Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް ތިއޭ 4

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 23, 2021 4 Mins Read
0 Comments

އުމް އެރިކް ވެއިޓް އޭޒް އިން އެރިކް ޙައްދިދް؟ ޗެލްސީއަށް ގެނައި؟” ޔަޤީން ކުރުމުގެ ގޮތުން އިޝަލް އަހާލިއެވެ. އެއާއެކު މިއާ ލަސް ލަހުން ބޯ ޖަހާލިއެވެ.
**

ލައިބްރަރީ ނިންމާފައި ގެއަށް ދިއުމުގެ ކުރިން އޭނާ ހިތުގައި ބިންވަޅު ނެގިފައިވި ޒުވާާނާ ފެނޭތޯ ކޮންމެ ދުވަހަކުވެސް މިންހާ ބަލައެވެ. އެހެނަސް ހަފްތާއެއް ވީ ފަހުން ވެެސް އެ ޒުވާނާއާ ދިމާވާ ގޮތް ނުވުމުން މިންހާގެ ހިތް މާޔޫސްވިއެވެ.
މެޗު ދުވަހަށް ވުމުން މިއަދު ކޮފީ ޝޮޕަށް ނުދާތީވެ ޑިއުޓީ ގަޑި ހަމަވުމުން ވެސް މިންހާ އިރުކޮޅަކު ލައިބްރަރީގައި މަޑުކުރިއެވެ. އިޝަލްއަަށް މެސެޖެއް ކޮށްފައި އޭނާ ކިޔަން ގެންގުޅުނު ވާހަކަ ފޮތް ހިފައިގެން މޭޒެއް ދޮށު މިންހާ އިށީނެވެ. ވާހަކަ ފޮތް ކިޔަން މަސައްކަތް ކުރިއެއް ކަމަކު އެއަށް ސަމާލުކަން ދެވޭގޮތެއް ނުވެއެވެ. ފޮތުގައި އުޅޭ ޝަޚްޞިއްޔަތު ވެސް ސިފަވަމުން ދިޔައީ ނަން ނޭންގޭ ޒުވާނާގެ ސިފައިގައެވެ. އެންމެ ފަހުން ނުކިޔުނު ކަމަށް ފޮތް ބާއްވާފައި ގެއަށް ދާން ނުކުތެވެ.

***

މެޗަށް އެރުމުގެ ކުރިން އިޝަލް ފޯނު ބަލާލިއެވެ. އިންސްޓަގްރާމުން އޭނާގެ ‘އާ’ އެކުވެރިޔާ ފޮނުވާފައި އިން މެސެޖު ކިޔުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އެ މެސެޖަށް ޖަވާބު ދިނުމަށްފަހު އިޝަލް ފޯނު ބާއްވާފައި މެޗަށް އަރަން ތައްޔާރުވިއެވެ. ފެހި ކުލައިގެ ޖާރޒީ ލާފައި އިސްތަށިގަނޑުގައި އަތުން ފުނާ އެޅުމަށްފަހު ހުދު ކުލައިގެ އަންގި ލެއްވިއެވެ. ޖާރޒީގައި އާސެނަލް ލޯގޯ ޖާހާފައި އިން ތަނުގައި ބޮސްދިނެވެ.

މެޗު ފެށުމުގެ ކުރިން އިޝަލްއަށް މެސެޖެއް ފޮނުވާފައި މިއާ އަވަސްވެ ގަތީ މެޗު ފެށުމުގެ ކުރިން ކާއެއްޗެއް ތައްޔާރު ކުރާށެވެ. ކައްކަން ބޭނުންވާ ސާމާނު ފްރިޖުން ނަގާ ބަދިގޭގައި ހުރި ކައުންޓަރު މަތީ ބެހެއްޓިއެވެ. އިންޓަނެޓުން ނަގާފައި އިން ރެސިޕީއެއް ބަލަން ފޯނު ނެގިއިރު އިޝަލް ރިޕްލައި ކޮށްފައި ހުރިތަން ފެނުމުން ވަގުތުން އުދުއްސައި ގަންނަން މިއާ ބޭނުންވިއެވެ. އަނގައިން ތޫލި އަޑެއް ނެރިލުމަށްފަހު ކުޑަކޮށް ނަށާލިއެވެ. މެޗު ފެށެން ވަގުތު ކުޑަތަން ވެފައި ވަނިކޮށް އިޝަލް ރިޕްލައިކޮށްފާނެ ކަމަކަށް މިއާ ހިތަށް ނާރައެވެ.

