މަންޒިލް 11
ޕްރެކްޓިސްއަށް ދިއުމުގެ ކުރިން ފޭސްބުކް ހުޅުވާކި ތަނުން ފެނުނު ޚަބަރަކުން އިޝަލްގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނީ އަންނަމުން ދިޔަ ރުޅި މައިތިރި ކުރަންށެވެ. ފޯނު އެނދު މައްޗަށް އެއްލައިލައިފައި ބާރު ބާރަށް ކޮޓަރިން ނިކުތެވެ.
އަކްމަލް އަދި އިޝްމާއަށް ހައިރާންކަން ލިބުނީ ރުޅި އައިސް ރަތްވެފައި ހުރި އިޝަލް ފެނިފައެވެ. އިޝަލްގެ ދެލޯ ރަތްވެފައި ހުރިއިރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އިޝަލް ނުބުނި ކަމުގައި ވިއަސް ވެގެން އުޅޭ ގޮތް އަކްމަލްއަށް އެނގުނެވެ. އަކްމަލް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް ނުބުނެވުނީ އިޝަލްގެ ރުޅި ވެރި ބަސްތައް އޭނާއަށް އަމާޒު ވުމުންނެވެ. “ސީރިއަސްލީ ބައްޕާ؟ މީތަ މަށަށް ހަދަން އިނގުނު ގޮތަކީ؟ ހިއެއް ނުކުރަން އަމިއްލަ ބައްޕަ އަހަރެންގެ ކެރިއަރު ހަލާކު ކުރަން މަސައްކަތް ކޮށްފާނެ ކަމަކަށް. މި ސީޒަން ފެށޭއިރު އެނބުރި ކުޅެން އަރަން ޑޮކްޓަރު ވެސް އޯކޭ ދީފަ އިނީ. ޕްރެކްޓިސްގަ ވެސް ނުލާހިކު ރަނގަޅަށް މަސައްކަތް ކުރަން. ދެން ކީއްވެ އާ ކީޕަރެއް ތި ގެނައީ އެ ވެސް ބޮޑު އަގުދީފަ އާރޗީ. އެ ޑީލް ނިންމާލިއިރު އަހަންނަށް އަންގާލުން ވެސް މުހިއްމެއް ނުވި ދޯ. އެންމެންނަށް ވެސް އެނގޭ ބޮޑުއަގުގަ އާރޗީ ގެނައްސަ އޭނާ ބެންޗުގަ ނުބައިންދާނެކަން. މަށަށް ފުރަތަމަ އެގާރަ ކީއްކުރަން ބެންޗުން ޖާގަ ލިބޭނެކަމުގެ ޔަޤީންކަމެއް ވެސް ނެތް ތެދަށް ބުނަންޏާ. ވައި ޑޭޑް ވައި ވުޑް ޔޫ ޑޫ ދިސް ޓު މީ؟ ޔޫ ނޯ ވަޓް؟ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތް. ރީތިކޮށް ބުނި ނަމަ ދޯ ހުއްޓާލާށޭ ކުޅެން. އެންމެ ފުރަތަމަ ކަމަކަށް ކުޅެން ފޮނުވީ ވެސް ކީއްކުރަން؟ މިހެން ހަދަން ދޯ؟ ނޫނީ އަހަރެން ބައްޕައަށް ވުރެ މޮޅު ވެދާނެތީ ތަ ތިއުޅެނީ؟ އާރ ޔޫ ޖެލަސް އޮފް ޔުއާރ އޮވްން ސަން؟” އިޝަލް އައި ރުޅީގައި ހިތަށް އައި އެއްޗެއް ގޮވަމުން ދިޔައެވެ. ރުޅިގަދަ ވެފައި ހުރިވަރުން ކިޔެނީ ކީކޭކަން ވެސް ނޭންގެއެވެ. “އިޝަލް ހުއްޓާލާ. ތީތަ ބައްޕައާ ވާހަކަ ދައްކަން ޖެހޭ ގޮތަކީ؟” ބައްޕަ އެއްޗެކޭ ނުބުނި ނަމަވެސް އިޝަލް ބޭނުންހާ އެއްޗެއް ބައްޕައާ ދިމާއަށް ކިޔަދޭކަށް އަލައިކާ އަކަށް ނުހުރެވުނެވެ. “ޔެޕް ދި ޕާރފެކްޓް ޑޯޓާރ ޑެޑީސް ލިޓްލް ގާލް. ޑެޑީއާ ދިމާއަށް އެއްޗިހި ކިޔާ އަޑު އަހާނީ ކިހިނެއްދޯ؟ ޑެޑީއަށް ވެސް ޕްރިންސެސްއާ ދިމާއަށް މީހަކު އެއްޗެކޭ ބުނިޔަކަ ނުދޭ ވިއްޔާ. އަބަދުވެސް ޕްރިންސެސްގެ ދިފާއުގަ ވިއްޔާ. އެނޫން ދަރިއެއް ހުންނަކަން ވެސް ހަނދާން ނުހުރޭ ވިއްޔާ. ޔޫ ލަވް އަލްޔަސް މޯރ ދޭން މީ ޖަސްޓް ބިކޯޒް ހީ އިޒް ޔުއާރ ލިޓްލް ގާރލްސް ހަސްބަންޑް. އެހެންވެ ދޯ އަލްޔަސް ކެރިއަރުގަ ކުރިއަށް ދަން މަގު ދައްކައިދީފަ މަގޭ ކެރިއަރު ހަލާކު ކުރާނީ. އައި ކާންޓް ސްޓޭންޑް އިން ހިއާރ ފޮރ އަނަދާރ ސެކަންޑް އައި އޭމް އައުޓް” އިޝަލް އިތުރަށް މަޑު ކުރަން ނުހަދައި ބާރު ބާރަށް ގޮސް ގެއިން ނުކުތެވެ. އަލައިކާ ރުޅި ގަދަ ވެގެން އިޝަލް ފަހަތުން ދާން އުޅުމުން ހުއްޓުވީ އަކްމަލްއެވެ. “އަލްކޮ ނޫން. މިއަދު ކޮއްކޮ ރުޅި އައުން ހައްޤު” ކުށްވެރި އެއް ފަދައިން އަކްމަލްއަށް އިސްޖަހައިލެވުނެވެ. އޭނާއަަށް ގޯހެއް ހެދިއްޖެކަން ވިސްނުނު އިރު މާ ލަސްވީއެވެ.
“ކިހިނެއްވީ؟” ސިޓިން ރޫމް ތެރޭ އަޑުގަދަ ވެގެން އައި އިޝްމާއަށް މޮޅިވެފައި ތިބި އަކްމަލް އަދި އަލައިކާ ފެނުމުން އަހައިލެވުނެވެ. ވެގެން އުޅޭ ގޮތް ބުނެދޭން އަލައިކާ ފެށުމުން އަކްމަލް އަލައިކާ ހުއްޓުވިއެވެ. ބައްޕަ މަންމައާ އެކަނި ވާހަކަ ދައްކަން ފުރުސަތު ދީފައި އަލައިކާ ދިޔައި އޭނާގެ ކޮޓަރިއަށެވެ. އިޝަލް އޭނާ އަދި އަލްޔަސްއަށް އަމާޒުކޮށް ބުނި ބަސްތަކުން އަލައިކާ ހުރީ ހިތުގައި ޖެހިފައެވެ. ކޮއްކޮ އެފަދަ ގޮތަކަށް އޭނާ އަދި އަޔަސްއާ މެދު ދެކޭކަމެއް އޭނާއަކަށް ނޭންގެއެވެ. ކޮޓަރިއަށް ވަދެވުމާއެކު ހެން އޭނާއަށް ރޮވެން ފެށުނެވެ.
