މަންޒިލް 10
“ދެން ބޭނުމީ މުސާރައަށް ލިބޭ ލާރި ސަލާމަތްކޮށްގެން ބޮޑު ގެއެއް ގަނެފަ މަންމަ އާއި ކޮއްކޮމެން މިކޮޅަށް ގެންނަން” މަންމަ ފޯނު ބޭއްވުމުން އެރިކް އޭނާ ބޭނުންވާ ގޮތް ކޮއްކޮއާ ޙިއްސާ ކުރިއެވެ. “އެއީ ވަރަށް ރަނގަޅު ގޮތެއް. އާނ އަދި ހަނދާން ނެތިފައޭ މި ހުންނަނީ. ކޮންމެސް އެލެކްއެއް އައި. ރިކް ނިދާފަ އޮތީމަ ދިޔައީ. ބުނީ ރިކް ގާތު ބުނައްޗޯ ގުޅާލާށޭ” ކުއްލިއަކަށް ހަނދާން ވުމުން މިއާ ބުންޏެވެ. އެލެކްއާ އެއްކޮށް ދެން ހުރި ޒުވާނާ ބަލަން ހުރި ގޮތް ހަނދާން ވުމާއެކު މިއާއަށް ލަދުން އިސްޖަހައި ލެވުނެވެ.
******
އަހުސަމް އާއި އަކްމަލް އަދި މާއިޒް ތިބީ ލަންޑަންގައި ހުންނަ އަހުސަމްގެ ކޮފީ ޝޮޕްގައެވެ. އާވި އަރަ އަރާ ހުރި ތިން ކޮފީ ތަށި ކުރިމަތީ ހުރި މޭޒު މަތީގައި ހުއްޓެވެ. ތިން މީހުންގެ މެދުގައި ވެސް ވީ ހަމަ ހިމޭންކަމެވެ. އެމީހުންނާއެކު އާރާޝް ނެތްކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ. ކުރީގެ އެތައް ހަނދާންތަކެއް އާވަމުން ދިޔައެވެ.
އިޝަލް އާއި އަހާންއާ އެކު އެ ކޮފީ ޝޮޕް ތެރެއަށް ވަން ޔޫސުފް ފެނުމުން އަހުސަމް އަދި އަކްމަލްއަށް ހީވީ އެކުވެރިޔާ ފެނުނު ހެންނެވެ. ކަޅު ކުލައިގެ އަތް ދިގު ގަމީހަކާއި ޖިންސެއް ލައިގެން ހުރި އިރު އޭނާގެ ފަން އިސްތަށިގަނޑު އޮތީ ނިއްކުރި މައްޗަށް ވައްޓާލައިފައެވެ. ތުނބުޅި ވެސް ހުރީ ރީތި ވަރަކަށް އެއްވަރު ކޮަށްފައެވެ. ޖިންސުގެ ޖީބަށް ދެ އަތް ޖަހައިގެން ހިނގައިފައި އައިއިރު ހަމަ ހީވަނީ އާރާޝް ހެންނެވެ.
“ކީއްވެ އެންމެން މާފާޑަކަށް ތި ބަލަނީ؟” ބޮޑުބޭބެ މެން އޭނާއަށް ބަލަން ތިބި ގޮތުން ރަކި ވެގެން ޔޫސުފް އަހައިލިއެވެ. “ހަމަ ހީވަނީ އާރާޝް ހެން. ހިނގާފަ އަންނައިރު ވެސް މި އިސްތަށިގަނޑު ވެސް. އަދި މިއަދު ގަމީސް ލައިގެން ހުރީމަ މާ ވައްތަރު” މާއިޒް ޔޫސުފްގެ އިސްތަށިގަނޑު ހާވައިލިއެވެ. ޔޫސުފް އެއް މިޔައަކުން ހިނިތުންވެލައިފައި އިތުރަށް އެއްޗެކޭ ނުބުނެއެވެ. އިޝަލް އާއި އަހާން ގޮވައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިށީނެވެ.
