މަންޒިލް 7
އެރިކް ދުވެފައި ގޮސް ރިސެޕްޝަނުން މަޢުލޫމާތު ހޯދިއެވެ. އޭނާ އަންނަމުން އިޝަލްއަށް ގުޅައި ގުޅައި ފޯނެއް ނުނަގައެވެ. މަޢުލޫމާތު ދިން ކުއްޖާ ބުނި ތަނަށް ދިޔައިރު އިޝަލް އަދި މިންހާވެސް ފެންނާކަށް ނެތެވެ. ފާރުގައި ލެގިލައިގެން ބިންމަތީ ޔޫސުފް ރޯން އިނެވެ.
އެރިކް ފޯނު ނަގައި އަނެއްކާވެސް އިޝަލްއަށް ގުޅައިލިއެވެ. ނަސީބަކުން ދެތިން ފަހަރު ރިންގްވާއިރަށް އިޝަލް ފޯނު ނެގިއެވެ.
އުނދަގޫ ގޮތަކަށް އެސްފިޔަ ތަޅުވާލައިފައި މިންހާ ލޯ ހުޅުވައިލިއެވެ. ބޮލަށް ބުރަވެފައި ހުރުމާއެކު ބޮލުގައި އަތްއަޅައިލިއެވެ. “މަންމަ” ހަނދާން އާވާން ފެށުމާއެކު މިންހާއަށް ބާރަށް ރޮއެގަނެވުނެވެ. އަތަށް ގުޅައިފައި އިން އައިވީ ނައްޓާލާފައި އެދުން ފައިބަން އުޅެނިކޮށް ބާރުގަދަ އަތަކުން އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. “ދޫކުރޭ ހެޔޮ ނުވާނެ. އަހަރެން މަންމަ ގާތަށް ދިޔަދީ” އެމީހެއްގެ އަތް ފޮޅާލަން މަސައްކަތް ކުރަމުން މިންހާ އާދޭސްކުރަން ފެށިއެވެ.
އެރިކް އިނީ ހަދާނެ ގޮތެއް ނޭންގިފައެވެ. މިންހާ ރޮމުން ކިޔަމުން ދިޔައީ ކީކޭ ކަމެއް އޭނާއަކަށް ނޭންގެއެވެ. މިންހާ ވަރުއަރުވާ ވަރުން އޭނާއަށް ހިފަހައްޓާލެވެނީ ކިރިޔާއެވެ.
“މިންހާ” މިންހާއަށް ރުއިން ހުއްޓާލެވުނީ އެރިކްގެ އަޑު އިވުމުންނެވެ. އިސްއުފުލައި ބަލާލިއިރު އޭނާ ގާތު އިނީ އެރިކްެވެ. މިންހާ ގާތު އެނދުގައި އެރިކް އިށީނެވެ. އަދި އޯގާތެރި ކަމާއެކު ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ.
އޯގާތެރިކަން އިޙްސާސް ކުރެވުމާއެކު އަނެއްކާވެސް މިންހާއަށް ރޮވެން ފެށުނެވެ. މިފަހަރު އެރިކްވެސް އޭނާ ހުއްޓުވާކަަށް ނޫޅެއެވެ.
ޔާޒް ހޮސްޕިޓަލަށް ދިޔައިރު ޔޫސުފް އިން ގޮތުން އޭނާގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ބޮޑުދައިތަގެ ކުއްލިވަކިވުމާއި އެކު އޭނާގެ ހިތަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ލޮލުން ކަރުނަ އައި ނަމަވެސް އަވަހަށް ކަރުނަ ފުހެލިއެވެ. ޔޫސުފް އަދި މިންހާއަށްޓަކައި އޭނާ ހިތްވަރު ކުރަން ޖެހޭނެއެވެ.
ޔާޒް ގޮސް ޔޫސުފް އަތު ހިފައި އިން ތަނުން ނެގިއެވެ. ޔޫސުފްއަށް ގޮވާލުމުން އަނގައިންނެއް ނުބުނެއެވެ. “މިންނު ކޮބާ؟” މިންހާ ފެންނަން ނެތުމުން ޔޫސުފް ގާތު ޔާޒް އެހިއެވެ. ޔޫސުފްގެ ބަދަލުގައި ޖަވާބު ދިނީ އަހާންއެވެ. އަހާން އާއި ޒާޔާގެ މޫނަށް ބަލައިލުމުންވެސް އެދެކުދިންވެސް ގަދައަށް ރޮއެފައި ތިބިކަން އެނގެއެވެ.
