Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 22, 2020 5 Mins Read
38 Comments

ނިދި މޫނަކާއެކު އެރިކް ހުރިއިރު އޭނާގެ އިސްތަށިގަނޑުވެސް އޮތީ ތަރުތީބެއް ނެތް ގޮތަށް ހޭވިފައެވެ. ހަމަ އެކަނި ކަޅު ކުލައިގެ ސޯޓެއްގައި ހުރުމުން އެރިކްގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. “ވެލެރީ؟” ހައިރާންވެފައި ހުރެ އެރިކްއަށް ބުނެވުނެވެ.

ވެލެރީ ހިނިތިންވެލައިފައި ހައި ޖަހައިލިއެވެ. ހަދަންވީ ގޮތެއް ނޭންގި އެރިކް އިސްތަށިގަނޑު ތެރެއަށް އޭނާގެ އަތް މަހައިލިއެވެ. “ވަދޭ އެތެރެއަށް” އިރުކޮޅަކު އެހެން އިނދެފައި އެތެރެއަށް ވަންނަން ވެލެރީއަށް ދަޢުވަތު ދިނެވެ. ފުޅާ ހިނިތުންވުމަކާއެކު ވެލެރީ އެތެރެއަށް ވަނެވެ. ވެރީ ގާތު ސޯފާގައި އިށީންނަށް ބުނެފައި އެރިކް ކޮޓަރިއަށް ވަނެވެ.

ވެލެރީގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އެރިކް ސިޓިންރޫމަށް އައުމުގެ ކުރިން އަދި އެއްފަހަރު އޭނާ ގެންގުޅޭ ލޯގަނޑުން މޫނު ބަލައިލައިފައި މޫނު ރީތިކޮށްލިއެވެ. އެރިކް އެނބުރި ސިޓިްރޫމަށް އައިއިރު ހުރީ ނޫކުލައިގެ ހުޑީއަކާ ކަޅު ޖިންސެއްލައިގެންނެވެ.

“ކަމަކުތަ މިގަޑީ؟” އައިސްއަލަމާރިން ޖޫސްޕެކެޓެއް ނަގައި ތަށްޓަކައި އަޅައިފައި އެރިކް ވެލެރީއަށް ދިނެވެ. “ނޫން. ވަކި ކަމަކު ނޫން މާދަން އަހަރެން މިއުޅެނީ އެލްއޭއަށް ދާން އޮޑިޝަންއަކަށް. އޭގެ ކުރިން ހިތަށް އެރީ ރިކްއާ މީޓްކޮށްލާފައޭ ދާނޭ” އެރިކް ހަމައެކަނި ހިނިތުންވެފައި އިތުރު އެއްޗެކޭ ނުބުނެއެވެ. ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. އެރިކް އެއްޗެއް ނުބުނުމުން ވެލެރީއަށް ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭންގުނެވެ. ޖޫސްތަށި ހުސްކޮށްފައި ކުރިމަތީ އިން މޭޒު މަތީ ބޭންދިއެވެ. “ތޭންކްސް ފޯރ ދިސް. އައި ހޭވް ޓު ގޯ. އިޓް ވޯޒް ގުޑް ޓު ސީ ޔޫ” އިތުރަށް މަޑު ކުރުމުގެ ބޭނުމެއް ނެތުމުން ވެލެރީ ނިކުންނަން ދިޔައެވެ. “ޔެއާ ތޭންކްސް ފޯރ ސްޓޮޕިން ބައި. ގުޑް ލަކް ފޯރ ދި އޮޑިޝަން” ވެލެރީ ދިއުމުން ދޮރު ލައްޕައިފައި އެރިކް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