އަހާން އާއި އިޝަލް މިންހާ އަދި ޒާޔާއާ މެދު ކަންބޮޑު ވެގެން އެ ވާހަކަ ޔޫސުފްއާ ޙިއްސާ ކުރިއެވެ. ދެ އަންހެން ކުދިން މިހާރަކަށް އައިސް މާ ގިނައިން އަބަދު ފޯނާ ކުޅެން ތިބޭތީއެވެ. އިޝަލްއަށް ވުރެ ބޮޑަށް ޝަކުވާ ކުރީ އަހާންއެވެ. “ޒާޔާއަކީ ވެސް ކުޑަކުއްޖެއް ނޫނޭ މިހާރު. މި އޭޖްގަ އުޅޭނީ އެހެން. އަނެއްކާ އަހާން ޖޭ ވީތަ؟” ލާނެއް ގޮތަކަށް ހެވިފައި ހުރެ ޔޫސުފް އަހައިލިއެވެ. އަހާން ވަގުތުން ނޫނެކޭ ކިޔައި ދެފަރާތަށް ބޯ ހޫރާލިއެވެ.
ލަންޑަންގެ ތަންތަން ދައްކާލަން މިއާ ގޮވައިގެން އެރިކް ދިޔައެވެ. ލަންޑަންގެ ރީތިތަން ތަން ފެނި މިއާ ހުރީ އަޖައިބުވެފައެވެ. އޭނާގެ ތުންފަތް މަތިން ހިނިތުންވުން ނުފިލައެވެ. އާތަނަކަށް ދެވޭ ކޮންމެ ފަހަރަކު ފޯނުން ސެލްފީއެއް ނަގައެވެ. އޭނާގެ ފޯނުގައި ލަންޑަންގެ ހިތްގައިމު މަންޒަރުތައް ރައްކާކުރަމުން ދިޔައެވެ. ހިނގާ ހިނގައި ވަރުބަލި ވުމުން އެރިކް މިއާ ގޮވައިގެން ޕާކަަށް ވަނެވެ.
އަލައިކާ އާއި ނަވާރް ކުދިން ގޮވައިގެން ޕާކަށް ދިޔައިރު މިންހާ އަދި ޒާޔާ ވެސް ދިޔައެވެ. ލައިޝާ އާއި އަލާޔާ އަތުގައި ހިފައިގެން ޒާޔާ ހިނގަމުން ދިޔައެވެ. އަކްޔަން އުރައިލައިގެން މިންހާ ދިޔައެވެ. މިންހާ ދޭތެރެއިން އަކްޔަން ކޮލަށް ދޮން ދޭތީވެ އެކުއްޖާ ކަރުން އަޑު ނެރެމުން ދިޔައެވެ. މިންހާއަށް އެކަން މަޖާވެގެން އިރު އިރުކޮޅާ އަކްޔަން ރުޅިއަރުވައިލައެވެ.
ދެމީހުންނަށް ދެ އައިސް ކްރީމް ދަށި ހިފައިގެން އެރިކް އާއި މިއާ ގޮސް ބެންޗެއްގައި އިށީނެވެ. ތަންކޮޅެއް ދުރުގައި ކުޅެން ތިބި ދެ ކުޑަ ކުއްޖަކަށް އެރިކް ފެނިގެން ބާރު ބާރަށް ހައްދިދްއޭ ކިޔައި ހަޅޭއްލަވަން ފެށިއެވެ. އެއާއެކު ގިނަ ބައެއްގެ ސަމާލުކަން އެރިކްއަށް ލިބުނެވެ. “އޮޓޮގްރާފް ލިބިދާނެތަ؟” ޒުވާން އަންހެން ކުއްޖަކު އައިސް ގަލަމެއް ދީފައި އެކުއްޖާގެ އަތް ދިއްކޮށްލިއެވެ. އެންމެންގެ ސަމާލުކަން އެވަގުތު އޭނާއަށް ހުއްޓިފައި ހުރުމުން އެރިކް ހުރީ ލަދުންނެވެ. ނުކެރިފައި ހުރެވެސް އެރިކް އެ އަންހެން ކުއްޖާ އަތުގައި އޭނާގެ އޮޓޮގްރާފް ލިޔެދިނެވެ. އެ މަންޒަރު ގިނަ ބަޔަކު އެ މީހުންގެ ފޯނު ތަކުގައި ރައްކާކުރިއެވެ. އެ އަންހެން ކުއްޖާ އަތުގައި އެރިކް އޮޓޮގްރާފް ލިޔެދިނުމުން އެހެން ބައިވަރު ކުދިން ވެސް އައިސް އޮޓޮގްރާފަށް އެދުނެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އޭނާ ހުރިހާ ސަޕޯޓަރުންނަށް އޮޓޮގްރާފް ލިޔެދިނެވެ.