ކަންނެއް ގޮތަކަށް ދެފައި ކާއްތަމުން އަހާން ޔުނިވާރސިޓީ ތެރެއަށް ވަދެގެން ދިޔައެވެ. އަހާން ބޫޓު ކާއްތާ އަޑު މުޅި ހިސާބަށް އަޑު އިވެމުން ދިޔައެވެ. ޒާޔާ ކަންފަތަށް އުނދަގޫ ވެގެން ކޮނޑުގައި އަޅުވައިފައި އިން ދަބަހުން އަހާން އަތުގައި ޖެހިއެވެ. “އައުޗް ޒާޔާ. ތަދުވެއްޖޭ. ބޮޑު ގާބުރިއަކުން ޖަހައި އަތް ބިންދާލަންތަ ތި އުޅެނީ؟” ދަބަހުން ޖެހުނު ތަނުގައި އަތުން އަހާން ފިރުމަން ފެށިއެވެ. ހަޤީގަތުގައި ވެސް އޭނާ އަތަށް ވަރަށް ތަދުވެއްޖެއެވެ. “އަހާން ތިއުޅެނީ އަހަރެން ބީރު ކުރާކަންތަ ތި ބޫޓު ކާތައިގެން؟ ތި ރީއްޗަށް ހިނގާބަ ދޯ. ހީވަނީ މޮޔައެއް ހެން” ހަމައެކަނި އަހާންއަށް އަޑު އިވޭވަރަށް ވައި އަޑުން ޒާޔާ ބުނެލިއެވެ. އަހާން އަނގައިން ފޫހި އަޑެއް ނެރެލިއެވެ. ޒާޔާ ހުއްޓާ ނުލައި ކުދި ކިޔާވަރުން އަހާން ހަށިގަނޑު ސީދާ ކޮށްލިއެވެ. އެވަގުތު އޭނަ ލޮލުގައި އެރިކް ގެއިން ފެނުނު އަންހެން ކުއްޖާ އަޅައިގަތެވެ.
އަހާންގެ ފަރާތުން ޖަވާބެއް ނުލިބިގެން ބަލައިލިއިރު އަހާން ހުރީ އެއް ދިމާއަކަށް ގެއްލިފައެވެ. އަހާންގެ މޫނު މަތިން ހުވަފެނީ ގޮތެއް ފެންނަން ހުއްޓެވެ. އަހާން ބަލަން ހުރި ދިމާއަަށް ބަލާލި ޒާޔާއަށް އަންހެން ކުއްޖާ ފެނުނެވެ.
ދާން ޖެހޭ ކުލާސް ހޯދަމުން ދަނިކޮށް އެރިކް ހޯދަން އައި ޒުވާނާ ފެނުނެވެ. އެ ދުވަހަކޭ އެއްފަދައިން މިއަދު ވެސް އެ ޒުވާނާ ކަޅި ޖަހައިލުމެއް ވެސް ނެތި އެ ހެރީ އޭނައަށް ބަލަންށެވެ. ތުންފަތުގައި ދަތް އަޅައިލަމުން މިއާއަށް އިސްޖަހައިލެވުނެވެ. އޭނާ ބޭނުންވީ އެ ޒުވާނާގެ ނަޒަރުން ސަލާމަތްވެ އޭނާއާ ދުރަށް ދާށެވެ. ނަމަވެސް ދާންވީ ވަކި ކޮންތާކަކަށް ކަމެއް މިއާއަކަށް ނޭންގުނެވެ.
“އައްދޯއި ހުވާ މި ބުނީ ޒާޔާ. މަ މުޅިން ޒަޚަމް ކުރާނަމޭ ހިތަށް އަރައިގެން ތަ ތިއުޅެނީ؟” އަހާންގެ ސަމާލުކަމް ހޯދަން ޒާޔާ އޭނާ އަތުގައި ވިކައިގަތީއެވެ. އަތުން ނެގި ދިލައިން އަހާންއަށް ކެތްވީ ކިރާޔެއެވެ. “ވާހަކަ ދައްކާ ދައްކާ އަޑު ނާހައިގެން ވިކީ. ތަނަކުން ރީތި ކުއްޖެއް ފެންނައިރަށް ބޯމަތީ ކޮކާ އެނބުރޭ ވިއްޔާ” “އެއީ އެރިކްގެ ގާލް ފްރެންޑްއޭ” ޒާޔާ ދެލޯ ބޮޑުކޮށްފައި އެނބުރި އެކުއްޖާއަށް ބަލައިލިއެވެ. އޭރު ވެސް ކުރިން އިން ތަނު އެ ކުއްޖާ އިނެވެ.