މިންހާ އާއި ޒާޔާ ޕޭންކޭކް އާއި ޕިއްޒާ ފިހުނެވެ. ޕޭން ކޭކްގައި ވިޕް ކްރީމުން ސޮރީ ޖަހައިފައި ގެންގޮސް އަހާން އަދި އިޝަލްއަށް ދިނެވެ. “އެެލެކް އަހަރުން ކޮންމެ ދުވަހަކުވެސް ރުޅި އަންނަންވީ ދޯ އޭރުން މި ކަހަލަ މީރު އެއްޗިހި ކާން ލިބޭނެ” ޕޭންކޭކު ކޮޅެއް އަނގަޔަށް ލާފައި އަހާން ބުނެލިއެވެ. “އަސްލުވެެސް. ކަޒް މާދަމާވެސް އަހަރުން ތިބޭނަން ރުޅިގަދަވެފަ” އިޝަލްވެސް އަހާންއާ އެއްބައިވިއެވެ. “ފޮނި އަނގަ ނުތަޅާ. އެއްޗެއް ކާންވެސް ނޭންގޭ. ކަޒްގެ މުޅި އަނގަމަތީ ކްރީމް އުނގުޅިފަ” މިންހާ އިޝަލްއާ ގާތްވެލައިފައި ތުންފަތް ކައިރީ އުނގުޅިފައި ހުރި ކްރީމް ފުހެދިނެވެ. ނުހަނު ގާތުން މިންހާގެ މޫނު ފެނުމުން އިޝަލްގެ ހަަރަކާތްތައް ހުއްޓުނެވެ. މިންހާގެ ރީތި ލޮލަށް ގެއްލިފައި އިނދެވުނެވެ. އޭނާގެ ހިތުގައި މިންހާއަށްޓަކައި އާ ވިންދެން ޖަހަން ފަށައިފިކަން އިޝަލްއަށް އިޙުސާސް ކުރެވުނެވެ. އެ އަންހެން ކުއްޖާ ގާތްވެލާ ކޮންމެ ފަހަރަކު އޭނާގެ މުޅި ނަފްސަށް ނޭންގޭ ގޮތެއް ވެގެން ދެއެވެ. އިޝަލްއަށް ހަމަ ބިމަށް އާދެވުނީ ދެތިން ފަހަރު މިންހާ ގޮވާލުމުންނެވެ. ދެފަރާތަށް ބޯ ހޫރުވައިލައިފައި ކީކޭތޯ އަހައިލިއެވެ. “އަހަރެން މޫނުގަ އެއްޗެއް ލިޔެފައިނީހޭ؟” ނިކަން ހިނިއައިސްފައި ހުރެ މިންހާ އަހައިލިއެވެ. “ޕިސް. ކަޒް މޫނުގަ ކުރަތްޕެއް އިންހެން ހީވާތީ” މިންހާގެ ދެލޯ ބޮޑުވެ އަތުން މޫނު ފޮޅަން ފެށިއެވެ. އެއާއެކު އަތުގައި ހުރި ކްރީމްތައް މުޅި މޫނުގައި އުނގުޅުނެވެ. އިޝަލް ހޭންފެށުމާއެކު މިންހާ ތުންދަމައިލިއެވެ. “ވަރަށް ފޫހިވޭ. އަބަދު ބިރުގަައްވަން އުޅެނީ” އިޝަލް މޭމަތީ މިންހާ ބޮނޑިއެއް އަޅައިލިއެވެ. މިންހާ ދުރަށް ހިނގައިގަންނަން އުޅުމާއެކު މިންހާ އަތުގައި ހިފައި އިޝަލް އޭނާ ގާތަށް ދަމާލިއެވެ. އިޝަލްގެ އެ ކުއްލި ހަރަކާތުން މިންހާ ސިހުނެވެ. އިޝަލް މަޑު މަޑުން އޭނާގެ އަތް އުފުލައިލައި މިންހާގެ މޫނު ރީތިކޮށްދިނެވެ.

