Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް ތިއޭ 2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
April 18, 2021 6 Mins Read
4 Comments

ޓްވިޓާރ ނިއްވާލާފައި އިޝަލް ފޯނުގެ ގެލެރީ ހުޅުވާލިއެވެ. ގެލެރީގައި އިން ޚާއްސަ ފޯލްޑާރއެއްގައި ހުރި ފޮޓޮއެެއް އިޝަލް ހުޅުވައިލިއެވެ. އެ ފޮޓޯއަށް ބަލާލުމާއެކު އިޝަލްގެ ލޯ ކަރުނައިން ފުރުނެވެ. “ވައި؟” އިޝަލްގެ އަނގައިން ނިކުތީ ވައިއަޑެވެ.
***

ޔޫސުފް އާއި މިންހާ ލައިޝާއާއެކު ތިބީ ސިޓިންރޫމްގައެވެ. ގަނޑެއް ހިފައިގެން ވަރަށް ފަރުވާތެރި ކަމާއެކު ލައިޝާ ކުރަހަން އިނެވެ. ހަ އަހަރުގައިވެސް ލައިޝާއަކީ ހުނަރުވެރި ކުރެހުންތެރިއެކެވެ. ފެން ކުލަ އަދި ކުލަ ފަންސުރު ބޭނުންކޮށްގެން ތަފާތު ރީތި މަންޒަރުތައް ކުރެހުމަކީ ލައިޝާއަށް އުނދަގޫ ކަމެއް ނޫނެވެ.

“މިންނޫ. އާރތް ޓު މިންހާ” ނޫކުލައިގެ ދެލޮލުގެ ވެރި ޒުވާނާގެ ޚިޔާލުތަކަށް ގެއްލިފައި ހުއްޓައި ޔޫސުފް އޭނާ މޫނު ކުރިމަތީ އަތް ހޫރާލުމުން މިންހާއަށް ޚިޔާލުތަކުން ނުކުމެވުނެވެ. “ކޮން ކަމަކަށް ގެއްލިފަ؟ އަނެއްކާ ކްރަޝްއެއްގެ ޚިޔާލުގަތަ؟” މިންހާ ވަގުތުން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވާލިއެވެ. ޔޫސުފްއަށް އޭނާ ވިސްނަނީ ފިރިހެން ކުއްޖަކާ މެދުކަން ފަޅާއެރުމުން މިންހާ ލަދުގަތެވެ. “ކޮން ނޫނެކޭ ކިޔާކަަށް. ޔަގީނޭ ކޮންމެސް ކްރަޝްއެއްގެ ޚިޔާކުލުގަކަން. އެހެންވެއެއްނު ޓޮމާޓޯއެއް ހެން މީހާ ރަތްވެފަ ތީނީ” ޔޫސުފް އިތުރަށް ދިމާކުރުމާއެކު މިންހާ ރުޅި އައިސްގެން ސޯފާގައި ހުރި ކުޝަންތަކުން ކުޝަނެއް ނަގާ ޔޫސުފްއާ ދިމާއަށް އެއްލިއެވެ. “މަންމާ ބަލަ މިންހާ” ކުޑަކުއްޖެއް ފަދައިން ޔޫސުފް މަންމައަށް ގޮވަން ފެށިއެވެ. ކުރަހަން އިން ލައިޝާ ވެސް ބައްޕަ އާއި ބޮޑުދައިތަގެ ސަކަރާތްބަލަން ހެވިފައި އިނެވެ. “ޕިސް ޕިސް ކިހިނެއް ވަނީ؟” ބޭރުން އައިސް ގެއަށް ވަން އާރާޝަށް ޔޫސުފް މާނީއަށް ގޮވާ އަޑު އިވުނެވެ. “ދޮންބެ ދޮގުވާހަކަ ދައްކަނީ” ޔޫސުފް އެއްޗެކޭ ބުނުމުގެ ކުރިން މިންހާ ބުންޏެވެ. އާރާޝް ދެފަރާތަށް ބޯ ހޫރާލަމުން އެއްޗެކޭ ނުބުނެ ދިޔައެވެ. އެހެން އުޅެފައި ބައެއް ފަހަރު މިންހާ ރުޅިއަރުވާލުމަކީ ޔޫސުފްގެ އާދައެކެވެ. އުމުރުން ކިތަންމެ ދޮށިވީ ނަމަވެސް ޔޫސުފްގެ އެ އާދައެެއް ނުފިލައެވެ.