 

އެސްޓޮން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅެއް ހޯދައިގެން ތާވަލުގެ ހަތަރުވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް އެބައޮތެވެ. އެސްޓޮން ވިލާ އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ އާސެނަލިންނެވެ. އެސްޓޮން ވިލާ ކުޅުންތެރިންގެ ފައިގައި ބޯޅަ ޖެހުނަ ނުދީ ރީތި ކުޅުމެއް އާސެނަލުން ކުޅެމުން ދިޔައެވެ. ގޯލު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު އާސެނަލަށް ލިބުނު ނަމަވެސް ބޭކާރުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮަށް ކައުންޓާރ އެޓޭކުގައި އެސްޓޮން ވިލާއިން ލަނޑެއް ޖަހައި ލީޑު ހޯދިއެވެ. އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްވީ އާސެނަލްގެ ޑިފެންސް ލައިނަށް ހެދުނު ބޮޑު ގޯހަކުން ވިއެއް ކަމަކު ފާޑު ކިޔުން އަމާޒުވީ އިޝަލްއަށެވެ. ފާޑުކިޔުންތަކުން މުޅި ސޯޝަލް މީޑިއާ ފުރާލިއެވެ. ދަނޑުގައި ތިބި ސަޕޯޓަރުން ވެސް އޭނާއަށް ފާޑު ކިޔަމުން ދިޔައެވެ.

ބައި ކޮޅަށް ލަނޑު ވަނުމުން އަމިއްލަ ނަފްސު ދެކެ އިޝަލްއަށް ރުޅި އާދެވުނެވެ. ގޯލު ތެރޭ އޮތް ބޯޅަ ނަގާ ފައިން ޖަހާ ހޫރާލިއެވެ. ރުޅި ގަދަ ވުމުގެ ސަބަބުން ލޮލުގައި ކަރުނަ ގިނަވާން ފެށިއެވެ. މެޗު ނިންމާފައި ގޮސް ފޯނު ބަލާއިރު ސޯޝަލް މީޑިއާގައި އޭނާއަށް އަމާޒުކޮށް ކިޔާފައި ހުންނާނެ ފާޑު ކިޔުން ހިތަށް އެރުމުން ވެސް ލޮލުން ކަރުނަ އަންނަ ވަރުވިއެވެ.

ރުޅި އައިސް ރަތްވެފައި އިން ހާލު މިއާ އޭނާގެ ފޯނު ނަގާ ސޯފާއަށް އެއްލާލިއެވެ. އިޝަލްއާ ދިމާއަށް މީހުން އެއްޗިހި ކިޔާފައި ހުރިތަން ފެނި އޭނާގެ ލޭކެކެން ފެށިއެވެ. އަރާފައި ހުރި ރުޅި މަތީގައި އެއިން މީހެއްގެ ކަރުގައި ހިފަން ވެެސް މިއާ ޖެހިލުމެއް ނުވާނެއެވެ.