“އޭ ކަލޭނޭ. ދެ މީހުން ދާންވީނު ހޮލީވުޑް ފިލްމެއް ކުޅެން. އެލެކް ހީވަނީ ކިންގް އޮފް ރޮމޭންސްހެން. އެލެކް ފުޓުބޯޅައިން ރިޓަޔާ ކޮށްފަ ފިލްމު ކުޅެން ދާން މަށަށް ފެންނަނީ” އިޝަލްއަށް މިންހާއާ ދުރަށް ޖެހެވުނެވެ. އަހާން ދިމާކުރަން ފެށުމުން ލަދުވެސް ގަތެވެ. ނުވިސްނާ ކުރެވުނު ކަމަކުން މިންހާ އޭނާ ދެކެ ހިތްހަމަ ނުޖެހިދާނެތީ ހިތް ނުތަނަވަސް ވިއެވެ.

ލަދުން ގޮސް ހުރިތަނަށް ވިރިގެން ފައިބަން މިންހާ ބޭނުންވިއެވެ. އޭނާގެ ކޯތާފަތް ވަނީ ޗެރީއަކަށް ވުރެ ރަތްވެފައެވެ. އިސްއުފުލައި އިޝަލްއަށް ބަލާލަންވެސް ދެން ނުކެރޭނެއެވެ. “ވަރަށް މަޖާ އިނގޭ. މިންކޮ މޫނުގަ ކްރީމް އުނގުޅިފަ ހުރީމަ އެ ފުހެދިނީ. އެއީ ދެން އެހާވަރު ކަމެއްތަ؟ އަދި އަށާރަ އަހަރު ނުވެގެން އުޅޭ ސޮރެކޭ ރޯމޭންސްއޭ އެހެން އެއްޗެކޭ މި ކިޔަނީ. އުމުރާ ގުޅޭ ވާހަކަ ދައްކަބަލަ” އަހާން ބޮލުގެ ފުށް ކިބައިގައި ޖަހައިލަމުން އިޝަލް ބުންޏެވެ. މިންހާއަށް އެއްޗެއް ހީކުރެވި އޭނާދެކެ މިންހާ ހިތްހަމަ ނުޖެހޭކަށް އިޝްލް ބޭނުމެއް ނޫނެވެ. “ތެދެކޭ. މީނައާ ހެދި މީހަކާ އަނގައިންވެސް ބުނެވޭކަށް ނޯވޭ ދިމާ ކުރާ ވަރުން” މިންހާވެސް އިޝަލްއާ ބައިވެރިވެގެން އަހާންއަށް އަޑުލިއެވެ. ޒާޔާވެސް މިންހާ އާއި އިޝަލްއާ އެއްބައިވިއެވެ. އަހާން އަބަދު ޒާޔާއާވެސް ފެންނަހާ ކުއްޖަކާ އަޅުވައި ކިޔައިނެވެ. ތިން މީހުން ވެގެން އެއްޗިހި ކިޔަން ފެށުމުން އެންމެ ފަހުން އެތާ ނީންދެވިގެން ޕިއްޒާ ފޮއްޗެއް އަތަށް ލައިގެން އަހާން ދިޔައެވެ. އޭނާ ދިއުމުގެ ކުރިން ދިޔައީ ޒާޔާ ހެދުމުގައި ވިޕް ކްރީމް އުނގުޅައިފައެވެ. ޒާޔާއަށް އެކަން ރޭކައިލީ އަހާން ނިކުތް ފަހުންނެވެ.

“އަހާން” ކޮންމެ އަކުރަކަށް ވަކިން ދަމާލަމުން ބާރު ބާރަށް ޒާޔާ ހަޅޭއްލަވައިގަތެވެ. ރުޅިގަދަ ވެގެން ގޮސް ހުރީ ކަންފަތުން ދުން އަރާ ވަރުވެފައެވެ. އަހާން އަތުލަން ދުވެފައި ދިޔައެވެ.

“މިންހާ ސޮރީ އިނގޭ. އެކަހަލަ ވިސްނުމެއް ހުރެގެން..” “އިޓްސް އޯކޭ ކަޒް އައި ނޯ” އިޝަލް މާފަށް އެދުމާއެކު އެއީ އެ ވަރު ކަމެއް ނޫން ކަމަށް މިންހާ ބުނެލިއެވެ.

