މަންޒިލް ތިއޭޭ……1
ކޮފީ ޝޮޕް އެތެރެއަށް ވަތް ޒުވާނާއަށް އެންމެންގެ ލޯތައް އަމާޒުވިއެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލްކޮށްފައި ހުރިއިރު އެ ޒުވާނާގެ ލޯ ވަނީ އަވިއައިނަކުން ފޮރުވާލާފައެވެ. ހުދުކުލައިގެ ގަމީސްމަތިން ކަޅު ކުލައިގެ ލެދާރ ޖެކެޓެއް ލައިފައި ކަޅު ޖިންސެއް ލައިގެން ހުރިއިރު ވައްތަރީ މޮޑެލްއަކާއެވެ. އޭނާއަށް އަމާޒުވެފައި ހުރި ލޯތަކަށް ފަރުވާލެއް ނެތި އެ ޒުވާނާ ގޮސް ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ.
“އަހާން ބޭނުންވާ ގޮތަށް ކޮފީ ވިތް ވިޕްކްރީމް” އަހާން އަތަށް ކޮފީތަށި ދެމުން ޒާޔާ ބުނެލިއެވެ. “ތޭންކްސް ޒީ ތިއީ ހަމަ ބެސްޓް” ކޮފީ ތަށިން އެތި ފޮދެއް ބޯލުމަށް ފަހު އަހާން ޒާޔާއަށް އެއް ލޯ މަރައިލިއެވެ. އެއާއެކު ޒާޔާގެ ދޮން ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އަހާންއަށް އެކަން ފާހަގަ ވުމުގެ ކުރިން ޒާޔާ އަވަހަށް އިސްޖަހައިލިއެވެ. އޭރު އޭނާގެ ތުންފަތް މަތީ ރަކި ހިނިތުންވުމެއް ވިއެވެ.
ކޮފީތަށްޓާއި ދެ މަފިން ހިފައިގެން އަހާން ގޮސް އެއްފަރާތެއްގައި ހުރި ހަތަރު މީހުންނަށް ތިބެވޭ ގޮތަށް އިން މޭޒުގައި އިށީނެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމަށް ފަހު ދޮރާއި ދިމާއަށް ބަލާލީ މީހަކަށް އިންތިޒާރު ކޮށްގެން އިން ފަދައަކުންނެވެ. އަހާން އެހެން އިންނަތާ ދެތިން މިނެޓު ފަހުން އާސެނަލް ޕްރެކްޓިސް ކިޓުގައި ހުރި ޒުވާނެއް އެތެރެއަށް ވަނެވެ. އެ ޒުވާނާ އައުމުން އަހާންގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
“އައްޗީޑި އިޝަލް ޕްރެކްޓިސް ނިންމާފަ ފެންވެސް ނުވަރާ ތި އައީ” އިޝަލް ގޮސް ކައުންޓަރު ކައިރީ މަޑުކޮށްލުމުން މޫނަށް ގޮތެއް ހަދާފައި ޒާޔާ ބުނެލިއެވެ. “ހަހަހަ ވަރަށް މަޖާ. ކަޒް ނާދޭތަ؟” އަހާން އިން މޭޒަށް ބަލާލުމަށް ފަހު އަހާން އެކަނި އިނުމުން އިޝަލް އަހައިލިއެވެ. ޒާޔާ ބޯ ޖަހައިލައިފައި އިޝަލް އަބަދުވެސް ސްޓްރޯރބެރީ މިލްކްޝޭކް އިޝަލް އަތަށް ދިނެެވެ. އެއަށްފަހު ޒާޔާ ބޯން ހޮޓްޗޮކްލެޓް ތަށްޓަކާއި އަދި އިތުރު ހޮޓްޗޮކްލެޓް ތަށްޓެއް އަދި ތިން މަފިން އާއި ދެ ޑޯނަޓު ހިފައިގެން އިޝަލްއާއެކު އަހާން އިން މޭޒަށް ދިޔައެވެ.
