މިންހާ ލައިބްރަރީ ނިމޭ ގަޑިއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެރިކް އައިސް ހުރެއެވެ. މިންހާއާއެކު ކޮފީ ޝޮޕާއި ހަމައަށް ދިއުން އާދައަކަށް ހެދިއެވެ. އެހެނަސް އެއް ދުވަހުވެެސް މިންހާއާއެކު އެތެރެއަށް ވަންނާކަށް އެރިކްއަކަށް ނުކެރެއެވެ. އޮޅިގެންވެސް އޭނާ ދަންނަ މީހަކަށް ނޫނީ ‘ފޭން’ އަކަށް މީންހާއާއެކު ކޮފީ ޝޮޕްތެރޭގައި ހުންނަތަން ފެންނާކަށް އެެރިކް ބޭނުމެއްނުވެއެވެ. އޭނާގެ ‘ވަޒީފާއާއަކީ’ ކޮބާކަމެއް އަދިއަކު އެރިކް މިންހާއަކަށް ނާންގައެވެ.

މިންހާ ކޮފީ ޝޯޕަށް އަންނައިރު އޭނާއާ އެއްކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮ ފިރެހަނަކު އަންނަކަން އިޝަލްއަށް ފާހަގަވިއެވެ. ހުޑީއާއެކު ތޮތްޕަކާއި އަވި އައިނު އަޅާފައި ހުުރުމުން އެ ޒުވާނާގެ މޫނު ރީއްޗަކަށް ނުފެނެއެވެ. އެ ޒުވާނާގެ މޫނު ފެނޭތޯ އިޝަލް ދެތިން ދުވަހު މަސައްކަތް ކޮށްފިއެވެ. އެ ފިރިހެން ކުއްޖާގެ ވާހަކަ މިންހާ އޭނާ ގާތު ނުބުނާތީވެ ސުވާލު ކުރަން އޭނާވެސް ބޭނުންނުވެއެވެ.

އެ ޒުވަނާއަކީ ކާކުތޯ ބަލަން މިއަދު އިޝަލް އެތެރެއަށް ނުވަދެ މިންހާ އަންނަން ދެން ބޭރުގައި މަޑުކުރިއެވެ. އަހާންއަށް އާދެވޭނީ ތަންކޮޅެއް ލަހުންކަމަށް އަހާން އޮތީ ބުނެފައެވެ.

ލައިބްރަރީން ނުކުތް މިންހާގެ ތުންފަތް މައްޗަށް އެރިކް ފެނުމާއެކު ހިނިތުންވުމެއް ވެރިވިއެވެ. ކުޑަކޮށް ދުވެލާފއި ގޮސް އެރިކްއާ ހަމަކުރިއެވެ. “ހައި” މިންހާ އޭނާއާ އަރާ ހަމަވުމާއެކު އެރިކް ބުންޏެވެ. “ހެލޯ ނައިސް ޓު ސީ ޔޫ އަގައިން މިސްޓަރ ޙަދީދް” ލެސްޓާރ ސިޓީއާ ދެކޮޅަށް އަވޭ މެޗެއް ކުޅުމަށްޓަކައި ލެސްޓާރއަށް ގޮއްސައި އެއައީ މިއަދުއެވެ. އައި ގޮތަށް ފެންވަރާ ރީތިވެގެން ލައިބްރަރީއަށް އައީއެވެ. މިންހާގެ ނަންބަރެއް އަދި ސޯޝަލް މީޑިއާ އެކައުންޓެއް ވެސް އޭނާއަށް ނޭންގޭތީވެ މި ދެދުހުވެެސް އޭނާ އުޅެން ޖެހުނީ މިންހާގެ ޚަބަރެއް ނުވެއެވެ.

ދެ ދުވަސް ފަހުން އެރިކް ފެނުމުން މިންހާ އިނީ ބުނެދޭން ނޭންގޭ އުފަލެއް ލިބިފައެވެ. އެރިކްއަކީ ދުވަސްވީ ރަޙުމަތްތެރިއެއް ފަދައިން މި ދެދުވަސްތެރޭ ވި ބައެއް ކަންތައްތައް އެރިކްއަށް ކިޔާދިނެވެ. އެރިކް އޭނާއަކީ ފުޓުބޯޅަ ކުޅުންތެރިއެއްކަން މިންހާއަށް ސިއްރު ކުރާ ފަދައިން މިންހާ އޭނާގެ އާއިލާއަކީ ކޮބައިކަން އެރިކްއަށް ސިއްރުކުރިއެވެ.