އެންމެންނަށް ވުރެ ކުރިން އިޝަލް ޕްރެކްޓިސްއަށް ދިޔައެވެ. ރުލި މައިތިރި ކުރަން އޭނާ ގޮސް ޖިމަށް ވަދެ ކަސްރަތު ކުރަން ފެށިއެވެ. ކަސްރަތު ކުރި ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ބައްޕައާ މެދު އެތައް ޝަކުވާއެއް ހިތުގައި އުފެދުނެވެ. އޭނާއަށް އިތުބަރުކޮށް ކުޅެން އެރުވުމުގެ ބަދަލުގައި މި ވަގުތު ފޯމު ގައި ހުރި ތަޖުރިބާ ކާރު ކީޕަރު އާރޗީ ގެނައީއެވެ. އާރޗީއަކީ ބަޔާން މިޔުނިކް އަދި ޖަރުމަންގެ އެއް ނަންބަރު ކީޕަރެވެ. ޓީމުގައި އާރޗީ ހުރިހާ ހިނދަކު ފުރަތަމަ އެގާރައަށް އޭނަ އެރުމަކީ ނުވާނެ ކަމެކެވެ. ވިސްނި ވިސްނިހެން އިޝަލްގެ ބޮލަށް ބުރަވާން ފެށިއެވެ. ހަށިގަނޑު ތެރޭ ހިނގަމުން ދިޔަ ހައިޖާނު ގަނޑު މައިތިރި ނުވެގެން ލެވުނުހާ ބާރަކަށް އިޝަލް ހަޅޭއްލަވައިގަތެވެ. ދެތިން ފަހަރަކު ހަޅޭއްލަވައި ގަތުމުން ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
“ހާއި މީ ޒާޔާ އިނގޭ” ޒާޔާ ގޮސް ވަރަށް އެކުވެރިކަމާއެކު މިއާއާ ސަލާން ކޮށްލިއެވެ. މިއާއަކީ ވެސް މީހުންނާ ގުޅޭ މިޒާޖެއްގެ ކުއްޖެއް ކަމުން ޒާޔާއާ ސަލާން ކޮށްލައިފައި ތަޢާރަފު ވެލިއެވެ. “އެރިކް ގާލްފްރެންޑް ދޯ ތިއީ؟” އަހާން މަނާކޮށްފައި އޮއްވައި ވެސް ޒާޔާ އެ ސުވާލު ކުރިއެވެ. އެއީ އެރިކް ރަށްޓެހިވެގެން އުޅޭ ކުއްޖާތޯ ޔަގީން ނުވަނީސް އޭނާގެ ހިތަށާ ހަމަޖެހުމެއް ނުލިބޭނެއެވެ. ޒާޔާގެ ސުވާލުން މިއާގެ ހިނގަޑު ފަޅައިގެން ދިޔައެވެ. ހީހީ ގޮސް ބަނޑަށް ތަދުވިއިރު ވެސް ހުއްޓާލާކަށް ނޭންގުނެވެ.
“ކާކު ބުނީ އަހަންނަކީ އެރިކްގެ ގާލްފްރެންޑޭ؟” ނަފްސު ހަމައަކަށް އަޅުވައިލަމުން ޒާޔާ ގާތު މިއާ އެހިއެވެ. “އަހާން އެ ކުއްޖާ” ދުރުގައި މަޑުކޮށްގެން ހުރި އަހާން ދައްކައިފައި ޒާޔާ ބުންޏެވެ. މިއާ ދެފަރާތަށް ބޯ ހޫރާލައިފައި އަނެއްކާ ވެސް ހުނެވެ. ލަސް ހިނގުމެއް ގައި ގިސް މިއާ މަޑުކޮށްލީ އަހާން ކުރިމަތީގައެވެ. މިއާ އިސްވެ އައުމުން އަހާން ބަލައިލީ ޒާޔާއާ ދިމާއަށެވެ. ވަނީ ކީއްކަން ނޭންގޭތީވެ ޒާޔާ ދެކޮނޑު އަރުވައިލިއެވެ. “އަހާން ދޯ؟ މަށަކީ މިއާ. މިއާ ޙައްދިދް. އެރިކް ޙައްދިދްގެ އެއްބަނޑު އެއްބަފާ ކޮއްކޮ” މިއާ އޭނާއަކީ އެރިކްގެ ކާކު ކަން އަހާން އަދި ޒާޔާއަށް ބުނެދިނެވެ.