“އަހަރެން އެކަނި ކިހިނެއް؟ ބައްޕަ ގާތު ކިހިނެއް ބުނާނީ؟ ކިހިނެއް މިންނު ބަލާނީ؟ މަންމައާ ނުލައި އުޅޭނީ ކިހިނެއް؟” އިރުކޮޅަކު ހިމޭނުން އިނދެފައި ޔޫސުފް ސުވާލު ފައްޗެއް އޮއްސައިލިއެވެ. މަންމައާ ނުލައި އޭނާ ދިރިއުޅޭނެ ގޮތެއް ނޭންގެއެވެ. “ބްރަދާރ ޔޫއާރ ނޮޓް އެލޯން. އަހަރުމެން އެންމެން ވެސް މި ތިބީނު. ޔޫ ހޭވް ޓު ބީ ސްޓްރޯންގް މިންނުއަށްޓަކައި. މިއަދު ކޮއްކޮއަށް ޔޫސުފްގެ އެހީ ވަރަށް ބޭނުންވާނެ. ޝީ ނީޑްސް ޔޫ” ޔޫސުފްއަށް ވިސްނައިދޭން ޔާޒް މަސައްކަތް ކުރިއެވެ. ޔޫސުފް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެފައި ބޯ ޖަހައިލިއެވެ.
ގުޅައިފަައި އިން އައިވީ ފުޅި ހުސްވުމާއެކު މިންހާ ދޫކޮށްލިއެވެ. އިޝަލް އާއި އެރިކް މިންހާ ގޮވައިގެން އާރާޝް ބާއްވައިފައި އޮތް ފަންގިފިލާއަށް ދިޔައެވެ. ކޮޓަރިއަށް އާރާޝް ބަދަލުކޮށްފައި ވިއެއް ކަމަކު ހާލަ ގޯހެވެ. އަދިވެސް ހޭނާރައެވެ. މުޅި ހަށިގަނޑު އޮތީ ބެންޑޭޖްކޮށްފައެވެ. އާރާޝް އޮތް ކޮޓަރީގެ ބިއްލޫރި ގަނޑުން އޭނާ ފެނުމުން މިންހާއަށް ދެލޯ މަރައިލެވުނެވެ.
މުޅި ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ވަނީ ހުނަރުވެރި އަދި ކާމިޔާބު ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި އާރާޝް އަދި އޭނާގެ އަންހެނުން މާނީ ނުރައާކާތެރި ކާރު އެކްސިޑެންޓެއް ވެގެން އުޅޭ ޚަބަރެވެ. މާނީ ދުނިޔެ ދޫކޮށްފައިވާ އިރު އާރާޝްގެ ހާލު ސީރިއަސްކަމަށް ރިޕޯޓްކޮށްފައި އޮތެވެ. އެދެމީހުން ގެނައި ހޮސްޕިޓަލުގެ ބޭރުގައި ނޫސްވެރިން ކެމެރާތައް ހިފައިގެން ޖަމާވަމުން ދިޔައެވެ.
މާއިޒް އަދި އަހުސަމްއަށް އާދެވުނީ ނޫސްވެރިން އެންމެ ގިނަވި ވަގުތަށެވެ. އެމީހުންގެ މައިކުތަކާއި ކެމެރާތައް މާއިޒް އަދި އަހުސަމްއަށްވެސް އަމާޒުވިއެވެ. ދެމީހުން ކުރެ އެކަކުވެސް އެއަށް ސަމާލުކަން ނުދީ އެތެރެއަށް ވަދެގެން ދިޔައެވެ.
ހުދު ފޮތިގަނޑުން ފޮރުވައިފައި އޮތް ކޮއްކޮގެ ފުރާނަނެތް މަސްގަނޑު ފެނުމުން މާއިޒްގެ ހިތްފަޅައިގެން ދާވަރުވިއެވެ. ހިތްވަރުކޮށްގެން އިން ނަމަވެސް ހިތްވަރު އެލި ރޮވިއްޖެއެވެ. ގޮނޑިއަކަށް ތިރިވެވުނު ގޮތަށް އަޑުން އަޑު ނަގައި ރުއެވެ.
ޑޮކްޓަރު ނިކުމެ އާރާޝް ހޭއެރި ވާހަކަ އެންގިއެވެ. އާރާޝް ޔޫސުފް އަދި މިންހާއާ ބައްދަލު ކުރަން ބޭނުންވާކަންވެެސް ބުންޏެވެ.
މިންހާ އަދި ޔޫސުފް ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ. ބައްޕައަށް ފެންނައިރު ހިނިތުންވެގެން ތިބެން ދެކުދިންވެސް ބޭނުންވިއެވެ.
މިންހާ އަތުގައި ހިފައިގެން ޔޫސުފް އެތެރެއަށް ވަނެވެ. އާރާޝް އޮތީ މޫނު ވެސް ވަކި ނުވާވަރަށް ބެންޑޭޖްކޮށްފައެވެ.