މިންހާ ކޮޓަރިއަށް ވަދެފައި އެނދު މައްޗަށް ވެއްޓިގަތެވެ. “އާހް ކީއްވެތަ އެމީހާ ސިކުނޑިން ނުނެރެވިގެން މި އުޅެނީ. އަހަރެން ދަންނަ މީހެއްްވެސް ނޫނޭ” ނުރުހުންތެރި ކަމާއެކު މިންހާ އަމިއްލަ ނަފްސަށް ބުނެލިއެވެ.

 

ޑިއުޓީ ނިންމާފައި ކޮފީ ޝޮޕަށް ދިއުމުގެ ކުރިން މިންހާ މަގުގައި މަޑުކޮށްލިއެވެ. ނޫ ދެލޮލުގެ ވެރި ޒުވާނާ ފެނޭތޯއެވެ. “މިންހާ ވަޓްސް ރޯންގް ވިތް ޔޫ؟ އޭނާ ކީއްކުރަން މިއަދު އަންނަންވީ މިތަނަށް. އާންމުކޮށް އަންނަ މީހެއްނަމަ ކުރިން ވެސް ދިމާވީހެއްނު. އެހެންނޫނަސް އެމީހާ ފެނޭތޯ މަޑު ކުރުމުގެ ބޭނުމަކީ ކޮބާ؟” އަމިއްލަ މޮޔަކަމާއި ހެދި މިންހާ އަތުން ނިއްކުރީގައި ޖަހައިލިއެވެ. އެ ޒުވާނާ ނާންނާނެކަން ހިތަށް ވިސްނައިދިނުމަށް ފަހު ކޮފީ ޝޮޕަށް ދާން މިންހާ ހިނގައިގަތެވެ.

މިންހާ ދިޔަތާ ތިން ވަރަކަށް މިނެޓު ފަހުން އެރިކް އެ ސަރަހައްދަށް އައެވެ. އިއްޔެ ދިމާވި އަންހެން ކުއްޖާ ފެންނާނެ ކަމުގެ އުއްމީދުގައި އެރިކް މަގު ވަށައިގެން ހޯދައިލިއެވެ. އިއްޔެ އެކުއްޖާއާ ދިމާވި ސީދާ ވަގުތަށް އޭނާ އެތަނަށް އައިކަން އެނގިއްޖެނަމަ މިއާ ދިމާ ކުރާނެތީ އެރިކް އައީ ކޮއްކޮ ގާތު ނުބުނެއެވެ. ދިހަވަރަކަށް މިނެޓު އެ މަގުގައި މަޑުކޮށްގެން ހުރެވެސް އެ އަންހެން ކުއްޖާއެއް ނުފެނުނެވެ. އެކުއްޖާ ނުފެނުނު ކަމަށް މާޔޫސް ހިތަކާއިއެކު ގެއަށް ދާން އެރިކް ހިނގައިގަތެވެ.

