ބުމަ ވަނީ ގޮށާޖެހިފައެވެ. ޒާޔާ މާ ހިނިއައިސް އިނދެ މެސެޖު ކުރަނީ ކާކަށްތޯ ހިތަށް އެރިއެވެ. ޔަޤީނުން ވެސް އެއީ އާދައިގެ މީހެއް ނޫންކަން ޒާޔާ ފެންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. “ވަޓް؟” އަހާން މާ ފާޑަކަށް ބަލަން އިނުމުން ޒާޔާ އަހާލިއެވެ. “ނަތިން” ހިތުގައި އޮތް ސުވާލު ނުކޮށް އަހާން އެތަނުން ދިޔައީއެވެ. ޒާޔާ ދެކޮނޑު އަރުވައިލައިފައި އަނެއްކާ ވެސް އޭނާގެ ނަޒަރު ފޯނަށް ބަދަލުކޮށްލިއެވެ.

ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖެހިއިރު އަހާން، ޒާޔާ އަދި މިންހާ ގޮވައިގެން އިޝަލް ހުރީ އެމިރޭޓްސް ސްޓޭޑިއަމް ގައެވެ. އޭނާގެ ބައެއް ގާތް އެކުވެރިން ވެސް އެމީހުންގެ ރަށްޓެހިން ނޫނީ އާއިލާ މެންބަރުން ގޮވައިގެން އައިސް ތިއްބެވެ. ގިނައީ އިނގެރޭސި ވިލާތުން ބޭރުގެ ކުޅުންތެރިންނެވެ.

“މިންނު ބަލާބަ ހުސް ހޮޓު ކުދިން” ރީތިކަން ހުސްކޮށްގެން ތިބި ފިރިހެން ކުދިން ފެނުމުން ޒާޔާއަށް މަޑަކުން ނީންދެވުނެވެ. ވަރަށް ސިއްރުން މިންހާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “މިހެންވެ ދޯ ޒާޔާ މާ ވަރަކުން މިތަނަށް ތި އައީ” ކިތަންމެ ސިއްރުން ބުނި ކަމުގައި ވިއަސް އަހާންއަށް އަޑުއިވުނެވެ. “އޭ ކަޒް އަޅެ އެރިކް ނާދޭތަ؟” މިންހާއަށް ކުރެވުނު ސުވާލު ރޭކައިލީ އެހުނު ފަހުންނެވެ. އޭނާއަށް އެހުނީ ކީކޭކަން ވިސްނުމާއެކު މުޅި މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ދިވެހިން ބުނި ކަމުގައި ވިއަސް އެރިކްގެ ނަން ކިޔުމުން އޭނާ އެރިކްއާ ބެހޭ ގޮތުން އެއްޗެއް ބުނި ކަން ދެންތިބި ކުޅުންތެރިންނަށް ވެސް އެނގުނެވެ. “ރިކް ވީ އޭނާގެ ފެމެލީއަށް ވިޒިޓް ކުރަން ގޮސް” މިންހާ މުޅިން މާޔޫސް ވެގެން ދިޔައެވެ. ހިތްދެކެން އެދޭ ސޫރަ ނުފެންނާނެތީއެވެ. މިއޮށް ހުރިހައި ދުވަހު އެރިކް އެމީހުން ދިރިއުޅޭ ގެއަށް ވެސް ނާންނަނީ ލަންޑަންގައި ނެތީމަކަށް މިންހާއަށް ވިސްނުނީ ދެނެވެ.