އަތުގެ އިޝާރާތުން އޭނާ ގާތަށް އައުމަށް ދެކުދިންނަށް އާރާޝް އިޝާރަތް ކުރިއެވެ. އޭނާ ހިނިތުންވާން މަސައްކަތް ކުރާކަން މޫނަށް އަންނަ ބަދަލުން އެނގެއެވެ.
މިންހާ ގޮސް މަޑު މަޑުން އާރާޝް އަތުގައި ހިފައިލިއެވެ. ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ބައްޕަ ކުރި މަތީ ނުރޯން ކުރި ހުރިހާ މަސައްކަތެއް ފެނަށް ވެގެން ދިޔައެވެ. “ދަރިފުޅާ ނުރޮއެ. ހިތްވަރު ކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ. ޔޫސުފް ބައްޕަ ނެތް ދުނިޔެއެއްގަވެސް މަންމަ އާއި ކޮއްކޮ ރަނގަޅަށް ބަލާތި” އުނދަގުލުން ނަމަވެސް އާރާޝް އޭނާގެ ދެދަރިންނަށް ނަސޭހަތް ދޭން މަސައްކަތް ކުރިއެވެ. މަންމަ ބަލަން ބައްޕަ އެދުމުން ޔޫސުފްގެ ހިތް ކުދި ކުދި ވެގެން ދިޔައެވެ. މިންހާއަށް ވެސް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އާރާޝްއަށް ނުފެންނާނެހެން އޭނާގެ މޫނު އަނބުރައިލަައި ތުންފަތުގައި ދަތް އަޅާލީ އަޑުވީއްލާ ރޮވި ދާނެތީއެވެ. “ބައްޕަ ޕްލީޒް ތިހެން ނުބުނޭ. އިންޝާﷲ ބައްޕަ ރަނގަޅުވާނެ” ނެތް ހިތްވަރު ލައިގެން ޔޫސުފް ބުނެލިއެވެ. މަންމަ ފަދައިން ބައްޕަވެސް ވަކިވެގެން ގޮއްސި ނަމަ އޭނާވެސް މަރުވެދާނެއެވެ. މިހާރުވެސް އެހިތް ފަޅައިގެން ދާން އުޅޭހެން ހީވެއެވެ. އޭނާގެ އިތުރަށް ކޮއްކޮވެސް ހަލާކުވެގެން ދާނެއެވެ. އެކުއްޖާއަަށް އަދި އެ އުޅެނީ އަށާރަ އަހަރުވެސް ނުވެގެންނެވެ. މަންމަ އަދި ބައްޕަވެސް ވަކިވެގެން ގޮއްސިނަމަ ކޮއްކޮ މިންހާއަށް އެކަން ތަހަމައްލު ކުރުމަކީ އުނދަގޫ ކަމަކަށް ވެގެން ދާނެއެވެ.
“ޔޫސުފް. މިންހާ. ބައްޕަ ހަޔާތުގަވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ތިދެކުދިން. ވޯލްޑްކަޕް ތަށްޓާ ލިބުނުހާ ރަންބޫޓިތައް އެއް ކުރިއަސް ތިދެކުދިންނާ ބަލާފަ އެއްޗަކަށް ނުވާނެ. ދެކުދިންނާ މެދު ވެސް ބައްޕަ ވަރަށް ފަޚުރުވެރިވޭ. ބައްޕަ ނެތް ދުނިޔެއެއްގަވެސް ދެކުދިން ރަނގަޅަށް އުޅޭތި. ޔޫސުފް ކޮއްކޮ ރަނގަޅަށް ބަލައިދޭތި. މަންމަ ގާތު ބުނެދޭތި ބައްޕަ ވަރަށް ލޯބިވެޔޭ” ޔޫސުފް އަދި މިންހާގެ ހިތް ކުދި ކުދި ވަމުން ދިޔައެވެ. ހަޤީޤަތް އެނގުމުން އާރާޝްގެ މުޅި ދުނިޔެވެސް އަނދިރިވެގެން ދާނެއެވެ. އެވަގުތު ބައްޕައަށް ހަޤީޤަތް ބުނެދޭނެހާ ހިތްވަރެއް އެއް ކުއްޖެއް ގަޔަކުވެސް ނެތެވެ.
ކުއްލިއަކަށް މެޝިންތަކުގެ އަޑު ގަދަވާން ފެށިއެވެ. ނޭވާއިލާން އުނދަގޫވަގެން އަރަޝް ތެޅެން ފެށިއެވެ. އޭނާ އަތުތެރޭ އޮތް ޔޫސުފް އަދި މިންހާގެ އަތް މަޑު މަޑުން ދޫވާން ފެށިއެވެ. ލިބުނު ޝޮކުގައި ހަރަކާތެއްވެސް ކުރަން ނޭންގިފައި މިންހާ އަދި ޔޫސުފްއަށް ތިބެވުނެވެ. ނަރުހުން އަދި ޑޮކްޓަރު އައިސް އެމީހުންގެ މަސައްކަތް ކުރަން ޔޫސުފް އަދި މިންހާ ގާތު ނުކުންނަން އެދުމުންވެސް ހަރަކާތް ކުރަން ނޭންގިފައި ތިއްބެވެ.