ޒާޔާ ބޭނުންވީ ވަގުތުން ވަގުތަށް މިންހާއަށް ގުޅައިފައި އެ ޚަބަރު ދޭށެވެ. އެބަ އަންނަން ކަމަށް ބުނެފައި އޭނާ ދުރަށް ޖެހިލައިފައި މިންހާއަށް ގުޅައިލިއެެވެ. ނަމަވެސް އެވަގުތު މިންހާގެ ފޯނު ބިޒީއެވެ. ކުލާސް ގަޑި ޖެހެން ކައިރި ވެފައި ވުމާއެކު އިތުރަށް ގުޅަން ނަހަދާ ޒާޔާ ބެލީ އަވަހަށް ކުލާހަށް ދެވޭތޯއެވެ.
ބައްޕަ އާއި ދޮންތައާ މެދު އޭނާއަަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނައިދިނީ މިންހާއެވެ. ހިތުގައިވި އުދާސްތަކާއި ޝަކުވާތައް އޭނާ ޙިއްސާ ކުރީ މިންހާއާއެވެ. އެ ހުރިހާ ކަމެއް މިންހާއާ ޙިއްސާ ކުރެވެމުން ނަފްސަަށް ހަމަޖެހުން ލިބި ހިތަށް ލުއިިބިގެން ދިޔައެވެ.
އިޝަލް އެދުވަހުގެ ޓްރެއިނިންގައި ބައިވެރިއެއް ނުވެއެވެ. ބައްޕައާ ކުރިމަތި ލާނެހާ ހިތްވަރު ނުލިބުނީއެވެ. ގެއަށް ގޮސް ފެންވަރައިގެން މަންމަ އާއި ދޮންތަައަށް ފެނުމުގެ ކުރިން ދަބަހަކަށް އެއެެްޗިހި އަޅައިގެން ގެއިން ނުކުތެވެ. ކުޑަ ދުވަސްކޮޅަކަށް އޭނާ ބޭނުންވީ ގޭގެ އެ މާހައުލުން ދުރަށް ދާށެވެ.
އިޝަލްއާ މެދު މިންހާ ކަންބޮޑުވިއެވެ. އޭނާއާ ވާހަކަ ދެއްކިއިރު އެއަޑުގައިވީ ހިތާމަ އާއި ހިތްދަތިކަމެވެ. ފިރިހެން ކުއްޖަކަށް ވިއަސް ދެންމެ ދެންމެ ރޮއެ ފާނެހެން މިންހާއަށް ހީވިއެވެ. އޭނާ އިޝަލްއަށް ޓަކައި ދުޢާ ކުރިއެވެ. އިޝަލްއަށް ދެރަގޮތެއް މެދުވެރި ނުވުމަށެވެ.
ޕްރެކްޓިސް ނިންމައިފައި ގެއަށް އައި އިރު އެޕާޓްމެންޓް ދޮރުމަތީ ދަބަހެއް ހިފައިގެން އިން އިޝަލް ފެނި އެރިކްއަށް ކުއްލި ހައިރާނަކަމެއް ލިބުނެވެ. “ޑޫޑް އޯކޭތަ މަ ދުވަސް ކޮޅަކަށް މިގޭގަ މަޑުކޮށް ލިއަސް؟” އެރިކް ސުވާލެއް ކުރުމުގެ ކުރިން އިޝަލް އަހައިލިއެވެ.
އިޝަލް ކުއްލިއަކަށް އައުމުން ކިތަންމެ ގިނަ ސުވާލެެއް ހިތުގައި އުފެދެމުން ދިޔަ ނަމަވެސް އެއްވެސް ސުވާލެއް ކުރުމެއް ނެތި އެރިކް އިޝަލްއަަށް މަރުހަބާ ކިޔެވެ. އެކުވެރިޔާ އޭނާގެ އެހީއަށް އެދޭނި ކޮންމެވެެސް ބޮޑު ކަމެއް ވެގެންނެވެ.