މިންހާ އަތުގައި ކެވެލިކޮޅު ނެތްކަން އޭނާއަށް ރޭކައިލީ ޒާޔާ ބުނުމުންނެވެ. އެ ކެވެލިކޮޅަކީ އާރާޝް އާއި މާނީ ކައިވެނިކުރިރޭ ކައިވެނީގެ ހަދިޔާއަކަށް މާނީއަށް އާރާޝް ދިން ކެވެލިކޮޅެކެވެ. ކައިވެންޏަށް ވިހި އަހަރުވީ ފަހުން މާނީ އެ އެތިކޮޅު މިންހާއަށް ދިނީ އޭގައި އެމް އަކުރު އިނދެފައި އޭނާ އަތަށް ކުޑަވުމާއެކު ދަރިފުޅަށް އޭތިކޮޅު ރީތިވެގެން އުޅޭތީއެވެ. “އޯނޯ. މަންމައަށް އެނގިއްޖެޔާ މަންމަ ވަރަށް ދެރަވާނެ. އެ އެތިކޮޅު މަންމަ ދިނީވެސް މަށަށް ވަރަށް އިތުބާރުކޮށްފަ އެ އެތިކޮޅު ނުގެއްލުވާނެ ކަމަށް. އަޅޭ ދެން ކިހިނެއް ހަދާނީވެސް. މަށަކަށް ނޭންގެ އެ އެތިކޮޅު ގެއްލުނީ ކިހިނެއްކަމެއް ވެސް” މަންމަ އިތުބާރުކޮށްފައި ދިން ކެވެލިކޮޅު ގެއްލުމުން މިންހާއަށް ރޮވުނެވެ. އެ ކެވެލިކޮޅަކީ މަންމައަށް ކިހާ ޚާއްސަ އެއްޗެއްކަން އޭނާއަށް އެނގެއެވެ. އަމިއްލަ ފަރުވާކުޑަ ކަމާއި ހެދި އަމިއްލަ ނަފްސަށް އޭނާ އަޑުލިއެވެ. އެ ކެވެލިކޮޅު ގެއްލުނު ވާހަކަ މަންމަ ގާތު ބުނާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެނގޭހާވެެސް އެއްޗަކީ ދެން އެފަދަ އެއްޗެއް އިތުބާރާއެކު މަންމަ އޭނާއާ ހަވާލު ނުކުރާނެކަމެވެ.

ބުރަ ދުވަހަކަށް ފަހު އަހާން ގެއަށް އައި އިރު ހުރީ ވަރުބަލިވެފައެވެ. އެހެން ދުވަސް ދުވަހަށް ވުރެ ގިނައިން މިއަދު ފިހާރަައަށް ކަސްޓަމަރުން އައެވެ. ގެއަށް ވަން ގޮތަށް އޭނާގެ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އަހާން ސޯފާއަށް ވެއްޓިގަތެވެ. ސިކުނޑިއަަށް ބާރުވެފައި ހުރުމުން ދެލޯ މަރާލީ ލުއެެއް ލިބޭތޯއެވެ. ލޯ މެރުމާއެކުހެން ނިދީގެ ފުން ކަނޑުތެރެއަށް އަހާން ގެނބިގެން ދިޔައެވެ.

“އަހާން” އަހާންއަށް ހޭވެރިކަންވީ ހިމަ ތޫލި އަޑަކުން އޭނާއަށް ގޮވަން ފެށުމުންނެވެ. ކަންނެއްކަމާއެކު އޭނާ ދެލޯ ހުޅުވިއިރު ރުޅި މޫނު ހަދައިގެން އޭނާ ގައި މައްޗަށް އަރާ އާޔާ އިނެވެ. އާޔާ ގޮވައިގެން ޕާކަށް ދާނެކަމަށް އޭނާ ބުނި ހަނދާން އަހާންވީ ދެނެވެ. “ހޭއި މަންޗްކިން” ކުށްވެރިކަން އިޙްސާސް ކުރެވުމާއެކު އަހާން ނިކަން ލޯބިން ބުންޏެވެ. “ސްލީޕިން ބިއުޓީއަށް ހޭލެވިއްޖެ ދޯ” އުނަގަނޑުގައި އަތް އަޅުވައިގެން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނލައިގެން ޒާޔާ އިނެވެ. އަހާން އަނގައިން އަޑެއް ލައްވާފައި އާޔާ އުރާލަމުން ސޯފާއިން ތެދުވިއެވެ. “އަހާން އެބަ އަންނަން ޓޫ މިނެޓްސް ތެރޭ ރެޑީ ވެގެން ޕާކަށް ދާން. މަންޗްކިން ޒީއާއެއްކޮށް މިތާ މަޑުކޮށްލާ” އާޔާ ސޯފާގައި ބައިންދާފައި ހަލުވިކޮށް ސިޑިން އަރައިގެން ދިޔައެވެ.

