Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޮތްބަށްޓަކައި 1

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 1, 2021 4 Mins Read
1 Comment

އަތުގައި އޮތް ސިނގެރޭޓު ބުރި އެއްލާލުމަށް ފަހު ލަބާން ގަޑި ބަލާލިއެވެ. ގަޑިން މެންދަމު ދޭއް ޖަހާފިއެވެ. މޯޅިއަަކަަށް ދެމިފައި ވެސް އިން ތަނުން ތެދުވާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ގެއަށް ދާނަމޭ ހިތަށް ވެސް ނާރައެވެ. އޭނާ ފޯނަށް އައިސް ފައި ހުރި މިސްޑް ކޯލްތައް ނުފެންނަކަމަށް ހަދާފައި ލައިގެން އިން ސޯޓުގެ ޖީބު ތެރެއަށް ފޯނުލިއެވެ.

 

އެނދުގައި ދެފަރާތަށް ފޮރޮޅިލަ ފޮރޮޅިލާ ނަދާ އޮތީ ނުނިދިފައެވެ. ހަވީރު ޚަބަރު ވީ ގޮތަށް އޭނާގެ ލޯބިވެރިޔާގެ ޚަބަރެއް އަދިވެސް ނުވެއެވެ. މާދަމައަކީ ސުކޫލުގައި ބޮޑު އިމްތިޙާނެއް އޮންނަ ދުވަހެކެވެ. ލޯބިވެރިޔާއާ މެދު ވިސްނަން ހަދައިގެން ރަނގަޅަށް ފިލާވަޅު ވެސް އޭނައަށް ދަހެއް ނުކުރެވެއެވެ. އިމްތިޙާނުން ރަނގަޅު ނަތީޖާ ހޯދުމަށް ވުރެ ބޮޑަށް އޭނާއަށް ވިސްނުމުން ދިޔައީ ލޯބިވެރިޔާއާ މެދުގައެވެ.

ހެނދުނު އަށެއް ޖެހިއިރު ޓެސްޓަށް އަންނަ ދަރިވަރުން އަންނަމުން ދިޔައެވެ. ނަދާ އޭނާގެ އެންމެ ގާތް އެކުވެރިޔަ ލައިރާއާ އެއްކޮށް އައިސް ސްކޫލު ތެރެއަށް ވަނެވެ. މަގުމަތިން އައި އިރު ލައިރާ ދެއްކި އެއްވެސް ވާހަކައެއް ނަދާގެ ކަންފަތާ ހަމައަށް ފޯރިހެންނެއް ހިއެެއް ނުވެއެވެ. “ނަދާ” ފަހު އަކުރަށް ދަމާލަމުން ލައިރާ ގޮވާލުމާއެކު ނަދާ ސިހުނެވެ. “ހޫން ކިހިނެއްވީ؟” މޭގައި އަތް އަޅައިލުމަަށް ފަހު ނަދާ ޗޮކެއް ކަނޑާލިއެވެ. “ނަދާގެ މޮޔަ ބޯއިފްރެންޑްދެކެ މާ ބޮޑަށް ނަދާއަށް ތިހިރީ ލޯބިވެވިފަ އެއީ ވެގެން އުޅޭގޮތަކީ” ހިތްހަމަ ނުޖެހިގެން ލައިރާ އެހެން ބުނުމަށް ފަހު އިތުރު އެއްޗެއް ބުނަން ނަދާއަށް ފުރުސަތު ނުދީ ހޯލަށް ވަންނަން ދާން ހިނގައިގަތެވެ. ލައިރާގެ ރާގު ހުރި ގޮތުން އޭނާ ހިތްހަމަ ނުޖެހިފައި ހުރި ވަރު ނަދާއަށް އެނގުނެވެ.