ސަޕޯޓަރުން އައިސް އެރިކްގެ އޮޓޮގްރާފް ހޯދުން މިއާއަށް ވީ މަޖާ ކަމަކަށެވެ. ޚާއްސާކޮށް ޒުވާން ފުރައިގެ އަންހެން ކުދިންނެވެ. އެ ކުދިންނަށް އުޅެވޭ ނޫޅޭވޭ ގޮތް އެނގޭހެނެއް އޭނާއަަކަށް ހިއެއް ނުވެއެވެ. އެރިކްއާ ނުހަނު ގަތު އޭނާ އިން އިރުވެސް އެއިން އެއްވެސް ސަޕޯޓަރަކަށް އޭނާ ނުފެންނަ ކަހަލައެވެ.
އެއްދިމާއަކަށް މާ ގިނަ މީހުން އެއްވެފައި ތިބުމުން ވަނީ ކީއްތޯ ބަލާލަން އަކްޔަން ގޮވައިގެން މިންހާ ދިޔައެވެ. މީހުން ބައިބޯ ކަމުން ރީތިކޮށް ފެންނަ ގޮތެއް ނުވިއެވެ. ފުދޭވަރަކަށް އަންހެން ކުދިން ގިނައެވެ. އަކްޔަން ގޮވައިގެން އިނުމުން އެ އެންމެންގެ ތެރެއިން ދެމިގަންނަށް ފަސޭހައެއް ނުވިއެވެ. ލިބުނު ހަނި ދޭތެރެއަކުން މިންހާ އެތެރެއަށް ދެމިގަތެވެ. ކުޑަ ކުއްޖެއްގެ ބޯޅާގައި އޮޓޮގްރާފް ލިޔެދޭން ހުރި އެރިކް ފެނި މިންހާ ގަނޑުވިއެވެ. އަތުން ވަރު ދޫވެގެން އަކްޔަން ވެސް ނުވެއްޓުނީ ކިރިޔާއެވެ. އެކުއްޖާ މިންހާ ކަރުގައި ދެއަތް ނުވަށައި ހުރިނަމަ ވެއްޓުނީހެވެ.
ލޯބި ލޯބި ފިރިހެން ކުއްޖެއްގެ ބޯޅައިގައޮ އޮޓޮގްރާފް ލިޔެދީފައި އެރިކް އެކުއްޖާގެ އިސަތަށިކޮޅާއި ކުޅެލުމުން ރަކިވެފައި ދުއްވައިގެތެވެ. އެކުއްޖާގެ މައުސޫމްކަން ފެނި އެރިކްގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. އެކުއްޖާއާ އެއްވަރަށް ހުންނަން ވެގެން އެރިކް އިނީ ބިންމަތީގައި ކަކޫ މައްޗަށް އިށީންދެގެންނެވެ. ހަށިގަނޑު ދެތު ކުރަން އުޅެނިކޮށް އޭނާގެ ލޮލުގައި މިންހާ އަޅައިގަތެވެ. އެއާއެކު ބެލެންސް ކަޓައިގެން އަނގަވަތަށް ވިނަގަނޑު މައްޗަށް ވެއްޓުނެވެ.