ޒާޔާ އަތު ނުޖެހެން އަހާން ބާރަށް ދުވަމުން ދިޔައެވެ. ޒާޔާއަށް އޭނާ އަތުލަން ފަސޭހަ ނުވާނެކަން އަހާންއަށް އެނގެއެވެ. ހެމުން ހެމުން އަހާން ވަކި ހިސާބަކަށް ގޮއްސައި ހުއްޓުނެވެ. ޒާޔާ ކުޑަކޮށް ކައިރިވުމުން އަނެއްކާވެސް ދުއްވައިގަތެވެ. ޒާޔާ ހަޅޭއްލަވަމުން ދުވަމުން ދިޔައިރު އަހާން ހިތަށް ކަހިރުވަކެކޭވެސް ނާރައެވެ. ޒާޔާ ރުޅިއެރުވުންވަނީ އޭނާއަށް މަޖާކަމަަކަށެވެ.

އަހާންއަށް ދުވުން ހުއްޓާލެވުނީ ސިޓިންރޫމް ސޯފާގައި ތިބި އަލައިކާ އަދި އައިރާ ރޯތަން ފެނިފައެވެ. ޔާޒް ނޫނީ އަލްޔަސް ފެންނަން ތިބިތޯ ބަލައިލިއިރު އެއިން އެކަކުވެސް ފެންނާކަށް ނެތެވެ.

“އަހާން ހުވާ މި ބުނީ…” ރުޅި އައިސް ރަތްވެފައި ހުރި ޒާޔާއަށްވެސް ހުއްޓާލެވުނީ އަލައިކާ އާއި އައިރާ ފެނިފައެވެ. އަހާންއަށް ބަލައިލައިފައި ކިހިނެއްވީތޯ އެހިއިރު އޭނާގެ ރާގުވެސް ހުރީ ބަދަލުވެފައެވެ. އަހާން ދެކޮނޑު އަރުވައިލައިފައި ނޭންގެއޭ ބުނެލިއެވެ. ދުވަމުން ކަހަލަ ގޮތަކަށް ދެކުދިން ގޮސް ވެގެން އުޅޭ ގޮތާ މެދު ސުވާލު ކުރިއެވެ. “މިންނު ކޮބާ؟” އިރުކޮޅެއް ފަހުން ހަމައަކަށް އެޅިލަމުން އައިރާ ސުވަލު ކުރިއެވެ. “އެލެކްމެން ކޮޓަރީގަ ކިހިނެއްވީ؟” ހާސްވެފައި ހުރެ ޒާޔާ އަވަސް އަވަހަށް އަހައިލިއެވެ. “މިންނު ގޮވައިގެން އާދެބަ” ވެގެން އުޅޭ ގޮތް ކިޔައިނުދީ މިންހާ ގެނައުމަށް އައިރާ އެދުނެވެ. ޒާޔާ ބޯ ޖަހައިލައިފައި މިންހާ ބަލައި ދިޔައިރު ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބޮޑުކަމެއް ވެއްޖެކަން އިނގުމާއެކު ބިރުވެރިކަން ހިތުގައި ވަށައިލިއެވެ.

ޒާޔާއާ އެއްކޮށް ސިޓިން ރޫމަށް އައި މިންހާގެ ސުވާލުތައް ޒާޔާއާ ކުރިމަތިވަމުން ދިޔައެވެ. އިޝަލްވެސް އެ އެ ދެކުދިން ފަހަތުން އައެވެ.

މިންހާ އައުމާއެކު އައިރާ އަދި އަލައިކާ ހަމްދަރުދީގެ ބެލުމަކުން މިންހާއަށް ބަލައިލިއެވެ. އަހާން އިން ގޮތުން ވެގެން އުޅެނީ ކިހިނެއްކަން އޭނާއަަށްވެސް ނޭންގޭކަން އެނގެއެވެ.

