Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޮތްބަށްޓަކައި….2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 6, 2021 4 Mins Read
0 Comments

ލައިރާ ގޮވައިގެން ލަބާން ގެއިން ނުކުތެވެ. އޭނާއަށް ދެކޮޅު ހެދުމެއް ނެތި ބަސް އަހައިގެން ލައިރާވެސް ދިޔައެވެ. އަތުން ދިލަ ނަގާ ވަރުން އަދިވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލަބާންއާއެކީ މައްސަލަ ނުޖައްސާ އޭނާއަށް އެ ދެވެނީ ދެކޮޅު ހަދާނެހާ ވަރުވެސް އޭނާ ގައިގައި ނެތުމުންނެވެ.

****

އެ ދުވަހުގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައީ ރީމާގެ ފަރާތުން ލައިރާއަށް އެއްވެސް ހާނިއްކައެއް ނުލިބިއެވެ. ލައިރާގެ ހިތް ކިތަންމެ ނުރުހުނު ކަމުގައި ވިއަސް ލަބާން އޭނާގެ ހާލު ބަލާ ހަދައެވެ. އޭނާ އަތުގައި އޮތް ބޭސްގަނޑު ބަދަލުކޮށްދީ ޑޮކްޓަރު ކާން ދީފައި ހުރި ބޭސްތައް ގަނޑިން ގަޑިއަށް ކައިތޯ ބަލައެވެ. ލައިރާ ބަދިގޭގައި އުޅޭ ވަގުތުވެސް ލަބާން އެހީވެދެއެވެ.

ރޭގަނޑު ލައިރާ ނިދިކަން ޔަޤީން ވުމުން ލަބާން ބޭރަށް ދާން ތައްޔާރުވިއެވެ. އާދައިގެ ޓީޝާޓަކާ ޖިންސެއް ލުމަށް ފަހު އިސްތަށިގަނޑު ރީތި ކޮށްލިއެވެ. އާދައިގެ އިސްކޮޅަށްވުރެ ކުޑަކޮށް ލަބާން ކުރުވި ނަމަވެސް އޭނާއަކީ އަންހެން ކުދިންގެ ސަމާލުކަން ލިބޭ ފަދަ ސޫރައެއްގެ ވެރިއެކެވެ. ކުޑައިރުންސުރެ މިއަދާ ހަމައަށް އެތައް ކުދިންނެއް އޭނާއަށްވަނީ ލޯބި ހުށަހަޅާފައެެވެ. އެއިން އެއްވެސް ކުއްޖެއްގެ ހުށަހެޅުން ޤަބޫލު ނުކޮށް އޭނާ ނަދާ ގާތު ރަަށްޓެހިވާން އެހީ އެންމެ ސަބަބަކާ ހުރެއެވެ. ހަމަ އެކަނި ލައިރާ ރުޅި އެރުވުމުގެ ބޭނުމުގައެވެ. ފުރަތަމަ އޭނާ ނަދާ ގަތު ރަށްޓެހިވާން އެހުމުން ނަދާ ވަގުތުން އިންކާރު ކުރިއެވެ. ލައިރާއެކޭ އެއްފަދައިން ނަދާ ވެސް އޭނާއަކާ އޭރު ގަޔައެއް ނުވެއެވެ. ދެމަހެެއްހާ ދުވަހުގެ މަސައްކަތުން ލަބާން ނަދާގެ މުޅި ހިތް އޭނާއަށް ލަނބުވާލިއެވެ. މިއަދު ލަބާންއަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަންވެސް ނަދާ ހުންނާނީ ތައްޔާރެށެވެ. އެހާވެސް އޭނާދެކެ ނަދާ ލޯބިވެއެވެ. ނަމަވެސް އޭނާގެ ހިތުގައި ނަދާއަށްޓަކައި ލޮތްބެއް ނެތެވެ. އޭނާ އަދިވެސް ނަދާދެކެނީ ލައިރާގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައެވެ. ލައިރާ ރުޅި އަރުވަން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައެވެ. ދުވަހެއްގެ ކޮޅުން ވެސް ނަދާދެކެ އިޝްޤީ ލޮތްބެއް ވެވޭނަކަަމަކަށް ލަބާން ޤަބޫލެއް ނުކުރެއެވެ. ރަނގަޅު ދަނޑިވަޅެއް ބަލާފައި ނަދާގެ ހިތްހަލާކު ކުރަން އޭނާ އެދަނީ ތައްޔާރު ވަމުންނެވެ.