ޒާޔާ އާއި މިއާ އެކުވެރިންނަށް ވާން މާ ގިނަ ވަގުތެއް ނުނެގިއެވެ. ހީވަނީ އެންމެ ގާތް ދެ ރަޙުމަތްތެރިން ހެންނެވެ. ދެ ކުދިން ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައިރު އަހާން ހުރީ އެކަނި ވެފައެވެ. މިއާ ވާހަކަ ދައްކަން އޭނާ ޖެހިލުންވިއެވެ. މިއާ އިނުމުން ޒާޔާއާ ވެސް ވާހަކަ ދައްކާކަށް އަހާންއަކަށް ނުކެރުނެވެ.
އިޝްމާ ބައިވަރު ފަހަރު އިޝަލްއަށް ގުޅިއެވެ. އެންމެ ފަހަރަކު ވެސް ފޯނަށް ޖަވާބެއް ނުދެއެވެ. ދަރިފުޅާ މެދު އިޝްމާ ކަންބޮޑުވިއެވެ. ހަދާނެ ގޮތެއް ނޭންގިފައި އިޝްމާއަށް އިނދެވުނެވެ. ދަރިފުޅުގެ ޚަބަރެއް ބަލަން ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.
ފޯނު ސައިލެންޓުގައި އޮތުމުން މަންމަ ގުޅިކަން އިޝަލްއަށް ނޭންގުނެވެ. ވިހި ފަހަރު މަންމަ ގުޅައިފައި އޮތުމުން އިޝް ބެލީ އަވަހަށް ގުޅޭތޯއެވެ. މަންމަ ހުންނާނީ ވަރަށް ކަންބޮޑުވެފައިކަން އޭނާއަށް އެނގެއެވެ. ގުޅަން ނަންބަރު ޖަހައިފައި ވެސް އޭނާގެ ޚިޔާލު ބަދަލުވިއެވެ. ގުޅުމުގެ ބަދަލުގައި، އޭނާ ދުވަސް ކޮޅަކަށް އެރިކްމެން ގޭގައި މަޑު ކުރަނީ ކަމުގައި ބުނެފައި މެސެޖެއް ކޮށްލިއެވެ. އަދި އޭނާއާ މެދު މަންމަ ކަންބޮޑު ނުވާށޭ ވެސް ލިޔެލިއެވެ.
ޒާޔާ ޓެލެގްރާމްއިން ފޮނުވި ފޮޓޯ ބަލައިފައި ވަގުތުން މިންހާ ޒާޔާއަށް ގުޅިއެވެ. ފުރަތަމަ ވެސް މިންހާ އަހައިލީ އެރިކްގެ ގާލްފްރެންޑާ އެއްކޮށް ޒާޔާ ކީއްކުރަނީތޯއެވެ. “މިންނު އެއީ އެރިކްގެ ގާލް ފްރެންޑެއްް ނޫނޭ. އެއީ އެރިކްގެ ކޮއްކޮ މިއާ” އެއީ އެރިކްގެ ކޮއްކޮކަން އެނގުމުން މިއާގެ ހިތަށް ބުނެދޭން ނޭންގެ ހަމަޖެހުމެއް ލިބުނެވެ. އެއްވެސް ކަމަކާ ނުލައި އެ އަންހެން ކުއްޖާއާ މެދު ހަސަދަވެރި ވެވުނީތީ އަމިއްލަ ނަފްސަށް މަލާމަތްކޮށްލެވުނެވެ.
މިއާ ކޮލެޖުން އައިސް އެޕާޓްމެންޓަށް ވަތްއިރު ސޯފާގައި އިޝަލް އޮތެވެ. އެއްފަރާތަކަށް އޮތުމުން މިއާއަށް ރަނގަޅަށް އިޝަލްގެ މޫނެއް ނުފެނުނެވެ. އެއީ އެރިކް ކަމަށް ހިތާ ގޮސް އިޝަލްގެ މޫނަށް ފިނި ފެން އެއްޗެއް އޮއްސައިލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.






Heyy guys. Here is the 11th episode of Manzil. Hope u all enjoy reading this episode. Next part before next week Saturday In Sha Allah. Take care and stay safe. Don’t forget to leave a comment
Sis……. I didn’t get 12th episode??????????anything happened to you????