ޓެސްޓު ނިމިގެން ހޯލުން ނުކުތްތަނުން ނަދާއަށް ލަބާން ފެނުނެވެ. ލަބާން ޓެސްޓަށް އައިކަން އެނގުމުން ނަދާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ލަބާން ގާތު ހުއްޓިލިއެވެ. “ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟ މެސެޖު ކުރީމަ ވެސް ރިޕްލައި އެއް ނުކުރޭ” ކަންބޮޑުވެފައި ހުރެ ނަދާ އަހައިލިއެވެ. ނަދާއަށް ޖަވާބު ދޭން އަނގަ ހުޅުވި ލަބާން ހުއްޓުނީ ލައިރާ ފެނުމުންނެވެ. އޭނާއާ ދިމާއަށް ދެލޯ އަޅައިގެން އިނދެ ލައިރާ ބެލި ގޮތް ފެނުމުން އެއް މިޔައަކުން ލަބާންއަށް ހިނިތުންވެވުނެވެ. “ނަދާގެ ބެސްޓް ފްރެންޑް އަހަންނާ ދިމާއަށް ލޯ އަޅަންޏާ އަހަރެން ކިހިނެއް ނަދާއާ ވާހަކަ ދައްކާނީ؟” ލައިރާ އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި ޖެއްސުމަށް ލަބާން ބުންޏެވެ. ފެށުނީންސުރެ ލައިރާ އޭނާ ދެކެ ރުޅި އަންނަކަން ލަބާންއަށް އެނގެއެވެ. ދުވަހަކު ހިނިތުންވެފައި އޭނާއާ އަނގައިން ނެއް ނުބުނާނެއެވެ. އެއީ ކީއްވެކަން ވެސް އޭނާއަށް އެނގެއެވެ. އޭނާވެސް ލައިރާދެކެ މާ ގަޔައެއް ނުވެއެވެ. ލައިރާ އަބަދުވެެސް އިންނާނީ އޭނާއާ ދިމާއަށް ލޯ އަޅައިގެން ނޫނީ ދެބުމަ ގޮށް ޖަހައިގެންނެވެ. ލައިރާ އިތުރަށް ރުޅި އެރުވުމުގެ ބޭނުމުގައި ލަބާން އަބަދުވެސް ލައިރާއާ ކުރިމަތި ލަނީ ހިނިތުންވެގެން އިނދެއެވެ. ލައިރާގެ އެންމެ ގާތް އެކުވެރިޔާއާ އޭނަ ލޯބިގެ ގޮތުން ގުޅުމުގެ އެއް ބޭނުމަކީ ލައިރާ އިތުރަށް ރުޅި އެރުވުމެވެ.

އިތުރަށް މަޑު ކުރަން ނުހަދާ ނަދާ ގޮވަ ގޮވާ އޮއްވާ ލައިރާ ގޭޓާ ދިމާއަށް ދާން ހިނގައިގަތެވެ. ލަބާން ފެންނަ ހިސާބުގައިވެސް އިންނަން ވެއްޖެ ނަމަ އޭނާގެ ސިކުނޑި ގޮވާނެއެވެ. ލައިރާ ބޭނުންވީ ވީހާވެސް އަވަހަކަށް ލަބާން ކުރިމަތިން ދުރަށް ދާށެވެ.

ލައިރާ ފަހަތުން ކިތަންމެ ދާން ބޭނުންވެފައި ހުރި ނަމަވެސް ނަދާ މަޑު ކުރީއެވެ. ލަބާންގެ ރަތްވެފައި ހުރި ދެލޯ ފެނުމުން ރޭގައި ލަބާން އުޅުނީ ނުނިދާކަން އޭނާއަށް އެނގުނެވެ. ނަދާ ސުވާލު ކުރުމުން އެއަށް ޖަވާބު ނުދީ ލަބާން ވާހަކަ އޮޅުވާލީއެވެ. ނަދާ ހިތުގައި ޖެހުނު ނަމަވެސް އެކަމެއް ނުދައްކައެވެ.

ލައިރާ ގޮސް ގެއަށް ވަން އިރު އޭނާގެ ދޮންމަންމަ ސިޓިންރޫމް ސޯފާގައި ޓީވީ ބަލަން އިނެވެ. ލައިރާ ވަނުމާއެކު ލޯ އަނބުރާލާފައި އަނެއްކާވެސް ޓީވީ ބަލަން ފެށިއެވެ. ދޮންމަންމަގެ އެ އަމަލަށް އަޅާނުލައި ލައިރާ ގޮސް ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން ނިކުތް ގޮތަށް ބޯ ވެސް ނުހިއްކާ ލައިރާ އެނދުގައި އޮށޯތީ ވަރުބަލިވެފައި ހުރުމުންނެވެ. ޓެސްޓަށް ދަސްކުރަން ވެގެން އޭނާ މުޅި ރޭ އުޅުނީ ހޭލައެވެ.