އަހާން ބުނިފަދައިން ދެ މިނެޓުތެރޭ ތައްޔާރުވެގެން އޭނާ އައެވެ. ކުރިލައިގެން ހުރި ގަމީހާއި ޖިންސުގެ ބަދަލުގައި އޭނާ ހުރީ ފެހިކުލައިގެ ހުޑީއަކާއި ކަޅު ޖިންސެއް ލައިގެންނެވެ. އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު އޮތީ ތަރުތީބެއް ނެތް ގޮތަށް ހާވާލާފައެވެ. އެއްވެސް މަސައްކަތަކާއި ނުލައިވެސް އަހާން ފެންނަލެއް ނުލާހިކު ފުރިހަމައެވެ. ޔަޤީނުންވެސް ގިނަ އަންހެން ކުދިންތަކެއްގެ ހިތް ކަތިލާ ޒުވާނަކަށް އަހާން ވެގެން ދާނެއެވެ.

ޕްރިމިއާރ ލީގު މެދެކާއި ހިސާބަށް އާދެވުނުއިރު ބޮޑު ފަރަގަކާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ވުރެ ދިހަ ޕޮއިންޓް ފަހަތުގައި ދެވަނާގައި އޮތީ މެންޗެސްޓާރ ޔުނައިޓެޑެވެ. ދިހަ ޕޮއިންޓްގެ ފަރަގާއެކު އެއް ވަނާގައި އޮތް ނަމަވެސް ޔޫސުފްއަށް އަނިޔާވުން ވެގެން ދިޔައީ ލިވަޕޫލަށް ލިބުނު މާޔޫސްކަމަކަށެވެ. ޔޫސުފްއަކީ ޓީމުގެ ކެޕްޓަންގެ އިތުރަށް އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ޒުވާން އުމުރުގައި ލިވަޕޫލާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ލިވަޕޫލް ޓްރެއިނިންގައި ޔޫސުފްއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ވަނީ ސީޒަން ނިމިފައެވެ. ޔޫސުފް ނެތްތަން ފޫބެއްދުން ވެގެން ދާނީ ލިވަޕޫލަށް އުނދަގޫ ކަމަކަށެވެ.

ވޭތުވެ ދިޔަ ދެ ސީޒަންގައިވެސް ޗެލްސީގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށް ނަތީޖާތަކެކެވެ. ފަސޭހަ މެޗުތަކަކުން ބަކިވުމުގެ ސަބަބުން އެމީހުންނަށް ވަނީ ޗެމްޕިއަންސް ލީގު އަދި ޔޫރަޕާ ލީގުގެ ޖާގަވެސް ގެއްލިފައެވެ. ނަތީޖާ ރަނގަޅު ކުރުމަށް ޓަކައި އެ ޓީމުން ވަނީ ދެ ސީޒަންތެރޭ ތިން ކޯޗުން ބަދަލުކޮށްފައިއެވެ. މިވަގުތު އެ ޓީމާއި ހަވާލުވެ ހުރި ކޯޗުވެސް ޓީމުގެ މެނޭޖްމެންޓަށް ކަމަކު ނުދެއެވެ. ސީޒަން ނުނިމޭސް ދެން އިތުރަށް ކޯޗެއް ބަދަލު ނުކުރަން ވެގެން ޓީމުގެ މެނޭޖްމެންޓުން އެ ކޯޗު ވަކިނުކުރަނީއެވެ. އެހެނަސް ކުރިއަށް އޮތް ސީޒަންގައި އެ ޓީމުގެ ކޯޗުކަމާއި ހަވާލު ވުމަށް ޗެލްސީގެ މެނޭޖްމެންޓުން ވަނީ އާރާޝަށް ހުށަހަޅާފައެވެ. ނަމަވެސް އާރާޝްގެ ފަރާތުން އެމީހުންނަށް އަދި އެދެވޭ ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