ބަންލާފައި އެރިކް ވެއްޓުމާއެކު މިންހާ ބާރަކަށް ހޭންފެށިއެވެ. އެއްވެފައި ތިބި ސަޕޯޓަރުން ވެސް މިންހާ ހޭން ފެށުމުން ހުނެވެ. އަކްޔަން ވެސް މަޖާވެފައި ދެއަތް ޖަހަމުން ހުނެވެ.
ދީވާނާ ވެފައިވާ މީހެއް ފަދައިން މިންހާއަަށް ބަލަން އެރިކްއަށް އޮވެވުނެވެ. އޭނާ ވެއްޓިފައި އޮތްކަން ވެސް ހަނދާނެއް ނެތެވެ. ހަނދާންވާ ވަރަށް ވުރެ ބޮޑަށް އޭނާ ވަނީ މިންހާގެ ޖާދޫގައި ޖެހިފައެވެ. އެ އަންހެން ކުއްޖާ ހުއްޓާ ނުލައި ހެމުން ދިޔައިރު ނުހަނު ފުރިހަމަ އެވެ. އެހާ ފުރިހަމަ ކުއްޖެއް އޭނާގެ ހަޔާތުގައި ދުވަހަކު އެރިކް ނުދެކެއެވެ. ކިތަންމެ އިރެއް ވަންދެން ވެސް މިންހާ ހޭތަން ބަލަން އޭނާއަށް އޮވެވިދާނެއެވެ.
އެރިކް ވެއްޓުމުން މިއާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަދާނެ ގޮތެއް ނޭންގިފައި އޭނާއަށް ވަށައިގެންވި މާހައުލަށް ނަޒަރެއް ހިންގައިލެވުނެވެ. އެެއްވެފައި ތިބި ގިނަ މީހުން އެރިކްއަށް ބަލައިފައި ހެމުން ދިޔައިރު ވެސް ތެދުވާނަމޭ ވެސް ހިތަށް ނާރައެވެ. މިއާ އިރުކޮޅަކު ބަލަން އިނދެފައި އެރިކް ނުތެދުވުމުން އެރިކް އަތުގައި ހިފައި ދަމައި ނެގިއެވެ. އެންމެންގެ ނަޒަރު އެމީހުންނަށް ހުއްޓިފައި ހުރުމުން މިއާ ލަދުގަތެވެ. އެރިކް ތެދުވުމާއެކު އޭނާއަށް ދެލޯ އަޅައިލީ ނުތެދުވެ ގިނައިރު އޮތުމުންނެވެ.
އެރިކް އަތުގައި ހިފައިގެން ނެގި އަންހެން ކުއްޖާ ފެނުމުން އެއީ އަހާން ބުނި ކުއްޖާކަން ވަގުތުން މިންހާއަށް ވިސްނި ހުނުން ހުއްޓައިލެވުނެވެ. އަހާން ބުނި ފަދައިން އެ އަންހެން ކުއްޖާއަކީ ރީތިކަން ހުސްކޮށްގެން ހުރި ކުއްޖެކެވެ. އެކުއްޖާގެ ހަށިގަނޑުގެ ހިމަ ތޮޅިވެފައި އިސްކޮޅުން ވެސް ދިގެވެ. މޫނު މަތިން އަރަބި ކުއްޖެއް ވައްތަރު ޖަހައެވެ. އެކުއްޖާ ލައިގެން ހުރި އާދައިގެ ކަޅު ކުލައިގެ ޓީޝާޓާ ޖިންސުގައި ވެސް ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. ބްލޮންޑް ކުލައިގެ ރާޅު ބާނީ އިސްތަށިގަނޑު އޮތީ ދޫކޮށް އައްސައިފައި އެވެ. އެހާ އާދައިގެކޮށް ހުރި އިރު ވެސް އެކުއްޖާގެ ރީތިކަން ފާޅުވާން ހުއްޓެވެ.