ގެއަށް ގޮސް ޔޫނީފޯރމް ބަދަލުކޮށްގެން ލަބާން އަނެއްކާވެސް ބޭރަށް ދާން ނުކުތެވެ. ގޭގައި އެހެން މީހަކު އުޅޭތޯވެސް ބަލާނުލައެވެ. އޭނާ ގޭގެ ބޮޑު ދޮރުން ނުކުތްއިރު އޭނާގެ އިންތިޒާރުގައި އޭނާއާ ދާދި އެއްވަރުގެ ޒުވާނެއް ސައިކަލެއްގައި މަޑުކޮށްގެން އިނެވެ. އެ ޒުވާނާގެ ފަން އިސްތަށިގަނޑު އޮތީ ކޮނޑާހަމައަށް ދިގުކޮށްފައެވެ. ކަރުގައި ރިހި ފަށް އަޅާފައި ހުރިއިރު ދެއަތުގެ ހުރިހާ އިނގިއްޔެއްގައި ރިހި އަނގޮއްޓި އަޅާފައި ހުއްޓެވެ. އެ ޒުވާނާގެ ލޯ ވަނީ އަވި އައިނަކުން ފޮރުވާފައެވެ. “އޭ ބްރޯ މައޭ ބިޓާ މީޓު ކުރަން އެބަޖެހޭ ހަވީރު ދާން ކައޭ ގެންގޮސް ދޭނަން ދޯ” ސައިކަލަށް އެރި ގޮތަށް ލަބާން އޭނާގެ އެކުވެރިޔާ ޒެއިން ގާތު އެހިއެވެ. ޒެއިން ހަމައެކަނި ބޯ ޖަހާފައި ސައިކަލު ދުއްވާލިއެވެ.

ސިއްސައިގެން ގޮސް ލައިރާއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ބާރަށް ތަޅާ އަޑު އިވުމުންނެވެ. ހޭލެވުމުން ލައިރާ ކައިރީގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. އޭރު ތިނެއް ޖަހަން ކައިރިވެއްޖެއެވެ. “މިއަދު އަހަރެންގެ ދުވަސް ދާނެ” ހިތާހިތުން ލައިރާއަށް ބުނެވުނެވެ. އޭނާ މެންދުރަށް ނުކައްކާ ނިދުމުން ދޮންމަންމަގެ ފަރާތުން ބޮޑު އަދަބެއް ލިބޭނެއެވެ. ދޮރުގައި ދޮންމަންމަ ތަޅާތާ ވީ ކިހާއިރެއް ކަމެއް ވެސް ލައިރާއަކަށް ނޭންގެއެވެ.

“ދެފައި ދަމައިގެން ނިދަން އޮތީމަ ކާކު ކަައްކާފަ ކާން ހަދަނީ؟ މަތިން ފައިބައިގެން މީހަކު ނާންނާނެ ކާންދޭކަށް. މީނައަށް ހީވާ ކަހަލަ އެހެން މީހަކު އަންނާނޭ” ލައިރާއާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވުމަށް ފަހު އޭނާގެ ދޮންމަންމަ ރީމާ ދިޔައެވެ. އޭރު ލައިރާގެ ލޯ ވަނީ ކަރުނައިން ފުރިފައެވެ. ކޮންމެ ދުވަހަކުހެން ދޮންމަންމަގެ ނަފްރަތުގެ ބަސްތައް އަޑު އަހަން ލައިރާއަށް ޖެހެއެވެ. އެއިން ކޮންމެ ފަހަރަކު ލައިރާގެ ހިތްކުދި ކުދި ވެގެން ދެއެވެ. ކަރުނަތައް ހިންދާލުމަށް ފަހު ލައިރާ ކޮޓަރިން ނުކުމެގެން ގޮސް ބަދިގެއަށް ވަނެވެ.