ގަދަކަމުން ހިނިތުންވެލައިގެން އިނދެ މިންހާ އެ ޓުއާރ ނިންމާލިއެވެ. އެތަނަށް އާދެވުނު މޮޔަ ހިތަށް އަރަމުން ދިޔައެވެ. އަދި އެވެސް އެރިކްއާ ދިމާވޭތޯ އާދެވުނީތީއެވެ. އެތަނުގަައި ހޭދަވީ ބައިގަޑިއިރުވެސް އޭނާއަށް ހީވީ ބައި ގަރުނުހެންނެވެ. ޓުއާރ ނިމުނުކަން އެނގުމުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

މުޅި ޓުއާރ ތެރޭގައި ވެސް ޒާޔާ ދިޔައީ ކޮންމެސް މީހަކަށް މެސެޖު ކުރަމުންނެވެ. ޒާޔާ އެ ވަރަށް އެ މެސެޖު ކުރާ މީހެއް ހޯދުމުގެ ޝައުޤުވެރިކަން އަހާން ވިއެވެ. ޒާޔާއަަށް ނޭންގޭނެހެން ވަރަށް ސިއްރުން ފޯނުގެ ސްކްރީނަށް ބެލިއެއް ކަމަކު އެމީހެއްގެ ނަމެއް ނުފެނުނެވެ.

އުޅެ ބޮޑުވި ރަށުގެ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައި އެތަނުގައި ތިބި ބިލް ދައްކާނެހާ ތަނަވަސްކަން ނެތް މީހުންގެ ބިލްތަކާއި ބޭސްފަރުވާގެ ކަންކަން އެރިކް ހަމަޖައްސައި ދިނެވެ. އޭނާއަށް ލިބޭ މުސާރާގެ ބޮޑުބައި ހޭދަކުރަނީ ނިކަމެތިންނަށް ޞޮދަޤާތް ކުރުމަށާއި މަންމަ އާއި ކޮއްކޮމެންނަށް ޚަރަދު ކުރުމުށެވެ. ލިބޭ މޫސާރާއިން އަމިއްލައަށް ބޭނުން ކުރަނީ މަދު އެތިކޮޅެކެވެ.

ހޮސްޕިޓަލުން އައިސް ގެއަށް ވަންއިރު ސިޓިންރޫމްގައި ކުޅެން ކޮއްކޮމެން ތިއްބެވެ. ކޮއްކޮމެން މޫނު މަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނި އެރިކްއަށް ވެސް ހިނިތުންވެވުނެވެ. ކޮއްކޮމެންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދެވުމަކީ އޭނާ އެންމެ ބޭނުންވާ ކަންތަކެވެ.

އެރިކްގެ އާއިލާ އަކީ ތަނަވަސް އާއިލާ އެއް ނޫނެވެ. އޭނާގެ ބައްޕައަކީ އަލްޖަޒާއިރު (އަލްޖީރިއާ) އިން ފްރާންސަށް ހިޖުރަ ކޮށްގެން އުޅޭ މީހެކެވެ. މަންމައަކީ ފްރާންސްގެ ފަޤީރު އަވަށަކަށް ނިޞްބަތްވާ މީހެކެވެ. ބައްޕަ އާއި މަންމަ އުޖޫރައަށް މަސައްކަތް ކޮށްގެން ވެސް ލިބެނީ ކިރިޔާ ބަނޑުހައި ހޫނުކަން ފިލުވާވަރަށް މަދު ފައިސާ ކޮޅެކެވެ. އޭނާ އަދި ހަގަށް ތިބި ކޮއްކޮމެންނަށް ކާން ދީފައި ގިނަ ފަހަރަށް މަންމަ އާއި ބައްޕަ ކާނެ އެތިކޮޅެއް ނުހުރެއެވެ. ކިތަންމެ ދަތި ހާލުގައި އުޅުނު ނަމަވެސް ޝުކުރު ކުރަން އޭނާގެ މައިން ބަފައިން ދަސްކޮށްދިނެވެ. ރިވެތި އަޚްލާޤު އަށަގެންނެވިއެވެ. މަދު އެތިކޮޅެއް ލިބުނު ނަމަވެސް ލިބޭ ފަހަރަކުން އެމީހުންނަށް ވުރެ ދަތިކޮށް އުޅޭ މީހުންނަށް ޞަދަޤާތް ކުރެއެވެ.