Sis kobaa 12 episode.. I’m worried. V.Kiyara hithun mihuree.
Me 2 anonymous
Heyy sis.. Kobaatha story mihaaru aneh hafthaage Saturday ah miyoh dhiyaee. Anehka kameh v tha. Covid??
Ur making me worried
I was being worried tooo…………sis, buxy vegen ehen noony bali vegen nuliyevenyaa angaalaigen ulhehchey
wowwww…mia and iyshal thr..couples haadha confuse ey..but i like it..v.reethi story ves
Oh sorry I thought I was first. Eyru mi comment eh alhugandah visible Vefa eh nai.
And sunflower girl adhi meega ehves bayaku couples gotgakah nai. Konme meeheh vx loabi foru vaigen ulhenee.
Ishal ah minhaa dheke loabi vevunee.
Minhaa ah Eric dheke. And Eric ah minhaa dheke. Ekakuvx loabi hushaeh naalhaa adhi.
Stay safe?
Hehe… No worries… Mi cmmt fonuvi iru girl ge cmnt alhugandhah fenunu .. You was the first ☺️☺️☺️☺️.. Btw mi buniy couples ah vaaniy kon baeh Kameh neynge eh noon hey??.. Maybe Mia and ahaan ves vedhaaney hiyvey.. Mi kudhin lwbi foruvaa varun ves dhw.. Btw thiy writer girl hey… If ur iam a big fan
Stay safe ?loves
Thankss dear♥️ adhi couples aky kobaa kameh kiyara akah ves neynge. Vaahaka kuriah dhaa varakun ingeyny ??
No dear I’m not an esfiya writer… But I love writing future ga esfiya writer akah vevey tho balaanan. insha Allah. I didn’t knw esfiya ga girl Kiya writer eh hunnanee kameh vex. I’ll try to check her stories too..
Yeah I’m very curiouse couples ah vaanee konbayeh tho balan
❤❤❤
Me first
Adhi nus kiyan kiyaafa coment Eh kohlaanan ingey.. Mi upkohfa inthan feni ufalun halheyvex lavai ganevihjje
Awwww… Mi part vx v majaa adhi v reethi. Mashah heevanee enme fahun
Ishal & Mia ?
Zaayaa & Ahaan ?
Minhaa & Erik ?
Sis I love your stories and v ufaa vey sis thikuraa bura massahkathun we really appreciate it. And sis ehves meeheh sis dheravaa gothah ehcheh bunyas alhai nulaathi. Just don’t give up. U diserve to be happy for ever
Lysssssssm
Stay safe.??????
Thanksss dear♥️ these beautiful sweet words from you means a lot to me
Hiii varah reethi mi part ves curiously waiting for the next part ☺️☺️☺️ take care ♥️
Thankss dear♥️
Ahaan aa zaayaa so cutee ?? story varah reethi ? I love it u r d best author sis ❤
Thanksss dear♥️
Heyy Kiyaa sis….story is amazing as usual ♥️ this is one of the best dhivehi story I have ever read? … Keep up the good work sis ♥️♥️
Thankss dear means a lot♥️
Hii❤️❤️❤️❤️ kiyaa sis ❤️❤️❤️❤️
This is my❤️❤️ first cmnt to this stry ❤️❤️❤️❤️❤️
And vrh sali raasthaa❤️ s1 ves s2❤️ ves and manzil ves
Miaa kada vaane ey ?❤️❤️eshal kan inguny maa dhw ❤️hehehhehe
❤️And ahaan aa zaayaa vrh lwbi ingey heheheh❤️
Mihaaru ves dhw
❤️❤️Waiting for the next part ❤️❤️
❤️❤️Luv uuu❤️❤️
❤️❤️Stay safe ❤️❤️
Thankss dear♥️ means a lot
Hi sis mi part ves varah reethi ril bunaanehen mia varah kada vaane dhoa
Waiting for the next
Ly
Thanksss dear♥️
Ohh seriously
?????????
Fini fen ehcheh ossaalaiiiii
Eves ishal ge moonah
So much curious what ishal will say
???????????