ވާހަކައިގައި ތިބެ ކޮފީ ޝޮޕް އިންނަ މަގަށް އާދެވުނުއިރު ވެސް ދެމީހުންނަށް ނޭންގުނެވެ. މީހަކައަށް އޭނާއަކީ ކާކުކަން އެނގިދާނެތީ އެކަމާއެއް މިއަދު އޭނާ ނުވިސްނައެވެ. އޭނާއަަަށް ހަމައެކަނި ފެންނަމުން ދިޔައީ މިންހާއެވެ. އޭނާ ޙަޔާތުގައި މިވީހާ ދުވަސް ވީއިރުވެސް މިންހާ ފަދަ ކުއްޖަކާ ދިމާ ނުވެއެވެ. ފަހަރުގައި މިންހާއަކީ ޤައުމުން ބޭރު ކުއްޖެއްކަމަށް ވުމުން ވެދާނެއެވެ.

ކޮފީޝޮޕް ބޭރުގައި މަޑުކޮށްގެން ހުރި އިޝަލް ފެނުމާއެކު މިންހާ ހުއްޓުނެވެ. އެރިކްއަށް އިޝަލް އަދި އިޝަލްއަށް އެރިކް ފެނުމުގެ ކުރިން އެރިކް ފޮނުވާލަން މިންހާ އަވަސްވެގަތެވެ. “އުމްއުމް. މީ އަނޭ ލައިބްރަރީގަ އެއްޗެއް ބާއްވާފަ އާދެވުނީ. އެރިކްއަށް އުނދަގޫ ނޫނިއްްޔާ ގެނެސްދެވިދާނެތަ؟ ރަތް ކުލައިގެ ނޯޓު ފޮތެއް އިނގޭ. އަން މިއީ އަހަރެންގެ ނަންބަރު ފޮތް ނުފެނިއްޖެޔާ ގުޅާލާ” މިންހާ ދަބަސް ތެރެއިން ގަލަމެއް ނަގާފައި އެެރިކް އަތްތިލާގައި އޭނާގެ ނަންބަރު ލިޔެދިނެވެ. އެރިކްއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ބާއިއޭ ކިޔާފާއި މިންހާ އަމިއްލައަށް ގޮސް މަގު ހުރަސްކުރިއެވެ. އަތްތިލައިން މިންހާގެ ނަންބަރު ފިލުމުގެ ކުރިން އަވަހަަށް އެ ނަންބަރު ފޯނުގައި އެރިކް ސޭވް ކުރިއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވަމުން މިންހާ ބުނި ގޮތް ފެނޭތޯ ލައިބްރަރީއާ ދިމާއަށް ދާން ހިނގައިގަތެވެ.

“އޭ ކަޒް ކީއްވެ ބޭރު ތިހުރީ؟” ގާތުން މިންހާގެ އަޑު އިވުމުން އިޝަލްއަށް ފުރަތަމަ ވެސް ހޯދާލެވުނީ މިންހާއާއެކު ހުންނަ ޒުވާނާ ފެނޭތޯއެވެ. އެ މުޅި ހިސާބުން ވެސް އެ ޒުވާނާ ފެންނާކަށް ނެތެވެ. “ހެލޯ އިޝަލް މަ މީނީއޭ ކޮންތާކަށް ތި ބަލަނާ؟” މިންހާާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އިޝަލް ގަދަކަމުން ކަހަލަ ގޮތަކަށް ހީނލިއެވެ.

މިންހާ އާއި އިޝަލް އެތެރެއަށް ވަންއިރު ކާއެއްޗިހި ހިފައިފެން އެމީހުން އާންމުކޮށް ތިބޭ މޭޒުގައި ޒާޔާ އިނެވެ. އެ ދެމީހުން ފެނުމުން ފުޅާ ހިނިތުންވުމަކާއި އެކު ޒަޔާ އަތް ހޫރާލިއެވެ.

“ކޮބާ އަހާން؟” އިޝަލް އާއި މިންހާ އިށީނުމާއެކު ޒާޔާ އެހިއެވެ. އިޝަލްއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އަންހެން ކުއްޖަކާއެކު އަހާން އެތެރެއަށް ވަނެވެ.

އަހާންއާއެކު ވަން އަންހެން ކުއްޖާ ފެނިފައި ޒާޔާ ކާން އިން މަފިން ކަރުގައި ތާށިނުވީ ކިރިޔާއެވެ. ލޮލަަށް ކަރުނަ ޖަމާވާން އުޅޭހެން ހީވުމާއެކު އަވަސް އަވަހަށް އެސްފިޔަ ތަޅުވާލިއެވެ. އިޝަލް އާއި މިންހާއަށް ފެނިދާނެތީ އިސްޖަހައިގެން އިނދެ މިލްކްޝޭކްތަށި ބޯންފެށިއެވެ.