 

ކޯޗިން ދާއިރާއަށް ނުވަންނާނަން ކަމުގައި އާރާޝަށް ހީވި ނަމަވެސް އޭނާ ކޯޗިން ދާއިރާއަށް ޝައުޤުވެރިވިއެވެ. މާއިޒް އާއި އަކްމަލް ވެސް ކޯޗުކޮށްދޭތަން ފެނުމުން އެ މަސައްކަތް ކުރަން އާރާޝް ވެސް ބޭނުންވިއެވެ. އޭނާއަށް ވެވުނު ގޮތަކުން ފުޓުބޯޅައަށް ޚިދުމަތް ކުރަން ބޭނުންވިއެވެ. ކޯޗިން ލައިންސަސް ފުރިހަމަ ކުރިތާ ދެމަސް ދުވަސް ނުވަނީސް އިނގެރޭސި ވިލާތުގެ ތިންވަނަ ޑިވިޝަންގެ ކުލަބެއް ކަމަށް ޑޮންކޮސްޓާރ ރޯވާރސް އިން އޭނާއަށް މަޤާމު ހުށަހެޅިއެވެ. އެ ހުށަހެޅުމަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ޗެލްސީން ވެސް އޭނާއަށް ބޮޑު ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. ކޯޗިން ކެރިއަރުގެ ފުރަތަމަ ކޮޅުގައި ޗެލްސީ ފަދަ ބޮޑު ޓީމަކާއި ހަވާލު ވުމަކީ އެންމެ ބުއްދިވެރިގޮތް ކަމުގައި އާރާޝް ޤަބޫލެއް ނުކުރެއެވެ. އޭނާ ބޭނުމީ ކުޑަ ޓީމަކާއީ ހަވާލު ވެގެން ތަޖުރިބާ ހޯދުމަށް ފަހު ބޮޑު ޓީމަކާއި ހަވާލުވާށެވެ. ޑޮންކޮސްޓާރ ޓީމާއި ހަވާލުވެއްޖެ ނަމަ މައްސަލައަކީ އޭނާ އާއިލާ ދޫކޮށްފައި ދާން ޖެހުމެވެ. ފުޓުބޯޅަ ކުޅުނުއިރުވެސް އޭނާ އުޅުނީ މާނީ އާއި ދެކުދިންނާ އެއްކޮށެވެ. “އާރާޝް މާ ބޮޑަަށް ނުވިސްނަބަ. މިންކޮ އެންޑް އައި ވިލް ބީ ފައިން” އާރާޝް މާ ބޮޑަށް ވިސްނާހެން ހީވުމާއެކު މާނީ ބުންޏެވެ. “ބަޓް އައި ވޮންޓް ބީ އޯކޭ ވިތްއައުޓް ޔޫ” މާނީ ގެނެސް އޭނާ ގަޔާ ކައިރިކޮށްލިއެވެ. އަދިވެސް ތާޒާކަން މަތީ ދެގޮތެއް ނުވެ އޭނާގެ ހިތުގައި މާނީއަށްޓަކައި ލޯބިވެއެވެ. ގިނަ ދުވަސްވީ ވަރަކަށް ހިތުގައިވި ލޯބި އިތުރުވާހެން ވެސް ހީވިއެވެ. “ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟” އާރާޝް ކޮނޑުގައި ބޯ އަޅައިގެން އޮވެ މާނީ އަހާލިއެވެ. އެ ސުވާލަަށް ޖަވާބެއް ނުދީ އާރާޝް މާނީ ނިތުގައި ބޮސްދިނެވެ.