އައިރާ ތެދުވެގެން އައިސް ސޯފާގައި މިންހާ ބޭންދިއެވެ. ލޮތްބާއެކު މިންހާ ގައިގައި އަލައިކާ ބައްދައިލިއެވެ. އިޝަލް ޒާޔާ އަދި އަހާން ގާތު ލޮލުގެ އިޝާރާތުން ކިހިނެއްވީތޯ އަހައިލިއެވެ. ޒާޔާ އަދި އަހާންވެސް ދެފަރާތަށް ބޯ ހޫރައިލީ ވެގެން އުޅޭ ގޮތް ދެމީހުންނަށްވެސް ނޭންގޭތީއެވެ.

“ކިހިނެއްވީ؟ މިންނު ވަރަށް އެބަ ބިރުގަނޭ؟” ކަމެއް ގޯސްވެއްޖެކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވުމުން ބިރުން މިންހާ ތުރުތުރު އަޅަން ފެށިއެވެ. ބިރުގަތް ވަރުން މިންހާއަށް ހެވެން ފެށުނެވެ.

ވެލެރީގެ ސަބަބުން ނިދިކޮޅު ފިލައި ދިއުމުން އެރިކް ފޯނާ ކުޅެން ފެށިއެވެ. ފޭސްބުކް ފީޑްެއިން ފެނުނު ބްރޭކިން ނިއުސްއިން އެރިކްއަށް ފުންމައިގެން ތެދުވެވުނެވެ. “މިންހާ” އެރިކްގެ ދުލުން މިންހާގެ ނަން ކިޔައިލެވުނެވެ. އިތުރަށް މަޑު ކުރަން ނުހަދާ ޖެކެޓް ހިފައިގެން މިންހާ ގާތަށް ދާން އަވަސްވެ ގަތެވެ.

އިޝަލް ޒާޔާ އަދި އަހާންއާ އެއްކޮށް ހޮސްޕިޓަލަށް ވަދެގެން އައި މިންހާއަށް ތަންތަން ފެންނަމުން ދިޔައީ ނުސާފުކޮށެވެ. ފަހަތުގައި ތިބެގެން އިޝަލް އަދި އަހާން އޭނާއާ ވާހަކަ ދައްކާކަން އެނގެއެވެ. ނަމަވެސް ކިޔާ އެއްޗެއް ސާފެއް ނޫނެވެ. ދުނިޔެ އެނބުރޭލެށް ލަސްވެފައިވާހެން މިންހާއަށް ހީވަމުން ދިޔައެވެ. އޭނާގެ މެއަށް ބާރުވަމުން ދިޔައިރު ސިކުނޑީގައި އެއްޗަކުން ތަޅާހެންވެސް ހީވިއެވެ. ހިނގަމުން ދިޔައިރު ދެންމެ ދެންމެ ވެއްޓިދާނެހެންވެސް ހީވާ ފަހަރު މަދެއް ނޫނެވެ.

ލޯތެރޭ ޖަމާވެފައި ހުރި ކަރުނަތެރެއިން ފުސްކޮށް މިންހާއަށް ޔޫސުފް ފެނުނެވެ. މިންހާ ބާރުބާރަށް ގޮސް ޔޫސުފް ގާތު މަޑުކޮށްލިއެވެ. “ދޮންބެ” މިންހާގެ އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. އެއޮަށް ހުރިހާއިރު ހިތްވަރުކޮށްގެން ހުރި ޔޫސުފްގެ ހިތްވަރު ކޮއްކޮގެ ހިތާމަވެރި މޫނު ފެނި ނެތި ދިޔައެވެ.