“މަ ނުބުންޏަސް ތިމީހުންނަށް އެނގޭނެ މިއީ ކާކުކަން ވެސް އެކަމަކުވެސް މަ ބޭނުން ތިމީހުންނަށް ރަސްމީކޮށް އެލީނާ އިންޓްރޮޑިއުސް ކޮށްދޭނަން. އެންމެނޭ މިއީ އަހަރެންގެ ގާލްފްރެންޑް އެލީނާ. އެލީނާ މިއީ އަހަރެން ލައިފްގަ އެންމެ މުހިންމެ ތިން މީހުން. ކުޑައިރުންސުރެ އަހަރެންގެ އެންމެ ގާތް އެކުވެރިން. މިންހާ ޒާޔާ އަދި އިޝަލް” އަހާން އެންމެނަށް އެލީނާ ތަޢުރީފުކޮށްދިނެވެ. މިންހާ އަދި ޒާޔާއަށް ވެސް އެލީނާ ކަމަކު ނުދެއެވެ. އެހެނެއް ކަމަކު އަހާންއަށްޓަކައި އުފާވެރި މޫނެއް ދައްކައިގެން ދެކުދިން ވެސް އެލީނާއާ ސަލާންކުރިއެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަދެވުމާއެކު ޒާޔާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ އަހާންދެކެ ގަޔާވާ ވަރު އިޙްސާސްވީ މިއަދުއެވެ. އެލީނާއާއެކު އަހާން ލޯބިން އުޅުނުތަން ފެނުމުން އޭނާގެ ހިތް ކުދި ކުދި ވެއްޖެއެވެ. އަހާން އޭނާގެ ޖާދުވީ ލޮލުން އެލިނާއަށް ބަލާ ކޮންމެ ފަހަރަކު ޒާޔާ ހިތުގައި ތޫނު އެއްޗެއް އެޅޭހެން ހީވެއެވެ.

 

އެރިކް ލައިބްރަރީއަށް ވަދެފައި މިންހާ ބުނި ފޮތް ފެނޭތޯ ހޯދަން މަސައްކަތް ކުރިއެވެ. އެއޮަށް ބޮޑު ލައިބްރަރީން އެ ފޮތް ހޯދަން އާދެވުމުން އަމިއްލަ މޮޔަކަން އެރިކް ހިތަށް އެރިއެވެ. ލައިބްރަރީން ނުކުތުމަށްފަހު މިންހާ ދިން ނަންބަރަށް މިންހާ ހޯދަން ބުނި ފޮތް ނުފެނު ކަމަށް ބުނެފައި މެސެޖް ކުރިއެވެ.

ފޯނަށް މެސެޖެއް އައުމާއެކު މިންހާ ލަސް ކުރުމެއް ނެތި މެސެޖް ހުޅުވިއެވެ. އެރިކްގެ މެސެޖެއްކަން އެނގުމާއެކު އޭނާގެ މޫނު އުޖާލާ ވެގެން ދިޔައެވެ. އެނދުގައި އޮށޯވެ ހަމަޖެހިލައިން އެރިކްއަަް ރިޕްލައި ކުރިއެވެ.

އަމިއްލައަށް ވިސްނުމަށްފަހުގަޔާއި އަދި އެކުވެރިންގެ އެހީއާއެކު އާރާޝް ޗެލްސީގެ ހުށަހެޅުން ޤަބޫލު ކުރިއެވެ. ޗެލްސީގެ އިސްވެރިންނާއި ބައްދަލު ކުރުމަށްފަހު ޓީމު ރަނގަޅު ކުރަން އޭނާގެ ވިސްނުމުގައި ހުރި ކަންތައް ޙިއްސާ ކުރިއެވެ. އަދި އޭނާ ބޭނުންވާ ގޮތަށް ޓީމު ބިނާ ކުރަން ދުވަސްނަގާނެ ކަމަށާއި އެ މުއްދަތުގައި އިސްވެރިންގެ އިތުބާރު ވަރަށާ ބޮޑަށް ބޭނުންވާކަން އާރާޝް ހާމަކުރިއެވެ. އޭނާ ބޭނުންވާ ވަގުތާއީ ކުޅުންތެރިން ލިބޭނެކަމުގައި ޔަޤީންކަން ކުލަބުގެ އިސްވެރިން އޭނާއަށް ދިނެވެ.