އެރިކްއަށް ވެސް ލިބިފައިވަނީ އޭނާގެ މައިންބަފައިންގެ ރިވެތި އުޅުމެވެ. ހިތްހެޔޮވެފައި އަބަދުވެސް މީހުންނަށް އެހީތެރިވެއެވެ. އަމިއްލަ އިޙްސާސްތަކަށް ވުރެ އެހެން މީހުންގެ އިޙުސާސްތަކަށް ޤަދަރު ކުރާ ޒުވާނެކެވެ.

އާސެނަލްގެ ސީނިއާރ ޓީމާއި ގުޅިގެން މުސާރަ ލިބެން ފެށި ފަހުން އޭނާގެ އަވަށަށް އެރިކް ވެވުނު ވަރަކުން އެހީވެދެއެވެ. އެންމެ ފުރަތަމަ ކަމަކަށް ވެސް އޭނާގެ އާއިލާ ދިރިއުޅެމުން ދިޔަ އާދައިގެގެ ފެންވަރު ރަނގަޅަށް ހަދައިދިނެވެ. ކޮއްކޮމެންނަށްށާއި އަވަށުގެ އެހެން ކުދިންނަށް ވެސް ރަނގަޅު ތަޢުލީމެއް ހޯދައިދޭން އަވަށު ސްކޫލަށް މާލީ ގޮތުން އެހީވެދީ ހަދައެވެ. ސްކޫލްގެ އިތުރަށް ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ފޯރިކޮށްދިނެވެ. މުޅި އަވަށަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ހަމަޖެއްސުމަށް ވެސް މާލީ ގޮތުން އެހީވެދިނެވެ. އޭނާގެ އާއިލާއާ އެއް ވަރަށް އެ މުޅި އަވަށުގެ ރައްޔިތުން އެރިކްއާ މެދު ފަޚުރުވެރިވެއެވެ. އެރިކް ކުޅޭ މެޗުތައް ބޮޑު ސްކްރީން އަޅުވައިގެން އެމީހުން ބަލައެވެ. އެރިކްގެ ސަބަބުން މުޅި އެ އަވަށް ކަހަަލަ ގޮތަކަށް އާސެނަލްއަށް ސަޕޯޓު ކުރެއެވެ.

އެރިކްއަކީ އެއާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. އެރިކްއަށް ވުރެ ވުރެ ހަގަށް ފަސް ކުދިން ތިބެއެވެ. ހަތަރު ފިރިހެން ކުދިންނާއި އެެއް އަންހެން ކުއްޖެކެވެ. މިއާ އާއި އެރިކްއާ ދެމެދު ހުންނަނީ އެއް އަހަރުގެ ތަފާތެވެ. މިއާގެ ހަގަށް ތިބޭ އެޑްރިއަން އަދި އެރޮން އަކީ އެއްމާބަޑު ދެކުދިންނެވެ. އެކުދިންނާއި އެރިކްއާ ދެމެދު ހަ އަހަރުގެ ފަރަގެއް ހުރެއެވެ. އެދެކުދިންނާ ޖެހިގެން ހުންނަނީ ނުވަ އަހަރުގެ އަރްޔަންއެވެ. އެންމެ ހަގަށް ހުންނަ އަޚްތަމްއަށް ފަސް އަހަރެވެ. ހަގަށް ތިބޭ ހުރިހާ ކޮއްކޮމެންދެކެ ވެސް އެރިކް ވަރަށް ލޯބިވެއެވެ.

ކޮއްކޮމެން ކުޅޭތަން ބަލަން ޝައުޤުވެރިކަމާއެކު އެރިކް އިނެވެ. މިއާ ފެންނަން ނެތުމުން އެޑްރިއަންއާ އެރޮން ގާތު މިއާ ކޮބައިތޯ އެހިއެވެ. މިއާ ވީ ކޮޓަރީގައި ކަމަށް އެޑްރިއަން ބުންޏެވެ.