މިންހާގެ މޫނަށް އައި ކުއްލި ބަދަލު އެރިކްއަށް ފާހަގަވިއެވެ. އެ ބަދަލާއި މިއާއާ ގުޅުމެއް ވާކަން އޭނާއަށް އެނގުނީ މިންހާ މިއާ ބަލަން ފެށި ގޮތުންނެވެ. މިންހާ ‘ޖެލަސް’ވީ ކަން އެނގުމާއެކު އެރިކްގެ ތުން ފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
މިންހާ ފަހަތުން ދާން އުޅުނެއް ކަމަކު އެރިކްއަށް އެކަން ކާމިޔާބު ނުވީ ވަށައިގެންވި މީހުންނާ ހެދިއެވެ. އޭނާގެ އޮޓޮގްރާފް ހޯދަން އެންމެން އޭނާ ވަށައިލުމާއެކު އޭނާއަށް މިންހާ ގެއްލުނީއެވެ. ސަޕޯޓަރުން ގާތުން ސަލާމަތް ވެގެން މިންހާ ހޯދައި ނުފެނުނެވެ. އެގޭ އެހެން ކުއްޖެއް ފެނޭތޯ ބަލައިގެން ވެސް ނުފެނުނެވެ. އެރިކް އެނބުރި ގެއަށް ދިޔައީ މާޔޫސް ހިތަކާއި އެކުގައެވެ.
ސީޒަން ފެށެން ވާއިރަށް ޔޫސުފް އެނބުރި ލިވަޕޫލަށް ދިޔައެވެ. މިންހާ ލަންޑަންގައި މަޑު ކުރަން ބޭނުންވި ނަމަވެސް އޭނާއާ ދުރުގައި ކޮއްކޮ ބަހައްޓާކަށް ޔޫސުފް ބޭނުމެއް ނުވިއެވެ. އިޝްމާ އާއި އަކްމަލް އަމިއްލަ ދަރިއެެއް ފަދައިން ކޮއްކޮ ބަލައިދޭނެކަމާއި މެދު އޭނާ ޝައްކެއް ނުކުރެއެވެ. ނަމަވެސް އޭނާ ބޭނުންވަނީ އޭނާގެ ބެލުމުގެ ދަށުގައި ކޮއްކޮ ބަހައްޓާށެވެ. ލަންޑަންގައި މިންހާ ބަހައްޓައިފައި ލިވަޕޫލްގައި އުޅެން ޔޫސުފް ހިތަށް ކުޅަދާނައެއް ނުވާނެއެވެ. ރޭގަނޑުގެ ހަމަ ނިދިވެސް ރަނގަޅަށް ނުލިބޭނެއެވެ.
އެރިކް އެނބުރި ލަންޑަންއަށް އައިސް އިޝަލްއާ އެންމެ ފުރަތަމަ ބައްދަލިވީ ޕްރީ ސީޒަން ފަރިތަކުރުންތައް ފެށި ދުވަހުއެވެ. ގޭގައި ބިޒީ ވެގެން އެރިކްއާ ބައްދަލު ކުރަން އިޝަލްއަށް ފަހުން ވަގުތު ނުވީއެވެ. އެރިކް ވެސް މިއާގެ ކޮލެޖް ކަންތައް ހަމަޖައްސަން އުޅެން ހަދައިގެން އޭނާއަށް ވެސް ވަގުތު ނުވީއެވެ.
ޕްރެކްޓިސް ނިންމައިފައި އެރިކް އާއި އިޝަލްގެ އިތުރަށް އިތުރު ދެތިން ކުޅުންތެރިން އެމީހުން އަބަދުވެސް ގޮސް އުޅޭ ރެސްޓޯރަންޓަށް ގޮސް ވަނެވެ. އެމީހުން ވަނުމާއެކު ކައުންޓަރުގައި އިން ކުއްޖައި ހިނިތުންވެލިއެވެ. އަބަދު ގޮސް އުޅެ ހަދާތީވެ އެތަނުގެ މުވައްޒަފުނަކީ ދެކެފަރިތަ ބަޔެކެވެ. ބްރޭކަށް ފަހު އައި ފުރަތަމަ ދުވަސްކަމުން ފުދޭވަރަކަށް ގިނައިރު އެމީހުން އެތަނުގައި މަޑު ކުރިއެވެ.