 

ހަވީރު ހަތަރު ގަޑި ބައިވިއިރު ނަދާ އިނީ ގޭ ކުރިމަތީ އޮންނަ ޕާކަށް ގޮހެވެ. ބެންޗެއްގައި އިށީންދެގެން އިނދެ އިންތިޒާރު ކުރަމުން ދިޔައީ އެންމެ ގާތް އެކުވެރިޔާއަށެވެ. ގަޑިކިޔާފައި އާންމު ގޮތެއްގައި ލައިރާ ގަޑިއަށް އަންނާނެއެވެ. ހަތަރު ގަޑި ސާޅިސް ވިއިރުވެސް ލައިރާ ނައުމުން ނަދާ ކަންބޮޑުވިއެވެ. މެސެޖް ކުރުމުން ވެސް ލައިރާގެ ޖަވާބެއް ނައެވެ.

މެންދުރަށް ކައްކާފައި ނަދާއާ ބައްދަލު ކުރަން ދާން ތައްޔާރު ވެގެން ލައިރާ ކޮޓަރިން ނުކުތް އިރު ދޮންމަންމަގެ ލޯ ހީވަނީ އަނގުރު އަލިފާން ގަނޑެން ހެންނެވެ. ކަމެއް ގޯސްކޮށް ކުރެވިއްޖެ ކަމުގެ އިޙުސާސް ކުރެވުމާއެކު ލައިރާ ބޭނުންވީ ދުވެ ފިލާށެވެ. ކޮންމެ ދުވަހަކު ވާޖިބެއް ފަދައިން ރީމާ ލައިރާއާ ދިމާއަށް އަޑުލައި އަނިޔާކޮށް ހަދައެވެ. ލައިރާ ކަމެއް ގޯސްކޮށް ނުކުރި ނަމަވެސް ކަމެއް ހޯދައިގެން ވިއަސް ދުވަލާކު އެއް ފަހަރު ވިއަސް ލައިރާއަށް އަނިޔާ ނުކޮށް ރީމާގެ ހިތްހަމަ ޖެހޭ ހެންނެއް ހިއެއް ނުވެއެވެ.

ު
ލައިރާއަށް ފިޔަވަޅެއް ވެސް ނޭޅިގެން އުޅެނިކޮށް ވިދުވަރެއްހެން ރީމާ އަތުގެ ހަމަލާއެއް އޭނާގެ ކޯތާފަތް މައްޗަށް އެރިއެވެ. ނެގި ދިލައިން ލައިރާއަށް ބާރަށް ރޮއެ ގަނެވުނެވެ. ގޯސްކޮށް ކުރެވުނު ކަމެއް ލައިރާ ހަނދާނަކަށް ނާދެއެވެ. “މާ ބާރަށް ރޯނެކަމެއް ނެތް. އަޑުއަހާނެ މީހަކު ނުހުންނާނެ. ކައްކަން ބުނީމަ ޖެއްސުމަށްދޯ ބަތާ ގަރުދިޔަ ކެއްކީ. ކަލޭއަށް ރަނގަޅަށް އެނގޭނެ މަވެސް މަގޭ އެއްވެސް ދަރިއެއް ވެސް އެ ނުކާކަން” މުޅި ސަރަހައްދުގައި ދިރުއުޅޭ އެންމެންނަށް އަޑު އިވޭވަރަށް ރީމާ ހަޅޭއްލެވިއެވެ.

ލަބާން ގޮވައިގެން ސައިކަލުގައި އައިސް ލަބާން ގޭ ދޮށުގައި ޒެއިން ސައިކަލު މަޑު ކުރިއެވެ. “މަ އެބަ އަންނަން މިނެޓެއް ތެރޭ ކަލޭ ނުދައްޗޭ” ލަބާން ސައިކަލުން ފޭބި ގޮތަށް އަވަސް އަރުވާލާފައި ގޮސް ގޭތެރެއަށް ވަނެވެ. ސައިކަލު އިންޖީނު ނިއްވާލުމަށްފަހު ހަމަޖެހިލައިގެން ޒެއިން ފޯނާއި ކުޅެން ފެށިއެވެ.