މިއާ ކޮޓަރި ދޮރުގަައި ޓަކި ޖަހައިފައި އެރިކް އެތެެެރެއަށް ވަނެވެ. އޭރު މިއާ އިނީ ސްޓަޑީ ޓޭބަލް ކައިރީގައި ކިޔަވާށެވެ. މިއާއަކީ ކިޔެވުމަށް ވަރަށް ލޯބި ކުރާ ކުއްޖެކެވެ. ބޭކާރު ގޮތުގައި ހުސްވަގުތު ހޭދަކުރުމުގެ ބަދަލުގައި އަބަދުވެސް ކޮންމެސް އެއްޗެއް ކިއުމުގައި ނޫނީ ކިޔެވުމުގައި ހޭދަކުރެއެވެ. އެރިކްއަށް ވުރެ އެއް އަހަރު ހަގު ނަމަވެސް މިއާ އެރިކްއަށް ވުރެ ވިސްނުން ތޫނު ވެފައި ހަރުދަނާއެވެ. ބަލާބެލުމަށް ވެސް އެރިކްއަށް ވުރެ ދޮށިހެން ހީވެއެވެ.
“ކޯޗެއް ކިޔަވަނީ؟” އެރިކް މިއާ ހިފައިގެން އިން ފޮތަށް ނަޒަރެއް ދެމުން އަހައިލިއެވެ. “ރިކް ބެލިއަސް ނޭންގޭނެ ކޯޗެއް ކަމެއް. އަހަރެން ބުނެދިނަސް ނޭންގޭނެ” ކިޔަން ގެންގުޅުނު ފޮތް ލައްޕާލާފައި ރީތިކޮށް މޭޒުމަތީ މިއާ ބޭއްވިއެވެ. “އޯކޭ. އަސްލު ކަމަކުއޭ މިއައީ. އެއްޗެއް އަހާލަން ލަންޑަންއަށް ކިޔަވަން ދާން ބޭނުންތަ؟” އެރިކް މިއާ ގާތު ކުރި ސުވާލުން މިއާއަށް ހައިރާންކަން ލިބުނެވެ. ލަންޑަންފަދަ ތަނަކަށް ކިޔަވަން ދިއުމަކީ އަބަދުވެސް މިއާ ދެކޭ ހުވަފެނެކެވެ. “އަނހާ. ތިއީ މީހުން އަހާކަހަކަ ސުވާލުތަ؟” ހުރިހާ ދަތްތަކެއް ފެންނަ ވަރަށް މިއާ ހީލިއެވެ. އެރިކް ލަންޑަންއަށް ދާން އަހާނީ ވެސް ދެވޭ ކަހަލަ ގޮތެއް ވެގެންނޭ އޭނާގެ ހިތް ބުންޏެވެ. “އަހަރެން މަންމަ ކޮންވިންސް ކޮށްފިން މިއާ އަހަންނާއެކު ލަންޑަންއަށް ފޮނުވަން. އެކޮޅަށް ގޮއްސަ އެޕްލައި ކުރެވޭނެއެެއްނު ޔުނިވާރސިޓީއަށް” ލިބުނު އުފާވެރި ޚަބަރުން މިއާ ހަޅޭއްލަވައިގަނެފައި ގޮސް އެރިކް ގައިގައި ބައްދައިލިއެވެ.

އަހާން މާފާޑަކަށް އޭނާއަށް ބަލާތީވެ ޒާޔާއަށް އުނދަގޫވިއެވެ. ސްޓޭޑިއަމުން ގެއަށް އައި މަގު މަތީގަ ވެސް ގެއަށް އައިސް ވެސް ހަމަ ބަލަނީއެވެ. “އޯކޭ އަހާން. ކިހިނެއްވެގެން މާ ވަރަކަށް މަށަށް ތި ބަލަނީ؟ މޫނުގަ އެއްޗެއް ލިޔެފަ އިނީތަ؟” އެންމެ ފަހުން އުނދަގޫ ވެގެން ޒާޔާ އަހާންއާ ސުވާލު ކުރިއެވެ. “ނޫން. ޒާޔާ ފޯނުގަ ތިލިޔަނީ ކީކޭތޯ މި ބަލަނީ” ވަރަށް ވިސްނަން އިނދެފައި އަހާން ޖަވާބު ދިނެވެ. “ކުރިން ވެސް ބުނެފިން ދޯ އެއީ އަހާންއާ ބެހޭ ކަމެއް ނޫނޭ” އަހާންއާ ދިމާއަށް ލޯ އަޅާލަމުން ޒާޔާ ބުނެލިއެވެ.