މިންހާ އާއި ޔޫސުފްއަށް ހީވީ ދުނިޔޭގެ ހިނގުން ލަސްވެފައި ހުރިހެންނެވެ. މެޝިންތަކުގެ އަޑުއެކީ މަޑުވެގެން ދިޔައެވެ. “ޓައިމް އޮފް ޑެތް ފައިވް ފޯރޓީ” މިންހާ އަދި ޔޫސުފްގެ ކަންފަތަށް ހޮނު ގުގުރިއެއް ފަދައިން ޑޮކްޓަރުގެ އަޑު އިވިގެން ދިޔައެވެ.
“ނޫން” ވޭނީ އަޑަކުން މިންހާ ހަޅޭއްލަވައިގަތެވެ. ބައްޕައަށް ގޮވައިފައި އެތައް ފަހަރަކު ތެދުވަން އެދުނެވެ. ލިބުނު ޝޮކުގައި ހަރަކާތް ކުރަންވެސް ނޭންގިފައި ޔޫސުފް ހުއްޓެވެ. އޭނާގެ ދެލޯ ފުސްވެ ކަންފަތް ވަނީ ބެދިފައެވެ.
އިޝަލް އާއި ޔާޒް އެތެރެއަށް ވަން އިރު މިންހާ ރޮމުން އާރާޝް ގާތު ތެދުވަން އާދޭސް ކުރަމުން ދިޔައެވެ. ޔޫސުފް ހުރި ގޮތަށް ގުޑިވެސް ނުލާ އިނެވެ. ޔާޒް އަދި އިޝަލްގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ.
އިޝަލް ގަދަކަމުން މިންހާ އާރާޝްއާ ދުރުކުރިއެވެ. ރޮއެ ރޮއެ މުޅި ކުއްޖާގެ މޫނާއި ދެލޯ ވަނީ ދުޅަވެފައެވެ. އިޝަލް ބާރަށް މިންހާ ގައިގައި ހިފެހެއްޓުމުންވެސް ގަދަ ދައްކައިފައި އިޝަލް އަތުތެރެއިން ވީއްލިގެން ދާން މަސައްކަތް ކުރިއެވެ. އިޝަލް ގަދަކަމުން މިންހާ ގެނެސް އޭނާ މޭތެރޭގައި ފޮރުވާލިއެވެ. ކުޑަކުއްޖަކު މަސަލަސް ކުރާ ފަދައިން މިންހާ ބޮލުގައި ފިރުމަންފެށިއެވެ.
އާރާޝް ދުނިޔެއާ ވަކިވި ޚަބަރު ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައެވެ. މުޅި ފުޓުބޯޅަ އާއިލާ އަދި ކުޅިވަރުގެ އާއިލާވެސް އެކަމާ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ކިޔެވެ. އާރާޝް އަދި ޔޫސުފްގެ ސަޕޯޓަރުންވެސް ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ ފާޅުކުރަމުން ދިޔައެވެ. މުޅި ދިވެހި ރާއްޖެވެސް އޮތީ ހިތާމައިގެ ކަނޑެއްގެ ތެރޭގައެވެ.
އާރާޝް އާއި މާނީގެ ޖަނާޒާ ބޭވިގެން ދިޔައީ ލަންޑަންގައެވެ. ލަންޑަންގައި އުޅޭ ގިނަ އަދަދެއްގެ މުސްލިމުން ޖަނާޒާގައި ބައިވެރިވިއެވެ.
ޖަނާޒާގެ ކަންކަން ނިންމައިފައި ގެއަށް އައި ގޮތަށް މިންހާ ކޮޓަރިން ނުނިކުމެއެވެ. އެންމެ ސިކުންތުކޮޅަކަށްވެސް އެލޮލުން ކަރުނަ ނުހިކެއެވެ. މަންމަ އާއި ބައްޕަގެ ކުއްލިވަކިވުމާއި ގުޅިގެން މިންހާއަށް ފުންއަސަރު ތަކެއް ވަނީ ކޮށްފައެވެ.