އަކްމަލްއަަށް ވިސްނެމުން ދިޔައީ އިޝަލްއާ މެދުގައެވެ. ދުނިޔެއަށް އުފާވެރި މޫނެއް ދައްކައިގެން ހުރިނަމަވެސް އެ ދަރިފުޅު އެދަނީ ދުނިޔެއަށް ސިއްރުން ހިރާމަ ކުރަމުންނެވެ. އެކަނިވާ ކޮންމެ ފަހަރަކު އިޝަލް ރޯކަން އިޝްމާ އަދި އަކްމަލްއަށް ވެސް އެނގެއެވެ. ފިރިހެން ދަރިފުޅަށް އެހީވާން ބޭނުން ވިއަސް އެ ފުރުސަތެއް އިޝަލް އޭނާގެ މައިންބަފައިންނަށް އަދި އެހެން މީހަކަށް ވެސް ނުދެއެވެ. އޭނާ އުޅެނީ އޭނާގެ ހިތާމަ މުޅި ދުނިޔެއަށް ވެސް ސިއްރުކޮށްގެންނެވެ.

އަހާން އާއި އިޝަލްއަށް ވުރެ ކުރިން މިއަދު މިންހާ ކޮފީ ޝޮޕަަަށް އައެވެ. އެހެން ކުދިން އަންނަން ދެން ޒާޔާ އާއި މިންހާ އެމީހުން އާންމުކޮށް ބޯ ބުއިންތަަށް ހިފައިގެން ގޮސް މޭޒުގައި މަޑުކޮށްގެން ތިއްބެވެ. އެމީހުން އެހެން ތިބޭތާ މާ ގިނައިރެއް ނުވަނީސް އަހާން އައިސް ވަނެވެ. ޒާޔާ އާއި މިންހާ މޭޒުދޮށުގައި ތިބި ތަން ފެނުމުން ކައުންޓަރު ކައިރިއަށް ނުގޮސް އަހާން އައީ ސީދާ މޭޒަށެވެ. އޭރު އަހާން ތުންފަތުގައި ބޮޑު ހިނިތުންވުމެއް ވިއެވެ. “އަހާން ކޮލްގެޓް އިސްތިހާރެއް ކުޅެނީތަ؟” އަހާން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީނގެން އިނުމުން އޭނާއާ ދިމާކޮށްނުލާ މިންހާއަަށް ކަމަކު ނުދިޔައެވެ. “ނޫން އަދި ފުރުސަތެއް ނުލިބޭ ކުޅޭކަށް. އެލެކް މަށާ އެލީނާއާ ޑޭޓަކަށް ދާން ސެޓުކޮށްދީފި” އޭނާގެ ފުޅާ ހިނިތުންވުމުގެ ފަހަތުގައުވާ ސަބަބު އެކުވެރިންނަށް ހާމަ ކުރިއެވެ. އެލީނާއަކީ އާސެނަލް އަންހެން ޓީމުގައި އުޅޭ އަހާންގެ ‘ކްރަޝް’އެވެ. އޭނާއަށް އެލީނާ ފެނުނީ އިޝަލްއާ އެއްކޮށް އާސެނަލް ޕްރެކްޓިސް ދަނޑަށް ގޮސް އުޅެނިކޮށެވެ. އާސެނަލްގެ ޔޫޓިއުބް ޗެނަލަށް ވީޑިއޯއެއް ޝޫޓް ކުރަން އެ ދުވަހު އެލީނާ ވެސް ގޮސް އުޅުނެވެ. އެ ދުވަހުން ފެށިގެން އިޝަލް ގާތު އެލީނާގެ ވާހަކަ ނޫން އެހެން ވާހަކައެއް އަހާން ނުދައްކައެވެ. އަހާން އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެލީނާގެ ނޫކުލައިގެ ކަޅިއާއެވެ. “އެލީނާގެ ނޫ ކުލައިގެ ރީތި ލޮލަށް ބަލާ ފޫހިނުވާނެ” ހުވަފެނީ ގޮތަކަަށް އަހާން ބުނެލިއެވެ.