ލަބާން ކެފޭއަށް ވަން އިރު ޒެއިންގެ އިތުރަށް ލިއަމް އާއި ނަޔަލް އަދި ހާރިމް ވެސް ހުއްޓެވެ. ނަޔަލް ފިޔަވާ ދެން ތިބި ތިން މީހުންގެ އަތުގައި ރޮއެކޮށްފައި އޮތް ސިނގިރޭޓު ބުރިއެެއް އޮތެވެ. ލަބާން ގޮސް އެމީހުން ތިބި މޭޒު ދޮށުގައި އިށީންދެފައި ޒެއިން އަތުން ސިނގިރޭޓު އަތުލައި އެ ބޯންފެށިއެވެ. “ކައޭ ކޮއްކޮގެ އަތް ކިހިނެއް މިހާރު؟” ލައިރާއަށް ނިސްބަތްކޮށް އޭނާގެ ކޮއްކޮއޭ ޒެއިން ބުނުމުން ލަބާން އެއް މިޔައަކުން ހީލިއެވެ. “ފުރަތަމަ ކަމަކަށް އެއި މައޭ ކޮއްކޮއެއް ނޫން. ދެވަނަ ކަމަކަށް އެއީ ކަލޭއާ ބެހޭ ކަމެއް ނޫން” ސީދާ ޒެއިންގެ މޫނަށް ލަބާން ސިނގެރޭޓު ދުންތައް ބުރުވާލިއެވެ. ލަބާންގެ ޖަވާބުން ޒެއިންގެ ލޭ ކެކި ގަތެވެ. އޭނާއަށް ވުރެ ދެ އަހަރު ހަގު ކުޑަ ކުއްޖެއް އެ ފަދައިން އޭނާއާ ވާހަކަ ދެއްކުންވީ ޒެއިންއަށް ހަޖަމް ކުރަން އުނދަގޫ ކަމަކަށެވެ. ވަގުތުން ވަގުތަށް ލަބާން މޫނަށް ހެޔޮވަރުގެ ހަމަލާއެއް ދޭން އޭނާ ބޭނުންވިއެވެ. އެހަނަސް މީހުން ގިނަ ތަނެއްގައި ތިބުމާއެކު ބޭނުންނުވާ ސަމާލުކަން އެމީހުންނަށް ލިބޭނެތީވެ ގަދަ ކަމުން ހިނިތުންވެލުމަށް ފަހު އިތުރު އެއްޗެކޭ އޭނާ ނުބުނެއެވެ. މިރޭ ނޫނަސް އަދި އޭނާ ލަބާންގެ ކިބައިން ބަދަލު ހިފާނެއެެވެ.

ފަތިހު ފަތިހާ ތެދުވެ ލައިރާ ސްކޫލަށް ދާން ތައްޔާރުވިއެވެ. ލަބާން ތައްޔާރު ވެގެން ނުކުތުމުގެ ކުރިން ގެއިން ނުކުންނަން އޭނާ ބޭނުމެވެ. ހަގަޑި ބައިގައި ގެއިން ނުކުތުމުގެ ބަދަލުގައި ހަގަޑި ފަނަރައިގައި އޭނާ ނުކުތެެވެ. ފުރަތަމަ ގޯޅިއަށް އެޅި ތަނުން އޭނާގެ ނަމުން ގޮވި އަޑުއިވުމާއެކު ލައިރާ ހިނގުން ހުއްޓާލިއެވެ. ފަހަތުން މީހަކު ދުވެފައި އައިސް އޭނާއާ އަރާ ހަމަކުރި ކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އޭނާ ގާތު ހިނިއައިސްފައި މަޑުކޮށްގެން ހުރީ ލަބާންގެ އެކުވެރިޔާއެވެ. ލަބާން ބުނެގެން ލައިރާ ހޮސްޕިޓަލަށް ގެންގޮސްދިން ޒުވާނާއެވެ. “އާހް. އޭނާއަަށް ވުރެ ކުރިން ގެއިން ނުކުތީމަ މަށަށް ފާރަލާން އެހެން މީހުން ފޮނުވަނީ. ވަރަށް ފޫހިވޭ” ލައިރާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ލަބާންއަށް ކުދި ކިޔެވެ.