އެނދުގެ ފަޑީގައި ލެގިލައިގެން މިންހާ އިނެވެ. މަންމަ މާނީގެ ޑައިރީ ހިފައިގެން އެކިޔަން އިން އިރު އޭނާގެ ކޯތާފަތް މައްޗަށް ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. ކޮޓަރީ ޓަކި ޖެހުމުން މިންހާ ކަރުނަތައް ފުހެފައި ޑައިރީ ލައްޕައިލައިފައި އެނދުމަތީ ބޭއްވިއެވެ. ކުރަކިވެފައިވި އަޑުން އެތެރެއަށް ވަންނާށޭ ބުނުމުން ޔޫސުފް ވަނެވެ.
ޔޫސުފް ލަސް ފިޔަވަޅުތަކެއްގައި އައިސް އެނދުގައި އިށީނެވެ. “މަންމަގެ ޑައިރީތަ؟” އެނދުމަތޯ ބާއްވާފައި އޮތް ފޮތަށް އިޝާރާތް ކުރަމުން ޔޫސުފް އަހައިލިއެވެ. ފެން ކަޅިވެފައި އިނދެ މިންހާ ބޯ ޖަހައިލިއެވެ. އޭނާގެ ތުންފަތް މަތީގައި ހިތްދަތި ހިނިތުންވުމެއް ވެސްވިއެވެ. “ކަމް ހިއާރ ލިލް ސިސް” ޔޫސުފް އޭނާ އަތުގެ ހިމާޔަތް ކޮއްކޮއަށް ދިނެވެ.
މިންހާ ކޮޓަރީ ދޮރި ހުޅުވައިފައި އިނުމުން މާއިޒްއަށް ޔޫސުފް އަދި މިންހާ ފެނުނެވެ. އެދެކުދިން ފެނުމުން އޭނަަށް މާޒީ ހަނދާން ވެގެން ދިޔައެވެ. “ކޮބާ މާއިޒް އެއްޗެއް ކައިފިންތަ؟ އެދެކުދިން އެއްޗެއް ކައިފިތަ؟” މާއިޒް ފަހަތުން އައި އަރްޝާދް އަހައިލިއެވެ. ދޮށީ ފިރިހެން ދަރިފުޅުގެ ވަކިވެ ދިޔުމުން އޭނާގެ ހިތަށް އަސަރު ކުރި ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. އޭނާ ހިތްވަރު ކުރި ނަމަވެސް އަފްރާއަށް އެހެންނެއް ނުވިއެވެ. ހިތާމަވެރި ޚަބަރު ލިބުމާއެކުހެން އަފްރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. ލަންޑަންއަށް އައި ފަހުން ވެސް ގިނަ ވަގުތު ހޭދަކުރަނީ ރުއިމުގައެވެ. “ނާޔާ ބުނީ އެކުދިންނަށް ކާން ގޮވަން އެހެންވެ މިއައީ. މިވަގުތު އެގޮތަށް ބޭތިއްބިއްޔާ ރަނގަޅުވާނީ” ޔޫސުފް އަދި މިންހާއަށް ގޮވަން އުޅެފައިވެސް މާއިޒްގެ ޚިޔާލު ބަދަލުވިއެވެ. އަރްޝާދްވެސް ބޯ ޖަހައިލައިފައި އެއްބަސްވިއެވެ.
ޔޫސުފް އާއި މިންހާ ރުއިމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. ދިމާވި ކުއްލި ހާދިސާއިން އަދިވެސް އަރައިނުގަނެވެއެވެ. ޔޫސުފް ހިތްވަރުކޮށްފައި ކޮއްކޮއަށް ހިތްވަރުދޭން އުޅުނު ނަމަވެސް އޭނާގެ ވެސް ހިތްވަރު އެލިގެން ދެއެވެ.
ޔޫސުފް އާއި ނަވާރް އެނބުރި ލިވަޕޫލަށް ދިޔައީ މިންހާ ގޮވައިގެންނެވެ. އޭނާ ލޯ ކުރިމަތިން އެންމެ ސިކުންތަކަށްވެސް ކޮއްކޮ ގެއްލޭކަށް ޔޫސުފްގެ ހިތެއް ނޭދެއެވެ. ތިން ހަފްތާ ވަރު ފަހުން މިންހާ ކޮންމެސް ވަރަކަށް ހަމައަކަށް އެޅުނު ނަމަވެސް އެއްކޮށް ރަނގަޅެއް ނުވެއެވެ. ވީހާވެސް ގިނަ ވަގުތު ލައިޝާ މިންހާ ގާތު ބެހެއްޓޭތޯ ނަވާރް ބަލައެވެ. މިންހާގެ މޫނު މަތި ކިރިޔާވެސް އުޖާލާވަނީ އެކުއްޖާއާއެކު ހޭދަކުރާ ވަގުތުގައެވެ.