ލިވަޕޫލަށް އައި ފުރަތަމަ ދުވަހު ވެސް ފަޅުކަން މިންހާއަށް އިޙްސާސް ކުރެވުނެވެ. ޒާޔާ އާއި އަހާން އަދި އިޝަލް ނެތުމުންނެވެ. ލައިޝާ ވެސް އެ ދުވަހު ގިނަ ވަގުތު ނިދީއެވެ. ނަވާރް އާއި ޔޫސުފް އުޅުނީ އަވަދިނެތި ގޭތެރެ ހަމައަކަށް އަޅުވައިއެވެ. މިންހާ ފޫހިވެގެން ގޮސް މާނީގެ ޑައިރީ ތަކުން ޑައިރީއެއް ނަގައި ކިޔަން ފެށިއެވެ.
ޔުނިވާރސިޓީއަށްދާ ފުރަތަމަ ދުވަސް ކަމުން މިއާ އިނީ ފިނިވެފައެވެ. ފަތިހު ފަތިހާއި ހޭލައިގެން އަމިއްކައަށް ސައި ތައްޔާރުކޮށްގެން ކޮލެޖަށް ދާން ތައްޔާރުވިއެވެ. ފެހި ކުލައިގެ އަތްދިގު މަތި ކޮޅާއިއެކު ކަޅު ޖިންސެއް ލިއެވެ. ހެދުމުގެ މަތިން ކަޅު ކުލައިގެ ޖެކެޓެއް ލައިފައި ކަރުގައި ގަދަ ފެހި ކުލައިގެ ސްކާފެއް އޮޅައިލިއެވެ. އިސްތަށިގަނޑު ބޭއްވީ އެއްފަރާތަށް ވާގޮތަށް ގަތައިލައިފައެވެ. ލޮލުގައި އަނދުން އަޅައިފައި ތުންފަތުގައި މަޑު ފިޔާތޮށި ކުލަ ޖައްސައިލިއެވެ.
“އޭ އަނެއްކާ ކޮލެޖަށް ގޮއްސަ އަންނަ ފުރަތަނަ ދުވަހު ބޯއިފްެރެންޑެއް ހޯދާނީކީ ނޫން އިނގޭ. މިއާ ބީއެފްެއެއް ނަގައިފިއްޔާ މަންމަ އައިސް އަހަރެން ކަތިލާނެ” މިއާ ޔުނިވާރސިޓީއަށް ދާން ތައްޔާރު ވެގެން ނުކުތުމުން އެރިކް ފްރެންޗް ބަހުން ދިމާ ކުރިއެވެ.
އިސްރާ އާއި ނަވްޔާ އާދޭސްކޮށްގެން އަހާން އާއި ޒާޔާ ވެސް ޔުނިވާރސިޓީއަށް ވަނެވެ. ކިޔަވަން ނުދާ ނަމަ ލަންޑަންގައި ނުބައިތިއްބާ މާލެ ގެންދަން ބުނުމުން އިތުރ ގޮތެއް ނެތިގެން ދެކުދިންވެސް ޔުނިވާރިސިޓީއަށް ވަނީއެވެ. “މިންނު އިން ނަމަވެސް ރަނގަޅޭ. މަ މިޖެހެނީ ބޮޑު މޮޔައަކާ އެކީ އަންނަން ދެން ކިހިނެއް އަންނަހިތް ވެސް ވާނީ” އަހާންއާ އެކު ޔުނިވާރސިޓީއަށް ދަންޖެހޭތީ ޒާޔާ ހިތާހިތުން ޝަކުވާ ކުރިއެވެ. މިންހާ ލަންޑަންގައި ބަހައްޓަށް ޔޫސުފް ގާތު އޭނަ ވަރަށް އާދޭސް ކުރިއެވެ. ނަމަވެސް ހަމަ ހިލާ ޔޫސުފް އެއްބަސް ނުވިއެވެ.