ލައިބްރެރީން ނުކުތް މިންހާގެ ފިޔަވަޅުތައް އަވަހެވެ. ގަޑި ބަލާލުމަށް ފަހު ކޮނޑުގައި ހުރަހަށް އަޅުވާފައި އޮތް ދަބަހަށް ބާރުކޮށްލިއެވެ. އިޝަލްގެ މެޗު އޮންނަ ދުވަސްތައް ނޫން ކޮންމެ ދުވަހަކުވެސް ހަތަރެއް ޖަހާއިރު އަހާން، މިންހާ އަދި އިޝަލް ޒާޔާ މަސައްކަތް ކުރާ ކޮފީ ޝޮޕުން ބައްދަލު ކުރެއެވެ. އެ ގަޑިއަކީ ޒާޔާ، މިންހާ އަދި އަހާން ޑިއުޓީ ނިމޭ ގަޑިއަށް ވެފައި އިޝަލްގެ ޕްރެކްޓިސްވެސް ނިމޭ ގަޑިއެވެ. ޒާޔާ ކޮފީ ޝޮޕެއްގައި މަސަައްކަތް ކުރާއިރު މިންހާ މަސައްކަތް ކުރަނީ ލައިބްރެރީއެއް ގައެވެ. އަހާން ވަޒީފާ އަދާ ކުރަނީ ޒާޔާ އަދި މިންހާ މަސައްކަތް ކުރާ ކޮފީ ޝޮޕް އަދި ލައިބްރަރީއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ފިހާރައެއް ގައެވެ.
އަވަހަށް ދާން ހަދައިގެން ރަނގަޅަށް ނުބަލާ ހިނގަައިގަތުމުން މީހެއް ގައިގައި ލައިގަތެވެ. މިންހާގެ ނިތްކުރި ގޮސް އެމީހެއްގެ ތަނަވަސް މޭމަތީގައި ޖެހުމުން ބޮލަށް އެނބުރުން އަރައިގަތެވެ. “އާ ޔޫ އޯކޭ؟” ވަރުގަދަ އެކްސެންޓެއްގެ ވެރި ބަރު އަޑެއް މިންހާ ކަންފަތުގައި ޖެހުނެވެ. އިސްއުފުލާލުމަށް ފަހު އެ އަޑުގެ ވެރިއަކީ ކާކުތޯ މިންހާ ބަލައިލިއެވެ.
ކަނޑު ނޫކުލައިގެ ދެލޯ ވަނީ ސީދާ އޭނާގެ މޫނަށް ހުއްޓިފައެވެ. އެ ދެލޮލުގެ އަސަރު ގަދަކަމުން މިންހާ ގައިން ހީބީހި ނަގައިގެން ދިޔައެވެ. އެ ދެލޮލުގެ ޖާދޫގައި ޖެހި އެހެން ދިމާއަކަށް ބަލަން މިންހާ ހަނދާންނެތުނެވެ.
ތަފާތު ރީތިކަމެއް ލިބިފައި ހުރި އަންހެން ކުއްޖާގެ މޫނުން ނަޒަރު ވަކިކުރަން ނޭންގިފައި އެރިކްއަށް ހުރެވުނެވެ. އެ އަންހެން ކުއްޖާގެ މަޑު މުށި ކުލައިގެ ލޮލުގައި ޖާދުލެއް ވީފަދައެވެ.
ފަހަތުން ކަރު ކެހެލި އަޑު އިވުމާއެކު މިންހާ ވެސް އަދި އެރިކް ވެސް ސިހުނެވެ. މިންހާ ނިކަން އަވަހަށް އެރިކްގެ ލޮލުން ނަޒަރު ވަކިކޮށްލިއެވެ. އޭރު މުޅި ކުއްޖާގެ ކޯތާފަތަށް ވަނީ ޖަންބު ކުލައަރާފައެވެ. އެރިކް ވެސް ނުވާކަމަކަށް ހަދަމުން އޭނާގެ ބްލޮންޑް އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ.