މަންމަ އާއި ބައްޕަގެ ކުއްލި ވަކިވެ ދިއުމަށްފަހު ކުޅުން ހުއްޓާލަން ޔޫސުފް ބޭނުންވިއެވެ. އިތުރަށް ކުޅުން ކުރިއަށް ގެންދާކަށް އޭނާގެ ހިތާއި ސިކުނޑިވެސް ތައްޔާރެއް ނޫނެވެ. ބޮޑު ބޭބެ މާއިޒްއާ އެކަން ހިއްސާ ކުރުމުން ވަގުތުން ދެކޮޅު ހެދިއެވެ. “ޔޫސުފް އަދި ތިއީ ޒުވާން ކުޅުންތެރިއެއް. ކުރިއަށް އޮތް ދިހަ އަހަރުވެސް ކުޅުމުގެ ޤާބިލުކަން ހުރި ކުއްޖެއް ތިއީ. ތިހެން ވިސްނުން ތިއީ އަދި ރަނގަޅު ގޮތެއް ނޫން” މާއިޒް ބެލީ ޔޫސުފްއަށް ވިސްނައިދެވޭތޯއެވެ. އެންމެ ފުރަތަމަ ކުޅެން ފެށިއިރު އޭނާގެ ހާލަތު ހުރިގޮތް ޔޫސުފްއަށް ކިޔައިދިނެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކުމަށްފަހު ޔޫސުފް އެ ޚިޔާލު ދޫކޮށްލިއެވެ. އެހެނަސް އެއްމަސް ދުވަސް ކުޅުމާ ދުރުގަ ހުންނަން އޭނާ ބޭނުންވިއެވެ. އާއިލާއާ އެއްކޮށް ގިނަ ވަގުތު ހޭދަކުރަންށެވެ.
ލިވަޕޫލުންވެސް އޭނާ ބޭނުންވި ގޮތަށް އެއް މަސް ދުވަސް ކުޅުމާއި ދުރުގަ ހުންނަން ހުއްދަދިނެވެ. އުނދަގޫ ދަތި ވަގުތުގައި ލިވަޕޫލުގެ ކޯޗް ފިރިމިނޯ އާއި ކުޅުންތެރިންގެ ބޮޑު އެހީތެރިކަމެއް އޭނާއަށް ލިބުނެވެ.
ދިގު ދަތުރަކަށް ފަހު މާލެ އައިސް ގެއަށް ވަނުމުން ގޭތެރެއިން މަރުހަބާކީ ހަމަހިމޭން ކަމެވެ. ފޮށިތައް ހިފައިގެން ޔޫސުފް އެތެރެއަށް ވަނުމުން ނަވާރް އާއި މިންހާ ފަހަތުން ވަނެވެ. ދޮރުމައްޗަށް އަރައިފައި މިންހާ ހުއްޓުން އެރިއެވެ. ބަލާލި ކޮންމެ ދިމާއަކުން އޭނާއަށް މަންމަ އާއި ބައްޕަގެ ހަނދާންތައް އާވަމުން ދިޔައެވެ. ފިލްމެއްގެ ސިފައިގައި އޭނާގެ ލޯ ކުރިމަތީ ރޯލުވަމުން ދިޔައެވެ.
ނަވާރް ޔޫސުފްއަށް ބަލައިލައިފައި މިންހާ ގާތަށް ދިއުމަށް އިޝާރަތް ކުރިއެވެ. ލައިޝާއަށް ނިދިފައި އޮތުމުން ނަވާރް އެކުއްޖާ ގޮވައިގެން ވަނެވެ.
ޔޫސުފް އޭނާގެ އަތް ކޮއްކޮއަށް ދިއްކޮށްލިއެވެ. އެ އަތުގައި ހިފާށޭ ބުނާ ފަދައަކުން މިންހާއަށް ބަލައިލައިފައި ބޯ ޖަހައިލިއެވެ.
ތުރުތުރު އަޅަމުން ދިޔަ އަތުން މިންހާ ބޭބެ އަތުގައި ހިފިއެވެ. ގޭތެރެއަށް ވަނުމުން ހީވީ މަންމަ ގޮވާލިހެންނެވެ. ޔޫސުފް ކޮއްކޮ ގޮވައިގެން ގޮސް އުނދޯލީގައި އިށީނެވެ. މަންމަ އާއި ބައްޕަގެ ހަނދާންތަކުން އޭނާގެ ހިތަށްވެސް އުނދަގޫވަމުން ދިޔައެވެ. “މިންނު. ބީ ސްޓްރޯންގް. ވީ ހޭވް ޓު ބީ. މަންމަ އައި ބައްޕައަށް ޓަކައިވެސް” ކޮއްކޮގެ ނިތުގައި ބޮސް ދީފައި ހިތްވަރު ދިނެވެ.