“މަންމަ ބައްޕަ” “ޝީ އިޒް ގޯން” މިންހާ ހިތުގައި ހީވީ މީހަކު ހިފައި ޗިސްކޮށްލިހެންނެވެ. މެއަށް އަރައިގަތް ދިލަޔާއެކު ކޮޅަށް ހުންނަންވެސް މިންހާއަށް ދަތިވިއެވެ. މިންހާ ވެއްޓެން ދިއުމާއެކު ޔޫސުފް މިންހާ ގައިގައި ހެފެހެއްޓިއެވެ. ޔޫސުފްވެސް މިންހާއާ އެއްވަރަށް ތިރިވިއެވެ. ޔޫސުފް ކޮނޑުގައި ބޯ އެޅި ގޮތަށް މިންހާއަށް ރޮވެން ފެށުނެވެ. ފިރިހިނަކަށް ވިއަސް ޔޫސުފްއަށް ރޮވެން ފެށުނެވެ.

އިޝަލް ޒާޔާ އަދި އާހާންވެސް ތިބީ ކަންފަތަށް އިވުނު ޚަބަރު ޤަބޫލު ކުރަން ދަތިފައެވެ. އަހާންގައި ބައްދައިލި ގޮތަށް ޒާޔާގެ ބަޑި ފަޅައިގެން ދިޔައެވެ.

ފަހަތަށް ޖެހެމުމް ގޮސް އިޝަލްއަށް އޭނާގެ މޫނުގައި ދެއަތް އަޅަައިލެވުނެވެ. ލޮލުން ކަރުނަ ފޭބިޔަ ނުދޭން ފުންކޮށް ނޭވައި ލަމުން ދިޔައެވެ.

އާރާޝް އާއި މާނީ ދުއްވައިފައި ދިޔަ ކާރު އެކްސިޑެންޓްވީއެވެ. ކާރު ގޮސް ގޭސް ފުޅިތަކެއްގައި ޖެހި ވަގުތުން ގޮވީއެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް މާނީގެ ފުރާނަ ވަނީ ގޮސްފައެވެ. އާރާޝާގެ ހާލު ވަރަށް ސީރިއަސްއެވެ. އޮޕަރޭޝަން ކުރަން ވެއްދި ގޮތަށް އަދިވެސް ނުނެރެއެވެ.

މިންހާގެ އަޑު ނީވިގެން ޔޫސުފް ބަލައިލިއިރު މިންހާ އޮތީ ހޭނެތިފައެވެ. “މިންނު” މިންހާ މޫނުގައި އަތުން ޖަހައިލަމުން ޔޫސުފް ދެތިން ފަހަރު މިންހާއަށް ގޮވައިގެންވެސް ޚަބަރެއް ނުވިއެވެ.

މިންހާ އަތްދަނޑި މައްޗަށް ލައިގެން އިޝަލް އެމަޖެންސީ ރޫމްއަށް ދިޔައެވެ. ޑޮކްޓަރަކު ވަގުތުން އައިސް މިންހާ ބަލަން ފެށިއެވެ.

އެރިކް ދުވެފައި ގޮސް ރިސެޕްޝަނުން މަޢުލޫމާތު ހޯދިއެވެ. އޭނާ އަންނަމުން އިޝަލްއަށް ގުޅައި ގުޅައި ފޯނެއް ނުނަގައެވެ. މަޢުލޫމާތު ދިން ކުއްޖާ ބުނި ތަނަށް ދިޔައިރު އިޝަލް އަދި މިންހާވެސް ފެންނާކަށް ނެތެވެ. ފާރުގައި ލެގިލައިގެން ބިންމަތީ ޔޫސުފް ރޯން ހުއްޓެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ޝަހަރު 23ވަނަބައި

Next

އައިނާ (2) 15

Next
July 23, 2020

އައިނާ (2) 15

Previews
July 21, 2020

ޝަހަރު 23ވަނަބައި

38 Comments!

  1. Kiyara says:
    July 22, 2020 at 12:40 am

    Salam dear readers. Here is the 6th episode of Manzil. I know this episode is shorter than the all other episodes and i am really sorry for that. Leave a comment about this episode. Take care and stay safe everyone ♥️

  2. Unkwn says:
    July 22, 2020 at 5:29 am

    Thnkx …masha Allah

  3. Shuba... says:
    July 22, 2020 at 6:34 am

    Alhe maanee??? haadha dhera gothekey evee.
    Hama aslu rovijje.