“ކިހިނެއްވަނީ ޓުއާރ؟ ލިވަޕޫލަށް ގޮއްސަ އެންފިލްޑް ބަލާލަން ދާންވާނެ އިނގޭ. އެރިކްއަށް ވުރެ ހޮޓް ކުދިން އުޅޭނެ ލިވަޕޫލްގަ” ޔޫސުފް ދިމާ ކުރުމުން މިންހާ ލަދުން ހަލާކުވާ ވަރުވިއެވެ. މިންހާ އެހާ ފަސޭހައިން އިޝަލް މެންނާ އެއްކޮށް ދިޔައީ އެރިކް ހޯދަންކަން ޔޫސުފްއަށް ވިސްނުނީ ގެއަށް އައިސްފައި އަހާން މިންހާއާ ދިމާކުރުމުންނެވެ. “ދޮންބޭ” މިންހާ އަތުގައި ޖެހުނު ފުރަތަމަ ބާލިސް ނަގައި ޔޫސުފްއާ ދިމާއަށް އެއްލިއެވެ. އެއާއެކު މިންހާ އަދި ޔޫސުފްގެ ބާލިސް ހަނގުރާމަ ފެށުނެވެ. މިންހާއަށް ދޫކުރުމެއް ނެތި އަތުޖެހޭ ބާލީހެއް ނަގައި ޔޫސުފް ވެސް މިންހާއާ ދިމާއަށް އެއްލަމުން ދިޔައެވެ.

“އެލެކް މިންނުދެކެ ލައިކް ވޭދޯ؟” ދެ މީހުން ގޭމް ކުޅެން ތިބެފައި އަހާން ކުރި ސުވާލުން އިޝަލް ކޮށި އަރައިގަތެވެ. ކުއްލިއަކަށް ހުރެފައި އަހާން އެފަދަ ސުވާލެއް ކުރުމުން ހިތާހިތުން އަހާންއާ ދިމާއަށް ކުދި ކިޔުނެވެ. “ޑޫޑް އެއީ މަގޭ ކަޒިންއެކޭ. އޮބްވިއަސްލީ އަހަރެން ލައިކްވާނެ ދޯ. އަހާން ދައްކާ މޮޔަ ވާހަކަ” އަހާން ‘ލައިކް’ ވުން މާނަ ކުރީ ކިހިނެއްކަން އެނގުނު ނަމަވެސް އިޝަލް އެނގޭ ކަމަށް ނުހަދައެވެ. ހިނިގަނޑެއް ޖަހައިފައި ޖަވާބު ދިން ނަމަވެސް ނިކަން ބާރަށް ހިތްތެޅެމުން ދިޔައެވެ. “މަށަށް ވެސް އެނގެޔޭ ތިކަން. މަ މި ބުނީ ކްރަޝް ގޮތަށް ލައިކް ވާ ވާހަކައޭ” “އަހާން މޮޔަ ވާހަކަ ނުދައްކާ. މިހާރު ތި އުޅެނީ މާ ގޭމުން މޮޅުވާތީ ބަލިކުރަން ދޯ!” އަހާންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އެންމެ ފަސޭހައިން އަހާންގެ ކިބައިން ސަލާމްތާވާނެ މަގެއް އިޝަލް ހޯދިއެވެ.

މާނީ އާއި އާރާޝާގެ އެކްސިޑެންޓަށް ފަހު މިންހާ ހުރިހާ ސޯޝަލް މީޑިއާއަކުން ދުރުވިއެވެ. ތެދައް ބުނަނީ ނަމަ ފޯނާއި ވެސް ދުރުވިއެވެ. ފޯނުގައި އަތް ލަނީ ވެސް އާއިލާ މީހަކު ގުޅުމުންނެވެ. އެރިކް ލަންޑަންގައި ނެތްކަން ވެސް ނޭންގުނީ އެހެންވެއެވެ.