އިޝަލް އާއި އެރިކް ތިބީ އެރިކްގެ އެޕާޓްމެންޓްގައެވެ. “ހައު އިޒް ޝީ؟” އަހަން ނާހަން ހުރެފަައި އެރިކް އެންމެ ފަހުން މިންހާގެ ހާލު އިޝަލް ގާތު އެހިއެވެ. މިންހާ ލިވަޕޫލަށް ދިޔުމުގެ ކުރިން އޭނާއަށް ފެނުނީ އާރާޝާ އާއި މާނީގެ ޖަނާޒާ އޮތް ދުވަހުއެވެ. “އޯކޭ ދެން. މިހާރު މާލެ ގޮއްސި ޔޫސުފްބެއާ އެއްކޮށް. ދެމީހުންވެސް އަސްލު އަދިވެސް އެއްކޮށް ހަމައަކަށް ނޭޅޭ. އެދެމީހުން އެކަންނެއް ނޫން. މަންމަވެސް މާއިޒް ދޮންބެވެސް މާމަ ކާފަ އެންމެންވެސް އަދިވެސް ސަކަރާތް. ދެން އަސްލު ދުވަހަކުވެސް މިކަމުން ހީލްއެއް ނުވާނެ އެއްކޮށެއް” ބޮޑުބޭބެ އަދި ބޮޑުދައިތަގެ ވަކިވުމުން މުޅި އާއިލާއަަށް ވަނީ އަސަރުކޮށްފައެވެ. ކިތަންމެ ދުވަހެއްވީ ނަމަހީވެސް އެކަމުން އަރައިނުގަނެވޭނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.






Salam readers. First of all I want to apologise for taking sooo long to upload a new episode. Kury episode ge comment thakah reply nukurevunyma ves varah bodah sry. InShaAllah next part vyhaaves avahakah genes dheveytho try kuraanan. Stay Safe and Take care
Yeeeeeeesssssss me first thr. Kiyaaaafa comment eh kohllaanan ingey
Alheyyyyy Aaraash ves maru V thr. Inna li Allah vainna Ilaihi Raajioon. Hama rangalhah vx rovihjje.
Ekam E ee hama konmme kuhjjakah vx konmme meehakah vx kuri mathi laan jehey dhuvaheh dhw. Minnu ashaa Yoosuf ah jeheyny kehtheri kamaai eku Maany aa Maaiz kadahthu kuri undhagoo dhigu Raasthaa kadahthu kohffa kaamiyaaby ge Manzil ah vaasil vaan dhw.
N how are u. After a looooong time anehkkaa vs dhimaa mi vy dhw?
Tc be safe Stay home
Mee hama kuryge Aish ingey name kudakoh change kohllaafa inyma olhidhaane
Alheyy dhuniye alhaa dhaan beynun vany Mihaaru. Ekam hama Aish bunihen maraky kairyga Vaaehcheh vx noon dhuruga Vaa ehcheh vx noon. Nasybeh nu Aaraash ah Maany maruvikan neyngenys Aaraash ?maruvikan. Mihaaru edhemyhun age kihaa Vareh vaane
Minnu aa Yoosuf kairy buney hiyvaru kuraashey. Manma aa Bahppa faharu veri vaafadha dhekudhin nah Vaashey. Mom aa uncle ge story ah visnaigen mulhi gaumu fakhuru verivaa fadha dhekudhin nah Vaashey. Ekam hama hitheh nubuney E meehun maruviyekey. Hiy bunany E eee huvafenekey.
Ekam dhen neynge thaa dhw kuriah oiy thaa minnu kohllan ulhey kameh. Maany gothah sports ennerlist akah kan neynge vaany dhw. Miulhey Aish ey Ranaa men ge sports ennerlist. Mibuny reyga matchakah commentary dhiney Ahusham aa dhemeehun. Aslu Aish Raasthaa vaahakaige vaahaka Ranaa men kairy nubuninama miadhu neyngeyne mi vaahaka kiyaakah. Thank u Aisaa
Lymm mysssmm ??be safe darl
Oh yes publish vehjje. Meethi publish nuvaa kamah hithaey kuru comment eh kohlly ??
Eheh heh. Koba thr reyga matchahfahu ehcheh bunevx nulevey dhw vakivaan jehuny. WiFi kenduny ey. Koba thr thakurufaanaa Aash brw. You’re welcome. Hehe Aslu Varah beynun veyey Aish aa ehkkoh mi vaahaka kiyaane kudhin. Football v ma group hadhaalaafa kiyan kihaa habeys vaane.?
Alheyy Maany vx Aaraash vx maruvee thr. Alhe kiyaa mee huvafenakah hadhaaladhee
Hama v reethi mi bai vs. N hama v happy vehjje hurun inun rangalhu kohlleema?