މެޗު ނިމިގެން ދިޔައީ އެކެއް ސުމެއްގެ ނަތީޖާއިން އާސެނަލް ބަލިވެގެންނެވެ. ދެވަނަ ހާފުގައި މޮޅަށް ކުޅުނީ އެސްޓޮން ވިލާއިންނެވެެ. ސީދާ ގޯލާއި އަމާޒުކޮށް އެމީހުން ހަތަރު ފަސް ހަމަލާ ފޮނުވާލި ނަމަވެސް އިޝަލް ވަނީ ހުށިޔާރު ކަމާއެކު އެ ބޯޅަތައްް މަތަކޮށްފައެވެ. އެހެނަސް އާސެނަލް ސަޕޯޓަރުންނަށް އެ ސޭވްތައް އެއްވެސް އެއްޗަކަށް ނުވިއެވެ. މެޗުން ބަލިވުމުގެ ޒިންމާ އެމީހުން އެޅުވީ އިޝަލް ބޮލުގައެވެ. ފުރަތަމަ އެގާރައިން އިޝަލްއަށް ފުރުސަތު ލިބޭ ސަބަބަކީ އޭނާއަކީ ކޯޗު އަކްމަލްގެ ދަރިފުޅަށް ވުމުން ކަމަށް ސަޕޯޓަރުން ތުހުމަތު ކުރަން ފެށިއެވެ. އިޝަލްއާއެކު މިފަހަރު ފާޑުކިޔުންތަކާ ކުރިމަތިލާން އަކްމަލަށް ވެސް ޖެހުނެވެ.

ފޯނު އަތަށް ލައިގެން ވައިފައި ނުޖައްސާ އެތައް އިރަކު އިޝަލް އިނެވެ. ސޯޝަލް މީޑިއާ ބަލައިފި ނަމަ އޭނާގެ ހިތް ހަލާކުވުން ނޫން ކަމެއް ނޫވާނެކަން އޭނާއަށް އެނގެއެވެ. ވައިފައި ޖައްސަން އިނގިލި ޖައްސާފައި ވެސް އެނދު މައްޗަށް ފޯނު އެއްލާލީއެވެ.

މުޅި ރޭ މިއާ ހޭދަކުރީ ‘ފޭން އެކައުންޓުން’ އިޝަލް ދިފާޢު ކުރުމުގައެވެ. އާސެނަލްގެ އެތައް ހާސް ސަޕޯޓަރުންނާ އިޝަލްގެ ދިފާޢުގައި އޭނާ ވަނީ ޒުވާބު ކޮށްފައެވެ. އިޝަލްއަކީ މޮޅު އަދި ފެންވަރުގެ ގޯލު ކީޕަރެއްކަން ސާބިތުކޮށް ދިނުމަށްޓަކައި އޭނަގެ އެކައުންޓުން އެތައް ވީޑިއޯއެއް ލައި ޕޯސްޓް ކުރަމުން ދިޔައެވެ.

އަލައިކާއަށް އިޝަލްގެ ‘ފޭން’ އެކައުންޓް އިންސްޓަގްރާމުން ފެނުމުން ވަގުތުން އިންސްޓްގްރާމުގައި އިންނަ އާއިލާ ގުރޫޕަށް ފޮނުވިއެވެ. އަކްމަލް އެ ޕޭޖުން ލާފައި ހުރި ހުރިހާ ޕޯސްޓެއް ބެލުމަށްފަހު ޕޯސްޓްތަކަށް ލައިކް ދޭން އުޅެފައި ވެސް އޭނާގެ މަޤާމުގެ ގޮތުން ލައިކް ނުދެއެވެ. އެހެނަސް ޔޫސުފް އާއި އަލްޔަސް އެ ޕޯސްޓްތަކަށް ލައިކް ދީ ސްޓޯރީގައި ރީޕޯސްޓް ވެސް ކުރިއެވެ. އިޝަލްގެ ކުލަބު ކަމަށްވާ އާސެނަލާއި ވާދަވެރި ލިވަޕޫލަށް އެ ދެމީހުން ކުޅުނު ކަމުގައި ވިއަސް އެމީހުން އިޝަލްއަށް ސަޕޯޓު ކުރެއެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި ކުރިއެރުމަށް އިޝަލްއަށް އެހީވެސް ވެދެއެވެ.