ނިދަން އޮވެފައި މިންހާ އިންސްޓްގްރާމަށް ވަދެލިއެވެ. އެރިކް އޭނާއަށް ފޮނުވި ފޮލޯ ރިކުއެސްޓް އަދިވެސް އެކްސެޕްޓެއް ނުކުރެއެވެ. އިރުކޮޅަކު ސްކްރީނަށް ބަލަން އޮވެފައި މިންހާ އެރިކްގެ ރިކުއެސްޓް ޤަބޫލު ކޮށްފައި އޭނާއަށް ފޮލޯބެކް ކުރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެދެނީ ވުމަށް ގާތުގައި ( ޓްރެއިލާ)

Next

ވަކިވެދިޔަޔަސް…..

Next
August 19, 2020

ވަކިވެދިޔަޔަސް…..

Previews
August 17, 2020

އެދެނީ ވުމަށް ގާތުގައި ( ޓްރެއިލާ)

37 Comments!

  1. A*|'..§^# says:
    August 18, 2020 at 2:19 pm

    Yayyyyy anehkkaa vx me first thr. Kiyaalaafa comment eh kohllaanan ingey ????

    1. Kiyara says:
      August 18, 2020 at 2:23 pm

      heheh yes dear

    2. A*|'..§^# says:
      August 18, 2020 at 3:29 pm

      Alheyyyyyyyyyyyyyyyyy hama aslahvx Maany mn maru V ey dhw??????. Alhe kiyaa kyhvethr kury part ga comment thakah reply nudhiny.
      ??Ohhhh zaaya eba ulhey dhw kameh Fashaigen. Maaiz ah ingihjjehyya kihinehbaa vaany
      Ahaan Anehkka feelings ufedheny baa zaaya aa dheytherey.
      Ohohooo Ishallll…. Ishal Vareh nei angain araakah????Alhey minnu ah visneny hama Erik aa dheytherey ey dhw. Kobaathr velery selery gandu….alheyy Yoosuf basahaigen kohkko balahcheyyy.kobaa thr Alyas brw. Esoru fenuny enmme faharaku??..
      Cover Hama habeys ingey???????N minhaa ge pic ah laifa e iny darl ah maa Khaassa kuhjjaky thr.hama ahaaly. E kuhjja ah kiyaa nan ingey thr dear ah. Netun feney dhw E photo☺️
      Stay safe darlll N stay home
      ❤️??❤️?❤️?Lyssssmmmm
      ??????Mysssmmmm

    3. Kiyara says:
      August 19, 2020 at 12:05 am

      Thankss dear♥️ uhun nooney eii rastha ga maany ah in girl ehenve ekuhjja minhaa ah ves laafa eyny.

    4. Ahusham says:
      August 19, 2020 at 1:03 pm

      Mi Aisa ehaa hiyhama eh nujeheyne kuru koh reply dhinyma kaa eh…bunaa konmme vaahaka akah reply dhiniima egoyya hiyhama jeheyny ????mi gothah ingey Aish ah reply dheynii kiyara Sis
      (Aanekey dear Maany aa Aaraash maru V ey… Yaa kihinehbaa vaany dhw Maaiz ah ingihjjehyya..hingaaba balamaa dhw ahaan ah vx vaagotheh?Ahaha Ishal Vareh nei dhw dear… Aanekey dear minnu ah hama Erik aa dheytherey ey visneny Keeh kuraany dhw… Valery vx eba ulhey?Yoosuf iraadha kurehviyya kohkko balaane…Ahaha alyas vx hama eba ulhey…dear maa bodah alyas mathin Miss v thr??).. Ok thr
      Pls ehchekey hynukurahchey ngey kiyara Sis