  4. Airaa says:
    July 22, 2020 at 6:39 am

    Kolhah huhnaanee… binmatheee ihnaaneee….. hurun inun othun gaivaaidhu hadhaan kohlahchey dhooniii….. vaahaka hama vvvv salhi… keep going.. waiting for next part

  5. luciyaa says:
    July 22, 2020 at 8:39 am

    dnnnn noaaallhenn.. kiyaa kyhthikury ..maanee maraaly …alheyyyy

    when next ..salhi mi part vx

    1. Yaanaa says:
      July 22, 2020 at 8:57 am

      Yea this is so sad… i can’t stop my tears????? aaraash save vaane baa? He will be so broken? kiyaaa kyve ehen thi hedhy.. Aaraash and maany? next part ah varah inthizaaru kurevey

  6. Dgsgdg says:
    July 22, 2020 at 9:19 am

    Araash men emmenge parents maruveetha mihaaru..afraa men arshaadh men..& koba ziva..raastha 2 gaves ziva ge habareh nuvey

  7. girl says:
    July 22, 2020 at 9:23 am

    Sis…. Maanee maruvi thankolhu kiyunee ves varah undhagulun. Rovihjje. Raasta ge main character maruveema vaanee ves ehenthaa dho.???
    Ekam ves eii emenaves anaane vaguthennu dho… So pls tell minhaa kehtheri vaashey….?
    Tc… Lysm ???

  8. Aish says:
    July 22, 2020 at 10:44 am

    Whaaaaaaat Maaanyy ohh noo pls Aaraash salaamai kohdhehchey Kiyaa…. Ekam hama asluvx Maany????? l
    Hama rangalhah vx rovihjje alhe ekam keekey bunaany vx minnu ah kehtheri kan dhehvaashi aameen
    Tc dhen dear
    Stay h_om_e???????????????????????

  9. Anonymous says:
    July 22, 2020 at 11:35 am

    Minha nd ishal mee cousins thr…

    1. Kaira says:
      July 22, 2020 at 1:50 pm

      Yh u akah neyngeytha ekamakuvaa pis pis pis

  10. Faiherrr?? says:
    July 22, 2020 at 1:47 pm

    Vaahaka ah gena twist ehaa salhi eh noon maany maraa nuliyas like coma eh kahala thaakah ves levidhaane but raastha ge main character eh maraalyma kamaku nudhey ekimeehunge hiyaal thafaathu vaane thaa dhen we have to respect it dhw. Anyway story is awesome ?????????????????????????????????????????????????????????????????????????????????????????????

  11. Starlight vixx says:
    July 22, 2020 at 3:06 pm

    Varah reethi mi part ves curiously waiting for the next part ☺️☺️ take care

  12. Opinion says:
    July 22, 2020 at 10:39 pm

    I agree with u Faiherr

  13. Iyaadh says:
    July 25, 2020 at 10:08 am

    I didn’t read the 1st n 2nd season so, I don’t know what happened in those seasons.
    When 7th episode???

    1. ..... says:
      July 25, 2020 at 8:02 pm

      1 & 2 ves kiyaala eyrah vaanuvaa ingeyny vvvvvvvv reethi vaane???