Be safe darl
Haadha ireh nagaey comment kuran vx dhw. Dhenme kurin dhw publish nu v dhw. Yes Aish vx Vvvvv ufaavi kiya hurun inun othun ethan than kolhu rangalhu kohllyma. Dhw huvafenakah vaan beynun vany. Hithah mi arany Maany aa Aaraash nulaa kihinehbaa ey mi vaahaka kiyaany
I missed u Vvvvvv much ingey kiya
??❤️❣️Lysssmmmm
Aan ekey eythi publish nuvaa kamashey mi comment mi kury. Asluvx ey Varah kiyaalaa hithun mi part mi kiyaaly innun thah rangalhu kohllaafa huryma. Aan ey Aaa ey huvafenakah Vaashey. Asluvx nukiyeyne kan neynge. Ekam E dhemeehun ge handhaanuga vx kiyaanan
Asluvx Maany aa Aaraash ah takaa vx kiyaanan mulhi Raasthaa. Sanfa vx mikiyan Fashaigen E ulheny ma aadheys kuraa varun ?
Koba dandahelu
Koahchekey keekey Aaraash maru V ey. Maany ves Santheeeeeeee theana vs ruin dhw Aiminabee vx eba ulhen dhw. Alhe aharun firehenakas hama rangalhah vx rovihjje. Adhi enmme bodah hudhufothi alhaafa oiy kohkko ge mas gandu Maaiz ah feneyey ethan kolhu kiyaafa V rovunu
Dhen bunaany kykey kameh vx neynge. Minhaa ashaa Yoosuf ah kehtheri kan dhehvaashi
Stay safe
Asthagh firu Allah. Santhi aa Aiminabee comment thakuga raskan kurany thr.
Ey Aslu vx kiyara mulhi hiy kudhi kudhi vehjje. Adhi Aaraash Yoosuf kairy bungnehnu manma kairy bunaashey V loabi veyey. Ethan kolhu kiyaafa maa bodah rovunu
Dhen bunaane ehcheh vx neynge
Stay home and stay safe Mihen buneveyny dhen
Aan ekey Maany gaathu V loabi veyey bunaashey buni vaguthu hama rangalhah vx rovunu. Ekam Erik ah minnu nudhehchey kiya. Ishal ah minnu dheyny ingey
Omg thigena twist ehaa ehnuun but story Hama superb aslu coma akah lynama slahi viis
Alheyy…kiyaa araaash menah ehn nehedhi nama…??… but aish i like Erik and minnu??..minnu bodah like vany vx Eric dheke ehnu plus edhemyhunge scene thah huryy maa ginain genesdhyfa kuryge prts thakuga vx dhn Ishal aa gulhuvyma kada vaaane and minnu ishal dhekenyvx brw ehgothahnu…but eki kudhin ge opinion
Thafaathu vaanehnu dhw??
No but I want ishal and Minhaa pls kiyaa
Yes Blue dear. dear beynun Vaa goi E eee. Aish beynun Vaa goi miee. Its OK Aish akah vx mahssala eh nei Erik aa minnu aa gulhuviyas.N hama mulhin ehn kuhjjakaa vx Gulhi dhaane dhw. Hurihaa molheh nuvaanu. Hama Erik aky vx goas kuhjjeh noon. Main bafain nei dhuniye eh ga hama Erik kahala rangalhu kuhjjakaa minnu gulhengnaa Aish vx varah happy vaane?N hama Erik vx Ishal vx Ehen kuhjjeh dheke loabi vedhaane. Take a example. Yaaz. Dhw. Nawaa vaahaka dhehkky. Ekam loabi V Airaa dheke. ?
varah reethi mi part ves curiously waiting for the next part
Mi jaa n Erick gulhuv ma Vv salhi vaane❣️
?Who is Mi jaa
Aish ur so sweeet??…yrhh yaaz vx dhw emme furathama nawaa…dhn neyngeyne vaane gotheh vx??
Ahaha thnk U darl. Hingaa ba thiben minnu foaranee kaakah tho balan. ???
?Kiyaa vaahaka eh bunelan thr
Kiyaa comments thakah reply kuraa iru v friendly koh reply dhehchey. Eyrah bodah kiyaahiy vx vaane. Ingey darl. Pls don’t mind.
Alheyyyyyyyyyyy hama aslah vx rovijje. Btw vhk hama vrh vrh vrh vrh vrh vrh vrh vrh vrh reethi. Masha Allah.
Luv ya. Tc sis❤️
When next part
Alheyyyy Hama Aslah ves rovijj?????
Btw mi part Varah Varah Varah Varah reethi ❤️ ma sha Allah ??❤️ curiously waiting waiting for the next part ?❤️?❤️?❤️✌️
Koba nxt part kon irakun thr kiya
Kon irakah thr nxt part
Varah hadi