އެމިހުންގެ ހުށަހެޅުން އާރާޝް ޤަބޫލު ކުރުމާއެކު ޗެލްސީއިން މިހާރު ހުރި ކޯޗު ވަކިކުރުމަށްފަހު އާރާޝަށް މަޤާމު ދިނެވެ. އާރާޝާއި ޓީމު ހަވާލު ކުރުން ޗެލްސީގެ ގިނަ ސަޕޯޓަރުންނަށް ކަމަކު ނުދިޔައެވެ. އެއީ އާރާޝްގެ ފުރަތަމަ ވަޒީފާއަށް ވެފައި އޭނާގެ ދަރިފުޅު ޔޫސުފް އެމީހުންނާ ވާދަވެރި ލިވަޕޫލަށް ކުޅޭތީއެވެ. މުޅި ސޯޝަލް މީޑިއާގައި ޗެލްސީ ސަޕޯޓަރުން ނުރުހުން ފާޅުކުރަމުން ދިޔައެވެ.

“އަދި ސައްވީސް ގަޑިއިރު ނުވޭ ޓީމާއި ހަވާލުވިތާ މިހާރު ސަޕޯޓަރުންގެ ނުރުހުން ލިބެން ފަށައިފި. މަށާ ދިމާއަށް ނުކިޔާ އެއްޗެއް ނެތް. ދެން މިވަރުން ކިހިނެއް އުޅޭނީ” ޓްވިޓާރ ހުޅުވުނު މޮޔަ ހިތަށް އަރާ އާރާޝް ފޯނު ބޭއްވިއެވެ. ޗެލްސީ ޓީމު ގޮވައިގެން އޭނާ ފުރަތަމަ ވާދަ ކުރަން ޖެހޭ ފުރަތަމަ މެޗަކީ ވާދަވެރި މެޗެކެވެ. ލަންޑަން ޑާރބީގައި ވެސްޓް ހަމާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ. ފަހަކަށް އައިސް ވެސްޓް ހަމް ވެފައި ވަނީ ޔޫރަޕުގެވެސް ގަދަ ބާރަކަށެވެ. ނަން މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް އެމީހުންގެ ސްކޮޑުގައި ހިމެނެއެވެ. އެޔާ ޚިލާފަށް ޗެލްސީ ސްކޮޑުގައި ނަން މަޝްހޫރު މާ ގިނަ ކުޅުންތެރިން ތަކެއް ނެތެވެ. ފުދޭވަރަކަށް އާދައިގެ ޓީމެއް ގޮވައިގެން އޭނާގެ ހުރި ހުނަރު އާރާޝް ޖެހޭނީ ދައްކާށެވެ. ޗެލްސީގެ ސްކޮޑަކީ އާދައިގެ ސްކޮޑަކަށް ވިއަސް އެ ޓީމުގެ ސަޕޯޓަރުންނަކީ އާދައިގެ ބައެއް ނޫނެވެ.
“އަދިވެސް ޗެލްސީ ކަހަލަ ވައި ޓީމުތަކާ ގުޅެން އެއްބަސްވޭ” ޒަމާނުން ސުރެ އާސެނަލާއި ޗެލްސީއައި ދެމެދު އޮންނަ ވާދަވެރިކަން އަދިވެސް ދެގޮތެއް ނުވެ އެބައޮތެވެ. ލަންޑަން ކުލަބުތަކުގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑު ދެ ޓީމަކީ މި ދެ ޓީމެވެ. “މަ ހުންނާނަން ކަލޭމެންގެ ކުޅިވަރު ބަލަން” އޭނާގެ އެންމެ ގާތް ދެ އެކުވެރިން ވާދަވެރި ދެ ކުލަބާއި ހަވާލުވުން އަހުސަމަށް ވީ މަޖާކަމަކަށެވެ.

އާ ކޯޗު ޓީމާއި ހަވާލުވެގެން އޮތް ފުރަތަމަ ބައްދަލުވުމަށް ޗެލްސީގެ ހުރިހާ ކުޅުންތެރިން ހާޒިރުވެ ތިއްބެވެ. އާރާޝްއަކީ ހުރިހާ ކުޅުންތެރިން ދަންނަ އަދި ގިނަ ކުޅުންތެރިން ނަމޫނާއަކަށް ބަލާ ކުޅުންތެރިއެކެވެ. ކޮންމެ ކުޅުންތެރިއެއް ވެސް ހުރީ އާރާޝާއި ބައްދަލު ކުރަން ކެއްމަދުވެފައެވެ.

ނުނިމޭ

13

1 Comment

  1. Shamma 2021

    November 21, 2021 at 6:41 am

    Varah dhuvas vejje mi vaahaka up nukohgen ulheythaa mi part ves varah reethi then oeh bai avahah genesdheyne kamah ummeedhu kuran

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!