އެރިކް ޗެލްސީގެ ފުރަތަމަ އެގާރައަށް އެރި ފުރަތަމަ މެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ލެސްޓާރ ސިޓީ އާއި ދެކޮޅަށް ލެސްޓާރގެ ދަނޑުގައި ކުޅުނު މެޗުގައި ގޯލު ޖަހަން އޭނާއަށް ލިބުނު ދެތިން ފުރުސަތު އޭނާ އަތުން ވަނީ ބޭކާރުވެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަސްދޮޅަސްވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

ހޯމަ ދުވަހު އެނބުރި ލަންޑަނަށް އައިސް އެރިކް ލައިބްރަރީ ކައިރިއަށް ދިޔައެވެ. މެޗުގައި ރަނގަޅަށް ނުކުޅެވުމުގެ ސަބަބުން އޭނާގެ ތަބިޢަތު ވަނީ ގޯސްވެފައެވެ. އެހެނަސް އޭނާގެ ހިތް އެދުނީ އެ ނުދަންނަ އަންހެން ކުއްޖާ ދެކުމަށެވެ. ހިތް އެދި ގޮވަމުން ދިޔައީ އެ ރީތި ސޫރަ ދެކިލުމަށެވެ. ފަހަރުގައި އޭނާގެ ހިތަށް ހަމަޖެހުން ލިބިދާނެއެވެ.

އިތުރު މަސައްކަތެއް ކުރަން ޖެހުމުން މިންހާއަށް މިއަދުވެސް ނުކުމެވުނީ ލަހުންނެވެ. އެ ނުދަންނަ ޒުވާނާ ނުފެނުނު ކަމަށް އެ ޒުވާނާއާ ދިމާވުމުގެ އުއްމީދު މިންހާ ވަނީ ކަނޑާލާފައެވެ. އެ ޒުވާނާ ފެނޭތޯ ބެލުމެއް ވެސް ނެތި ކޮފީ ޝޮޕަށް ދާން މިންހާ ހިނގައިގަތެވެ.

އެރިކްގެ އުދާސްވެފައި މޫނަށް އުޖާލާކަން ވެރިވީ ‘އެމް’ ފެނުމުންނެވެ. އެމްގެ ފިޔަވަޅުތައް އަވަސްކަމުން އެރިކް ޖެހުނީ އެކުއްޖާ ފަހަތުން ދުވާށެވެ. އެކުއްޖާއަށް ‘އެމް’އޭ ކިޔާފައި ގޮވާކަށް ނުކެރުނެވެ. ލޯ ކުރިމަތިން އެކުއްޖާ ގެއްލުމުގެ ކުރިން އަތުޖައްސަން ފަޔަށް ލެވުނުހާ ބާރެއް ލާފައި އެރިކް ދުވިއެވެ.

ފަހަތުން މީހަކު އަންނަ ކަމުގެ އިޙްސާސް މިންހާއަށް ކުރެވުނުން ހިތަށް ބިރުވެރިކަން ވަނެވެ. ކޮނޑުގައި ހުރަހަށް އަޅުވާފައި އޮތް ދަބަހުގައި ހިފައި ބާރުކޮށްލިއެވެ. ދެލޯ މަރާ ބާރުކޮށްލުމަށް ފަހު ހިނގުން ބާރު ކުރިއެވެ. ބިރުން ހުރި ވަރުން ފަހަތް ބަލާކަށް ނުކެރުނެވެ.

ދުވަހަކުވެސް ނުކުރާ ކަމަކަށް ވިއަސް އެ ކުއްޖާއާ ވާހަކަ ދައްކަން ހިތް ބޭގަރާރުވެފައި ހުރިވަރުން އެރިކް ދުވެފައި ގޮސް ‘އެމް’ގެ އަތުގައި ހިފިއެވެ.

ބާރުގަދަ އަތަކުން އޭނާ އަތުގެ ފަލަ މަސްގަނޑުގައި ހިފުމުން މިންހާ ގަނޑުވިއެވެ. ލަންޑަންގައި އުޅޭތާ މިވީހާ ދުވަހު އެ ގޮތަށް މީހަކު އޭނާ ގައިގައި އަތްލާފައެއް ނުވެއެވެ. މުޅި ކުއްޖާ އެކީ ފިނެވެ ނޭވައި ލާން ވެސް ހަނދާންނެތުނެވެ.