    5. Liyam⚽ says:
      September 2, 2020 at 7:53 pm

      Aisa thee foni meehakey

  2. Kiyara says:
    August 18, 2020 at 2:22 pm

    salam dear readers. Here is the 8th episode of Manzil. kiyunthrinnah ves mi bai kamudhaane kamah ummeedhu kuran. vaahka gensdhevun lasvaathy hurihaa kiyuntheringe kibian maafah edhen. and how is the new cover pic? hope u all like it. Take care and stay safe everyone. dont forget to leave a comment. Luv ya all so much

    1. Anonymous says:
      August 19, 2020 at 8:30 am

      Love the new cover pic… But names thah kairyga jahaalaafa bahatta dheeba… Story is awesome as always… Loved it

  3. Eekko_11 says:
    August 18, 2020 at 2:35 pm

    Varah reethi mi part vx maasha Allah …. Waiting for next ❤️❤️

    1. Kiyara says:
      August 18, 2020 at 2:39 pm

      Thanks dear❤

  4. Thelabadi says:
    August 18, 2020 at 2:58 pm

    Masha Allah varah reethi mi prt vx ♥️♥️♥️ this is my first comment?? hama kuhjjaku kiyaavarun mi comment kohlee ???? siss ge hurihaa strys eh vx hama varah obi ekamu comment eh nukuran igey ???? curiously waiting for nxt ??? I think last month thereyga kahneyge siss ah invitation fonuvaalin hangout inn btw accept eh nukurey adhi eh ??? curiously waiting for nxt ♥️♥️♥️ stay safe TC luv yah ♥️♥️♥️♥️

    1. A*|'..§^# says:
      August 18, 2020 at 3:06 pm

      ?????Ahaha ehkala thelabadi dhw mi ulheny
      ??????E thedheh Alhuga kiyaa varun bolah nukulhadhaana vegen E comment kury

    2. Kiyara says:
      August 18, 2020 at 10:49 pm

      Thanks dear♥️ very happy to see ur comment dear. Aslu mihaaru kiyara hangout use eh nukuran.

  5. Starlight vixx says:
    August 18, 2020 at 3:08 pm

    varah reethi mi part ves curiously waiting for the next part

    1. Kiyara says:
      August 18, 2020 at 10:49 pm

      Thanks dear♥️

  6. CR7 FJR says:
    August 18, 2020 at 7:27 pm

    Alheyy next part nukumefa dhw mi othy… Wowwww kiyara Sis Thee hama best ingey. OMG Ahaan kon
    ????Vareh thi aruvany
    Oh God Zaaya gengulheny dhw kuhjjaku….Ishal is in love with Minha dhw… Sooooooo Cute. Ekam Minha and Erik ey dhw….mivaa gothun vx curious vefa mi hunnany…. Kaakahbaa Minha libeyny

    1. Kiyara says:
      August 18, 2020 at 10:50 pm

      Thanks dear♥️

  7. Eekko_11 says:
    August 18, 2020 at 8:15 pm

    Yes …. Minha libeyne meehakee kaaku Kan balan varah beynun vey …. Kiyaa sis vrh best hama …. Ishal and Erik anekka thalhaa folhan fashaifiyya??? ? Sis seriously this story is so so awesome …. Curiosly waiting for next part ❤️☺️? varah beynun vefa mihuri dhen vaane gotheh balailan …. Anekka zaaya e gen gulheny kaaku baa??? Vedhaane ahaan jealous kuran kamah ves ….. Alheyyy this part is also so much awesome …. Hama superb ….?❤️☺️☺️? Tc kiyara sis …. Lysm and stay safe❤️

    1. Kiyara says:
      August 19, 2020 at 2:34 am

      Thankss dear♥️ lets see dhw dhen vaane goii

  8. Shuba... says:
    August 19, 2020 at 6:28 am

    Pls minha maa ishal gulhuvahchey. They will make a perfect match. Pls pls. Btw vhk hama vrh reethi. Masha Allah❤️❤️❤️

    1. Kiyara says:
      August 27, 2020 at 6:09 pm

      Thankss dear♥️ lets see dhw vaane goii

  9. ?Flower ? says:
    August 19, 2020 at 8:00 am

    Masha Allah mi part vx varah reethi
    waiting for the next
    Tc
    Lysm ❤️❤️❤️

    1. Kiyara says:
      August 27, 2020 at 6:09 pm

      Thankss dear♥️

  10. Anonymous says:
    August 19, 2020 at 9:33 am

    Vrh odd cousins cousin dheke like vaathiii?