“ސޮރީ” މިންހާ ބުނިލެއް މަޑުކަމުން އޭނާގެ އަޑު އެރިކް ކަންފަތާ ހަމައަށް ފޯރީ ކިރިޔާއެވެ. އިތުރަށް އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ކުރަން ނުހަދާ ހަލުވިކޮށް މިންހާ ބާރަށް ހިނގައިގަތެވެ. މިންހާ ގޮސް މަގުގެ ކޮޅަށް ގެއްލެންދެން ބަލަހައްޓައިގެން އެރިކްއަށް ހުރެވުނެވެ. “ރިކް؟” ފާޑަކަށް ހިނިއައިސް ފައިހުރެ އެރިކްގެ އެއްމާބަނޑު ކޮއްކޮ މިއާ އެރިކްއަށް ގޮވާލިއެވެ. އަންހެން ކުއްޖެއް ފެނިގެން މީގެ ކުރިން ނުވާ ގޮތެއް ބޭބެ އެރިކްއަށް ވުމުން މިއާއަަށް މަޖާވީއެވެ. “އޯ ޑޯންޓް” މިއާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނުން އެރިކް ބުންޏެވެ.
އެރިކް ކުރިއަށް ދާން ހިނގައިގަތް ތަނުން އޭނާ ލައިގެން އިން ޖެކެޓުގެ އަރިމަތީގައި އެއްޗެއް ހަރުލާފައި އިން ކަމުގައި އިޙްސާސް ކުރެވުނެވެ. ބަލާލިއިރު ‘އެމް’ އަކުރު ޖަހައިފައި އޮތް ރިހި ކުލައިގެ ހިމަ އަތުގަ އަޅާއެތިކޮޅެވެ. އޭނާގެ ޖެކެޓުން ވަރަށް ބަލައިގެން އޭތިކޮޅު ނައްޓާލުމަށް ފަހު އަތުތެރެއަށް ލިއެވެ. އެއީ ދެންމެ ދިޔަ އަންހެން ކުއްޖާގެ އެއްޗެއްކަން އެނގުމާއެކު އެރިކްއަށް ހީނލެވުނެވެ. “އެމް” އަމިއްލަ ނަފްސަަށް އެކަނި އަޑުއިވޭވަރަށް ބުނެލުމަށް ފަހު ޖެކެޓުގެ ޖީބަށް އޭނާ އެ އެތިކޮޅު ލިއެވެ.
“މިންހާ ހާދަ ލަސްވީ؟” މިންހާ ގޮސް އިށީނުމާއެކު އަހާން އާއި އިޝަލް އެއްފަހަރާ އަހައިލިއެވެ. “ހޫމް އެއީ ލައިބްރަރީގަ ކުޑަކޮށް ލަސްވީ” އޭނާއާ ދިމާވި ކުޑަ ‘އެކްސިޑެންޓް’ އެކުވެރިންނަށް މިންހާ ސިއްރުކުރިއެވެ. ބަނޑުހައިވެފައި ހުރުމުގެ ސަބަބުން ޒާޔާ ގެނަސްދީފައި އިން ހޮޓްޗޮކްލެޓް ތަށްޓާއެކު މަފިންއާކާ ޑޯނަޓެއް ކެއެވެ. އަހާން އިޝަލް ގާތު އާސެނަލް އަންހެން ޓީމަށް ކުޅޭ ކޮންމެވެސް ކުއްޖެއްގެ ވާހަކަ ދައްކަން ފެށުމުން މިންހާއަށް ބަލައިލެވުނީ ޒާޔާއާ ދިމާއަށެވެ. އޭރު ޒާޔާ އިސްޖަހައިގެން އިނދެ ހޮޓްޗޮކްލެޓް ތަށި ބޮމުން ދިޔައެވެ. ޒާޔާ ނުބުނު ކަމުގައި ވިއަސް ޒާޔާ ހިތުގައި އަހާންއާ މެދު އެކުވެރިކަމަށް ވުރެ ގާތް އިޙްސާސެއް އުފެދިފައިވާކަން މިންހާއަށް