‘އެމް’ ބިރުގަތްކަން އެނގުމުން އެރިކް ވަގުތުން އެކުއްޖާ އަތުން ދޫކޮށްލިއެވެ. ކިތަންމެ ބޭޤަރާރުވެފައި ހުރިނަމަވެސް އަންހެން ކުއްޖެއް ގައިގައި އެ ގޮތަށް އަތް ލާން ނުވާނެކަން ވިސްނުމާއެކު ކުރެވުނު ކަންތަކާ މެދު އެރިކް ލަދުގެތެވެ.

ހިތްވަރުކޮށްފައި މިންހާ ފަހަތަށް އެނބުރުނެވެ. އޭނާ އަތުގައި ހިފި މީހާއާ ދިމާއަށް އެއްޗިހި ކިޔަން ގައިން ނެތް ހިތްވަރު ނެރިގެންނެވެ. ފަހަތަށް އެނބުރުނު ވަގުތު ފެނުނު ސޫރައިން ބިރާއި ހިތްވަރުވެެސް ފިލައިގެން ދިޔައެވެ. ބުނަން ނޭންގޭ ގޮތެއް ހިތަަށް ވެގެން ދިޔައެވެ.

“އުމްއުމް. ވަރަަށް ބޮޑަށް މާފަށް އެދެން ހުއްދައާ ނުލައި ގައިގައި އަތްލެވުނީމަ. ފުރަތަމަ ދުވަހުހެން ތި ކުއްޖާ ފިލާފާނެތީވެ އަތުގަ ހިފަން ޖެހުނީ” ފުރަތަމައިނުން ވެސް އެރިކް އޭނާއަށް ކުރެވުނު ކަންތަކަށް މާފަށް އެދުނެވެ. ‘އެމް’ ދެން ޢަމަލު ކުރާނެ ގޮތެއް ނޭންގޭތީވެ އެރިކްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިންހާ ވަކި ޖަވާބެއް ނުދީ އޭނާއަށް ބަލަން ހުރި ގޮތުން އިތުރަށް އޭނާ ނުތަނަވަސްވިއެވެ.

އެ ޒުވާނާގެ ‘އެކްސެންޓު’ން އެކަނި ވެސް މިންހާގެ ހިތްވިރިގެން ދާން އުޅޭހެން ހީވިއެވެ. އެ ޒުވާނާގެ ވަރުގަދަ އެކްސެންޓްގެ ސަބަބުން ޒުވާނާ ބުނީ ކީކޭކަން މިންހާއަށް ދޭހަވީ އިރުކޮޅެއް ފަހުންނެވެ.

ބުނާނެ އެއްޗެއް ދުލާއި ހަމައަށް ނައުމުން ހިނިތުންވެލާފައި މިންހާ ބޯ ޖަހައިލިއެވެ. އެ ޒުވާނާގެ ސަބަބުން އޭނާގެ ދޫ ވެސް އެ ވަނީ ބަންދުވެފައެވެ. “ސޯ ލެޓްސް ސްޓާރޓް އޯވާރ. ހައި އައި އޭމް އެރިކް ޙައްދިދް ފްރޮމް ޑޮންކެސްޓާރ އެންޑް ޔޫ އާރ؟” އެރިކް އަމިއްލައަށް ތަޢާރަފުވެލިއެވެ. “މިންހާ ފްރޮމް މޯލްޑިވިސް” ރަކި ހިނިތުންވުމަކާއެކު މިންހާ އަމިއްލައަށް ތަޢާރަފު ވެލިއެވެ.
“މިންހާ” ވައި އަޑުން މިންހާގެ ނަން އެރިކް ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނޭނގޭހޭ ހާދަ ލޯބިވޭ… (4)

Next

ހޯދަން ބޭނުން….

Next
June 23, 2021

ހޯދަން ބޭނުން….

Previews
June 22, 2021

ނޭނގޭހޭ ހާދަ ލޯބިވޭ… (4)



All Right Reserved!