އެޕާޓްމެންޓް ދޮރުމައްޗަށް ލަބާން އެރިއިރު ގޭ ތެރެއިން ހަޅޭއްލަވާ އަޑު އިވެއެވެ. ދެ ފަރާތަށް ބޯ ހޫރުވަމުން ލަބާން ދޮރުހުޅުވާފައި އެތެރެއަށް ވަނެވެ. އޭރު ބަދިގެ ތެރެއިން ވޭނީ ރުއިމެއްގެ އަޑު އިވެމުން ދިޔައެވެ. ލަބާން ފައިގައި ހުރި ބާރެއް ލާފައި ގޮސް ބަދިގެ ތެރެއަށް ވަނެވެ.

އުނދުން މަތޯ ތަވައެއް އުދާފައި ހުރި އިރު ރީމާ އިނީ ގަދަކަމުން ލައިރާގެ އަތް ތަވާ ތެރެއަށް ލައިގެންނެވެ. ނަގަމުން ދިޔަަ ދިލައަށް ކެއް ނުކުރެވިގެން ލައިރާ ރޮމުން ދިޔައެވެ. ލައިރާއާ ގަޔާ ނުވިނަމަވެސް އޭނާގެ މަންމަ އެފަދަ އަނިޔާއެއް ލައިރާއަށް ދޭތަން ފެނުމުން ލަބާންގެ ރުޅިގަދަވިއެވެ. ނަދާ ބުނެގެން ވިއަސް ލައިރާއަށް ވީ ގޮތެއް ބަލަން ގެއަށް އާދެވުނު ކަން ނަސީބޭ ލަބާން ހިތަށް އެރިއެވެ.

ލަބާން ދިޔަ ބާރު މިނުގައި ގޮސް ލައިރާ އަތުން ރީމާ އަތް ދުރުކުރުވިއެވެ. ތަވާ މާ ބޮޑަށް ދޮން ވެފައި ނެތުމުން ނަސީބަކުން ލައިރާއަށް އަތް އެހާ ބޮޑަށް ނުފިހެވެއެވެ. ލައިރާ އަތުގައި ހިފައިގެން ސިންކު ކައިރިއަށް ގެންގޮސް ލައިރާ އަތަށް ލަބާން ފެން އެޅިއެވެ.

ކުއްލިއަކަށް އައިސް ލަބާން ކުރި ކަމަކުން ރީމާ ހުރީ ބަސް ހުއްޓިފައެވެ. އޭނާގެ ހަގު ފިރިހެން ދަރިފުޅު ލޮލަށް ނުފެންނަތާ ވީ ދުވަހެއް ވެސް ރީމާއަކަށް ނޭންގެއެވެ. ލަބާން ގޭގައި އުޅޭ ނޫޅޭ ވަގުތެއް ވެސް އޭނާއަކަށް ނޭންގެއެވެ.

ލައިރާ ގޮވައިގެން ލަބާން ގެއިން ނުކުތެވެ. އޭނާއަށް ދެކޮޅު ހެދުމެއް ނެތި ބަސް އަހައިގެން ލައިރާވެސް ދިޔައެވެ. އަތުން ދިލަ ނަގާ ވަރުން އަދިވެސް އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލަބާންއާއެކީ މައްސަލަ ނުޖައްސާ އޭނާއަށް އެ ދެވެނީ ދެކޮޅު ހަދާނެހާ ވަރުވެސް އޭނާ ގައިގައި ނެތުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެކުއްޖާ 2 – 43 ( ފަހު ބައި )

Next

ހާދަހާ ލޯބިވޭ 7

Next
July 2, 2021

ހާދަހާ ލޯބިވޭ 7

Previews
July 1, 2021

އެކުއްޖާ 2 – 43 ( ފަހު ބައި )

One Comment

  1. ★ Amy ★ says:
    July 2, 2021 at 10:51 pm

    Hey kiyara
    Varah reethi vaahaka eh Masha Allah
    I love the characters and this first part… ♥️♥️
    When is the next part curiously waiting ??
    This part is so awesome ?
    I wanna say this again vaahakaige furathama part aa balaafa varah varah varah varah reethi ♥️♥️ MASHAH ALLAH ♥️?
    Tvgc n be safe
    Ly ♥️♥️

Comments are closed.

Next Episodeލޮތްބަށްޓަކައި….2←


All Right Reserved!