އެނގެއެވެ. އަހާންއަށް އެކަން އިޙްސާސް ނުވާތީ މިންހާ ހައިރާންވިއެވެ. “އެބަ ކިޔާ ސަމާރ ބްރޭކްގަ ޑޮންކެސްޓާރއަށް ދާން. ބައްޕަ އުޅެނީ އެތަނުގެ ފުޓުބޯޅަ ޓީމާއި ހަވާލުވަނިއްޔޯ ފަހަރެއްގެ” އަހާން އެ އަންހެންކުއްޖާގެ ވާހަކަ ދައްކާތީ މިންހާ މަޢުޟޫ ބަދަލުކޮށްލިއެވެ. “އޭގެ މާނައަކީ މިންނު ވެސް އެތަނަށް މޫވް ކުރަން ޖެހެނީއޭތަ؟” ޒާޔާ ދެރަވެފައި އެހިއެވެ. “ނޫން. ބައްޕަ ޖޮބްނެގިއަސް މަށާ މަންމައާ މި ކޮޅުގަ މަޑު ކުރާނީ. ދެން ހޮލިޑޭސް ތަކުގަ ބައްޕަ މިކޮޅަށް އަންނާނީ ނޫނީ އަހަރުމެން އެ ކޮޅަށް ދާނީ. އެކަމު އަދި ބައްޕަ ޖޮބް އޮފާރ އެކްސެޕްޓް ކުރާނެ ކަމެއްވެސް ނޭންގެ ކޮންމެވެސް އެހެން ކުލަބަކުން ވެސް އެބައިނޯ ލިބިފަ އޮފާރއެއް” އޭނާގެ އާއިލާއަކީ ފުޓުބޯޅަ އާއިލާއެއް ކަމަށް ވިއަސް ފުޓުބޯޅަށް މިންހާގެ އެއްވެސް ޝައުޤެއް ނެތެވެ. ލަންޑަނަށް ބަދަލުވީންސުރެ ފުޓުބޯޅަ މެޗެއް ބަލަން ދަނޑަށް ވެސް މިންހާއެއް ނުދެއެވެ. މާނީވެސް ގަދަކަމުން އަންހެން ދަރިފުޅު ގެންދަން މަސައްކަތެއް ނުކުރެއެވެ. ބައްޕަ އާއި ބޭބެގެ އެކުވެރިން ނޫން ފުޓުބޯޅަ ކުޅުންތެރިން ވަކި ކުރާކަށް މިންހާއަކަށް ނޭންގޭނެއެވެ. ކުލަބުތަކުގެ ތެރެއިން ވެސް އޭނާއަށް އެނގެނީ ލިވަޕޫލާއި ރިއަލްމެޑްރިޑް އަދި އާސެނަލެވެ. “ޔެޕް ޗެލްސީން. ވަރަށް މަޖާވާނެ އެ އޮފާރ އަންކަލް އެކްސެޕްޓް ކޮށްފިއްޔާ. އޭރަށް ލަންޑަން ޑާރބީ ކުރިއަށް ވުރެ ފޯރިގަދަވާނެ. އެއްކޮޅުގަ އަކްމަލްބޭބެ އާއި އެލެކް އަނެއްކޮޅުގަ އާރާޝްބެ” އަހާން މަޖާވެފައި ބުނެލިއެވެ. އިޝަލްވެސް އެކަމާ އެއްބަސް ވިއެވެ.
އާރާޝް އާއި މާނީ ދިރިއުޅޭ ގެ މެދުގައި ހުރިއިރު ދެފަރާތުގައި ހުރީ އަހުސަމް އާއި އިސްރާ އަދި އިޝްމާ އާއި އަކްމަލްގެ ގެއެވެ. މާނީމެންގެ ކުރިމައްޗަށް ވާ ގޮތަށް ނަވްޔާ އާއި މާއިޒްގެ ގެ ހުއްޓެވެ. ދެންވެސް ވަށައިގެން ބަރިބަރިއަށް ގެތަށް ހުއްޓެވެ.
އަނެއް ތިން ކުދިންނާ ވަދާޢުގެ ސަލާން ކުރުމަށް ފަހު މިންހާ ގެއަށް ވަނެވެ. މަންމަ އާއި ބައްޕަ ތިބޭނީ ސިޓިންރޫމުގައިކަން އެނގޭތީވެ މިންހާ ފުރަތަމަވެސް ދިޔައީ ސިޓިންރޫމަށެވެ.