ލައިރާ އަމައްލަ ނަފްސާއި ވާހަކަ ދެއްކި އިރު މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ޒެއިންއަށް މަޖާވެގެން ހޭންފެށިއެވެ. އެއާއެކު ލައިރާ ދެބުމަ ގޮށްޖަހައި ޒެއިންއަށް ލޯ އަޅާލިއެވެ. “އޯކޭ ބުނަން ވާހަކައެއް ލަބާން ގާތުގަ..” “ލަބާން ބުނެގެންނެއް ނޫން އަހަރެން ލައިރާ ގާތަށް މި އައީ. ލަބާންއަށް މަ ލައިރާއް ވާހަކަ ދެއްކިކަން އެނގުނަސް މަގޭ ޒަމާން ދާނެ. އަހަރެން އަމިއްލައަށް ބޭނުންވެގެން މިއައީ. ލައިރާ ބޭނުންނެތިއްޔާ މަށެއް ލައިރާއަކް ވާހަކައެއް ނުދައްކާނަން އަދި ލައިރާ ފެންނަ ހިސާބަށް ވެސް ނާންނާނަން. އެކަމުދިއުމުގެ ކުރިން އަހަރެން ލައިރާގެ ހާލު އަހާލިއަސް އެންމެ ރަނގަޅުތަ؟” ލައިރާ ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ޒެއިން ވާހަކަ ދެއްކިއެވެ. ޒެއިންގެ ދެލޯ އަމާޒުވެފައި ހުރީ ސީދާ ލާއިރާގެ ލޮލަށެވެ. ހިނދު ކޮޅަކަށް ނަމަވެސް އެ ފުން ލޮލަށް ލައިރާ ގެނބިގެން ދިޔައެވެ. ޒެއިންގެ އެދުމާ ދެކޮޅު ހަދަން ސިކުނޑި އޭނާއަށް ބާރު ފޯރުވަމުން ދިޔަ ނަމަވެސް ސިކުނޑިއާއި ދެކޮޅަށް ޒެއިންގެ އެދުމަށް ލައިރާ އެއްބަސް ވިއެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައި އެ ދުވަހު ހޮސްޕިޓަލަށް ގެންގޮސް ދިނީތީ ޝުކުރު އަދާކުރިއެވެ. “އެއީ މައްސަލައެއް ނޫން. ދެންވެސް ކަމެއް ނޫނީ އެކުވެރިއެއްގެ އެހީ ބޭނުންވެއްޖެޔާ އަހަންނަށް ގުޅާލަ. އެކަމު އެއީ ލައިރާ ބޭނުމިއްޔާ. އޯ ބައި ދަ ވޭ އައި އޭމް ޒެއިން” ލައިރާ އަތުތެރެއަށް އޭނާގެ ނަންބަރު ލިޔެފައި އޮތް ގަނޑުކޮޅެއް ޒެއިން ލައިދިނެވެ. އިތުރު އެއްޗެއް ލައިރާއަށް ނުބުނެވި އުޅެނިކޮށް އޭނާގެ ލޮލަށް ޒެއިން ގެއްލުނެވެ. ޒެއިން ދިޔަ ފަހުން ވެސް ދެތިން މިނެޓު މަގު މަތީ ހުއްޓިގެން ލައިރާއަށް އިނދެވުނެވެ. ހަމަހޭވެރިކަން ވުމުން ޒެއިން ދިން ގަނޑުކޮޅު ދަބަހުގެ އަރިމަތީ ޖީބަށް ލައިފައި ސްކޫލާއި ދިމާއަށް ހިނގައިގަތެވެ. އޭރު އޭނާ ތުންފަތް މަތީ ރަކި ހިނިތުންވުމެއް ވިއެވެ.