ޕްރެކްޓިސްއަށް ދިއުމުގެ ކުރިން ފޭސްބުކް ހުޅުވާކި ތަނުން ފެނުނު ޚަބަރަކުން އިޝަލްގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނީ އަންނަމުން ދިޔަ ރުޅި މައިތިރި ކުރަންށެވެ. ފޯނު އެނދު މައްޗަށް އެއްލައިލައިފައި ބާރު ބާރަށް ކޮޓަރިން ނިކުތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
58 Comments!
Comments are closed.






Salam all. Here is the 10th episode of Manzil. Hope everyone enjoyed reading this episode. I wud like to thank allmy readers for showering me love and support even though i am not doing the best work. Its ur love and support that motivates me to keep writing. I try my best to not disappoint you guys. Next episode will be uploaded before next Tuesday hopefully In Sha Allah. Take care and stay safe everyone♥️ lots of love from me. And don’t forget to leave a comment
Story varah reethi… ? This is my first comment but I have read raastha in fashaigen… And I have got to say mihaa reethi story eh adhi esfiya in nukiyan♥️♥️keep it up kiyaa sis and stay safe
Thankss dear♥️ really happy to know
Wow kiyaa sis it’s amazing ? I think Mia n ishal hen dhen neynge dhw vaane gotheh lots of love ?? waiting 4 d next partt ?
Thankss darls♥️ lets see what happens next
Thankolheh dhigukoh genesdheebala ehchaaa
Will try my best to make it longer next time ISA
ކޮންމެ ފަހަރަކު ތިހެން ކިޔަސް ނުވާނެ.އަތުން ފައިން މަސައްކަތް ކުރަން ނުކެރޭ ބީތަލެއް
Mifadha undhagoo depressing haalatheh gai vx meesmeehun emeehunge important time vx kuriah nulaa nuvex dhanna bayehge ufalah takaa kanthah ekuranee athun fain masah katheh kuran nukereythee tha???
Nukerey nama kameh kuraakah hivaraa eku masahkatheh nukuraane dho…????
Ehen v ma mivaahaka thimeehakah hadihyaa nukiyaa. Ehenmeehun kiyai faane.
Kiyara sis.. Mimieehun konme ehcheh kiyas alhai laane kameh nai.
Hihvarey hihvarey…. Saabahey saabahey…
Lyssssm????
Wow varah reethi mi part ves masha Allah aric vehtunu thankolhu kiyaafa Heehee bindhijje ????
Waiting for the next
Ly ❤️❤️❤️
Thankss dear♥️
❤️❤️❤️❤️❤️Wow Maasha allah V reethi mi part ves
Whn is nxt.. Curiously waiting for nxt part dear
Stay safe and Tc
❤️❤️❤️❤️❤️LYYYSSSSMMMMM
Thanksss darls♥️
V reethi mi part ves.. Curiously waiting for nxt part sis
Kon curious eh kiyaakah
Thanksss darls♥️
Wow vvvvvvvvvvvvvvvvvvvvvvvvvvv’vvvvvvvvvvvvvvv reethi mi part vas ??????????????☺️☺️☺️☺️☺️☺️maasha Allah ????you are good writer ??????????????????when next part ??????stay safe all ?????love you gayz ??????????????????
Thanksss dear♥️
Mi part ves Varah Reethi ❤️❤️❤️❤️
Keep it up ????
Masha Allah ????