އަހާންގެ ދުލުން ނޫ ކުލައިގެ ލޮލޭ ބުނުމާއެކު މިންހާއަށް އެއްކަލަ ޒުވާނާ ސިފަވިއެވެ. އެ ޒުވާނާގެ ނޫ ދެލޮލުން ކަންބޮޑުވުމާއެކު އޭނާއަށް ބަލަން ހުރި ގޮތް ފިލްމެއްހެން އޭނާ ލޯ ކުރިމަތީ ރޯލު ވެގެން ދިޔައެވެ. އަދި އެއް ފަހަރު ނަމަވެސް އެ ޒުވާނާއާ ދިމާވޭތޯ ހިތް އެދުނެވެ.

އެއްވެސް ރަހުމެއް ނެތި އަތުގައި އޮތް ޓިޝޫ ކޮޅު ޒާޔާ ކުދި ކުރަމުން ދިޔައެވެ. އަހާން އެލީނާގެ ނަން ގަންނަ ކޮންމެ ފަހަރަކު އޭނާ ހިތުގައި ނޭންގެ އަލިފާންގަނޑެއް ރޯވެގެން ދެއެވެ. އޭނާ ޑިއުޓީގައި ހުއްޓައި އަހާން އައިސް އެލީނާގެ ވާހަކަ ދެއްކި ދުވަހު އައި ރުޅީގައި ކޮފީ ޖޯޑެއްވެސް އޭނާ އަތުން ތަޅައިގެން ދިޔައެވެ. އެ ދުވަހު ޓިޕްގެ ގޮތުގައި ލިބުނު ލާރި ޖެހުނީ ކޮފީ ޝޮޕަށް ދޭށެވެ. “ޕިސް ޕިސް މިއޮށް އެލީނާއެއް ދޯ. ރީތި މީހެއް ނަމަވެސް ރަނގަޅޭ. ހަމައެކަނި މާ ރީތި ނޫލޮލެއް ހުރެގެން އަހާން އެ މޮޔަވަނީ. ގައިމު އެލީނާ ނޫނަސް ނޫ ލޯ ހުރި އެއަށްވުރެ މާ ރީތި ބައިވަރު ކުދިން އުޅޭނެ” ހިތާހިތުން އެލީނާއާ ދިމާއަށް އެއްޗިހި ކީ ކަމުގައި ދުލާއި ހަމައަށް އެ ބަސްތައްް ގެންނާކަށް އޭނާއަކަށާ ނުކެރުނެވެ. ހަޤީޤަތަކީ އެލީނާދެކެ އޭނާ އެހައި ރުޅި އާދެވެނީ ކީއްވެކަމެއް ޚުދު ޒާޔާއަކަށް ވެސް ނޭންގެއެވެ. އެލީނާ އެކަންޏެއް ނޫނެވެ. އަހާންގެ ދުލުން އަންހެން ކުއްޖެއްގެ ނަން ކިޔަސް އެކުއްޖަކާ މެދު ޒާޔާ ހަސަދަވެރިވެއެވެ. އެކަމުގެ ސަބަބަކީ ޒާޔާ ހިތުގައި އަހާންއާ މެދު ތަފާތު އިޙްސާސެއް ވާތީކަން ޤަބޫލު ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ހަޤީޤާތަކަށް ވެއްޖެނަމަ ފަހަރުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ މުޅި އުމުރަށް ވެސް އޭނާއަށް ގެއްލިދާނެއެވެ. އެއީ ޒާޔާގެ ނާޒުކު ހިތަށް ކެއްވާނެ ވަރުގެ ކަމެއް ނޫނެވެ.