ލައިރާ ސްކޫލާ އަރާ ހަމަވިއިރު ގޭޓު ކުރިމަތީ މަޑުކޮށްގެން ލަބާން ހުއްޓުވެ. އޭނާގެ މޫނު މަތިން ފެންނަމުން ދިޔަ ނުރުހުމުގެ އަސަރުން ލައިރާ ކުޑަކޮށް ބިރުގަތެވެ. ލަބާންއަށް އޭނާއާ ދިމާއަށް އެއްޗެކޭ ބުނަން ފުރުސަތު ނުދީ ލައިރާ ގޭޓުން އެތެރެއަށް ދެމި ގަތަވެ.

“ލައިއަށް އެނގޭ ދޯ ލާން ލައިއަަށް ރަނގަޅަކަށް ކަން އެގޮތަޝް ކަންތައް ކުރަނީ” ލަބާންގެ ކިބައިން ސަލާމަތް ވެވުނަސް ނަދާގެ ކިބައިން ސަލާމަތެއް ނުވެވުނެވެ. “ތިއެއް ނޭންގެ. މަށަށް އެނގޭހާވެސް އެއްޗަކީ އެއީ ރަނގަޅު މީހެއް ނޫންކަން. މަށަކަށް ނޭންގެ އޭނަ ނަދާއަށް ކޮން ޖާދުލެއްކާމެއް ޖެއްސީކީ ނަދާއަށް އޭނާގެ ހަޤީޤީ ކުލަ ނުފެނިގެން ތި އުޅެނީ” އޭނާ އަބަދުވެސް ނަދާ ގާތު ފަތިވާ ބަނދިވަރު މިއަދުވެސް ފެތިއެވެ. “ލައިއަށް އަދި މީހެއްދެކެ ލޯބިނުވެވެނީ. ލައިވެސް މީހެއްދެކެ ލޯބިވާ ދުވަހު ވިސްނޭނެ. އެދުވަހުން ލޮޓްބަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ލައިވެސް ހުންނާނީ ތައްޔާރަށް. އިޓް ޑަސަންޓް މެޓާރ ހޫ ދެޓް އިޒް އޯ ވަޓް ހީޑަސް. ވެން ޔޫ އާރ އިން ލަވް ވިތް ސަމްވަން ޔޫ ޖަސްޓް ޑޯންޓް ކެއާރ އެބައުޓް އެނީތިން އެލްސް . ޔޫ ޖަސްޓް ލަވް ހިމް ވިތް އާލް ޔުއާރ ހާރޓް އީވަން ވެން ޔޫ ނޯ ހީ ޑަސަންޓް ފީލް ދަ ސޭމް ވޭ އެބައުޓް ޔޫ” އޭނާ އަބަދުވެސް ދޭ ޖަވާބު މިފަހަރުވެސް ލައިރާއަށް ދިނެވެ. ލައިރާ ދެލޯ އަނބުރާލަމުން މޫނަށް ވައްތަރު ޖެއްސިއެވެ. ލައިރާގެ ބައްޕަ ދެވަނަ ކައިވެންޏެއް ކުރި ހިސާބުން ހަޤީޤީ ލޮތްބަކީ ވާ އެއްޗެއް ކަމަކަށް ލައިރާ ޤަބޫލެއް ނުކުރެއެވެ. އެހެންނަމަ އޭނާގެ ބައްޕަ ދެވަނަ ކައިވެންޏެއް ނުކުރީހެވެ.

ލައިރާއާ ދިމާއަށް އަޑުލާން އައި ލަބާންއަށް ނަދާގެ ވާހަކަ އަޑު އިވުނެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ކުށެއް ކުރެވޭ ކާމުގެ އިޙްސާސް ކުރެވުނެވެ. ހިތަށް އުނދަގުވީއެވެ. ނަދާއާ މެދު ކަންތައް ކުރެވޭ ގޮތާއި މެދު ސުވާލު އުފެއްދުނެވެ. ކުރަން އައި ކަންތައް މަތިން ހަނދާން ނެތި ލަބާން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަދާއަށް ފެނުމުގެ ކުރިން ކުލާހަށް ދާން ލަބާން ހިނގައިގަތެވެ. މިވަގުތު ނަދާ ފެންނަ ހިސާބަށް ދާކަށް އޭނާ ގަޔަކު ހިތްވަރެއް ނެތެވެ.