ސިޓިން ރޫމްގައި ހުރި ކަޅުކުލައިގެ ބޮޑު ސޯފާގައި އާރާޝް އަދި މާނީއާއެކު ހުރި ޔޫސުފް ފެނުމުން މިންހާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިއެވެ. އެންމެ ފަހުން އޭނާއަށް ބޭބެ ފެނުނީ މަސް ދުވަސް ކުރިންނެވެ. މިންހާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ރަތްވެފައި ހުރި ޔޫސުފްގެ ދެލޯ ފެނުމުންނެވެ. އޭނާގެ މައިންބަފައިންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ.
ސޯފާގައިން ޔޫސުފްއަށް މިންހާ ފެނުމާއެކު އަވަހަށް ލޯ ފުހެލިއެވެ. އަދި ތުންފަތް މައްޗަށް ހިނިތުންވުމެއް ގެންނަން މަސަައްކަތް ކުރިއެވެ. “ދޮންބެ އާރ ޔޫ އޯކޭ؟” މިންހާ ކަންބޮޑުވުމާއެކު ގޮސް އެހިއެވެ. ޔޫސުފް ފައިގައި އަޅާފައި އޮތް ޕްލާސްޓަރު މިންހާއަށް ފެނުނީ އެވަގުތުއެވެ. “އޯ މައި ގޯޑް. ކިހިނެއްވެފަ މި އޮތީ؟ ކޮބާ ދޮންބެދައްތައާ ލައި؟” މިންހާގެ ލޯ ވަގުތުން ކަރުނައިން ތެމުނެވެ. ނަވާރް އާއި ލައިޝާ ފެންނަން ނެތުމުން މިންހާ ބިރުގަތެވެ. “ލައި ނިންދަވަން ނަވްވީ ކޮޓަރީގަ. މިއަދު ޕްރެކްޓިހުގަ އުޅެނިކޮށް އިންޖަރީވީ” ޔޫސުފް ހަމައެކަނި ބުނީ އެހެންނެވެ. މިންހާ އިތުރު ސުވާލު ކުރަން އުޅެންފެށުމާއެކު ބޮލުގެ އިޝާރާތުން މާނީ އެކަން މަނާކުރިއެވެ. މިންހާ ބޯ ޖަހާލުމަށް ފަހު އިތުރު ސުވާލެއް ނުކޮށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ހެދުން ބަދަލުކޮށްގެން އެނދުގައި އޮށޯތްތަނުން ކުއްލިއަކަށް މިއަދު ދިމާވި ޒުވާނާގެ ސޫރަ މިންހާގެ ހިތަށް ވެރިވިއެވެ. އެ ޒުވާނާގެ އަޑުވެސް ކަންފަތުގައި ގުގުމާލިއެވެ. ލަންޑަންގައި މިވީހާތަނަށް އުޅުނުއިރު ވެސް އެހާ ވަރުގަދަ އެކްސެންޓެއް ހުރި މީހަކާ މިންހާއާ ދިމާއެއް ނުވެއެވެ. ނޭންގޭ ސަބަބަކާ ހުރެ އެ ޒުވާނާއާ މެދު އޭނާ ޝައުޤުވެރިވެއްޖެއެވެ.
ގެއަށް އައިކަން މަންމައަށް އަންގާފައި އިޝަލް ގޮސް ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން އައިސް އެނދުގައި އޮށޯވެފައި ފޯނުގެ ވައިފައި އޮންކޮށްލުމާއެކު އިންސްޓަގްރާމާއި ޓްވިޓާރ ނޮޓިފިކޭޝަންތައް އަންނަން ފެށިއެވެ. ޓްވިޓާރގައި އޭނާ ޓެގްކޮށްފައި ހުރި ބައެއް ހޭޓް ޓްވީޓްތައް ފެނި އިޝަލް ހިތުގައި ޖެހުނެއެވެ. މި ސީޒަންގައި އޭނާއަށް އެންމެ އެދެވޭ ކުޅުން ނުދެއްކޭތީވެ އާސެނަލް ސަޕޯޓަރުންގެ ނުރުހުމާއި އޭނާއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. އޭނާ ކޮޅަށް ގޯލެއް ވަންނަ ދުވަހެއްގައި ސޯޝަލް މީޑިއާ ބަލާލުން ވެސް އިޝަލްއަށް ވަނީ އުނދަގޫ ކަމަކަށެވެ. ޓްވިޓާރ ނިއްވާލާފައި އިޝަލް ފޯނުގެ ގެލެރީ ހުޅުވާލިއެވެ. ގެލެރީގައި އިން ޚާއްސަ ފޯލްޑާރއެއްގައި ހުރި ފޮޓޮއެެއް އިޝަލް ހުޅުވައިލިއެވެ. އެ ފޮޓޯއަށް ބަލާލުމާއެކު އިޝަލްގެ ލޯ ކަރުނައިން ފުރުނެވެ. “ވައި؟” އިޝަލްގެ އަނގައިން ނިކުތީ ވައިއަޑެވެ.
ނުނިިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.






Salam my dear readers. Here is the new version of Manzil. I’ve decided to write this story as Manzil Thiey. This one is gonna be a different one from the last one. In this story Eric is not a french, he is a British guy and Mia and him are twins. This episode is not that long but since i was able to write more than 1000 w i uploaded. I really do hope u guys luv reading this new version. And i apologize to u guys if I’ve let u down by not completing the story and rewriting it again differently.
Wow kiyaa sis. Mi version maa eeethi. Maanee nd aaraash maraa nulaathi ingey. Kuree version ge ebai kiyafa hama rovunu???. Mifaharu beynumee maanee aarash nd minhaa nd Yousuf nd navaar . Nimey iru enmn vss happy vaan. Kuree faharu vee gothah vejjeyya lailac ge hih falhaign gos dhaane. Maanee mn ge deeath eha vss asaru gadha. Nd stry vrh reethi. Nimunu iru vss heevee vhk ge thereygai ulhevunu hn. Nd kiyaa sis its so good to see u after a long time. Missed this stry a lot. Ramazaan mubaarik to u sis.????. Sis thee aslu vrh molhu author eh. Mi stry medhu nikendi kuriyah gendhaane kmh ummeedhu kuran.
Stay safe ❤️❤️
its okey kiyara.. i was confused at first tho i understand now.. this one is great too.. waiting for next part curiously.. ramadan mubarak
Hello Kia sis ❤️❤️❤️
Masha Allah ❤️❤️❤️ vrh Sali mi stry ge new version❤️❤️
Hama speech less vehje ❤️❤️
Keep it up sis❤️❤️❤️
Wow I love it maany and aarsh vxx eba uley ❤️❤️❤️❤️❤️dhw so happy ❤️❤️. I really love the new version❤️❤️❤️
Sis Ramadhan Mubarak ingey ❤️❤️
Waiting for the next part ❤️❤️
Stay safe ❤️❤️and tvgc ❤️❤️
it’s okay siss,…. Masha Allah vvv reethi mi part ❤️❤️❤️ mifaharu hurihaa kudhin ulhenyy job ga dhw…. Minha ah mifaharu Zaaya ge hithuge haalathu falhaaerii dhw??… Omg poor Yoosuf?? anekka ishal ah kihiney veebaa… And mifaharu Maany nd Arash maraanulachey plxx.. eyrun Lulu vx vrh dhera vaane ??? Curiously waiting for the next part sisoo… Keep up the good work ❤️❤️
Stay safe
Missed u
Ly❤️
New version is vvvv salhi ???
When next part ??
And love you so much ???
Maany and Aaraash maraa nulahchey dhooniiii… Alhey Anehkka Minha erikeh fahathun dhuvan feshee… Ishal Ah koacheh fenunii.. Anehkka minnu ge pic eh thr
ELERT ❗❗❗❗LIYAAAAAMOOOOOOOOOO…. YOU AH VAAHAKA EH LIYEFIN BEEVE DHIYA YAS GE NAMUGA… KIYAALAHCHEYYY… ADHI UPEH NUVEY ❗❗❗❗❗❗❗❗❗
❗SANTHIMARIYANBU ❗
Omggggg ,does that mean your married
Oh sorry I’m being a lil too much
Anyway I included you in my dhua’s ingey
Don’t know why I just felt you were going thru a lot so I just pray for you????
And about the story
I think the New version is gonna be way better than the previous one✌
And ishal e ruii mia ge pics ah balaafa kanneyge
I know this one gonna be great so can’t wait to read the next part
Lysm????
Tc?????