ކޮފީ ޝޮޕް ކައިރިން ކާރު ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމުން އިޝަލްއަށް ކާރު ޕާކު ކުރަން ޖެހުނީ ފުދޭވަރަކަށް ދުރުގައެވެ. ހިނގާފައި ކޮފީ ޝޮޕާއި ހަމައަށް ދަމުން ގޮސް އޭނާއަށް ހުއްޓެން މަޖުބޫރުވީ މަގުގެ އަނެއް ފަރާތުގައި އޭނާއަށް ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. އާދައިގެ އިސްކޮޅެއްގެ ވެރި އެ އަންހެންކުއްޖާގެ ކޮނޑުން ތަންކޮޅެއް ތިރިއަށް އޮތް ރާޅު ބާނީ ބްލޮންޑް އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އެ ކުއްޖާގެ މޫނު ބަލާ ނުލާ ދާން އިޝަލްގެ ހިތްދެކޮޅު ހެދިއެވެ. ދަގަށްފާނަށް ދަމާހެން އެ އަންހެން ކުއްޖާއާ ދިމާއަށް އިޝަލް ދަމަމުން ދިޔައެވެ. އެ އަންހެން ކުއްޖާއާ ކައިރިވަމުން ދިޔަ ވަރަކަށް އިޝަލްގެ ހިތް އަވަސް ވަމުން ދިޔައެވެ. އެކުއްޖާ ގާތަށް ނުދާށޭ އޭނާގެ ސިކުނޑި އެތައް ފަހަރަކު ބުނަމުން ދިޔަ ނަމަވެސް ހިތް ގޮވަމުން ދިޔައީ ދާށޭއެވެ. ސިކުނޑި އާއި ހިތާއި ދެމެދު ކުރެވެމުން ދިޔަ ހަނގުރާމައިން ގަދަވަމުން ދިޔައީ ހިތެވެ. އެކުއްޖާއާ ދާތި ގާތު ހުއްޓިފައި އިޝަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިޝަލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެކުއްޖާ ފަހަތަށް އެނބުރުނެވެ. އިޝަލް ފެނުމާއެކު ސިއްސައިގެން ގޮސް އެކުއްޖާ އަތު އިން ހޫނު ކޮފީތަށި އިޝަލް ގަޔަށް އެޅުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތުލުސްމު 1

Next

ލޯބި 4

Next
April 18, 2021

ލޯބި 4

Previews
April 17, 2021

ތުލުސްމު 1

4 Comments!

  1. Kiyara says:
    April 18, 2021 at 12:57 am

    Salam guys here is the 2nd episode of Manzil thiey. I would like to thank all the readers for the support u guys are giving. It means a lot to me. Also i am sry for not replying to the comments in the previous episode. I was going to reply the comments after uploading this episode but the comment section was closed. Thank you all for the beautiful comments it really helps me to go on. There is one more person i would like to thank. The person who encouraged me to start writing again. If is wasn’t for her encouraging words and of course u guys i don’t think i would have been able to write again. She reminded me how much i loved writing and u guys. Soo U thank you soo much for helping me to re start doing what i love. I luv you guys, stay safe everyone

  2. StoryyQuyyn says:
    April 18, 2021 at 3:45 pm

    vvv salhi mi part vx.. waiting for next part curiously

  3. Lailac Baby says:
    April 19, 2021 at 4:49 am

    Alhey stry vrh loabi siss❤️❤️❤️ i think ishal ❤️minha but i want
    minha❤️ erick
    Ahaan ❤️zayaa
    Ishal❤️miaa
    Thn let see dhw what will happen. Curiously waiting for next episodes. We all love u nd ur stry sis.so don’t stop writing.go foward like this. Nd be an amazing author nd friend
    Ss
    Sh
    Tc

  4. Maayu says:
    April 19, 2021 at 9:11 pm

    Hey kiyaa. I loved the two parts.. curious to read the next parts. And i’ve missed you lotss!!! Wish you the best dear! Much Love!!!

Comments are closed.

Next Episodeމަންޒިލް ތިއޭ 3←


All Right Reserved!