Thankss darls♥️
Anmmaaaaa????????kiyara Sis bunaakah mi Vareh nei?????????❤️❤️❤️???????Alhey Yoosuf hama ehaa vahtharu thr Aaraash aa??Aish vx handhaan v ethan kolhu kiyaafa Akmal Ishma ah loabi hushahelhi dhuvahu Green bell mathin?pis pis Ahaan hama rangalhah vx J V zaayaa phn aa kulhey thii?Alhey minnu vx v Kuda kudhin naa ekii ulhey hiyvey dhw???Aish vx bis koh dhonkoh Hunna kudhin v uraa hiyvey ?????dhon vx dhen v ginain ??OMG Erikooooo ??vehttuniima thedhuvan vx neyngunu dhw minnu heythii???adhi Ahaan akaa Hure minnu ah olhihjjey??Yoosuf hama rangalhah thi hedhii?????minnu govaigen dhaan vaanii… Eyrah Zaayaa jeheynii Ahaan aa eku dhaan???Alhey Mia Ebunaahen furathama dhuhu dhaa gothah gos ninmaaniikii noon. Ahaan ah Mia fennaane kan neynge?Awwwwwwnnnnnn cute Bro n sis (Erik n Mia) ??????❤️❤️TC
Stay safe ?stay home my lovely lovely kiyaraaaa???lots of lots of love ??❤️❤️❤️❤️❣️❣️❣️❣️??????❣️❣️❣️n missing you hetakah
Aan dhen Ishal ah kon habareh baa efenunii
????Ey manje nan kalhu vefa
Kon stay safe ekey Moya Aisaa
Hmm Ahu ekamaa ufaa faalhu kuraa iru heevany Ehn kameh hen.. Huvaa Mibuny
Hmm nan kalhu vefa ey eynii… Manje ge reendhoo dhon gandah vure kalhu vx maa reethi
Ehkala foni Liyaamu????meena anga nulaa kah thaneh noavey….. Thieh engeyne mechakun molhu V ma… Dhen bodu vegen Yoosuf men gothah club thakah kulhen dhevuniima v foni vaane
Kaaku Ma tha Moya nuvissney Aisaa
Subhoo… saabas thi dhemyhunnah?
Aan thii moya Galhi nuvisney Aaraash ge dhevana version moya Liyam ???
Thanksss dear♥️
Kiyara Sis kihineh thr
??????thank you thank you Moya nuvissney Aisaa
Masha Allah Masha Allah ??????????✌️✌️✌️hama Vvvvv reethi Mi part vx… Erik vehttunu tuankolhu kiyaafa hama v hini ai???v curious Ishal ah efenunu habaraa dheytherey ???TC stay home and stay safe kiyara Sis ?????????????love you as my fav author
Thanksss dear♥️
Wow… This part is amazing?… Varah reethi mi part ves❤️❤️❤️❤️❤️❤️❤️❤️❤️.. hama speechless?.. n nxt part thankolheh avahah genesdhechey☺️.. anyway waitinn for nxt part curiously…
Lots of love from imkko❤️❤️❤️❤️❤️❤️❤️
Stay safe???
Stay home???
Tc❤️.. ly>3❤️
Thanksss dear♥️
Ummm kiyaa ?can I ask a question
Yes dear?
Ummm Pls don’t mind… How old are you ?
I am 19y
N is there anyway I can talk to you privately
Unfortunately there is no way now. I don’t use my mail now.
?Nd if you don’t want to tell your age its OK
Sis insta or face book use eh nukurantha??
Ohh sadd??insta vx use nukuran thr sis.. 19 dhw???????insta use kuranyaa bunelahchey
Yup heevanee insta use kuraanehen
Let’s see dhw
Aish use kuranthr insta.
Yah ?girl sis use kuran thr
Adhi use eh nukuran but l my mom ge id in baeh faharu vadhe friends aai vaahaka dhahkan.
OMG!!!! Up kohfa in than feni vvvvvv. Ufaavi…
Mi part vx a superrrb ???????
Mi story hama besssssst.. Neynge bunaane ehcheh vex.
Luv uu.
Stay safe
Thankkkkksss darls♥️
Sis kn rasheh?? Hama ahaalaa hiyy v
Don’t mind okay sis beynun nooniyya nubunyas..
Lets keep my rah as a secret ♥️
Okk!! I understand
Lysssmm
Sisso inthixaaru vaahaka upload kuranee manxil nimuneematha??
Inthixaaru vaahaka ah v inthixaaru kurevey???
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv
Reethi Mi part???????ves
????????????????????????????????????????????????????????????????????????????????????Masha Allah
Ey yes finally
Oh my God anehkkaavs… Yayyyy aisa Ma nan vx… Ahu U ekani Mihaaru hurii ???
vvvvvvvvv ufaavi vaahaka Fenifa……………iyye ulhunin kiyan vx………..ekm kiyaa ekahcheh vaguthu nuv……………vvvvv reethi mi episode vx