But story vrh reethi ingey
Waiting for next ingey lwbi sisoooo❤️?❤️❤️????☺️?☺️????❤️???
Luv you and tgc
Stay safe
Thanksss dear♥️
This prt is AMAZING ❤️❤️❤️❤️❤️❤️❤️❤️
Haha asluvs Mia varah kada vaane dhw
???????
Zaaya n Ahaan very cute
❤️❤️❤️ waiting for the nxt prt ❤️❤️❤️❤️
Lyssssm❤️❤️❤️❤️❤️
Stay safe ❤️❤️❤️❤️❤️
Thanksss dear♥️
Kiyaara sis.. Aish personal kameh dhimaavegen comment nukureveyne vaahaka buni n Aish buny Aish v v v loabi veyo sis dheke..❤️❤️❤️❤️❤️❤️❤️n sis mathin V v miss vaaneyo..Ekam Aish buny Aish comment nukurias story baraabarah kiyaanamo
Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️
❤️❤️Maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️
Curiously waiting waiting for the next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️love you ❤️❤️ take care ❤️❤️❤️❤️❤️
❤️❤️Stay home and stay safe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
WOW…… This episode is awesome..U r the most wanted writer on esfiya site to me
?Hi Iyaadh brw???if you don’t mind can I ask a question
?Meee kithah aharu
Me???? Me 14
Ohh hehe hama ahaalee
How about you Aish??
Me??I Am 13.. That’s Ahusham ?Ahu brw ah 14
Ohh mi othy next part dhw????Saabaheyyyy Saabaheyyyy kiyara dhoongnaa Saabaheyyyy????????????????????thivareh nei… Thigothugai kuriah….. Vaahaka Hama satheyka?????????????????????✳️✳️✳️?????✨✨✨✨????you are a genius?????????????????SH SS TC
Awwwn…this prt is awesome??…vrh salhi ige xaaya and ahaan ge sakaraaih vx..dhn mia and ishal dhw….tc sis ly….hope u r doing well??
ކިޔާރާ❤️❤️❤️❤️❤️ ތަންކޮޅެއް އަވަހަށް އަނެއްބައި ނެރެދީބަލަ❤️❤️❤️❤️❤️އައިކާންޓް ވެއިޓް❤️❤️❤️❤️❤️❤️❤️❤️ލަވް ޔުއަރ ސްޓޯރީ ???❤️❤️❤️❤️❤️❤️❤️❤️
Heyy guys i am sorry for being really late. I actually wrote a very long episode for this week but i accidentally deleted the whole episode and now i have to write it again. Thats y its taking sooooo long. Hopefully i will be able to finish writing within 2days In Sha Allah.
ok……i ehaa kiyaa hithun ulheythi kanne eiy…..mi week ge konme dhuvahaku eba balan sis ge comment eh aadheytho……..HOPEFULLY WAITING FOR THE NXT PART ingey
It’s OK sis. I’m happy that u told us and your safe. I was so worried. I thought sumthing happens to you. Especially because of this Covid thingie I thought you got effected by it. I was so worried. Alhamdhullilaah. You’re safe. And sis take your time and give us a fabulous story to make us smile.
Lyyssmm
Myysm
Tc.?
Aaahhhh mi othy dhw??? Liyam bunaa hen hama Galhi vehjje rangalhah vx… 20 vana pg aa hama ah dhevihjje mi stry hoadhan ???finally… Alhey Hama inthizaar ga??
ވާ ލޯބިންނޭ ހުރީ އިންތިޒާރުގާ….
Saabas Manje ah.. Adhi kiriyaa kiyey varu vee.. Balcony ah vehttunu fahun Hama galhee ey Aisa.. Maey vx Mi Balaalee mirey Mi part ah kohfa huri comment thah.. Dhonbe ge inthizaaru ga dhw
Hooon Dhen kiyaifiimey hama nukun thanaa… Ekam fahun kiyaa cmnt eh intho balan vegen hoadhi vaahaka Mibuny…. Chi dhonbe kairy hurefa Kon inthizaareh kuraakah… My manzil lwbi gandah mi inthizaaru kuranee kiyaa manzil aai Gen annaane dhuvahakah