  11. Ahusham says:
    August 19, 2020 at 12:49 pm

    Masha Allah…..vvvv reethi Mi bai vx
    Hama v kiya hithun kiyaaly. Awwnnn Maaiz haadha lowbi vey dhw kohkko dheke…yoosuf vx kohkko rangalhah balahchey ?hehe Zaaya saabaheyy mulhi dhuvas chat kurumuga…ahaan haadha varakah thi
    ????balany egoyya aa dhimaalah. Thivarah balaakah nuvaane
    Stay safe kiyara Sis

    1. Kiyara says:
      August 27, 2020 at 6:10 pm

      Thankss dear♥️

  12. shehe says:
    August 20, 2020 at 10:48 am

    Ma Sha Allah v v reethi mi part vx ?keep it up sissy curiously waiting for the nxt part .Whn nxt part ????.My fav stry in this site and my fav writer in this site ❤❤❤stay home stay safe sissy ??❤

    1. Iyaadh says:
      August 23, 2020 at 2:57 pm

      Me 2……….. I love ur stories bt I’m commenting only on this story……. Hama buneveyny ur an awesome writer ekey.. Maashaa Allah………. Mi vaahaka hama best 3 stories ge thereyga himeney…. Kiyaa hangout beynun kuran fashan v nun anehkaa

    2. Kiyara says:
      August 27, 2020 at 6:14 pm

      Thankss dear♥️

  13. ❤?? says:
    August 23, 2020 at 6:23 pm

    Kiyara sis when is the nxt prt????r u bxy these days???

  14. Kiyara says:
    August 27, 2020 at 6:23 pm

    Salam guys. Thank you for the all comments luv ya guys. I am sry for not uploading the next part i am having busy days i will upload 9th episode as soon as i am free. I can’t promise any date or if its gonna be long however i will try my best to upload a longer episode as soon as possible. Take care and staysafe everyone

    1. A*|'..§^# says:
      August 28, 2020 at 11:16 am

      Its OK darl?????garuneh viyas Manzil ah madu kuraanan ISA⚽⚽⚽adhi mihaa thanah kiyunu enmme Reethi…… Enmme majaa….. Enmme furihama…….enmme kiyaahithun kiyaali vaahaka mee Raasthaa…… Mihaaru hatharu varakah faharu s 01 vx kiyihjje kaneynge?⚽⚽⚽Asluves vvvv
      ⚽⚽⚽?kiyaahiyvaa vaahaka eh mee…. Cux Its based on football

    2. girl says:
      August 28, 2020 at 5:22 pm

      So.. I’m not the only girl who loves football.?⚽
      He he I don’t like football I looooove football??

    3. iyaadh says:
      August 29, 2020 at 5:33 pm

      ohhhh….im waiting for nxt part…….aslu vs mee I enme kiyaa hithun kiyaa eh vaahaka…. thnx for kiya to upload this on site… thnx kiya

    4. A*|'..§^# says:
      August 30, 2020 at 10:17 am

      Yes of course girl ????you’re not the only girl who loves football ?I also looovvvee football ??⚽⚽⚽⚽⚽⚽⚽??????

  15. girl says:
    August 30, 2020 at 1:49 pm

    Siss kobaa next part. Mihaaru Kiya hithun hureveneekee no.?
    Hope u will upload a fascinating episode as fast as you can?
    Luv ya..?
    Stay safe

  16. ?suru ? says:
    August 31, 2020 at 8:18 am

    ????vvvvvvvvvvvvvvvv habas store ???????when next part ????whaiting for next part ????????????stay safe sis???????????????

Comments are closed.

Next Episodeމަންޒިލް 9←


All Right Reserved!