  14. Blue? says:
    July 25, 2020 at 1:09 pm

    Heyy sisoo kobaathr vaaahaka???kn dhuhukun nw upload kuranyy

    1. girl says:
      July 25, 2020 at 11:35 pm

      Yeah, sis kobaa story… Aaraash ah vaane gothakaa medhu hama visnenee..
      Hope u will upload it soon.;-)
      Lysm❤

  15. Kiyara says:
    July 26, 2020 at 2:03 pm

    Salam readers. Alhugandu vaahaka liyany phnga. And alhugandu phnga mahssala eh jehigen ulheythy story lasvaa vaahaka dhahnna van. Mahssala halluvihaa avahakah kiyuntherinna hama ah genesdheynan In Sha Allah

  16. Aish says:
    July 26, 2020 at 2:48 pm

    Insha Allah vv avahah phone ranvalhuvaane… Waiting ngey dear
    Lysssmmm??❣️❣️❣️
    Mysssmmmmmmmm???
    Tc, stay home and safe

  17. Anonymous says:
    July 31, 2020 at 12:06 pm

    Kobaa

  18. Aish says:
    August 1, 2020 at 8:37 pm

    Kiyara loabi gandaa….. Alhe phn rangalhu nuvangna Ehen konmes ehchehga liyelaafa submit kohllan v nu???????

    1. Iyaadh says:
      August 2, 2020 at 1:59 pm

      Gud idea Aish
      U aa ehkolhah I ves

    2. girl says:
      August 7, 2020 at 11:20 pm

      Yeah sis, vaahakaige medhun stop nukurahchey… Pls… Notice eh kahala ehchakun viyas be in touch with us… Don’t dissapoint us.
      I have faith in u ❤❤❤
      Lysm ?

  19. Scarlet❤️ says:
    August 1, 2020 at 10:25 pm

    Just checked esfiya after a long time.. N saw ru stories.. Thiss is so nice.. Masha Allah v reethi.. Waiting for the next part..

  20. Iyaadh says:
    August 2, 2020 at 1:52 pm

    Adhi vs vaahaka eh nulibey dhw

  21. Aish says:
    August 5, 2020 at 8:51 pm

    Alheyyyyyy Adhivs phone rangalhu nuvany thaaa…. Sooooooo saaaaddddd????

  22. Anonymous says:
    August 5, 2020 at 10:51 pm

    Hay….. I am a new fane of you Kiyara….. My name is Amaany. But most people call me Maany..

  23. Anonymous says:
    August 5, 2020 at 10:56 pm

    I am so sade that Maany died… In this part.. ??

  24. Amaany says:
    August 6, 2020 at 10:39 am

    Waiting for the next part

  25. Ahusham says:
    August 6, 2020 at 1:34 pm

    Kiyaaraaaaaaa… Adhivs phone rangalhu nuvany tha? ???

  26. Kk says:
    August 7, 2020 at 10:24 pm

    Does this mean tht u hve stopped writting the story???…plx dear dont disapoint us….??

  27. girl says:
    August 7, 2020 at 11:11 pm

    Kiyaa phone adhivex rangalhu nuveytha??
    ?
    Story Kiyara hithun hama hureveneekee vex no….
    Avahah upkohla dheyne kamah varah bodah unmeedhu kuran..

  28. Aish says:
    August 8, 2020 at 12:52 pm

    Alhe kiyaa comments balan thr???

  29. Kiyaara says:
    August 8, 2020 at 9:12 pm

    Mihaa hisaabun mi vaahaka nimuny

  30. Aish says:
    August 8, 2020 at 9:17 pm

    Alhe kihaa dhera kameh kury season ah vx thi meehaa in kiyaa ge namuga hama thihen comment kohffa. Nuvaathaakah kiyara ge spelling vx nuba ey..???? Bala hurihaa kiyun therin nah vx ingey ney thee ehn myhehkan. Kiyara comment kurangnaa namuge va aiy faraathuga in naane sinmble eh. Pis pis pis nuvis ney meehun vx ulheny ??? boa halaaku Sahaadheh

    1. Liyam⚽ says:
      September 2, 2020 at 7:28 pm

      Ey Aisaa.. Mashah heevany Ey Aisaa hen..

  31. Amaany says:
    August 10, 2020 at 2:35 pm

    ??…..Hey

Comments are closed.

Next Episodeމަންޒިލް 7←


All Right Reserved!