ޒެއިން އިރު އިރުކޮޅާ ފޯނަު ބަލަމުން ދިޔައީ ލައިރާގެ މެސެޖެއް ލިބޭތޯއެވެ. ރޭގަނޑުވެގެން ދިޔައިރުވެސް ލައިރާގެ މެސެޖެއް ނައެވެ. އޭނާ ހީކުރީ ލައިރާއަށް އޭނާގެ ނަންބަރު ދިނުމުން ލައިރާ މެސެޖު ކުރާނެ ކަމަށެވެ. އެހެން އަންހެން ކުދިން ތިބެނީ އޭނާއާ ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބިފައެވެ. އޭނަ އަމިއްލައަށް ފެނިގެން ނަންބަރު ދިނުމުން ވެސް ލައިރާ މެސެޖު ނުކުރިއެވެ.

ދެފައި ވަށްކޮގެން އެނދުގައި ލައިރާ އިން އިރު އެއް އަރުގައި ޒެއިން ނަންބަރު ލިޔެފައި ދިން ގަނޑު ކޮޅު އޮތެވެ. އަނެއް އަތުން ފޯނު ހިފައިގެން އިނެވެ. ޒެއިންގެ ނަންބަރު ދެތިން ފަހަރު ފޯނުގައި ޖަހާފައިވެސް ކޮންމެ ފަހަރަކުވެސް ފޮހެލަނީއެވެ. ޒެއިންގެ ނަންބަރު ފޯނުގައި އިތުރަށް ލިޔެވުމުގެ ކުރިން ގަނޑުކޮޅު ބޮނޑިކޮށްފައި އެ ގަނޑުކޮޅު ލައިރާ އެއްލާލިއެވެ. ޒެއިންއަކީ ލަބާންގެ އެކުވެރިއެކެވެ. ލަބާންގެ އެކުވެރިންގެ އުޅުން ހުންނަ ގޮތް ލައިރާ ގާތު މީހެއް ބުނާކަށް ނުޖެހެއެވެ. އެ ފަދަ މީހެއް އެކުވެރިއެއްގެ ގޮތުގައި ދެކުމަކީ ލައިރާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެނަސް ލައިރާ ހިތުގެ ކަނަކުން ޒެއިންއާ އެކުވެރިވާން އެދުނެވެ.

އަށެއް ޖެހި އިރަށް ކައިގެން ނަދާ އޮތީ ފިލްމެއް ބަލާށެވެ. މުޅި ދުވަހުވެސް ލަބާންގެ ޚަބަރެއް ނުވެއެވެ. މެސެޖެއް ކުރަން ހިތަށް އަރާފަވެސް ލަބާން ރުޅި އަތުވެދާނެތީ އަޅާނުލީއެވެ.

ފިލްމިގެ މެދާ ހަމައަށް ދިޔަ ތަނުން ނަދާގެ ފޯނު ރިންގުވާން ފެށިއެވެ. ލަބާންގެ ނަން ސްކްރީނަށް އަރާފައި އިން ތަން ފެނުމުން ނަދާ ހައިރާންވިއެވެ. ފަހަކަށް އައިސް ނަދާގެ ޚަބަރެއް ނުވަނީސް ލަބާންގެ ޚަބަރެއް ނުވެއެވެ. ލަސްކުރުމެއް ނެތި ނަދާ ފޯނަށް ޖަވާބު ދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މައާފުކުރުން ނުވަތަ މައާފުކޮށްދިނުން + ބުލީކުރުން

Next

ހަނދާންވޭ

Next
December 8, 2021

ހަނދާންވޭ

Previews
December 6, 2021

މައާފުކުރުން ނުވަތަ މައާފުކޮށްދިނުން + ބުލީކުރުން



All Right Reserved!